Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މާފެއް ނުކުރާނަން ހެއްޔެވެ؟ 16

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
January 19, 2019 6 Mins Read
5 Comments

“ޖެކް އެންމެ ރަނގަޅު ގޮތަކީ ޖެކް ރަހުވާއާ މެރީ” ޝައުން އެހިސާބަށް ބުނުމާއެކު އަޝްޖައު ދެފާރަތަށް ބޯ ހޫރާލިއެވެ. “ޕްލީޒް.” އާދޭހާއެކު އަޝްޖައު ބުންޏެވެ. އަޝްޖައު ކުރުނުކޮށް ކިޔަންފެށުމުން އެންމެ ފަހުން އަހަންނާ ޝައުންއާ ކައިވެންޏަށް އެއްބަސްވީމެެވެ.

 

ތިން މަސް ފަސް………..

“ރަހޫ ވޭކްއަޕް” އަރާމު ނިންޖަކުން އަހަންނަށް ހޭލެވުނީ އަހަރެންގެ ބައްޕަ ފަރާތު ބޮޑުދައިތަގެ ދަރިފުޅު ޒައުނާ ހުއްޓާނުލައި ގޮވަން ފެށުމުންނެވެ. ހޭލެވުނެއް ކަމަކު ތެދުވާ ހިތެއް  އަހަންނެއް ނުވިއެވެ. “ޒައު ލެޓް މީ ސްލީޕް” މޫނު މަތީގައި ބާލިސް އަޅަމުން އަހަރެން ބުނީމެވެ. “ނޯ ރަހޫ އައި ކާންޓް ލެޓް ޔޫ ސްލީޕް. ޔޫ އާ ގެޓިން މެރިޑް އާފްޓާ ތްރީ ޑޭސް” ތިން ދުވަސް ފަހުން އަހަރެންގެ ކައިވެނި ކުރެވޭނެކަން ހަނދާންވުމާއެކު ބާލިސް އެއްލާލުމަށް ފަހު ފުންމައިގެން ތެދުވީމެވެ. އެނދުގައި އަތްކާތާލުމަށްފަހު ބާލިސްތަށް ދަށުން އަހަރެންގެ ފޯނުނަގައި ތާރިޚުބަލާލީމެވެ. “އޭއި ދެލޯ ބޮޑު ނުކޮށް ތެދުވެބަ ދެންވެސް.” އަހަރެން އިންގޮތް ފެނި ހެމުން ހެމުން ޒައުނާ ބުންޏެވެ.

ވޭތުވެދިޔަ ތިންމަސް ފާއިތުވެގެން ދިޔަގޮތް ނުވެސް އެނގެއެވެ. ކައިވެނީގެ ކަންތައް ހަމަޖެއްސުމުގައި އުޅުނުލެއް ބުރަކަމުން ދުވަސްތައް ދިޔަ ގޮތް ނޭންގުނީއެވެ. ބައްޕަ ބޭނުންވީ އަހަރެމެން ދެމީހުންގެ ކައިވެނި ވަރަަށް ބޮޑުކޮށް ލަންޑަންގައި ބާއްްވާށެވެ. އެއީ މަންމަގެ އާއިލާއަށްވެސް ބައިވެރިވެވޭނީ އެހެން ކަމަށް ވާތީއެވެ. އެހެނަސް އަހަރެން ބޫނުންވަނީ މާލޭގައި ކައިވެނި ކުރާށެވެ. އަހަރުމެންގެ އެދުމުގެ މަތިން މަންމަފަރާތު އާއިލާގެ މީހުން މާލެ އައީއެވެ.

ވޭތުވެދިޔަ ތިންމަހު އިތުރު ގުޅުންތައްވެސް ވަނީ ބަދަހިވެފައެވެ. މަންމަ ފަރާތު އާއިލާއާ ބައްޕަ ފަރާތުގެ އާއިލާގެ ގުޅުން ބަދަހިވިއެވެ. ޝައުންގެ އާއިލާއާ އަހަރެންގެ ދެފަރާތު އާއިލާއާ ގުޅުން ބަދަހިވިއެވެ. ޝައުންގެ އާއިލާ ތެރޭގައި އަޝްޖައުގެ އާއިލާވެސް ހިމެނެއެވެ.

ބޮޑުދައިތަގެ އެދުމުގެ މަތިން ކައިވެނި ކުރެވެން ދެކަށް އަހަރެން ބޮޑުދައިތަމެން ގެއަށް ބަދަލުވީމެވެ. ބޮޑު ދައިތަގެ ތިން ދަރިންގެ ތެރެއިން އަހަންނާ އެންމެ ގާތީ ޒައުނާއެވެ.

