“އައްސަލާމު އަލައިކުމް….ހިތަދޫ ކައުންސިލަރު ތޯ” ފޯނު ނެގުމަށްފަހު އުޒާމް އަހައިލީ އަވަސްއަވަހަށެވެ. “އާދެ ކައުންސިލަރު ދާނިމް ވާހަކަ ދައްކަނީ” އެކޮޅުން ޖަވާބު ލިބުމާއިއެކު އުޒާމްގެ މޫނު މައްޗަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ. “އާދެ އަޅުގަނޑަކީ ހަސަން އުޒާމް….އިވާންގެ ފޯނަށް ނުގުޅޭތީ އިވާން މިވަގުތު ހުރީ ހިތަދޫގަ ތޯ އަހާލަންވެގެން” ފަރިތަކަމާއި އެކު އޭނާ ބޭނުންވާ ސުވާލު އުޒާމް ކޮށްލިއެވެ. “ނޫނޭ….މިހާރު އިވާންގެ ދެމަފިރިން ވީ ފޭދޫގަ، މިއަދު އެމީހުން އެކޮޅަށް ދިއައީ” “ދެމަފިރިންނޭ؟؟؟؟” އިވުނު ވާހަކަ ޔަޤީން […]
“ތޫ ދަރިފުޅާ ކަމަކުތަ؟” ތުގާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއިއެކު ތޯރިޤު އަހައިލިއިރު، ތުގާގެ މިލައިފައިވާ މޫނު ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ ރަތް ސިގުނަލް ތޯރިޤަށާއި އުޒާމްއަށް ލިބުނެވެ. “ތެދެއް ތޫ ކަމެއް ވީތަ؟ އިވާންގެ ހަބަރެއް ވީތަ؟” ކަންބޮޑުވުމާއިއެކީ އުޒާމްވެސް އަހައިލިއެވެ. “ނޯ އަންކަލް….އެކޮޅަށް ދިއަފަހުން އިވާންގެ ހަބަރެއް ކީތްކުރަން އެންމެ ކޯލެއް ވެސް ނާދޭ….ފޯނު އަބަދު އޮންނަނީ ނިއްވާލާފަ ނޫނީ ގުޅޭ ސަރަހައްދުން ބޭރުގަ….އެ ވާހަކަ ދައްކަން އަޅުގަނޑު މިއައީ ވެސް” ކަންބޮޑުވުން […]
އެކުވެރިންނާއި އެކު ގޮނޑު ދޮށުގައި އެކި ވާހަކައިގައި ތިބެ ހިނގަމުން ދިޔަ ލައިބާގެ ލޮލުގައި އަޅައިގަތީ، ހޭޅިފަށުގެ ހޮޅުއަށީގައި އިން އަންހެން ކުއްޖާއެވެ. ދެލޯ މަރާލައިގެން އިން އިރު، އެ އަންހެން ކުއްޖާ ރޮނީކަން ލައިބާއަށް ޔަޤީންވިއެވެ. އެކުވެރިންގެ ގާތު އެބަ އަންނަން ކަމުގައި ބުނެ އެ އަންހެން ކުއްޖާގެ ގާތަށް ދިއުމަށް ލައިބާ ހިނގައިގަތެވެ. ********** ދެލޯ މަރައި ތަގުޅި ކޮށްލައިގެން އިން ނޫރްއަށް ސިހުމެއް ލިބުނީ މީހަކު އައިސް އޭނާގެ ގާތުގައި އިށީނިހެން ހީވުމުންނެވެ. […]
މިވާހަކަ އަޅުގަނޑު ކޮންމެ ހުކުރު އަދި އަންގާރަ ދުވަހަކު އަޕް ކޮށްދޭނަމެވެ. ލަސްވީ ލަސްވުމަށް ނިހާޔަތައް މަޢާފަށް އެދެމެވެ. ޝުކުރިއްޔާ
ލާމިއު އާއި އެކު އެއާރޕޯރަށް އާދެވުމުން ޗެކިންގެ ކަންތައް ނިންމާލުމަށް ފަހު، ފުރާމީހުން ވަންނަ ދޮރުން އެތެރެއަށް ލައިބާ ހިނގައިގަތީ، ދުރުގައި ހުރި އޭނާގެ ބައްޕައަށް ހަނާ އަޅާލަމުންނެވެ. ކޮލެޖުގެ ފަރާތުން ވިޔަސް، މައިންބަފައިންނާއި ދުރަށް އޭނާ ދާ މީ ފުރަތަމަ ފަހަރުކަމުން، ކުރެވެމުން ދިޔައީ ތަފާތު އިހުސާސެކެވެ. އަދި ރޭގައި އިނގުނު ކަންތަކަށްފަހު ސުވާލުމާރކެއްގެ ތެރޭގައި ހުރެ ފުރަން ޖެހުމުން އޭނާ ހުރީ ނުތަނަވަސް ވެފައެވެ. އެ އައިޑީކާޑު ކޮޕީތަކުގައި ވާމީހުނާއި އޭނާއާއި ގުޅުމެއް ވޭބާއެވެ. […]
