އިންތިހާ – 1
އުދަރެހުގައި ފެވިފައިވީ ކަޅު ކުލަ ފަނޑުވަމުން ގޮސް އިރުގެ ރަން ދޯދިތައް އުޑުމަތި އަލި ކުރަން ފެށީ، އަނދިރިކަމާއި ބިރުވެރިކަން ނައްތާލައި، އުންމީދުގެ ހުޅުކޮޅު ދިއްލައި ދެމުންނެވެ. ތެތް ފިނިކަމެއް ފަޒާގައި ހަރުލާފައި ހުރި އެ ވަގުތުގައި، އިރު އަރަމުން ދިޔަ ރީތި، ހިތްގައިމު މަންޒަރަށް ނަޒަރު ހުއްޓާލައިގެން ހުރި އިވާންގެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. އެ ބޮޑު ޓެރަހުގެ ރެއިލިންގެ ކައިރީ ހުއްޓި ހުރި އިވާންގެ އެއް އަތުގައި އާވީ އަރަ އަރައި ހުރި ކޮފީ ޖޯޑެއް ހުރި އިރު، ފަތިހުގެ އަމާން އެވަގުތުގައި މުޅި މާހައުލުގައިވަނީ ހަމަހިމޭން ކަމުގެ ސާލެއް އޮޅާލެވިފައެެވެ. ކޮފީ ޖޯޑުން އެތި ފޮދެއް ބޯލުމަށް ފަހު އެ ތޫނު ދެލޮލުން އަތުކުރީގައި އޮތް ރޮލެކްސް ގަޑިޔަށް އިވާން ބަލާލިއެވެ.
**********************
ފަނަރަ ބުރީގެ އެ ބޮޑު ބިއްލޫރި އިމާރާތުގެ ކުރިމައްޗައް މަޑު ކޮއްލި ކަޅު ކުލައިގެ ބީއެމް ޑަބްލިއު ކާރުން ފޭބި ޒުވާނާއަށް އެތާގައި ހަރަކާތްތެރި ވަމުން ދިޔަ އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އެ ޒުވާނާގެ މޫނުމަތީގައި ވަނީ ސީރިއަސް ކަމެވެ. ކަޅު ކުލައިގެ ކަޅީގައި ވަނީ ތޫނު ކަމާއި ފުންކަމެވެ. ފަން ކަޅުކަން ގަދަ އިސްތަށި ކޮޅު ރީތި ގޮތަކަށް ހިއްލާ ލާފައި ހުރި އިރު، ތުނި ކޮށް ފަޅަން ފަށާފައިވާ ތުނބުޅި އެ ޒުވާނާގެ ރީތިކަމާއި ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. ހަރު ހިނގުމެއްގައި ގޮސް ކުރިމަތިން ފެންނަން ހުރި އިމާރާތުގެ ތެރެއަށް ވަދެގެން ދިއައިރު، އޭނާ ފެނުނު ކޮންމެ މީހެއްވެސް ހެނދުނުގެ ސަލާމް އޭނާއަށް ކިޔާލަނީ އިޚުތިރާމާއި އެކީގައެވެ.
އޮފީހުގެ ތެރެއަށް ވަދެގެން އައި އިވާން ފެނުމުން ރިސެޕްޓަންގެ ކައިރީގައި ހުއްޓި ހުރި ތުގާ އައިސް އިވާން އާއި އަރައި ހަމަކޮއްލިއެވެ. ހިމަ ތޮޅި ހަށިގަނޑެއް ލިބިފައިވާއިރު، ގުދުރަތުން ތުގާއަށް ލިބިފައިވަނީ، ބުޅި އިސްތަށިގަނޑަކާއި އަލި ހަންގަނޑެކެވެ. “ވާން…މިއަދުގެ ފަސްޓް މީޓިންގް އޮތީ ނުވަގަޑި ބައިގަ…ދެޓް އިޒް ވިތް އޯލް ބޯރޑް އޮފް ޑައިރެކްޓާރސް…ދެން އާފްޓާރ ދެޓް ލަންޗް ބްރޭކްއަށް ފަހު އޭޒެޑް ސިޓީގެ ލޭންޑް ބަލަން ދިއުން….ދެން ތިން ގަޑި ފަނަރައިގަ ލޭންޑް އޯނާރސް އާއެކު މީޓިންގް އެއް….ވޯންޓް މީ ޓު ޗޭންޖް އެނީތިންގް؟” ފަރިތަކަމާއި އެކު އިވާންގެ ދުވަހުގެ ތާވަލު ތުގާ ކިޔާލަދިން އިރު އެކަމަށް އޭނާ ހޭނިފައިވާކަން ހާމަވެއެވެ. “ނޯޕް…ލޭންޑް ތަކުގެ ފައިލް ހިފައިގެން ދިހަ މިނެޓު ތެރޭ އަހަރެންގެ ކެބިންއަށް އާދޭ” ތުގާއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ލިފްޓަށް އަރައި 14 ވަނަ ފަންގިފިލާއަށް ދިއުމަށް އިވާން ފިތަށް އޮއްބާލިއެވެ.
