Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ…17

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
April 29, 2019 5 Mins Read
12 Comments

ހަވީރު ދުނިޔެ ބަނަވެފައި އޮތްވަރުން ރޭގަނޑެކޭ އެއްވެސް ތަފާތެއް ނެތެވެ. ވާރޭ ނުވެހުނެއް ކަމަކު ވައިގަދަވެފައި ވިދާ ގުގުރައެވެ. ކަޅުވިލާތައް ބޯކޮށްފައި ހުރިއިރު ދެންމެ ދެންމެ އޮއްސާލަފާނެހެން ހީވިއެވެ.
ސޯލްޓް ކެފޭގެ މޭޒެއް ދޮށުގައި އިން ހަމްޒާ އިންތިޒާރު ކުރަމުން ދިޔައީ ވިޝާހް އަންނާނެ އިރަކަށެވެ. އަސްރުން ފައިބައިގެން އަންނަން ބުނި މީހާ ހަތަރު ގަޑި ބައިވި އިރުވެސް ނާދެއެވެ.
“ސަރ ސޮރީ ކުޑަ ކަމެއް ދިމާވެގެން ލަސްވީ!” ވިޝާހް އައިސް އިށީންނަމުން ބުންޏެވެ. ވިޝާހް އައުމުން ހަމްޒާ ވެއިޓަރަކަށް ގޮވައި ދެލަވާޒާ ކޮފީ ގެނެސް ދިނުމަށް އެދުނެވެ.
ކަންތައްވީ ގޮތް ވިޝާހް ހަމްޒާއަށް ކިޔާދިނެވެ. އަންހެން ކުއްޖެއްގެ ލޯބި ނުލިބުމުން މާޔޫސްވީ ކަމަށް ބުންޏެވެ. އެކުއްޖާއަކީ އަންޖަލް ކަމެއް ހަމްޒާ ގާތު ވިޝާހްއެއް ނުބުނެއެވެ. ވިޝާހްގެ ވާހަކަ އަޑު އަހާފާ ހަމްޒާ ޒާތަކަށް ހީލިއެވެ. އެހިނިތުންވުމުގައި ފޮރުވިފައިވީ ހިތްދަތިކަމެވެ. “އަންހެން ކުއްޖަކު ނުލިބުނީއޭ ކިޔާފަ ތިގޮތަށް އަމިއްލަ ދިރިއުޅުން ހަލާކު ކުރުމަކީ ވަރަށް ނުވިސްނޭ މީހުން ކުރާ ކަމެއް. ވިޝާހް ތީ ނުލާހިކު ވިސްނުން ތޫނު ތޫނިފިލި ކުއްޖެއް. އެކަހަލަ ފިޔަވަޅެއް އެޅުމުގެ ކުރިން އަމިއްލަ ނަފްސާ މެދު ވެސް ވިސްނަން ޖެހެއެއްނު. އެންމެ ކުއްޖަކު ނޫނެކޭ ބުނުމުގެ މާނައެއް ނޫންދޯ ދެން ދުވަހަކުވެސް އިންނާނެ މީހެއް ނުލިބުނީއޭ. އަސްލު އަދި ނުވޭނު އެކަހަލަ ކަންތަކާ ވިސްނާ ވަރެއްވެސް. ްައަދި އެހަށް ކިޔަވާ. ކިޔަވާއިގެން މޮޅުވެގެން އާދޭ. ހަމަ ޔަގީނުންވެސް އެކުއްޖާ އަމިއްލައަށްވެސް އަންނާނެ ވިޝާހް ގާތަށް އައިސް ގުޅެން ބުނާނެ.” ހަމްޒާ ދެއްކި ވާހަކަތައް ކަނުލައި ވިޝާހް އަޑުއެހިއެވެ. ހަމްޒާ އެދެއްކީ ތެދުވާހަކަ ތަކެއްކަން ހިތުގެ އަޑިން ވިޝާހް ގަބޫލުކުރިއެވެ. އޭނާގެ ބޮލުން ހީވީ ވަރަށް ބޮޑު ބަރެއް ލުއިވި ހެންނެވެ. ދެތިން ފަހަރު ހަމްޒާއަށް ޝުކުރު އާދާކުރިއެވެ. “މިހެން އުޅޭއިރު ސަރ ނުކިއަސް ރަނގަޅުވާނެ. ހަމްޒާ ކިޔާ. ސަރއަށް ވުރެއް ބޮޑަށް އެކުވެރިއެއް ގޮތުގައި ދެކުނިއްޔާ ވަރަށް އުފާވާނެ” ވިޝާހް ބޯ ޖަހާލިއެވެ.

