Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ…..29

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 17, 2019 8 Mins Read
34 Comments

ހަމްޒާ ގޮސް ގެއިން ނުކުންނަށް ދޮރު ހުޅުވާލިގަޑިއާ ބޭރުން ދޮރު ހުޅުވާލި ގަޑިއާ ވީ އެއްގަޑިއަކަށެވެ. އޭނާ ދޮރުގައި ހިފިލެއް ބާރުކަމުން ބޭރުގަ ހުރި މީހާ އައިސް އޭނާގެ ކުރި މައްޗަށް ވެއްޓެން ދިޔައެވެ. ބަލާކަށް ނުހުރެ އަވަސް ހަރަކާތާއެކު ހަމްޒާއަށް އެކުއްްޖާގެ އުނގަނޑުގައި ދެއަތް ވަށާލެވުނެވެ. ވެއްޓުނުގަތީ އެކުއްޖާ ލައްވާލި ތޫލި އަޑުން އެއީ ކާކުކަން ހަމްޒާއަށް އެނގުނެވެ.
ރައިހާނާ ހީކުރީ އޭނާ ސަލާމަތް ނުވާނެ ކަމަށެވެ. ލޯމަރާ ތަގުޅި ކޮށްލެވުނީ އެހެންވެއެވެ. އެހެނަސް ބާރުގަދަ ދެއަތުން އޭނާގެ އުނގަނޑުގައި ދެއަތް ވަށާލައި ވެއްޓުނަނުދީ ހިފެހެއްޓިއެވެ. ދެލޯ މަރާއިގެން އޮތުމުން އޮތުމުން އެއީ ކާކުކަމެއް ރައިހާނާއަކަަށް ނޭންގުނެވެ.
އަންހެނެްް ކުއްޖަކުގެ ހާޅޭކުގެ އަޑަށް އަޒްހަދްއާ ރާނިޔާއަށް ދުވެފައި ކަހަލަ ގޮތަކަަށް ދޮރުކައިރިއަށް ދެވުނެވެ. އަޑުން އެއީ ރައިހާނާކަން އަންޖަލްއަށް އެނގުނެވެ. ކަންބޮޑުވެފައި ހުރެ އަންޖަލްވެސް ދިޔައެވެ.
ރައިހާނާގެ ސާދާ މޫނަށް ބަލާ ފޫހިނުވާނެއެވެ. އެއްވެސް މޭކަޕާ ނުލާވެސް މިހާރުގަ އުޅޭ މޮޑަލުންނަށް ދޫނުކުރާނެއެވެ. އެހާ މައުސޫމެވެ. ހަމްޒާ އެވަގުތު ބޭނުންވީ ރައިހާނާ ގެނަސް މެއާލާ ބޮނޑިކޮށްލާށެވެ. އެއަށްފަހު މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި ބޮސްދޭށެވެ. އެސްފިޔަވެސް ޖަހާނުލައި ރައިހާނާއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ.
ރައިހާނާ ހިފަހައްޓައިގެން އިން މީހަކު ދޫކުރަން ނޫޅުމުން މަޑު މަޑުން އޭނާ ލޯ ހުޅުވާލިއެވެ. ލޯ ހުޅުވާލިއިރު އޭނާއަށް ފެނުނު ސޫރައިން ލައިލައި ހުރި ނޭވާވެސް ހީވީ ތާށިވިހެންނެވެ. މުޅި ގައިން ހީބިހި ނަގައި މުޅި މީހާ ދާހިއްލާ ފޯވިއެވެ. ހަމްޒާއާ ރައިހާނާގެ ހަތަރު ކަޅި ހަމަވީ ހިނދު ދެޒުވާނުންގެ ހިތުގެ ވިންދުު ވެސް ބާރުވިއެވެ. އެކަކު އަނެކަކަށް ގެއްލިފައި ތިބިއިރު މުޅި ދުނިޔެވެސް ހީވަނީ އެދެމީހުންނަށްޓަކައި ހުއްޓިފަހެންނެވެ. ދެޒުވާނުންގެ ލޮލުންވެސް އެކަކު އަނެކަކު ދެކެ ވާ ލޯބި ފެންނަމުން ދިޔައެވެ.
ރައިހާނާއާ މެދު ހަސަދަ ވެރިވުމުގެ ބަދަލުގައި އަންޖަލްއަށް ވީ މަޖާކަމަކަށެވެ. ހަމްޒާއާ ރައިހާނާ ތިބިގޮތުން ހީވަނީ ލޯބިގެ ފިލްމެެއްގެ މަންޒަރު ހެންނެވެ. އެހާވެސް ފިލްމީއެވެ. އަންޖަލްއަށް މަޖާވެގެން ސިއްރު ސިއްރުން ފޯނު ނަގާ ފޮޓޯ ނެގިއެވެ. ރައިހާނާއާ ހަމްޒާ ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފަ ތިބިބައެއްހެންނެވެ. އަންޖަލްގެ ވިސްނުން އެހެން ހުރީތީވެ ޚުދު އަންޖަލްވެސް ހައިރާންވިއެވެ. ހަގީގަތުގައި ނަމަ އޭނާ ޖެހޭނީ އެކަމާ ނުރުހޭށެވެ. ތިމާގެ ލޯބިވެރިޔާ އަތުތެރޭ އެހެން އަންހެން ކުއްޖެއް ވާތަން ބަލަން މަޖާވެފައި ހުންނާނީ ކާކުހެއްޔެވެ؟
ހަމްޒާގެ ލޮލުން ފެންނަމުން ދިޔަ ޖަޒުބާތުތައް އަޒްހަދަށް އެނގުނެވެ. އޭނާއަށް ހިނިތުންވެވުނީ އެހެންވެއެވެ. އެދެޒުވާނުން ތިބިލެއް ލޯބި ކަމުން ރާނިޔާއަށްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އޭނާއަށްވެސް ހީވަމުން ދިޔައީ ވަގުތުން ފިލްމެއްގެ މަންޒަރު ބަލާލެވޭހެންނެވެ.
އަޒްހަދް ކަރުކެހިލުމާއެކު ރައިހާނާއާ ހަމްޒާއަށް ހަމަބިމަށް އާދެވުނެވެ. ހަމްޒާ ނިކަން އަވަހަށް ރައިހާނާގެ ހަށިގަނޑު ސީދާ ކޮށްދިނެވެ. އެންމެން ބަލަން ތިބިމުން އޭނާ ހުރީ ކުޑަކޮށް ލަދުގަނެފައެވެ. ރައިހާނާގެ މޫނު ހީވަނީ ރަތް އާފަލެއްހެންނެވެ. ލަދުންގޮސް ގަނޑުފެންފޮދެއްހެން ވިރިގެން ފައިބަފާނެހެންވެސް ހީވިއެވެ. އަދި އަންޖަލް ހީކޮށްފާނެ އެއްޗެއް ނޭންގޭތީ ބިރުވެސް ގަތެވެ. “އާރ ޔޫ އޯކޭ؟ އެއްވެސް ތާކަށް ތަދުވިތަ؟” ރައިހާނާ ބޮލުން ޖަވާބުދިނެވެ. އެންމެ ފަހަރަކުވެސް ހަމްޒާއާ ދިމާއަށް ބަލާނުލިއެވެ. ރައިހާނާ ހުރީ ކުރިއަށް ފިޔަވަޅެއް އަޅަންވެސް ލަދުންނެވެ. “ނަސީބެއްނު ހަމްޒާ ހުރިކަން އެހެންނޫނަމަ ރައި ވެއްޓުނީސްކަން ޔަގީން. ރައި މީ ދެފައި ހަރުނުލާ ކުއްޖެއް ދޯ!” ރައިހާނާ ވެއްޓި ބޮޑު އަނިޔާނުވުމުން ރާނިޔާ ހިތްހަމަ ޖެހުނެވެ.
ފަހު ފަހަރަށް ދަނީއޭ ބުނެ ހަމްޒާ އެގެއިން ނުކުތެވެ. ނިކުތުމުގެ ކުރިން ވަށްކަޅިން ރައިހާނާއަށް ބަލާލިއެވެ. އޭރު ވެސް އިސްޖަހައިގެން އިން ގޮތަށް ރައިހާނާ އިނެވެ.