އެންމެންގެ ލޯބި ޖީނާއަށްވެސް ލިބެމުން ދިޔައެވެ. އެކަމުގެ ސަބަބުން ޖީނާ ހުންނަނީ އުފަލުން ފޮޅިފައެވެ. ގިނަ ދުވަސް ދުވަހު ޖީނާ ހުންނާނީ ދާންވީ ގެއެށް ނޭންގިފައެވެ.

*****

އަޝްޖައުގެ ނަޒަރުން:

“އައި އޭމް ގެޓިން މެރިޑް އަގައިން. ޖެކް ކޭން ޔޫ ބިލީވް އިޓް؟” މޫދަށް ގާކޮޅެއް އެެއްލަމުން ޝަައުން ބުންޏެވެ. ރަހުވާއާ ޝައުންގެ ކައިވެނި ކުރެވެން ދެން އިނީ ތިން ދުވަހެވެ. ކައިވެނީގެ ދުވަސް ކައިރިވަމުން ދިޔަވަރަކަށް ޝައުން ހާސްވަމުން ދިޔަކަން އަހަންނަށް ފާހަގަ ވަމުން ދިޔައެވެ. ޝައުން ހުދާއާ އިންއިރުވެސް އެވަރެއްް ނުވެއެވެ. އެކަމާ އަހަރެން ޝައުންއާ ވަރަށް ދިމާކުރަމެވެ. ހުދާ މަތިން ހަނދާން ނައްތާލުމަށްފަހު ޝައުން އާދިރިއުޅުމެއް ފަށަން އުޅޭތީ އެކަމާ އަހަރެން އުފާކުރަމެވެ. ހިތުގައި ވޭން އެޅިއެއް ކަމަކު އެކުވެރިޔާއަށްޓަކައި ހިތުގައި އަޅަމުން ދިޔަ ވޭން މަތިން ހަނދާން ނައްތާލީމެވެ.

*****

ރަހުވާގެ ނަޒަރުން ….

ރާއްްޖޭގެ އެންމެ މަޝްހޫރު ޝޮޕިން މޯލް ކުރިމައްޗަށް ކާރު ހުއްޓާލުމާއެކު އަހަންނާ ޒައުނާ ކާރުން ފޭބީމެވެ. ކައިވެނީގެ ކުރިން ބައެއް އެއްޗިހި ގަންނަން ހުރުމުން މޯލްއަށް އައީއެވެ.

ފަނަރަ ފަންގިފިލާގެ އެ ޝޮޕިން މޯލަކީ ރާއްޖޭގެ އެންމެ މަޝްހޫރުގެ އިތުރަށް އެންމެ ބޮޑު ޝޮޕިން މޯލެވެ. ދިވެހިންގެ އިތުރަށް ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައިވެސް މިތަން ވަރަށް މަޝްހޫރެވެ. އެންމެ ފުރަތަމަ އަހަރެން ޝޮޕިން މޯލަށްއައީ ޖެސޭ އަދި އޭނާގެ ކޮއްކޮ ޖޭސްމީން ގޮވައިގެންނެވެ. ޖޭސްމީނާއި ޖެސޭ އެތަންފެނިފައި ހައިރާންވެ އަންތަރީސްވިއެވެ. ރާްއްޖެ ކަހަަލަ ކުޑަ ޤައުމެއްގައި އެފަދަ ތަނެއް ހުރެދާނެ ކަމަކަށް އެމީހުން ޤަބޫލެއް ނުކުރެއެވެ.

