Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ…..35

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 30, 2019 7 Mins Read
69 Comments

ޕާކުގައިވެސް ލިއާ އުޅުނީ ރައިހާނާއާ އެއްކޮށެވެ. ރައިހާނާ އަތުން އެންމެ ފަހަރަކުވެސް ދޫކޮށްނުލައެވެ. ޕާކުގައި ދުވުނުއިރު ރައިހާނާވެސް ލިއާ އެއްވަރަށް ދުވަން ޖެހުނެވެ. ލިއާއާ ހެދި ރައިހާނާ ހުރީ މުޅިން ވަރުބަލިވެފައެވެ. ރީހާން މަޖާވެފައި ލިއާއާ އަންޖަލްގެ ފޮޓޯ ނެގިއެވެ.
ހަމްޒާއާ ލީމް އަތުގުޅުވައިގެން ތިބެ ޕާކު ތެރެއަށްވަނެވެ. އަންޖަލްގެ އަތުގައި ހިފައިގެން ދުވަމުން ދިޔަ ރައިހާނާ ފެނި ހަމްޒާއަށް ހިނިތުންވެވުނެވެ. ހެދުމުގެ ފަސްބައިގައި ދުވަމުން ދިޔައިރު ރައިހާނާ ވަރުބަލިވެފައި ހުރިކަން އެނގެއެވެ. ލީމްގެ އަތުން ހަމްޒާ އަތް ނައްޓާލުމަށްފަހު ރައިހާނާއާ ދިމާއަށް ދިޔައީ ދަފައްފާނަށް ދަމާހެންނެވެ.
އެންމެފަހުން ވަރުބަލިވެގެން ރައިހަނާއަށް ހުއްޓެވުނެވެ. ގުދުވެގެން އޮތްއިރު އޭނާއަށް ދިޔައީ މައިނޭވާލެވެމުންނެވެ. ލިއާ އަތުން އަތް ނައްޓާލުމަށްފަހު އަތުގެ އިށާރާތުން ދެން ނުދުވެވޭނެ ކަމަށް ބުންޏެވެ. ރައިހާނާ އޮތްގޮތްފެނި މަޖާވެގެން ލިއާ ބާރަކަށް ހޭންފެށިއެވެ. “ދޮންތީ ޔޫއާ ސޯއަންފިޓް” ލިއާއާ އެއްބައިވެގެން ރީހާންވެސް ހޭން ފެށިއެވެ. މައިނޭވާލަމުންވެސް ރީހާންއާ ދިމާއަށް ރައިހާނާ ލޯ އަޅާލިއެވެ. “ލިއާ މުޅިން ތިކުއްޖާ ވަރުބަލިކޮށްލާފިދޯ؟” ނުހަނު ގާތުން ހަމްޒާގެ ފިރިހެންވަންތަ އަޑުއިވުމުން ރައިހާނާ ލަައިލައި ހުރި ނޭވައިވެސް ތާށިވިއެވެ. އަވަސް އަވަހަށް ހަށިގަނޑު ސީދާކޮށްލަމުން ހަމަޖެހެން މަސައްކަތް ކުރިއެވެ. އޭނާއާ ދިމާއަށް ތިކުއްޖާ ނުކިޔާށޭ ބުނުމުންވެސް ހަމްޒާ އެހެން މުޚާތަބް ކުރުމުން ހިތްހަމަނުޖެހުނެވެ. “ރައިހާނާ” ލޯހަނިކޮށްލަމުން ރައިހާނާ ބުނި ގޮތުން ހަމްޒާއަށް ހެވުނެވެ. “ލިއާއްކޮ ދެން ހިނގާ ދާން މަންމިއާ ބައްޕި މިހާރު ތިބޭނެ ޕަމްޕްކިން ނުގޮސްގެން ލަސްވެފަ” ލިއާ އުރާލަމުން ހަމްޒާ ބުނެލިއެވެ. މަންމިއާ ބައްޕި ލިއާ ނުގޮސްގެން ލަސްވެފަ ތިބޭނޭ ބުނުމުން ރައިހާނާގެ މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިގެން އިނދެ އަންޖަލްއާ ދިމާއަށް ބަލާލެވުނެވެ. އޭރު އަންޖަލްގެ ސަމާލުކަން ހުރީ ލިއާއަށެވެ. “ބާއީ ހުރިހާ ކުދިން. ދައްތާދެން އަންނަ ދުވަހަކުން ރީހާންބޭބެއާ ރައިދައްތަވެސް ގެންނައްޗޭ” މައުސޫމްގޮތަކަށް ލިއާ އަންޖަލް ގާތު ބުނެލިއެވެ. އަންޖަލް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލާފައި ލިއާގެ ކޮލަށް ދޮނެއް ދިނެވެ. ރައިހާނާވެސް ލިއާގެ ކޮލުގައި ހިފާލައިފައި ދޮނެއް ދިނެވެ. އެންމެނަށް ބާއިކިޔާފައި ހަމްޒާއާއެކީ ލިއާ ދިޔައެވެ.
“ރައި ހީކުރީ އެއީ ދޮންބެއާ ލީމްގެ ދަރިއެއް ކަމަށްތަ؟ ޔޫ ކްރޭޒީ ގާލް. ދޮންބެ އަދި ލީމްއަކާ މެރީއެއްވެސް ނުކުރޭ. އެއީ ދޮންތަގެ ބޭބީ. ލިއާ” އަންޖަލް އެހެން ބުނުމާއެކު ރައިހާނާ ހަނދާންވިއެވެ. އެއާއެކު އަނގަޔަށް ގޮތެއްވެސް ހަދާލެވުނެވެ.
ލިއާއަކީ ސުނައިނާއާ މިރާޝްގެ ދަރިފުޅެވެ. ލިއާ އެންމެ ކުޑައިރުންސުރެއްވެސް އެކުއްޖާ ނިކަން ލޯބިން ހަމްޒާ ގެންގުޅެއެވެ. ލިއާ އުފަންވީ ހަމްޒާ އެކްސިޑެންޓުން އެކީ ރަނގަޅުވިތަނާ ހެންނެވެ. ކުޑައިރުއްސުރެ އުރާ ހަދައި ހެދުމުގެ ސަބަބުން ހަމްޒާގެ ހިތުގައި ލިއާ ވަނީ އަމިއްލަ ދަރިއެއްގެ ލޯބިއުފެދިފައެވެ. މިރާޝްއަށްވުރެ ގިނައިން އެކުއްޖާ ގޮވައިގެން ބޭރަށް ގޮސް ހަދައެވެ. ހަމްޒާއަށް އިނގިފައި އޮތްގޮތުން އަންޖަލްއަކީ މިރާޝްގެ ކޮއްކޮއެވެ. އަންޖަލް ކޮންމެ ހުކުރު ދުވަހު އެމީހުން ދިރިއުޅޭ ގެއަށް ދަނީ އެހެންވެއެވެ. ފަހަކަށް އައިސް އަންޖަލްއާއެކީ ރީހާންވެސް އެގެއަށް ދެއެވެ. ވިޝާހްއާ ނިކްހާތް ގޮވައިގެންވެސް ބައެއް ދުވަސްދުވަހު އަންޖަލް ދެއެވެ.

