Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބައްޓަކައި(29ވަނަ ބައި)

Afaa Level 310 Stories100 Comments
August 21, 2020 8 Mins Read
55 Comments

‎އެހައި ކުއްލި ގޮތަކަށް ނިކްޔަން އެ ދަތުރު ރޭވުމުން ފަލަކްއަށް ހޮސްޕިޓަަލަކުން ޗުއްޓީއެއް ހަމައެއްނުޖެހުނެެވެ. އެހެންކަމުން އެމާރޖެންސީ ދިހަ ދުވަހުގެ ލީވް ނަގައިގެން ފަލަކް ރާއްޖެ ދާން ނިންމިއެވެ.

‎އެނބުރި ދިވެހިރާއްޖެއަށް ދެވުމުން ފަލަކްއާއި ކުރިމަތި ލާންޖެހޭނީ ކޮންކަހަލަ ކަންތައްތަކަކާ ބާއެވެ؟ ނިކްޔަން ދެން ކަންތައް ކުރާނީ ކިހިނެއް ބާއެވެ؟ ރަފްގާގެ ރޭވުމަކީ ކޮބާ ބާއެވެ؟ އާލިމް އަދި ޔަނާގެ ދިރިއުޅުމަށް ދެން އަންނާނީ ކޮން ކަހަލަ ތޫފާނެއް ބާއެވެ.

ވެލާނާ އިންޓާރ ނޭޝަނަލް އެއަރޕޯޓުން ނިކުތް ނުހާއަށް އެކި ދިމަދިމާލަށް ބަލާލެވުނެވެ. ހަތްއަހަރު ފަހުން އަމިއްލަ ޤައުމަށް އެނބުރި އާދެވުމުން ހިތަށް ފަސޭހަކަމެއް ލިބުނު ފަދައެވެ. ނުހާގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ކުލަވަރު ފެންނަމުން ދިޔަ ނަމަވެސް، ނިކްޔަންއާއި ފަލަކްގެ މޫނުމަތީގައި ވަނީ ތަފާތު އަސަރުތަކެކެވެ. ކާރު އަންނަންދެން ތިން މީހުން މަޑު ކޮއްލައިގެން ތިބި އިރު، އިރު އިރު ކޮޅާ ފަލަކްއަށް ނިކްޔަންއާއި ދިމާލަށް ބަލާލެވެނީ، ނިކްޔަން އިސްވެ އޭނާއާއި ވާހަކަ ދައްކާތޯއެވެ. އިއްޔައިންސުރެ ފެށިގެން ނިކްޔަން އޭނާއާއި ދުރުކަމެއް ބަހައްޓަމުން އައި ކަން ފަލަކްއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް، އިސްވެ އެއްޗެއް އަހަން ފަލަކްއަށް ނުކެރުނީ، ނިކްޔަންގެ މި މަޑުމައިތިރިކަމަކީ ރޫމާގެ މަރުގެ ސަބަބުން އައި ބަދަލެއްކަމަށް ހީކުރެވުމުންނެވެ.

ނިކްޔަންއާއި ދިމާލަށް ބަލަހައްޓައިގެން ފަލަކްއަށް ހުރެވުނީ ކިހާ އިރަކުކަމެއްވެސް ނޭނގެއެވެ. ލައިގެން ހުރި މަޑު މުށި ކުލައިގެ ސޯޓާއި ހުދުކުލައިގެ ރޮނގދެމި ޗޮކުލެޓް ކުލައިގެ ޓީޝާޓުގައި ނިކްޔަން ފެންނަނީ ނުހަނު ހިތްގައިމު ކޮންނެވެ. ގަދަ މުށިކުލައިގެ ފަން އިސްތަށިކޮޅު އެއްވެސް ސްޓައިލެއް ކުރުމެއް ނެތި ނިތްކުރި މައްޗަށް ދޫކޮއްލާފައި ހުރި އިރު، ބޮޑަށް ވައްތަރީ ކޮރެޔާ ހިސާބުގެ ފިލްމުކުޅޭ މީހަކާއެވެ. ތޫނު ދެލޯ ރޭބަން އަވި އައިނަކުން ފޮރުވާލައިގެން، އެއް ޖީބަށް އަތްޖަހާލައިގެން ހުރި އިރު ބަލާ ފޫހިނުވާނެކަން ގައިމެވެ.

ފަލަކްއަށް ހޭވެރިކަން ވީ އަޅި ކުލައިގެ ކާރެއް އައިސް އެމީހުންގެ ކުރިމަތީގައި މަޑުކޮށް ލުމުންނެވެ. ނުހާއާއި ފަލަކް ކާރުގެ ފަހަތު ސީޓަށް އެރި އިރު، ފޮށިތައް ޑިކީ އަށް ލުމަށްފަހު ނިކްޔަން އެރީ ކުރީ ސީޓަށެވެ. އާދައިގެ ސްޕީޑެއްގައި ކާރު ހުޅުމާލޭގެ ހައިވޭގެ މަތިން ދުއްވަން ފެށުމުން ފަލަކްއަށް ދެލޯ މަރާ ތަގުޅި ކޮއްލެވުނެވެ. ކުރިމަތިން ފެންނަށް އެ އޮތް ބްރިޖަކީ، އެ ބްރިޖެއްގެ މަތީގައި މީގެ ހަތް އަހަރު ކުރިން ހިނގައިދިޔަ އެކްސިޑެންޓެއްގެ ސަބަބުން އޭނާގެ ބައްޕަ އޭނާ އަށް ގެއްލުނު ބްރިޖެވެ. އަދިވެސް އެ ބިރުވެރި ދުވަހާއި އެ އެކްސިޑެންޓު ހިނގި ދުވަހު ކަންވީގޮތް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ.

ފަލަކް ދެލޯ ހުޅުވާލީ ހުޅުމާލޭގެ މަގުތަކަށް ކާރު ލަނބާލުމުންނެވެ. ބޮޑެތި ބަދަލުތަކެއް ހުޅުމާލެއަށްވެސް އައިސްފައިވާއިރު، ތަރައްޤީގެ ކުލަވަރު ދިއައީ ފެންނަމުންނެވެ. އުސް އިމާރާތްތަކާއި، ޓްރެފިކް ބޮޑު މަގުތަކެވެ. ބޮޑެތި ހޮޓެލްތަކާއި ދުނިޔޭގައި ނަން މަޝްހޫރު ރެސްޓޯރެންޓުތަކެވެ. ފަހަތު ސީޓުގައި އިން ނުހާ ދިއައީ ކާރުގެ ކުޑަދޮރުން ބޭރު ބަލަމުން، ފޯނުގައި މި މަންޒަރުތައް ރައްކާ ކުރަމުންނެވެ.

