ބުނާށެ ލޯބި ނުވަނީހޭ…16
ސްކޫލްގައި އިތުރަށް މަޑުކުރަން ޚިޔާލުކޮށް ހަމްޒާ ދިޔައީ ގެއަށެވެ. ސުނައިނާގެ ޚަބަރެެއް ނުވާތީ ބަދިގެއަށް ވަދެ ކޮފީއެެއް ގިރައިގެން ބޯން އިށީނެވެ. އެވަގުތު އަންޖަލް ހަދާދިން ކޮފީގެ މަތިން ހަނދާންވުމާއެކު ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ.
***
އަންޖަލް ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ދެތިން ފަހަރު ރިންގްވެފައި ފޯނު ކެނޑުނުއިރުވެސް ނަގާކަށެއް އަންޖަލް ނޫޅުނެވެ. ހަތަރުވަނަ ފަހަރަށްވެސް ރިންގްވާން ފެށިއެވެ. މީ ވަރުގަދަ މީހެއްތާއޭ ހިތަށް އަރާ އަންޖަލް ފޯނު ނެގިއެވެ. ” ހޫ އާ ޔޫ؟ މޮޔަ ވެގެންތަ ތިއުޅެނީ؟ ކިހާ ދެރަ ކަމެއް!” ފޯނު ނެގިގޮތަށް އަންޖަލް ހަޅޭއްލަވައި ގަތެވެ. އެކޮޅުން އިވުނު ހުނުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އަންޖަލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
ފޯނު ނެގި ގޮތަށް އަންޖަލް ހަޅޭއްލަވަައިގަތުމާއެކު ހަމްޒާއަށް ހެވުނެވެ. އާންމުކޮށް އެހެން ވާހަކަ ދައްކާ އުޅެނީ ރައިހާނާއެވެ. ” އޭންޖަލްވެސް ހާދަ ރުޅި ގަދައޭ. މިސްވެގެން ގުޅާލީމަވެސް ތި ލަވާގަތީ ހަޅޭއް” ގައިގައި އެކީ ހުރި ހުރިހާ ލެއެއް އަންޖަލްގެ ކޮލަށް ޖަމާވިއެވެ. ގަތް ލަދާއެކު އިތުރަށް ބުނަންވި ކީކޭ ކަމެއް އަންޖަލްއަކަށް ނޭންގުނެވެ.
“އޭންޖަލްގެ ކޮފީ މަތިން މިސްވެގެން މި ގުޅާލީ” ކޮލުގައި ހުރި ހުރިހާ ދަތެއް ފެންނަވަރަށް އަންޖަލް ހީލަމުން އަންޖަލް ނަށާލިއެވެ. އިޚްތިޔާރުން ބޭރުގައި “އޯނނ” އޭ ބުނެވުނެވެ. އެހެން ބުނެވުނުކަން ރޭކާލުމާއެކު އަންޖަލް އަނެއްކާވެސް ލަދުން ގޮސް ވިރޭވަރުވިއެވެ. ތުންފަތުގައި ދަތް އަޅާލެވުނުލެއް ބާރުކަމުން ލޭވެސް ނައި ކިރިޔާއެވެ. އަންޖަލް އިތުރަށް ވާހަކަ ނުދެއްކުމުން ދެން ބާއްވަނީ ކަމަށް ބުނެ ހަމްޒާ ފޯނު ބޭެއްވިއެވެ.
ފޯނުގެނަސް މޭގައި ޖައްސާލަމުން އަންޖަލް ނަށާލިއެވެ. އަންޖަލްގެ ރީތި އަޑުން ހިތްގައިމު ލަވައެއްވެސް ކިޔާލިއެވެ. ރައިހާނާއަށް ގުޅަން އުޅެފައިވެސް މާދަން ސްކޫލަށް ގޮސް ހަމްޒާ ގުޅި ވާހަކަ ބުނަން ވެގެން ރައިހާނާއަށް ނުގުޅީއެވެ. ފޯނުގައި ހަމްޒާގެ ނަންބަރު ސޭވް ކުރުމަށް ފަހު އެެއަށް ދޮނެއްވެސް ދިނެވެ. އަންޖަލް އެކޭ ދީވާނާ އެކޭ އެެއްގޮތެވެ.