ލީމް ގެއަށް ލާފައި ހަމްޒާ ލިއާ ގޮވައިގެން ގެއަށް ދިޔައެވެ. އޭރު އޭނާގެ ކޮނޑުމަތީ ބޯއަޅައިގެން އެކުއްޖާއަށް އޮތީ ނިދިފައެވެ. ގަދަޔަށް ދުވުމުގެ ސަބަބުން މުޅި ކުއްޖާ އޮތީ ދާހިއްލާ ފޯވެފައެވެ. ހަމްޒާ ގެއަށްވަންއިރު ސުނައިނާއާ މިރާޝް އިންތިޒާރުގައި ސޯފާގައި ތިއްބެވެ. ހަމްޒާގޮސް ސުނައިނާ އަތަށް ލިއާ ދީފައި އޭނާގެ ކޮޓަރިއަށް ވަނެވެ. ކުޑަކޮށް ފެންވަރާ ހަދައިގެން ހަމްޒާ އެނދުގައި ޖައްސާލީ ވަރުބަލިވެފައި ހުރުމުންނެވެ. ފޯނު އެލާމަށް ލާފައި ހަމްޒާ އެނދުގައި ރީއްޗަށް އޮށޯވެލިއެވެ. ނިދަން ލޯމަރާލުމާއެކު ފެނިގެން ދިޔަ ރައިހާނާގެ ސޫރައިން ހަމްޒާއަށް ވަގުތުން ދެލޯ ހުޅުވާލެވުނެވެ. ރައިހާނާ ފެންނަކޮންމެ ފަހަރަކު އެހިތަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބިގެން ދެއެވެ. ލީމް ފެނުމުން އޭނާ ވާން އުއްމީދުކުރާ ގޮތްތައް ވަމުން ދިޔައީ ރައިހާނާ ފެނުމުންނެވެ. ލީމްއާ ކައިވެނި ނުކުރެވިގެން އުޅޭ ސަބަބަކީވެސް އެއީއެވެ. ލީމް ގާތުގަ ހުންނައިރު އެހިތަށް އުފާވެރިކަމެއް ނުލިބެއެވެ. ފުރިހަމަ ނުވާހެން ހީވަނީއެވެ. ރައިހާނާއާ އެކީ ހޭދަވީ ކުޑަކުޑަ ވަގުތުކޮޅުވެސް އޭނާއަށް ޚާއްސަވިއެވެ. ހީވީ އެއީ އެތައް ދުވަހެއް ވަންދެން އޭނާ އިންތިޒާރުކޮށްގެން ހުރި ކަމެއްހެންނެވެ. ރައިހާނާ ފެނުނީންސުރެ އެހެން ކަމަކާމެދު ނުވިސްނެއެވެ. ރައިހަނާ ކިޔަވައިދިން ގަޑީ އެކްލާސް ކުރިމަތިން ދެތިން ބުރު ޖެހުނީވެސް އެހެންވެއެވެ. ނޭންގިނަމަވެސް އެހިތުގައި ރައިހާނާއަށް ޚާއްސަ މަގާމެއްދެވުނެވެ. ހަމްޒާއަށް ނިދުނީވެސް ރައިހާނާގެ ޚިޔާލުތަކުގައި އޮއްވައެވެ.

އެނދުގެ ދެފަރާތަށް ފުރޮޅިފުރޮޅިވެސް ލީމްގެ ލޮލަށް ނިންޖެއްނައެވެ. ރައިހާނާއާ ދިމާވީންސުރެ ލީމް އެވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހަމްޒާ ގެއްލިދާނެ ކަމުގެ ބިރު ބޮޑުވިއެވެ. ރައިހާނާ ފެނުމުން ހަމްޒާއަށްއައި ބަދަލު ކިތަންމެހާވެސް ރީއްޗަށް ލީމްއަށް ފެނުނެވެ. ކޮންމެ ހާލެއްގައިވެސް ހަމްޒާ އޭނާގެ މީހަކަށް ހަދަން ލީމް ބޭނުންވިއެވެ. ހަމްޒާ ބޮލަަށާ އެރިގެން ކައިވެނި އަވަސްކުރަން ބޭނުންވިއެވެ.

