ބުނާށެ ލޯބި ނުވަނީހޭ…..34
5އަހަރު ފަސް…..
އެނދުގައި ހަމަޖެހިލައިގެން ނިދާފައި އޮތް ހަމްޒާއަށް ހޭލެވުނީ އޭނާގެ މޫނުގައި ފެންތިކި ޖެހުމުންނެވެ. ކަންނެއްކަމާއެކު ލޯ ހުޅުވާލި ހަމްޒާއަށް އެނދުމަތީގައި އޭނާގެ އެއްފަރާތެއްގައި އިށީންދެގެން އިން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖާ ފެނި ހިނިތުންވެވުނެވެ. އެކުއްޖާ މަޖާވެފައި އެއްއަތުން ފެންޖަގެއް ހިފައިގެން އަނެއް އަތުން ހަމްޒާ މޫނަށް ފެން ޖަހަމުން ދިޔައެވެ. ހަމްޒާ ލޯ ހުޅުވާލުމާއެކީހެން ލޯބިއަޑަކުން ހިނިގަނޑެއް ޖަހާލިއެވެ. “ޔޫ އާ އެވޭކް” ހަމްޒާގެ އަތްދަށުވުމުގެ ކުރިން އެކުއްޖާ ފަރިތަކަމާއެކު އެނދުން ފައިބައިގެން ކޮޓަރިން ބޭރަށް ދުއްވައިގަތެވެ. ހިނިތުންވެފައި ހުރެ އެކުއްޖާ ދިޔަ ދިމާއަށް އެނދުގެ ފަޑީގައި ލެގިލައިގެން ހަމްޒާ ހުއްޓެވެ. ބާލިސް ދަށުގައި އޮތް ފޯނުނަގައި ގަޑި ބަލާލުމަށްފަހު ހަމްޒާ އެނދުން ތެދުވެގެން ކަންނެއް ގޮތަކަށް ހިނގާފައި ފާޚާނައާ ދިމާއަށް މިސްރާބްޖެހިއެވެ.
ސްކޫލް ގޭޓުން އެތެރެއަށް ވަދެގެން ދިޔަ ރައިހާނާއަށް ކުރެވުނީ ތަފާތު އިހްސާސްތަކެކެވެ. މީގެ ފަސްވަރަކަށް އަހަރު ކުރިން އޭނާއަކީ އެ ސްކޫލްގެ ދަރިވަރެކެވެ. ދުވަސްތައް ފާއިތުވެގެން ދާލެއް އަވަސްކަން ދެކިބަލާށެވެ. މިއަދު އޭނާ ސްކޫލް ގޭޓުން އެވަނީ ޓީޗަރެއްގެ ގޮތުގައެވެ. ފައިތިލައާ ހަމައަށް އަންނަ ބަޓަފްލައި ހެދުމަކާ ރަތްކުލައިގެ ބުރުގާއެއް އަޅާފައި ހުރިއިރު ރައިހާނާއާ ނުހަނު ގުޅެއެވެ. ލޯކައިރީ އަނދުން އެޅުން ފިޔަވާ އިތުރު އެއްވެސް މޭކަޕެއް ކޮށްފަކާ ނެތެވެ. ސްކޫލްގެ ގޯތިތެރެއިން ލާފައި ސްޓާފްރޫމްއާ ދިމާއަށް ރައިހާނާ ދިޔައިރު އެތައް ހަނދާންތަކެއް އާވަމުން ދިޔައެވެ. ސްކޫލްގައި ހޭދަކުރެވުނު އުފާވެރި ދުވަސްތަކާ ހިތާމަވެރި ދުވަސްކަވެ. އެތައް ޚިޔާލުތަކެއް އެއްފަހަރާ ސިކުނޑިއަށް ވަންނަން ފެށުމުން ރައިހާނާގެ ބޮލަށް ބަރުވާގޮތްވިއެވެ. އެހެނަސް ދެފަރާތަށް ބޯ ހޫރާލުމަށްފަހު ކޮނޑުގައި އަޅުވާފައި އޮތް ދަބަހަށް ރައިހާނާ ބާރުކޮށްލިއެވެ. ބިރުގަނެފައި ހުރުމުން ކޮންމެސް ވަރަކަށް މީހާ ތުރުތުރު އަޅަމުންދިޔައެވެ.
ރައިހާނާ ގޮސް ސްޓާފްރޫމަށް ވަނުމާއެކު އެތާތިބި ހުރިހާ މުދައްރިސުން އޭނާއަށް މަރުހަބާކިއެވެ. އޭނާއަށް ކިޔަވައިދިން ބައެއް މުދައްރިސުންވެސް އެތާގައި ތިއްބެވެ. އެމީހުންނަށް ރައިހާނާ ފެނުމުން ރައިހާނާއާ މެދު ފަޚުރުވެރިވިއެވެ. އަދި އެތާ ތިބި އާ މުދައްރިސުންނަށް ރައިހާނާ ތައަރާފުކޮށްދިނެވެ. ރައިހާނާއަކީ ކްލާސް ޓީޗަރަކަށް ނުވެފައި އޭނާގެ ފުރަތަމަ ދުވަސްކަމުން ފުރަތަމަ ދެގަޑި ހުސްކޮށް އޭނާއަށް ލިބުނެވެ. އެދެގަޑި އޭނާ ހޭދަކުރީ އެންމެ ފުރަތަމަ ދާންއޮތް ކުލާހުގެ ކުދިންގެ ވަނަވަރު ބެލުމުގައެވެ. ކްލާސް ރިކޯޑަށް ގެއްލިފައި އިން ރައިހާނާ ސިއްސައިގެން ދިޔައީ އޭނާއާ ނުހަނު ގާތުން މީހަކު ކަރުކެހެލި އަޑު އިވުމުންނެވެ. ފަޓްލޫންގެ ދެޖީބަށް އަތްޖަހައިގެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ހަމްޒާ ފެނުމުން ރައިހާނާގެ ހިތަށް އެނގުންވިއެވެ. ލައިގެން ހުރި ރަތްކުލައިގެ ގަމީހާ ކަޅުސްކިނީ ފަޓްލޫން ހަމްޒާއާ ނުހަނު ގުޅެއެވެ. އިސްތަށިގަނޑު ރީތިވަރަކަށް ކޮށާފައި ހުރިއިރު ތުނބުޅިވެސް ހުރީ ރީތިކޮށް އެއްވަރުކޮށެވެ. ކަރުގައި ކަޅުކުލައިގެ ޓައީއެއް އަޅާފައި ހުރުމުން ނުހަނު ރަސްމީއެވެ. ހަމްޒާ ބަލަހައްޓައިގެން ހުރި ގޮތުން ހިނިތުންވެލަންވެސް ރައިހާނާއަށް ނޭންގުނެވެ. އޭސީ ޖައްސާފައި ހުރިއިރުވެސް މުޅި ކުއްޖާ ދިޔައީ ދާހިއްލަމުންނެވެ. “ރައިހާނާ ދޯ! އާދޭ” ހަމްޒާ ހިނގައިގަތުމާއެކު އަތްދަބަސް ހިފައިގެން ރައިހާނާވެސް ހަމްޒާ ފަހަތުން ހިނގައިގަތެވެ. ރައިހާނާގެ ހިތަށް އެތައް އެއްޗެއް އަރާފައިބަމުން ދިޔައެވެ. ހަމްޒާގެ އެ ދުރުކަމުގެ ސަބަބުން އެހިތަށް ތަދުވަމުން ދިޔައެވެ. އެހިތުގައި ހަމްޒާއަށް ވީ ލޯބި އަދިވެސް ތާޒާކަންމަތީ އެބަހުއްޓެވެ. އެލޯބި ފުހެލަން ކިތަންމެ ބޭނުންވި ނަމަވެސް