ކޮޓަރިއަށް ވަދެފައި ހަމްޒާ އެގެއަށް އައީ ކީއްކުރަންތޯ ރައިހާނާ ސުވާލުކުރިއެވެ. “އެއީ މަށާ ހަމްޒާގެ ކައިވެނި ހަމަޖައްސަން. ބައްޕަ ބޭނުންވީ ހަމްޒާ އެއީ ކޮންކަހަލަ ކުއްޖެއް ތޯ ބަލާލަން” ލަދު ރަކި ގޮތަކަށް އަންޖަލް ބުންޏެވެ. ރައިހާނާއަށް ހީވީ މީހަކު ފައިން އަރާ އޭނާގެ ހިތް ޗިސްޗިސްކޮށްލިހެންނެވެ. ހިތުގައި ރިއްސާލިލެއް ބާރުކަމުން ލޮލަށް ކަރުނަ ޖަމާވިއެވެ. އެއީ އަންނާނެ ދުވަހެއްކަން ކުރިންވެސް ރައިހާނާއަށް އެނގެއެވެ. އޭނާ ހީކުރީ އެކަމަށް ކެއް ކުރެވޭނެ ކަމަށެވެ. އެހެނަސް ވަގުތު ޖެހުމުން އޭނާ މިވީ ފިނޑިއަކަށެވެ. އެދެވެން ފެށުނީ ހަމްޒާ އަންޖަލްއާ ވަކިވުމަށެވެ. ރައިހާނާގެ މޫނަށް އައި ބަދަލުން އަންޖަލްއަށް މަޖާވިއެވެ. ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަންޖަލް ހޭންފެށުމުން ރައިހާނާ ރުޅިގަދަވިއެވެ. އޭނާގެ ލޯބިފޭރިގެންފައި ނުވިތާކަށް ހުރި ހަމައެކަނި ފިރިހެން ކޮއްކޮގެ ހަމަޖެހުންވެސް އަންޖަލް އެވަނީ ނަގާލާފައެވެ. ރައިހާނާގެ ހިތް އަންޖަލްއާ މެދު ކިލަނބު ވާ ގޮތްވިއެވެ. “ލޮލް. ރައި ލުކް އެޓް ޔުއަރ ފޭސް. ހީވަނީ މަ ރައިގެ ލޯބިވެރިޔާއާ އިންނަން އުޅުނުހެން. ހަހަހަ. އެހެންނޫނަސް ބައްޕަމެންނަކަށް ނުވެސް އިނގޭ މަށާ ހަމްޒާގެ ކަންތަކެއް.” އަންޖަލް ކަންތައް ވީގޮތް ކިޔާދިނުމާއެކު ރައިހާނާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. ހީވީ އޭނާގެ ބޮލުން އެތައް ހާސްޓަނެއް ލުއިވިހެންނެވެ. އެހެނަސް އަންޖަލް ކޮށްލި ސަމާސާއިން އޭނާގެ މުޅި މޫޑް އެކީ ވަނީ ޚަރާބުވެފައެވެ. ހިނިތުންވެލައިގެން ހުރީ ގަދަކަމުންނެވެ.