ރައިހާނާއަށް އަވަހަށް ތައްޔާރުވެވުމުން ރީހާންއަށް އުނދަގޫ ނުކޮށް ހިނގާލާފައި ސްކޫލަށް ދާން ގެއިން ނުކުތެވެ. ކަޅުވިލާތަކުން އުޑުމަތިވަނީ މުޅިން ބަނަކޮށްލާފައެވެ. ދެންމެ ދެންމެ ވާރޭ އޮއްސައިގަނެފާނެހެން ހީވިއެވެ. ވައިވެސް ފުދޭވަރަކަށް ގަދައެވެ. ކުޑައެއް ނުލާ ގެއިން ނުކުމެވުނު މޮޔަ ރައިހާނާ ހިތަށް އެރިއެވެ. ފަޔަށް ބާރުލާފައި ހިނގުން ބާރުކޮށްލީ ވާރޭ އޮއްސާލުމުގެ ކުރިން ސްކޫލްއާއި ހަމައަށް ފޯރާތޯއެވެ. އެހެނަސް އޭނާއަށް ދެވުނީ ވަކި ހިސާބަކަށެވެ. ބޯކޮށްވާރޭ އޮއްސާލިއެވެ. ގަޑިޖެހުނަސް ތެމިގެންނެއް އޭނާއަކަށް ނުދެވޭނެއެވެ. ދުވެފައި ގޮސް އެތާ ކައިރީއިން ފިހާރައެއްގެ އަސްކަނިދަށަށް ވަނެވެ. ދަބަސްތެރެ ހާވައިގެން ފޯނުުނަގާ ރީހާންއަށް ގުޅާލިއެވެ. ތިންހަތަރު ގުޅައިގެންވެސް ރީހާން ފޯނެއް ނުނެގިއެވެ. ދެން ރައިހާނާ ގުޅީ ރުހާމްއަށެވެ. ރުހާމްވެސް ފޯމަށް ޖަވާބެއް ނުދިނެވެ. ރައިހާނާއަށް ކުސްތަޅާލެވުނެވެ. ގަޑިބަލާލިއިރު ހަގަޑި ފަންސަވީސް ވެއްޖެއެވެ. ތިރީސްފަހެއްގައި ސައިންއިން ވާންޖެހެއެވެ. އަމިއްލަ ނަފްސަަށް ކުދި ކިޔާލެވުނީ ކުޑަނުލާ ގެއިން ނުކުމެވުމުންނެވެ. ކާރެއްހާ ހިސާބުވެސް މަގުމަތިން ފެންނާކަށް ނެތެވެ. ވަޒީފާއަށް ނުކުތްތާ ދެވަނަ ދުވަހު އޭނާއަށް މިޖެހުނީ ގަޑިޖެހިގެން ދާށެވެ. އެހެން ހިތަށް އެރުމާއެކު އަނެއްކާވެސް ކުސްތަޅާގަނެވުނެވެ. ދެފައި ބިންމަތީގައި ތަޅައިގަތެވެ.
ސްކޫލަށް ދާން ގެއިން ނުކުތްއިރު އުޑު މަތި ބަނަކަމުން ސައިކަލްގައި ދިއުމުގެ ބަދަލުގައި ހަމްޒާ މިރާޝް ގެންގުޅޭ ކާރުގައި ސްކޫލަށް ދާން މިސްރާބް ޖެހިއެވެ. ވަކި ހިސާބަކަށް ދުއްވިތަނުން ވާރޭ އޮއްސައިގަތުމުން ކާރުގައި އާދެވުނުކަން ނަސީބެކޭ ހިތަށް އެރިއެވެ. ހަމްޒާއަށް ކާރު ހުއްޓާލެވުނީ ފިހާރައެއްގެ އަސްކަނި ދަށުގައި އިން ރައިހާނާ ފެނިފައެވެ. ބަޓަފްލައި ހެދުމަކާ މަޑު ފިޔާތޮށި ކުލައެއްގެ ޝޯލެއް އަޅައިގެން ހުރިއިރު ހީވަނީ އަރަބި ކުއްޖެއްހެންނެވެ. އެއޮށްބޮޑު ހެދުން ލައިގެން އިންއިރުވެސް ފިނިވެގެން ތުރުތުރު އަޅައެވެ. ފޯނަށް ބަލާލާފައި ދެފައި ތަޅާލިގޮތުން ހީވީ ކުޑަކުއްޖެއްހެންނެވެ.
ރައިހާނާ ކުރިމައްޗަށް ޕްރައިވެޓް ކާރެއް އައިސް ހުއްޓާލުމާއެކު ކުޑަކޮށް ހައިރާންވިއެވެ. ކަޅު ބިއްލޫރި ޖަހާފައި ހުރުމުން އެތެރެވެސް ނުފެނެއެވެ. ރައިހާނާ އަޅާވެސް ނުލައި ދުރުބަލަން ފެށިއެވެ.
ކާރުގެ ލޯގަނޑު ތިރިކޮށްލުމަށްފަހު ހަމްޒާ ރައިހާނާއަށް ގޮވާލިއެވެ. ހަމްޒާ ގޮވާލުމާއެކު ރައިހަނާ ސިއްސައިގެން ގޮސް ދެލޯ ބޮޑުވިއެވެ. އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިގެން ބަލަން އިން ގޮތުން ހަމްޒާ ގާތަށް ހިނިއައެވެ. “ރައިހާނާ. އަރަންވީނު” ހިނިއައި ކަމަށް ނުދައްކާ ހަމްށާ ދެވަނަ ފަހަރަށް ބުނެލިއެވެ. އޭރު އޭނާގެ ދެބުމަ ގޮށްޖެހިފައި ހުރި ގޮތުން ކޮންމެ މީހަކުވެސް ޖެހިލުންވާނެއެވެ. ރައިހާނާ މަޑު ހިނގުމެއްގައި ގޮސް ކާރުގެ ފަހަތު ދޮރު ހުޅުވާލިއެވެ. ހަމްޒާ ކުރިއަށް އަރާށޭ ބުނަން އުޅެފައިވެސް ރައިހާނާ ހީކުރާނެ އެއްޗެއް ނޭންގޭތިވެ ބުނާކަށް ނުކެރުނެވެ. ރައިހާނާ ކާރަށް އަރައި ހަމަޖެހުނުކަން އެނގުމާއެކު ހަމްޒާ ކާރު ދުއްވާލިއެވެ.
މަގުމައްޗަށް ނަޒަރު ހުއްޓައިގެން އިން ރައިހާނާގެ ހިތް ބާރަކަށް ތެޅެމުން ދިޔައެވެ. މޭފަޅާލާފައި ނުކުމެ ދާނެހެންވެސް ހީވިއެވެ. އެންމެ ފަހަރަކުވެސް ހަމްޒާއާ ދިމާއަށް ބަލާލާކަށް ރައިހާނާއަކަށް ނުކެރުނެވެ. ކާރުގެ އޭސީ ޖައްސާފައި ހުރުމުން މީހާ ފިނިވެގެން ހަލާކުވާން ކައިރިވެފައި ހުރިއިރު ވެސް ހަމްޒާ ގާތު ބުނާކަށް ނުކެރުނެވެ.
ހަމްޒާގެ ނަޒަރު ދޭތެރެއަކުން ލޯގަނޑަށް ހުއްޓެއެވެ. ރައިހާނާ ފިނިވެގެން ތުރުތުރު އަޅާކަން އެނގުމާއެކު ހަމްޒާ އަވަހަށް އޭސީ ނިއްވާލިއެވެ. ސްކޫލާ ހަމައަށް ދެވެން ދެކަށްވެސް އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ސްކޫލް ގޭޓު ކައިރިއަށް ކާރު މަޑުކޮށްލުމާއެކު ރައިހާނާ އަވަހަށް ފޭބިއެވެ. ދޮރު ލައްޕާފައި އެންމެ މިނެޓެއްވެސް މަޑުކޮށްނުލައި ދުވަމުން ގޮސް އެތެރެއަށްވަދެ ސައިންއިން ވެލިއެވެ. ނަސީބަކުން ގަޑި ޖެހެން ދެމިނެޓް އިނެވެ. ރިސެޕްޝަންގައި އިން ކުއްޖާއާ ރައިހާނާ ވާހަކަ ދައްކަން ހުއްޓާ ހަމްޒާވެސް އައިސް ސައިން އިންވިއެވެ. ރިސެޕްޝަންގައި އިން ކުއްޖާއަށް ގޮވާލާއިފައި ރީތި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. އެހެނަސް ރައިހާނާ އެތާއިން ކަމަަށްވެސް ހަދާނުލާ ދިއުމުން ރައިހާނާ ރުޅި ގަދަވާ ގޮތްވިއެވެ. ރިސެޕްޝަންގައި އިން ކުއްޖާ ހަމްޒާ ދިޔަ ދިމާއަށް ފާޑަކަށް ހެވިފައި އިނދެ ބަލަހައްޓައިގެން އިނުމުން ރައިހާނާ އިތުރަށް ރުޅިގަދަވާ ގޮތްވިއެވެ. ދެފަރާތަށް ބޯހޫރާލަމުން އަނަގައިން އަޑެއް ލައްވާލިއެވެ. އެތަނުގަައި އެންމެ މިނެޓެއްވެސް މަޑުނުކޮށް ރައިހާނާ މައްޗަށް ދިޔައެވެ.