ބާރަޖަހަނިކޮށް ތެދުވެގެން ރައިހާނާ ބަދިގެއަށް ދިޔައެވެ. ބަނޑުހައިވެފައި ހުރުމުން ކާންހުރީ ކޯޗެއްތޯ ބެލިއެވެ. ހުރިހާ ތެލިތަކެއްގެ މަތި ނެގިއިރުވެސް އެއްޗެއް ނެތެވެ. ރުޅި މޫނު ހަދާފައި ގޮސް ސޯފާއަށް ވެއްޓިގަތެވެ. އޭރު ރީހާންވެސް ދެލޯ އުނގުޅަމުން ކޮޓަރިން ނިކުންނަނީއެވެ. “ދޮންތީ ކޮބާ މަންމަ؟” ޝައުފާ ފެންނަން ނެތުމުން ރީހާން އަހާލިއެވެ. ރުންކުރު ގޮތަކަށް ނޭންގެއޭ ބުނެ ރައިހާނާ ޓީވީ ހުޅުވާލިއެވެ. އެއްވެސް ޗެނަލަކުން ބަލާހިއްވާކަހަލަ އެއްޗެއް ނުދައްކައެވެ.
“މަންމަވެސް ބައްޕަވެސް ނެތް ގެއަކު” ޝައުފާމެން ކޮޓަރި ބަލާފައި އައިސް ރީހާން ބުންޏެވެ.
ގޭގެ ދޮރު ހުޅުވި އަޑަށް ދެކުދިން ބަލާލިއެވެ. އޭރު ބާޒާރު ކޮތަޅުތައް ހިފައިގެން ޝައުފާއާ ރުހާމް ގެއަށް ވަނެވެ. އެދެމީހުން އައީ ބޭރުން ކާއެއްޗިހި ގަނެގެންނެވެ. ރީހާންްއާ ރައިހާނާ ކާންއަވަސްވެގަތެވެ.
އެެއް ހަފްތާގެ ޗުއްޓީއަށްފަހު ސްކޫލްތަށް ހުޅުވުނެވެ. ފަތިހު ހަގަޑި ބައިވިއިރުވެސް މަގުތަކުން ސްކޫލްކުދިން ފެންނަމުން ދިޔައެވެ. ރައިހާނާއާ ރީހާންވެސް ގެއިން ނުކުތީ އަވަހަށް ސްކޫލަށް ދާށެވެ. ހަގަޑި ސާޅީސް ފަހެއްގެ ކުރިން ދެވޭތޯ ރައިހާނާ ހިނގީ ނިކަން ބާރަށެވެ. މަޖީދީ މަގުގެ ވަކި ހިސާބަކުން ރީހާންއާ ރައިހާނާގެ މިސްރާބް ބަދަލުވިއެވެ. ރީހާން ގޮސް އޭނާގެ ސްކޫލް ހުންނަ ގޯޅިއަށް އަޅާލަންދެން ރައިހާނާ ބަލަހައްޓައިގެން ހުއްޓެވެ. ރިހާން ދިޔަކަން ޔަގީންކޮށްފައި ރައިހާނާ ހިނގަގާތެވެ. ރައިހާނާ ސްކޫލާ ހަމައަށް ދާންވާއިރަށް ގޭޓު ހުޅުވާފިއެވެ.
ގޯތިތެރޭ އަންޖަލް މަޑުކޮށްލައިގެން ހުރީ ރައިހާނާ އަންނަންދެކަށެވެ. އަތުގައި އަޅާފައި އޮތް މަޑު މުށި ކުލައިގެ ކަމަރުލީ ގަޑިއަށް ނަޒަރެއް ދިނެވެ. “ހެއި” ވިޝާހްގެ އަޑު އިވުމާއެކު އަންޖަލް އިސް އުފުލާ ބަލާލިއެވެ. ރީތިވަރަކަށް ބޯ ކޮށާފައި އިން ވިޝާހް ފެނިފައި އަންޖަލްގެ އަނގަ ކުޑަކޮށް ހުޅުވުނެވެ. ކުރީގެ ވިޝާހްއެކޭ ތަފާތެއް ނެތެވެ. ވިޝާހް ހައްޔަރުކޮށްފައި ދޫކޮށްލިކަމެއް އަންޖަލްއަކަށް ނޭންގެއެވެ. “ވިޝާހް!” ހިނިތުންވެލަމުން އަންޖަލް ބުންޏެވެ. ވިޝާހްވެސް އޭނާގެ ފިރިހެން ވަންތަ ހިނިތުންވުން އަންޖަލްއަށް ހަދިޔާ ކުރިއެވެ. އެތައް ދުވަހެއް ފަހުން އަންޖަލް ފެނުމުން ވިޝާހްގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ. އޭނާ ފެނުމުން އަންޖަލްގެ ލޮލުން ފެނުނު އުފާވެރިކަން ފެނި ނިވެމުން ދިޔަ ބައްތީގެ ހުޅުކޮޅު އަލުން ރޯވިހެން ހީވިއެވެ. އަންޖަލްއާ އަރާ ހަމަވި ރައިހާނާއަށް ވިޝާހް ފެނުމާއެކު ކަޅި އަޅާލިއެވެ. ވިޝާހް ފެނުމުން އަންޖަލް އަތުހިފައި ދަމާފައި ގެންދިޔަ ގޮތުން ވިޝާހް ގާތަށް ހިނިއައެވެ. ދެޖީބަށް އަތް ޖަހައިގެން ހުރެ ދެފަރާތަށް ބޯހޫރާލިއެވެ. “ޝީ އިޒް އަ ސައިކޯ ރައިޓް؟” ހަމްޒާ ފެނުމާއެކު ވިޝާހްގެ ހުނުން ހުއްޓުނެވެ. ހަމްޒާއާ ދިމާއަށް ކިޔުނު އެއްޗިހި ހަނދާންވުމާއެކު ވިޝާހްއަށް ލަދުން އިސްޖަހާލެވުނެވެ. ހަމްޒާއާ ހަތަރުކަޅި ހަމަކުރާނެހާ ހިއްވަރެއް ވިޝާހްގެ ނެތެވެ. އެދުވަހު ހަމްޒާ ދެކެ އައިސް ހުރި ރުޅިގަނޑު ރައިހާނާއަށް ބޭލުނުގޮތް ހަންދާން ވުމާއެކު ވިޝާހްގެ މޭގައި ރިއްސާލިއެވެ. ރައިހާނާ އޭނާދެކެ ރުޅިއައުން ހައްގުކަން ވިސްނުނެވެ. ހަމްޒާ އެއްޗެކޭ ބުނުމުގެ ކުރިން ވިޝާހް އަވަހަށް ގޮސް ހޯލަށް ވަނެވެ.
ރައިހާނާ އަންޖަލް ދަމަމުން ގޮސް ހޯލަށް ވަނެވެ. ގޮނޑީގައި އިށީންދެ ހަމަޖެހިލުމަށްފަހު ވާހަކަ ދައްކަން ފަށަން އުޅެނިކޮށް އެސެމްބްލީ ފެށުނެވެ. ގުރުއާން ކިޔަވާ ނިމުމަށްފަހު އޮތީ ޕްރިންސިޕަލްގެ ވާހަކަފުޅު ދެއްކެވުމެވެ. ހަފްތާއަކަށް ފަހު ހުރިހާ ކުދިންނާ ދިމާވުމުން ޕްރިންސިޕަލް މަރުހަބާ ކިއެވެ. އަދި ކިޔެވުމާ ބެހޭ ގޮތުން ހުރިހާ ކުދިންނަށްވެސް އިރުޝާދުދިނެވެ. ޕްރިންސިޕަލްގެ ވާހަކަކޮޅުގައި އެންމެ ބޮޑަށް މުޚާތަބުކުރީ ބާރައިގެ ދަރިވަރުންނަށެވެ. ފަހު އަހަރަށްވުމުން ކުރިއަށްވުރެ ބޮޑަށް ފިލާވަޅުތައް މުތާލައާކޮށް ކިޔެވުމަށް ބޮޑަށް ސަމާލުކަން ދިނުމަށް ނަސޭހަތްތެރިވިއެވެ. ބޭކާރުކަންކަމުގައި ވަގުތު ދުށްވައި ނުލާ ފައިދާ ހުރިކަންކަން ކުރަން ބާރުއެޅިއެވެ. ހުރިހާ ކުދިންނަށް ކާމިޔާބީއަށް އެދެމުން ޕްރިންސިޕަލް ވާހަކަ ނިންމާލިއެވެ.
އެސެމްބްލީ ނިންމާފައި ކުލާހަށް ދިޔަ ގަޑީ ސިޑި މަތިން ކުދިންގެ އަޑު ނުކެނޑެއެވެ. އެއް ހަފްތާއަށް ފަހު އެކުވެރިންނާ ދިމާވުމުން ދައްކާނެ ވާހަޖަ އޮތީ ހުސްނުވެފައެވެ.