ވިޝާހްއާ ހަމްޒާގެ އެކުވެރިކަން އެއް ދުވަހަށް ވުރެ އަނެއް ދުވަހު ބަދަހިވަމުން ދިޔައެވެ. އުމުރުގެ މާ ބޮޑު ފަރަގެއް ނެތުމުން ދެމީހުންގެ ވިސްނުންވެސް ހުންނަނީ ދާދި އެއްގޮތަކަށެވެ. ދެމީހުން ކޮފީން ދިމާކުރުން އާދައަކަށް ވެއްޖެއެވެ. ބައެއް ދުވަސް ދުވަހު އަސްރު ނަމާދަށް މިސްކިތަށް ގޮސް ހަމްޒާ ކައިރިން ވިޝާހް ނޭންގޭ ފިލާވަޅުތައް އޮޅުން ފިލުވާ ހަދައެވެ.

ރައިހާނާވެސް އޭނާގެ ކިޔެވުމައިގެން ކުރިއަށް ދިޔައެވެ. އެންމެ ސިކުންތުކޮޅެއްވެސް ބޭކާރުނުކޮށް ފިލާވަޅު ދަސްކުރުމުގައި ހޭދަކުރަމުން ދިޔައެވެ. އެންމެ ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ނުހަނު ބުރަކޮށް މަސައްކަތް ކުރަމުން ދިޔައެވެ. އަންޖަލްއާ ދެކުދިން ކޮންމެ ދުވަހަކު ހަވީރު ކޮންމެސް އެއް ކުއްޖެއްގެ ގޭގައި ގުރޫޕް ސްޓަޑީ ހަދައެވެ.

