”ދެން ނޫރް ކީތްކުރަން ތިއުޅެނީ” އެ މީހާ އަހާލިއެވެ. “އެ އަލިފާންގަނޑު ބޮޑު ކުރަން….ބޮޑު ކޮށް ހުޅުގަނޑަކަށް ބަދަލު ކުރަން….އޭރުން އޭގެ ތެރޭގަ ތިބި މީހުން އަނދައިގެން ހިނގައިދާނެ…” އަނެއްކާވެސް ފޮޓޯ ފްރޭމްއާއި ދިމާލަށް ނޫރް އެނބުރި ލިއެވެ. “ނޫރް އާ ހިސާބަށް މީހަކަށް އާދެވޭނީ ނޫރްގެ ހުއްދަޔާ އެކު…” ވަޅި އަތަށް ހެޔޮވަރު ކޮއްލަމުން ފޮޓޯ ފްރޭމްއާއި ގާތަށް ނޫރް ޖެހިލިއެވެ. “ސައި ކިޔަން ބޮނދާ ގާތްވެވޭނީ ފުރަތަމަ ރިޔަލާ އަހުގެ ދުވަސް ދުއްވާލައިގެން…” އެ […]
ބިންތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމުގައި ތިބުމަށްފަހު އެ މަޝްވަރާ ކުރު ކޮއްލަން ޖެހުނީ މީޓިން ފެށޭގަޑި ޖެހުމުންނެވެ. ކުންފުނީގެ މިހާރުގެ ވެރިޔާގެ ހައިސިއްޔަތުން ދައްކަންޖެހޭ އަދި އޮޅުން ފިލުވައިދޭންޖެހޭ ކަންތައްތައް ބޯރޑް އޮފް ޑައިރެކްޓަރުން، ނުވަތަ ކުންފުނީގެ ހިއްސާދާރުންނަށް އޮޅުފިލުވައިދީ މީޓިންގް ނިމުނު އިރު މެންދުރުގެ ކެއުމުގެ ގަޑިޖެހޭކަށް އެހައި ގިނަ ވަގުތެއް ނެތެވެ. މީޓިންގް ރޫމް އިން ނިކުމެގެން ގޮސް އަމިއްލަ ކެބިންއަށް ވައިން އިވާންގެ މޫނުމަތި އުޖާލާ ވެގެން ދިއައީ ކެބިން ތެރޭގައި ހުއްޓި […]
އުދަރެހުގައި ފެވިފައިވީ ކަޅު ކުލަ ފަނޑުވަމުން ގޮސް އިރުގެ ރަން ދޯދިތައް އުޑުމަތި އަލި ކުރަން ފެށީ، އަނދިރިކަމާއި ބިރުވެރިކަން ނައްތާލައި، އުންމީދުގެ ހުޅުކޮޅު ދިއްލައި ދެމުންނެވެ. ތެތް ފިނިކަމެއް ފަޒާގައި ހަރުލާފައި ހުރި އެ ވަގުތުގައި، އިރު އަރަމުން ދިޔަ ރީތި، ހިތްގައިމު މަންޒަރަށް ނަޒަރު ހުއްޓާލައިގެން ހުރި އިވާންގެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. އެ ބޮޑު ޓެރަހުގެ ރެއިލިންގެ ކައިރީ ހުއްޓި ހުރި އިވާންގެ އެއް އަތުގައި އާވީ އަރަ އަރައި ހުރި […]
“ދޮންބޭ…ވަޓް އިޒް ރޯންގް ވިތް ޔޫ….ޑިޑް ޝީ ޓެލް ޔޫ؟” ނުހާ އަނެއްކާވެސް ވާހަކަ ދެއްކުމުން ނިކްޔަންގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އަދި އެނބުރި ނުހާއާއި ދިމާލަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ފަލަކް އޭނާގެ ގާތުގައި ބުނަން އޮންނާނީ ކޮންވާހަކަ އެއް ހެއްޔެވެ. “ނުއްކޮ އަކަށް ނޭނގެ ވެގެން މިއުޅެނީ ކިހިނެއްކަމެއް އެކަމު ޔޫ ނީޑް ޓު ނޯ ދިސް” ނުހާ ވާހަކަދެއްކިއެވެ. “ނުއްކޯ…ސީދާ ސީދަލަށް ބުނެބަ ވަޓް ޑޫ ޔޫ މީން” “ޝީ އިޒް ޕްރެގްނެންޓް” ނުހާ […]
ޝޫރާއާއި އެކު ވިލިމާލޭގެ ހޮސްޕިޓަލަށް ފަލަކް ދިއައީ ޝޫރާ މެންގޭގައި ހުއްޓާ ބޯ އަނބުރާ ކަހަލަ ގޮތެއް ވާން ފެށުމުންނެވެ. ޝޫރާމެން ދިރިއުޅޭ ގެ ހުންނަނީ ހޮސްޕިޓަލާއި ނުހަނު ކައިރީގައި ކަމުން މައުރިފާ އަދި ޝޫރާގެ އެދުމަށް ޑޮކްޓަރަށް ދައްކާލަން ފަލަކް ނިންމީއެވެ. ހަމްދާން އާއި ޝޫރާގެ އެހީގައި ހޮސްޕިޓަލަށް ދެވުމާއިއެކީ ފަލަކް އެނދުމަތި ކުރެވުނެވެ. ދެތިން ޓެސްޓެއް ހަދަން ލޭ ނެގުމަށްފަހު އައިވީ ގުޅާފައި އެ ހުސްވަންދެން ފަލަކް އެޑްމިޓް ކުރެވުނެވެ. ފަަލަކްގެ އެދުމަށް އެކަކުވެސް […]