ރީހާންއަށް ހޭލެވުނީ އަށެއް ޖެހުމުން ފޯނު އެލާމްވާން ފެށުމުންނެވެ. ކަންނެއް ގޮތަކަށް ލޯހުޅުވާލުމަށްފަހު އެނދުގައި އޮތްގޮތަށް އޮވެ ފޯނު ހުޅުވާލިއެވެ. ރައިހާނާގެ މިސްޑް ކޯލްތައް ހުރުމާއެކު އަވަހަށް ރައިހާނާއަށް ގުޅާލިއެވެ.
ކުލާހުގައި އިންދައި ރީހާން ގުޅަން ފެށުމުން ރައިހާނާ ފޯނު ކަނޑާލިއެވެ. ކުލާސްތެރޭގައި ކިޔަވައިދޭން ހުންނަ ގަޑީ ފޯނަށް ޖަވާބު ނުދިނުމަށް ހަރުކަށިކަމާއެކު ހަމްޒާ ވަނީ އަންގާފައެވެ.
ރައިހާނާ ފޯނު ކަނޑާލުމުން ރީހާން އިތުރަށް ގުޅާކަށް ނޫޅުނެވެ. ނުވައެއް ޖަހާއިރު ޔުނިވާރސިޓީއަށް ދާން ތައްޔާރުވަން ތެދުވެވޭތޯ އުޅުނެވެ. ވާރޭ ވެހޭ އަޑާއި ޖައްވަށް ވެރިވެފައިވި ތެއްފިނި ކަމުގެ ސަބަބުން ރީހާން އެނދުން ތެދުވާހިތެއް ނުވިއެވެ. އޭނާ ބޭނުންވީ އަރާމުކޮށް ނިދާލާށެވެ. އެގޮތަށް ވާރޭވެހި ނުލާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. ރަޖާގަނޑު އިތުރަށް ގައިގައި އޮޅާލައިގެން ރީހާން އަނެްކާވެސް ނިދޭތޯ ލޯމަރާލިއެވެ. ޔުނިވާރސިޓީއަށް އެއްދުވަހު ނުގޮސްގެން ވާނެ ގެއްލުމެއްވެސް ނޯންނާނޭ ހިތަށް އެރުމާއެކު ތެދުވަން އިތުރަށް ކަންނެއްވިއެވެ. އެގޮތުގައި އޭނާއަށް އޮވެވުނީ ފަސްމިނެޓެވެ. ޝައުފާ އައިސް ދޮރުގައި ތަޅަންފެށިއެވެ. “ރީހާން. ރީހާން. ހޭލައިފިންތަ. މިހާރު އަށްގަޑި ފަނަރަވަނީ އަވަސްކުރޭ ރީހާން” ޝައުފާ ގޮވަން ފެށުމާއެކު ރީހާން ބާލީހެއް ނަގައި ބޯނިވައިކޮށްލިއެވެ. “މަންމާ ހޭލައިފީމޭ” ހޭނުލަނީސް ޝައުފާ ގޮވުން ނުހުއްޓާނެކަން އެނގޭތީ ކަންނެއް ކަމާއެކުވެސް ރީހާން ތެދުވިއެވެ. މޫނަށް ފޫހިވައްތަރެއް ޖައްސައިގެން އިނދެ ތުވާލި ހިފައިގެން ގޮސް ފާޚާނައަށް ވަނެވެ.

ބެލްކަނި ދޮރުކައިރީގައި ވާރޭވެހެ މަންޒަރު ބަލަން އިން އަންޖަލްގެ އަތުގައި އާވިއަރައަރާ ހުރި ކޮފީތަށްޓެއް ހުއްޓެވެ. މުޅި ތަނުގައިވެސް ވަނީ ކޮފީގެ މީރުވަސް ހިފައިފައެވެ. އަންޖަލް ބޭރަށް ނަޒަރު ހުއްޓާލައިގެންއިން އިރު ކޮންމެސް ކަމަކާ ވިސްނާހެން ހީވެއެވެ. ރާނިޔާއާ އަޒްހަދް ވަކިމުން އޭގެ އަސަރުތައް އަދިވެސް އަންޖަލްއަށް ކުރެއެވެ. އުމުރުން ކިތަންމެ ބޮޑުވެފައި ހުއްޓާ މަންމައާ ބައްޕަވަކިވި ނަމަވެސް އޭގެ ނޭދެވޭ އަަަސަރު އަންޖަލްއަށް ވަނީ ކޮށްފައެވެ. ވަކިން ޚާއްސަކޮށް ބައްޕަގެ ފުރަތަމަ ލޮތްބާ ދުރުވާން މަޖުބޫރުވި ފަދައިން ދެވަނަ ލޮތްބާވެސް ވަކިވީމައެވެ. ކިތަންމެ ދުވަހަކު ރީހާންގެ ކޮނޑުގައި ބޯއަޅައިގެން އޮވެ އަންޖަލް އެކަމާ ރުއެވެ. ރީހާންގެ އޯގާތެރި ބަސްތަކުން އެހިތަށް ކޮންމެސް ވަރެއްގެ ލުއިކަމެއް ލިބެއެވެ. ރީހާން އޭނާއަކު ނުވިނަމަ އޭނާ މިއަދު ހުންނާނީ ރަނގަޅަށްވެސް މޮޔަވެފައިކަންނޭންގެއެވެ. ކޮފީ ތަށިން އެންމެ ފަހު ކޯވަރު ބޯލުމަށްފަހު އަންޖަލް ތެދުވެގެން ބަދިގެއަށް ދިޔައެވެ. އަޒްހަދް އޮފީހަށް ދާން ނުކުންނަން ވާއިރަށް ކުޑަ ގޮތަކަށް ސައި ތައްޔާރުކުރިއެވެ. ކޮންމެ ދުވަހަކޭވެސް އެއް ފަދައިން ހަމަހިމޭން ކަމާއެކު ސައި ބޮއެގެން އަޒްހަދް އޮފީހަށް ދިއައެވެ. އަޒްހަދް ނުކުމެގެން ދިއުމާއެކު އަންޖަލްއަށް ގޮނޑިއެއްގައި އިށީންދެވުނެވެ. ކާމޭޒު މަތީގައި ބޯއަޅައިގެން އޮވެ އޭނާއަށް ރޮވުނެވެ. މަންމައަށް ވިސްނިގެން އެނބުރި ބައްޕަ ގާތަށް އާދޭތޯ ދުއާ ކުރެވުނެވެ.