ރޭގަނޑު އަށެއްް ޖަހާއިރު އޮތް އެކްސްޓްރާ ކުލާހަށް ރައިހާނާއަށް ދެވުނީ ތަންކޮޅެއް ކުރިންނެވެ. އޭރު އެއްވެސް ކުއްޖަކު އަދި ޓީޗަރެއްވެސް ސްކޫލް ތެރޭގަ ނޫޅެއެވެ. މުޅި ގޯތިތެރެ އޮތީ އަނދިރިކޮށެވެ. ރައިހާނާ މަޑު މަޑުން ގޮސް ދިދަ ޕޯސްޓް މަތީ އިށީނެވެ. ދަބަހުން ފޯނު ނަގައި ފްލޭޝް ދިއްލާލުމަށްފަހު އަންޖަލްއަށް ގުޅަން އުޅުނެވެ. އަންޖަލްއަށް ނުގުޅިގެން އުޅެނިކޮށް ކަޅުކުލައިގެ ކެހެރި ބޯ ބުޅަލެއް އޭނާއާ ދިމާއަށްއައެވެ. ބިރުވެރި އަޑެއް ލައްވަމުން އޭތީގެ ފެހި ކުލައިގެ ދެލޮލުން ރައިހާނާއަށް ބަލާލިގޮތުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދަބަހާ ފޯނަށްވެސް ބެލުމެއް ނެތި ބިރުން ގޮސް ރައިހާނާ ދުއްވައިގަތެވެ. ހިތްހީވަނީ މޭފަޅާފައި ނުކުމެދާނެހެންނެވެ. ދެވޭ ނުދެވޭ ދިމާލެއް ނޭންގި ރައިހާނާ ދުވުނެވެ. އޮފީސް މަސައްކަތެއް ކުރަން އައި ޒިވާންއަށް ސްކޫލަށް ވަދެވުނީ އެވަގުތުއެވެ. ނިކަން ބާރަށް ދުވެފައި އައި ރައިހާނާ ގޮސް ލައިގަތީ ޒިވާން ގައިގައެވެ. ބިރުން ހުރި ވަރުން ރައިހާނާއަށް ޒިވާން ސިފަވީ ބިރުވެރި އެއްޗެއް ގޮތުގައެވެ. ދެލޯ މަރާ ބާރުކޮށްގެން އިނދެ ކަންފަތު ތޫރު ފަޅައިގެން ދާހާ ބާރަށް ހަޅޭއަވައިގަތެވެ. “ޝްޝް ރައިހާނާ މީ މަށޭ ޒިވާން” ރައިހާނާ އަނަގަމަތީ އަތް އަޅަމުން ޒިވާން ބުންޏެވެ. ބިރުން ގޮސް ރައިހާނާގެ ލޮލުން ކަރުނަ ފާދާލާފައި ހުއްޓެވެ. “ޒިވް” ޒިވާންގެ މޭގައި ބޯ އަޅައިގެން ރައިހާނާ ރޯންފެށިއެވެ. އެބުޅަލުގެ ސަބަބުން އޭނާ ނުހަނު ބިރުގަނެއްޖެއެވެ. ހިތާހިތުން އެސޮރާ ދިމާއަށް އެއްޗިހި ކިޔުނެވެ. ޒިވާން ހުރީ ހަދަންވީ ގޮތެއް ނޭންގިފައެވެ. ރައިހާނާގެ މަޑު ގިސްލުމުން ރޮނީކަން އެނގެއެވެ. ނަމަވެސް ރައިހާނާ ގައިގައި އިނގިލި ކުރި ޖައްސާލާކަށްވެސް ޒިވާންއަކަށް ނުކެރުނެވެ. އެގިތައް ދެމީހުން ތިއްބާ ސްކޫލްގެ ޓީޗަރެއް ނުވަތަ އިސްވެރިޔަކު އައިސްފާނެތީވެސް ޒިވާން ކަންބޮޑުވިއެވެ.
ހިތްހަމައަކަށް އެޅެލުމުން ރައިހާނާ ޒިވާންއާ ދުރަށް ޖެހިލިއެވެ. ކުރެވުނީ ކިހާ ވަރެއްގެ ކަން ރޭކާލުމާއެކު ލަދުންގޮސް ހަލާކުވާވަރުވިއެވެ. ބިރުންހުރެވެސް ދިދަ ޕޯސްްޓް ކައިރިއަށް ދިޔައީ އެތަނުގައި އޭނާގެ ދަބަހާ ފޯނާ އޮންނާނެކަން އެނގޭތީއެވެ. ދަބަހާ ފޯނާ އަތަށް ބޮނޑިކޮށްގެން ރައިހާނާ މިސްރާބް ޖެހީ މައްޗަށް ދާށެވެ.

