ލޯތްބައްޓަކައި(28ވަނަ ބައި)
ޑައިރީގެ އަނެއްބައި ނުކިޔައި ނިކްޔަން އެ ނިންމި ނިންމުމުގެ ސަބަބުން ކިތަށް ދިރިއުޅުމަށް އަސަރު ކުރާނެ ބާއެވެ؟ ފަލަކްގެ އަތުން ނިކްޔަން ބީވެގެން ހިނގައިދާނެ ބާއެވެ؟
ޔަނާ ގެއަށް ނައިސް ލަސްވުމުން ސިޓިން ރޫމުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ވަރުދާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިއައީ މީގެ ހަތްއަހަރު ކުރިން ޔާފިއު ގެއަށް ނައިސްގެން އުޅެންޖެހުނު ރެއެވެ. ސިކުނޑިއަށް ވެރިވަމުންދިޔަ ގޯސް ހިޔާލުތަށް އެއްފަރާތްކުރަން މަސައްކަތް ކުރަމުން، ވަރުދާ ގޭގެ ގޯތިތެރެއަށް ނިކުމެ ޖޯލިފަތީގައި އިށީނދެލިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ދޮރާއި ދިމާލަށް ނަޒަރުހިންގާލި ވަރުދާއަށް އިން ތަނުން ކޮއްޅަށް ތެދުވެވުނީ ގެއަށް ވަދެގެން އައި ޔަނާއާއި އާލިމް ފެނުމުންނެވެ. އެދެމީހުންގެ ގުޅުވާލެވިފައިވާ ދެ އަތްތިލަ ފެނުމުން ޔަނާއާއި ދިމާލަށް ވަރުދާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
”ދައްތާ، އަހަރެން ބޭނުން ޔަނާއާ ކައިވެނި ކުރަން” ހެނދުނު ހޭލައިގެންއައިސް ސައިބޯންއިން ޔަނާގެ ހަނދާނަށްއައީ ރޭ އޭނާގެ މަންމަގާތުގައި ކައިވެނީގެ ވާހަކަ އާލިމް ބުނިހިނދު ކަންތައް ވީގޮތެވެ. އެ މަންމަގެ މޫނުމަތިން އޭނާއަށް ފެނުނު އުފާވެރިކަމެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ވަމުންދާތީ ޔަނާ އިނީ ހިތްހަމަޖެހިފައެވެ. ދެން އޮތީ އާލިމްގެ މާމަގެ ހުއްދަ ހޯދުމެވެ. ނަމަވެސް ހިތުގެ ކަނެއްގައި ބިރުވެރިކަންވެސް ވިއެވެ. އޭނާއަށް މި ފެންނަމުން ދަނީ ރީތި ހުވަފެނެއް ހެއްޔެވެ. އެހެންކަމަށްވާނަމަ ނިދިން ހޭލާކަށް އޭނާ ބޭނުމެއް ނޫނެވެ. ތުނބުގައި ޖަހައިގެން އިން ކޮފީ ޖޯޑު ތިރިކޮއްލަމުން ޔަނާ އޭނާގެ އަތްތިލައިގެ ހުދު ހަންގަނޑުގެ ތެރެއަށް އަތުގެ ނިޔަފަތިތައް ހަރާލިއެވެ. ވީ ތަދާއިއެކު ޔަނާގެ މޫނުމައްޗަށް ރީތި ހިނިތުންވުމެއް ވެރިވެގެން ދިއައެވެ. އޭނާގެ ދިރިއުޅުމުގައި ހިނގަމުންމިދާ ކަންތައްތަކަކީ ހުވަފެއްނެއް ނޫން ކަން ކަށަވަރު ވުމުންނެވެ.
”ހޫން ދެން އިނދޭ ތިހެން އިޝްކުގަ ޖެހިފަ….ކައިވެންޏެއް ކުރަން އުޅޭއިރު ހާދަ ގިނަ މަސައްކަތެއް އެބަހުއްޓޭ….ތިހެން އިނދެގެން ނުވާނެ ދޯ” ވަރުދާގެ އަޑުއިވުމާއިއެކު ޔަނާއަށް ގޭގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. ލާނެއް ހިނިތުންވުމެއް މޫނު މައްޗަށް ވެރި ކޮއްގެން ވަރުދާ ހުރި އިރު، އޭނާގެ އަތުގައި އޮތް އިލޮށިފަތި ފެނުމުން އެއައީ ގޯތި ތެރެ ކުނިކަހާފައިކަން ހާމަވެއެވެ. “މަންމަ ނުޖެހޭނެއޭ އެއްވެސް މަސައްކަތެއް ކުރާކަށް….އާދެބަ މިތާ އިށީންނަން” އިން ތަނުން ތެދުވެގެން ގޮސް ވަރުދާގެ ކޮނޑުގައި ހިފައި ސޯފާގައި ބައިންދަމުން، ޔަނާވެސް އޭނާގެ މަންމަގެ ކައިރީގައި އިށީނދެލިއެވެ. އަދި ވަރުދާގެ ކޮނޑުގައި ބޯއަޅާލަމުން އަނެއް އަތުން ވަރުދާގެ ގައިގަ ބައްދާލިއެވެ. “ދަރިފުޅާ…” ވަރުދާ ގޮވާލުމާއިއެކު ބޯ ހިއްލާލަމުން ޔަނާ ވަރުދާއާއި ދިމާލަށް ބަލާލިއެވެ. “އިނގޭތަ….މަންމަ ދަރިފުޅުގެ ބައްޕަޔާ ކައިވެނި ކުރަން އެއްބަސްވީއިރު މަންމަޔަކަށް ނޭނގެ އެއީ ކާކު ކަމެއް، ކީތްކުރާ މީހެއް ކަމެއް…އެކައްޗެއްވެސް…ކާފަ އައިސް މީނަޔާ އިންނާށޭ ބުނީމަ އިންކާރު ކުރަންނުކެރިގެން ކައިވެނި ކުރީ” ވަރުދާ އޭނާ އާއި އޭނާގެ ފިރިމީހާގެ ކައިވެނީގެ ވާހަކަ ޔަނާއަށް ކިޔާދިނެވެ.