އެކަން ކުރުމުގައި އޭނާ ކާމިޔާބެއްނުވިއެވެ. ހަމްޒާގެ ނަން އެހިތުގައި ލިޔެވިފައި ވަނީ ފުހެވޭވަރަށް ވުރެ ބޮޑަށެވެ. އެކްސިޑެންޓްގެ ސަބަބުން ހަމްޒާ އޭނާ މަތިން ހަނދާންނެތްކަން އެނގުނީއްސުރެ ކަރުނައަޅާ ނުރޯ ދުވަހެއް ނާދެއެވެ. ހަމްޒާގެ ލޯބި ލިބޭނެކަމުގެ އުއްމީދުގައި ހުއްޓާ އެލޯބި ބީވެގެން ދިއުމުން އެހިތް ކުދިކުދިވިއެވެ. ކޮންމެ ފަހަރަކު އޭނާއަށް އެހެންވަނީ ތަޤްދީރުގައި އޭނާއާ ހަމްޒާއެކީ އުޅެން ނެތުމުން ހެއްޔޭވެސް ހިތަށް އަރައެވެ. ލޯކުރިމަތީގައި ހަމްޒާ އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލާކަށް އޭނާގެ ނާޒުކު ހިތަކަށް ކެތެއްނުވިއެވެ. ހަމްޒާ ލީމްއަށް ލޯބިން ގޮވާތަން ފެންނަ ކޮންމެ ފަހަރަކު އެހިތަށް އެތައް ހާސް ހަންޖަރެއް އަރާހެން ހީވެއެވެ. އެ މަންޒަރުތައް ބަލަން ކެއްނުވުމުން އޭނާ ވީ އެންމެ އަވަހަކަށް ރާއްޖެއިން ފުރައިގެން ބޭރަށް ކިޔަވަން ދިޔައީއެވެ. ލިބޭ ޗުއްޓީގައިވެސް އެންމެ ފަހަރަކުވެސް ރާއްޖެނާދެއެވެ. ކިޔަވާ ނިންމާފައިވެސް އެއްއަހަރު ދުވަހު އެކޮޅުގައި މަޑުކުރިއެވެ. އެހެނަސް އާއިލާއާ މާގިނަ ދުވަހު ދުރުގައި ނޫޅެވޭނެކަން އެނގޭތީވެ ރާއްޖެއައީއެވެ.
“ރައިހާނާގެ ފުރަތަމަ ގަޑި އިނީ ޓުވެލްގެ ކްލާހުގަ ދޯ” ޚިޔާލުތަކުން ރައިހާނާއަށް ނުކުމެވުނީ ހަމްޒާގެ ފިރިހެންވަންތަ އަޑުއިވުމުންނެވެ. ހަމްޒާ ކުރި ސުވާލަށް ރައިހާނާ ޖަވާބުދިނީ ބޮލުންނެވެ. އަނގައިން ޖަވާބުދޭން ބޭނުންވިއަސް އޭނާގެ ދޫހަރަކާތެއް ނުކުރިއެވެ. ހީވަނީ މީހަކު ދުލުގައި ހިފަހައްޓާ ބާރުކޮށްގެން ހުރިހެންނެވެ. ހަމްޒާގެ ފަހަތުން ރައިހާނާ ގޮސް ކުލާހަށް ވަނެވެ. ހަމްޒާއާ ރައިހާނާ ވަނުމާއެކު ހުރިހާ ކުދިން ކޮޅަށް ތެދުވިއެވެ. ހަމްޒާ ސަލާން ގޮވުމަށްދަހު އެކުދިން ގާފު އިށީންނަން ބުންޏެވެ. ” މީ ތިކުދިންގެ އާ ހިސްޓްރީ ޓީޗާރ ރައިހާނާ. ތިކުދިންނަށް އެނގޭނެކަންނޭންގެ ދޯ ރައިހަނާ މިސް” ހަމްޒާ ރައިހާނާ ކުދިންނަށް ތައާރަފުކޮށްދިނެވެ. އެވަގުތު ރައިހާނާގެ ހަނދާނަށް އައީ މަހެންދްރަ ސަރ އެންމެ ފުރަތަމަ ހަމްޒާ ތައާރަފުކޮށްދިން ދުވަސް މަތިންނެވެ. ކުލާސް ހުރިހާ އަންހެން ކުދިން ކަހަލަ ގޮތަކަށް ތުއިވެފައި އުޅުނުއިރު އޭނާ ރުޅިގަދަވެފައި އިން ގޮތެވެ. ރައިހާނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. “ރައިހާނާ މިސް” ރައިހާނާއަށް ހަމަބިމަށް އާދެވުނީ ހަމްޒާ ދެތިން ފަހަރު ގޮވާލުމުންނެވެ. އޭރު ދެބުމަ ގޮށް ޖަހައިގެން ހުރި ހަމްޒާ ފެނުމުން ރައިހާނާ ގަތީ އަމަށަކު ބިރެއްނޫނެވެ. ބިރުން ގޮސް ހިންދިރުވާލަން ވެސް އޭނާއަކަށް ނުކެރުނެވެ. ހަމްޒާ އިތުރު އެއްޗެކޭ ނުބުނެ ކުލާހުން ނުކުމެގެން ދިއުމުން ރައިހާނާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު ކުދިންނާ ދިމާއަށް އެނބުރި ރީތި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
ޔުނިވާސިޓީ ދޮރުމަތީ ހުއްޓިލައިގެން ހުރި ރީހާންއަށް ގިނަ އަންހެން ކުދިންގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ރިހަން ހުރީ ކަޅުކުލައިގެ ސްކިނީއަކާ ހުދުކުލައިގެ އަތްދިގު ގަމީހެއް ލާފައެވެ. ސްނިކާސް ބޫޓަކަށް އަރާފައި ހުރިއިރު ކަންފަތުގައި ހެޑްސެޓް ޖަހައިގެން ފޯނުން ގޭމެއް ކުޅެންއިން އިރު އެތަނުގައި ވަމުން ދިޔަ ގޮތް ރޭކާލާހެންވެސް ހިއެެއްނުވެއެވެ. ދޭތެރެއަކުން ހާވާލާފައި އޮތް އިސްތަށިގަނޑުން ނިއްކުރިއަށް ވެއްޓިފައި އޮތްބައި ރީތި ކޮށްލައެވެ. ރީހާން ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ފޯނު ޖަހައިގަތުމުންނެވެ. ގޭމްގެ ނުލާހިކު މައްޗަށް ކުޅެފައި ހުއްޓާ އެމީހަކު އެހެން ހެދުމުން ރުޅިގަދަވިއެވެ. ފޯނު ޖަހާގަތް ގޮތުން އެއީ ކާކުގެ ކަމެއްކަން ރީހާންއަށް އެނގެއެވެ. “އަންޖަލް. ތީދެން ކޮންކަމެއް؟” ކޮންމެ އަކުރަކަށް ދަމާލަމުން ރީހާން ބުންޏެވެ. ” ގޮވާ ގޮވާ އަޑުނީވުނީމަ ހަދާނީ މިހެން ދޯ. މިހާރު ކޮންއިރެއް” އަންނަލް މޫނަށް ޖެއްސި ވައްތަރު މަޖާވެގެން ރީހާންއަށް ހެވުނެވެ. “އަދިވެސް ހޭންވީތަ؟ މިހާރު އެއޮށް ގަޑިޖެހެން އުޅެނީ. ނުވައެއް ޖަހަން ވާއިރަށް މިކުރެހުންތަ ސަބްމިޓް ނުކުރެވިއްޖެޔާ ބައިވެރިއެއްނުވެވޭނެ” އަންޖަލް އިންޓީރިއާ ޑިސައިނިން ކިޔެވީ އޮންލައިން ކޯހަކުންނެވެ. ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ހުރެގެން އޭނާ ކިޔެވީ އޭރުގެ ހާލަތު ހުރިގޮތުންނެވެ. ކިޔެވަމުން ދިޔައިރުވެސް ކުރެހުން ދޫކޮށެއް ނުލައެވެ. ވޭތުވެ ދިޔަ ފަސްއަހަރު ތެރޭގައި އޭނާ ވަނީ އޭނާގެ ކުރެހުންތައް ގޭގެ ހަތަރު ފާރުތެރެއިން ބޭރަށް ނެރިފައެވެ. އެތަށް ބަޔަކު އަންޖަލްގެ ކުރެހުމުގެ ހުނަރަށް ތައުރީފު ކުރެއެވެ. އެކިކަހަލަ އެގްޒިބިޝަން ތަކުގައި އޭނާގެ ކުރެހުންތައް އަގުބޮޑުކޮށް ވިކެމުން ދިޔައެވެ. ކުރެހުމުގައި ރީހާން އޭނާއަށް އެހީތެރިވެދެއެވެ. ރީހާންއަށްވެސް ކުރެހުމުގެ ހުނަރުވަނީ ލިބިފައެވެ. ރިހާން ސައިކަލުގައި އަންޖަލް ދަދުބާރުގެއަށް ގެންގޮސް ދިނެވެ. އަތުގަައި ހުރި ގަނޑުތަކުގައި ހަލާކު ނުވާނެހެން ބާރަށް ހިފަހައްޓައިގެން އަންޖަލް ސައިކަލުން ފޭބިއެވެ. ހަލުވި ހިނގުމެއްގައި ގޮސް ނުވައެއް ޖަހަންވާއިރަށް ކުރެހުންތައް ސަބްމިޓް ކުރެވުނީ ކިރިޔާއެވެ. އަންޖަލް އެނބުރި ބޭރަށް ނުކުތްއިރު ސައިކަލް ޕާކްކޮށްފައި ރީހަން ސައިކަލުން ފައިބައި ހުއްޓެވެ. ހަށަން ބަނދެލައިގެން ސައިކަލުގައި ލެގިލައިގެން ހުރިއިރު ހީވަނީ ބޭރުގެ މޮޑެލްއެއް ހެންނެވެ. އޭނާގެ ތޫނުދޯ އަމާޒުވެފައި ހުރީ އަންޖަލްއަށެވެ. ހިނދުކޮޅަކަށް ނަމަވެސް އަންޖަލްގެ ހިނގުން ހުއްޓުނެވެ. އޭނާއަށް ވަށައިގެން ވާ މާހައުލަށް ނަޒަރު ހިންގާލެވުނެވެ. މަގުމަތީގައި ތިބި ގިނަ އަންހެން ކުދިންގެ ލޯތައް ހުއްޓިފައި ހުރީ ރީހާންއަށެވެ. އެކުދިން މާވަރަކަށް ރީހާންއަށް ބަލާތީވެ އަންޖަލް ރުޅިދަގަވިއެވެ. ހިތުގައި ހަސަދައިގެ އޮއެވަރެއް ހިނގާލިއެވެ. ފިރިހެނުންވެސް ރީހާންއަށް ހަސަދައިގެ ލޮލުން ބަލަން ތިއްބެވެ. އަންޖަލް ރުޅިމޫނު ހަދައިގެން އިނދެ ހިނގުން އަވަސްކޮށްލިއެވެ.
އަންޖަލްގެ މޫނަށް އައި ބަދަލު ފެނުމާއެކު ރީހާންއަށް މަޖާވިއެވެ. އަންޖަލް “ޖެލަސް” ވީމަ ހުންނާނީ ނުލާހިކު ލޯބިކޮށެވެ. އެހެން އަންހެން ކުއްޖަކު އޭނާއާ ދިމާއަށް ބަލާލިއަސް އަންޖަލް ހުންނާނީ ރުޅި ގަދަވެފައެވެ. ބައެއް ފަހަރު އަންޖަލް ރުޅިއަރުވަން އޭނާ އަންހެން ކުދިންނާ “ފްލާޓް”ކޮށް ހަދައެވެ. އެއިން ކޮންމެ ފަހަރަކު ރުޅިގަދަވެގެން ގޮސް އަންޖަލްގެ މޫނު ހީވާނީ ޓޮމާޓޯއެއް ހެންނެވެ. މިފަހަރުވެސް ރީހާން އޭނާ ގާތުން ލާފައި ތުއިވަމުން ދެއަންހެންކުދިން ދާންހެދުމުން ތުނބުމުން ފުމެލިއެވެ. އޭނާގެ އެއަމަލުން އެދެކުދިން އިތުރަށް ތުއިވެ ފައި އޮޅޭ ގޮތްވިއެވެ. އެދެއަންހެން ކުދިން ފައިއޮޅައި ހަދަން ފެށުމުން އަންޖަލް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދެފައިގައި ލެވުނުހާ ބާރެއްލާފައި ރީހަން އިން ދިމާއަށް ހިނގައިގަތެވެ. “ލަވް ހިނގާބަ ދާން. ވަރަަށް ލަސްވޭ. މިރޭ އަދި ދެމީހުން ޑިނާރއަށް ދާންވާއިރަށް ރީތި ޝޯލްއެެއްވެސް ހޯދަންޖެހެއްނު.” ރީހާން އަތުގެ މުލައްދަނޑީގައި ހިފާލަމުން އެއަންހެން ކުދިންނަށް އަޑުއިވޭ ވަރަށް އަންޖަލް ބުނެލިއެވެ. އަންޖަލް “ލަވް” އޭ ބުނުމުން އެކުދިންގެ މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. އެކުދިން ދިއުމުން އަންޖަލް ރީހާންގެ އަތުގައި ބާރަކަށް ވިކާގަތެވެ. “އައުޗް” “ކޮން އައުޗެއް ކިޔާކަށް. ތާކުން ފެންނަހާ އަންހެން ކުއްޖަކަށް ފްލާޓް ކުރާކަށް ނުޖެހޭދޯ.” ދެލޯ ހަނިކޮށްގެން އިނދެ އަންޖަލް ބުނެލި ގޮތުން ރީހާންއަށް ހެވުނެވެ. “އޭންޖަލް ޖޭވެފެހުންނައިރު ވަރަށް ލޯބި” ރީހާންގެ ތޫނު ނަޒަރުން ކެއްނުވުމުން އަންޖަލްއަށް އިސްޖަހާލެވުނެވެ. އިރުކޮޅެއް ކުރިން އެމޫނުން ފެންނަމުން ދިޔަ ރުޅިވެރިކަމުގެ ބަދަލުގައި ފެންނަމުން ދިޔައީ ލަދުވެތިކަމެވެ. “އޭންޖަލް. އައި އޭމް އޯލް ޔުއާރސް. ދުވަހަކުވެސް މި ހިތް އެހެން ކުއްޖަކަށް ދެވޭނެ ހެނެއް ހިއެއްނުވޭ. އެއަށްވުރެ ބޮޑަށް އޭންޖަލްދެކެ ލޯބިވޭ.