ރައިހާނާއާ އަންޖަލް ކްލާހަށްވަދެ އާންމުކޮށްވެސް ތިބޭ ތަނުގައި އިށީނެވެ. ދެންތިބި ކުދިންވެސް އޭރު އައިސް އިށީންނަމުން ދިޔައެވެ. ހުރިހާ ކުދިންގެ ސަމާލުކަން ވިޝާހްއަށް ހުއްޓުނެވެ. ވިޝާހްއާ ދިމާއަށް ކުދިން ބަލަމުން ދިޔައީ ނުރުހުން އަދި ބިރުވެރިންކަން އެކުލެވޭ ނަޒަރަކުންނެވެ. ކުލާސްކުދިންގެ އެ އަމަލުން ވިޝާހް ދެރަވިއެވެ. އިސްޖަހައިގެން އިނދެ އެންމެ ކަނުގައި ވަކިން އިން މޭޒުގައި ގޮސް އިށީނެވެ. އޭނާގެ އުޅުން ހުރި ގޮތުން އެއްވެސް ކުއްޖަކު އޭނާއާ އެކުވެރިވާން ނޭދޭނޭ ހިތަށް އެރިއެވެ.
ވިޝާހްގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަތަށް ނުހަނު ރީއްޗަށް އަންޖަލްއަށް ފެނުނެވެ. ވިޝާހްއާ ދޭތެރޭ ކުލާސް އެހެން ކުދިން އަމަލުކުރަމުން ދިޔަ ގޮތް އަންޖަލްއަކަށް ކަމަކު ނުދިޔައެވެ. ހަމްދަރުދީގެ ނަޒަރަކުން އަންޖަލް ވިޝާހްއަށް ބަލާލިއެވެ. “އަންޖަލް؟ ވައި އާ ޔޫ ސްޓެއަރިން އެޓް ހިމް؟” ރައިހާނާ ދެކޮނޑު އަރުވާލަމުން އެހިއެވެ. “ކީއްވެ އެންމެން ވިޝާހް އެކަނި ކޮށްލީ؟ ހީ އިޒް ޗޭންޖްޑް. އަހަރުން އެންމެ ގެ ހެލްޕް ބޭނުންވާނެ މިހާރު. ތި މީހުން ތިހެން ހަދަންނާ އަނެއްކާވެސް އޭނަ ދާނީ ނުބައި މަގުން” އަންޖަލް ނުރުހިފައި ބުންޏެވެ. ރައިހާނާ މޫނަށް ވައްތަރެއް ޖައްސާލަމުން ދަބަހުގައި ހުރި ފޮތްތައް ނަގައި މޭޒުގެ ވަތްގަނޑަށް ލިއެވެ.
އަންޖަލް އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރިހެން ހީވެގެން ވިޝާހް ވަށްކަޅިން ބަލާލިއެވެ. އަންޖަލް ބަލަން އިންލެއް ލޯބިކަމުން ވިޝާހްއަށް ހިނިތުންވެވުނެވެ.
އަންޖަލް ފުން ނޭވައެއް ދޫކޮށްލުމަށްފަހު ކިރިޔާ ރައިހާނާއަށް އަޑު އިވޭ ވަރަށް ހަމްޒާ ގުޅި ވާހަކަ ބުންޏެވެ. ރައިހާނާ އަނގަމަތީ އަތް އަޅައިގެން އިނދެ ހުނުން ކޮންޓްރޯލް ކުރެވޭތޯ ބެލިއެވެ. ދިމާ ކުރާ ގޮތަކަށް އަންޖަލްއާ ދިމާއަށް ބަލާފައި ދެލޯ ހަނިކޮށްލިއެވެ. “އޯނނ. ސޯ ކިއުޓް. މިހާރުންސުރެ އަންކޮއާ ހަމްޒާގެ ވެޑިންއަށް މި އިންތިޒާރު ކުރާނީ!” އަންޖަލް ރައިހާނާ އަތުުގެ ފަލަ މަސްގަނޑުގައި ބާރަކަށް ޖެހިއެވެ. އޭރު މުޅި ކުއްޖާ ހުރީ ރަތްވެފައެވެ. އަންޖަލްއަަށް އޭނާއާ ހަމްޒާ ކައިވެނި ހެދުމުގައި ތިބި ތަން ޚިޔާލުކޮށްލެވުނެވެ. ތުންފަތުގައި ދަތް އަޅާ ދެފަރާތަށް ބޯ ހޫރާލީ އެޚިޔާލުތަށް ސިކުނޑިން ބޭރުކޮށްލުމަށެވެ. “ޔަގީނޭ މިހާރު އެ އިމޭޖިން ކުރަނީކަން ދެމީހުންގެ ވެޑިން!” ހީވީ ރައިހާނާއަަށް އަންޖަލް ގެ ހިތްފެނިގެން ބުނި ހެންނެވެ. “ޝަޓް އަޕް ރައިހާނާ!” އަންޖަލް ދެލޯ އަޅާލިއެވެ. ރައިހާނާ ހެމުން ހެމުން ފަހަތަށް އެނބުރުނެވެ.