“އެކަމަކު މިއަދު ދަރިފުޅުމެން ކައިވެނިކުރަން ތިއުޅެނީ އެކަކު އަނެކަކު އިނގި ދަސްކުރުމަށްފަހު….މަންމަ ބުނަން ބޭނުންވަނީ، ކައިވެންޏަކީ ވަރަށް މަތިވެރި ގުޅުމެކޭ….ކައިވެނީގެ އެންމެ މުހިންމު ތަނބަކީ ލޯތްބޭ ދަރިފުޅުމެން ހީކޮއްފާނެ…އެކަމަކު ކައިވެންޏެއްގަ އެންމެ ބޮޑު ދައުރެއް އަދާ ކުރާނީ އިތުބާރު….އެކަން ހަނދާން ބަހައްޓާތި….އިތުބާރަކީ ލޯތްބައް ވުރެންވެސް އުނދަގުލުން ހޯދޭ އެއްޗެއް….އަދި ހަމަ އެހާ އަވަހަށް އަތުން ބީވެގެން ހިނގައިދާނެވެސް އެއްޗެއް…. ދަރިފުޅުގެ ފިރިމީހާޔަށް ދަރިފުޅު އިތުބާރުކުރަން ވާނެ….އަދި އޭނަ ދަރިފުޅަށްވެސް އިތުބާރު ކުރަން ޖެހޭނެ….ކައިވެންޏަކަށްފަހު ދިރިއުޅުމުގަ ދިމާވާ ކޮންމެ ކަމެއް ތިމާގެ ބައިވެރިޔާއާ އެއްވެސް ބިރަކާ ނުލާ ހިއްސާ ކުރެވޭ ވަރަށް ދެމީހުންގެ ދެމެދުގަ އިތުބާރު އޮންނަން ވާނެ…ލޯބިން އުޅެން ބޭނުންނަމަ އެކަކު އަނެކަކަށް ބަރޯސާ ވެގެން އުޅެވޭނީ…..ކުރިމަތިވާ އަޑިތަކާ އުސްތަކުގަ އެކަކުއަނެކަކުގެ ހިތްވަރައް ވާންވާނެ….” ވަރުދާގެ ނަސޭހަތް ކަނުލާ އަޑުއަހަން ޔަނާ އިން އިރު އެ މަންމަގެ ދެލޮލުން ކަރުނައިގެ އަސަރު ޔަނާއަށް ފެނުނެވެ. “މަންމާ….ތިއުޅެނީ އަހަރެން އެއްކޮން ފޮނުވާލަންވެގެންތަ؟” ތުންކޮޅުދަމާލަމުން ޔަނާ އަހާލުމާއިއެކީ ވަރުދާގެ ހުނުމުގެ އަޑު އިވިގެން ދިއައެވެ.
ސްޓަޑީގެ މޭޒުކައިރީ ހުރި ގޮނޑީގައި އާލިމް އިށީންދެލައިގެން އިން އިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ، އޭނާގެ މުށުތެރޭގައި އޮތް ކަޅުމިނާ ތަކެއްލީ އަތުގައި އަޅާ އެއްޗަށެވެ. މަޒީގެ ސޮފްހާތައް ލޮލު ކުރިމަތީގައި ސިފަވާން ފެށުމުން މޭޒުމަތީގައި ހުރި މުށި ކުލައިގެ ކުޑަ ފޮށި ހުޅުވާލުމަށްފަހު، އެ އަތުގައި އަޅާއެތި އެ ފޮށީގެ ތެރެއަށްލައި އާލިމް އެ ފޮށި ލައްޕާލިއެވެ. “ސަރ…މިއޮތީ ވެނިއު ތަކުގެ ލިސްޓާ…މެހެމާނުންގެ ލިސްޓު….ޗެކް ކޮއްލާފަ އަޅުގަނޑަށް ގޮވާލާ” ސްޓަޑީގެ ތެރެއަށް ވަދެގެން އައި ކައިލާންގެ އަޑު ޖެހުމާއި އެކު އިށީންދެގެން އިން ގޮނޑިން ތެދުވެ ކައިލާންގެ އަތުގައި އޮތް ފޮތުގައި އާލިމް ހިފިއެވެ. މެހެމާނުންގެ ލިސްޓު ޗެކު ކޮއް ނިންމާލުމަށްފަހު އާލިމް ގޮނޑީގައި ލެގިލަމުން ދެލޯ މަރާލިއެވެ.
* “އޭ މި ހިންދީ ފިލުމު ތަކުގަ ހާދަ ކުޅިވަރެއް އޮވެޔޭ ދޯ ކައިވެންޏެއް ކުރެވެންޏާ ވެސް….” ކައިރީގައިއިން ނިކްޔަން އާއި މުހާތަބު ކޮށް އާލިމް ވާހަކަ ދެއްކިއެވެ. ނިކްޔަންގެ ކޮޓަރީގައި ދެމީހުން ތިބީ ހިންދީ ފިލްމެއް ބަލާށެވެ. “ކައެ ހާސް ކަނޑާލާ…ކައެގެ ޝާދީ އޮންނަ ދުވަހަކުން މަވެސް ދާނަމޭ ރީނދޫ ގޮއްޓެއް ހިފައިގެން ކައެގެ ގައިގަ އުނގުޅަދޭން” ހިނިގަނޑެއް ޖަހާލަމުން ނިކްޔަން ޖަވާބު ދިނެވެ. “އޭ މަ ބޭނުން ބޮޑު ބާރާތެއްވެސް…ކައެ ހުންނަންވާނެ އެންމެ ކުރީގަ ނަށަން” ނިކްޔަންގެ ސަމާސާގައި ބައިވެރިވެލަމުން އާލިމް ވާހަކަ ދެއްކިއެވެ. އެ ދެމީހުންގެ ދެމެދުގައި އޭރު އޮތީ ވަރުގަދަ އެކުވެރިކަމެކެވެ. ނަމަވެސް، ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަށް ލޮޅުން އަރައިގެން ދިއައީ، އާލިމްގެ ދިރިއުޅުމަށްއައި ތޫފާނާއި އެކުގައެވެ.