ކާރު ގޮސް މަޑު ކޮއްލީ ބޮޑު އިމާރާތެއްގެ ކުރިމަތީގައެވެ. “ޖަމައިކަލް ރެސިޑެންސް” ގެ ނަަމުން ނަން ދެވިފައިވީ އެ އިމާރާތުގެ ތެރެއަށް ވަދެގެން ގޮސް ލިފްޓަށް އަރައި، ނިކްޔަން ހަތަރު ވަަނަ ފަންގިފިލާއަށް ދިއުމަށް ފިތަށް އޮއްބާލިއެވެ. ލިފްޓު ހުއްޓުމާއި އެކު އޭގެން ފައިބައި، ހަތަރެއް ޑީ ޖަހައިފައި އިން އެޕާރޓްމެންޓް އަތުގައި އޮތް ކާރޑުން ނިކްޔަން ހުޅުވާލުމާއިއެކީ، އޭނާގެ ފޮށި ހިފައިގެން ނުހާ އެތެރެއަށް ދެމިގަތެެވެ. ބޮޑު ތިން ކޮޓަރީގެ އެޕާރޓްމެންޓެކެވެ. ތަަނަވަސް ސިޓިންރޫމުގެ މެދުގައި ކަޅުކުލައިގެ ސޯފާސެޓަކާއި ފަތި ޓީވީ އެއް ހަރުކުރެވިފައި ހުރި އިރު، ބިއްލޫރި ދޮރެއް ކަހާލާފައި ވަދެވޭ ގޮތަށް ހުރި ބަދިގެ އަކާއި ކާގެ އެއް ހުއްޓެވެ. މުޅި ތަންވެސް ފަރުމާ ކުރެވިފައިވަނީ ކަޅާއި ހުދު ބޭނުން ކޮއްގެނެވެ.

އެޕާރޓްމެންޓުގެ ބިއްތަކަށް ނަޒަރު ހިންގަމުން ދިޔަ ފަލަކްއާއި ނުހާ ސިއްސައިގެން ދިއައީ، އެތަނުން ކޮޓަރިއަކަށް ވަދެ ނިކްޔަން ދޮރު ޖެހި އަޑަށެވެ. “ދޮންބެއަށް ކިހިނެއްވެފަ އެހެރީ؟ އިއްޔެ ވެސް ވަރަށް ފާޑަކަށް ދޯ ހުރީ” ފަލަކް ގާތުގައި ނުހާ އަހާލިއެވެ. ދޭނެ ޖަވާބެއް ނޭނގިފައި ފަލަކްއަށް ހުރެވުނީ އެއީ އޭނާގެ ހިތުގައިވެސް އޮތް ސުވާލަށް ވީތީއެވެ. “އައި އޭމް ވެރީ ޓަޔަޑް…ސީ ޔޫ” އެހެން ބުނެލުމަށް ފަހު ނުހާ ދިއުމުން އޭނާގެ ފޮށި ހިފައިގެން ގޮސް ނިކްޔަން ވައިން ކޮޓަރިއަށް ފަލަކް ވަނެވެ.

ހޮސްޕިޓަލުގައި ޔަނާ ބޭއްވިފައި އޮތް އެނދުކައިރީ ހުރި ގޮނޑީގައި އިށީނދެ އިން އާލިމްގެ ނަޒަރު ހުއްޓިފައިވަނީ، ފުން ނިންޖަކުން ނިދާލާފައި އޮތް ޔަނާ އަށެވެ. ޔަނާ ހޭ އަރާނެ އިރެއް ބުނަން ނޭނގޭ ކަމަށް ޑޮކްޓަރު ބުންޏަސް، ވަރަށް އަވަހަށް ޔަނާ އެނބުރި އޭނާގެ ގާތަށް އަންނާނެ އޭ އާލިމްގެ ހިތް ތަކުރާރުކޮށް ބުނަމުން ދިއައެވެ. އޭނާގެ ދެލޮލުގެ ކައިރީގައި ކުރަހާލެވިފައި ވާ ހިޔަންޏަކީ ރޭ ހަތަރު ދަމު ނުނިދާ ކަމުގެ ހެއްކެވެ. ޔަނާގެ މޫނުން ނަޒަރު ވަކި ކޮށްލަމުން އެކޮޓަރީގެ ދޮރާއި ދިމާލަށް އާލިމް ބަލާލީ ދޮރު ހުޅުވުނު އަޑަށެވެ.

“އާލް…ދަރިފުޅު ދެން ދޭ ގެޔަށް ގޮސް ނިދާލާ ތާޒާ ވެލަން…މަންމަ ޔަނާ ކައިރީ މަޑު ކޮއްލާނަން” ވަދެގެން އައި ވަރުދާ ބުނެލިއެވެ. “ނޫން އަހަރެން މަޑުކުރާނީ ޔަން ކައިރީ…އަހަރެން ގޮސް ހުއްޓާ ޔަން ހޭލައިފިއްޔާ..” “ޔަނާ ހޭލައިފިއްޔާ މަންމަ ދަރިފުޅަށް ގުޅާ ނަމޭ…ޔަނާ ކިހާ ދެރަ ވާނެ ދަރިފުޅު ތިގޮތަށް ނުކައި ނުބޮއެ އޭނަ ކައިރީ މަޑު ކުރިކަން އިނގިއްޖިއްޔާ…ދޭ ގޮސް ނިދާލާ” ވަރުދާގެ ބަސްއަހަމުން އާލިމް ގެއަށް ދާން ތެދުވީ، ޔަނާގެ ނިތަށް ބޮސް ދިނުމަށް ފަހުގައެވެ. އާލިމް ނިކުމެގެން ދިއުމާއި އެކު ވަރުދާ ގޮސް އާލިމް އިށީނދެގެން އިން ގޮނޑީގައި އިށީނދެލިއެވެ.

“ދަރިފުޅާ…ދެން ތިހެން ނޯވެ އަވަހަށް ތެދުވެބަލަ…އޭރުންނެއްނު އަވަހަށް ދަރިފުޅު ބޭނުންވާ ގޮތަށް ބޮޑު ކައިވެނި ޕާރޓީ އެއް ބޭއްވޭނީ…” ޔަނާއާއި މުހާތަބުކޮށް ވަރުދާ ވާހަކަ ދެއްކި އިރު އޭނާގެ ދެލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ދިއައީ އޭގެ މަޤާމު ދޫކޮށް ފައިބަމުންނެވެ. “ދައްތާ…ތިހެން ވާހަކަ ދައްކާ އިރު ހިތާމަ ނުކޮށް ޕޭޝަންޓު އުފާ ވާނެ ކަހަލަ ވާހަކަތައް ދެއްކުން ރަނގަޅު، އޭރުން ޕޭޝަންޓަށް ހިއްވަރު ލިބޭނެ ހޭއަރަން މަސައްކަތް ކުރަން” ޓްރޭއެއް ހިފައިގެން އެތެރެއަށް ވަދެެގެން އައި ނަރުސް ކުއްޖާ ވާހަކަ ދެއްކިއެވެ. “ޔަނާއަށް އަހަރެމެން ކިޔާ އެއްޗެހި އަޑު އިވޭނެތަ؟” ކުރަކި ވެފައިވީ އަޑަކުން ވަރުދާ އަހާލިއެވެ.

“ލައްބަ…ކޯމާއެއްގަ ޕޭޝަންޓް އޮންނަ އިރު އެއްކޮން ހޭނެތިފައެއް ނޫން އަސްލު އެ އޮންނަނީ…ވަރަށް ފުން ނިންޖެއްގަ އެ އޮންނަނީ…މި ސްލީޕް ސްޓޭޓް ގަ އޮންނަ އިރު ޕޭޝަންޓްގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފަ ހުންނާނީ ވަށައިގެން އިވޭ އަޑުތަކަށް…އެހެންވީމަ ތިޔަބޭފުޅުން ވާހަކަ ދައްކަވާ އިރު ވީހާވެސް ޕޭޝަންޓް ހިތްހަމަޖެހޭ ކަހަލަ ވާހަކަ ދެއްކުން ވަރަށް މުހިންމު” ޔަނާގެ ގަޔަށް ގުޅާފައި ހުރި މެޝިނުތައް ޗެކު ކުރަމުން އެ ނަރުސް ކުއްޖާ ކިޔައިދިނެވެ.