ރައިހަނާ ގޭޓުން ބޭރަށް ނުކުތްއިރު ރީހާން އޭނާ ބަލައި އައިސް ހުއްޓެވެ. ރައިހާނާއަށް ރަނގަޅަށް ނޭރިގެން އުޅެނިކޮށް ރީހާން ސައިކަލް ދުއްވާލުމާއެކު އަތުގައި އޮތް ދަބަސް ވެއްޓުނެވެ. ދަބަހުގެ ޒިބު ނާޅުވާ ހުރުމުން އޭގައި ހުރި ގަލަން ތަކާ ރުފިޔާތައް ވެރުނެވެ. “ރީހާން” އަންޖަލް ތަންކޮޅެއް ބާރަށް ރީހާންއަށް ގޮވާލިއެވެ. “ސޮރީ ދޮންތްސް” ކަންފަތު ފޫޅުގައި ހިފާލަމުން ރީހާން މާފަށް އެދުނެވެ. ރުޅި މޫނު ހަދާފައި ރައިހާނާ ސައިކަލުން ފައިބައިގެން އެއްޗިހިތައް ދަބަހަށް އަޅަންފެށިއެވެ. މީހުން މާވަރަކަށް ބަލާތިވެ އޭނާ ހުރީ ލަދުން ހަލާކުވާވަރުވެފައެވެ. އަވަހަށް އެއްޗިހި އަޅަން ހަދައިގެން އިތުރަށް އުނދަގޫވީއެވެ. އަމިއްލަ ނަފްސަށްއިވޭ ވަރަށް ކުދިކިޔަމުން އެއްޗިހިތަށް އަޅާނިންމާފައި އަވަހަށް ގޮސް ސައިކަލަށް އެރިއެވެ. ރީހާން އެހީވާން ނައުމުން ރައިހާނާގެ ރުޅި ހުރީ އިތުރަށް ގަދަވެފައެވެ. މިފަހަރު ރީހާން ސައިކަލް ދުއްވާލީ ރައިހާނާއަށް ރަނގަޅަށް އެރުނުކަން ޔަގީންކޮށްފައެވެ.

ފޯނެއްގައި ހުރެ ސްކޫލުން ނުކުތް ހަމްޒާއަށް ހުއްޓެވުނީ ބޫޓުން ހަރު އެއްޗެއްގެ މައްޗަށް އެރުމުންނެވެ. ފައިނަގާފައި ބަލާލިއިރު ގަހަނާއެކެވެ. ފަހުން ގުޅާނެކަމަށް ބުނެފައި ހަމްޒާ ފޯނު ކަނޑާލިއެވެ. އަދި ފަޓުލޫންގެ ޖީބަށް ފޯނުލަމުން ކަކޫމައްޗަށް އިށީންދެ އެގަހަނާ ނެގިއެވެ. ހަމްޒާ ނަގައި ބަލާލިއިރު އެއީ ރިހި ކުލައިގެ އަތުގަ އަޅާ އެތިކޮޅެކެވެ. ރީތިކޮށް ގަތާލާފައި އޮތް ރިހި ކުލައިގެ އެއެތިކޮޅުގައި “އާރް” އަކުރެއްވެސް ހުއްޓެވެ. ކީއްވެ ކަމެއް ނޭންގެއެވެ. އެއީ ކޮންމެސް ތާކުން އޭނާ ދުތް އެތިކޮޅެންހެން ހީވިއެވެ. ވިސްނާވިސްނާވެސް ކޮންތާކުން ކަމެއް ނޭންގުނެވެ. އެއެތިކޮޅު ނަގާ ހަމްޒާ އެނާގެ ޖީބަށް ލިއެވެ.