ހަނދަށްވުރެ ނަޔާ ތާޒާ މޫނެތީ ޒުވާން މިހިތުގައިވާ ވިންދޭ ތީ” ރީހާން މޭގައި އަތްއަޅައިގެން ހުރެ އޭނާގެ ފިރިހެންވަންތަ އަޑުން ކިޔާލިއެވެ. ގައިގައި ހުރިއްޔާ ހުރި ލެއެއް އަންޖަލްގެ ކޮލަށް ޖަމާވިއެވެ. ލަދު ގަތްވަރުން ތުންފަތުގައި ބާރަކަށް ދަތްއަޅާލެވުނެވެ. އަންޖަލްގެ މޫނަށް އެރުކުލަވަރު ފެނުނުން އެއް މިޔައަކުން ރީހާންއަށް ހިނިތުންވެވުނެވެ. އަންޖަލް ނުވާކަމަކަށް ހެދެމުން އަވަހަށް ގޮސް ސައިކަލަށް އެރިއެވެ. ރީހާންވެސް ދެފަރާތަށް ބޯހޫރާލަމުން ސައިކަލަށް އަރާފައި ދުއްވާލިއެވެ.
ވިޝާހްއާ ނިކްހާތް ތިބީ ވެޑިން ޑްރެސް ވިއްކާ ފިހާރައެއްގައެވެ. ދެޒުވާނުން އަތު ގުޅުވައިގެން ތިބިއިރު މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެދެމީހުންވެސް މިހާރު ތައްޔާރުވަމުން އެދަނީ އެއްމަސް ދުވަސް ފަހުން އޮންނަ ކައިވެންނަށެވެ. ވިޝާހް ކިޔަވައި ނިންމައިގެން ވަޒީފާއިގައި ހަމަޖެހެވުމުން ލަސްނުކޮށް ކައިވެނި ކުރަނީއެވެ. ނިކްހާތްގެ މޫނު މަތިން އަބަދުވެސް ފެންނަނީ ހިނިތުންވުމެވެ. އޭނާގެ މޫނު މަތިން ދެރަވެ ހިތާމައިގެ އަސަރު ފާޅުވިޔަކަ ވިޝާހްއެއް ނުދެއެވެ. ނިކްހާތް އޭނާއަށް ރީތި ހެދުންތައް ބަލަމުން ދިޔައެވެ. ކޮންމެ ހެދުމެއްވެސް އެހާ ފުރިހަމައެވެ. ނަގަންވީ ވަކި ކޮންހެދުމެއް ކަމެއް ނިކްހާތަކަށް ނޭންގުނެވެ. “މަށަކަށް ހިއެއްނުވޭ އަހަރުން ދެމީހުންނަށް މިކަން ވާނެހެންނެއް. ރައިއާ އަންކޮ ގޮވައިގެން ވާނީ ހިނގާ ނެކެސްޓް ފްރައިޑޭގަ ޝޮޕިންއަށް އަންނަން.” އެންމެފަހުން ވިޝާހް ބުންޏެވެ. ނިކްހާތް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ނިކްހާތްއާ އަންޖަލްއާ ރައިހާނާ ވަނީ އެންމެ ގާތް އެކުވެރިންނަށްވެފައެވެ. އަންޖަލްއާ ރައިހާނާގެ ހެޔޮކަން ނިކްހާތް ދުވަހަކުވެސް ހަނދާނެއްނުނެތޭނެއެވެ.
ކުދިންނަށް ރައިހާނާއަކީ ކާކުކަން އެނގޭތީވެ ކިޔަވައިދޭން އޭނާއަށް ނުހަނު ފަސޭހަކަމަކަށްވިއެވެ. ކުދިިން އޭނާ ބުނާ ބަސްއަހާ އޭނާއަށް އިހްތިރާމް ކުރެއެވެ. ރައިހާނާގެ ފުރަތަމަ ދުވަސް ދިޔައީ އަމާންކަމާ އޯމާން ކަމާއެކީއެވެ. ޓީޗަރުންނާއި މާބޮޑަށް އެކުވެރިވާން ރައިހާނާއަށް އުނދަގޫވިއެވެ. އޭނާއަށް ކިޔަވައިދިން ޓީޗަރުންނަށް ވުމުން މާ އެކުވެރިވާކަށް ނުކެރެއެވެ. އޭނާއަށް އަދިވެސް ހީވަމުން ދިޔައީ އެއީ އޭނާގެ ޓީޗަރުންހެންނެވެ.
ސްޓާފްރޫމްގައި އިނދެގެން އޭނާ ކުދިންނަށް ދޭނެ ވޯކް ޝީޓެއް ހަދާނިންމިއެވެ. އޭތި ޕްރިންޓް ކުރެވޭނީ އެޗްއޯޑީ ސޮއެ ކުރުމުންނެވެ. ހިސްޓްރީގެ އެޗްއޯޑީއަކީ ހަމްޒާއެވެ. ރައިހާނާ ވަރަށް ޖެހިލުންވެފައި އިނދެ އެލްޓީސް ރޫމަށް ވަނެވެ. އެތަނުގައި އެއްވެސް ލީޑިން ޓީޗަރަކު ނެތެވެ. އޭނާ ހެދި ވޯކްޝީޓް ހަމްޒާގެ މޭޒު މަތީ ބޭއްވުމަށްފަހު ފަހަތަށް އެނބުރުނު ރައިހާނާ ސިއްސައިގެން ދިޔައީ ކިރިޔާ ގައިގައި ނުޖެހޭ ހިސާބުގައި ހުއްޓިލައިގެން ހުރި ހަމްޒާ ފެނުމުންނެވެ. ސިއްސައިގެން ދިޔަ ބޮޑީ ރައިހާނާގެ އަނގައިން އަޑެއްވެސް ނުކުތެވެ. “ހާދަ ބިރެއް ތިގަތީ؟ ނޫޅެމޭ ތިކުއްޖާ ކާލާކަށް” ލުއި ހިނިތުންވުމެއް ހަދިޔާ ކުރަމުން ހަމްޒާ ބުނެލިއެވެ. ރައްދުގައި ބުނާނެ އެއްޗެއް ރައިހާނާއަކަަށް ނޭންގުނެވެ. އޭނާ ބެލީ އަވަހަށް އެތަނުން ނުކުމެވޭތޯއެވެ. އަވަހަށް ހިނގަން ހަދައިގެން ރައިހާނާއަށް ހެދުމުގެ ފަސްބަޔަށް އެރި އަނގަވަތަށް ވެއްޓެން ދިޔައެވެ. ރައިހާނާ ވެއްޓުނަ ނުދީ ހުށިޔާރުކަމާއެކު ހަމްޒާ އޭނާ ހިފެހެއްޓިއެވެ. ހަމްޒާއާ އެހާ ގާތުގައި ވުމުން ރައިހާނާގެ ހިތްނޭންގޭ ބާރު މިނެއްގައި ތެޅެމުން ދިޔައެވެ.