އޭނާގެ ކެބިންގައި މަސައްކަތުގައި މަސްޢޫލުވެ އިން ލޫތްއަށް ކޮމްޕިއުޓަރުން ދުރަށް ނަޒަރު ހުއްޓާލަން މަޖުބޫރުވީ މޭޒުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ނުދަންނަ ނަމްބަރަކުން ގުޅިޔަސް މަސައްކަތުގެ ގޮތުން މުހިންމު ކޯލަކަށް ވެދާނެތީ ލޫތް ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. “ހަލޯ…ކޮންބޭފުޅެއްތޯ؟” އެކޮޅުން އިވިގެން ދިޔަ ވާހަކަތައް ކަނުލައި އަޑުއަހަން ލޫތް ހުރި އިރު އޭނާގެ ނިތްކުރިއަށް ރޫތައް ދިއައީ ގިނަވަމުންނެވެ. “އެކަމު ނިކް… އާރ ޔޫ ޝުއާރ އެބައުޓް ދިސް؟” ލޫތް އަހާލިއެވެ. އެކޮޅުން ނިކްޔަންގެ ޖަވާބު އަޑުއިވުމުން އެންމެ ރަނގަޅު ކަމުގައި ބުނަމުން ލޫތް ފޯނު ބޭއްވިއެވެ. އޭރު އޭނާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރު ތަކެވެ.

ބެލްކަނީގައި ހުރެ ފޯނު ބޭއްވުމަށްފަހު ފަހަތަށް އެނބުރިލި ނިކްޔަންއަށް ކުއްލި ސިހުމެއް ލިބުނީ، އޭނާގެ ފަހަތުގައި ހުއްޓި ހުރި ފަލަކް ފެނުމުންނެވެ. އަނެއްކާ ދެންމެ އޭނާ ދެއްކި ވާހަކަތަށް ފަލަކްއަށް އަޑުއިވުނީ ބާއެވެ. “ކާން ދާން ވީނު؟” ފަލަކް ކޮއްލި ސުވާލާއި އޭނާގެ މޫނުމަތީގެ އަސަރުތަކުން ދެންމެ ދެކެވުނު ވާހަކަ ފަލަކްއަށް އަޑު ނީވޭކަން ޔަޤީންވުމުން ނިކްޔަންއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރު ކޮއްލެވުނެވެ. ބޯ ޖަހާލަމުން ފަަލަކްގެ ފަހަތުން އޭނާ ހިނގައިގަތެވެ.

ކާން މޭޒު ދަށުގައި ތިބި އިރު ނުހާ އެކިކަހަލަ ވާހަކަ ދައްކަމުން ދިޔައިރު ފަލަކްވެސް ދިއައީ ނުހާއާއި ބައިވެރިވަމުންނެވެ. ނަމަވެސް، ނިކްޔަންގެ ފަރާތުން ފެންނަމުން ދިއައީ ހިމޭންކަމެވެ. އަވަހަށް ކައި ނިންމައިގެން ނިކްޔަން ބޭރަށް ދިއުމުން، ފަލަކްއާއި ނުހާ ސޯފާގައި ޖައްސާލީ ޓީވީ އަޅުވާލަމުންނެވެ. “ނުއްކޯ…ހިނގާ ހަވީރު ޝޫރާދައްތަ މެންގެޔަށް ގޮސްލަން ދޯ…މައު ދޮންތަޔާ ޒުމާދައްތަޔާ ވެސް މީޓް ކޮއްލާ ހިތްވޭ ވަރަށް އެބަ” ފަލަކް އަހާލިއެވެ. “އޯކޭ… އައި އޯލްސޯ ވޮނަ ގޯ އައުޓް…އައިސް ކްރީމް ވެސް ބޮއެެގެން ދޯ އަންނާނީ” ނުހާ އޭނާގެ ހިޔާލު ފާޅުކުރުމުން އެޔަށް ތާއީދު ކުރަމުން ފަަލަކް ބޯޖަހާލިއެވެ.

ހަވީރުގެ ވަގުތެވެ. އޭރު ބޭރަށް ދިޔަ ނިކްޔަން އަދިވެސް އެނބުރި ނާންނާތީ ނުހާއާއި ފަލަކް ތައްޔާރު ވަމުން ދިއައީ ބޭރަށް ދިއުމަށެވެ. ނިކްޔަންއަށް ގުޅައި ގުޅައި ފޯނު ނުނެގުމުން ބޭރަށް ދާވާހަކަ އަންގާލުމަށް މެސެޖެއް ކޮއްލުމަށް ފަހު ނުހާއާއިއެކީ ފަލަކް މާލެ ދިއައެވެ.

ޒުމާމެން ދިރިއުޅޭ އިމާރާތް ހުންނަނީ ހެންވޭރުގައި ކަމުން ފުރަތަމަ ފަލަކްއާއި ނުހާ ދިއައީ އެގެއަށެވެ. ލިފްޓަށް އަރައި ފަސްވަނަ ފަންގިފިލާގެ ޒުމާމެން ދިރިއުޅޭ އެޕާރޓްމެންޓުގައި ބެލް އަޅާލުމަށް ފަހު މަޑުކޮއްލައިގެން ތިބި ނުހާއާއި ފަލަކްގެ އިންތިޒާރަށް ނިމުމެއްއައީ ޒުމާ އައިސް ދޮރު ހުޅުވުުމުންނެވެ. “އޯމައި ގޯޑް ފަލަކް، ނުހާ….ކޮންއިރަކު އައިސްގެން ތިއުޅެނީ…” ވަކިވަކިން ފަލަކްއާއި ނުހާގެ ގައިގައި ބައްދާލަމުން ޒުމާ އަހާލިއިރު އޭނާގެ އަޑުގައިވަނީ އުފާވެރިކަމެވެ. “އެތެރެއަށް ނުވައްދާ ދޮރުމަތީގަ ބައިތިއްބައިގެންތަ ހުރިހާ ސުވާލެ ކުރަން ނިންމައިގެން ތިހިރީ… ޒުމް ގަނޑާ” ފަލަކް ބުނެލުމާއިއެކު ހެމުން ހެމުން އެމީހުންނަށް އެެތެރެއަށް ވަނުމަށް ޒުމާ ދައުވަތު ދިނެވެ.