އަހަރެމެން އެންމެ ފުރަތަމަ ބެލީ ފައިވާން ވިއްްކާ ފިހާރައެކެވެ. ކައިވެނި ޕާޓީ އޮންނަރޭ ޒައުނާ އަރާނެ ރީތި ފައިވާނެއް ހޯދާށެވެ. މުޅި ފިހާރަތެރެ ހާވައިގެން ޒައުނާއަށް ރީތި ފައިވާނެއް ލިބުނީ ވަރަށްވަރުންނެވެ. އެކި ފިހާރަތަކުން އެކި ސާމާނު ގަތުމަށްފަހު އެންމެފަހުން އަހަރެމެން ދެމީހުން ވަނީ ކުޑަކުދިންގެ ކުޅޭ ސާމާނު ވިއްކާ ތާކަށެވެ. ޖީނާއަށް އެންމެ ކަމުދާ ވައްތަރުގެ ކުޅޭ ސެޓެއް ހޯދަން އުޅެނިކޮށް ޒައުނާ ނިކަން ބާރަށް އަހަރެންގެ އަތުގައި ވިކާ ގަތެވެ. “އައުޗް. ޒައު ކިހިނެއް ތިހެދީ؟” ޒައުނާ ވިކާގަތްލެއް ބާރުކަމުން އަހަރެންގެ އަތަށް ތަދުވިއެވެ.”ލުކް އެޓް ދެޓް ހޮޓީ” ހުވަފެނީ ގޮތަކަށް އަހަރެންގެ ކަންފަތް ދޮށުގައި ވައި އަޑުން ޒައުނާ ބުންޏެވެ. ޒައުނާ އިނގިލި ދިއްކުރި ދިމާއަށް އަހަރެން ބަލާލީމެވެ. ތިންވަރަކަށް އަހަރުގެ ފިރިހެން ކުއްްޖެއް އުރައިގެން ހުރި އެޒުވާނާއަށް ގިނަބައެއްގެ ލޯތައް އަމާޒުވެފައި ހުރިކަން އަހަންނަށް ފާހަގަވިއެވެ. ޚާއްސަކޮށް އަންހެން ކުދިންނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެޒުވާނާ ހީވާނީ ޔޫރަޕްގެ މޮޑެލެއް ހެންނެވެ. “ރާއްޖޭ ކުއްޖެއްތަ؟” ރާއްޖޭ ކުއްޖޭތޯ ޔަގީންކުރަންވެގެން އަހަރެން އަހާލީމެވެ. “އޯމައި ގޯޑް. ރަހޫ ޔޫ ޑޯންޓް ނޯ ހިމް؟” ޒައުނާވެސް ކުރީ ސުވާލެކެވެ. އަނގަޔަށް ގޮތެއް ހަދާލަމުން އަހަރެން އާއެކޭ ބުނީމެވެ. “ޑޫޑް އެއީ ރާއްޖޭގެ ފޭމަސް ފުޓްބޯލް ޕްލޭޔާ އާރާޝް. އެންމެ ފަހު ވޯލްޑް ކަޕް ރާއްޖެ ވިންކުރިއިރު ލަނޑު ޖަހައިދިން ޕްލޭޔާ. ހީ ލިވްސް އިން މެޑްރިޑް ވިތް ހިޒް ވައިފް. އާރާޝް އުރައިގެން އޭނީ އާރާޝްގެ ބޭބީ.” ޒައުނާ ފައްޗަކަށް އަމުނާލިއެވެ. “އައި ސީ. ރަހުވާ ފުޓްބޯލްއެއް ނުބަލަން. އެހެންވީމަ ނޭންގޭނެންނު. އެކަމު ޒައުއަށް ހާދަ ގިނަ އިންފޯ އެނގެޔޭ އެސޮރާ ބެހޭ ގޮތުން” ފުޓުބޯޅައަކީ އަހަރެން މާ ގަޔާވާ ކުޅިވަރެއް ނޫނެވެ. “ކަމޯން. ޒައުމެން ސްކޫލްގަ އާރާޝް އުޅުނީ. ޒައުމެން ސެވެންގަ އުޅުނުއިރު އާރާޝް އުޅުނީ ޓުވެލްގަ. ޔޫ ނޯ ވަޓް؟ ދޮންތި ސްކޫލް އުޅުނުއިރުގެ ކްރަޝް އާރާޝްއަކީ” އަނގަމަތީ އަތް އަޅައިގެން އިނދެ ހެމުން ޒައުނާ އިތުރަށް އޮޅުންފިލުވާދިނެވެ. އާރާޝް ގާތު މަޑުކުރި އަންހެން ކުއްޖާ ފެނުމާއެކު ޒައުން އަހަރެން އަތު ހިފައި ދަމަމުން އެމީހުން ގާތަށް ގެންދިޔައެވެ. “ހެއި މާނީދައްތާ.” ޒައުނާ ގޮވާލުމާއެކު ހިނިތުންވެލާފައި އެކުއްޖާ ބަލާލިއެވެ. މާނީ ޒައުނާއަށް ބަލަން އިން ގޮތުން އޭނައަށް ޒައުނާ ނޭންގޭކަން އަހަންނަށް އެނގުނެވެ. “އުމްއުމް އޭމް ޒައުނާ. ސުމާގެ ކޮއްކޮ” ޒައުނާއަށްވެސް އެހެން ހީވެގެން އޭނާއަކީ ކާކުކަން ބުންޏެވެ. “އޯ ޒައުދޯ. ކޮބާ ސުމް؟ އެންޑް ހީއިޒް ދިސް ގާލް؟” ޒައުނާއާ ސަލާން ކޮށްލަމުން މާނީއެހިއެވެ. ޒައުނާ މާނީއަށް އަހަރެންވެސް ތައާރަފުކޮށްދިނެވެ. ދުވަސްވީ އެކުވެރިއެއް ފަދައިން މާނީ އަހަންނާވެސް ވާހަކަ ދެއްކިއެވެ. މާނީއެކޭ އެއްފަދައިން އާރާޝްވެސް ޒައުނާއާ ވާހަކަ ދެއްކިއެވެ.

ޝޮޕިން މޯލްއިން ގެއަށްދިޔަ ގޮތަށް ޒައުނާ ސުމާއަށް ގޮވަމުން ދިޔައެވެ. ގޮވާލެއް ބާރުކަމުން ހީވަނީ ތަނެއްގަ އަލިފާން ރޯވާން އުޅުނު ހެންނެވެ. “ޒައު. ވަޓް ހެޕްންޑް؟” ނިކަން ހާސްވެފައި އިނދެ ސިޑިން ފައިބަމުން ސުމާ އެހިއެވެ. ސުމާގެ ފަހަތުން އޭނާގެ ފިރިމީހާ ޒައިންވެސް ފޭބިއެވެ. “އައި މެޓް އާރާޝް” ކުޑަކޮށް ނަށާލަމުން ޒައުނާ ބުންޏެވެ. އެއާއެކު ސުމާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. “ސީރިއަސްލީ ޒައުނާ!! ދޮންތީ ކިޔާފަ ގޮވިއިރު ހީވަނީ ތަނެއްގަ ރޯވެގެން ގޮވިހެން. ޕިސް ޕިސް” ޒައުނާއާ ދިމާއަށް ކުދި ކިޔަމުން ސުމާ މައްޗަށް އެެރިއެވެ. ޒައިންވެސް ހެމުން ހެމުން ސުމާ ފަހަތުން އެރިއެވެ.

އެރިއިރާއެކު ގޭތެރެއަށް ހީވަނީ ބަހާރު މޫސުން އައިސްގެން އުޅޭހެންނެވެ. ގޭއެކަކުވެސް ދެފައި އެއްތާކު ނުޖެހެއެވެ. ކޮންމެ މީހަކުވެސް ކޮންމެސް ކަމެއް ނުކުރެވިގެން ދެކޮޅަށް ދުވަނީއެވެ. ޝައުންމެންގޭ މީހުންވެސް ބޮޑުދައިތާމެންގޭ ހަރަކާތްތެރިވަމުން ދިޔައެވެ.

ހެނދުނު ހޭލީންސުރެ އަހަރެންގެ ހިތްވަނީ ބިރުގެންފައެވެ. ޝައުންގެ މީހާކަށް ވާކަަށް ދެން މާކަގިނައިރެއް ނެތެވެ. އަހަރެންގެ ހަޔާތުގަ އަންނަ އެންމެ އުފާވެރި ދުވަސް އަންނައިރު އެދުވަހު އަހަރެން ގާތު ތިބުމަށް އެންމެ އެދޭ ދެމީހުން އަހަރެން ގާތުގަ ނެތެވެ. އެއީ މަންމައާ ދޮންތައެވެ. މަންމައާ ދޮންތަ މަތިން ހަނދާންވުމާއެކު އާހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. މަންމައާ ދޮންތަ މިދުވަސް ދެކެން ތިބިނަމަ ކިހާ ރަނގަޅު ހެއްޔެވެ.

*****

ޝައުންގެ ނަޒަރުން:

އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު މިއީ އަހަރެންގެ މީހަކަށް ރަހުވާ ވާނެ ދުވައެވެ. އަހަރެންގެ ހަޔާތަށް ޚަރީފުމޫސުން އައިސްފައިވަނިކޮށް އައިނައި ގޮތެއް ނޭންގި މިވަނީ ބަހާރު މޫސުން އައިސްފައެވެ.