ކުލާހަށް ދިޔައިރު ޓީޗަރުންގެ ގޮނޑީގައި ހަމަޖެހިލައިގެން އިށީންދެ އިން ހަމްޒާ ފެނުނެވެ. ހަމްޒާ ކުރިމައްޗަށްވާ ގޮތަށް އިން މޭޒުގައި ވިޝާހްވެސް ކޮންމެސް ފިލާވަޅެއް ހަދަން އިނެވެ. ރައިހާނާއަށް ރުޅި އާދެވުނީ އެދެމީހުން މާކުރީބައިގައި ކުލާހަށް އައިސް ތިބުމުންނެވެ. ރައިހާނާ ދިޔަ ގޮތަށް ގޮސް ވިޝާހްއާ ދިމާއަށް ދަބަސް އެއްލާލިއެވެ. ސިހިފައި ވިޝާހްއަށް ރައިހާނާއާ ދިމާއަށް ބަލާލެވުނެވެ. ހަމްޒާވެސް ހައިރާންވެފައި ހުރެ ރައިހާނާއަށް ބަލާލިއެވެ. “ހައު ޑެއާ ޔޫ!!! ކީއްވެ މާ ކުރިން މައްޗަށް އަރައި ތީނީ! އެހެން ކުދިން އަންނަން ދެން މަޑު ކުރަން ޖެހޭނެ ދޯ” ވިޝާހް ގައިގައި ފޮތުން ދެތިން ބޮނޑި ރައިހާނާ އަޅާލިއެވެ. ރަތްވެފައި ހުރި ދެލޮލާ ރައިހާނާގެ މޫނު ފެނި ކޮންމެސް ކަމެއްވެއްޖެކަން ވިޝާހްއަށް އެނގުނެވެ. އެއަޑުގައިވި ކުރަކި ކަމުގެ ސަބަބުން ރައިހާނާ ރޮއެފައި ހުރިކަންވެސް އެނގެއެވެ. ހަމްޒާ ގޮަސް ރައިހާނާ އަތުން ފޮތް އަތުލިއެވެ. ރައިހާނާގެ މޫނު ފެނި ހަމްޒާ ކަންބޮޑުވިއެވެ. “ކިހިނެއްވީތަ؟ ކީއްވެ ރޮއެފަ ތިހުރީ؟ ކާކު ކީއްކުރީ؟” ސުވާލު ފައްޗެއް ހަމްޒާ އަމުނާލިއެވެ. ތުން ދަމައިގެން އިނދެ ރޮވިފައި ހުރި އަޑަކުން ވީ ގޮތް ރައިހާނާ ކިޔާދިނެވެ.
ވިޝާހް މަސައްކަތް ކުރަމުން ދިޔައީ ހިނިގަނޑު ހިފަހައްޓާށެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ ނުހޭން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ހަމްޒާގެ ހާލު އެއަށްވުރެއް ބޮޑެވެ. ބާރަށް ހެވިދާނެތީ އަނގަ ލައްޕައިގެން ބަނޑުގައި އަތް އަޅައިގެން އިނެވެ. ބުޅަލެއް ފެނިގެން ރައިހާނާއަށް އެހާވަރު ވެދާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ކިތަންމެ މަސައްކަތް ކުރިނަމަވެސް ނުހީއެެއް ހަމްޒާއަކަށް ނީންދެވުނެވެ. މުޅި ކުލާސްރޫމް ތެރޭގައި ހަމްޒާގެ ހުނުމުގެ އަޑު ގުގުމާލިއެވެ. ހަމްޒާ ހޭން ފެށުމުން ވިޝާހްއަށްވެސް ނުހުރެވުނެވެ.
ހަމްޒާއާ ވިޝާހް އޭނާއަށް މަލާމަތްކުރުމުން ރައިހާނާއަށް އިތުރަށް ރޮވެން ފެށިއެވެ. އެބުޅަލުގެ ސަބަބުން އޭނާ ގަތް ބިރު އަންދާޒާ ކުރަންވެސް އެދެމީހުންނަކަށް ނޭންގޭނެއެވެ. އަދި އެހާ ބިރުން މީހެއްގެ އެހީއަށް އެދި އެދި ހުއްޓާ އެހީ ލިބުނީވެސް އެންމެ ބޭނުންނުވާ ފަރާތުގެއެވެ. ހިތާމައާ ރުޅިއާ ބިރާ ހުރިހާ އިހްސާސެއް އެެއްވެގެން ގޮސް ރައިހާނާއަށް ރޮވުނީއެވެ. ރައިހާނާ ރޯން ފެށުމުންވެސް ހަމްޒާއާ ވިޝާހްގެ ހުނުމެއް ނުހުއްޓުނެވެ. ހުނުން ކޮންޓްރޯލް ކުރެވޭތޯ ދެމީހުންވެސް ކުރަމުން ދިޔަ މަސައްކަތްވީ ބޭކާރެވެ.
އަންޖަލް އައިސް ކުލާހަށް ވަންއިރު ފެނުނު މަންޒަރުން އެނބުރުން އަރައިގެން ނުވެއްޓުނީ ކިރިޔާއެވެ. ރައިހާނާ ރޯންއިން އިރު ހަމްޒާއާ ވިޝާހްއާ ގޮނޑިއަކަށް ތަރަވެގެންތިބެސ ހެނީއެވެ. “ވަޓްސް ގޮއިން އޮން؟” އަންޖަލް ދިޔަ ގޮތަށް ގޮސް ރައިހާނާ ގާތު އިށީނެވެ. “ރައި؟” ރައިހާނާ އެއްޗެކޭ ނުބުނުމުން އަންޖަލް ދެވަނަ ފަހަރަށްވެސް ގޮވާލިއެވެ.
ހުނުން ކޮންޓްރޯލް ކުރުމަށްފަހު ވީގޮތް ކިޔާދިނީ ވިޝާހްއެވެ. ހީހީ ގޮސް އޭނާގެ ލޮލުން ހުރީ ފެންވެސް އައިއްސައެވެ. “ސްޓޮޕް އިޓް!” ރައިހާނާއަށް ނުފެންނާނެހެން އަންޖަލް ހަމްޒާއަށާ ވިޝާހްއަށް ފެންނަ ގޮތަށް އަނގަ ހަލުވާލިއެވެ. އަންޖަލްގެ އެއަމަލުން އެއްމިޔައަކަށް ވިޝާހްއަށް ހިނިތުންވެވުނެވެ.