އެހައި ކުއްލި ގޮތަކަށް ނިކްޔަން އެ ދަތުރު ރޭވުމުން ފަލަކްއަށް ހޮސްޕިޓަަލަކުން ޗުއްޓީއެއް ހަމައެއްނުޖެހުނެެވެ. އެހެންކަމުން އެމާރޖެންސީ ދިހަ ދުވަހުގެ ލީވް ނަގައިގެން ފަލަކް ރާއްޖެ ދާން ނިންމިއެވެ. އެނބުރި ދިވެހިރާއްޖެއަށް ދެވުމުން ފަލަކްއާއި ކުރިމަތި ލާންޖެހޭނީ ކޮންކަހަލަ ކަންތައްތަކަކާ ބާއެވެ؟ ނިކްޔަން ދެން ކަންތައް ކުރާނީ ކިހިނެއް ބާއެވެ؟ ރަފްގާގެ ރޭވުމަކީ ކޮބާ ބާއެވެ؟ އާލިމް އަދި ޔަނާގެ ދިރިއުޅުމަށް ދެން އަންނާނީ ކޮން ކަހަލަ ތޫފާނެއް ބާއެވެ. ވެލާނާ އިންޓާރ ނޭޝަނަލް އެއަރޕޯޓުން ނިކުތް […]
ޑައިރީގެ އަނެއްބައި ނުކިޔައި ނިކްޔަން އެ ނިންމި ނިންމުމުގެ ސަބަބުން ކިތަށް ދިރިއުޅުމަށް އަސަރު ކުރާނެ ބާއެވެ؟ ފަލަކްގެ އަތުން ނިކްޔަން ބީވެގެން ހިނގައިދާނެ ބާއެވެ؟ ޔަނާ ގެއަށް ނައިސް ލަސްވުމުން ސިޓިން ރޫމުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ވަރުދާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިއައީ މީގެ ހަތްއަހަރު ކުރިން ޔާފިއު ގެއަށް ނައިސްގެން އުޅެންޖެހުނު ރެއެވެ. ސިކުނޑިއަށް ވެރިވަމުންދިޔަ ގޯސް ހިޔާލުތަށް އެއްފަރާތްކުރަން މަސައްކަތް ކުރަމުން، ވަރުދާ […]
އިރުކޮޅަކު ރެއިލިންގައި އަތް އަޅުވާލައިގެން ހުރުމަށް ފަހު ގޮސް އުނދޯލީގައި އިށީނދެލި ނިކްޔަންގެ ލޮލުގައި އުނދޯލި މަތީގައި އޮތް ކަޅުކުލައިގެ ބަނޑޭރިގަނޑުލީ ބޯ ފޮތް އަޅައިގަތެވެ. އެހެންޏާ ފެނިފައި ނުވާ ފޮތަކަށް ވާތީ އެ ފޮތް ހިފައިގެންގޮސް އެނދުމަތީގައި ނިކްޔަން އިށީނދެލީ، އެ ފޮތުގެ އެތެރޭގައި ވާ އެއްޗެއް ބެލުމުގެ ޝައުގުވެރިކަމާއި އެކީގައެވެ. ފޮތުގެ ފުރަތަމަ ސަފްހާ ހުޅުވާލި ނިކްޔަންއަށް ފަށުވި ރީތި އަތުލިޔުމަކުން ލިޔެފައި ހުރި އިބާރާތް ކޮޅު ކިޔާލެވުނެވެ. ލޯތްބައްޓަކައި ހިތް އެދި ރުޔަސް […]
ފަލަކްގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށި ކޮޅު ގެންގޮސް ފަލަކްގެ ކަންފަތުގައި އަޅުވައިލަމުން، ނިކްޔަން ތިރިވެލާ ފަލަކްގެ ނިއްކުރިއަށް ބޮސްދިނެވެ. ފަލަކްއާއި ދުރުވެލަން އުޅުނު ނިކްޔަން މަޑުޖެހުނީ ދެލޯ ހުޅުވާލައިގެން އޭނާއާއި ދިމާލަށް ބަލަން އޮތް ފަލަކް ފެނުމުންނެވެ. ހަތަރު ކަޅި ބައްދަލު ވީ ހިނދު ދެން ނިކްޔަންގެ ނަޒަރު ދަތުރު ކުރީ ފަލަކްގެ ތުނި ފިޔާތޮށި ކުލައިގެ ތުންފަތަށެވެ. ނިކްޔަންގެ ހޫނު ނޭވާތަށް މޫނަށް އެޅެން ފެށުމުން ފަލަކް އޭނާގެ ދެލޯ މަރާލީ ނިކްޔަންއަށް […]