“ސޯ ކޮން އިރަކު ކަމަނާފާނު މިކޮޅަށް އައީ” ފަލަކްއާއި ނުހާ ދެމީހުނަށް ދެ ކޮފީ ޖޯޑު ދިއްކޮއްލަމުން ޒުމާ އަހާލިއެވެ. އޭރު ނުހާ އިނީ ކުޑަކުޑަ ލުޔޫން ނަގައި އުނގަށް ލައިގެން އެކުއްޖާއާއި ސަކަރާތް ޖަހާށެވެ. “ހަަމަ މިއަދު ހެނދުނު އައީ…ކޮބާތަ ލޫތް” ގޭތެރެއަށް ނަޒަރެއް ހިންގާލަމުން ފަލަކް އަހާލީ ލޫތް ފެންނަން ނެތުމުންނެވެ. “އޮފީހުގަ ވީ…ކީތްކުރާނީ ޑިވޯރސް ލޯޔަރަކަށްވީމަ ގެއަށް އާދެވޭ ވަރު ވަނީ ދިހަ އެއްޖަހާ ފަހުން….” ސޯފާގައި އިށީނދެ ހަމަޖެހިލަމުން ޒުމާ ކިޔައިދިނެވެ. “ތިހެންވީރުން ރާއްޖޭގަ ޑިވޯރސްވާ މީހުން ގިނައީތާ ދޯ” ގިނަ ދުވަހަށްފަހު އެންމެ ގާތް އެކުވެރިޔާއާއި ދިމާވުމުން ދެމީހުންވެސް ތިބީ ދައްކާނެ ވާހަކަ ހުސްނުވެފައެވެ. ނުހާވެސް ދޭތެރެއަކުން އެދެމީހުނާ ބައިވެރިވެލައެވެ. “އޭ ނިކް ކިހިނެއްތަ؟” ލުޔޫން ގޮވައިގެން ނުހާ ބެލްކަންޏަށް ނިކުމެލުމުން، ޒުމާ ފަލަކްގެ ގާާތުގައި އަހާލިއެވެ. “ޔަން ރަނގަޅޭ…ކިހިނެއްވީ؟” “ބަލަ އަހަރެންނަށްވެސް އިނގެޔޭ ނިކް ހުރީ ހެޔޮހާލުގަ ކަން….އަހަރެން މި އަހަނީ ތި ދެމީހުންދޭތެރޭގަ ކަންތައްތައް ކިހިނެއްހޭ..” ޒުމާގެ ސުވާލާއިއެކު ފަލަކްގެ މޫނު މައްޗައް ލުއި ހިނިތުންވުމެއް ވެރިވިއިރު ކޯތާފަތައް ޖަންބުކުލަ އަރައިގެން ދިއައީ އެދެމީހުންގެ ދެމެދުގައި ހިނގި ގުޅުމުގެ މަތިން ހަނދާންވުމުންނެވެ. ފަލަކްގެ މޫނުގެ ކުލަވަރުން ޒުމާއަށް އޭނާގެ ސުވާލުގެ ޖަވާބު ލިބިގެން ދިއައެވެ.

އެތައް އިރަކު ޒުމާމެން ގޭގައި ތިބުމަށްފަހު، ފަލަކްއާއި ނުހާ އެގެއިން ނިކުތީ ހައެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ލަސްވެފައި ހުރުުމުން ޝޫރާ މެންގެޔަށް މާދަން ދާން ނިންމައި ފަލަކްއާއި ނުހާ އެނބުރި ހުޅުމާލެއަށް ދިއައީއެވެ. ޝޫރާމެން ދިރިއުޅެނީ ވިލިމާލޭގައި ކަމުން، ވަރުބަލިވެފައި ތިބުމާއިއެކު އިތުރަށް ދަތުރު ދިގުނުކުރަން ވެގެންނެވެ.
ހުޅުމާލެއަށް ގޮސް އެޕާރޓްމެންޓަށް ދިޔަ މަގުމަތީގައި ހުރި އައިސްކްރީމް ވިއްކާ ރެސްޓޯރެންޓަށް ކާރު މަޑުކޮއްލީ ނުހާގެ އެދުމަށެވެ.

“ކިހާ ދުވަހެއް ނަގާނެ ޕޭޕަރު ތައްޔާރުވާން” ކުރިމަތީގައި އިން ލޫތްއަށް ބަލާލަމުން ނިކްޔަން އަހާލިއެވެ. އޭނާގެ އަޑުގައިވަނީ ސީރިއަސް ކަމެވެ. އެދެމީހުން ތިބީ މާލާގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމުގައިވާ ގްލޯރިއާ ޖީންސްގެ ހިތްގައިމު މާހައުލުގެ މޭޒެއްގައެވެ. ދެ ޒުވާނުންގެ ކުރިމަތީގައި އާވީ އަރާ ދެ ކޮފީ ޖޯޑު ހުރި އިރު، ދެމީހުންގެ މޫނުމަތީގެ ކުލަވަރުންވެސް އެދެމެދުގައި ދެކެވެމުން އެދަނީ ކޮންކަހަލަ ވާހަކައެއްކަން ހާމަވެއެވެ.

“ނިކް މަށަކަށް ނޭނގެ ނިކް ތިހެން ކަންތައް ކުރަން ތިއުޅެނީ ކީއްވެ ކަމެއް….އެކަމު ބުނަން ގޮތެއް ނިންމުމުގެ ކުރިން ފަލަކް ބޭނުންވާ ގޮތެއް ސާފުކޮއްލުން ވަރަށް މުހިންމު…އާފްޓާރ އޯލް މީ ތިދެމީހުންގެވެސް ކައިވެނި” ލޫތް ވާހަކަދެއްކީ ނިކްޔަންއަށް ވިސްނައިދިނުމަށެވެ. “ފަލަކް ބޭނުންވާ ގޮތް އިނގޭތީ އަހަރެން މި ނިންމުން މި ނިންމީ…އެނޫނަސް އެ ކައިވެންޔެއްގަ ލޯބި ނެތިއްޔާ އެކުގަ އުޅުމުގެ ބޭނުމަކީ ކޮބާ!…ފަަލަކްއަށްވެސް އަދި އަހަރެންނަށްވެސް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ވަރި” ނިކްޔަންގެ ދުލުން ނިކުތް ބަސްތަކުގައި އޮއްޓަރު ހުރި ނަމަވެސް، އޭނާގެ އަޑުގައި ވީ ރިހުން ލޫތްއަށް ދެނެގަނެވުނެވެ.

“ތީ ތިދެމީހުންވެސް ބޭނުންވާ ގޮތްނަމަ އަހަރެން ބަލާނަން ވީ ހާވެސް އަވަސްވީ ގޮތަކަށް ހުރިހާ ކަމެއް ނިންމާލަ ދެވޭތޯ….ކޯޓަށް ނުގޮސް ޕޭޕަރުން ނިންމާލަން ބޭނުން ކަމުގަ ވަންޏާ އެއް ހަފްތާ ވަރު ނަގާނެ….އެއީ ކޯޓުން އެ ޕޭޕަރުގަ ޖަހަން ޖެހޭ ތަތްގަނޑު ޖަހަން…ސޯ އެންމެ އަވަހަށްވެސް އެއް ހަފްތާ..” ނިކްޔަންގެ ނިންމުމުގެ ސަަބަބުން ހައިރާންވީ ނަމަވެސް، ނިކްޔަންގެ އެ ނިންމުން އޭނާއަށް ބަދަލު ނުކުރެވޭނެ ކަން ލޫތް ދެނަހުއްޓެވެ. “އަދި އެއް ކަންތައް ކޮއްދީފާނަންތަ؟” ނިކްޔަން އަހާލުމާއި އެކީ ކޮންކަމެއްހޭ ލޫތް އަހާލިއެވެ. “ޕޭޕަރުތައް ތައްޔާރު ވަންދެން މި ވާހަކަ އަހަރެމެން ދެމީހުންގެ ދެމެދުގަ ބާއްވަދީ..” ނިކްޔަންގެ އެދުމަށް އެއްބަސްވީ ނަމަވެސް ލޫތްގެ ހިތުގައި ފުނިޖެހިފައި ހުރީ ހުސް ސުވާލެވެ. ނިކްޔަން ފަލަކް ވަރި ކުރަން ބޭނުންވަނީ ކީއްވެ ބާއެވެ.