ރީހާންއަށް އިންތިޒާރު ކުރެވެމުން ދިޔައީ ރައިހާނާ އަންނާނެ އިރަކަށެވެ. އަންޖަލްގެ ހާލު ބަލާލަން އޭނާ ވަނީ އިންތިހާއަށް ބޭނުންވެފައެވެ. އެނބުރޭ ވަހުތާނެންހެން މުޅި ގޭތެރޭގައި އެދުވަހު ރީހާން އެނބުރުނެވެ. ރައިހާނާއަށް ގެއަށް އާދެވޭވަރުވީ ހައެއް ޖަހަނިކޮށެވެ. ގެއަށް ވަންތަނުން ރީހާން އަންޖަލްގެ ހާލު އޮޅުންފިލުވުމުން ފަރުވާ ކުޑަ ގޮތަކަށް ނޭންގެއޭ ބުންޏެވެ. ރީހާންވެސް އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހު އިތިރު ސުވާލެއް ނުކުރީ ޚަރާބުވެފައި ހުރި އޭނާގެ ދޮންތިގެ މޫޑު ފެނުމުންނެވެ.

ސިނގެރޭޓަކަށް ފަހު ސިނގެރޭޓެއް ޒިވާން ހުސްކުރަމުން ދިޔައެވެ. ބޮޑު މަގެއްގެ ފާރެއްގައި ލެގިލައިގެން އެއްފައި ފާރަަށް ނަގައިގެން އިނެވެ. ކަޅުކުލައިގެ އަތްކުރު ގަމީހަކާ އެކުލައިގެ ޖިންސެއްލައިގެން ހުރުމުން ޒިވާން ފެންނަލެއް ނުހަނު ސްމާޓެވެ. އިސްތަށިގަނޑުވެސް ރީތިވަރަކަށް ކޮށައި ތުނބުޅިވެސް ބަހައްޓައިފައި ހުރީ ރީތިވަރަކަށެވެ. އެހާ ސްމާޓް މީހަކު އެގޮތަށް ސިނގެރޭޓް ބޯން ހުރުމުން ބައެއް އަންހެންކުދިން އެކިކަހަލަ އެއްޗިހި ކިޔަމުން ދިޔައެވެ. މަގުމަތިން ދާމީހުންނަށް ވަމުން ދިޔަ އުނދަގުލަކަށް ނުބަލައި ޒިވާން ސިނގެރޭޓް ދުން ބުރުވަމުން ދިޔައެވެ. މީހެއްގެ މޫނަށް ދިޔަސް އޭނާއަށް ވަރިހަމައެވެ.

މީރު ޗުއިންގަމެއް އަނަގަޔަށް ލައިގެން ހަފަމުން ދިޔަ ލީމް މޫނަށް ފާރަކަށް ޖެހިފައި އިންޒުވާނާނެއް ސިނގެރޭޓް ދުން ބުރުވާލިއެވެ. އަނގަޔަށްލީ ނުބައި ރަހަޔާ ދުވި ނުބައި ވަހުން ލީމް ކުށި އެރިއެވެ. އަރައިގަތް ރުޅިން އެމީހާގެ މޫނާ ދިމާއަށް ލީމް ކެއްސައިގަތެވެ. އޭނާގެ މޫނަށް ދުންބުރުވާލާފައި އެމީހާއަށް ހަމަޖެހިލައިގެންނެއް ނީންދެވޭނެއެވެ.
ޒިވާންގެ މޫނަށް އަންހެން ކުއްޖަކު ކެއްސާއިގަތުމާއެކު ރުޅިން ފަޅައިގެން ދިޔައެވެ. މިހާރު އުޅޭ ކުދިންގެ އެއްވެސް ލަދެއް އަދި އިހްތިރާމް ކުރުމެއްވެސް ނެތެވެ. “ވަޓް ދަ…ތީ މީހުން ކުރާކަހަލަ ކަންތައްތަ؟ މެނާސް ކޮބާތަ؟” އައި ރުޅީގައި ނިކަން ބާރަށް ޒިވާން އެކުއްޖާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.
ލީމްއަށް ޒިވާންގެ މޫނު ފެނުމާއެކު އެއީ ކުރިދުވަހު ރަސްރަނި ކައިރިން ފެނުނު ފޮނި ޒުވާނާކަން އެނގުނެވެ. މިއީ ހާދާހާވާ ފޮނި ބޮޑު މީހެކޭ ހިތަށް އެރިއެވެ. އެއްވެސް އަޚްލާގެއް ނެތޭ ކިޔާ އޭނާއާ ދިމާއަށް ހަޅޭއްލަވާއިރު މީހުންގެ މޫނަށް ދުންބުރުވުން އެއީ އެންމެ ރިވެތި އަޚްލާގުހެއްޔެވެ. “އޯ މިސްޓާާ. އަދިވެސް އަހަރެންގެތަ މެނާސް ނެތީ. ތިބޭފުޅާ ދޯ ގޮތެއް ފޮތެއް ނުބަލައި މީހުންގެ މޫނަށް ދުންބުރުވަމުން އެއްވެސް މެނާސްއެއް ނެތިގެން ތިއުޅެނީ. ފުރަތަމަ އަހަރެން މޫނަށް ތި ދުންގަނޑު ބުރުވާލީ ތިމީހާ. އެހެންވެ ކުށިއެރީވެސް. އެކަމް އަދިވެސް މަގޭގެ ދޯ މެނާސް ނެތީ. ފޮނި ބޮޑު” ލީމްވެސް ޒިވާނަކަށް ދޫނުކުރެއެވެ. އެއޮށް އެންމެންގެ ތެރޭގައި ޒިވާންއާ ދިމާއަށް އެއްޗިހި ގޮވައިގަނެ އޭނާ ލަދުގަންނަވާލިއެވެ. ޒިވާންއަށްވެސް ލީމްގެ މޫނު ރީއްޗަށް ފެނުމުން އެނގުނެވެ. އައި ރުޅީގައި ލީމްގެ މޫނުގައި އެތިފަހަރެއް އަޅަންވީއޭވެސް ހިތަށް އެރިއެވެ. އެހެނަަސް އެއީ އަންހެނަކަށް ވުމުން އަތް އިސްކުރާކަށް ޒިވާންއަކަށް ނުކެރުނެވެ. ލީމް އެތިވަރު ގޮވަގޮވާ ހުއްޓާ އޭނާއާ ދިމާއަށް ނުރައްކާތެރި ނަޒަރަކުން ބަލާލުމަށްފަހު ހިނގައިގަތެވެ. ލީމްވެސް އަނގައިގައި އޮތް ޗުއިންގަމް ގަނޑު އެތާ ކައިރީ އިން ޑަސްޕިނަކަށް އެއްލާލުމަށްފަހު އެތަނުން ދިޔައެވެ.