ހުސްގަޑިއެއް ލިބުމުން ހަމްޒާ ދިޔައީ ސްކޫލް ލައިބްރަރީއަށެވެ. ދުނިޔޭގެ އެކި އިރު ހިނގާފައި ހުރި ހަނގުރާމަ ތަކާ ބެހޭ ގޮތުން ލިޔެފައި އޮތް ފޮތެއް ހިފައިގެން ގޮސް ދިވެހި ބައިގައި އިށީނެވެ.
ދިވެހި ގަޑީ ކުދިންގެ އެދުމުގެ މަތިން މިސް ރައިހާނާމެން ލައިބްރަރީއަށް ގެންދިޔައެވެ. ރައިހާނާ އެންނެ ފުރަތަމަވެސް ގޮސް ހޯދީ އޭނާ ކިޔަންފަށާފައި އޮތް ހަނގުރާމަތަކާ ބެހޭ ގޮތުން ލިޔެފައި އޮތް ފޮތެވެ. މުޅި ހަރުގަނޑު ހޯދާ ހޯދާވެސް އެފޮތް އޭނާއަކަށް ނުފެނުނެވެ. ދިވެހި މިސްއަށް ފެނުމުގެ ކުރިން ރައިހާނާ އަވަހަށް ގޮސް ދިވެހި ފޮތްތައް ހުންނަ ބައިން ފޮތެއް ނެގިއެވެ. އެވަގުތު އޭނާ ހޯދި ފޮތް ހިފައިގެން އިން ހަމްޒާ ލޮލުގައި އަޅައިގަތެވެ. ރަނަގަޅަށް ދެފަރާތް ބަލާލުމަށްފަހު ރައިހާނާ ގޮސް ހަމްޒާ ގާތު ހުއްޓުނެވެ. އަދިވެސް އެއްފަހަރު މިސް އަދި ކުލާސް ކުދިންނަށް ބަލާލުމަށްފަހު ހަމްޒާއަށް ވައިއަޑުން ގޮވާލިއެވެ.
ފޮތްތެރެއަށް ގެއްލިފައި އިން ހަމްޒާއަށް ރައިހާނާ ގޮވާލި އަޑު އިވުމުން ބަލާލިއެވެ. އޭނާއާ ދިމާއަށް ލޯ އަޅަައިގެން އިން ރައިހާނާ ފެނި ލާނެއް ގޮތަކަށް ހީލިއެވެ. ރައިހާނާ ބޭނުންވެގެން އެއުޅެނީ އޭނާ ކިޔަން އިން ފޮތްކަން ހަމްޒާއަށް އެނގެއެވެ.
“ގެނޭ ތި ފޮތް!” އަމުރުވެރި ރާގަކަށް ރައިހާނާ ބުންޏެވެ. “ނޯ” ހަމްޒާވެސް ހަމަ އެރާގުގައި ބުންޏެވެ. ރައިހާނާ އަތް މުށްކަވާލިއެވެ. “ދިސް އިޒް މައިން” “މިއަކު ނެތް ރައިހާނާގެ ނަން ޖަހާފައެއް” ހަމްޒާ ފޮތުގެ އެތަން މިތަން ބަލާކަމަށް ހެދުނެވެ. “ފައިން” އެތާ އިނދެ ފައި ވާޅުވިއަސް ހަމްޒާ ފޮތް ނުދޭނެކަން އެނގޭތީވެ ރައިހާނާ ދިޔައެވެ.
