“ނޮޕް. އަންފޯޗުނޭޓްލީ ހީ އިޒް ނޮޓްއަ ފުޓްބޯލް ޕްލޭޔާ” މާނީވެސް ދޮގު ހެދިއެވެ. އާރާޝް ވަގުތުން ކުށޮއެރިއެވެ. އަނަގައިގައި ހުރި ކޯކުތައްވެސް އަހުސަމް ގަޔަށް ބުރައިގެން ދިޔައެވެ. “ވަޓް ދަ ހެލް” ދެއަތް މައްޗަށް ނަަގައިގެން ހުރެ އަހުސަމް ބުންޏެވެ. އޭނާ ލައިގެން ހުރީ މަޑުފެހިކުލައިގެ ގަމީހެއް ކަމުން ކޯކް ޖެހިފައި ހުރިތަންތަން ވަރަށް ރީއްޗަށް އެނގެން ހުއްޓެވެ. “އަނހާ އާރާޝް ކިހިނެއްތިހެދީ؟” މާއިޒްވެސް ހުރީ މޫނަށް ވައްތަރެއް ޖައްސައިގެންނެވެ. އާރާޝް ކަމެއް ނުވާކަމަށް ބުނެ ދެފަރާތަށް […]
މެޗު ނިމުމަށް ފަހު އޮތީ ގައުމީ ޓީމަށް ނަވީންކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރުމެވެ. ހުރިހާ ސަޕޯޓަރުންނާއި މުޚާތަބުކޮށް ނަވީން ވާހަކަ ދެއްކިއެވެ. ހުރިހާ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ނަވީން ޝުކުރު އަދާކުރިއެވެ. ނަވީން ވާހަކަ ކުރިއަށް ގެންދަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އުފާވެރި ކަމުގެ ކަރުނަޔާ ހިތާމައިގެ ކަރުނައެވެ. ނަވީންގެ އިތުރުން ތަޖުރިބާކާރު ގޯލް ކީޕަރު ސިމާހުވެސް ކުޅުން ހުއްޓާލި ވާހަކަ އިއުލާން ކުރިއެވެ. ނަވީނެކޭ އެއްފަދައިން ސިމާހުވެސް ވާހަކަ ދެއްކިއެވެ. އެދެކުޅުންތެރިންގެ […]
ސިނަމާލެ ބްރިޖް ހުރަސްކޮށް އެތަށް ބަޔަކު ހުޅުމާލެއަށް ޖަމާވަމުން ދިޔައީ އެއްމަސް ދުވަސްކުރިން ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ފުޓުބޯޅަ ދަނޑުކަމަށްވާ މާލްދީފް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅެވޭ އެންމެ ފުރަތަމަ މެޗު ބަލާލުމަށްޓަކައެވެ. އެ ޚާއްސަ ދަނޑުގައި އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީވެސް ޚާއްސަ މެޗެކެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަދި އިރާން ވާދަ ކުރާ މެޗެވެ. އެ މެޗަކީ އެތަށް ގޮތަކުން ދިވެހިންނަށް ޚާއްސަ މެޗެކެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ޑިފެންޑަރު […]
މެޗު ކުޅުމަށްފަހު ޖެހިގެން އައި ދުވަހު އަކްމަލާއި އާރާޝް ފިޔަވާ ބެންގަލޫރު ޓީމުގެ ހުރިހާ ކުޅުންތެރިން އެނބުރި އިންޑިޔާއަށް ފުރިއެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް ރާއްޖޭގައި އޮތުމުން އަކްމަލާއި އާރާޝް ރާއްޖޭގައި މަޑުކުރީއެވެ. ރާއްޖޭ ޓީމުގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އެކަމަށްޓަކައި ހުރިހާ ކުޅުންތެރިންނާއި ކޯޗު ބުރަ މަސައްކަތް ކުރަމުން ދިޔައެވެ. ލިޔަން އިން ފޮތް ލައްޕާލުމަށްފަހު މާނީ ފުން ނޭވާއެއް ދޫކޮށްލިއެވެ. ނިދުމުގެ ކުރިން ޑައިރީ ލިޔުން މާނީގެ އާދައަކަށް ވިއެވެ. އޭނާގެ ހިތުގައި […]