ފަނޑު ހިނިތުންވުމަކާއިއެކު ލިފްޓުގެ ދޮރު ލެއްޕެންދެން ބަލަން ހުރުމަށްފަހު ތުގާ ބޯ ހޫރުވާލަމުން ގޮސް އަނެއް ފަޅީގައި ހުރި ލިފްޓަށް އަަރައި ބާރަ ވަނަ ފަންގިފިލާގެ ފިތައް އޮއްބާލިއެވެ. އިވާންއާއި އެކު އިވާންގެ އެސިސްޓެންޓް އެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތާ ފަސްއަހަރު ވެފައިވީ އިރު އިވާންގެ ގޮތް އޭނާއަށް ވަނީ ވަރަށް ރަނގަޅަށް ދަސްވެފައެވެ. ބަސްމަދު ސީރިއަސް މިޒާޖެއްގެ ވެރި އިވާންއަކީ، ހަރުދަނާ އަދި ޒިންމާދާރު ޒުވާނެކެވެ. ތުގާއާއި އިވާންއާއި ދިމާވީ ދެމީހުންވެސް ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. ދެއާއިލާގެ ދެމެދުގައި އުފެދިފައިވީ ގާތް އެކުވެރިކަމުގެ ސަބަބުން އިވާންއާއި ތުގާއާއި ދެމެދުވެސް ވަނީ އެކުވެރިކަން އުފެދިފައެވެ. އެހެންނަމަވެސް އިވާންގެ އެހުންނަ ބީރައްޓެހި މިޒާޖުގެ ސަަބަބުން އެކުވެރިކަން އޮތަސް ކަމެއް ޖެހުނީމަ ނޫނީ އިވާން ތުގާއާއި ވާހަކަވެސް ދައްކާނީ އަތުން ގުނާލެވޭ ހައި މަދު ފަހަރެއްގައެވެެ.
ނަމަވެސް، ކޮލެޖު ދައުރުއް ސުރެ ތުގާގެ ހިތްވަނީ އިވާންގެ ނަން ކުރެވިފައެވެ. އޭނާގެ ހިތުގައި އިވާންގެ ނަމުގެ ސިއްކަޖެހުނުތާ އެތައް އަހަރެއް ވެގެން ދިއައިރުވެސް ތުގާ އޭނާގެ ދުލުން އެވާހަކަ އިވާން ގާތަކު ނުބުނެއެވެ. އޭނާ އިވާން އާއި މެދު ދެކޭ ގޮތް އެ ދެއާއިލާގެ އެންމެންގެ އިތުރުން އިވާންއަށްވެސް އިނގޭކަން ތުގާ ދެނެ ހުއްޓެވެ. ނަމަވެސް އިސްވެ އެކަހަލަ ވާހަކައެއް އިވާން ގާތު ދައްކަން އޭނާއަށް ފަސްޖެހެވެނީ އެދެމެދުގައި އޮތް ކުޑަ އެކުވެރިކަން ވެސް ގެއްލިދާނެ ތީއެވެ.
ލިފްޓު ބާރަވަނަ ފަންގިފިލާއަށް ހުއްޓުމާއިއެކު ތުގާ އަވަސްވެގަތީ އިވާން ގެންނަން ބުނި ފައިލުތައް ހިފައިގެން އިވާންގެ ކެބިންއަށް ދިއުމަށެވެ.
***************
”އޭ ކަލޯ މިހުރިހާ އަންހެން ކުދިން ކޮލެޖު ދޮރު ކައިރީގަ ފާރަޔަށް އެތިބެނީ އަނެއްކާ ކާކު ވަޑައިގަންނާތީ؟” ކޮލެޖުގެ ތެރެއަށް ވައިން އިރު ފެނުނު މަންޒަރަކުންނ ޝާދިން އަހާލީ އޭނާގެ ކައިރީގައި ހުރި މުއާވިންގެ ގާތުގައެވެ. ސެންޓަރަލް ހައި ކޮލެޖުގެ ހުރިހާ އަންހެން ކުދިން ކަހަލަ ގޮތަކަށް ގޭޓު ކައިރީގައި މަޑު ކޮއްލައިގެން ތިބި ގޮތުން ހީވަނީ ކޮންމެވެސް ޚާއްސަ ފަރާތެއްގެ އިންތިޒާރުގައި ތިބި ހެނެވެ. “ހެހެހެ ކައެ އަކަށް އަދި ނޭނގޭ ދޯ….އެ ކުދިން އެތިބެނީ އެ ކުދިންގެ ހިތުގެ ރާޖާ އަންނާނެ އިރެއްގެ އިންތިޒާރުގަ….” މުއާވިންއާއި ޝާދިންއާއި ދެމީހުނަށް އެއްފަހަރާ ކޮލެޖުގެ ގޭޓާއި ދިމާލަށް ބަލާލެވުނީ އަންހެން ކުދިންގެ ހަޅޭކުގެ އަޑު އިވެންފެށުމުންނެވެ.