އަންޖަލް ރައިހާނާ ގޮވައިގެން ފާޚާނައަށް ދިޔައެވެ. މޫނު ދޮވެލައި ކުޑަކޮށް ރައިހާނާ ހަމައަކަށް އެޅުމުން އޭނާ ގޮވައިގެން އަންޖަލް ކުލާހަށް ދިޔައެވެ. އޭރު އިތުރު ފަސްކުއްޖަކު އައިސް ތިއްބެވެ.

*********
އަންޖަލް އެކްސްޓްރާ ކުލާހަށް ލާފައި އަޒްހަދް ދިޔައީ ގެއަށެވެ. އެއަށްފަހު ކުޑަކޮށް ތާޒާ ވެލައިގެން އަޒްހަދް ނުކުތް އިރު ރާނިޔާ ހުރީ ރޭގަނޑުގެ ކެއުން ތައްޔާރުކޮށްފައެވެ. އަޒްހަދްއާ އެކީ ރާނިޔާވެސް ކާންއެރިއެވެ. އެހެން ރޭރެއާ ޚިލާފަށް އަޒްހަދް ހުރީ ހިމޭނުންނެވެ. މިހާރަކަށް އައިސް އަޒްހަދް ކޮންމެސް ކަމަކާ މާ ބޮޑަށް ވިސްނާކަން ރާނިޔާއަށް ފާހަގަ ކުރެވިގެން އެވާހަކަ އަޒްހަދް ގާތު ބުންޏެވެ. “އެބޮތް ރާނިޔާ ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެކަމް އެވާހަކަ ދެއްކޭނީ އަންކޮވެސް ހުއްޓަ” ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަޒްހަދް ބުނެލިއެވެ. ރާނިޔާގެ ހިތުގައި އެތައް ސަތޭކަ ސުވާލެއް އުފެދުނެވެ. އަޒްހަދް އެ ދައްކަން އުޅެނީ ކިހާ ބޮޑު ވާހަކައެެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ.
*******
ބަލައި އަންނަން ދެކަށް ރައިހާނާއާ އަންޖަލް ގޯތިތެރޭ ހުރި ބެންޗުގައި އިށިީންދެގެން ތިއްބެވެ. އެދެކުދިން ފިޔަވާ އެހެން ހުރިހާ ކުދިން ގޮއްސިއެވެ. ހަމްޒާވެސް ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައި އިށީންދެގެން ފޯނާއި ކުޅެން އިނެވެ.
ރައިހާނާ އިރުއިރުކޮޅާ ގޯތި ތެެރެއަށް ނަޒަރު ހިންގާލައެވެ. ކަޅު ބުޅާ އައިސް ދާނެތީ ރައިހާނާ އިނީ ބިރުންނެވެ. އަންޖަލްއަށް އެކަން އެނގުނެވެ. “ސާބަސް ރައިއަށް. އެބުޅާ އައިސް ރައިކައެއް ނުލާނޭ!” “އަންކޮއަށްވެސް ފެނުނު ނަމަ އެއްނު އެނގޭނީ! ބައިދަވޭ ޔުއަރ ޕްރިންސް ލުކްސް ސޯ ޑޭމް ހޮޓް!” އަންޖަލް ހަމްޒާއާ ދިމާއަށް ބަލާލިއެވެ. އައިސް ބްލޫ ކުލައިގެ އަތްދިގު ގަމީހާ ހުދުކުލައިގެ ޖިންސު ހަމްޒާއާ ވަރަށް ގުޅެއެވެ. އިސްތަށިގަނޑި ރީތިގޮތަކަށް ސްޓައިލްކޮށްފައި ނަންބަރު އައިނު އަޅައިގެން ހުރުމުން އިތުރަށް ރީތިކަމަށް ފެނެއެވެ.
އަޒްހަދް ސައިކަލުގައި އައިސް ގޭޓް ކުރިމަތީ މަޑުކޮށްލުމުން އަންޖަލް ތެދުވިއެވެ. ހަމްޒާ ގާތު ދަނީކަމަށް ބުނެފައި އަވަހަށް ދިޔައެވެ.