ޝައުފާއާ ރުހާމް ފުރުވާފައި ރީހާންއާ ރައިހާނާ ދިޔައީ ސަރްވާމެންގެއަށެވެ. އޭރު ޝިމާން އޭނާއާ ސަރްވާގެ ތިން އަހަރުގެ ދަރިފުލު ޝިވަން ގޮވައިގެން ބޭރަށް ދާން ނުކުންނަނީއެވެ. ރައިހާނާމެން އައުމުން ބޭރަށް ނުގޮސް އެނބުރި ޝިމާން ގެއަށް ވަނެވެ. “ކަމަނާއަށް އަދި ކިރިޔާދޯ މިގެއަށް ފޯރާވަރުވީ” ރައިހާނާ އެނބުރި ރާއްޖެއައި ފަހުން އަދި އެގެއަކަށް ނުދެއެވެ. “ކީއްކުރާނީ ދޮންތާ. އެކޮޅުން އައި ގޮތަށް ޖޮބްކަންތަކާ އުޅެން ޖެހުނީ އެހެންވެ ނާދެވުނީ. ދެން އެކަމް މިހާރު މިއޮތީ އާދެވިފަތާ. އަޅޭ ރައިއަށް މިކުއްޖާ ފަކީރު ފެންނަވަރުމިވީ ބޮޑުވިފަހުން ދޯ. ޝިވަން ހަމަ ހީވަނީ ދޮންތަބޭ ކުޑަކޮށްލާފަހެން ދޯ” ޝިމާން އަތުގައި އިން ޝިވަން ރައިހާނާ އުރާލިއެވެ. ޝިވަންވެސް ބަސްއަހައިގެން މަޑުމަޑުން ރައިހާނާ ގާތު އިނެވެ. ” ނަސީބެއްނު ޝިވަން ބޮޑުވެގެން މީހަކާ އިނުމުގެ ކުރިން ފެނުނުކަން” ރީހާން ގާތު ސޯފައިގައި އިށީންނަމުން ޝިމާން އެހެން ބުންޏެވެ. އެއާއެކީ އެންމެނަށްވެސް ހެވުނެވެ. “ރައި. ދޮންތައަށް ހީވަނީ ވަރަށް އަވަހަށް ސައެއްް ލިބޭނެހެން. އެހެންޏާ ކުދިން ކުދިން ފޯނުން އަތްދޫވާ ކަމަކަށްވެސް ނުވޭ ވިއްޔާ” ނުސީދާކޮަށް ސަރްވާ ރީހާންއާ ދިމާކޮށްލިއެވެ. ސަރްވާ އެބަސްތައް އަމާޒުކުރީ އޭނާއާކަން އެނގުމުން ރީހާން ލަދުގަތެވެ. “އާނ. ކުދިން ކުދިންނަށް ވާގޮތް ފެނިފަވެސް ތިހެން ރައިއަށްވެސް ވަރަށް ހީވޭ” ރައިހާނާވެސް ސަރްވާއާއި ބައިވެރިވެގެން ރީހާންއާ ދިމާކުރިއެވެ.
ގޭގެ ޓަކިޖެހުމުން ޝިމާން ގޮސް ދޮރުހުލުވިއެވެ. އެތެރެއަށް ވަދެގެން އައި ހަމްޒާ ފެނުމާއެކު ރައިހާނާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.
ޝިމާންމެންގެއަށް ވަން ހަމްޒާއަށް ހުއްޓެވުނީ ޝިވަން އުރައިގެން ސޯފާގައި އިން ރައިހާނާ ފެނިފައެވެ. ކަޅިވެސް ޖަހާނުލައި ރައިހާނާއަށް ބަލަންއިން ހަމްޒާ ސިހުނީ ޝިމާން އޭނާގެ ކޮނޑުގައި ކޮށްޓާލުމުންނެވެ. ނުވާކަމަކަށް ހެދިފައި ގޮސް ރައިހާނާ ކުރިމައްޗަށް ވާގޮތަށް އިން ގޮނޑީގައި އިށީނެވެ.
މަޑު ނޫކުލައިގެ ޓީޝަޓަކާ ކަޅު ސްކިނީއެއްގައި ހަމްޒާ ފެންނަލެއް ވަރަށް ފުރިހަމައެވެ. އިސްތަށިގަނޑުވެސް ވަނީ އެއްފަޅިއަކަށް މައްޗަށް ހިއްލާފައެވެ. ހަމްޒާ ޖަހައިފައި ހުރި ސެންޓުގެ ވަސް މާ ދުރުންވެސް ރައިހާނާއަށް ދުވިއެވެ. ހަމްޒާ ކަޅިވެސް ޖަހާ ނުލާ އޭނާއަށް ބަލަން ހުރިކަން އެނގޭތީވެ އިސްއުފުލާ އެންމެ ފަހަރަކުވެސް ބަލާކަށް ނުކެރުނެވެ. ހަމްޒާ އައިސް އޭނާއިން ގޮނޑި ކުރިމަތީ އިށީނުމާއެކު ރައިހާނާ ހިތުގެ ތެޅުން އަވަސްވިއެވެ. މުޅިމީހާ ފިނިވާން ފެށިއެވެ. އަތްތުރުތުރު ލާވަރުން ޝިވަން އުރައިގެން އިނދެވެނީވެސް ކިރިޔާއެވެ. ހަމްޒާ ފެނުމުން ޝިވަން ތެޅިގަތެވެ. ރައިހާނާ އަތުތެރެއިން ފައިބައިގެން ހަމްޒާ ގާތަށް ދިޔައެވެ. ޝިވަން އެހާ ވަރަކުން ހަމްޒާ ގާތަށް ދިއުމުން ރައިހާނާއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. “ލީމް ނުގެނައި ކީއްވެ؟” ހަމްޒާ އެހެންޏާ އަންނައިރު ލީމް ގޮވައިގެން އައިސްފައި މިއަދު ލީމް ނުގެނައުމުން ޝިމާން ސުވާލުކުރިއެވެ. އޭނާ އެސުވާލު ކުރީ ކޮންމެހެން ރައިހާނާ ދެރަވާނެ ކަމަކަށްވެސް ނޫނެނެވެ. ޝިމާންގެ އެސުވާލުން ރައިހާނާގެ މެއަށް ތަދެއް އަރައިގަތެވެ. މެއަށް ބާރުކުރާހެން ހީވުމާއެކު ކަނާއަތުން މޭގައް ހިފަހައްޓާލެވުނެވެ.
“އެއީ ދެން މިއަދު އެކަނި އަންނަހިއްވީ!” ހަގީގަތަކީ ރައިހާނާގެ ޚިޔާލުތައް އޭނާގެ ސިކުނޑީގައި ގަދަވާން ފެށުމާއެކު ލީމް މަތިން އޭނާ ހަނދާންނެތުނީއެވެ. އެދުވަހު އެންމެ ފަހަރަކުވެސް ލީމްއަށް ގުޅާނުކި ތާގައި މެސެޖެއްވެސް ކޮށްނުލައެވެ. ލީމްގެ މެސެޖެއް އައި ތޯ ފޯނުބަލާވެސް ނުލައެވެ. ރައިހާނާ ހަމްޒާއަށް ޖެއްސީ ކޮންކަހަލަ ސިހުރެއްކަމެއްވެސް ނޭންގެއެވެ. ރައިހާނާ ފެނުނީންސުރެ ރައިހާނާ ނޫން މީހަކާ މެދު އޭނާއަކަށް ނުވިސްނެއެވެ. ހުވަފެނުގައިވެސް ހޭލާ ހުންނައިރުވެސް ފެންނަނީ ރައިހާނާއެވެ. އެކަމާ ހަމްޒާ ގާތަށް ރުޅި އަންނަގޮތްވެސް ވެއްޖެއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ

Next

އަސްލާން 1

Next
May 31, 2019

އަސްލާން 1

Previews
May 29, 2019

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ

69 Comments!

  1. Kiyara says:
    May 30, 2019 at 3:39 am

    Salam all. Here’s 35th part of bunaashey loabi nuvanyhey. Kury part thakekey ehfadhain mi part ves hurihaa kudhinnah ves kamudhaane kamah umeedhu kura. Kury part ge comments thakan vaki vakin reply nukurevunas comment kuri hurihaa kudhinnah ves varab bodukoh shukuriyya. Readers alhugandah dhey support ah abadhuvas alhugandu shukurudhannavan. Readers ge support aky vaahaka liyumah libey ithuru hiyvvareh. Baraabarah episodes tha up kuran motivate vanyves readers ge faraathun libey hiyvvaruge sababun. Thi gothuga abadhuves thikudhinge support alhugandah libeyne kamah ummedhu kuran. Next part Sunday ga In Sha Allah

  2. six says:
    May 30, 2019 at 4:03 am

    reethi mashaalaah

  3. Rishma...? says:
    May 30, 2019 at 4:12 am

    Yayyyy… naseebehnu leem aa hamxa ge kaiveni nukureveykan… ????btw mi part vx vvvvvv reethi MashaAllah??????… keep up the good work dear…

  4. Bts lover says:
    May 30, 2019 at 4:30 am

    Wow Varah reethi mi part vs????
    Yeyyy. Finally Leem and hamxaa marry eh nukurey dhw? ????
    Alhey. Raihaana and hamxaa gulheyny Kon Irakun thr? ??????.
    Anyway waiting curiously for the next part ???
    Best of luck?????????????

    1. Lisa love says:
      May 30, 2019 at 4:36 pm

      Bts lover Awww? ????
      I hate bts
      Eii hus randun
      Eyah vure maa Reethi meehun vs ebahuri. ???
      Hama ehaavs like veythr Bts dheke?

    2. Jungkook says:
      May 31, 2019 at 12:34 pm

      Lisa love…… Theena support baeh eii hus radun kohmehen BTS aa dhimaalah kiyaanekameh neh ???????? theeena support kuraa baeh bunebala???

    3. Bts lover says:
      May 31, 2019 at 4:00 pm

      Yeah! I agree with you jungkook
      Lisa love kommeheneh Bts aa dhimaa ah randey kiyaanekameh nei??
      Emeehakah Ingeynii Emeehaku support kuraane baeh! So Eii Lisa love aa beheveyne kameh noon

    4. Lisa love says:
      May 31, 2019 at 4:21 pm

      I love blackpink ?????????
      Aslu firirheneigai hunnan jehey ehevs sifaeh Bts meehun gaigai ebahuri tha ?
      And Bts meehunaky konkahala bayeh Kan Thimeehunnah rangalhah vs Ingeyne..
      So that’s why I hate bts???