ރައިހާނާގެ ދޮންރީތި މޫނު ފެނުމުން ހަމްޒާގެ ހިތަށް އެނގުންވިއެވެ. އެއަންހެން ކުއްޖާ ފެންނަ ކޮންމެ ފަހަރަކު ބުނަން ނޭންގޭ ގޮތްތަކެއް އޭނާއަށް ވަމުން ދިޔައެވެ. ނުސާފުކޮށް ހަމްޒާއަށް ހަމަ އެކަހަލަ މަންޒަރެއް ސިފަވަމުން ދިޔައެވެ. ބޮލަށް ތޫނުތަދެއް އަރާހެން ހީވުމާއެކު ރައިހާނާ ތެދުކޮށްލުމަށްފަހު ބޮލުގައި އަތްއަޅާލެވުނެވެ. ހަމްޒާއަށް ވީގޮތް ފެނި ރައިހާނާ ހާސްވިއެވެ. ކުރީގެ ހަނދާނެއް އާވެ ހަމްޒާގެ ބޮލަށް ބާރުކުރަނީކަން އެނގުމާއެކު ވަކިން ބިރުގަތެވެ. ހަމްޒާ އެކަނި ހާލަށް ދޫކޮށްފައި ދާކަށެއް ނުކެރުނެވެ. ހަމްޒާއަށް ވަމުންދިޔަ ގޮތްފެނި ލޮލުން ކަރުނަ ނީރާލިއެވެ.
ދެތިން މިނެޓްތެރޭ ހަމްޒާ ހަމައަކަށް އެޅިލިއެވެ. ދެތިން ފަހަރު ފުންނާވައެއް ދޫކޮށްލާފައި ހަށިގަނޑު ސީދާކޮށްލިއެވެ. ރައިހާނާގެ ލޮލުން ކަރުނަ ނީރާލާފައިވާއިރު އެކުއްޖާދިޔައީ ބިރުން ތުރުތުރު އަޅަމުންނެވެ. “ހެއި އިޓްސް އޯކޭ. ތިކުއްޖާޔާ ހެދި ވީ ކަމެއް ނޫން އެއީކީ. ބައި ދަ ވޭ އަސްލު މިތާގަ ކީއްކުރީ؟” ރައިހާނާ ހަމައަކަށް އަޅުވާކުމުގެ ބޭނުމުގައި ހަމްޒާ އަހާލިއެވެ. ރައިހާވާ އިސްޖަހާލުމަށްފަހު ދެލޯ މަރާބާރުކޮށްލިއެވެ. އަދި އަޅައަޅައި ގަންނަމުން ހަމްޒާއަށް ޖަވާބު ދިނެވެ. ރައިހާނާއަށް ވަމުން ދިޔަ ގޮތްފެނި ހަމްޒާއަށް މަޖާާވިއެވެ. އެހެން އަންހެން ކުދިން އޭނާ ފެނުމުން ތުއިވެފައި ކައިރިވާން މަސައްކަތް ކުރާއިރު މި އަންހެން ކުއްޖާ ހީވަނީ އޭނާ ފެނިގެން ބިރުން އުޅޭހެންނެވެ. ދެންމެ ދެންމެ ދުއްވައިގަނެފާނެހެންވެސް ހީވެއެވެ. އެހެން އަންހެން ކުދިންނާ ރައިހާނާ ވަރަށްވެސް ތަފާތެވެ. “ވެލް އަޅުގަނޑުގެ ނަމަކީ ތިކުއްޖާއެއް ނޫން ރައިހާނާ. ވަރަށް އުނދަގޫވޭ އަބަދު ތިކުއްޖާ ކިޔާތީވެ” އެލްޓީސް ރޫމްއިން ނިކުންނަަށް ދޮރުހުޅުވާފައި ފަހަތަށް އެނބުރި ރައިހާނާ ބުންޏެވެ. ހަމްޒާ ފާޑަކަށް ބަލަހައްޓައިގެން ހުރެފައި އޯކޭއޭ ކިޔާ ބޯޖަހާލިއެވެ. އެއަށްފަހު ރައިހާނާ ގެނައި ގަނޑު ރަނގަޅުތޯ ބެލަންފެށިއެވެ. ދޮރުގައި ހިފަހްޓައިގެން އިނދެ ރައިހާނާ މޭގައި ހިފައި ބާރުކޮށްލިއެވެ. ދެލޯ މަރާލުމަށްފަހު ދެތިން ފަހަރު ފުންކޮށް ނޭވާ ލީ މީހާ ހަމައާކަށް އެޅުމުގެ ބޭނުމުގައެވެ. އެހެން މީހަކަށް ފެނުމުގެ ކުރިން އަވަހަށް ސްޓާފްރޫމަށް ދާން ހިނގައިގަތެވެ.
ރައިހާނާއާ ރީހާންއަށް ގެއަށް ވަދެވުނީ އެކުއެކީހެންނެވެ. ދެކުދިންގެ މޫނުމަތިންވެސް ފެންނަނީ ވަރުބަލިކަމެވެ. “ހެއި ދޮންތްސް. ހައު ވޯޒް ޔުއަރ ފަސްޓް ޑޭ؟” ސޯފާއަށް ވެއްޓިގަންނަމުން ރީހާން އަހާލިއެވެ. “އިޓް ވޯޒް އޮކްވޯޑް އެންޑް ފަން” ކުޑައިރުކޮޅަކު ވިސްނަން އިނދެފައި ރައިހާނާ ޖަވާބުދިނެވެ. ސޯފާގައި އިރުކޮޅަކު އިނުމަށްފަހު ރައިހާނާ ކޮޓަރިއަށް ދިޔައީ ފެންވަރައިގެން ތާޒާވެލާށެވެ. ރައިހާނާ ކޮޓަރިއަށް ވަންފަހުން ޝައުފާ ރީހާންއަށް ފެންވަރަން ދާށޭ ކިޔާ އަޑުލަމުން ދިޔަ އަޑުއިވުނެވެ.
އަންޖަލްއަށް ގޭތެރެއިން މަރުހަބާކީ އެކަނިވެރިކަމެވެ. ރާނިޔާ އޭނާގެ ދިރިއުޅުން އަމިއްލަ މައިންބަފައިން ގާތަށް ބަދަލުކުރިއެވެ. ރާނިޔާ އަންޖަލް ގާތުން އެދުނީ އަޒްހަދް އެކަނި ނުކޮށް އަޒްހަދްއާ އެކީ މަޑުކުރުމަށެވެ. އަންޖަލްވެސް ބައްޕަ އެކަނި ދޫކޮށްފައި ދާން ބޭނުން ނުވުމުން މަޑުކުރީއެވެ. އެދުވަހަށް ފަހު އަޒްހަދް ގިނަ ވަގުތު ހޭދަކުރަނީ އޮފީހުގައެވެ. ގެއަށް އައިސް އުޅެނީ ހަމައެކަނި ކާށާއި ނިދާށެވެ. އަންޖަލްއާ ދިމާވަނީވެސް މަދުފަހަރަކުއެވެ. މަންމައާ ބައްދަލުކުރަން ކޮންމެ ދުވަހަކުވެސް އަންޖަލް މާމަމެން ގެއަށް ދެއެވެ. އެއިން ކޮންމެ ދުވަހަކުވެސް އަޒްހަދްގެ ހާލު ރާނިޔާ އަހައެވެ. މަންމަ ބައްޕައާ ވަކިން އުޅުނަސް އެހިތުގައި ބައްޕައަށްޓަކައި ވީ ލޯބި އަންޖަލްއަށް ސާފުކޮށް ފެންނަމުން ދިޔައެވެ.
