Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާފެއް ނުކުރާނަން ހެއްޔެވެ؟ 12

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 10, 2018 3 Mins Read
6 Comments

“ރަވާ ލިސެން. އައި ލަވް ޔޫ ޓޫ. އެކަމް އަހަރުމެން ދެމީހުން ގުޅުމަށްވުރެ ޖެކްއާ ރަވާ ގުޅުން ރަނގަޅުވާނީ. ޖެކް އަކީ ޖީންގެ ބައްޕަ. ޖީންގެ ބައްޕައާ މަންމަ ގުޅުނީމައެއްނު ޖީންއަށް ރަނގަޅުވާނީ. ވީ ހޭވް ޓު ސެކްރިފައިސް އަވާ ލަވް ފޯ ޖީން” ވިސްނާދޭ ފަދައަކުން ޝައުން އަހަންނާ ވާހަކަ ދެއްކިއެވެ.

****

އަޝްޖައުގެ ނަޒަރުން:

ޔާނީ އިނީ ޖީނާ ގޮވައިގެން ޝައުން މެންގޭ ކުރިމަތީ އޮންނަ ޕާކުގައެވެ. އަހަރެން ގޮސް ޖީނާ ގާތު އިށީންނުމާއެކު ޖީނާ ނުރުހިފައި އަހަންނާ ދިމާއަށް ބަލާލިއެވެ. އަހަރެން ހިތުގައި ޖެހުނެއް ކަމަކު ބެލީ ވީހާވެސް ލޯބިން ޖީނާގެ ހިތް އަތުލެވޭތޯއެވެ.

އަހަރެން އައުމާއެކު ޔާނީ އިން ތަނުން ތެދުވެ އަހަންނަށް އިށީންނާނެ ތަން ދެއްކިއެވެ.

އަހަރެން ގޮސް ޖީނާ ގާތު އިށީންނުމާއެކު ޖީނާ އަނެއްފަރާތަށް އެނބުރުނެވެ. “ޖީން” އަހަރެން ގޮވާލުމުންވެސް ޖީނާ އަހަންނާ ދިމާއަށް ބަލާވެސް ނުލިއެވެ. “ޖީން ޑެޑީއާ ރުޅިތަ؟” ޖީނާގެ ކޮލުގައި ހިފާލަމުން އަހަރެން އެހީމެވެ.

“ޑެޑީ” ޖީނާ އަހަންނާ ވީ ފަރާތަށް އެނބުރުމަށްފަހު އަހަރެން ގައިގައި ބައްދާލިއެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ލޯބިވާ ދަރިފުޅުގެ ދުޅުން ޑެޑީއޭ ކިޔާ ގޮވުމުން ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ. ވޭތުވެ ދިޔަ ހަތަރު އަހަރު ނުދެވުނު ލޯބި އެ ދަރިފުޅަށް ދޭން ބޭނުންވިއެވެ.

“ޑެޑީ ކީއްވެ ކުރިން ނައި ކޮއްކޮމެންނާ އެއްކޮށް އުޅެން. ކީއްވެ ކުރިން ބުނީ ތީ ބޭބެއޭ؟” ސުވާލަކަށް ފަހު ސުވާލެއް ޖީނާ ކުރިއެވެ. ޖީނާއަށް ވިސްނޭނެ ފަދައަކުން އެ ސުވާލުގެ ޖަވާބުތައް އަހަރެން ދިނީމެވެ. ޖީނާއާއެކު ޕާކުގައި އުފާވެރި ވަގުތުކޮޅެއް އަހަރެން ހޭދަކުރީމެވެ.

*****

ރަހުވާގެ ނަޒަރުން:

ޖީނާގެ މުސްތަގްބަލަށްޓަކައި އަހަރެންގެ ލޯބި ގުރުބާން ކުރަން އަހަރެން ނިންމީމެވެ. ޖީނާ ގޮވައިގެން އަޝްޖައު ގެއަށް އައި ބައިގަޑިއީރު ފަހުންނެވެ. ޖީނާގެ މޫނު މަތިން ފެންނަމުން ދިޔަ އުފާވެރިކަން ފެނި އަހަރެން އުފާވިއެވެ.