އެއީ އުލްފާ ނިޔާވުމުގެ އެއްދުވަސް ކުރިއެވެ. ސުކޫލުގެ ފަރާތުން ޓީޓީ ކިޔަވާ ގުރޭޑު ދިހައެއްގެ ކުދިންނަށް އޮތް ކޭމްޕް އަކަށް ޕެރެޑައިސް ރިސޯޓަށް ދާން ފުރުސަތު ލިބުމުން އާލިމް ނިކްޔަން ހަމްދާން އަދި ލޫތު ވެސް ތިބީ ނުހަނު އުފަލުންނެވެ. ސަކަރާތް ޖަހާލާ މަޖާ ކޮއްލާނެ ފުރުސަތެއް ލިބޭނެ ތީއެވެ. ހެނދުނު ރިސޯޓަށް ދެވުމާއިއެކު ފުރަތަމަވެސް އޮތީ ހެނދުނުގެ ސަޔެވެ. އެއަށްފަހު ކުދިންނަށް އެކުދިން ތިބެން ކަނޑައަޅިފައިވީ ކޮޓަރި ތައް ދެއްކުމުގެ މަސައްކަތް ކުރިޔަށް ދިއައެވެ. ޓީޓީ ކިޔަވަނީ އެންމެ ފަނަރަ ވަރަކަށް ކުދިން ކަމުން ކޮންމެ ދެކުއްޖަކަށް ކޮޓަރިއެއް ލިބުނެވެ.
ނިކްޔަންއާއި އާލިމްއާއި ދެމީހުނަށް އެއްކޮޓަރި ލިބުމުން އަވަހަށް ދަބަސްތައް ކޮޓަރީގައި ބެހެއްޓުމަށްފަހު ދެމީހުން ވެސް އަވަސްވެގަތީ ރިސޯޓުތެރެ ބަލައިލާން ދާށެވެ. އޭނާގެ ފޯނުގައި ޗާރޖު ނެތުމުން އާލިމް ފޯނު ޗާރޖަށް ޖެހުމަށްފަހު ކޮޓަރީގައި ބޭއްވީއެވެ. ރަށުތެރެ ބަލައި ނިމުމުން ދެން އޮތީ ލެސަން ގަޑިއެކެވެ. ދެގަޑީރުގެ ލެސަން އަށްފަހު މެންދުރުގެ ކެއުމަށް އިންސާފު ކުރެވުނެވެ. ކައި ނިންމައިގެން އާލިމް ލޫތް އަދި ހަމްދާން ޕޫލްއަށް އެރިލަން ދިއުމުން އިރުކޮޅަކުން އެބަ އަންނަން ކަމުގައި ބުނެ ނިކްޔަން އެމީހުންގެ ކޮޓަރިއަށް ދިއައީ އޭނާގެ ކެމެރާ ބަލައެވެ.
ކޮޓަރިއަށް ވައިން ނިކްޔަންގެ ކަންފަތުގައި ފުރަތަމަ ވެސް ޖެހުނީ އާލިމްގެ ފޯނުގެ ރިންގުގެ އަޑެވެ. ޗާރޖަށް ޖަހާފައި އޮތް ފޯނު ނަގައި ބަލާލަމުން ނިކްޔަން ފޯނު ނެގީ މާމަ މިހެން އަރާފައި އިނުމުންނެވެ. “އާލް….އާލް…..ދަރިފުޅާ އަވަހަށް އާދޭ….ދަރިފުޅުގެ މަންމަ ގެއިން ނިކުމެގެން ގޮއްސި….މާމަ ނަމާދަށް ހުއްޓާ….ބައްޕަވެސ ގެޔަކު ނެތް….ދަރިފުޅު…” ފޯނު ކެނޑުމުން ނިކްޔަން ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އެވަގުތު އަނެއްކާވެސް އާލިމްގެ ފޯނު ރިންގުވާން ފެށިއެވެ. “ހަލޯ” ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ނިކްޔަން ވާހަކަދެއްކިއެވެ. “ހަލޯ އާލް” ހަނީފްގެ އަޑު އިވުމުން ނިކްޔަންއަށް އެއީ އާލިމްގެ ބައްޕަކަން ދެނެގަނެވުނެވެ.
”ބޭބޭ އަޅުގަނޑު މީ ނިކްޔަން….އާލް ވީ ބޭރުގަ….ފޯނު އާލްއަށް ގެންގޮސްދޭންވީ ތޯ؟” އަދަބުވެރިކަމާއި އެކު ނިކްޔަން އަހާލިއެވެ. “ނޫނޭ… ހެހެހެ…ބޭބެ މި ގުޅާލީ އާލް އުޅޭ ގޮތެއް ބަލާލަން ވެގެން ހަމަ….އާލްގެ ގެއިން މާމަ ނޫނީ މަންމަގެ ފޯނެއް އަޔަސް އާލް ކައިރީ ނުބުނައްޗޭ އިނގޭ….ބޭބެ ބޭނުންވަނީ މި ދެދުވަހު އާލް އންޖޯއީ ކުރަން ޗާންސް އެއްދޭން….” ހަނީފްގެ އެދުމަށް އެއްބަސްވަމުން ނިކްޔަން ފޯނު އޮތްތާގައި ބޭއްވުމަށްފަހު އަނބުރާ ޕޫލްއަށް ދިއައެވެ. އޭނާއަށް ނުވިސްނުނީ ހާޖަރާ އެ ގުޅީ ކިހާ މުހިންމު ކަމަކު ކަމެވެ. އަދި ހަނީފް އޭނާ ކައިރީ އެކަމެއް ސިއްރު ކުރަން އެންގީ ކީއްވެކަމެވެ.