ގޭޓުގެ ކުރިމައްޗަށް މަޑު ކޮއްލާފައި އޮތް ރަތް ކުލައިގެ ލެމްބޮގިނީ ކާރުގެ ދޮރުހުޅުވާލުމަށްފަހު ނިކުތީ ރީތިކަން ހުސްކޮއްގެން ހުރި ޖިންސުއްލަތީފެކެވެ. ލައިގެން ހުރި ކަޅުކުލައިގެ ގަމީސް އެ ކަސްރަތީ ހަށިގަނޑުގައި ހިފާލާފައި ހުރި އިރު، މަތިން ނައްޓާލެވިފައި ހުރި ތިން ގޮށުގެ ސަބަބުން އެ ތަނަވަސް މޭމަތި ފެންނަން ހުއްޓެވެ. ކަމީހުގެ އަތް އޮޅާލެވިފައިވުމުން އެ ޒުވާނާގެ އަތުގެ ވަރުގަދަ މަސްތައް ހާމަޔަށް ހުރި އިރު ގަވައިދުން ކަސްރަތު ކުރާކަން ހާމަވެއެވެ. ލައިގެން ހުރި ގަދަ ނޫ ކުލައިގެ ރިޕްޑް ޖީންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރެ ފިރިހެން ވަންތަ ހިނގުމެއްގައި އެ ޒުވާނާ ކޮލެޖުގެ ތެރެއަށް ވަނުމާއި އެކު ތޫލި އަޑުތަކުން އަންހެން ކުދިން ހަޅޭއްލަވަން ފެށިއެވެ. ދެލޮލުގައި އަޅާފައި ހުރި ރޭބަން އަވި އައިނު ތިރި ކޮއްލަމުން ހިތްކަތިލާފަދަ ހިނިތުންވުމެއް ވެރި ކުރުވައިގެން ހުރެ ގޮސް އެޒުވާނާ ކޮލެޖުގެ ތެރެއަށް ވަދެގެން ދިއައެވެ.
”އައިއްކޯ….އައިއްކޯ….” ކޮރިޑޯ ތެރެއިން ހިނގަމުން ދިޔަ އެ ޒުވާނާ އެނބުރި ފަހަތް ބަލާލީ އައިއްކޯ އޭ ކިޔައި އަންހެން ކުއްޖަކު ގޮވާލި އަޑަށެވެ. ނަމަވެސް ފަހަތް ބަލާލުމާއިއެކު ދެވަނަ ސިކުންތުގައި އެ ޒުވާނާ އެތާގައި ހުރި ތަނބެއްގެ ފަހަތަށް ވަދެ ނިވާ ވެލީ ފެނުނު މީހެއްގެ ސަބަބުންނެވެ. ތަނބު ފަހަތުގައި ހުރެ ހިތާހިތުން އެ އަންހެން ކުއްޖާއަށް އޭނާ ނުފެނުމަށް އެދި އެ ޒުވާނާ ދުޢާ ކޮއްލިއެވެ. ކޮނޑުމަތީގައި މީހެއް އަތް ބާއްވާލިހެން ހީވުމުން ތަނބު ފަހަތުގައި ހުރި ޒުވާނާާ ފަހަތަށް އެނބުރިލިއެވެ.
”އައިމަން ގަނޑާ ލައި އަށް ފިލަންވެގެން ދޯ ތަނބުގެ ފަހަތަށްވަނީ….ހަނދާން ކުރާތި ކޮންމެ ތާކު އައިމަން މަހްމޫދް ފިލާ އޮތަސް މި ލައިބާ ޒާހިރަކަށް ނުފިލޭނެ” އެއް އިނގިލި އައިމަންއާއި ދިމާލަށް ދިއްކޮލައިގެން ހުރެ ލައިބާ ބުނެލި އިރު އޭނާގެ އަޑުގައިވަނީ ކެރުންތެރި ކަމެވެ. ވަށައިގެންވީ މާހައުލަށް ބަލައިލަމުން ލައިބާގެ އަތުގައި ހިފައިގެން ގޮސް އައިމަން އެތާގައި ހުރި ކުލާސް ރޫމަކަށް ވަނީ އެދެމީހުނަށް އަމާޒުވެފައ ހުރި ލޯތައް މަދު ކުރުމަށެވެ. ކުލާސް ރޫމަށް ވަނުމަށްފަހު ލައިބާ އޭނާއާއި ފާރާއި ދެމެދުގައި ހައްޔަރު ކޮއްލަމުން، އައިމަން ލައިބާއާއި ގާތަށް ޖެހިލިއެވެ.