ރައިހާނާ ކާންނިކުތްއިރު ރުހާމްއާ ރީހާން ކާންއަރާ ތިއްބެވެ. ރައިހަނާ ތަށްޓަކައި ބަތާ ރިހަ އަޅައިގެ ރީހާންއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ޝައުފާވެސް އެމީހުންނާ ބައިވެރިވެގެން ރުހާމްއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ޝައުފާ ރުހާމްއަށް ބަލާލި ގޮތުން ކޮންމެސް ބޮޑުވާހަކައެއް ދައްކަން އުޅޭކަން ރީހާން އަދި ރައިހާނާއަށްވެސް އެނގުނެވެ. “ބައްޕައާ މަންމަ މި އުޅެނީ އެއްމަސް ދުވަހަށް ލަންކާއަށް ފުރަން. އޮފީސް ކަމެއްގަޔާ ޑޮކްޓަރަށް ދައްކާލަން. ދެކުދިންވެސް ބަސްއަހައިގެން އުޅޭތި. ބައްޕައަށްވެސް އެނގޭ މިހާރު ތީ ކުޑަކުދިން ނޫންކަން. އެހެނެއްކަމަކު ހަނދާންކޮށް ދިނުމަކީ މައްސަަލައެއް ނޫންތާ ދޯ!” ރުހާމްގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުން ރައިހާނާއާ ރީހާންވެސް ބޯޖަހާލިއެވެ. ރުހާމްއާ ޝައުފާވެސް ރައިހާނާގެ ވަޒީފާއާ ބެހޭ ގޮތުން ސުވާލުކުރިއެވެ.
ރޭގަނޑުގެ ހިތްގައިމުވަގުތެވެ. ސާދަވިލޭރޭގެ ހަނދުން ދުނިޔެވަނީ ދިއްލާލާފައެވެ. ޖެހެމުން ދިޔަ ހިތްގައިމު ވައިރޯޅިން ހިތްތަކަށް ހަމަޖެހުން ގެނެސް ދެމުންދިޔައެވެ. ހުޅުމާލޭގައި އަލަށް ހުޅުވި ރެސްޓޯރަންޓަށް ވިޝާހްއާ ނިކްހާތް އަންޖަލް ރީހާން އަދި ރައިހާނާ ދިޔައީ އެންމެން އެކީ ދިމާނުވާތާ ގިނަދުވަސްވުމުން ފަސްކުދިން ދިމާވެލާށެވެ. ފަސްމީހުންނަށް ތިބެވޭ ވަރުގެ މޭޒެއްގައި ފަސްކުދިން ގޮސް އިށީންއިރު ގިނަ މީހުންގެ ލޯތައް އަމާޒުވެފައި ވަނީ އެފަސްކުދިންނަށެވެ. މީހުން މާ ވަރަކަށް ބަލާތީވެ ރައިހާނާ ހުރީ އުނދަގޫވެފައެވެ. ނިކްހާތްއާ ވިޝާހް މާ ބޮޑަކަށް އަޅައެއް ނުލައެވެ. ރީހާން މަޖާވެފައި އަންހެން ކުދިންނަށް ފްލާޓް ކުރަމުން ދިޔައިރު އަންޖަލް ހުރީ ރުޅި ގަދަވެފައެވެ. ކާއެއްޗިއްސަަށް އޯޑަރު ދިނުމަށްފަހު ރަނގަޅަށް ވާހަކަދެކެވެން ފެށިއެވެ. “ސޯ ފްރައިޑޭގަ ތިމީހުން ފްރީތަ. އަހަރުން ކުޑަ ޝޮޕިންއަކަށް ދާން” ޝޮޕިންއަށް ދާ ވަހަކަ ބުނުމުން އަންޖަލްއާ ރައިހާނާ ތިބީ ދާން އަތުކުރި އޮޅައިލައިގެންނެވެ. އަންޖަލް ވަގުތުން ޕިންޓްރެސްޓިން ނިކްހާތްއާ ގުޅޭ ކަހަލަ ހެދުމެއް ހޯދާލިއެވެ. ރައިހަނާވެސް ފޯރީގައި އަންޖަލްއާ ނިކްހާތްއާ ބައިވެރިވެގެން ހެދުންތައް ބެލުމުގައި އުޅުނެވެ. “ތޭންކްސް ބްރޯ” ރައިހާނާ ދިމާއަށް ބަލަހައްޓައިގެން ހުރެ ރީހާން ވިޝާހްއަށް ޝުކުރު އާދާކުރިއެވެ. ރައިހާނާގެ އެހިނިތުންވުން ނުފެންނަތާ ލައްކަ ދުވަސްވެއްޖެއެވެ.
ކާއެއްޗިހި އައުމުން ފަަސްކުދިންވެސް ކެއުމައިގެން އަވަސްވިއެވެ. ގެނައި ކާއެއްޗިހި މީރުކަމުން ފަސްކުދިންނަށްވެސް އެއަށްތައުރީފު ކުރެވުނެވެ. ރައިހާނާ ސަމްސާ ނަގައިފައި ހުއްޓުން އެރީ ދޮރުން އެތެރެއަށް ވަދެގެން އައި ތިން މީހުންފެނިފައެވެ. މަޑުނޫކުލައިގެ ޓީޝާޓަކާ އައިސް ބްލޫ ޖިންސެއްގައި ހުރި ހަމްޒާ ހުރީ ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް އުރާލައިގެންނެވެ. ހަމްޒާގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ހިނިތުންވެފައި ލީމް ހުއްޓެވެ. ކުޑަ އަންހެން ކުއްޖާ ހިނިތުންވެފައި ކޮންމެސް ވާހަކައެއް ހަމްޒާއާ ދައްކަމުން ދިޔައެވެ.
ރައިހާނާ ހުއްޓުން އަރާފައި ހުރުމުން އަނެއް ހަތަރު ކުދިންވެސް އެދިމާއަށް ބަލާލިއެވެ. ވިޝާހްއަށް ފުންނޭވައެއް ދޫކޮށްލެވުނުއިރު ނިކްހާތްއަށް ހަމްދަރްދީގެ ނަޒަރަކުން ރައިހާނާއަށް ބަލާލެވުނެވެ. ރީހާންގެ މޫނު މައްޗަށް ނުރުހުމުގެ ކުލަވަރު އެރިއެވެ. އަންޖަލްވެސް މޫނަށް ވައްތަރެއް ޖައްސާލިއެވެ.