އަންޖަލް ދިއުމުން ރައިހާނާ އެކަނިވިއެވެ. ރުހާމްއަށް ގުޅަން ފޯނު ނެގިތަނާހެން ޗާޖު ގޮސްގެން ފޯނު ނިވުނީއެވެ. ރައިހާނާ އިންތާ އިނދެ ހަމްޒާއަށް ގޮވާލިއެވެ.
ހަމްޒާ ބޭނުންވީ ވީހާވެސް ރައިހާނާއާ ދުރުގައި އިންނާށެވެ. ނަމަވެސް ރައިހާނާ ގޮވުމުން އަޅާނުލާ ހުންނާކަށް ނުކެރުނެވެ. ފޯނު ޖިންސްގެ ޖީބަށް ލާފައި ތެދުވެ ހިނގައިގަތެވެ. “ބައްޕައަށް ގުޅާ ދެވިދާނެތަ؟” ހަމްޒާ އޭނާގެ ފޯނު ރައިހާނާއަށް ދިނެވެ. ރުހާމްގެ ނަންބަރު ޖަހަމުން ދިޔައިރު ރައިހާނާގެ އަތް ތުރުތުރު ލަމުން ދިޔައެވެ. އެވަގުތު އެތަނުގައި އޭނާއާ ހަމްޒާ ފިޔަވާ އެކަކުވެސް ނެތްކަން އެނގޭތީ އެހިތް ނޭންގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ރުހާމް އޮފީހުގައި ކުޑަކަމެއް ދިމާވެގެން އަވަހަށް ދެވެން ނެތްކަމަށް ބުންޏެވެ. ލަސްވުމުގެ ކުރިން އެކަނި ހިނގާލާފައި ގެއަށް ދާން ރުހާމް އެދުނެވެ. އެންމެ ރަނގަޅުކަމަށް ބުނެ ފޯނު ކަނޑާލާފައި ހަމްޒާ އަތަށް ދިނެވެ. “އެބައާދޭ؟” “ނޫން ބައްޕަ ބުނީ ހިނގާލާފަ ދާށޯ!” ކުޑަކޮށް ހިނިތުންވެލަމުން ރައިހާނާ ބުންޏެވެ. “ހިނގާ މަށާއެކީ ދާން! ރޭގަނޑު އެކަނި ދާކަށް ނުވާނެ” ރައިހާނާ ފާޑަކަށް ހަމްޒާއާ ދިމާއަށް ބަލަހައްޓައިގެބް ހުއްޓެވެ. ރައިހާނާގެ އަނގަވެސް ހުރީ ކުޑަކޮށް ހުޅުވިފައެވެ. “ހެލޯ! ކިހިނެއްވެފަ ތިހުރީ؟” ހަމްޒާ އޭނާގެ އަތް ހޫރާލިއެވެ. “ނުކެރޭނެ ސައިކްގަ ދާކަށް” ދެތިން މިނެޓަށްފަހު ރައިހާނާ ބުންޏެވެ. ހަމްޒާގެ އަނގައިން ނުކުތީ ލުއި ހުނުމެއްގެ އަޑެވެ. ” މަ ސައިކް ފަހަތަށް ވަރަށް އަރާހިތުން އިންހެން ހީވަނީ! އެކަމް މަށެއް ނެތް ރައިހާނާ ފަހަތަށް އަރުވާ ހިތެއް. އެހެންނޫނަސް ސައިކް ހަލާކުވެފަ އިނީވެސް”
ރައިހާނާ ގެއާ ހަމައަށް ދެވުނުއިރުވެސް ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނެއެވެ. ގެއާ ހަމައަށް ދެވުމާއެކު ކިރިޔާ އަޑު އިވޭ ވަރަށް ރައިހާނާ ޝުކުރިއްޔާއޭ ބުންޏެވެ. ހަމްޒާބުނާ އެއްޗަކަށް ބެލުމެއްނެތި ރައިހާނާ ގޮސް ގެއަށްވަނެވެ. ރައިހާނާ ވަންކަން ޔަގީންކޮށްފައި ހަމްޒާވެސް ގެއަށް ދާން ހިނގައިގަތެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ތައުބާ [ދެވަނަބައި]

