ތަރުކާރީ ނަގައި ދޮވެލުމަށްފަހު ފަރިތަކަމާއި އެކު އެ ކޮށަމުން ދިޔަ ނޫރް ސިހުނީ އޭނާގެ މޫނުގައި މީހެއްގެ ބީހުމުގެ އިހުސާސް ކުރެވުމުންނެވެ. ކަރަންޓު ޝޮކެއް ޖެހުނު ފަދައިން ނޫރް ފަހަތަށް ޖެހުނު އިރު އެދެލޮލުގައި ވަނީ ބިރެވެ. “ގައިގަ އަތްނުލާތި!” ބިރުގައިންފައި ހުރެ އަތުގައި އޮތް ވަޅި އައިމަން އާއި ދިމާލަށް ދިއްކޮށްލަމުން ނޫރް ބުނެލިއެވެ. ނޫރްގެ މިކުއްލި ހަރަކާތާއި އެކު ސިހި، ހައިރާންވެފައި ހުރި އައިމަން ހުރީ ނޫރްގެ މި އަމަލާއި، އެ މޫނުމަތީގައި ވީ […]
ލޯބީގަ މީހުން ޖާނުދީ ނެތި ފަނާ ވެގެން ދާނެ…އެކަމު ނަފްރަތު ރޫހަށް ދިރުން ގެނެސްދީ، ދިރިހުރުމަށް މަޤުސަދެއް ލިއްބައި ދޭނެ..ނޫރްގެ މި ނަފްރަތުގެ އަލިފާން އޭޒެޑް ވިލާގަ ރޯ ވެއްޖެ…މި އަލިފާންގަޑު ހުޅުގަނޑަކަށް ބަދަލު ވެގެން ދާކަށް ދެނެއް މާކަ ގިނަ ވަގުތެއް ނުނަގާނެ” ނޫރް ބުނެލިއިރު އޭނާގެ މޫނުމަތީގައި ވަނީ ނަފްރަތުގެ އިންތިހާއެވެ. އެ ދެލޮލުން ބުރަމުން ދިއައީ އަލިފާނުގެ ކަންޏެވެ. ******* ”ތިކަމުގެ ޔަޤީންކަން މިހާރު އަހަރެންނަށް ވެސް ލިބިއްޖެ….އެކަމު ނޫރް އެ ވީޑިއޯ […]
ކޮޓަރިން ނިކުމެގެން ގޮސް ސިޓިން ރޫމަށް ދިއުމަށް ހިނގައިގަތް ނޫރްގެ ފިޔަވަޅުތައް، ސިޓިން ރޫމަށް ނިކުންނަން ހުންނަ ގޯޅި ގަނޑުގެ ތެރޭގައި މަޑުޖެހިލީ، ޕާރޓީއަށް އައި އެއްވެސް މެހެމާނެއް އެތަނުން ފެންނަން ނެތުމުންނެވެ. މޫނުމަތިން ދާތިކިތައް ފައުޅުވެ ހާސްކަން ނޫރް ވަށާލީ ސިޓިން ރޫމުގައި ތިބި އުޒާމްއާއި އާދިލާ، އުޒްވާ އަދި ތޯރިޤުގެ އާއިލާ ފެނުމުންނެވެ. އޭގެން އެކަކުވެސް އެދިމާލަށް ބަލައިލައިފިނަމަ އެ އެންމެނަށް އޭނާ ފެންނާނެއެވެ. ގަނޑުވެ ގަބު އަރައިފައި ހުރި ނޫރް ސިއްސައިގެން ދިއައީ، […]
ތުގާގެ ލޮލުގައި މޭޒުކައިރީ ތިބި އައިމަންއާއި އިވާން އަޅައިގަތުމުން އެދިމާލަށް ދާން ހިނގައިގަތްއިރު، ތޯރިޤު އުޒާމް އަދި ބަލްގިޝް ތިބީ އޮލަ ވާހަކައެއްގައެވެ. ތުގާގެ އިތުރުން ޕާރޓީގައި ތިބި ހުރިހާ މެހެމާނުން ސިއްސައިގެން ދިއައީ ކަރަންޓުގޮސް، މުޅިތަން އަނދިރިވުމުންނެވެ. ************ ”ޒުނާރު…ކީތްވެ ލައިޓުތައް ދާންވީ؟ ގޮސް ބޯރޑު ޗެކު ކޮއްބަލަ” ނޯކަރު މީހާގެ ގާތުގައި އުޒާމް ބުނެލީ ކުއްލިއަކަށް ކަރަންޓު ދިއުމުން ކަންބޮޑުވެ ހުރެއެވެ. ގިނަ މެހެމާނުން ފޯނުން ބައްތި ޖައްސައިގެން ތިބި އިރު، އޭޒެޑްގެ ހަފުލާއެއްގައި […]