*****

އަޝްޖައުގެ ނަޒަރުން:

ޝައުންއާ ރަހުވާގެ ކައިވެނި ކުރެވެން ހަމަޖެހިފައި އޮތީ ދަރުބާރު ގޭގައެވެ. ކައިވެންނަށްޓަކައި އެތަން ޒީނަތްތެރިކުރުމުގައި އަމަލީ ގޮތުން އަހަރެން ބައިވެރިވަމުން ދިޔައީމެވެ. އަހަރެން ބޭނުންވަނީ އެކައިވެންޏަކީ ވަރަށް ފުރިހަމަ ކައިވެއްނަކަށްވާށެވެ. އިރުއިރު ކޮޅާ މެއަށް އަރަމުން ދިޔަ ތަދަށް ބެލުމެއް ނެތި މަސަައްކަތުގައި ޝާމިލްވެގެން އަހަރެން އުޅުނީމެވެ. ނޭވީ ބްލޫއާ ޑަސްޓީ ޕިންކު ކުލައިން މުޅި ތަން ޒީނަތްތެރި ކޮށް ނިމުނުއިރު ހަވީރު ފަހެއް ޖަހާ ބޮޑުވެއްޖެއެވެ. ތަން ޒީނަތްތެރި ކުރުމުގައި އުޅުނީދެއާއިލާ މެންބަރުންނާއި އެކުވެރިންނެވެ.

**************

ރަހުވާގެ ނަޒަރުން:

ހަގަޑި ބައިވިއިރު ކައިވެންނަށް ތައްޔާރުވުމަށްޓަކައި އަހަރެން ގޮވައިގެން ސުމާއާ ޒައުނާ ދިޔައީ ސުމާގެ އެކުވެރި އިޝްމާ ގާތަށް މޭކްއަޕް ކުރާށެވެ. އިޝްމާއަކީ ރާއްޖޭގައި ހުރި އެންމެ މޮޅު މޭކްއަޕް އާޓިސްޓެވެ.

އަހަރެންގެ އިތުރަށް ޒައުނާއާ ސުމާގެ މޭކްއަޕްވެސް އިޝްމާކޮށްދޮނެވެ. ނޭވީ ބްލޫ ކުލައިގެ މެކްސީއާ ޑަސްޓީ ޕިންކު ޝޯލްއާ ގުޅޭ ކަހަލަ ލުއިމޭކަޕެއް ސުމާއާ ޒައުނާގެ އިޝްމާކޮށްދިނެވެ. އިޝްމާ މޭކްއަޕްކޮށްދިނުމުން ޝޯލްއަޅުވަދިނީ ނަވްޔާއެވެ. އެއީވެސް ސުމާ ކުލާހުގަ އުޅުނު ކުއްޖެކެވެ. އެއީ ރާއްޖޭގައި ވަރަށް މަޝްހޫރުބައެއް ކަން އަހަންނަށް އެނގުނީ އެގެއަށް ދިޔަ ފަހުންނެވެ. އެމީހުންގެ އުޅުމުން އެއީ އެހާ މަޝްހޫރު ބައެއް ހެންނެއް ހިއެއްނުވެއެވެ. ދުވަސްވީ ރަހްމަތްތެރިން ފަދައިން އަހަންނާވެސް ވާހަކަ ދެއްކިއެވެ.

******

ޝައުންގެ ނަޒަރުން:

ހުދުކުލައިގެ އަތްދިގު ގަމީސްމަތިން ނޭވީ ބްލޫކުލައިގެ ކޯޓު ފަޓުލޫނު ލައިގެން އަހަރެން ތައްޔާރުވީމެވެ. ގަޑި ކައިރިވަމުން ދިޔަވަރަކަށް ހިތުގެ ތެޅުންވެސް އަވަސްވާން ފެށިއެވެ. ތައްޔާރުވެގެން ފަސްވަރަކަށް މިނެޓު ލޯގަނޑު ކުރިމަތީ ހުއްޓިލައިގެން ހުރެވުނީ ނިކުންނަން ނުކެރިގެންނެވެ.

“އޭ ބްރޯ ކަލޭ ނުނިކުންނަންތަ ތި ހުންނަނީ. ރަހުވާ މިހާރު ގޮއްސި. އަދިވެސް ކަލޭ ތިހުންނަނީ އަންހެނެންހެން ފަރިބަލަން” ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު އަޝްޖައު ދިމާކުރިއެވެ. މިރެއަށްޓަކައި އަޝްޖައުވަނީ ޑަސްޓީ ޕިންކު ކުލައިގެ ގަމީހަކާ ނޭވީ ބްލޫ ކުލައިގެ ސްކިނީ ޖިންސެން ލާފައެވެ. އިސްތަށިގަނޑު ހުރީ ސްކޫލް އުޅުނިއިރު ހުންނަ ގޮތަށް ތަރުތީބެއް ނެތްގޮތަށް ހާވާލާފައެވެ. އަހަންނަށް ވުރެ ބޮޑަށް މީހުންގެ ލޮލުގައި މިރޭ އަޝްޖައު އަޅައިގަންނާނެއެވެ. އަންހެން ކުދިންވެސް އަޝްޖައު ފެނިފައި މޮޔަވާނެކަން ޔަގީނެވެ.