Next

އަބަދަށްޓަކައި…ފަހުބަައި

Next
April 29, 2019

އަބަދަށްޓަކައި…ފަހުބަައި

Previews
April 28, 2019

ތައުބާ [ދެވަނަބައި]

12 Comments!

  1. Reeenn says:
    April 29, 2019 at 9:15 am

    Me first dw.. kiyaa fa comment eh kohlaanan inshallah

  2. Kiyara says:
    April 29, 2019 at 9:20 am

    Salam. Miothy 17 vana bai. Hurihaa kudhinnah ves mibai kamudhaane kamah ummedhu kuran. Next part Saturday ga ISA

  3. Reeenn says:
    April 29, 2019 at 9:26 am

    Haadha kurey knme part eh vx..btw v nice when next part

  4. Mi vaahaka says:
    April 29, 2019 at 9:27 am

    Haadha lahey vaahaka up vaaleh dww..?..btw reethi mi bai vx..

  5. Yoomee says:
    April 29, 2019 at 10:12 am

    Varah lwbi vaahaka eh kiyaaa?? all ur storys are fab.. so how’s studies going? Mi dhuvas kolhu vx story up kohdheythy varah bodah thanks engeyy.. I know mi dhuvas kolhu varah tough vaane kan kiyevumuga I’m also going through the same. All the bst girl keep going??????

  6. Laalu says:
    April 29, 2019 at 11:09 am

    Lovely v ekm hama thankolheh kuriy…. Nxt part dhigukohladhehchey ingey dear… Plus thankolheh las hn heevani laaluah mi story dhaaleh kuriahvure…..

  7. jiji says:
    April 29, 2019 at 12:56 pm

    Kiyaa!!! Vvv salhi mi part vec..miadhu scwl ga in iru vec hyviyey mi Story up kuri hn..Finally it’s here ??????????????????Curiously waiting for the next part dear…nd hurihaa comment thakah reply kurahchey dear..Lysm

  8. No one says:
    April 29, 2019 at 12:58 pm

    Koba abadhahtakaa?

  9. Flower says:
    April 29, 2019 at 10:04 pm

    Vaahaka varah reethi ? but haadha kurey ? and ehaa dhuvas up kuran nagaafa thihaa kurukoh genesdheneema kiyuntherin kiyaa hiy nuvedhaane ?

  10. Raihana says:
    April 30, 2019 at 1:55 pm

    Ma hamza aa haadha crush ve a dhn e angal ge beybe ah hadaaba eyrashehnu mashah hamza libeyni

    1. Flower says:
      April 30, 2019 at 8:23 pm

      Most probably he is angal’s brother ?

    2. Shambbx says:
      May 1, 2019 at 9:25 pm

      Hehehhehehehehe omg real life raihana eh Eha ulhey dhen hamza eh beynumee

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ….18←


All Right Reserved!