    5. Jungkook says:
      May 31, 2019 at 7:14 pm

      Lisa love….. Blackpink akeeves ehenvehjiyaamun radun thakeh Haha????????????????????

    6. Bts lover says:
      May 31, 2019 at 7:58 pm

      Hahaha yes??????????????
      Blackpink aky hama randun…..
      Mihaaru vs mulhi dhuniye ah balaaliyas Bts ge fan Gina vaane blackpink ge fan nunnah vure

    7. Jungkook says:
      June 1, 2019 at 1:55 pm

      BTS lover…. True haha ??????????? BTS ge fans ginavaany haha Blackpink myhun ah vure hahahhahahahha???????????????

  5. Hana says:
    May 30, 2019 at 4:38 am

    Vvv reethi mi part ves ??……masha allah❤?❤….waiting for next part ❤?????

  6. Dhonthee says:
    May 30, 2019 at 4:39 am

    Awww i was so surprised…And hamza aai leem marry nukuraakan inguneema haadha ufaaviey???????Miakee story eiy viyas dhonthi au heevanee hama hageegathugaves hingaa kameihen?????Varah furihama vaahaka eiy mee?????Anyways mi part ves varah loabi??????????????????????????????????????????Dhuvas kolheiy vejje kiyarage haalu balaa nuleveythaa??????Kiyarage haalu kihineiytha????Dhonthi ummeedhukuran kiyarage haalu rangalhuvaane kamau????????????As well, take great care kiyara…And love you so much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. Ammi says:
    May 30, 2019 at 4:59 am

    Aww? mi part vx v salhi
    Waiting fr next part???

  8. Ibsha says:
    May 30, 2019 at 5:09 am

    Wow varah reethi…eba ulhey hamzaa liben rai ah

  9. ??? says:
    May 30, 2019 at 9:35 am

    Oooh ehme fahun hamza rai fahathun dhuvan feshi dw varah reethi mibaa vvv ufaa vehjje hamza dhenn avahah rai mathin ehkoh hadhaan kohbala???? ???

  10. Jungkook says:
    May 30, 2019 at 11:09 am

    Yeyyyyyyyyyyyyyyy ???????????leem and hamzaa Marry nukerey dhw?????????????????????anyways mi prt Varah reethi…. ????????????Waiting 4 nxt prt….. Sunday ge kurin up kodheveytho balahchey ????LOVE U KIYARAA SIS ❤️❤️❤️❤️❤️❤️❤️❤️❤️

    1. Lisa love says:
      May 30, 2019 at 4:33 pm

      Aaaaggg! ???
      Mee vs Bts Moya vefai in kujjeh dhw?
      Alhey emeehun reethivegen tha thi support Kurany?
      Eii hus randun??
      Lipstick kohfa Hunnany vs???

    2. Jungkook says:
      May 31, 2019 at 12:39 pm

      Lisa love…. Aan emyhun reethi noon mashah Varah Loabi ?????Hehe lipstick jahsaafa huhtakas hadiekey nubuneveyne ????? Lisa love Kon bayaakahtha support kurany???

    3. Lisa love says:
      May 31, 2019 at 4:10 pm

      Hehehe.
      BTS aky dhuniyeygai thibi firihenunah vs huri bodu ladheh…
      Ma support kuranii black pink ah???
      …. Blackpink Bts ah vure ethah gothakun rangalhuvaane..
      BTS meehun nashaathan fenunas hodulavaa varuvey ???

    4. Bts lover says:
      May 31, 2019 at 8:48 pm

      Ehen tha?
      ??????
      Ehenviyya theena support kuraa blackpink aky dhuniyeygai thibi anhenunah huri ladheh??????

    5. Jungkook says:
      June 1, 2019 at 2:06 pm

      Lisa love……… Mashah Blackpink myhun nashaathan fenihjiyaamun kolhanvess nuhurevey haha??????ehaa hadi vihyaa….. aharun sis vess kurin thi group aa hedhi ulhunu ekam ma eyna ah BTS dhehkeema buni blackpink ah vure reethi ey hahah???? BTS eii frihenuhna huri ladhakah vaanama blackpink eii anhenuhna huri bodu ladheh ??????? ehen veema BTS aai dhimaalah ehen nukiyaani haha?????

    6. Jungkook says:
      June 1, 2019 at 2:07 pm

      True… BTS lover haha????????????

  11. jiji says:
    May 30, 2019 at 12:08 pm

    My God❤?….Ehme fahun hamzaa rai ah fall v dhw…Alheyy….yey hamza leem aka marry eh nukure dhw…Heheh….plc hamza leem aa nugulhuva rai aa gulhuvabala kiyaa.. Curiously, waiting fr the next..Luw yuh ?❤

  12. Kitty says:
    May 30, 2019 at 12:27 pm

    Masha allah vvvvv reethi mi part ves.. Im so happy leem aa kaiveni nukuraakn engunyma… Can’t wait for the next part dear ❤️❤️.. Much love ????❤️

  13. Roxx says:
    May 30, 2019 at 1:04 pm

    Masha Allah v salhi

  14. Mal? says:
    May 30, 2019 at 1:20 pm

    Can’t wait to see what happens next ??Vv reethi part vas❤️❤️❤️

  15. azker says:
    May 30, 2019 at 2:14 pm

    I’ve never been so happy in my life…… thank God leem and hamxa ge gulhumeh nehkan???? ….story v.furihama….♥️♥️♥️♥️♥️

  16. Shua says:
    May 30, 2019 at 4:01 pm

    V reethi adhi ehaame furihama mi part vx… cnt wait to read next part

  17. Lisa love says:
    May 30, 2019 at 4:37 pm

    Alhey mi part vs varah reethi????
    Good job

  18. jiji says:
    May 30, 2019 at 10:41 pm

    Shammbbx…plc habareh vebala..I really miss yuh sis….Why jiji comment kuryma reply nukurany…..I’m so so so sad yuh knw…????????????????????????????????????????????????????

    1. Laalu says:
      May 31, 2019 at 11:22 am

      Vedhaane faharugaa sham sis busy kamah dear… ?

    2. jiji says:
      May 31, 2019 at 11:42 am

      Yaa vedhaane?..Ekm busy namavec buneli nama ??

  19. Hassaan says:
    May 30, 2019 at 11:42 pm

    Varah reethi mi part vs.

  20. SHI says:
    May 31, 2019 at 10:00 am

    VARAH REETHI MI PART VES. DHENME KIYAALUMUGE TIME A LIBUNI.

  21. Laalu says:
    May 31, 2019 at 11:20 am

    Alhey dhn leem hamxaa ge life in dhurahlaa…. Btw…Laalu kihineh azhadh gaathah dhaaniy laalu ge bf huhtaa heheyy… Aa ehnu vaany laalu ah vx kiyani hama enan vihya…. ? ISA laalu ah vx heevai anko manmma dhaanehn v avahah anko gaathah… Laalu bunaan anko mom gaathu he he hey… Eyrun faharugaa anko mom ahaafaanu…. ????LOL ??? btw story hama fab……kudhi kudhi Typing error ebahuri…. Ekm dhn faharakun ekamah samaalikan dhiniyma hama perfact vaane… Kiyaa sis, ” Egunvi” wt does it mean… Get vey vaanuvaa bt, Aslu beynumiy real meaning…… So cn pls tell me wat does it mean … Laalu ah k if reader akah ingunas eythi bunelaidhinihyaa….?… ?