އެ ބޮޑު ގޭގެ ގޯތިތެރޭގައި އެކި ވައްތަރުގެ މާމެލާމެލި އަޅާ ގަސްތައް ހެއްދިފައި ހުރިއިރު، އުނދޯލިތަށް ބަހައްޓާލެވިފައި ހުރުމުން އެ މާހައުލު ނުހަނު ހިތްގައިމެވެ. ބަގީޗާގެ ވާތްފަރާތަށް ބަލައިލި އިވާން އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތުނީ ފެނުނު މަންޒަރަކުންނެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ތިކިތަކަށް ދެއަތް ހުޅުވާލައިގެން އޭނާގެ ތުނި ހަށިގަނޑުގައި ބީހުމުގެ ފުރުސަތު ދީގެން ބަގީޗާތެރޭގައި ނޫރް ހުރިއިރު، އެ ޖާދުވީ ދެލޯ ވަނީ މެރިފައެވެ. ލައިގެން ހުރި ހުދުކުލައިގެ ހެދުން އެ ލޫޅާފަތި […]
ސިޓިންރޫމަށް ލޯހިންގަމުން ދިޔަ ނޫރްއަށް ފަހަތް ބަލައިލެވުނީ، އޭނާގެ ފަހަތުގައި ހުރި އިވާންގެ ފޯނުގެ ރިންގުގެ އަޑަށެވެ. ޖީބުގައި އޮތް ފޯނު ނަގަމުން އިވާން ވެސް އެއަށް ޖަވާބު ދިނުމަށް އަވަސްވެގަތެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ހަލޯ އޭ ބުނެލި އިވާން ސިއްސައިގެން ދިއައީ، އޭނާގެ ފޯނު ނޫރް ޖަހައިގަތުމުންނެވެ. އަދި ކޯލު ކަނޑައިލުމަށްފަހު އިވާންއާއި ދިމާލަށް ނޫރް ބަލައިލީ ވިހަ ހިނިތުންވުމަކާއި އެކީގައެވެ. “ސަމާލުކަން ބޭކާރު، މާނައެއްނެތް ކަންކަމަށް ހުއްޓުނަ ދީގެން ނުވާނެ!” ނޫރްގެ […]
ޖެޓް ނައްޓާލަން ރަންވޭގައި ދުއްވާލުމާއި އެކީ އިވާން ސިހުނީ އޭނާގެ އަތަށް ތޫނު އެއްޗެއް ހެރުނުފަދަ އިހުސާސެއް ކުރެވުމުންނެވެ. ޖެހިގެން އިން ސީޓުގައި އިން ނޫރްއާއި ދިމާލަށް އޭނާއަށް ބަލައިލެވުނު އިރު، ނޫރްގެ ދެލޯ ވަނީ ތަގުޅި ކޮށްލެވިފައެވެ. އޭނާގެ އަތުގައި ބާރަކަށް ހިފަހައްޓައިގެން ނޫރް އިނުމުން، އަތަށް އެ ހެރޭ ތޫނު އެއްޗަކީ ނޫރްގެ ނިޔަފަތިތައްކަން އިވާންއަށް ނަގައި ގަނެވުނެވެ. ހަންގަނޑުން ދިލަ ނަގަމުންދިޔަ އިހުސާސްވެސް އިވާންއަށް ނުކުރެވުނީ އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ނޫރްގެ ހަރަކާތްތަކަށް […]
”މެޑަމް…މިއަދު ފިރިހެނަކު އައި މެޑަމް ތިއުޅޭ އެޕާރޓުމެންޓަށް ދާން….މެޑަމް ބުނި ގޮތައް އަޅުގަނޑު ބުނިން އެތާކު މީހެއް ނޫޅެޔޭ! ވަރަށް ގަދަ ހެދި އެތެރެއަށް ވަންނަން ވެގެން…ސީސީޓީވީ އިން ބަލާލަން ވީނޫންތޯ؟ މެޑަމް ދަންނަ މީހަކަށް ވެސް ވެދާނެ” ސެކިއުރިޓީ ގާރޑުންގެ ކެބިންއާއި ދިމާލަށް އިޝާރާތް ކުރަމުން އެމީހާ ބުނެލުމާއި އެކު ބޯ ޖަހާލަމުން އެމީހާގެ ފަހަތުން ނޫރް ހިނގައިގަތެވެ. ކުރިމަތީގައި ހުރި ކޮމްޕިއުޓަރުގެ ސްކްރީނުން ސީސީޓީވީ ފުޓެޖް އެޅުވުމާއިއެކު ފެނުނު ސޫރައަކުން ނޫރްގެ ދެލޯ […]