އަފްރީންއާއި އަފްރާ ޓެރަހުގައި އަނގަތަޅަން ތިއްބެވެ. އަރްޝާދާއި އައްޒާމްވެސް ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. އަފްރީން ވަނީ އަރްޝާދަށް ހަގީގަތް ކިޔާދީފައެވެ. ހަގީގަތް އެނގުމުން އަރްޝާދް ވަނީ އަފްރާއާއި އައްޒާމްގެ ކިބައިން މާފަށް އެދިފައެވެ. އެ ދުވަހަށް ފަހު އައްޒާމާއި އަރްޝާދްގެ ކުރީގެ އެކުވެރިކަން ވަނީ އިޔާދަވެފައެވެ. “ސަޕްރައިޒް” އެންމެންގެ ނަޒަރު ދޮރާ ދިމާއަށް ހުއްޓުނީ އާރާޝްގެ އަޑު އިވުމުންނެވެ. އާރާޝް ފެނުމުން އަފްރާއަށް އިން ތަނުން ތެދުވެވުނެވެ. އަފްރީނަށްވެސް ވީ ހަމަ އެވަރެވެ. އާރާޝް ދިޔަ ގޮތަށް […]
“ތިއްތަައަށް އިނގޭތަ އަސްލު ސްޓޯރީ؟” އަހަން ނާހަން ހުރެފައި އާރާޝް އެހިއެވެ. އަފްރީން އާއެކޭ ބުނުމުގެ ގޮތުން ބޯޖެހިއެވެ. އަފްރާއާއި އަރްޝާދްގެ ލޯބީގެ ވާހަކަ ކިޔައިދިނުމަށް އާރާޝް އަފްރީން ގާތުން އެދުނެވެ. “ތިއްތަ ކިޔާދިނީމަ ކަމަކު ނުދާނެއްނު. ބައްޕަ ނޫނީ މަންމަ ގާތު އަހާ” “ނޯވޭ. ނުކެރޭނެ އަހާކަށް” އާރާޝް ވަގުތުން އިންކާރު ކުރިއެވެ. އާރާޝާއި މާނީ އާދެސްކުރުމުންވެސް އަފްރީން ނުކިޔާދިނެވެ. އޭނާ އެދުނީ އަފްރާ ނޫނީ އަރްޝާދު ގާތުން އެވާހަކަ ކިޔައިދިނުމަށް އެދުމަށެވެ. ******* އިވާން […]
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ދިޔައެވެ. އިމްތިހާނުތަކަށް ތައްޔާރުވުމަށްޓަކައި މާނީމެން ކޮންމެ ދުވަހަކުވެސް ގުރޫޕް ސަޓަޑީ ހަދައެވެ. ކިޔެވުމައިގެން ބުރަކޮށް އުޅުމުގެ ސަބަބުން އިތުރު ކަންތަކައިގެން އުޅޭކަށް ވަގުތެއް ނޯވެއެވެ. މާލޭ ލީގު ފެށުމުގެ ސަބަބުން އާރާޝްމެންވެސް އުޅެމުން ދިޔައީ ބުރަކޮށެވެ. މާނީމެންނާ ދިމާވަނީވެސް މަދު ފަހަރަކުއެވެ. ދިމާވިޔަސް ގިނައިރު ވާހަކަ ދައްކާކަށް ނުތިބެވެއެވެ. ރަޒީން މާނީގެ އަތުގައި ހިފި ދުވަހުގެ ފަހުން އައްޒާމަކަށް ރަޒީނެއް ނުފެނެއެވެ. އެހެނަސް އައްޒާމް އަބަދު ހުންނަނީ ހިތް ބިރުގަނެފައެވެ. މާނީ އެކަނި […]
މާޒީ…. އަރްޝާދް ދިޔުމާއެކު އަފްރާއަަށް އަޑުން އަޑު ނަގައި ރޮއެގަނެވުނެވެ. އަފްރާ ރޯނެ ވަރަކަށް ރޯން އައްޒާމް ބޭންދިއެވެ. ވިއްސަކަަށް މިނެޓު ފަހުން އަފްރާ ރުއިން ހުއްޓާލުމުން އައްޒާމް އަފްރާ ގޮވައިގެން އަފްރާގެ ގެއަށް ދިޔައެވެ. ނަސީބަކުން ފަރީހާ އެ ވަގުތު ގެއަކު ނޫޅެއެވެ. އައްޒާމް އެތަށް ވާހަކައެއް ދެއްކުމުން ވެސް އަފްރާ އަނގަޔަކުން ނުބުންނެވެ. ގާވެފައި އިން ގޮތަށް އިނީއެވެ. އެހެން އިނދެފައި ކުއްލިއަކަށް އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުނެވެ. އަފްރާއަށް މަޑު މަޑުން ލޯހުޅުވާލެވުނެވެ. އޭރު […]
އަންޖަލް ބުނެގެން ފެން ފޮދެއް ބަލައި ބަދިގެއަަށް ވަން މާނީއަށް އާރާޝް ބުނި ވާހަކަ އަޑު އިވުނެވެ. އެއާއެކު އޭނާގެ ހިތުގައި ޖެހުނެވެ. އާރާޝް ކުރިން ވެސް އެހެން ބުނެއެވެ. ގިނަ ފަހަރަށް ބުނާނީވެސް އޭނައާ ދިމާއަށެވެ. އެހެނަސް މިއަދު ވީ ފަދަގޮތެއް ނުވެއެވެ. ބަދިގޭ ދޮރުމަތީ ހުރި މާނީ ފެނުމުން އާރާޝްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މާނީއަށް އެ ވާހަކަ އަޑު އިވުމުން އާރާޝް ދެރަވާގޮތްވިއެވެ. “މާނީ އާރާޝް ބުނީ މާނީއަކާ ނީންނާނަމޯ!” އަހުސަމް އާރާޝް […]