ހާޖަރާގެ ފޯނު ކޯލުގެ ވާހަކަ ނިކްޔަން އާލިމް ކައިރީ ނުބުނީ ހަނީފް އެދުނު ފަދައިން އާލިމްއަށް މަޖާ ކޮއްލާނެ ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. ނަމަވެސް، ހަމަ އެދުވަހު އުލްފާ އެކްސިޑެންޓުވެ މަރުވުމުގެ ހަބަރު ލިބުމުން ނިކްޔަންއަށްވެސް ލިބުނީ ބޮޑު ޝޮކެކެވެ. އެ ހަބަރު ލިބުމާއި އެކު އާލިމްއާއި އެކު ނިކްޔަންވެސް މާލެ ދިއައެވެ. ހާޖަރާގެ ފަރާތުން އެ ދަނޑިވަޅުގައި އޭނާ އާލިމްއަށް ގުޅި ކަމާއި އަދި ފޯނު ނެގީ ނިކްޔަން ކަން އިނގުމުން އާލިމްގެ ހިތުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާއާއި މެދު ޝަކުވާތައް ފުނިޖެހުނެވެ. އަދި ނިކްޔަން އޭނާގެ ގާތުގައި އެވާހަކަ ނުބުނީ ހަނީފްގެ އެދުމަށް ކަން އިނގުމުން ނިކްޔަންއަށް އާލިމް ކުރަމުން އައި އިތުބާރު އެކީހެން ފުނޑު ފުނޑުވިއެވެ.
އެހައި މުހިންމު ވާހަކައެއް ނިކްޔަން އޭނާއަށް ސިއްރު ކުރީތީއެވެ. އެވެސް ހަނީފްގެ އެދުމަށެވެ. އޭރުވެސް އާލިމްއާއި ހަނީފްގެ ގުޅުން އޮންނަނި ހީނަރު ވެފައެވެ. ހަނީފްއާއި ހިލޭ އަންހެނަކާއި ގުޅުން އޮންނަކަން އާލިމްއަށް އިނގުނު ހިސާބުންނެވެ. ނަމަވެސް އުލްފާގެ މަރުގެ ހިތާމައާއި އެކު އެންމެ ގާތް އެކުވެރިޔާގެ ފަރާތުން އެފަދަ ކެހިވެރި އަމަލެއް ފެނުން ވެގެންދިއައީ އާލިމްގެ މިޒާޖަށް ބަދަލުއައުމަށް މެދުވެރިވި ސަބަބަށެވެ. އޭނާގެ އާއިލާއާއި ހަނީފްއާއި ބެހޭ ހުރިހާ ކަމެއް އިނގިހުރެ ނިކްޔަން އޭނާއަށް އެކަން ސިއްރު ކުރުމުންނެވެ. އެތައް ފަހަރަކު ނިކްޔަން އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމާއި، އެއް އިރެއްގައިވެސް އާލިމްއަށް ކަމެއް އޮޅުވައިލާން އޭނާ މަސައްކަތް ކޮއްފައި ނުވާނެ ކަމަށް ބުނި ނަމަވެސް އެވަގުތު އާލިމް ހުރީ އެވާހަކަތައް ގަބޫލު ކުރެވޭނެ ފަދަ ހާލެއްގައެއް ނޫނެވެ. އެދުވަހު އާލިމްއަށް އޭނާގެ މަންމައާއި އެކީ އެންމެ ގާތް އެކުވެރިޔާވެސް ގެއްލުނީއެވެ.*
ދެލޯ ހުޅުވާލަމުން އާލިމް އިން ގޮނޑިން ތެދުވެ އޭނާގެ ކަޅުކުަލައިގެ އިސްތަށިކޮޅުގައި އަތްފުނާ އަޅާލިއެވެ. އެދުވަހު އޭނާ ނިކްޔަންއަށް އިތުބާރު ކުރިނަމަ މިއަދު ނިކްޔަން އޭނާއާއި އެކުގައި ހުރީސް ކަން ޔަޤީނެވެ. ނަމަވެސް……
ގެއަށް ވަދެގެން އައި ފަލަކްއާއި ގޭތެރެއިން ބައްދަލު ކުރީ ހިމޭންކަމެވެ. ސިޓިން ރޫމުގެ ސޯފާގައި އިށީނދެލަމުން އަތްދަބަހުން އޭނާގެ ފޯނު ނަގައި ފަލަކް ނުހާއަށް ގުޅާލިއެވެ. ނުހާ ފޯނު ނުނެގުމުން އަދިވެސް ނުހާގެ ކުލާސް ނުިމެނީކަމަށް ބަލައި ކޮޓަރިއަށް ދާން ތެދުވި ފަލަކްއަށް ހުއްޓިލެވުނީ ސިޑިން ފައިބައިގެން އައި ނިކްޔަން ފެނުމުންނެވެ. އެހެންޏާ މިވަގުތު އޮފީހުގައި އުޅޭ ނިކްޔަން މިއަދު ގޭގައި ކީތް ކުރަނީ ބާއޭ ފަލަކްގެ ހިތައްއެރިއެވެ. މިލާފައިވާ ނިކްޔަންގެ މޫނުމަތި ފެނުމުން ފަލަކްގެ ހިތަށް ގޮތެއް ވެގެން ދިއައެވެ. “ޔަން…..އޮފީހަކަށް ނުދަންތަ؟” ފަލަކްގެ ސުވާލު ނިކްޔަންއަށް އަޑު އިވުނު ހެނެއް ހީއެއް ނުވެއެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ސީދާ ފަލަކްގެ ދެލޮލަށެވެ. އެ ވިލު ނޫކުލައިގެ ދެލޮލުން އެއްޗެއް ދޭހަ ކުރަން އުޅޭ ފަދަޔަކުންނެވެ.