އޮލިވްގާޑަންއަށް ވަދެގެން ދިޔަ ވިޝާހްގެ ލޯ ހޯދާލީ އޭނެ ދެކެން އެންމެ ހިތްއެދޭ ސޫރައެވެ. އެސޫރައަކާ ބައްދަލުކޮށްލަން ފަހަކަށް އައިސް ހިތް ބޭގަރާރުވަމުން އައި ސޫރައެވެ. ދުވަހަކުވެސް އެހިތް އަންޖަލްގެ މިލްކަކަށް ނޫނީ ވާން ބޭނުންނުވެ ހުއްޓާ ސިއްރުން އެހިތާ ކުޅެލި ކުއްޖާއެވެ. ވިޝާާހްއަށް އެއްމިޔައަކުން ހިނިތުންވެވުނީ ހިތްއެދޭ ސޫރަ ފެނުމުންނެވެ.
“ހެއި” ވިޝާހް ގޮސް އެކުއްޖާއިން މޭޒުގައި އިށީނެވެ. ވިޝާހް ފެނުމުން އެކުއްޖާގެ މޫނު މަތީގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ. އަޅާފައި ހުރި ކަޅު ޝޯލްގެ ތެރެއިން އެކުއްޖާގެ ދޮންމޫނު ފެންނަމުން ދިޔައީ އިހުނަށް ވުރެއް ދޮންކޮށެވެ. ލުއި މޭކަޕެއް އެމޫނުގައި ކޮށްފައި ހުރިއިރު އެމޫނާ ނުހަނުގުޅެއެވެ. “ނިކްހާތް. ޔޫ ލުކް ބިއުޓިފުލް” ގަނޑު ފެންފޮދެއްހާ ފިނި ނިކްހާތްގެ އަތުގައި ވިޝާހް ހިފާލިއެވެ. ސިހިފައި ކަހަލަ ގޮތަކަށް ނިކްހާތްއަށް ތެޅި ގަނެވުނެވެ. “ހާދަ ވަރަކަށް ސިއްސައިގެން ދިޔައީ. ޔޫ ލުކް ސޯ ޑިފަރެންޓް ނިކްހާތް. އެންމެ ފަހުން މަށަށް ފެނުނުއިރު ހީވަނީ ކުޑަކުއްޖެއްހެން. ނައު ލުކް އެޓް ޔޫ” ސީދާ ނިކްހާތްގެ ލޮލަށް ބަލަހައްޓައިގެން ހުރެ ވިޝާހް ބުންޏެވެ. ލަދުން ގޮސް ނިކްހާތްގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ” މިހާރު އަހަރުންގެ ރިލޭޝަންޝިޕް އޮފިޝަލީ ފެށުނީ މި. އައި ވަންނާ އިންޓްރޮޑިއުސް ޔޫ ޓު މައި ފްރެންޑްސް.” ވިޝާހްގެ ލޮބުވެތި ބަސްތަކުން ނިކްހާތްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އޭނާއަކީ ކޮންކަހަލަ ކުއްޖެއްކަން އެނގި ވިޝާހް އެހުރީ އޭނާއާ ގުޅެން ތައްޔާރަށެވެ. ނިކްހާތްއަކީ ވިޝާހްގެ މަންމަ ވިސާމާގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅެވެ. ކުޑައިރު ވިޝާހްއާ ނިކްހާތް އެކީީ ސަކަރާތްޖަހާ މަޖާކޮށް އުޅުނެވެ. ނަމަވެސް ނިކްހާތްގެ އާއިލާ އެމީހުންގެ ދިރިއުޅުން ލަންކާއަށް ބަދަލުކުރުމުން ވިޝާހްއާ ނިކްހާތްގެ އެކުވެރިކަން ނިމުމަކަށް އައެވެ. ބޮޑުވަމުން އައިއިރު ވިޝާހް ނިކްހާތް މަތިން ހަނދާނެއްވެސް ނެތެވެ. ވިޝާހްއަަށް އަލުން ނިކްހާތްއާ ދިމާވީ އެމީހުންގެ އާއިލާ މާލެ ބަދަލުވުމުންނެވެ. އެއްދުވަހު ނިކްހާތް އޭނާގެ މަންމައާ އެއްކޮށް ވިޝާހްމެންގެއަށް ދިޔަ ދުވަހެއްގައެވެ. ފުރަތަަމަ ނަޒަރުންވެސް ނިކްހާތް ވިޝާހްގެ ހިތާ ކުޅެލިއެވެ. ވަރަށް ހާލުން އުޅެގެން ނިކްހާތްގެ ނަންބަރު ހޯދައިގެން އޭނާއަށް މެސެޖް ކުރީ ވިޝާހް އަމިއްލައަށެވެ. ނިކްހާތް ވިޝާހްއާ ވާހަކަ ދައްކަން ފުރަތަމަ ދެކޮޮޅު ހެދިއެވެ. ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިކްހާތް ވަނީ ވާހަކަ ނުދެއްކޭ ކުއްޖަކަަށް ވެފައެވެ. ވިޝާހްއަށް އެކަން މާބޮޑު ކަމަކަށް ނުވިއެވެ. އޭނާ ބޭނުންވީ މެސެޖްގެ ޒަރިއްޔާއިން ވިއަސް ނިކްހާތްއާ ވާހަކަ ދައްކާށެވެ. ނިކްހާތް އެއްބަސް ކުރެވުނީ ވިޝާހް ވަރަށް މަސައްކަތް ކޮށްގެންނެވެ.