ކައިވެނި ކުރެވޭތަނަން ވަދެފައި ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ މޭޒު ދޮށުގައި އިށީންދެގެން އިން ރަހުވާ ފެނިފައެވެ. ލަދުން އިސްޖަހައިގެން އިން އިރު އެމޫނުގައިވި ހިނިތުންވުންފެނި އަހަރެންގެ ހިތް ވިރިގެން ދިޔައެވެ. ހުދުކުލައިގެ ބުރުގާގެ ތެރެއިން އެ ދޮން މޫނު ފެންނައިރު ހީވަނީ ސާދަވިލޭރޭގެ ހަނދުހެންނެވެ. ރަހުވާ ލައިގެން އިން ހުދުކުލައިގެ ހެދުންވަނީ މުޅި ސަރަހައްދަށް ފެތުރިފައެވެ. އެހެދުން ރަހުވާއާ ނުހަނު ގުޅެއެވެ.

އަހަންނަށް ހަމަހޭވެރިކަންވީ އަޝްޖައު އަހަރެންގެ ބުރަކަށީގައި އަތްއަޅާއި ކޮށްޕާލުމުންނެވެ. އަޝްޖައުއާ ދިމާއަށް ލޯ އަޅާލުމަަށްފަހު މަޑުމަޑުން މޭޒާ ދިމާއަށް ދިޔައީމެވެ.

*****

ރަހުވާގެ ނަޒަރުން:

ޝައުންގެ ތޫނު ނަޒަރުގެ ސަބަބުން އިސްއުފުލާލާ އެންމެ ފަހަރުކެވެސް ޝައުންއާ ދިމާއަށް ބަލާކަށް ނުކެރުނެވެ. ނޭވީ ބްލޫ ކުލައިގެ ކޯޓު ފަޓުލޫނުގައި ޝައުން ފެންނަލެއް ވަރަށް ހިތްގައިމެވެ. ޖޭސްމީނާއި ޒައުނާގެ ނަޒަރު ޝައުންއަށް ހުއްޓިފައި ހުރިތަން ފެނި އަހަންނަށް ކުޑަކޮށް ރުޅިއާދެވުނެވެ.

ޝައުން އަހަންނާ ޖެހިގެން އިން ގޮނޑީ އިށީނުމާއެކު ގާޒީ އޭނާގެ މަސައްކަތް ފެށިއެވެ.

“އަނބި ގަބޫލުކޮށްފިން” ޝައުންގެ އަނގައިން އެބަސްތައް ބޭރުވި ހިނދު އަހަރެންގެ ލޮލުން ކަރުނަ ފާދާލިއެވެ. އެރޭ ފުރަތަމަ ފަހަރަށް އިސް އުފުލާލާ ޝައުންއާ ދިމާއަށް ބަލާލީމެވެ. އޭރު ޝައުންވެސް ހުރީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވީ ހިނދު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

*****

ޝައުންގެ ނަޒަރުން:

ރަހުވާގެ ލޮލުގައި ވިދަންފެށި ކަރުނަތައް ފެނުމާއެކު ބޭއިޚްތިޔާރުގައި އަހަންނަށް އަތްއުފުލާލެވުނެވެ. ރަހުވާގެ ލޮލުން ކަރުނަފައިބައިތަން ބެލުމަކީ އަހަރެންގެ ހިތަށް ކެއްވާވަރުގެ ކަމެއް ނޫނެވެ. ރަހުވާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފުހެދިނުމާއެކު ރަހުވާ ލަދުން އިސްޖަހާލިއެވެ.

އަށްގަޑި ބައިވިއިރު ޕާޓީ ފެށިގެން ދިޔައެވެ. ގިނައިން ޕާޓީއަށް އަންނަމުން ދިޔައީ އަހަރެންގެ އެކުވެރިންނެވެ.

******

އަޝްޖައުގެ ނަޒަރުން:

ހަލާކުވެފައިވާ ހިތާއެކީވެސް މޫނުމައްޗަށް ހިނިތުންވުމެއްް ވެރިކޮށްގެން އަހަރެން ހުރީމެވެ. ދޭތެރެއަކުން އަހަރެން ޖީނާއަށްވެސް ބަލާލަމެވެ. ވާނުވާ މާބޮޑަށް ނޭންގޭ ޖީނާ ދުވެދުވެފައި އުޅެމުން ދިޔައެވެ.