”ތައްޔާރުތަ؟” ނިކްޔަންގެ ސުވާލާއި އެކު އެއްޗެއް ދެނެނުގަނެވޭ ހާލު ފަލަކް ނިކްޔަންއާއި ދިމާލަށް ބަލާލިއެވެ. އެ ބަރު ފިރިހެންވަންތަ އަޑުގައި ތަފާތުކަމެއް ވީކަން ފަލަކްއަށް އިހުސާސް ވިއެވެ. “ތައްޔާރު؟؟ ކީތްކުރަން؟” ފަލަކް އަހާިއެވެ. “އަހަރެންގެ މެސެޖެއް ނުފެނޭތަ؟” ނިކްޔަން ބުނެލުމާއި އެކު އަތުގައި އޮތް ފޯނު ޗެކު ކުރުމަށް ފަލަކް އަވަސްވެގަތެވެ. ޑިއުޓީގައި އުޅޭއިރު އޭނާ ފޯނުގައި އަތް ނުލާތީ މެސެޖެއް އަޔަސް ނޭނގެނީއެވެ. “ވީ އަރ ގޮއިންގް ބެކް ޓު މޯލްޑިވްސް..” ފޯނު ހުޅުވާލި ފަލަކްއަށް ހުއްޓުން އެރީ ނިކްޔަން ބުނެލި ޖުމްލައިގެ ސަބަބުންނެވެ. ދެލޯ ބޑު ކޮއްލަމުން އޭނާ ނިކްޔަންއާއި ދިމާލަށް ބަލާލި ނަމަވެސް އެ ފުން ދެލޮލާއި ހިތްގައިމު މޫނު މައްޗަކުން އޭނާއަކަށް އެއްވެސް އަސަރެއް ނުފެނުނެވެ.
ރާއްޖެ ދާ ވާހަކަ އިނގުނީއްސުރެން ނުހާގެ މޫނުމަތީގައި އެހެންޏާ ނުފެންނަ ރީތި ހިނިތުންވުމެއް ވާކަން ފަލަކްއަށް ފާހަގަ ކުރެވުނެވެ. ނުހާގެ މުށި ކުލައިގެ ދެލޮލުގައި ވީ ވިދުމުން ވެސް އޭނާ އަނބުރާ ރާއްޖެ ދާން ބޭނުންވެފައި ހުރި މިންވަރު ހާމަވެއެވެ. ނުހާގެ ހިނިތުންވުން ފެނި ފަލަކްއަށްވެސް ހިނިތުން ވެވުނެވެ. ނަމަވެސް ކުއްލިއަކަށް ނިކްޔަން ރާއްޖެ ދާން ނިންމީ ކީއްވެ ބާއޭ ފަލަކްގެ ހިތަށް އަރަމުން ދިއައެވެ. އަދި ނިކްޔަންގެ މޫނުމަތިން މޮޅިވެރިކަން ފެންނަނީ އްވެ ހެއްޔެވެ.
ގޭ ދޮރުމަތީގައި ހުރި ޔަނާ އިރު އިރު ކޮޅާ މަގުގެ ދެފަރާތް ބަލާަލައެވެ. މޫނުމަތިންވެސް އޭނާ ނުތަނަވަސް ވަފައި ހުރި މިންވަރު ހާމަވެއެވެ. ލައިގެން ހުރި ގަޔައް ދޫ ކަކުލާއި ހަމަޔަށް އަންނަ މެރޫން ކުލައިގެ ހެދުމާއިއެކު ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު، ތުންފަތުގައި ޖައްސާފައި ހުރި މަޑު ރަތް ކުލަ ފިޔަވައި އެހެން އެއްވެސް މޭކްއަޕެއް އެ ދޮންމޫނަކު ނެތެވެ. އެ ހިމަ ގޯޅީގެ ކުރިމައްޗައ މަޑު ކޮއްލި ކަޅުކަލައިގެ ކާރު ފެނުުމުން ޔަނާގެ މޫނުމައްޗައް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
ޔަނާ އައިސް ކާރަށް އެރުމާއި އެކު އާލިމް ކާރު ދުއްވާލިއެވެ. ޔަނާ މާ މަޑުން އިންނަ ކަން ފާހަގަ ވީ ނަމަވެސް ހަވީރުގެ ވަގުތައްވެފައި މަގުމަތީގައި ކާރު ބާރު ބޮޑުކަމުން އާލިމްއަށް ޔަނާއާއި ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ތިރީހަކަށް މިނެޓައްފަހު ކާރު ގޮސް މަޑުކޮއްލީ ދެބުރީގެ ރީތި ގެއެއްގެ ކުރިމަތީގައެވެ. ކާރު ގަރާޖައް ވެއްދުމައް ފަހު ޔަނާގެ އަތުގައި ހިފައިގެން ގޭތެރެއަށް ދާން އާލިމް ހިނގައިގަތެވެ. ގޭގެ ދޮރު ކުރިމަތީގައި މަޑުކޮއްލުމަށްފަހު އާލިމް ޔަނާއާއި ދިމާލަށް އެނބުރިލިއެވެ. “ހާދަ ހާސްވެފަ….މާމަ ޔަނާ ކައެއް ނުލާނެޔޭ…. އެނޫނަސް އެއްކަލަ ދުވަހު ވެސް މާމަ އުޅުނޭ ޔަނާ ކަމުގޮސްގެން” ޔަނާ ނުތަނަވަސް ވެފައި ހުރިކަން އިނގުމުން އާލިމް ވާހަކަދެއްކިއެވެ. “އާލް އަބަދުވެސް ހުންނާނަން ދޯ ޔަނާ ކައިރީ؟ ފޯރއެވަރ…ޕްރޮމިސް؟” މައުނަވީ ގޮތަކަށް އާލިމް އާއި ދިމާލަށް ބަލާލަމުން، ޔަނާ އަހާލި އިރު އެ ދެލޮލުގައި ވަނީ އުންމީދެވެ. “ޝަރުތެއްގެ މަތިން….ޔަން ވެސް އަހަރެންނާ ހަމަ ތި ސޭމް ޕްރޮމިސް ކުރަން ވާނެ” އާލިމް އޭނާ ބޭނުންވާގޮތް ބުނެލުމުން ޔަނާގެ މޫނު މައްޗައް ލުއި ހިނިތުންވުމެއް ވެރިވިއެވެ. “އައި ވިލް ނެވާރ ލީވް ޔުއަރ ސައިޑް…އަބަދުވެސް އާލްގެ ކައިރީގަ ހުންނާނަން” ސާބިތުކަމާއި އެކީ ޔަނާ ބުނެލިއެވެ. މާނަ ފުން ހިނިތުންވުމަކުން ފުއްދާލަމުން ޔަނާގެ އަތުގައި ހިފާލައިގެން ހުރެ އާލިމް އެތެރެއަށް ވަނެވެ.