ފަލަކްއާއި އެކު އެ ރެސްޓޯރެންޓަށް ވަދެގެން ގޮސް މޭޒެއް ކައިރީ އިށީންނުމަށްފަހު ނުހާ އައިސްކްރީމްގެ ވައްތަރުތަށް ޗެކް ކުރަން ކައުންޓަރު ކައިރިއަށް ދިއަ އިރު ފަލަކް މޭޒުކައިރީގައި އިނީ ފޯނަށް ގެއްލިފައެވެ. ކައުންޓަރު ކައިރިއަށް ޖެހިލާ ދެ ކޮޓަން ކޭންޑީ އައިސްކްރީމަށް އޯޑަރު ދިނުމަށްފަހު ހިނގައިގަތް ނުހާއަށް ސިހުމެއް ލިބުނީ، މީހެއްގެ ގައިގައި އޭނާ ޖެހި، އެމީހާގެ އަތުގައި ހުރި އައިސްކްރީމް ތަށި އޭނާގެ ގަޔަށް ބަންޑުން ވުމުންނެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ޓޮޕް ކޮޅުގައި އުނގުޅިފައި ހުރި ޗޮކްލެޓް އައިސްކްރީމްތައް ފެނުމުން ރުޅިވެރި ނަޒަރަކުން ކުރިމަތީގައި ހުރި ޒުވާނާއާއި ދިމާލަށް ނުހާ ބަލާލިއެވެ.

ކުރިމަތީގައި ހުރި އަންހެން ކުއްޖާގެ ގަޔަށް އޭނާގެ އަތުގައި ހުރި އައިސްކްރީމްތައް ބަންޑުންވުމުން މާފަށް އެދޭން އެކުއްޖާއާއި ދިމާލަށް ބަލާލި ކައިލާންއަށް މަޑުޖެހި ލެވުނީ، އެ އަންހެން ކުއްޖާގެ މޫނު ފެނުމުންނެވެ. ދޮން އޮމާން ހަންގަޑެއް ލިބިފައިވާއިރު، އެ ކުއްޖާގެ ހިތުފަތު ދެބުމަ ވަނީ ގޮތްޖަހާ ލެވިފައެވެ. ފަތްކޮޅެއް ފަދަ އެ ކުއްޖާގެ ފަން އިސްތަށިގަނޑުން ބައެއް އިސްތަށިތައް އެ މޫނުގައި ބޮސްދެމުން ދިއައިރު، ބޯ އެސްފިޔަތަކުގެ ނިވަލުގައިީ ކަޅުކުލައިގެ ޖާދުވީ ދެލޮލުން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ރުޅިވެރި އަދި އެހާމެ ނުރައްކާތެރި ނަޒަރަކުންނެވެ.

“އެކްސް ކިއުޒް މީ މިސްޓާރ” އުތުގެ އިނގިލިތަކުން ކައިލާންގެ މޫނުމަތީގައި އަޑެއް ގޮއްވާލަމުން ނުހާ ވާހަކަދެއްކުމުން ހޭވެރިކަން ވީމީހެއް ފަދައިން ނުހާގެ މޫނުން ކައިލާން އޭނާގެ ނަޒަރު ވަކި ކޮއްލިއެވެ. “ބަލައިގެން ހިނގާކަށް ނޭނގޭތަ!…އަހަރެންގެ ގަޔަށް އައިސްކްރީމްތައް ވަރާލާފަ އަދި އެންމެ ކުޑަމިނުން ސޮރީއޭ ބުނާކަށްވެސް ނޭނގެޔޭ” ނުހާގެ އަޑަށް ކައުންޓަރު ކައިރިޔަށް ފަލަކް ދިއައެވެ. އޭރުވެސް ކައިލާން ހުރީ ނުހާއަށް ގެއްލިފައެވެ. “އޯ ހަލޯ” ކައިލާންގެ މޫނުމަތީގައި އަތް ހިންގާލަމުން ނުހާ ގޮވާލީ އެ ނުދަންނަ މީހާގެ ސަމާލުކަން އޭނާގެ މޫނަށް ހުއްޓިފައި ހުރުމުންނެވެ. “ވީ އާރ ވެރީ ސޮރީ….ނުއްކޮ ލެޓްސް ގޯ ފަހުން އަންނާނީ އައިސްކްރީމް ބޯން” ގިނަ މީހުންގެ ނަޒަރު އެމީހުނަށް އަމާޒުވާން ފެށުމުން ނުހާގެ އަތުގައި ހިފައިގެން ފަލަކް އެ ރެސްޓޯރެންޓުން ނިކުތެވެ.

“ދޮންބެދައްތަ ކީއްވެތަ އޭނަ ކައިރީ ސޮރީ ބުނީ….ބަލާބަ ނުހާގެ މުޅި ޓޮޕް އޭނަޔާ ހެދި ހަޑިވީ…ދެންމެ ދޮންބެދައްތަ ނުހާ ނުހުއްޓުވި ނަމަ އެ މީހާއަށް ރަނގަޅު ފިލާވަޅެއް ނަގައިދިނީމުހޭ..” ނުހާ އަދިވެސް ހުރީ އޭނާގެ ހެދުން ހަޑިވުމުން ހިތްހަމަނުޖެހިފައެވެ. ނުހާ ވާހަކަ ދެއްކީ ގޮތުން ފަލަކްއަށް ހެވުނީއެވެ. “އަޅެ ދެންންން…ވައި އާރ ޔޫ ލާފިންގް” ނުހާ އަހާލީ ފާޑަކަށް ރަކިވެ ހުރެއެވެ. “ނުއްކޮ ހީވަނީ އެ ބޯއީ މަރޑާރ ކުރަން އުޅޭހެން ވިއްޔަ ހެވޭނެ އެއްނު….އޭނަވެސް ގަސްތަކު ނުއްކޮ ގަޔަކަށް އައިސްކްރީމް އެއް ނާޅާނެ އެއްނު ދޯ…އަޅާ ނުލާ ހިނގާ ގެއަށް ދާން އަަވަހަށް” ނުހާ އުޅުނު ގޮތުން ފަލަކްއަށް އޭނާގެ ހިނިގަނޑު ހިފަހައްޓައިލެވުނީ ހަމަ ކިރިޔާއެވެ. އައިސްކްރީމް ބޯ ހިޔާލު ދޫކޮއްލުމަށް ފަހު ދެމީހުންވެސް ކާރުގައި އެޕާރޓްމެންޓަށް މިސްރާބު ޖެހިއެވެ.