އޭލެވެލް ޓެސްޓްތައް ފެށުމާއެކު ރައިހާނާމެންނަށް ހުސް އެންމެ ވަގުތު ކޮޅެއްވެސް ނުލިބެއެވެ. އެހެން ކަންކަމަށް ވުރެ ކިޔެވުމަށް ސަމާލުކަން ދިނެވެ. ވިޝާހްވެސް ނިކްހާތް އެނާގެ އެކުވެރިންނަށް ތައާރަފުނުކޮށްދީ ލަސްކޮށްލީ ޓެސްޓް ނިމުމުން އެކަން ކުރާށެވެ. ގްރޫޕް ސްޓަޑީ ގިނަފަހަރަށް ހަދަމުން އައީ އަންޖަލްމެން ގޭގައެވެ. ރައިހާނާމެން ގެއަށް ދިޔަސް އަންޖަލް ރީހާންގެ ކުރިމައްޗަކަށް ނާރައެވެ. ނުސީދާކޮށް ރައިހާނާ ކުރެން ރީހާންގެ ހާލުބަލައެވެ. ރީހާންވެސް ހަމަ އެފަދައެވެ. ރައިހާނާ ގާތުން އަންޖަލް އުޅޭ ނޫޅޭގޮތް ބަލައެވެ. ރައިހާނާ އަކީ އެދެމީހުންގެ ހާލު އެކަކު އަނެކަކަށް އޮޅުން ފިލުވަދޭން ހުރި މީހެއްހެނެވެ.

އިމްތިހާނު ނިމުމާއެކު އެކުދިންނަށް ހީވީ ބޮލުން ބޮޑު ބުރައެއް ފިލި ހެންނެވެ. އިމްތިހާނު ނިމުނު ދުވަހު ހަވީރު އެކުދިން ކުޑަ ގެޓްޓުގެދާއެއް ހަދަން ހުޅުމާލެއަށް ދާން ނިންމިއެވެ. ކޮންމެ ކުއްޖަކުވެސް ކާއެއްޗެއް ހަދައިގެން ހަވީރު ފަހެއް ޖަހާއިރަށް ހުޅުމާލެ ބީޗްއަށް ދާން ގަޑިކިއެވެ.
ރައިހާނާއާ ހަދަން ޖެހުނީ ޗޮކްލެޓް ކޭކެވެ. ގެއަށް ދިޔަ މަގު މަތީ ރައިހާނާ ދިޔައީ ފުށްޕެކެޓެއް ގަނެގެންނެވެ. ގެއަށް ގޮސް އެއްޗިހި ބަދަލުކޮށްލައިގެން ރައިހާނާ ބަދިގެއަށް ވަނެވެ.
“މަންމާ. ދޮންތި ހާދަ ގެވެއްސޭ ދޯ. ފަހު ޓެސްޓް ނިންމާލި ގޮތަށް ފުރަތަމަވެސް ބަދިގެއަށް” ރީހާން ރައިހާނާއާ ދިމާކުރިއެވެ. ރީހާން ކިޔާ އެއްޗަކަށް ސަމާލުކަން ނުދީ ރައިހާނާ ކޭކް އެޅުމައިގެން ކުރިއަށް ދިޔައެވެ.
ރައިހާނާ ހުޅުމާލެއަށް ދިޔައީ ރީހާންއާ އެއްކޮށެވެ. ރީހާން ރައިހާނާ ބީޗްއާ ހަމައަށް ގެންގޮއްސައި އެކުވެރިޔަކާ އެއްކޮށް އެކުއްޖާގެ ގެއަށް ދިޔައެވެ. އަތަށް ކޭކްލައިގެން ފަރިހިނގުމެއްގައި ކުލާސްކުދިން ތިބި ތަނަށް ރައިހާނާ ގޮސް ހުއްޓުނެވެ. އޭރު ދެތިން ފިރިހެން ކުދިންވެގެން ވެލިގަނޑު މަތީ މޭޒެއް ބަހައްޓާފައި ހުއްޓެވެ. އަންހެން ކުދިން މޭޒު މައްޗަށް ކާއެްޗިހި އެތުރުމުގައި އުޅުނެވެ. ރައިހާނާ މޭޒު މަތީ ކޭކް ބަހައްޓާފައި އަންޖަލް ކޮބާތޯ ބަލާލިއެވެ. ފަހަތަށް އެނބުރުނު އިރު އޭނާއާ ނުހަނު ގާތު ހުރި ހަމްޒާ ފެނުމުން ތޫލިއަޑަކުން ރައިހާނާ ހަޅޭއްލަވައިގަތެވެ. ހުރިހާ ކުދިން ދެލޯ ބޮޑުކޮށްގެން ވީ ކިހިނެއްތޯ ބަލާލިއެވެ.
ރައިހާނާ ހަޅޭއްލަވައިގަތްލެއް ބާރުކަމުން ދެކަންފަތްމަތީ ހަމްޒާ އަތްއަޅާލިއެވެ. “މިތާ ކީއްތިކުރަނީ” މީހާ ހަމައަކަށް އެޅިލަމުން ރައިހާނާ އަހާލިއެވެ. “އޯ ރައި. އެއީ އަހަރުން ހަމްޒާ ސަރ އަށް އިންވައިޓް ކުރީ މިއަދު އަންނަން.” ރައިހާނާއަށް ޖަވާބު ދިނީ ވިޝާހްއެވެ. އޭރު ބައެއް ކުދިން ރައިހާނާ އުޅުނު ގޮތުން ހޭން ތިއްބެވެ.

އަޒްހަދް ލަހުން ބަލާއައުމުން އަންޖަލްއަށް އާދެވުނީ ކުޑަކޮށް ލަހުންނެވެ. އަތަށް ބޮޑު ތަށްޓެއް ލައިގެން ދުވަމުން ތެޅެމުން ފޮޅެމުން ދިޔައެވެ. އަރައިގެން އާދެވުނު ފައިވާނުން ފައި އޮޅެމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. ދުވަމުން ކުރިއަށް ބަލާލި ވަގުތު ރީހާން ފެނުމާއެކު އަންޖަލް ދުވުން މަޑު ކުރަން ހަދާގެން އަނގަވަތަށް ވެއްޓުނެވެ.