ހާޖަރާގެ ފަރާތުން ޔަނާއަށް ފެނުނީ ކުރިންވެސް ފެނުނު ހިތްހެޔޮކަމާއި އެކުވެރިކަމެވެ. އާލިމް އޭނާގެ ދިރިއުޅުމުގައި ކުރިއަށް ދާން ނިންމީތީ އުފަލުން ހުރި ހާޖަރާ އިތުރައް ހިތްހަމަޖެހުނީ، އާލިމްގެ ހޮވުމަކީ ޔަނާ ކަން އިނގުމުންނެވެ. ޔަނާ އެގެޔަށް ފުރަތަމަ އައި ދުވަހުންސުރެވެސް އޭނާއަށް ޔަނާ ވަރަށް ކަމުދެއެވެ. ކައިވެނީގެ ކަންކަން މަޝްވަރާކުރުމުގައި އެތައް އިރަކު ތިބުމަށްފަހު، އާލިމް ކުއްލިގޮތަކަށް އޮފީހައް ދާންޖެހިގެން ދިއުމުން ގެއަށް ދާން ޔަނާ ނިކުތީ އެކަންޏެވެ.
ހިނގާލައިފައިދާން ޔަނާ ބޭނުންވީ، ދެތިން ފިހާރަޔަކަށްވެސް ވަދެލަން ޖެހޭތީއެވެ. މަޖީދީ މަގުގެ ފިހާރަޔަކަށް ވަނުމައްފަހު ނިކުތް ޔަނާ، މަގުގެ އަނެއް ފަޅިޔަށް ދާން ހިނގައިގަތީ ކަފިހި ހުރަސް މަތިންނެވެ. ކުރިމަތިން އައި ބޮޑު ޕިކްއަޕު ފެނުމުން ގަނޑުވެފައި ހުރި ޔަނާ ވިއްސައިގެން ދިއައީ އެ ޕިކަޕު އައިސް އޭނާގެ ގައިގައި ޖެހުމާއި އެކީގައެވެ.
އަތުގައި ހުރި ކޮތަޅުތައް ދުރައް ވިއްސައިގެން ދިއައިރު ޔަނާ ގޮސް ޖެހުނީ ފާރކު ކޮއްފައި ހުރި ސައިކަލު ތަކުގައެވެ. ބިންމައްޗއް ވެއްޓުމާއި އެކު ބޯފަޅައިގެން ގޮސް ލޭތައް އޮހިގަތެވެ. މަގުމަތީގައި ތިިބި މީހުން ޔަނާގެ ކައިރިޔަށް އެއްވެ އެންބިއުލައިންސަށް ގުޅިއިރު، މަޑުމަޑުން ގޮސް ޔަނާގެ ދެލޯ އެކީހެން މެރިއްޖެއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގެ ދޮރު ކުރިމަތީގައި ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އާލިމްގެ މޫމަތީގައި ވަނީ ބަޔާން ކުރަން ދަތި އަސަރު ތަކެކެވެ. ޔަނާ އެކަނި ގެއަށް ދާން ދޫކޮއްލާފައި އޭނާ އޮފީހަށް ދިއައީތީ އަމިއްލަ ނަފްސު ދެކެ އާލިމް ރުޅިއައެވެ. މިއަދު އެމީހެއްދެކެ އޭނާ އެންމެ ލޯބިވާ މީހާ މަރާއި ހަނގުރާމަ ކުރަމުން ދާއިރު، އާލިމްގެ ހިޔާލައް އައީ މީގެ ހަތް އަހަރު ކުރިން ހަމަ މިފަދަ އެކްސިޑެންޓެއްގައިއޭނާގެ މަންމަ އޭނާ ދޫކޮއް ދިއަ ގޮތެވެ. ގޮނޑިބަރީގައި އިށީނދެ އިން ވަރުދާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިއައިރު ވަރުދާގެ ކައިރީގައި އިން ޒުމާ އާއި ހާޖަރާ ދިއައީ އޭނާއަށް ހިތްވަރުލައިދޭން މަސައްކަތް ކުރަމުންނެވެ. ލޫތް އާލިމް ކައިރީގައި ކޮއްޅައް ހުރި އިރު އޭނާ ހުރީ އާލިމްއަށް ހިތްވަރު ލައިދޭން ބުނާނެ އެއްޗެއް ނޭނގިފައެވެ. އާލިމްގެ ހާލަތު އޭނާއަށް ރަނގަޅައް އިހުސާސްވެއެވެ.
އެންމެންނަށް އެއްފަހަރާ އޮޕަރޭޝަން ތިއޭޓަރުގެ ދޮރާއި ދިމާލައް ބަލާލެވުނީ ޑޮކްޓަރު އެތަނުން ނިކުތް އަޑަށެވެ. ގޮސް ޑޮކްޓަރު ކައިރީ ހުއްޓިލަމުން ޔަނާ ކިހިނެއްތޯ އާލިމް އަހާލިއިރު އޭނާގެ ހިތް ދިއައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ޑޮކްޓަރުގެ ޖަވާބެއްގެ އިންތިޒާރުގައި ތިބި އެންމެންގެ ދެލޯ ބޮޑުވެގެން ދިއައީ ޑޮކްޓަރުގެ ދުލުން ބޭރުވި ޖުމްލަ އަޑުއިވިފައެވެ.
އާލިމްއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނު އިރު، ވަރުދާ ހުރީ ގަބު އަރާފައެވެ. ޒުމާއާއި ލޫތް އަދި ހާޖަރާވެސް ތިބީ ޑޮކްޓަރު އެދިން ޚަބަރު ޤަބޫލު ކުރަން ދަތި ވެފައެވެ. ވާނީވެސް އެހެންތާއެވެ. ދާދި ދެންމެއަކާއި ޖެހެންދެން އެމީހުންގެ ކުރިމަތީގައި ހެލި ފެލި ވެ އުޅުނު ޔަނާ މިހާރު އެއޮތީ މުޅިން ހިމޭންވެފައެވެ. ހިތް މަސައްކަތް ކުރަމުން ދިއަސް އެ ހަށިގަނޑަކު އެއްވެސް ދިރުމެއް ނެތެވެ. ޔަނާ ކޯމާއަކަށް ދިއަ ޚަބަރާއި އެކު އާލިމްގެ މުޅި ދުނިޔެވެސް ހުއްޓުނު ފަދައެވެ. މިހެން ވާންވީ ކީއްވެ ހެއްޔެވެ. އުފާވެރިކަން އޭނާގެ ދިރިއުޅުމަށް އަބަދުވެސް ވަގުތީ މެހެމާނެއްގެ ގޮތުގައި އަންނަނީ ކީއްވެ ހެއްޔެވެ.