*****

ޝައުންގެ ނަޒަރުން:

ލޯބި އެއީ އަހަރެންގެ ހަޔާތުގައި ލިބެން ނެތް އެއްޗެއްކަން މިއަދު އަހަންނަށް ޔަގީންވެއްޖެއެވެ. ހުދާއާއު އަލަތު ދަރިފުޅުގެ ވަކިވެ ދިޔުމަށްފަހު އަހަންނަށް އަލުން ލޯބިވާން ދަސްކޮށްދިނީ ރަހުވާއެވެ. ހިތަށް އުފާވެރިކަން ގެނެސްދިނީ ކުޑަކުޑަ ޖީނާއެވެ. ދެވަނަފަހަރަށް ވެސް ލޯބިން އަހަރެން މަހުރޫމުވިއްޔެވެ. ހިތް ކުދިކުދި ވަމުން ދިޔަ ހާލު އެކުވެރިޔާގެ އުފަލުގައި ބައިވެރިވުމަށް އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ.

*****

އަޝްޖައުގެ ނަޒަރުން:

މަންމައާ ބައްޕަ ގާތު ޖެހިލުންވެ ހުރެ ޖާންއާ ޖީނާގެ ވާހަކަ އަހަރެން ބުނީމެވެ. އެންމެ ފުރަތަމަވެސް އަހަރެންގެ ކޯތާފަތަށް އެރީ ބައްޕަ އަތުގެ ހޫނު ހަމާލާއެކެވެ. މަންމަވެސް އަހަރެން ދެކެ ނުރުހުންވިއެވެ. މަންމަމެން އަހަންނަށް ކުރި އިތުބާރު ގެއްލުވާލުމުންނެވެ.

ޖަންނަތުއާ އިންނަން ބޭނުންވާ ވާހަކަ ބުނުމުން ބައްޕަ އިންކާރު ކުރިއެވެ. އެހެނަސް މަންމަ ވިސްނައިދިނުމާއެކު ބައްޕަ އެއްބަސްވީއެވެ.

****

ރަހުވާގެ ނަޒަރުން:

ރޭގަނޑު އަށެއް ޖަހާއިރަށް ބޭރަށް ދާން ތައްޔާރު ވެގެން ހުރުމަށް އަޝްޖައު ގުޅާފަ ބުންޏެވެ. ހިތާ ދެކޮޅަށް އަށެއް ޖެހިއިރަށް އަހަރެން އާދައިގެ ގޮތަކަށް ތައްޔާރު ވީމެވެ.

ބަރާބަރު އަށެއް ޖެހިއިރަށް އަޝްޖައު އަހަރެން ބަލާ އައިސް ހުއްޓެވެ.

ކާރު ގޮސް މަޑުކުރީ ހުޅުމާލޭގަ ހުންނަ ބޮންބޭ ދަރުބާރު ކުރިމައްޗަށެވެ.

“ޖާން ކީއްވެ އަދިވެސް ލެންސް ލައްވައިގެން ތިއުޅެނީ؟” މީހުން ތަން ކޮޅެއް މަދު ސަރަހަދެއްގައި ހުރި މޭޒެއްގައި އިށީންނަމުން އަޝްޖައު އާހާލިއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ނޭންގޭތީވެ އަހަރެން އިސްޖެހީމެވެ.

“ޖާން. ޕްރެގްއިރުގަ ވަރަށް އުނދަގޫވިތަ؟” އަޝްޖައު ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. އެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަންނަށް ނޭންގުނެވެ. އަހަރެންގެ ހިމޭންކަމުގެ ސަބަބުން އަޝްޖައު ހީކުރީ އަހަރެން އިނީ އޭނެ ދެކެ ރުޅިއައިސަ ކަމަށެވެ.

މުޅި އެރޭވެސް އަހަރެން އަނގައިން ބަހެއް ނުބުނަމެވެ. ހުރިހާ ވާހަކައެއް ދެއްކީ އަޝްޖައުއެވެ. އަޝްޖައު ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އަހަންނަކަށް ނޭންގުނެވެ.

*****

އަޝްޖައުގެ ނަޒަރުން:

ޖަންނަތު އަހަރެން ކުރި އެންމެ ސުވާލަކަށްވެސް ޖާވާބެއް ނުދެއެވެ. ސުކޫލް ދައުރުގެ ހަނދާންތައް އާކުރިއިރުވެސް ޖަންނަތު އިނީ ފާޑަކަށެވެ. އަހަރެން ހުއްޓާ ނުލާ ވާހަކަ ދެއްކިއިރު އެންމެ ބަހެއްވެސް ބުނެނުލައެވެ. ޖަންނަތުގެ ހިމޭންކަމުން އަހަންނަށް އުނދަގޫ ވިއެވެ.