ރީހާންއާ އޭނާގެ އެކުވެރިޔާ އަވަސްވެ ގަތީ ވެލިގަނޑު މައްޗަށް ވެއްޓުނު އަންހެން ކުއްޖާ ނަގައިދޭށެވެ. ރީހާންއަށް އަންޖަލްހެ މޫނު ފެނުމާއެކު ހުއްޓުން އެރިއެވެ. ހިތް އޮބި ނޯންނަ ވަރަށް ތެޅެން ފެށުމާއެކު ފަހަތަށް ޖެހެވުނެވެ. އޭނާގެ އެކުވެރިޔާ އަންޖަލް ނަގައި ދިންއިރުވެސް އޭނާ އިނީ ދުރުގައި ބަލަންށެވެ. އަންޖަލްގެ ލޮލާ އަނގަޔަށް ވަނީ ވެލިއެޅިފައެވެ. ގާކޮޅެއްގައި އަޅައިގެންފައި އަތާ ފައި މަށައިގެން ގޮސް ލޭއަންނަމުން ދިޔައެވެ.
އޭނާގެ މޫނު ފެނުމުން އެހީވުމުގެ ބަދަލުގައި ރީހާން ދުރަށް ދިއުމުން އަންޖަލް ހިތުގައި ޖެހުނެވެ. ހިތަށްއެރި ތޫނު ތަދާއެކީ އަންޖަލްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ގައިގައި އާޅާވޭނަށް ވުރެ ރީހާން އެހެން ހެދުމުން ހިތުގައި އެޅި ވޭން މާ ބޮޑެވެ. އޭނާ ވެެއްޓެން ޖެހުނީވެސް ރީހާންއާ ހެދިއެވެ. އެކަމަކު އެހީވުމުގެ ބަދަލުގައި ރީހާން އެހުރީ ހަމަޖެހިލައިގެން ދުރުގައެވެ. ވީދެރައާ އެއްވަރަށް ރީހާންދެކެ ރުޅިވެސް އާދެވުނެވެ. ރީހާންގެ އެކުވެރިޔާ އޭނާ ނަގައިދީފައި ހޮސްޕިޓަލަށް ދާން އެދުނެވެ. އަންޖަލް ދެފަރާތަށް ބޯހޫރާލުމަށްފަހު ކަރުނައިގެ ތެރެއިންވެސް ގަދަކަމުން ހީލިއެވެ. އެކުއްޖާއަށް ޝުކުރު އަދާކޮށްފައި އޭނާ ގެނައި ތަށި ނަގަން އަވަސްވެގަތެވެ. ނަސީބަކުން ތަށީގައި ބާރަށް މަތި ޖެހިފައި ހުރުމުން އެތެރޭގައި ހުރި ބަޖިޔާކޮޅު ބެލިގަނޑު މައްޗަށް ނުވެރި ސަލާމަތުން ހުއްޓެވެ. ތަށި ނެގިއިރުވެސް އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެހެނަސް ރީހާން ކުރިމަތީ އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލަން ބޭނުން ނުވުމުން އެތަނުން އަވަހަށް ދާންވެގެން ދުއްވައިގަތެވެ. މުޅި ގައިގައި ވޭން އަޅަމުން ދިޔަ ނަމަވެސް އޭނާ ބެލީ ރިހާން ކުރިމަތިން ދެވޭތޯއެވެ.
އަންޖަލް ލޯ މަތިން ގެއްލުމާއެކު ރީހާން އެދިމާއަށް ހިނގައިގަތެވެ. އެކުވެރިޔާވެސް ވާނުވާ ނޭންގިފައި ރީހާން ފަހަތުން ހިނގައިގަތެވެ. ރީހާން ރައިހާނާއަށް ގުޅާފައި އަންޖަލް އަތާ ފައި މަށައިގެން އެބަދާކަމަށް ބުންޏެވެ.
ރައިހާނާ ފޯނުބޭއްވުމަށްފަހު ހާސްވެފައި ހުރެ ހަމްޒާ ގާތު އަންޖަލް ޒަޚަމްވެގެން އަންނަ ވާހަކަ ބުންޏެވެ. ހަމްޒާ އަވަސްވެގަތީ އަންޖަލްއަށް އެހީވުމަށް ދާށެވެ. އޭނާ ދާން ހިނގައިގަތް ތަނުން އަންޖަލް އެކުދިން ތިބި ތަނަށް އައިއްސިއެވެ. އަންޖަލްގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު މޫނުގައި ވެލީގެ އަސަރު ކޮންމެސް ވަރަކަށް ހުއްޓެވެ. ރައިހާނާ ދުވެލާފައި ގޮސް އަންޖަލް އަތުން ތަށިއަތުލިއެވެ. ހަމްޒާ އަންޖަލް ގާތަށް ގޮސް ކިހިނެއްވީހޭ އެހުމާއެކު އަންޖަލްގެ ބަޑި ފަޅައިގެން ދިޔައެވެ. ހަމްޒާ ކޮނޑުގައި ދެއަތް ވަށާލަމުން ހަމްޒާގެ މޭގައި އޭނާގެ މޫނު ފޮރުވާލިއެވެ. ހުރިހާ ކުދިން އަނގަ ނަގައިގެން ތިއްބެވެ.
ހަމްޒާ އޭނާގެ އަތުގެ ހިމާޔަށް އަންޖަލްއަށް ދިނެވެ. އެހެނަސް ލޯބިވެރިޔަކު ދޭހެނެއްް ނޫނެވެ. ބޭބެއަކު އޭނާގެ ކޮއްކޮއަށް ހިމާޔަށް ދޭފަދައިންނެވެ. އަންޖަލްގެ ބޮލުގައި ހަމްޒާ މަޑު މަޑުން ފިރުމާލިއެވެ. އަދި ނުރޯށޭ ބުންޏެވެ.
ރައިހާނާއަށް އެމަންޒަރު ބެލުންވީ ކުޅަދާނަކަމަކަށް ނޫނެވެ. ލޮލަށް ކަރުނަ ޖަމާވާހެން ހީވުމާއެކު ތުންފަތުގައި ބާރަށް ދަތްއަޅާލީ ކަރުނަތައް ހިންދާލުމަށެވެ.