“ޖެކް” ވައި އަޑުން މީހަކު އަހަންނާ ގޮވާލިހެން ހީވެގެން ފަހަތަށް އެނބުރި ބަލާލީމެވެ. އަހަރެން ކުރިމަތީ ހުއްޓިލައިގެން ހުރީ ޖަންނަތު ނޫން ދެވަނަ މީހެއް ނޫނެވެ. ހުދުކުލައިގެ ބޮޑު ހެދުމަކާ އެކުލައިގެ ޝޯލެއް އަޅައިގެން ހުރި އިރު އިހުނަށްވުރެވެސް ދޮން ހެން ހީވެއެވެ. އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ޖާންއާ ދިމާއަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނެވެ. “ޖާން” “ޝްޝް ޖެކް” އަހަރެންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އަހަރެން ވާހަކަ ދެއްކުން ޖަންނަތު މަނާ ކުރިއެވެ. “އަހަރުމެންގެ ޖީނާ ބޮޑުވެއްޖެދޯ” ޖީނާއާ ދިމާއަށް ބަލަން އިނދެ ޖަންނަތު ބުނެލިއެވެ. އޭރު ޖަންނަތުގެ ފެހި ކުލައިގެ ރީތި ދެލޯ ވަނީ ދެންކަޅިވެފައެވެ. އަނގައިން ބަހެއް ބުނާނެހާ ހިއްވަރު ނެތުމުން އަހަންނަށް ކުރެވުނުހާވެސް ކަމަކީ ބޯޖަހާލުމެވެ. “ޖާން. އައި އޭމް ސޯ ސޮރީ” ހަމަހިމޭން ވަގުތުކޮޅަކަށްފަހު އަހަރެން މާފަށް އެދުނީމެވެ. “ޔޫ ޑޯންޓް ހޭވް ޓު ބީ. އަހަރެން ޖެކްއަށް މާފުކޮށްފިން.” ޖަންނަތު ބުންޏެވެ. “ޖެކް. އައި ހޭވް ޓު ގޯ ނައު. ޓޭކް ކެއާ އޮފް އަވާ ޖީނާ އެންޑް ޔުއާ ސެލްފް” އަހަރެންގެ އަތުތެރެއިން ޖަންނަތު އަތް ނެގުމަށްފަހު ފަހަތަށް ޖެހެމުން ދިޔައެވެ. އަހަރެން ބަލަހައްޓައިގެން ހުއްޓާ ޖަންނަތު ގެއްލިގެން ދިޔައެވެ. “ޖާން ކަމް ބެކް” ކިރިޔާ އަމިއްލަ ނަފްސަށް އިވޭ ވަރަށް އަހަރެން ބުނީމެވެ.

*****

ރަހުވާގެ ނަޒަރުން:

ދެގަޑިއިރު ކޮޅަށް އިންނަން ޖެހުމުން އަހަރެންގެ ފައި ހީވަނީ ބިންދައިގެން ގޮސްދާނެހެންނެވެ. ޕާޓީ ނިމޭނެ އިރެއްގެއިންތިޒާރުގައި ހުއްޓައި އެންމެ ފަހުން ޕާޓީ ނިމުނެވެ.

މަންމަ ފަރާތު އާއިލާގެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ތިބީ ރޮވިފައެވެ. ބޮޑު ދައިތަވެސް އައިސް އަހަރެން ގައިގައި ބައްދަބައްދާފައި އުޅުނެވެ.

“މަންމީ. ކޮއްކި ނުލާތަ ތިދަނީ؟” އަހަންނާ ޝައުންއާ ދެދުވަހަށް ރިސޯޓަށް ދާތީ އެކަމާ ދެރަވެގެން ޖީނާ އުޅުނެވެ. މީގެ ކުރިން ދުވަހަކުވެސް ޖީނާ އެކަނިކޮށްަަެަަެަަެަަެަަެަފައި އެއްވެސް ތާކަށް އަހަންނެއް ނުދަމެވެ.

“މަންމި ނެތަސް ޑެޑީ މިހުރީނު. މަންމި އަންނަން ދެކަށް ޑެޑީގެ ޕްރިންސަސް ހުންނާނީ ޑެޑީގާތު.” ޖީނާއާ އެއްވަރަށް އިށީންނަމުން އަޝްޖައު ބުންޏެވެ. “ޔޭ” އަތްތިލަ ބަޑި ޖަހަމުން ޖީނާ ކުޑަކޮށް ނަށާލިއެވެ.