    1. jiji says:
      May 31, 2019 at 11:45 am

      Enguvi maana eh neygey thr alhe.hehe..just kidding ingey ….Eyge maana aky kameh engun kameh noon thr…Gina vhk thakuga wrytrc liyaany ehennu..hehehe

  22. azker says:
    May 31, 2019 at 2:10 pm

    I thought eyge maanaky igunutho kamah???

    1. jiji says:
      May 31, 2019 at 2:14 pm

      Ehemma rangalhakahnu thi hyvy azker sis ah..Um sis kurin bunymehnu surprise ehge vhk…kobaa e.????????☺☺??❤❤❤

    2. Laalu says:
      May 31, 2019 at 6:57 pm

      Thankx hama 2 kudhinnah vx bunedhiniyma…. Laalu ah hiyvi maanayaa v different…. Anyway thankx??

  23. Faimu says:
    May 31, 2019 at 3:58 pm

    Miadhu story up waane tha

  24. NAF says:
    June 1, 2019 at 5:02 pm

    hamza abadhuves lany blue kulaage ehchis thr? kudakoh odd hamza abadhu blue kulaige tshirt aa blue kulaige jins ge vaahaka onnaathy.. btw vr rythi mi story.. maasha allah

  25. ?#!/? says:
    June 2, 2019 at 12:22 pm

    Kobaa story.. haadha lasve ey plx avas kohdheeba varah dhera vefa mithibee las vaathee ?????

  26. ?#!/? says:
    June 2, 2019 at 12:25 pm

    Kiyaa dhoonii balee tha? Plx upload kohdheeba…

  27. Jungkook says:
    June 2, 2019 at 2:11 pm

    Kiyaa sis avahah up kohdheeba Mihaaru kiyaa hithun hurevenyky nuvey plz plz plz ????

  28. jiji says:
    June 2, 2019 at 5:31 pm

    Dear miadhu mii Sunday ehnu???…Plc plc soon upkohba..Jungkook bunaahn kiyaa hithun hurevenyky noon hama..nd If yuh r bxy o sick let us knw ingey…………

  29. Kiyara says:
    June 2, 2019 at 6:22 pm

    Salam hurihaa kudhin. Alhugandu kulli gothakah rashun beyrah dhaan jehumuge sababunn miadhu vaahaka up nukureveyne kan hithaamayaa eku dhanna van. Thikudhinnah angaalan ves adhi kiriyaa time mi libuny ehenve mihaa lahun comment mikurevunyves In Shaa Allah tuesday noony monday ga up kureveytho balaanan. Adhives ehfaharu kiyuntheringe kibain maafah edhen. Vvvv sorry. Hurihaa kudhinves understand vaane kamah ummedhu kuran. Adhi alhugandah dhevva support ah varah bodah shukuriyaa.

  30. shua says:
    June 2, 2019 at 7:19 pm

    iss ok kiya darling.. v will wait curiously

  31. EMILY says:
    June 2, 2019 at 10:00 pm

    yes….i forgive u …..i love ur stories so much kiyaa

  32. Bts lover says:
    June 2, 2019 at 10:58 pm

    It’s okey???

  33. ??? says:
    June 3, 2019 at 3:54 am

    ??? Avahah nerehchey anehbaiii

  34. ❤️❤️❤️ says:
    June 3, 2019 at 4:27 am

    Alhey vhk up nukurany thr kiyaa..

  35. Jungkook says:
    June 3, 2019 at 2:34 pm

    Alheyyyyy kiyaa sis Miyadhu vess up eh nukoh dheveynetha ??????

  36. ??? says:
    June 3, 2019 at 5:25 pm

    Kiyaa kobaa vaahaka nereba avahah mihaaru vaahaka kiyaa hithun hurehure varubali vehjje ??????

  37. Ai says:
    June 3, 2019 at 6:54 pm

    Dhen alhe kobaaaaaatha

  38. Lisa love ?? says:
    June 3, 2019 at 7:06 pm

    ???????
    Waiting curiously for the upload of next part ????

  39. Laalu says:
    June 3, 2019 at 10:17 pm

    Waiting

  40. Dhonthee says:
    June 4, 2019 at 7:35 am

    Mi story akee dhonthi au varah reethi story eiy….And kiyara pls thankolheiy avahah up kodhdhechchey ingey….And EID MUBAARAK

  41. Jungkook says:
    June 4, 2019 at 10:58 am

    Kiyaa sis avahah up kohdheeba plz plz Mihaaru Mee Tuesday ehnu and EID MUBARAK ?????

  42. Shua says:
    June 4, 2019 at 8:15 pm

    Alheyy kiya darling miadhu vx up nukohdheveyynetha?
    Eid mubarak to kiya nd all the readers

  43. Moba says:
    June 4, 2019 at 8:57 pm

    Kykuran up kurany ki…
    Nukuraane
    Mireyves bunaane sorry ey
    Dhn thi myhun hylaafa its ok darling ey bunaaany…v foohi dhn mihen hadhaa thy

  44. ??? says:
    June 4, 2019 at 10:21 pm

    Hmmm dw mihaaru inthizaaru koh koh varubali vehjje??

  45. Jungkook says:
    June 4, 2019 at 11:55 pm

    Kiyaa sis buni dhuvas vess gohsi ehnu dhen up kohdheeba plz plz plz ??????

  46. Dina says:
    June 5, 2019 at 12:32 am

    Dhen up nuvaane
    This story is down

  47. Bodu fooseh says:
    June 5, 2019 at 1:51 am

    Yeah you are right
    Mee varehge baeh
    Vaahaka liyaan ulhey
    Kiyuntherin thalhuvan ulheynee hama
    Mikahala meehun vanee adhives vaahakaliyan

  48. Mai says:
    June 5, 2019 at 2:02 am

    Dhn up nukurany thr??Alhe kn iraku thr up kuranii.. I’m very curious to know that…

  49. ?? says:
    June 5, 2019 at 2:08 pm

    kiyaa kon iraku tha story up kuraany

  50. azker says:
    June 5, 2019 at 3:54 pm

    Eid Mubarak to kiyaa and all readers

  51. leena says:
    June 5, 2019 at 7:17 pm

    kiyaa darling kameh dhimaa veetha ……… hope everything ok … kameh dhimaa viyass angaalabal dear …….. curiously waiting for story. this is best story and vvvvv nice story tooo………… hope story avaha genes dheyne kamah and negative comments thakah ehaa alaanulaa story avaha genesdheeba dear…. u are best writer … waiting for story..

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ……36←


All Right Reserved!