ެރިހާންއަށް އަންޖަލް ފަހަތުން އާދެވުނު މޮޔަ ހިތަށް އެރިއެވެ. ހިތަށް ވީ ތަދާއެކު މޭގައިއަތް އަޅާލެވުނެވެ. އަދި މަޑުއާހެއްގެ އަޑު އޭނާގެ އަނގައިން ބޭރުވިއެވެ. ކަރު އެލުވާލަމުން ރީހާން ދުރަށް ހިނގައިގަތެވެ.

ހަމްޒާގެ ބަދަލުގައި ރީހާން އެގޮތަށް އޭނާއަށް އެދެއަތުގެ ހިމާޔަށް ދިންނަމައޭ އަންޖަލް ހިތަށް އެރިއެވެ. އެހެން ހިތަށް އެރުވުމާއެކު ލިބުނުވޭން ބޮޑުވެ އިތުރަށް ރޮވުނެވެ. ހަމްޒާވަށްކަޅިން ރައިހާނާއާ ދިމާއަށް ބަލާލިއެވެ. އެކުއްޖާ ހުރިގޮތް ފެނުމުން ހަމްޒާގެ ހިތަށް ތަދުވިއެވެ. އަންޖަލް ގަޔާ ދުރުކޮށްލެވުނީ ރައިހާނާގެ ހިތާމަވެރި މޫނު ބަލަން އެހިތަށް ކެއްނުވުމުންނެވެ. އަންޖަލް އޭނާގެ ގަޔާ ދުރުކޮށްލުމަށްފަހު އެތާ ހުރި ގޮނޑިއެއްގައި ހަމްޒާ އޭނާ ބޭންދިއެވެ. އަންޖަލްގެ ލޮލިން ލޮތްބާއެކު ކަރުނަ ފުހެދިނެވެ. “ވަރަށް ތަދުވޭތަ؟” އަންޖަލްއާ އެއްހަމަވާން ވެލިގަނޑުމަތީ އުޑުފައިން ހަމްޒާ އިށީނެވެ. އަންޖަލް ބޮލުން އާއެކޭ ބުނެލިއެވެ. ހަމްޒާ އެބައަންނަމޭކިޔާފައި އެތަނުން ދިޔައީ އެކަކުވެސް އަންޖަލްއާ ގާތް ނުވުމަށް އަމުރުކޮށްފައެވެ. ދިހަވަރަކަށް މިނެޓު ފަހުން ހަމްޒާ އެނބުރި އައިއިރު އޭނާ އަތުގައި ފަސްޓް އެއިޑް ކިޓެއް އޮތެވެ. ފަރުވާތެރިކަމާއެކު ހަމްޒާ އަންޖަލް އަތުގައި ބޭސް އަޅާދިނެވެ.
އަންޖަލްގެ ބަދަލުގައި އަނިޔާވީ އޭނާއަށް ނަމައޭ ރައިހާނާ ހިތަށް އެރިއެވެ. އޭރުން ހަމްޒާ ނުހަނު ލޮތްބާ އޯގާތެރިކަމާއެކު ބޭސް އަޅާދޭނީ އޭނާގެ އަތުގައި ނޫން ހެއްޔެވެ. އާންމުކޮށް ދެފައި ހަރުނުލައިގެން ވެއްޓެނީ އޭނާއެވެ.
ހަމްޒާ ބޭސް އާޅާދިނުމާއެކު އަންޖަލް ހަމައަކަށް އެޅިލިއެވެ. ރުއިމުގެ ސަބަބުން އޭނާގެ ލޯ ހުރީ ކޮންމެސް ވަރަކަށް ދުޅަވެފައެވެ. އެތާ އޮތް ސީރިއަސްކަން ނައްތާލާ އެންމެން އެކީ ކާންފެށުމަށް އަންޖަލް އެދުނެވެ. އޭނާއާ ހެދި ޕާޓީގެ އުފާވެރިކަން ގެއްލުމުން މާފަށް އެދުނެވެ.
ހުރިހާ ކުދިން ކާއެއްޗިހި ތަށިތަށްޓަށް އަޅައިގެން ގޮނޑިތަކުގައި އިށީނެވެ. ގޮނޑި ޖަހާފައި ހުރީ ވަށްބުރެއްހެންނެވެ. ހަމްޒާ އިށީނީ އަންޖަލްއާ ޖެހިގެން އިންގޮނޑީގައެވެ.
“ސޯ މިހާރު ކިޔެވުން ނިމުނީނު. ވިޝާހްއާ ރައި އަލުން ގުޅެނީ ކޮންއިރަކުން؟” އެއް ކުއްޖަކު ކުރި ސުވާލުން ރައިހާނާއާ ވިޝާހް އެކީ ކުށިއަރައިގަތެވެ. އެދެމީހުންނަށް އެހެން ބުނެވުނުކަންވެސް ހަނދާނެއްނެތެވެ. ވިޝާހްއަށް މަޑުމަޑުން ޝިޓްއޭ ބުނެވުނެވެ. ރައިހާނާ އަނގައިން ލޭރަހަލާ ވަރަށް ތުންފަތުގައި ދަތް އަޅާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ސަމާސާ އަދަބު: ކޭކެބެއްޔާގެ ހާރު

Next

ބަހަނާ

Next
May 17, 2019

ބަހަނާ

Previews
May 17, 2019

ސަމާސާ އަދަބު: ކޭކެބެއްޔާގެ ހާރު

34 Comments!

  1. Kiyara says:
    May 17, 2019 at 11:57 am

    Salam Here is 29th part of bunaashey lobi nuvanyhey. Hurihaa kudhinnah ves kamudhaane kamah ummedhu kuran. Next part Monday ga In Sha Allah

  2. jiji says:
    May 17, 2019 at 11:57 am

    ????????Yey me first dhw

  3. Haa? says:
    May 17, 2019 at 12:43 pm

    Alhe kiyaa miadhu adhi eh part plxx.. vrh reethi vaahaka.. kiyaa alhe try khla bala plx.. friday ehnu… ?