”ލައި….ހޫ އޭމް އައި؟” އޭނާގެ ފިރިހެންވަންތަ ރީތި އަޑުން އައިމަން އަހާލިއެވެ. އައިމަންގެ ތޫނު ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރި ލައިބާ ހުރީ އައިމަން އާއި އެހައި ގާތުގައި ހުންނަންޖެހުމުން ނޭވާލާންވެސް ހަނދާންނެތިފައެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން އޭނާގައި ލޮލުގައި އަޅާފައި އިން ކަޅު ދުނިގަނޑެއްލީ ނަމްބަރު އައިނު ލައިބާ ރީތި ކޮއްލިއެވެ. “ތީ… ތީ ދޯ…ޔެސް…ތީ އައިމަން….ނިކް ނޭމް އައިއްކޮ އެންޑް ތީ ލައިބާ ޒާހިރުގެ ބެސްޓް ފްރެންޑް” ކުޑަކޮށް ވިސްނާލުމަށްފަހު ލައިބާ ޖަވާބުދިނުމާއި އެކު އައިމަން އޭނާގެ އެއްބުމަ އަރުވާލިއެވެ. “އޯކޭ އޯކޭ….ތީ ދަ މޯސްޓް ފޭމަސް މޯސްޓް ޓެލެންޓެޑް…މުޅިރާއްޖޭގަވެސް ހުރި އެންމެ ޔަންގް އެންމެ ހޮޓް ލަވަކިޔުންތެރިޔާ….ދި ރޮކްސްޓާރ….އައި މީން ޕޮޕް ސްޓާރ އޯ ވަޓްއެވާރ… އައިމަން މަމްދޫހް” ކަޅި އަނބުރާލަމުން ލައިބާ ޖަވާބު ދިންގޮތުން އައިމަންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.
”ސޯ ތިހުރިހާ ކަމެއް އިނގޭ އިރު މުޅި ކޮލެޖުގެ ކުރިމަތީގަ ޔޫ ކޯލްޑް މީ އައިއްކޮ….ސީރިއަސްލީ ބީބާ….އައި ވިޝް ޔޫ ވާރ ކޫލް ލައިކް ޒޯ” އެއްލޯ މަރާލަމުން އައިމަން ވާހަކަ ދެއްކީ ލައިބާ ދުރަށްޖެހި ލަމުންނެވެ. “ފަސްޓް ސްޓޮޕް ކޯލިންގް މީ ބީބާ! ސެކަންޑް…ހަމަ އައިއްކޮ ކިޔާނީ ކީތްކުރެވޭނީ….ތާރޑް ޒޯ ކޫލް އޭ ކިޔާއިރު ތޭންކް މީ…ކޮޒް ޒޯ އިޒް މައި ފްރެންޑް…އެންޑް ޒޯހާ އެހާވެސް ކޫލް އިއްޔާ ގޮސް ޒޯހާ ބެސްޓް ފްރެންޑްއަށް ހަދާބަލަ” ލައިބާ ވެސް ޖަވާބުދިނީ ހަމަ އެރާގުގައެވެ. “ޖެލަސްވީމަ އަދި މާ ކިއުޓް….ދެން ކްލާހަށް ވަޑައިގަންނަވަން ވީނު….ތިހެން ހުއްޓާ ގަޑި ޖެހޭނީ….ގަޑި ޖެހިގެން ލައިބާ ޒާހިރު ކުލާހަށް ދިއުމަކީ ސޯ ނޮޓް ލައިކް ދަ ބަސްއަހާ ބީބާ” ހެމުން ހެމުން ލައިބާއަށް އައިމަން މަލާމާތް ކޮއްލި އިރު، ލައިބާ ހުރީ ތުންކޮޅު ދަމާލައިގެނެވެ. ލައިބާއަށް ލިބިފައިވަނީ ފަން އިސްތަށިކޮޅަކާއި، ރޫފަރީތި ހަށިގަނޑެކެވެ. ލާ ދޫ ހެދުންތަކުގެ ސަބަބުން އޭނާގެ ރީތި ބައްޓަން ފޮރުވިފައިވިޔަސް، އެދޮންމޫނާއި ބޮޑު ދެލޮލާއި ދިގު އެސްފިތަށް ލައިބާގެެ މައުސޫމުކަމާއި ރީތިކަން އިތުރު ކޮށްދެއެވެ. ބޮޑު ދެލޯ ކަޅުކުލައިގެ ނަމްބަރު އައިނަކުން ފޮރުވާލެވިފައި ވީއިރު، އެ ފަން އިސްތަށިކޮޅު އަބަދުމެ ހުންނާނީ ގަތާލާފައެވެ. ކިޔަވަން މޮޅުވެފައި ލައިބާގެ މި ސިފަތަކުގެ ސަބަބުން ކޮލެޖުގެ ގިނަ ކުދިން ލައިބާ ސިފަކުރަނީ “ނާރޑް” އެއްގެ ގޮތުގައެވެ.