ހަފްތާއެއް ވޭތުވެގެން ދިއައިރު ޔަނާގެ ހާލަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދިވެސް ޔަނާ އޮތީ ކޯމާއެއްގައެވެ. އާލިމް އޭނާގެ ހުރިހާ ވަގުތެއް ޔަނާއަށް ހުސްކުރަމުން އައި އިރު، އާލިމްގެ ހާލަތު ފެންނަ ކޮންމެ ފަަހަރަކު ހާޖަރާއާއި ވަރުދާ އެކަމާ ހިތާމަކުރެއެވެ. އަދި ޔަނާއަށް އަވަސް ޝިފާއަކަށް އެދި މާތްﷲ ގެ ހަސްރަތަށް ދުޢާ ކުރެއެވެ.

ލޫތްގެ ކެބިންގައި ނިކްޔަންއާއި ލޫތް ތިބި އިރު އެދެމީހުންގެ ކުރިމަތީ ހުރި މޭޒު މަތީގައި އޮތީ އެ ޕޭޕަރެއް ތައްޔާރުވުމުގެ އިންތިޒާރުގައި ނިކްޔަން ހުރި ޕޭޕަރެވެ. ކިތަންމެ ހިތައް ތަދުވިޔަސް ފަލަކްގެ އުފަލައްޓަކައި މިއަދު އޭނާ ޖެހޭނީ ފަލަކް މިނިވަން ކުރާށެވެ. ލޯބީގެ ފޮނި މީރުކަން ނެތް މި ކައިވެނިން އަބަދުގެ އަަބަދަށް ފަލަކް މިންޖު ކުރާށެވެ. “ނިކް އަދިވެސް ވިސްނާލަންވީނު” ނިކްޔަން ގިރާކުރަން އެއުޅެނީ ކިހާ ބޮޑު ހަރުފަތެއްކަން އިނގޭ ހާލު ލޫތް އެދުނެވެ. “ނޫނޭ ލޫތް…ދިސް އިޒް ފޯރ ދަ ބެސްޓް” މޭޒުމަތީގައި އޮތް ގަލަން ނަގައި ނިކްޔަން އެ ގަނޑުގައި ސޮއި ކޮއްލީ އޭނާގެ ހިތުގެ މަތީގައި ގާގަނޑެއް ބާއްވަމުންނެވެ. އޭނާ ކެތްކުރާނެ އެވެ. ލޯތްބައްޓަކައެވެ. އެ ޕޭޕަރު ހިފައިގެން އޭނާގެ ކެބިންއިން ނިކުމެގެން ދިޔަ ނިކްޔަން ދިޔަ ދިމާލަށް ބަލަހައްޓައިގެން ލޫތްއަށް ހުރެވުނީ ގޮތްހުސްވެފައިވާ މީހެއް ފަދައިންނެވެ.

ޝޫރާއާއި އެކު ވިލިމާލޭގެ ހޮސްޕިޓަލަށް ފަލަކް ދިއައީ ޝޫރާ މެންގޭގައި ހުއްޓާ ބޯ އަނބުރާ ކަހަލަ ގޮތެއް ވާން ފެށުމުންނެވެ. ޝޫރާމެން ދިރިއުޅޭ ގެ ހުންނަނީ ހޮސްޕިޓަލާއި ނުހަނު ކައިރީގައި ކަމުން މައުރިފާ އަދި ޝޫރާގެ އެދުމަށް ޑޮކްޓަރަށް ދައްކާލަން ފަލަކް ނިންމީއެވެ. ހަމްދާން އާއި ޝޫރާގެ އެހީގައި ހޮސްޕިޓަލަށް ދެވުމާއިއެކީ ފަލަކް އެނދުމަތި ކުރެވުނެވެ. ދެތިން ޓެސްޓެއް ހަދަން ލޭ ނެގުމަށްފަހު އައިވީ ގުޅާފައި އެ ހުސްވަންދެން ފަލަކް އެޑްމިޓް ކުރެވުނެވެ. ފަަލަކްގެ އެދުމަށް އެކަކުވެސް ނިކްޔަންއަށް ނޭންގީ އެހައި ސީރިއަސް ނުވުމުންނެވެ. ތިން ގަޑީރި ތެރޭގައި އައިވީ ފުޅި ހުސް ވިއިރު ޑޮކްޓަރު ހުރީ ހެދުނު ޓެސްޓުގެ ނަތީޖާ ހިފައިގެން އައިހެވެ.
ފުޅާ ހިނިތުންވުމަކާއި އެކު ޑޮކްޓަރު ދިން ޚަބަރަކުން ފަލަކްގެ މޫނުމަތި އުޖާލާ ވެގެން ދިއައެެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Afaa

Level 310 Stories100 Comments

A whole new world A new fantastic point of view This is what i see and want to show you guys through my stories?❤️ Love you all readers please be in touch with me through comments ❤️❤️❤️

Other Articles

Previous

އިންތިޒާރު ކުރަމޭ ލޯބިވާތީ-1

Next

ޒާޔާ (އެކާވީސްވަނަ ބައި)

Next
August 23, 2020

ޒާޔާ (އެކާވީސްވަނަ ބައި)

Previews
August 21, 2020

އިންތިޒާރު ކުރަމޭ ލޯބިވާތީ-1

55 Comments!

  1. Nuhyy says:
    August 21, 2020 at 11:09 pm

    Me first dho mi part varah salhi varah curious kollaafa thi nimmaaleee sisooo falak preg v tha anekkaa rafga missed mi prt ga hahahhaha looth alhe nik ah help nuvee nama dho
    Curiously waiting for next ly siso

    1. Afaa says:
      August 22, 2020 at 5:27 am

      Hahaha nuhy rafga mathin miss wany thr? wedhaane nu falak gastric v kamah wes dhw?looth waki kyhkuraany dhw!

    2. Nuhyy says:
      August 22, 2020 at 11:34 am

      Ahahha dhen miss vaaney nu e villiam gandu ge habareh nuveeemaa? i hope gastric noooon kamah dhen?

  2. Nuhyy says:
    August 21, 2020 at 11:10 pm

    Btw sisoo thankyou so much mi part avahah up koh dhineema igey and aal and yanaa ge wedding n nik and aal ge reunion ah cant wait

    1. Afaa says:
      August 22, 2020 at 5:28 am

      Thursday ga class nethyma free v ehnwe awahah up kohdhiny ingey no prob darling♥️ Ekm thihurihaa kameh v ma story nimeyne ehnu?

    2. Nuhyy says:
      August 22, 2020 at 11:36 am

      Alheee mi story nimuneemaa varah miss vaaaney ekam sisooo ge new story inthihaa vx kiyaalaan libeene dho eyrah

    3. Afaa says:
      August 22, 2020 at 5:19 pm

      Insha allah inthihaa soon!

  3. Nuhyy says:
    August 21, 2020 at 11:11 pm

    Rafga nuhunnaane dho maithiri wegenneh next part ga anekka eyna keehbaa kuraanee and nik and falak ah ehen nahadhaa dhuru nukurahche sisooo plssss and yanaa avahah hey aruvaa dheeeba

    Lysm stay safe

    1. Afaa says:
      August 22, 2020 at 5:29 am

      Ahahah arn next part ga rafga bon alhaane kamah lafaa kureweny….hingaa dhw yanaa hey araatho yaa falak aa nik ah waagotheh balamaa
      Lym♥️

  4. Lam ? says:
    August 22, 2020 at 1:07 am

    Ohh wow Maasha allah v v reethi mi part ves..
    Falak preg vee Dhw..
    Nikyan falak vari nukurahchey..
    Curiously waiting for the nxt part..