ދޮރާއި ދިމާލަށް ހިނގައިގަތް ތުގާގެ ފިޔަވަޅުތައް މަޑުޖެހިލީ އޭނާގެ ލޮލުގައި އަޅައިގަތް އެއްޗެއްގެ ސަބަބުންނެވެ. ތިރިވެ މުށިތައް މަތީގައި އޮތް އެ އެތި ނަގަމުން ތެދުވެ އިވާންއާއި ދިމާލަށް ތުގާ އެނބުރިލިއެވެ. ”ވާން…މީ ކާކުގެ އެއްޗެއް؟” ތުގާގެ ސުވާލަށް އިސްހިލާލަމުން ތުގާއާއި ދިމާލަށް ބަލާލި އިވާންއަށް ކޮއްޅަށް ތެދުވެވުނީ ތުގާ ހިފަހައްޓައިގެން ހުރު އެތި ފެނުމުންނެވެ. ************ ކަޅު ކުލައިގެ މާރސިޑީސް ކާރު މަޑު ކޮއްލީ ހުޅުމާލޭގެ މީހުން ނޫޅޭ ސަރަހައްދެއްގައެވެެ. ކާރުގެ ދޮރު ހުޅުވާލުމަށްފަހު ނިކުތް […]
ގޮނޑިއާއި ދިމާލަށް ހިނގައިގަތް ނޫރް ސިހުނީ އޭނާގެ އަތުގައި ހިފައި ފާރާއި އޭނާއާއި ދޭތެރޭގައި އިވާން ނޫރް ހައްޔަރު ކޮއްލުމުންނެވެ. އޭރު އިވާންގެ އެ ކަޅުކަން ގަދަ ތޫނު ކަޅި ނޫރްގެ މޫނަށް އަމާޒުވެފައި ހުރި އިރު އެ ދެމެދުގައި ކައިވަތެއްހައި ދުރުމިން ވެސް ނެތެވެ. ނޫރްގެ ސިހުރެއް ފަދަ ދެލޮލުގައި ވީ އިންތިހާ ނަފްރަތާއި އިވާން ފުން ދެލޮލުގައިވީ ރުޅިވެރިކަން އެމެދުގެ ދުރުމިން ކުޑަކޮއްފިއެވެ. ************ ”ކިހިނެއްވީ؟ ގޮތް ހުސްވެ، ކުރެވޭނެ ކަމެއް ނެތި އެއްވެސް […]
ލަސް ކުރަން ނަހަދާ އޮފީހަށް ދިއުމަށް އިވާން ވެސް މިސްރާބުޖެހިއެވެ. އޮފީހަށް ދެވުމާއި އެކު ލިފްޓަށް އަރައި ސާދަ ވަނަ ފަންގިފިލާއަށް ދިއުމަށް އިވާން އަވަސްވެގަތެވެ. ސާދަ ވަނަ ފަންގިފިލާއަށް ލިފްޓުހުއްޓުމާއި އެކު ގޮސް އޭނާގެ ކެބިންގެ ދޮރު ހުޅުވާލާ ވައިތް އިވާންގެ ނިތައް ރޫ ޖަމާވެ ދެލޯ ބޮޑުވެގެން ދިއައީ އޭނާގެ ގޮނޑީގައި އިށީނދެލައިގެން އިން މީހާ ފެނުމުންނެވެ. ************** ”ނޫރް” އޭނާގެ ގޮނޑީގަ އިށީނދެލައިގެން، މާނަ ފުން ހިނިތުންވުމެއް ވެރި ކުރުވައިގެން އިން […]
ޕްލެޓިނަމް ރެސިޑެންސްގެ ކުރިމައްތީގައި ކާރު ޕާރކު ކޮއްލުމަށް ފަހު އައިމަން ގޮސް އެ އިމާރާތުގެ ތެރެއަށްވަނީ، ލައިގެން ހުރި އަޅި ކުލައިގެ ހުޑީގެ ހުޑް ބޮލުގައި އަޅާލަމުންނެވެ. ލިފްޓަށް އަރައި ހަތަރު ވަނަ ފަންގިފިލާއަށް އޮއްބާލުމަށްފަހު އައިމަން ފުން ނޭވާ އެއް ދޫކޮއްލިއެވެ. ލިފްޓު ހުއްޓުމާއި އެކު އެ ބޮޑު ގޯޅިގަނޑުގެ ތެރެއަށް އައިމަން ނަޒަރު ހިންގާލިއެވެ. ހަތަރެއް ބީ ފެނުމުން ގޮސް އެ އެޕާރޓްމެންޓުގެ ދޮރު ކުރިމަތީގައި ހުއްޓިލަމުން ބެލްއަޅާލީ ތެޅި ތެޅި އޮތް ހިތަކާއި […]
“މާޒީހަނދާންކޮށް ކުރާ އިންތިޒާރެއްގެ ނިމުމެއް ނާންނާނެ…ދިގުލައިގެންދާ އިންތިޒާރު ވޭން ނޫން އެހެން އެއްޗެއް ނުދޭނެ” ކުރިމަތިން އިވުނު އަންހެންވަންތަ އަޑު އައި ދިމާލަށް ބަލާލުމަށް އިވާން އިސް ހިއްލާލީ ޝައުގުވެރިކަމާއި އެކީގައެވެ. އެ އަންހެން ކުއްޖަކު އެ ބުނި ބަސްތަކުގެ މާނަ ފުންވެ އޭނާގެ ހާލަތާއި ގުޅޭތީ އެވެ. ލައިގެން ހުރި އަތް ދިގު ކަކުލަށް ވުރެން ތަންކޮޅެއް މައްޗަށް ދާ ގަދަ މެރޫން ކުލައިގެ ހެދުން އެ އަންހެންވަންތަ ލޫޅާފަތި ހަށިގަނޑުގައި ހިފާލާފައި ހުރި އިރު، […]