ހަމްޒާ އެއްލި ކަޅިއަކުން އޭނާއަށް ބަލަހައްޓައިގެން ރައިހާނާ ފެނުނެވެ. އޭނާ ބަލާލުމުން ނޫންކަމަށް ހަދާފައި ރައިހާނާ އަވަހަށް ކާންފެށި ގޮތުން ހަމްޒާއަށް ހެވުނެވެ. ހަމްޒާ ބެލި ދިމާއަށް ބަލާލި ލީމްގެ ތުންފަތްމަތީގައި ވި ހިނިތުންވުން ފޭދުނެވެ. އޭނާ ބަލަހައްޓައިގެން ހުއްޓާ ހަމްޒާ ގޮސް ރައިހާނާމެން ތިބި މޭޒުކައިރީ މަޑުކޮށްލިއެވެ. “ސާރ” ވިޝާހްއާ އަންނަލް އެއްފަހަރާ ބުނެލިއެވެ. އެދެކުދިންވެސް ތިބީ ތުންފަތްމައްޗަށް މަސްނުއީ ހިނިތުންވުމެއް ވެރިކޮށްގެންނެވެ. “ލިއާއްކޮ ހެލޯ” ހަމްޒާ އަތުގައި އިން ލިއާ އަތް އަންޖަލް އަތްދިއްކޮށްލުމާއެކު ވަރަށް ފަސޭހައިން ލިއާ އަންޖަލް ގާތަށް ދިޔައެވެ. އަންޖަލް އުރާލުމާއެކު އަތްތިލަ ބަޑިޖަހާލައި ތުއްތުތުއްތު އަޑުން ދައްތައޭ ބުންޏެވެ. “ރީހާން” ރީހާން ގޮވާނުލިކަމަށް ހަމްޒާ ގޮވާލިއެވެ. ރީހާންއަކީ ޝިމާންގެ އަންހެނުންގެ ދެބެއިންގެ ދެދަރިކުއްޖެއްކަން ހަމްޒާއަށް އެނގެއެވެ. އެގެއަށް ދާ ދުވަސްދުވަހު ވަރަށް ގިނައިން ރީހާންއާ އޭނަ ވަނީ ދިމާފައެވެ. ރައިހާނާއަކީވެސް އެގޭ ކުއްޖެއްކަންވެސް އެނގެއެވެ. އެހެނަސް ރައިހާނާ ރާއްޖެއިން ބޭރުގައި އުޅޭތީ ހަމްޒާއަކާ ދިމައެއް ނުވެއެވެ.
ހަމްޒާ ދާންވެގެން ލިއާ ގެންދަން އުޅުމުން ދާކަށެއް ބޭނުމެއް ނުވިއެވެ. އަންޖަލް ގާތު މަޑުކުރާނީއޭ ކިޔާ ބޮޑާ ހާކަން ފެށިއެވެ. “އޯކޭ މަށާ ލީމްއާ ނިމެންދެން ލިއާއްކޮ ބަލާ ދެއްޗޭ. ޕަމްޕްކިން ބަސްއަހައިގެން ހުންނާތި އެނގޭ” ލިއާގެ ކޮލުގައި ހިފާލާފައި ހަމްޒާ ދިޔައެވެ.
ލިއާ ދެތިން ފަހަރަކު ރައިހާނާގެ އަތުގައި ޖަހާލިއެވެ. ކޮންމެ ފަހަރަކުވެސް ރައިހާނާ ހިނިތުންވެފައި ދުރުބަލާލަނީއެވެ. އެކުއްޖާއާ ދިމާއަށް ބަލާލާނެހާ ހިތްވަރެއް ރައިހާނާގެ ނެތެވެ. ރިހާންއާ ވިޝާހްއާ ނިކްހާތްވެސް ލިއާއާ ލޯބިކޮށްލިއެވެ. އެހެނަސް އެކުއްޖާ ގޮވުމުންވެސް އަޅާ ނުލާ ހުރީ ރައިހާނާއެވެ. “ކީއްވެ އެދައްތި ކޮއްކިއާ ވާހަކަ ނުދައްކަނީ” އެންމެ ފަހުން ލިއާ ދެރަވެގެން އަހާލިއެވެ. ލިއާގެ ލޯބި އަޑުޖެހުމުން ރައިހާނާއަށް އެކުއްޖާއާ ދިމާއަށް ބަލާލެވުނެވެ. މައުސޫމްކަމާއެކު އެކުއްޖާ ބަލަހައްޓައިގެން ހުރި ގޮތުން ރައިހާނާގެ ހިތަށް އަސަރުކުރިއެވެ. މަޑުމަޑުން އޭނާގެ އަތްނަގާ އެކުއްޖާގެ ކޮލުގައި ހިފާލިއެވެ. “ހެލޯ ބޭބީ. މީ ރައިދައްތަ އެނގޭ. ބޭބީއަށް ކިޔަނީ ކޮންނަމެއްތަ؟” ލިއާ ގެނެސް އުނގަށް ލަމުން ރައިހާނާ އަހާލިއެވެ. “ލިއާ” ހެވިފައި އިނދެ ލިއާ ނަންބުނެލިއެވެ. ލިއާ އެރޭ ރައިހާާނާއާ ވަރަށް ދޯލުވިއެވެ. އަނެއް ހަތަރު ކުދިންނަކީ ކުރިންވެސް ލިއާ އެނގޭ ކުދިންނެވެ. މަދުންނަމަވެސް ވިޝާހްއާ ނިކްހާތްއާ ލިއާ ވަނީ ބައްދަލުވެފައެވެ. އަންޖަލްއާ ރީހާން ކޮންމެ ހުކުރު ހޮނިހިރު ދުވަހެއްގައި ދިމާވެއެވެ. ކައި ނިންމާއިގެން ރައިހާނާމެން ރެސްޓޯރަންޓުން ނުކުތީވެސް ލިއާ ގޮވައިގެންނެވެ. އަންޖަލް ހަމްޒާއަށް މެސެޖް ކޮށްފައި އެމީހުން ލިއާ ގޮވައިގެން ސެންޓްރަލް ޕާކަށް ދިޔަވާހަކަ މެސެޖްކޮށްލިއެވެ. އަކްމަލްވެސް އޯކޭއެ ޖަހާ ރިޕްލައި ކުރިއެވެ.
ޕާކުގައިވެސް ލިއާ އުޅުނީ ރައިހާނާއާ އެއްކޮށެވެ. ރައިހާނާ އަތުން އެންމެ ފަހަރަކުވެސް ދޫކޮށްނުލައެވެ. ޕާކުގައި ދުވުނުއިރު ރައިހާނާވެސް ލިއާ އެއްވަރަށް ދުވަން ޖެހުނެވެ. ލިއާއާ ހެދި ރައިހާނާ ހުރީ މުޅިން ވަރުބަލިވެފައެވެ. ރީހާން މަޖާވެފައި ލިއާއާ އަންޖަލްގެ ފޮޓޯ ނެގިއެވެ.
ހަމްޒާއާ ލީމް އަތުގުޅުވައިގެން ތިބެ ޕާކު ތެރެއަށްވަނެވެ. އަންޖަލްގެ އަތުގައި ހިފައިގެން ދުވަމުން ދިޔަ ރައިހާނާ ފެނި ހަމްޒާއަށް ހިނިތުންވެވުނެވެ. ހެދުމުގެ ފަސްބައިގައި ދުވަމުން ދިޔައިރު ރައިހާނާ ވަރުބަލިވެފައި ހުރިކަން އެނގެއެވެ. ލީމްގެ އަތުން ހަމްޒާ އަތް ނައްޓާލުމަށްފަހު ރައިހާނާއާ ދިމާއަށް ދިޔައީ ދަފައްފާނަށް ދަމާހެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.