ނަމަވެސް، އުންމީދު އެލުވައިލާކަށް އާލިމް ބޭނުމެއް ނޫނެވެ. ޔަނާ ވަރަށް އަވަަހަށް ހޭ އަރައި، އޭނާގެ ގާތަށް އެނބުރި އަންނާނެއެވެ. އޭނާ އެކަނިކޮއްފަ ޔަނާއެއް ނުދާނެއެވެ. ޔަނާ ޕްރައިވެޓް ރޫމްއަކަށް ބަދަލު ކުރެވުމުން އެންމެ ފުރަތަމަވެސް ޔަނާގެ ކައިރިއަށް ދިއައީ އާލިމްއެވެ. މެޝިނުތަކުގެ އެހީގައި ނޭވާ ލަމުން ދިއަ ޔަނާ ފެނުމުން އާލިމްގެ ދެލޯ ފެންކަޅި ވެގެން ދިއައެވެ. އެ ދޮން މޫނުމަތީގައި އިހު ހުންނަ ނުފިލާ ހިނިތުންވުން މިއަދަކު ފެންނާކަށް ނެތެވެ. ދިރިހުއްޓަސް އެ ހަށިގަނޑަކު ދިރުމެއް ނެތެވެ.
ޔަނާ ބޭއްވިފައި އޮތް އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލަމުން އާލިމް ޔަނާގެ މަޑު އަތް ތިލަ ނަގައި އޭނާގެ އިނގިލި ތަކުގެ ތެރެއަށް މަހާލިއެވެ. އަނެއް އަތުން ޔަނާގެ ކޯތާފަތުގައި ފިރުމާލަމުން، ޔަނާއާއި ދިމާލަށް އާލިމް ބަލާލީ ޝަކުވާއާއި އެކުގައެވެ. “ޔަން ބުނީމެއްނު އަހަރެން ދޫކޮއްފަ އެއް ނުދާނަމޭ….އަބަދުވެސް ކައިރީގަ ހުންނާނަމޭ…އައި ނީޑް ޔޫ ޔަން…ވޭކް އަޕް” ފަހު ބަސްތައް އާލިމްގެ އަނގައިން ބޭރުވީ މަޑު ގިސްލުމަކާއި އެކީގައެވެ. އެވަގުތު އެ ކޮޓަރީގެ ދޮރު ހުޅުވާލި ހާޖަރާ އަދި ވަރުދާއަށް މި މަންޒަރު ފެނުމުން ދޮރު ލައްޕާލަމުން އެކަކު އަނެކަކާއި ދިމާލަށް ބަލާލީ ގޮތްހުސްވެފައިވާ ބައެއް ފަދައިންނެވެ.
ކެބިން ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔަ ރަފްގާގެ މޫނު މަތީގައި ވަނީ ހާސްކަމެވެ. ކަމަކާ ކެތް މަދު ވެފައި ހުރި މީހެއް ފަދައިން އިރު އިރު ކޮޅާ ކެބިންގެ ދޮރާއި ދިމާލަށް ބަލާލާއިރު، އޭނާގެ އޮމާން ނިއްކުރީގައި ދާތިކި ބަބުޅަމުން ދިއައެވެ. އޭނާގެ މޭޒުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ރަފްގާ ފޯނުނަގާ ކަންފަތުގައި ޖަހާލިއެވެ. “ވަޓް…ކަލޭމެންނަށް ހަމަ އެވަރުގެ ކަމެއްވެސް ރަނގަޅަށް ނުވަނީތަ؟ އަހަރެން ބުނީ އޭނަގެ ދުވަސް ދުއްވާލާށޭ…އެކަމު ކަލޭމެންނަށް އެވަރު ވެސް ނުވޭ…ދެން ކުރަން ޖެހޭ ކަމެއް ކުރާނީ އަހަރެން އަމިއްލައަށް…ނައު ގޯ އަންޑާގްރައުންޑް” އޭނާ ބުނަން ބޭނުންވީ ވާހަކަ ބުނެލުމަށްފަހު ފޯނުބޭއްވި ރަފްގާގެ މޫނުމަތީގައި ވަނީ ނުރައްކާތެރި ހިނިތުންވުމެކެވެ.
އެހައި ކުއްލި ގޮތަކަށް ނިކްޔަން އެ ދަތުރު ރޭވުމުން ފަލަކްއަށް ހޮސްޕިޓަަލަކުން ޗުއްޓީއެއް ހަމައެއްނުޖެހުނެެވެ. އެހެންކަމުން އެމާރޖެންސީ ދިހަ ދުވަހުގެ ލީވް ނަގައިގެން ފަލަކް ރާއްޖެ ދާން ނިންމިއެވެ.
އެނބުރި ދިވެހިރާއްޖެއަށް ދެވުމުން ފަލަކްއާއި ކުރިމަތި ލާންޖެހޭނީ ކޮންކަހަލަ ކަންތައްތަކަކާ ބާއެވެ؟ ނިކްޔަން ދެން ކަންތައް ކުރާނީ ކިހިނެއް ބާއެވެ؟ ރަފްގާގެ ރޭވުމަކީ ކޮބާ ބާއެވެ؟ އާލިމް އަދި ޔަނާގެ ދިރިއުޅުމަށް ދެން އަންނާނީ ކޮން ކަހަލަ ތޫފާނެއް ބާއެވެ.
މި ހުރިހައި ސުވާލުތަކުގެ ޖަވާބު ލިބިގަތުމަށް ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކޮއްލައްވާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.



Yayy i am first dhw this part was awesome ????
Congrats and thankyou faiherr❤️
Kihineh vaan tha miulheny?? Nikyan dairy ehkoh kee nama ehnnu??