    1. Afaa says:
      August 22, 2020 at 5:29 am

      I hope too? falak gastric wes wedhaannu? Thankyou ♥️♥️

  5. ?Kukkyyy? says:
    August 22, 2020 at 3:36 am

    OMMMGGGYYYY I’m damn sure that falak preg V.. Yippee.. But why nick? Whyyy??? Why did he signed the papers… ??????please don’t separate falak n nick ???yanaa darling Gws. Aal is waiting for you ??please sisoo make everything right.. Please upload the next part as soon as possible.. Lysm n always stay safe ❤️❤️❤️???

    1. Afaa says:
      August 22, 2020 at 5:31 am

      Yess i will try next part awahah up kuran ingey
      Nik and falak dhw???????? hingaa balamaa falak ah v gotheh and divorce ah waagotheh??? yanaa wes heylawwan wejje kanneyge dhw….thankyou kukky ♥️ Stay safe♥️

  6. Naani says:
    August 22, 2020 at 7:52 am

    Omg????????????? Noo alhe Falak aa Nikyan dhen dhuru nukurahchey????????? hieh nuvey Nikyan ah kereyne henneh anekka mihaaru preg veema???? Yanaa gandaa dhen thedhuvan ulhey ingey Yana netheema varah foohivey Naanives???? Nukko ah biteh ves libeneetha haha??????????
    Maasha Allah mi part hama varah varah varah varah varah varah varah varah varah varah varah varah varah varah varah Salhi???????????????????????????????????????????❣️❣️??❤️❤️??❤️❤️??❤️❤️???????????????

    1. Afaa says:
      August 22, 2020 at 11:27 am

      Preg waahaka falak ah nikyan kairi buneweyne baaa dhw ekmm
      Hingaa balamaa rafga kon bomeh tho falhaalany
      Tc lym♥️?♥️?

    2. Afaa says:
      August 22, 2020 at 11:27 am

      Nukko and aalim ge secretary kailaan???

  7. ?shif? says:
    August 22, 2020 at 7:55 am

    Maashallah good luck aphxxx

    1. Afaa says:
      August 22, 2020 at 11:26 am

      Thankyou?

  8. Anonymous says:
    August 22, 2020 at 7:56 am

    Alhe falak preg veethaa??? If so, I’m soooooooo excited! ????????
    But Nick kuran eulhey Kameh dhww… Nick aa rulhi!!!
    Yanaa vs Dhn heylaanama.. Scarlet mn dress vs ready kuryma Yanaa ge wedding ah..?????
    Btw, hope your fine sis. Ly❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️Scarlet❤️ says:
      August 22, 2020 at 8:15 am

      BTW I’m scarlet ingey

    2. Afaa says:
      August 22, 2020 at 11:26 am

      Dhww nikan scarlet dheyba yanaa heylawwan alhe??? hingaa dress thah laan ready ga thibeyn dhwww lets hope for the best
      Lym tc♥️♥️♥️

    3. Abu❤ says:
      August 23, 2020 at 9:30 am

      Dhon hingaa ingection beynun kohgen yan heylunvan???…
      alhe hedhu ready ves kurevihje?…
      Dhon, dhooni kaafage bohkuraaves ready kurin dhw???…
      Hingaa nick aa tolhen?
      Afaa baiverivaanan dhw..

    4. ❤️Scarlet❤️ says:
      August 23, 2020 at 7:53 pm

      Hmmm Dhon kaafa bohkuraa vs ready kurin.. Alhe Alhe.. ??
      Yeah Hingaa Yan heylahvan dhw.. I have a doc coat.? We can secretly go in as doctors dhw.
      Aslah nik ah gotheh hadhan vejje. Nik ge mind change kuraane gotheh hadhan vee… Silly silly Nikyan! ???

  9. ?#BLOSSOM#? says:
    August 22, 2020 at 8:29 am

    wow vrh reethi mi prt ves ..? hama habeys.. ?so beau.. ?n OMG falak preg dhw..? ???dhn nick plx falak divorce nukuraathi…?? dhn yan heylabala..?? aal ah ehn nuhadhaa.. ??e soru maruvedhaane…?? plx plx plx heylaalabala..??????? stay home and stay safe..??take care.??luv you a lots..❤️❤️❤️

    1. ❤️Scarlet❤️ says:
      August 22, 2020 at 9:51 am

      Blossom sis, when your story ge next part

    2. Afaa says:
      August 22, 2020 at 11:25 am

      Aal wrh hihwaru gadha waaney ehaa faseyhain mara eh nuleweyne hahahah yan wes dhw heylaane kanneyge awahah nik and falky ah waagotheh balamaa dhw
      Ly tc♥️♥️♥️???

    3. ?#BLOSSOM#? says:
      August 22, 2020 at 12:13 pm

      hallow scarlet sis..i was a lil buxy ehnve upload nukurevunee..today submit kohlaanan.. insha’Allah

    4. ❤️Scarlet❤️ says:
      August 22, 2020 at 9:25 pm

      Blossom sis Pls eccept my invitation ???
      I just sent it

  10. Hafu says:
    August 22, 2020 at 10:17 am

    Heidi my Lwbi lwbi sisoo
    This part is amazing…wowwww.. varah salhi
    Nick plss falak divorce nukuraathi…alhe falak will be so sad and hurt dhw when she will know Nik is gonna divorce her…..alhe what is the happy news that doc gave to falak…wish that happy news will change Nik ge mind…
    Yaana wake up..aalim is waiting for u…plss wake up soon…aal ge hope eh vey dhw yaana varah avahah wake up kuraanekamah….
    Alhe sis koba tha tht irritating rafga…mi part ga eyna konthaakah fily…
    Looth zumaa kaireega bunaanebaa nik and falak aa beheygothun..wish he will tell about it…
    Nuhaa ge khujja entry vee dhw story ah
    Nik men e ulhenee hotel eh gatha mihaaru…..
    Sis how many parts are left now
    As usual Hama speechless vi mi part kiyaafa
    Curiously waiting for next part sis…..when is next part…
    Nd thxs a lot for submitting it so fast…thxssssss
    Alhe mi story nimuneema I’m gonna miss this story and u sis
    Mi story ah fahu new story eh sis liyandhw
    Love this story
    Btw how r u sis?hope u r fine
    Lysssssmmmmm
    Tyssssmmmm
    Stay safe stay home

    1. Afaa says:
      August 22, 2020 at 11:24 am

      Yess mi story nimuny ma liyaa story ge trailer innaane up kohfa thankolheh kurinn
      And im good alhamdhulillah
      Falak ah nikyan kairi e happy news buneweyne hen hyweytha and btw kailaan aky aalim ge secretary ey not someone new ingeyyy ahahaha rafga mathin miss v dhw hurey next part ga eyna bon alhaane???
      Tc lym♥️♥️♥️

  11. Hafu says:
    August 22, 2020 at 10:20 am

    Oops…it heiii****

  12. ?Ril? says:
    August 22, 2020 at 12:54 pm

    ❤️Hii sisoo ❤️
    ?Mi part ves vrh sali?
    ❤️Masha Allah keep it up❤️
    ?Aley back to Maldives dhw?
    ❤️Mi stry ge cover gaa nik Ah eynee Korean actor eh dhw ❤️Ril ah heevany ey ekujaa ulunu Korean film eh belin vrh vahtharu hehehe❤️
    ❤️Aley Falak aa nik divorce vany tha Aley Mi nik ves dhw ?
    ❤️Nuvaane kaneyge dhw divorce❤️? eh ey Falak preg vee maa hehhehehehe?
    ❤️Waiting for the next part curiously❤️
    ?Luv uuu?
    ?Stay safe ?