*****

ޝައުންގެ ނަޒަރުން:

ޖީނާއަށްޓަކައިވިއަސް އަހަންނަށް ނިންމުނީ ރަނގަޅު ނިންމުމެއް ބާއޭ އަހަރެން ހިތަށް އަރަމުން ދިޔައެވެ. މިއީ ރޭގަނޑުކަން އެނގޭ ފަދައިން ރަހުވާ އަޝްޖައު ދެކެ ލޯބި ނުވާނެކަން އަހަންނަށް އެނގެއެވެ. އަޝްޖައު ދެކެ ލޯބިނުވެ ހަމައެކަނި ޖީނާއަށްޓަކައި ރަހުވާއާ އަޝްޖައު ގުޅުވުމަކީ ރަނގަޅު ގޮތެއް ހެއްޔެވެ. ކައިވެނީގެ ފަހުން ރަހުވާއަށް އަޝްޖައުދެކެ ލޯބިވެވިދާނެއެވެ. އޭރަށް ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް އަހަރެންގެ ބަސްނާހާ ހިތަށް ވިސްނަދިނީމެވެ.

*****

ރަހުވާގެ ނަޒަރުން:

ގެއަށް އައިސް ވަންއިރު ޝައުން އަރާމުކޮށް ސޯފާގައި ނިދާފައި އޮތެވެ. ޝައުން ފެނުމުން އަހަރެންގެ ހިތަށް ތަދުވިއެވެ. އެންމެ ލޯބިވާ މީހާ ވަނީ އަހަންނާ ކައިރީގަ އެހެނެސް ދުރުގައެވެ. ޝައުންގެ މޫނަށް ބަލާނެ އިތުރު ހިއްވަރެއް ނެތުމުން އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ.

އެނދުގައި އަރާމުކޮށް ނިދާފައި އޮތް ޖީނާ ފެނުމުން ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އަހަރެން ޝައުންއާ ދުރުވާން ޖެހެނީ ޖީނާއާ ހެދިއޭ ސިކުނޑި ބުނަމުން ދިޔައެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބިވެވުނީއެވެ. – 17

Next

ހަދިޔާ (ބާރަވަނަ ބައި)

Next
December 11, 2018

ހަދިޔާ (ބާރަވަނަ ބައި)

Previews
December 10, 2018

ލޯބިވެވުނީއެވެ. – 17

6 Comments!

  1. Minnnu says:
    December 10, 2018 at 10:38 pm

    After so many days ?????????hadhaan vs neii mihaaru kury part ga v goii vs but still story vv reethi and mi part thankolheh kury ????? ehaa gina dhuvas kohffa genna iru jeheynehnnu dhw dhigu kohlann?????? ……hope next part will b longer and when next part?????? Avas koh up kohdhehchey …..luv u??????

    1. Minnnu says:
      December 10, 2018 at 10:39 pm

      Ey adhi first dhw yeeyyyyy?????????????

    2. Kiyara says:
      December 10, 2018 at 10:43 pm

      Thanks minnu. Miadhu 2parts up kuraathyve kurukoh genesdhiny. Next part gehnnane vaki dhuvaheh bunaakah neynge. Ekam vyhaaves avahah genesdheveyyho try kuraanan ISA. Yeah ure first congrats ?

  2. Nau says:
    December 11, 2018 at 12:13 am

    Thnx kiya darlinn mirey up kohdhinyma……stry is awsm……??keep up the gud work dear??

    1. Kiyara says:
      December 11, 2018 at 9:19 am

      ?thanks nau

  3. Beryl Stone says:
    December 11, 2018 at 12:06 pm

    Oh this is so interesting???????masha allah??????vrh vrh rythi mi prt vx??Jazakhallah khairan kiyaa for uploading an amazing stry lyk this❤????vrh vrh wait koh koh hutta mi libuny 2prts ehkoh kiyaalan???heheh?????whn nxt lwbi dhahthy???????????Avahah up kohdhehchey plx????????curiously waitinn for the nxt??????????much luvs ingey??????????

    – Beryl Stone –

Comments are closed.

Next Episodeމާފެއް ނުކުރާނަން ހެއްޔެވެ؟ 13←


All Right Reserved!