Vrh Reeth mi baives???
Dhn anna bai thankolheh dhigu kohlahchey please ? ???????
Mibai kuru thr???
Neyge dhw waane gotheh wes! Hingaa balamaa
Thankyou❤️
Alhe aphxxx Aal ah ehen nuhadhaa ba??????????????????????????????Nikyan aa Falak ves dho alhe?????????????????? Mi hurihaa kameh vani hama e Rafga gandaa hure????????????????????????? E Rafga ah landeh dheebala heyo nuvaane??? hurihaa kameh eba fani kureyey huvaa foohivey ????
Maasha Allah mi part hama???????????????????????????????????????????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️????????????????????????????????????????????????????????????
Kyhkuraany dhw?????? adhi fahun rangalhu waane kanneyge hurihaa kameh? rafga wejje jahannama yah fonuwaalan dhw??
Thankyou naani darling ❤️❤️❤️
woww!! vrh reethi 😉 dhen kihineh baa vaany
Lets see dhw! Thankyou❤️
Oooooooooh myyyyyyyyyyyy gooooooooood. Dhn kihinei baa vaanee. Curiously waiting.
I even wonderrrrrrrr what will happennnnn?thankyou shuba❤️❤️
varah reethi mi part ves curiously waiting for the next part
Thankyou darling ❤️
Vrh reethi mi prt ves
Hama habeys
Vrh reethi hama
Sis aalu ah ehn nahadhahchey plx..
Waiting for the next
Stay safe and tc gey sisso
Luv u 6
Aal ah adhi rangalhu waane ey??? thankyou so much❤️ Lym stay safe❤️
Hey sisoooo
Alhey kihineh tha e v yanaa ah ei rafga gandu kuri kameh dho i just hate her ughhh aal ah ehen nahadhaba alheeeee
Yan and falky gonna come to maldives omg I wonder what will happen
So curious
Tc
Stay safe
Lysm
Thankyou love❤️ Stay safe
By the way sisoo you are my fav author here and this is my fav story❤️❤️❤️
Awwwwn thankyou nuhy❤️
Alheyy sis don’t break aal’s heart again ??? nick vx diary ge fahu bai keenama.. Gws yanaa ❤️ I wanna kill this rafga.. ? please sis make everything right n don’t break anyone’s heart ?? really very curious to read the next part… Please upload it soon… Luv u n stay safe ❤️?
Hearts break wejje kanneyge dhw?? thankyou darling lym stay safe❤️
Wow mi part ves hama habeys…. Comment nukuriyas hama baraabarah kiyan………..Story ge twists thah varah kamudhey…….. Maashaa Allah….. BTW you are Lilly author ge sis ehnu…. Why isn’t she continuing her story????? I miss it… Let her know that I want her to continue the story soon……..Love aphxxx……..?????????????????????????
Thankyou so much wrh ufaa wejje comment eh kohlyma ingey? glad you like the twists in the story
And yes lilly is my sister
Well actually she is very busy with her studies…that’s why she is unable to upload
Thankyou once more❤️
Very nice
Amazing
Curiously waitibg for next
Thankyou ❤️
Heiiii…….my lwbi lwbi sisoooo❤❤❤
This part was amazing…wowwww
Yaana gws….alhe aal be strong don’t get break down
Nikyan keeve tha dairy ge Aneh part nukee…..if he had read tht part thn he will knw dhw falak love him..
Alhe his decision will affect many people life dhw. ..
Sis plss do something tht Nikyan will knw falak loves him..nd yaana ves coma in nikume aal aa happily life eh ulheythan..rafga ah ladeh dheyn higaa dhw sis..
BTW thxs to submit this part early
Adhi ves alhugadu ge brain ga varah question eba huri…curiously waiting for next part to get ans of my all questions..
Whn is next part sis?
Tysssssmmmmm
Lysssssmmmm nd ur story tooo
Best author, aslu sis varah friendly tht y I also love to comment ur story nd story ves ehaa kiyaa hihvaa gothah genesdhey thee
Stay safe.stay home
Take care my lwbi sisooo
Awww thankyou so much hafuu
I hope everything goes well tooo
You guys are so frndly dhn obviously i also have to be dhw
Lymm
Tc next part soon insha allah❤️❤️❤️❤️
Hii sisoo✋✋✋
Mi part ves vrh Sali ??????
Masha Allah?????
Nikves dhw falak men Maldives dhany dhw
Falak aa aalim aa dhimaaveemaa vrh foori hunaanedhw heheheh?????
Yaanaa accident vee ey omg?? plxx wake up soon ??dear rafgaa gadaa haada nulafaey dhw ???
Vrh curiouse ????
Sis next part avaha up kohladheychey if ur not buxy ingey♥️♥️
Luv u stay safe?♥️
Asluwes dhww i hope everything goes well too
Thankyou rilooo
Ly tc❤️❤️❤️
Sis, reyga Scarlet kurin comment eh.. But nufene e comment. Vvvvvvvv long comment eh. ??????
Thi neyge ehnwyrun fennaane zamaaneh? baeh faharu one week fahun wes feney dhw?? thankyou darling❤️
Aal ey..yana ah ehen hedhiy rafgaa ingey..alhey…nick kairiy buney Maldives ah naanaashey…so sad..BTW vvvv.reethi..the wait was Worthing…BTW dress ehkon fahan kuriy part ga cmnt kurin..sis nubala inniyaamu check kohlahchey..
Love ya
Stay safe
Abu
Lets see what happens dhw i will check ingey
Lym tc❤️
Afaa i ge first comment eh up eh nuveyyyy??
Adhi up waane?
Aalim and falak aa gulhuvai dheebala plssssss?. Story varah reethi.?❤
They don’t love each other so its not possible ingey thankyou❤️
Wow wow…. This was epic ?❤️I just loooooved it???when is next???curiously waiting for the next part????
Thankyou darling❤️ Next part soon insha allah
When next part?
It is submitted
When is the next part sissy??
It is submitted
Mi rafga nerelaba mi story in haadhahaa foohi veyey huvaa mibuny????????
Same here darling??
Wow vara salhi mi Bai ves
Waiting for the next part ?????
Thankyou kookie♥️