    1. Afaa says:
      August 22, 2020 at 5:19 pm

      Lets see what nik does dhwww ? yes nik ge pic ah ei korean actor sung hoon
      He is one of my most favvvv in my secret romance, noble my love and many more series
      Thankyou darla ly♥️?

    2. ?Ril? says:
      August 22, 2020 at 9:48 pm

      Ohhh Ril ves belin secrate romance vrh Sali dhw sis e flim
      Noble love ves inaane but adhi nubalan but I will watch soon
      Ohh sis ge fav actor dhw

    3. Afaa says:
      August 23, 2020 at 11:23 am

      Lee min ho and sung hoon both are my favsss?♥️

  13. Elsa says:
    August 22, 2020 at 1:31 pm

    Sis please don’t do it don’t hurt him pls and ik falak is pregnant so pls don’t do it

    1. Afaa says:
      August 22, 2020 at 5:20 pm

      Lets hope for the best dhw

  14. Elsa says:
    August 22, 2020 at 1:32 pm

    Pls pls pls don’t do it but keep it up and bye lots of love from me ?♥️♥️??♥️?♥️♥️♥️???♥️?♥️?♥️??♥️?♥️??❤️?❤️❤️♥️❤️❤️♥️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Afaa says:
      August 22, 2020 at 5:20 pm

      Thankyou elsa♥️

  15. Raayaa? says:
    August 22, 2020 at 3:54 pm

    Yaaay falak preg dhww….nik kehe thikuree???? alhey visnaalinama dhw???? i varah dhera vehje huvaaaaaaaaa.dhn afaa pls nik and falak alun gulhuvaidhehchey ingey…..?????rafgaa maraalaba ….corona jassaigen vias….huvaa mibunyyy i hate rafga and sisoo thee v rangalhu frnd eh ..,v dhera vey habareh nuveveythee….sorry ….miss u sisooo…and loads of love from mee afaa

    1. Afaa says:
      August 22, 2020 at 5:22 pm

      Its okay darla i dont even use hangouts now so… yes lets see dhw falak and nik ah waagotheh? rafga hama corona jassan v dhww?? lym♥️

    2. Raayaa? says:
      August 22, 2020 at 8:47 pm

      Aan visnaane kameh vc neii hama jassaa corona
      Ekam eyahvure rangalhu vaane maraalias

    3. Afaa says:
      August 22, 2020 at 10:14 pm

      Eyah wuren wes majaa gotheh hadhaanan ingey?

    4. Afaa says:
      August 22, 2020 at 10:14 pm

      Eyah wuren wes majaa gotheh hadhaanan ingey?

    5. Raayaa? says:
      August 23, 2020 at 9:05 am

      Double comment dhw sisoo…..alhey cant wait dhn bunedheyn vy ehnu mi story ga vaane goiii…and lilly ge story vc vvvvvvvvvvv miss????e rafga ah ehves ufaleh neii eyna eh ulhey vahtharakunneh

  16. Afu says:
    August 22, 2020 at 4:20 pm

    OMG OMG OMG falaakee is going to be a mommyyy dhww ??♥️♥️????? conguragulations ????♥️♥️♥️ alhe Nik keeh thr thikuraneee alhe visnaalaba one faharu ??? alhe siss falakee n Nik dhuru nukurahchey ???? miulheyyyy rafga gadu huvaaa mikureee bundhaalafaanamey vx hithah araa ?????? alhe yanaa heylaba eyoh aalim soru moyavanee ey ??? hahahahahha nuhaa vx dhwww afu ah heevanee nuhaa enme fahun e kuhjjaa aaa kahneyge vaanee ??? dhn kihinei baa vaanee
    Siss maa curious kohshey mihaaru nihmanee ??? waiting for nxt ♥️♥️♥️ siss how are you ??? Stay safe ♥️♥️♥️
    TC ♥️♥️♥️♥️
    Saranghae♥️♥️♥️♥️lysssssmmmmmm ❤️❤️❤️❤️ luv u a lottttt

    1. Afaa says:
      August 22, 2020 at 5:30 pm

      Nik ah adhi ingeyne kanneyge dhw hurihaa ehcheh lets hope for the best??? nuhaa and kailaan the assistant of aalim ahahaha
      Im good alhamdhulilah hws you afuu?
      Stay safe ingey lym?

    2. Afu says:
      August 22, 2020 at 8:36 pm

      Yh I think he will change his mind dhaan vi Nik ge mind change kohlan ???Ohhhh really nuhaa vx assistant ah vey thr ??? Ohhh can’t wait to see what happens next ??? alhamdhulillah afu ragalhu ♥️♥️♥️ siss stry nihmaa iru rafga ah ragalhu filaavalheh nagai dhehche n where is her mom now falak mn aikan igihjjegyya valhu vx laifaane

    3. Afaa says:
      August 22, 2020 at 10:15 pm

      Nooney raaidha ah wisnifa yo hury ekm eyna kuri kushuge sazaa liben waannu dhw….i hope nik ah wisneyne kamah too tc darling♥️

  17. Just a reader says:
    August 22, 2020 at 10:31 pm

    Aamazing curious to know what will happen next good luck aphxxx dear

    1. Afaa says:
      August 23, 2020 at 11:24 am

      Thankyouuu

  18. Abu❤ says:
    August 23, 2020 at 9:27 am

    Omg omg omg?…..
    suppppp????
    falky aai yan parents ah vaneetha?…
    omg omg?…
    dhen falky report dhihkohlaairu nick dhihkohlaaniy divorce paper dhw?….
    i am gonna cry?…
    sisooo ehen nahadhahchey?…
    mi v.lwbi vey falky andnick dheke?…
    kailaan kairy buney nuhyy ah propose kuraairu rose ge badhalu gai ice cream dheyshey?????
    BTW always the best…
    Love ya
    Stay safe
    Abu

    1. Afaa says:
      August 23, 2020 at 11:25 am

      Ahahha yess nuhaa loves ice cream ahahah
      Kailaan ge kulhadhaana kan ohnaany dhw eyga
      And yes nik and falky??? lets hope for the best for them
      Lym tc♥️

  19. Shaiiii says:
    August 23, 2020 at 2:14 pm

    Alheyy vhk haadha rychey?❤️?❤️?❤️?❤️?❤️?❤️?
    Hama speechless?✨?✨?✨?✨?✨?✨?✨?✨
    Nick falky divorce nukurachey???????????
    Aphxxx loabs avh nxt prt up kohdheche❣️?❣️?❣️?❣️
    Kiyaa hithun keh madhu vehjje???????????
    Waiting for nxt beautiful prt♥️?♥️?♥️?♥️?♥️?♥️?

    1. Afaa says:
      August 24, 2020 at 3:40 am

      Aww thankyou darling ♥️ next part innaane up wefa rn ?

Comments are closed.

Next Episodeލޯތްބައްޓަކައި(30ވަނަ ބައި)←


All Right Reserved!