Salam all. Here’s 34th part of bunaashey loabi nuvanyhey…. Liyevunyma friday madunukoh avahah up mikury. Hurihaa kudhinnah ves mi bai kamudhaane kamah ummedhu kuran.
Yeyyyy me first mifaharu…..I missed you kiyaa sis
Vvvvvvvv furihama mibai vx love it ??????❤️❤️❤️?????????????may god bless you always with your life Jiji missed u too much cry baby
Alhe darlinn…Missed yuh mango baby??..Adhi kiriyaa dhwww habareh thi v…hehe..luw yuh?❤?
wow vrh salhi mi part vs…❤️ ❤️ ❤️ keep it up kiyaa??❤️❤️
dhen noon raihaanaa ah hurihaa dhera e leem Gandaa keekuran tha Hamza marry kuruvee
alhey evy kihineh hamzaa n leem oh god alhe ehn hadhaakah nuvaanun rai dhera vaane?????
Masha allah vvvvv reethi mi part ves, one mistake was there kanneyge.. Hamza kamah akmal ey kanneyge jahaafa othy Konmeves thanehga…Anyways story is just fab.. Loved and ly kiyaa… Waiting for the next part dear, ????????
liyaa aki kaakuge kujjeh baa? i think sunainaage baby eh henn?
I think lia aky suneyna ge baby kanneyge..? leem and hamza marry nukerey hen hyvany…kiya pls rai & hamza gulhuvaba
story is perfect??Ma sha Allah?Btw kon AKMAL eh???
HAMZAA MARRY KUREE LEEM AATHA???? DHEN NOON????? ANYWAYS VAAHAKA VARAH SALHI….. ????? WHN IS THE NXT PRT??? WAITING…. WAITING….. HEHEHE
Aan hamza merry kury mashaa?
anonymous lol
Anonymous theena ge aslu namakee leem tha?????? hehe?? LOL✌️✌️????? E majaa igey dheranuvahchey ??dheravehjeyaamun I AM REALLY REALLY SORRY ????? hope u will forgive me if u’re sad ????????????
Yeah my real name is leem❤Bcx I am saying that hamza merry kurey madhaha ey?Dhera eh nuvey thihn bunegn??
*mashaa
???? mioh v goeh. Hih kudhi kudhi vejje ???
V v v reethi
Ekam keeh thikuree
Emme fahun hamzaa and raihaanaa dhurukuree
So sad
Ekam ves v reethi
Adhi e dhemeehun gulheyne dho
Good luck
When next part
???Dhenn hamza rai ah thihen nahadhaa efakeerah hurihaa dhera eh vvv foohi hamza gadhu
Ey hamza foohsey nubunahche ingey anhaiga dhaiykolhu varaalaanan?
Adhi hamxaa aa raihaana gulheyne????
Bodah hevany hamxaa marry nukuraahen. ????
Dhn let C dhw??
And hamxaa vs aslu like vany raihaana dheke ehnu???
Due to accident hamxaa ah raihaana ge mathin hadhaan nethuny
So fahun e dhemeehun gulheyny???
???? lol
Vaahaka vvv rythi
What hamza marry kury Leem aa thr? ????
Alhey dhn raihaana aa hamxaa nugulhuvy keevegen thr? ??????
But fahun emeehun gulheyne dhw? ???
Anyway mi part vs vvvvv reethi ?????? ????
Waiting waiting curiously for the next part? ?????
Keep it up ?????????????
Alhe raihaanaa ehury loabeega fail vefa ey Dan eyna akah hamza eh nulibeyne kithahme vareh kuriyas
Thiheneh thikameh nuvaane. ??
Raihaana ah Adi hamxaa libeyne????….
Nulibeyne hamza eii magey meeheh?hama ekani magey meeheh?
Let C dhw ???
Hamza nudhaana ma dhookohfa eh?
Everybody is happy except for rai☹️☹️☹️☹️…..vahaka v. Reethi
Awwn Varah reethi ❤️mi part vas ???
Kiyaa noooo??????…kyhkuran Alhe leem aa hamza gulhuvy…Alhe vv dhera vehje jiji….rai maa dhera vaane dhw adhi…
Dhn v curious Vehje next part kiyaalaa hithun..mi part vec rythi ingey..Curiously waiting ???????????????❤❤???????☝☝
Cry baby told you
U r a cry baby love you Jiji miss you so so much
Thynu mango baby. .. n plc habareh vebala dhn dear✌✌✌✌????
Varah reethi….leem kanthah huvafenakah hadhaa
Vvvv reeethi…
I think hamzaage dharieh noon hen lia Aky.. and leem aa ehen meehehge hen heeveny… dhen leemge kanthah engunyma hamaza leem divorce kuraany knnaege then anehkaa hmaza ah handhaan vaany kanneyge rai aky kaaku kan ves… dhen ehnve propose kohfa marry kuraany hen hiveeny hamza n rai..
it’s i think so lets and whn next?
Its i think so lets see
Bodah hevany thihen hen vany..
But let C dhw??
Jeon jungkook ah dhivehi engeythr
Ingeythy thaa dhw e vaahaka dhahkany ??
Yap dhivehi Varah bodah engey ???????????
Hahaha… Dhw ehn vaanama
Aaaan dhw
Alhey kihinei mivee????? Plxxx raihana aa hamxa gulhuvaaba….MashaAllah v salhi mi part vx kiyaa… keep it up dear…
Hamxaa eh nulibeyne.. Eii hama ekani magey meeheh??
????????
Dhn hamxaa Eii theenage ????
Meehakah hadhaigen ulhe..????
But fahun mi story nimumyma Ingeyne hamxaa Eii khaaku ge meeheh Kan❔❔❓❓
Alhe raihaana n hamza gulhuvahchey & mi prt vxx v reethi mistakes ebahuri… Rangalhu kohlane kamah hykuran.
Dhenn hama foohi hamza rai ah ehenn nuhadhaa?????
Please don’t tell me Liaa aky hamxa and leem ge dhariekey…kiyaa don’t do this to rai….have some mercy on her????
Dear sorry for the late comment… phone athujehuneema adhi kiriyaa mi comment kurevenee??????Alhey kiyara rai au dheragotheiy nahadhachchey…And hamza au avahah handhaanvaagotheiy hadhaadhechchey…And liaa akee hamza aai leem dhariakau vaane heneiy dhonthi akau eggothakauves hee eiy nuvey….Hehehe…Anyways mi part ves varau loabi ingey?????????????????????????????????????????????I really like this story❤❤❤❤❤❤And raasthaa ge season 2 au dhonthi keiytherikamaaeku inthizaaru kuramun mi dhanee????????As well…Tace great care kiyaaraa????????????????????And i love you so much???????????????❤❤????????????????????????????????❤❤????
Cover photo badhalu kollyma adhi furihama vaane.. Nice
wow! Mi part ves vrh reethi! but hamxa and rai gulhuvahchey please! anyways next part kon irakun tha? I’m very curious! vrh avahah next part up kohdhevidhaane tha? I love you Kiyaa!
V Hama nujehey mi part. 6 years ge hadhaan thahh fohevunu iru Hamza akee history teacher eyy kann hadhaan nunetheyy. Ekm leem rulhivi fahun Hamza teaching ge dhaaira ahh nukuthee Vs. V Hama nujeheyy
Yes asluves… Hama eh nujehey Vaahaka eh.. Vedhaane baeh hadhaantha hama hunnaane kamah or madu madun hadhaan vamun annanee kamah?