  4. sis says:
    May 17, 2019 at 12:48 pm

    me second v reethi ingey

    1. Anonymous says:
      May 17, 2019 at 12:55 pm

      No your third this time.lol

  5. ?RABBIT? says:
    May 17, 2019 at 1:11 pm

    Vvvvvvvvvvv reeeethi when next part… can’t wait to read bext part…. miadhu adhi eh part…plz

  6. inaak says:
    May 17, 2019 at 2:08 pm

    I want last.. hehehe.. kiyaa this stry is..❤️❤️❤️❤️… I dn’t knw wht to say.. it’s my favv.. ??I just wish I can go in to the stry??.. eyrun enmenn ah truth kiyaidheveyne dhw… Kiyaa plz raii n hamxa gulhuvabala
    .. heyonuvaane.. btw inaak ah vure kurinn emyhun exam finish kolly dhw.. yr ge medhu therein.. we have so many days left to A level ???exam.. n I luvv ur stry ingey.. fan eh kiyaa ge.. ??❤️❤️

  7. darkness says:
    May 17, 2019 at 2:27 pm

    haada reethi vaahaka ekey love it…

  8. Anonymous says:
    May 17, 2019 at 3:17 pm

    Inaak can you don’t mind say koh grade eh ga thr ulheny*

    1. inaak says:
      May 17, 2019 at 6:41 pm

      I’m in gr 12.. wht gr r u inn??

    2. Anonymous says:
      May 18, 2019 at 12:08 am

      Hehe I shukuru I ishy kuhjehge kamah so ehviyya ahaalee ekm I ge rashuge inaa ulheny 11ga

  9. Ibsha says:
    May 17, 2019 at 3:47 pm

    Varah reethi

  10. Sheyn says:
    May 17, 2019 at 4:49 pm

    Anonymous which school and which grade are u

  11. Shua says:
    May 17, 2019 at 6:22 pm

    Btw kiyaa darlin mi part is awesome as usual? cnt wait to read next part…

  12. Cherrie says:
    May 17, 2019 at 7:05 pm

    Mashaa Allah…. V reethi mi part ves.. ❤️❤️❤️❤️ Waiting 4 the next part ???

  13. bestie says:
    May 17, 2019 at 8:01 pm

    Masha Allah….mi part ves vrh reethi ?? can’t wait for Sunday ❤️❤️❤️

  14. Dhonthee says:
    May 18, 2019 at 12:10 am

    …..Alhey kiyaaa…Rai au ehen hadhaakau nuvaanennu
    Anyways mi part ves vvvvv loabi ingey
    I really really appreciate your work
    ….Okay Kiyaa
    Take care
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤And love you so much

    1. Anonymous says:
      May 18, 2019 at 12:12 am

      Donthee grade 8 dhw I m I’m in grade 7 if u don’t mind bunefaanatha donthee kon raseh

  15. Dhonthee says:
    May 18, 2019 at 12:23 am

    Okay Anonymous
    Varah trust kohffa mi bunanee i am a girl who belongs to Thoddoo
    ??And how about u

  16. layaaly says:
    May 18, 2019 at 5:37 am

    vaahaka varah reethi

  17. Maako says:
    May 18, 2019 at 2:16 pm

    Cant wait to read the nxt part..v reethi mi part vs?

  18. Shua says:
    May 18, 2019 at 3:13 pm

    Kiyaa darling moday ge kurin up koleveyythw balabaa… m really craving for next part dear….

  19. Dhonthee says:
    May 18, 2019 at 11:01 pm

    ….Kiyaa
    30th part liyevijjeyyaamun avahah up kodhdhechchey…????i am waitin

  20. Mariyanbu? says:
    May 18, 2019 at 11:06 pm

    Woah??
    Kiyara u r the best gurl???❤️
    Love yuh soo much darl?❤️✨

  21. Ibsha says:
    May 20, 2019 at 12:45 am

    30 vana party ge inthizaaru ga

  22. Dhonthee says:
    May 20, 2019 at 1:30 am

    Kiyaa aharumen kudhin inthizaaruga nubaithibbachchey?????

  23. darkness says:
    May 20, 2019 at 9:20 am

    varah reethi..when next part…:)

  24. Kiyara says:
    May 20, 2019 at 11:24 am

    Salam all. Guys i am sorry to say miadhu vaahaka up kureven neii vaahaka. Smthi came up and i wont be able to upload. Hurihaa kudhinves understand vaane kamah ummedhu kuran.
    ~kiyara~

    1. DOLPHIN ? says:
      May 20, 2019 at 11:31 am

      Then kon irakun up kohdheny…?

  25. jiji says:
    May 20, 2019 at 11:43 am

    Its okk…we can understand…waiting mihaaru??

  26. Zar@ says:
    May 20, 2019 at 11:52 am

    So sad…. Waiting ingey

  27. Mona says:
    May 20, 2019 at 11:52 am

    Minoon vareh mi site ga nuvey…abadhu reafers understand vaan mijeheny..writer understand vaany alhe kon dhuahaku tha??mihen v ma aslu dtory kiyan v foohi vey…

  28. Ammu says:
    May 20, 2019 at 2:33 pm

    Jiji id create kuree jst comment kurantha? evves story eh nufennaathee hama ahaalee

  29. jiji says:
    May 20, 2019 at 3:48 pm

    Nope..ehnveneh noon…Adhi story liyan beynun nuvaathy…parents ge permission ?libunyma liyaany..@Ammu

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ….30←


All Right Reserved!