ތިންމަސް ވޭތުވެގެން ދިއައީ ހަލުވިކަމާ އެކީގައެވެ. އޮފީހުގައި މަސައްކަތުގައި މަސްޢޫލު ވެ އިން ނިކްޔަންއަށް ރިންގުވަމުން ދިޔަ އޭނާގެ ފޯނަށް ޖަވާބު ދެވޭ ވަރުވީ ދެވަނަ ރިންގާ އެކީގައެވެ. ފޯނު ކަންފަތުގައި ޖަހާލުމާއެކު ލިބުނު ޚަބަރަކުން ފޯނު ނިކްޔަން ގެ އަތުން ދޫވެގެން ތިރިޔަށް ވެއްޓި ދިއައިރު، ދުވެފައި ނިކްޔަން އޭނާގެ ކެބިން އިން ނިކުމެގެން ދިއައެވެ. އޭރު އޮސްޓްރޭލިއާގެ އުޑުމަގި ބަނަކުރަމުން ދިޔަ ވިލާތަށް ވާރޭގެ ކަނިތަށް އޮއްސައިލާފިއެވެ. ބާރުދުވެލީގައި ކާރު ދުއްވާފައި ގޮސް […]
ރޭގަނޑު ގެއަށް އާދެވުމާއި އެކީ ކޮޓަރިއަށް ދިޔަ ނިކްޔަންއަށް ކޮޓަރީގެ ދޮރު ކުރިމަތީގައި މަޑު ޖެހި ލެވުނީ، އެނދުމަތީގައި ދޮރަށް ފުރަގަސް ދީގެން އިން ފަލަކް ފެނުމުންނެވެ. އިސްތަށިގަނޑު އެއްފަރާތަކަށް ގެންގޮސްފައި ވުމުން އެ ދޮން ކަނދުރާ އޮތީ ހާމަޔަށެވެ. އަމިއްލަ ކަރުގައި އުނދަގުލާއި އެކު ބޭސް އުނގުޅަމުން ދިޔަ ފަލަކް ފެނުމުން މަޑު މަޑުން ގޮސް ނިކްޔަން ފަލަކްގެ ފުރަގަހުން އެނދުމަތީގައި އިށީންދެލިއެވެ. ފަލަކް ސިއްސައިގެން ދިޔައީ އޭނާގެ ކަރުގައި މީހެއްގެ ބީހުން އިހުސާސް ކުރެވުމުންނެވެ. […]
ކާރުގައި ގޮސް ރާއްޖެ ޓީވީ އިމާރާތުގެ ދޮރު މައްޗަައް މަޑުކޮއްލުމަށްފަހު އާލިމް ކާރުން ފޭބިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގޮނޑިއެއްގައި އިން ސެކިއުރިޓީ ގާޑު ކައިރީގައި ޔަނާ ކޮބައި ތޯ އެއްސެވެ.”އިރުކޮޅެއް ވެދާނެ މެޑަމް ގެއަށް ދާން ނިކުތްތާ”އެމީހާގެ ޖުމްލަ އަޑު އިވުމާއި އެކު އާލިމް ކުރިމަތިން ފެންނަން އޮތް މަގުގެ އެތެރެއަށް ދުއްވައިގަތެވެ. ޔަނާ ކޮބައިބާއެވެ. ވަކި ހިސާބަކަށް ގޮސް އާލިމް މަޑު ކޮއްލި އިރު އޭނާ ހުރީ ރަނގަޅަށް ދާ ހިއްލާ […]
ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ ހަސަން އުޒާމް ގެ ހުރި ހަމައެކަނި ދަރި އިވާން އަކީ ބިސްނަސްގެ ދުނިޔޭގަ އާ އުސްމިންތަކެއް ކަނޑައަޅަމުން އަންނަ ހަރުދަނާ ޒުވާނެކެވެ. އުމުރުން ފަންސަވީސް އަހަރުގެ އިވާން އަކީ ބަސްމަދު ސީރިއަސް މިޒާޖެއްގެ ވެރިއެކެވެ. އޭނާގެ ދިރިއުޅުމުގައި މުހިންމު ވަނީ ދެކަމެވެ. ފުރަތަމަ ކަމަކީ އޭނާގެ އާއިލާއެވެ. ދެވަނަޔަށް އިވާން އެންމެ ބޮޑު އަޚަންމިއްޔަތު ކަމެއް ދެނީ އެމީހުންގެ އާއިލީ ވިޔަފާރިޔަށެވެ. އާއިލާގެ ބޮޑުންގެ ފަރާތުން ވާރުތަވެފައިވާ މި ވިޔަފާރިއަކީ އިވާންގެ […]
ޔަނާއާއި ދިމާލަށް އާލިމް އަޅާ ކޮންމެ ފިޔަވަޅަކަށް ޔަނާ ދިއައީ ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ. އެގޮތަށް ގޮސް އޭނާ ފާރުގައި ޖެހުމުން ޔަނާ ކުރިމައްޗައް ބަލާލިއެވެ. އޭރު އާލިމް ހުރީއޭނާއާއި ޖެހޭ ނުޖެހޭހިސާބު ކައިރީގައެވެ. އަނެއްފަޅިން ރެކިގަންނަން މަސައްކަތްކުރި ޔަނާއަށް ކާމިޔާބު ނުވީ އާލިމް ފާރުގައި އެއް އަތް އަޅުވައި އޭނާއާއި އިތުރަށް ކައިރިވެލުމުންނެވެ. ބިރުންގޮސް ޔަނާއަށް އޭނާގެ ދެލޯ މަރާ ބާރު ކޮށް ލެވުނެވެ. ޔަނާއަށް ދެލޯ ހުޅުވާލެވުނީ ފިނި އެއްޗެއް އެނާގެ ނިއްކުރީގައި […]