ހަމްޒާ ގާތުން މާފަށް އެދެން ވިޝާހް ބޭނުންވިއެވެ. މަޒުމޫން ފޮތެއް ހިފައިގެން ގޮސް ހަމްޒާއާ ޖެހިގެން އިން ހުސްގޮނޑީ ވިޝާހް އިށީނެވެ. ހަމްޒާ ވިޝާހްއަށް ހިނިތުންވެލިއެވެ. އަދި ކިހިނެއްތޯވެސް އެހިއެވެ. “ސަރ. މީ އަނޭ އަޅުގަނޑު ބޭނުން ސަރގެ ކިބައިން މާފަށް އެދެން!” ކިރިޔާ އަޑުއިވޭ ވަރަށް ވިޝާހް ބުންޏެވެ. ކިތަންމެ މަޑުން ބުންޏަސް އެއަޑުގައިވި ރިހުން ހަމްޒާއަށް ފާހަގަވިއެވެ. “ފުރަތަމަ ވިޝާހް ސަރއަށް ކިޔާދޭންވީ ވިޝާހްއަށް އެހާ ބޮޑު ޗޭންޖެއް އައި ސަބަބު. އޭރުން މާފު ކުރެވޭނީ” ވިސްނުމަށްފަހު ހަމްޒާ ބުންޏެވެ. ވިޝާހް ސްކޫލްގައި އެވާހަކަ ނުކިޔާދެވޭނެއޭ ބުނުމުން ހަމްޒާ އެދުނީ ވިޝާހްގެ ފޯނު ނަންބަރު ދިނުމަށެވެ.
******
އަޒްހަދްގެ ސަމާލުކަން ހުއްޓިފައި ހުރީ އޭނާގެ އަތުގައި އޮތް ފޮޓޯ ގަނޑަށެވެ. އެ ފޮޓޯ ގަނޑުގައިވަނީ ކުޑަކުޑަ އާއިލާއެއްގެ ތަސްވީރެކެވެ. ހަވަރަކަށް މަހުގެ ފިރިހެން ކުއްޖެއް އުރައިގެން ޒުވާން ރީތި އަންހެނެއް ހުރިއިރު ދެތިން އަހަރުގެ ކުޑަ އަންހެން ކުއްޖެއް އުރައިގެން ބާވީހަކަށް އަހަރުގެ ޒޫވާން ފިރިހެނެއް ހުއްޓެވެ. އެންމެގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ފޮޓޯ ގަނޑު މޭޒުމަތީ ބޭއްވުމަށްފަހު ފޯނު ނަގާ ކޮންމެވެސް މީހަކަށް އަޒްހަދް ގުޅާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.






Salam all. Mi bai ves hurihaa kiyuntherinnah kamudhaane kamah ummydhu kuran. Next part mondayga
He hey laalu first kiyaalaafa comment kohlaanan
Hi!!!kiyaa v.salhi ey bunaaniy
V v v nice mi prt vx… Kiyaa…. Kyp it up
Awesome ..as always ? btw anjal ge brother eh kanneyge dhw hamza eyakee ?
Vvvvvvvvvvvvv salhi ingey mi part vec ????????????I think Hamzaa aee Anjal ge ehbafaa beybe hn..vvv curious vehje dhn v gotheh balailan beynun vany,..hehe. .Curiously waiting for the next..LYSM ????????????
i also thought like that.. hingaaba dw alhe balaalan.. can’t wait to read other parts..
Hmm lwbi gandaa ???Hama gud vhk eh thibuny..Ma u ah msg kuryma vec reply nudheyey..foni gandu??hmm..Hingaaba dhw
Hiiii
Hi jiji
Hi jijiި
Hi jiji
Heii ishuu haadha varakah hi thi kiyany. .repeat program eh thr ?..hehe????..
Sory v repeat vefa ehuri gotheh neyge
Sory v repeat vefa ehuri gotheh neyge
Oh shit again repeat ??????
It’s ok eyy…ehen sad vaavaru ge kameh nooney. ..I knw..I was just kidding dear?
Oh…!!!!! Jiji instagramga ulhenth???
Jiji
Nope…Insta use kuraany 10 nimunyma. ..Insha allah…nd who is that !!!!!!
?
YUP ME
U mean !!!!! Nd Ishu midhenamun tlk kohfa…I couldn’t understand ..swry
Asluves….. understand plsss
Hmm. .mihaathanah understand vehje inge dear??❤?…nd bye miva guthah ..headache ehn feel vany darla..nd sis liyun thr laureen kiyaa Story eh..just simply asking…Say the truth inge ??
Nopeee…..
Anjal and hamza ge dad aky ekaku dhw ?
Varah reethi ingey. Hamza n Raihanaa dhen Anjal n Visaah gulhuvaafiyaa varah salhivaane. Adhi vaahakaage main part feshen thiulhenii dhw
i think anjal and hamza have some other relation ship…. ???
Mi part vx vrh reethi❤ btw hamza aki angal ge relative eh hin heevaniii
Vaahaka varah riiithi konn irakunn anehbaiiii