އަތުގައި އޮތް ބޯ ފޮތުން އައިމަންގެ ކޮނޑުމަތީގައި ބޮނޑިއެއް އަޅުވައިލުމަށްފަހު އެ ކުލާސް ރޫމުން ލައިބާ ނިކުތީ ތުންދަމައިގެން ހުރެ ކަމުގައި ވިޔަސް، ނިކުތުމާއި އެކީ އެ މައުސޫމު މޫނު މައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިވެގެން ދިއައެވެ. ތިރީ ތުންފަތުގައި ދަތް އަޅާލައިގެން ހުރެ ލައިބާ އޭނާގެ ކުލާހަށް މިސްރާބުޖެހީ ވެސް އައިމަންގެ ހިޔާލުތަކުގައި ހުރެއެވެ. ނަަމަވެސް މިނެޓެއް ނުވަނީސް ބޯ ހޫރުވާލުމަށްފަހު ގޮސް ޖެހިގެން ހުރި ފާހަނާއަށް ވަދެ ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލިއެވެ. އައިނު ނަގައި މޫނު ދޮންނަ ތަށީގެ ކައިރީ ބޭއްވުމަށްފަހު ދެތިން ފެންގޮށި ނަގައި އޭނާގެ މޫނަށް ލައިބާ ޖަހައިލިއެވެ. “ޔޫ އަރ ނޮޓް ވޯރތް ހިމް…” އަބަދުމެ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރާ ވާހަކަ ލައިބާ ތަކުރާރު ކޮއްލިއެވެ.
އައިމަންއާއި ލައިބާގެ އެކުވެރިކަމުގެ ބިންގާ އެޅުނީ ދެމީހުންވެސް ގުރޭޑު ހަތެއްގައި ކަޔަވަމުން ދިޔަ ދުވަސްވަރުގައެވެ. އެއީ ރަށުގައި އުޅުމަށްފަހު މާލެއަށް ލައިބާގެ އާއިލާ އެމީހުންގެ ދިރިއުޅުން ބަދަލުކުރި އަހަރުގައެވެ. އޭރު އައިމަންއަކީ މުޅި ކުލާހުގައިވެސް އެންމެ މަޑުން ނުހުރެވޭ ބަސްނާހާ ކުއްޖާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެއާ ހިލާފަށް ލައިބާއަކީ ބަސްމަދު މަޑުމައިތިރި އަދި އެހާމެ ބަސްއަހައިގެން ކިޔަވާ މޮޅު ދަރިވަރެކެވެ. ފުރަތަމަ ދެމީހުންގެ ދެމެދުގައި ވާހަަކަ ދެކެވެން ފެށީ ކުލާސް ޓީޗަރު އައިމަން ލައިބާއާއި ޖެހިގެން އިންނަ ޑެސްކުގައި ބޭންދުމުގެ ސަބަބުންނެވެ. ބަސްމަދު އެހެންމީހުނާއި ވާހަކަ ދައްކައި ނޫޅޭ ލައިބާއަށް އައިމަންގެ އެހުންނަ ސަކަ މިޒާޖުގެ ސަބަބުން އައިމަންއާއި ވާހަކަ ދެއްކުން ފަސޭހަވިއެވެ.
އައިމަންއަށް ވެސް އެހެން އެކުވެރިންނަށް ނުކުރެވޭ މިންވަރަށް ލައިބާއަށް އިތުބާރު ކުރެވެން ފެށިއެވެ. އެކަކު އަނެކަކާއި ކަންކަން ހިއްސާކޮށް ސުކޫލު ދައުރު ނިމުނީވެސް އެންމެ ގާތް އެކުވެރިންގެ ގޮތުގައި ދެމީހުން ތިބެއެވެ. އައިމަންގެ ދިރިއުޅުން ބަދަލުވެގެން ގޮސް އެންމެންގެ މެދުގައި މަގުބޫލު ޝަހުސިއްޔަތަކަށް އައިމަން ވެގެން ދިއައީވެސް ލައިބާ އައިމަންގެ ގާތުގައު މިތުރެއްގެ ހައިއްސިޔަތުން އެއްބާރުލުންދޭން ހުއްޓައެވެ. މިހާރު ދެމީހުންގެ އުމުރުންވެސް ބާވީސް އަހަރުފުރި ދެމީހުންވެސް ކިޔަވަމުން އަންނަނީ ސެންޓަރަލް ހައި ކޮލެޖުގައެވެ. ނަމަވެސް ކިޔަވަމުން އަޔަސް އައިމަންގެ ސަމާލުކަން ދެވިފައިވަނީ ލަވަކިއުމަށެވެ.