އަހަރެން ގޮސް ޖީނާގައިގައި ވަރަށް ބާރަށް ބައްދާލީމެވެ. އެވަގުތު ދޮންތަ މަތިން އިންތިހާއަށް ހަނދާންވިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޭބުމުގެ ކުރިން އަވަހަށް ހިންދާލީމެވެ.

“ޝައުން ރަހުވާ ވެއިޓް” އަހަރުމެން ދެމީހުން ކާރަށް އެރުމުގެ ކުރިން އަޝްޖައު ގޮވިއެވެ.

“ރަހުވާ. އައި އޭމް ސޮރީ. އިނގޭ ރަހުވާއަށް އުނދަގޫ ވާނެކަން އަހަންނަށް މާފު ކުރަން.” އަޅައިގަންނަމުން ކަހަލަ ގޮތަކަށް އަޝްޖައު އަހަރެންގެ ކިބައިން މާފަށް އެދުނެވެ.

“ހަގީގަތުގަ އަޝްޖައު މާފަށް އެދެންޖެހޭ ފަރާތަކީ ދޮންތަ. އެންޑް އައި އޭމް ޝުއާ ދޮންތަ އަޝްޖައުއަށް މާފުކުރާނެކަން. އެހެންވީމަ އަހަރެންވެސް އަޝްޖައުއަށް މާފު ކޮށްފިން” ހިތުގެ އަޑިން އަހަރެން އަޝްޖައުއަށް މާފު ކުރީމެވެ. ދޮންތަ ދުނިޔޭގައި ހުރި ނަމަ ދޮންތަ އަޝްޖައުއަށް މާފު ކުރާނެކަން ޔަގީނެވެ.

“ތޭންކްސް. ބައި ދަ ވޭ ކޮންގަރާ” ޝައުން ގައިގައި ބައްދާލަމުން އަޝްޖައުބުންޏެވެ.

“ރަވަށް އުފާވެއްޖެ ރަވާ ޖެކްއަށް މާފުކުރީމަ” ކާރަށް އަރައި ހަމަ ޖެހިލުމަށްފަހު ޝައުން ބުންޏެވެ.

*****

އަޝްޖައުގެ ނަޒަރުން:

ރަހުވާއާ ޖަންނަތުގެ މާފު އަހަންނަށް ލިބުމުން ހީވީ ސިކުނޑިން ބޮޑު ނެގިހެންނެވެ. އަހަރެން ދެން ބޭނުމީ ހަޔާތުގެ ބާކީ ހުރި ދުވަސްތައް ޖަންނަތުގެ ހަނދާނުގައި އުޅޭށެވެ. ޖީނާއަށް ރަނގަޅު މުސްތަގުބަލެއް ހޯދާދޭން ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެން ކުރާނަމެވެ. އެދަރިފުޅު ބޮޑުވެގެން ހަގީގަތް އެނގޭ ދުވަހު ޖަންނަތުއާ ރަހުވާ ފަދައިން އަހަންނަށް މާފުކުރާނެހެއްޔެވެ؟ އެދުވަހަކަށް ކެއްތެރިކަމާއެކު އަހަރެން އިންތިޒާރު ކުރާނަމެވެ.

ނިމުނީ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ……….! (4 ވަނަ ބައި)

Next

ހޮނުގުގުރި

Next
January 19, 2019

ހޮނުގުގުރި

Previews
January 18, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ……….! (4 ވަނަ ބައި)

5 Comments!

  1. Ala Marvel says:
    January 19, 2019 at 3:43 pm

    Thanks kiyaa. V happy vehjje mivaahaka nimunu gothun. Adhives kiyaage vaahaka thah kiyaalan libeyne kamah unmeedhu kuran. Lots of love.❤❤❤???????????????

  2. Nonni says:
    January 20, 2019 at 4:25 pm

    Varah dhigu inthizaarakah fahu kiyaalan libijje… thanks kiyaaa??? n Aaraash was here oh my God!! Varah excite vi ethan kolhu kiyaalaafa.. ? good job n great storyy.. mi story vx varah salhi ekam hama raasthaa vrhak best ey buneveyny? hehehe keep going hope to see a new and different story of u soon.. love you????

  3. jiji says:
    January 21, 2019 at 12:45 pm

    Masha allah ???????nimmun vx vrh reethi ingey…?????kyp up the gud wrk. . ?

  4. aalaa says:
    January 21, 2019 at 2:02 pm

    vrh reethi ahma rovijje

  5. Minnnu says:
    January 26, 2019 at 9:26 pm

    Raasthaa and mi story ge cross over eh dhw vv salhi mashallah ????? fantastic??

Comments are closed.


All Right Reserved!