ކައިނިމުނުން ފަލަކް އެރެޔަށް ހާއްސަ ކޮޓަރިއަށް ގެންގޮސްދިނީ ޒުމާއާއި ޝޫރާ އަދި ނުހާއެވެ. އެ ކޮޓަރިތެރެ ޒީނަތްތެރި ކޮއްފައިވާލެއް ފުރިހަ ކަމުން ފަލކްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އުއްބައްތިއާއި މަޑު ފިޔާތޮށި އަދި ހުދު ކުލައިގެ ލިލީ ބޭނުންކޮއްގެން ޒީނަތްތެރި ކުރެވިފައި ވުމުން މުޅި ކޮޓަރި ތެރޭގައި ވެސް ހިފާފައި ހުރީ މާމެލާމެލީގެ މީރު ވަހެވެ. ނިކްޔަން އަންނަން ވާއިރަށް ހޭލާ ހުންނަން ބޭނުން ނުވާތީ ފަލަކް ބޭނުންވީ އަވަހަށް ފެންވަރާލާށެވެ. އޭނާގެ އެއްވެސް އަންނައުނެއް އެ ކޮޓަރީގައި […]
7 އަހަރު ފަސް ކައިވެނީގެ ހުދު ހެދުމުގައި ލޯގަނޑު ކުރިމަތީ ހުއްޓި ހުރި ފަލަކް ހީވަނީ ހޫރުޕަރީއެއް ހެންނެވެ.ފަސްބަޔަށް ބޮޑުކޮށް ހުރި އެ ލޭސް ހެދުމެގެ މޭމަތިވަނީ ހުދު ކުލައިގެ މިނަލުން ޒީނަތްތެރި ކުރެވިފައެވެ.ކަރުގައި ޖަވާހިރުގެ ބޮޑު ހާރެއް އަޅާފައިވީއިރު މުށި ކުލައިގެ އިސްތަށިގަނޑު ގައި ވަނީ ހުޅިއެއް ޖަހާލެވިފައެވެ.ލުއި މޭކްއަޕެއް ކުރެވިފައިވީ ފަލަކްގެ ދޮން މޫނުގައި ކުރު އިސްތަށިތަށް ބޮސްދެމުން ދިއައިރު ފެންނަލެއް ނުހަނު ފުރިހަމައެވެ.މަދީ ހަމަ އެންމެ އެއްޗެކެވެ.އުނިކަމަށް ދައްކަނީ ހަމަ އެންމެ ކަމެކެވެ.އެ […]
ބްރިޖުމަތިން ކާރު ދުވަމުން ދިއައީ އާދައިގެ ސްޕީޑެއްގައެވެ.ކާރުގެ އެއްފަރާތުގައި ހުރި ލޯގަނޑުން ބޭރު ބަލާލި ފާލިހަށް ކާރުގެ އަނެއްފަޅިން ކާރުގެ ފަހަތުން ބާރުސްޕީޑުގައި ދުއްވަމުންއައި ސައިކަލު ފެނުމުން ދެލޯ ބޮޑު ކޮއްލެވުނެވެ.ކާރާއި ދިހަ ވަރަކަށް ފޫޓު ކައިރިއަށް އައި އިރުވެސް އެ ސައިކަލުގެ ސްޕީޑު މަޑު ނުވުމުން ގެނައި ކުއްލި ހަރަކާތާއިއެކު ފާލިހު ފަލަކް ގެނެސް ކާރުގެ އޭނާއިން ފަޅީގެ ދޮރު ހުޅުވާލުމަށް ފަހު ފަލަކް ކާރުން ބޭރަށް ކޮއްޕާލިއެވެ.ބިންމަތީގައި މަޑު މަޑުން ފުރޮޅެމުން ދިއަ ފަލަކް […]
ކޮޓަރިތެރޭގައި ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ރާއިދާގެ މޫނުމަތީގައިވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އެނދުމަތީގައި އިށީނދެ ދެލޯ މަރާލުމާއި އެކު އޭނާގެ ކަންފަތުގައި ގުގުމަންފެށީ މީގެ ދިހަވަރަކަށް މިނެޓުކުރިން ފާލިހު މީހަކާއި ފޯނުން ދެއްކި ވާހަކަތަކެވެ. *************** ”ކޮބާ ޝަކީބު ހުރިހާ ލިޔެކިޔުމެއް ތައްޔާރުވީތަ؟”ސްޓަޑީގެ ކައިރިން ހުރަސްކޮއްލި ރާއިދާއަށް ފާލިހު ބުނި ޖުމްލަ އަޑު އިވުމާއި އެކީ ސްޓަޑީގެ ދޮރާއި ގާތްވެލަމުން ފާހިލު ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދިނެވެ.”އާން…އޭރު އަހަރެން ޝަކީބު ގާތު އިހަށް މަޑު […]