**************
ކެބިންގެ ދޮރުގައި ޓަކިދިން އަޑު އިވުމާއިއެކީ އެތެރެއަށް ވަނުމުގެ ހުއްދަ އިވާން ދިނެވެ. ފައިލެއް ހިފައިގެން ތުގާ އެތެރެއަށް ވަދެގެން އައި އިރު އޭނާގެ މޫނުމަތީގައި ވަނީ އަބަދުމެ ހުންނަ ސާދާ ރީތި ހިނިތުންވުމެވެ. ތުގާއަށް އިށީންނުމަށް އިޝާރާތް ކޮއްލަމުން، ތުގާ ގެނައި ފައިލަށް އިވާން އޭނާގެ ސަމާލުކަން ހުއްޓާލިއެވެ. އެއީ އެ ކުންފުންޏަށް ވަރަށް މުހިންމު އަދި ވަރަށް ކުރިން ސުރެ އެ ޕްރޮޖެކްޓަކަށް އެ ކުންފުނި ތައްޔާރުވަމުން އަންނަ ޕްރޮޖެކްޓެއްގެ ބިމާއި ބެހޭ ފައިލެވެ. ބިން ހަމަޖެހުމާއި އެކު އޭޒެޑް ސިޓީގެ މަސައްކަތް ފެށިގެންދާނެއެވެ. މި ޕޮރޮޖެކްޓަށް އޭޒެޑް ސިޓީގެ ނަމުން ނަން ދެވުނީ، މި ޕްރޮޖެކްޓަކީ ބޮޑު ބިންތަކެއް އެއް ކޮއްލައިގެން ބައިވަރު ފްލެޓުތަކަކާއި މޯލްތަކެއް ހެދުމަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓަކަށް ވާތީއެވެ. އޭޒެޑް ޤްރޫޕް އޮފް ކޮމްޕެނީސްގެ މި ޕްރޮޖެކްޓަކީ މިހާތަނަށް އެ ކުންފުނިން ފަށަން އުޅޭ އެންމެ ބޮޑު އަދި އަގުބޮޑު ޕްރޮޖެކްޓު ވެސްމެއެވެ. މީގެއިތުރުން އޭޒެޑް ސިޓީއަކީ އިވާންގެ ހުވަފެނެވެ. ބައްޕަ އުޒާމްއާއި ހުރިހައި އިންވެސްޓަރުންނަށް އިވާން ވެފައި އޮތް ވަޢުދެކެވެ.
ބިންތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމުގައި ތިބުމަށްފަހު އެ މަޝްވަރާ ކުރު ކޮއްލަން ޖެހުނީ މީޓިން ފެށޭގަޑި ޖެހުމުންނެވެ. ކުންފުނީގެ މިހާރުގެ ވެރިޔާގެ ހައިސިއްޔަތުން ދައްކަންޖެހޭ އަދި އޮޅުން ފިލުވައިދޭންޖެހޭ ކަންތައްތައް ބޯރޑް އޮފް ޑައިރެކްޓަރުން ނުވަތަ ކުންފުނީގެ ހިއްސާދާރުންނަށް އޮޅުފިލުވައިދީ މީޓިންގް ނިމުނު އިރު މެންދުރުގެ ކެއުމުގެ ގަޑިޖެހޭކަށް އެހައި ގިނަ ވަގުތެއް ނެތެވެ. މީޓިންގް ރޫމް އިން ނިކުމެގެން ގޮސް އަމިއްލަ ކެބިންއަށް ވައިން އިވާންގެ މޫނުމަތި އުޖާލާ ވެގެން ދިއައީ ކެބިން ތެރޭގައި ހުއްޓި ހުރި ޒުވާނާ ފެނުމުންމެވެ.
ނުނިމޭ
އައްސަލާމު އަލައިކުމް. ހުރިހާ ކިޔުންތެރިން ވެސް ތި ތިބީ ފުރިހަމަ ރަނގަޅު ސިއްހަތެއްގައި ކަމަށް އުންމީދުކުރަން. މީ އަޅުގަނޑު މި ސައިޓަށް ލިޔާ ދެވަނަ ވާހަަކައިގެ ފެށުން. ތިޔަ ހުރިހާ ކިޔުންތެރިންގެ ސަޕޯރޓާއި އެއްބާރުލުން މި ވާހަކައަށް ލިބޭނެ ކަމަށް އުންމީދުކުރަން އަދި، ތިޔަބޭފުޅުންގެ ފާޑުކިޔުން އަޅުގަނޑު އުފަލާއި އެކު ބަލައިގަންނާނެ ވާހަކަ ވެސް ދަންނަވަން. ވާހަކައާއި މެދު ތިޔަ ކިޔުންތެރިން ދެކޭ ގޮތް އަދި ހިޔާލުތައް ކޮމެންޓުގެ ޒަރިއްޔާއިން އަޅުގަނޑާއި ހިއްސާ ކޮއްލައްވާ.
ޝުކުރިއްޔާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
47 Comments!
Comments are closed.



Mi story adhi heevany kureege story ahvure heart touching vaanehen. cause the girls are already in love with thier bestfriends. Naa ah heevany ivaan aiman ah dhookohlaany hen. Kobaatha noor. E manje emmen ves blame kuraany ivaan aa aiman aa dheytherey jehunu massala ah. so sad. Waiting for the next part curiously
Afaa ge stories maa heart touching ee dhw? mifaharu balaanan thafaathu koh leweytho ingey?thanks alot naa and btw thugaa and ivaan are aslu like strangers ey? frndship othas! Noor aky main character balamaa dhw waagoii! Noor ahnaane next part ga ingey ♥️
OMG … mi stry kiyanyyaa dhuvax kolhakun jeheynee rumaaleh hifaign kahneyge kiyan ????? first prt Masha Allah varah obi igey ???? Hama obiness to the max ??? ahahhaha beebaa ahhahaha funny name siss ?? laiba n aiman is so funny and sweet ?????? siss srry igey last prt akah comment eh nukohlevun ?☹️ alhuga varah bxy Koh ulhun dhuvx kolheh vma ekamu e stry Hama varah habeys last prt dhn bunaane ehcheh neii thaureefuge bas thah huss ???? waiting for nxt igey ?? lysssssmmmmmm ❤️❤️❤️❤️ TC ????? adhi forgot siss kihinei tha?? ?? Stay safe ?? lots and lots and lots of love from Afu ♥️♥️♥️♥️♥️
Nuuney mifaharu afu ruyaka nudheynan sis eh wes? thankyou darling!
Sis hama rangalhey alhamdhulilah ♥️ Afu and nish kihineh tha? And afu ah hywany noor libeyny kaakah hen? Thugaa and laiba ah emyhunge love libeyne hen hyweytha?
Varah Varah reethi… Masha allah ❤️❤️
Waiting for the next part……
Thankyou noora♥️
Hama Bunaane ehcheh neyngifa meenee!?❤️❤️❤️❤️??
warah warah reethi mi part!❤️❤️
I think this story warah heart touching waane hen
Anyways curiously waiting for next part
Ly❤️
Tvgc!!!❤️?
Thankyou dear♥️ Lets see dhw! Lym tc?
Hi sis ??????????
Long time dhw❤️❤️ hehehe not So dhw???????
And I was waiting ❤️❤️for this stry so much ????
❤️❤️Fainally I got to read it ???❤️❤️❤️
Wow❤️❤️❤️❤️ this is amazing❤️❤️❤️❤️? vrh sali
❤️❤️❤️Masha Allah❤️❤️❤️ keep it up sis❤️❤️❤️
❤️❤️❤️I think this will be ❤️❤️❤️a very critical love stry❤️❤️ dhw enemen ge ves❤️❤️❤️ heart break vaane
Anyway Waiting❤️❤️ for the next part ❤️❤️
Luv v uuuuu❤️❤️
Stay safe❤️❤️❤️
Ahahha thanks lwbi lwbi rilooo✨♥️ Hingaa balamaa lwbi, nafrathu, hithaama, weynuge inthihaaga kithah hih halaaku weytho dhw?
Tc lym♥️
Wowowo amazing masha allah sisooo missed you! Noor koba tha next part ga ahnaane dho? Cover pic ga eynee noor ge pic eh dho!thuga and laiba vx vrh loabi ingey! Ekm ivaan libeynee noor asho sorry thuga hehheehe i think this story will be mysterious and full of revenge
Looking forward for next part
Lysm
Tc
Missed you too nuhyy♥️?yes cover pic ga eyny noor ingey and she will come next part ga! Ahahha thuga dhera waane ehnu thihen wejjiyya dhw!
Thankyou lym darlin♥️
Hi im aalim from last story hehehe! Scarlet , abu eba ulhentha??? I loved this part varah curious vejje ingey noor intro vaaney irakah!i like ivaans cold less speaking character!waiting for next!?
Ahahha ivaan dhw aalim ah kamudhany hahah! Now mee ivaan eh dhw? noor ahnaane next part ga ingey??
Yes yes dear, ebaulhemey!
Mihaaru Ivaan ah badhal veedhww ??
Hows you Bro?
Abu habareh nuveydhw
Aaaan ivaan salhi ey ehnve badhalu veee hehe??…abu habareh nuvey dho?im good alhamdhulilah hby scarlet?
Alhamdhulillah I’m fine Ivaan.. ?
Bas ahaign ulheythi ingey.. Eyrun Dhon V happy vaanan
Tc?
Yay???? Maasha Allah???? 1st part ves hama varah varah varah varah varah varah varah varah salhi????????????? Mihaaru next part kiyaa hithun hureveniyyeh nun☹️❤️ stay safe❤️??
Ayee thankyou naani dear✨♥️Next part kiyaalan libeyne ingey insha allah wrh awahah
Yes finally sis ge 2nd story kiyaalan libuny dhw ❤️ I’m so so so happy ? The 1st parts is really very very amazing ❤️?I loved it ❤️ I’m sure this story will also be amazing ❤️really very curious for the next part ❤️love u ❤️stay safe n healthy ❤️ take care ❤️best of luck ❤️?
Thankyou darling?ly tc!
Very nice starting!
Keep it up aphxxx
Waiting for next!
Thankyou♥️
❤️Hi sis ❤️
1 part is❤️ really amazing ❤️
????Maasha Allah
Keep it up sis ❤️
❤️Take care
LVE U ❤️
Hey ryn?♥️
Thankyou darling lym♥️
Wow first part is awesome sis dhuvas kolhakah fahu sis ge vaahaka eh kiyaalan anehkaaves mi libunee varah heart touching vaanehen heevany
Waiting for the next
Lysm ❤️❤️❤️
Ayee thankyou darling lym♥️?
Sis new story eh feshy Dhw
❤️❤️❤️V reethi Maasha allah
Curiously waiting for nxt part dear
Stay safe
Yesss thankyou lam♥️?
OMGGGG!!!!……. VVV SALHI I GEY MI PRT VX????
MI VHK VRH SALHI VAANE KMH MI BALANI?????
CURIOUSLY WAITING FOR NXT PRT ❤️?❤️?❤️?❤️?
LARV U AFUUU SISSOOO♥️✨♥️✨♥️✨♥️✨♥️✨♥️✨♥️
STAY SAFE❣️⚡❣️⚡❣️⚡❣️⚡❣️⚡❣️⚡❣️⚡❣️⚡❣️⚡
TAKE CARE??????????????????
Thankyou sm shaii darling ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????
Heiii sisoo
This part is amazing…wowww
Sad nd love story eh dhw
Noor is a gud girl or bad girl in this story… i like the ivaan ge character the most nd laibaa nd aiman is so funny….i guess it will be heart touching story…laibaa nd thuga ah ivaan nd aiman nulibunihyaa varah deravaane dhw…..as u usual hama speechless vi mi story kiyaafa
BTW how r u sis?
Nd sis nik men ge story in ehen site eh ga…nd tht story ga pp ga einee sis ge pic eh thah
Curiously waiting For the next part.whn is next part sis
Lysssssmmmm
Tc
Stay safe stay home sis
Yes pp ga mask alhain thats me?thankyou darling! Noor aky main heroine story ge ingey! Im good alhamdhulilah ♥️Lym❤️
Hee vey varah reethi vaane hen? Love your stories Hama abadhuves ? Abadhuves full support libeyne hama? Mee aphxxx ge big fan eh ..your stories are amazing?
Thankyou sm darling❤️
Um are you also a starlight ♥️ I mean do you love vixx
Mi story heevanee kureege story ah vure reethi vaanehen but e story ge s 2 genesdhechche ingey. BTW varah reethi mi part ves curiously waiting for the next part ☺️☺️☺️ take care ♥️♥️♥️
Thankyou darling! Yes e story ge s2 genesdheynan ingey! Tc❤️
Thanks ?
This is awesome…. ???
Adhikiriyaa comment eh mi kohlevunee.. Aadhaige comment eh nukuraanamey hithaa free veema mikuree… ??
Ivaan my favourite character ingey… Laibaa vs varah cool.. Match my name..
Varah Reethi vaahaka genesdheefa huri goyh… Varah heart touching. MaShaaAllah Hama best! like always… Can’t think of words to describe ?
Your one of my favorite author. I’m so happy mihaa Reethi stories genesdheythee… Love you infinite ❤️❤️❤️???????
Stay home stay safe
Bas ahaign kiyavaathi
Rangalheh kaathi
Ahaha ivaan oa aalim ah wes kamudhany? or is your name iba?
Thankyou so much darling means alot?❤️
Tc ly❤️
No no sis, not iba… ?? Sis ah name guess kurevey dhuhukun I will no longer be Scarlet.. Real name use kuraanan. lol
Thihen v run thi jehuny guess kuraakahnu dhw! Haiba ?
Nope.. ??
Only one letter hama change kohlan jeheynee…
Hard vefa thibi dhemiihun ge nan❤️❤️❤️
By the way Varah Reethi ???
Masha Allah ???