ބިސްގަނޑެއް އަޅާލަން ތަވަލަށް ބިސް ތަޅާލުމަށްފަހު ގޭގެ ދޮރާ ދިމާލަށް ބަލާލި ޝޫރާއަށް ސިހުން ލިބުނީ ގަބުވެފައި ހުރެ ގެއަށް ވަދެގެން އައި މައުރިފާ ފެނުމުންނެވެ.”މަންމާ…އެއްޗެއް ބާއްވާފަ ދެވުނީ ދޯ”ޝޫރާގެ އަޑުވެސް މައުރިފާއަށް އިވުނު ހެނެއް ހީ އެއްނުވެއެވެ.ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުގައި ތަޅުލުމަށް ފަހު ދޮރު ބުޑުގައި މައުރިފާ އިށީނދެލިއެވެ.”މަންމާ ކިހިނެއްވީތަ؟އަޅެ ދޮރު ހުޅުވާލަބަ…”މީގެ ކުރިން މައުރިފާ އެފަދަ ގޮތަކަށް ޢަމަލު ކޮއްފައިނުވާތީ ކޮންމެވެސް ކަމެއް ވެއްޖެ ކަން ޝޫރާއަށް ނަގައިގަނެވުނެވެ.ކިޔާކިޔާވެސް މައުރިފާ […]
އިރުއޮށްސޭ ހިތްގައިމު ވަގުތު އުޑުމަތި ފެވިފައިވނީ ފަނޑު ރަތް ކުލަޔާ،އޮރެންޖު އަދި ދަނބު ނޫ ކުލައިގެ ވިލާތަކުންނެވެ.ބަލާ ފޫހި ނުވާނެ މި މަންޒަރަށް ނަޒަރު ހުއްޓާލައިގެން ނިކްޔަން ހުރީ ޓެރަހުގައެވެ.އަތުގައި އާވީ އަރާ ކޮފީމަގެއް ހުރި އިރު އެ ހިތްގައިމު މޫނުމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ.”ދޮންބޭ”ނުހާގެ އަޑަށް ނިކްޔަން ފަހަތް ބަލާލި އިރު އޭނާ އައިސް އެތާ ހުރި އުނދޯލީގައި އިށީންނަނީއެވެ.”ކިހިނެއްވީ؟”ބުމަ އަރުވާލަމުން ނިކްޔަން ނުހާ ގާތު އަހާލިއެވެ.”ޕިސްޕިސް…ނުއްކޮ ކަންނޭގެ ދޮންބެ ކައިރީ ތިހެން އަހަންވީ…މާ ސީރިއަސް […]
ހުރިހާ ފާރެއްގައި ހުދު ކުލަ ލެވީފައިވީ އިރު ފަރުދާތަކާއި ފަރުނީޗަރު ތަކުގައިވެސްވަނީ ހުދުކުލައެވެ.ބޮޑު ބެޑް ރޫމް ސެޓަކާ އަލަމާރިއެއްގެ އިތުރުން ސޯފާސެޓަކާއި ފަތި ޓީވީ އެއްވެސް ފާރުގައި ހަރުކުރެވިފައި ހުއްޓެވެ.ކޮޓަރި ތެރެއަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ހުރުމަށްފަހު ސޯފާގައި ފަލަކް އިށީނދެލީ ވެފަހުރި ވަރު ބައްޔާއި ބޮލަށް ކުރަމުން ދިޔަ ބާރުގެ ސަބަބުން އިތުރަށް ކޮއްޅައް ހުންނަން ކުޅަދާނަ ނުވުމުންނެވެ.ފާލިހް އައިސް އެ ކޮޓަރި އަށް ވަނީ ފަލަކް އެހެެން އިންދައެވެ.”ދަރިފުޅާ ކޮޓަރި ކަމުދޭތަ؟”ފާލިހްގެ އަޑަށް ފަލަކް […]
ހެނދުނު ހެނދުނާ ހޭލައިގެން ރާއިދާ ހޭފޭނާރާ އުޅުނީ ރޭގައި އޭނާގެ ފިރިމީހާ ގުޅާފައި މެންދުރު އަންނާނެ ވާހަކަ ބުނުމުން ރަނގަޅު ކާ އެއްޗެއް ތައްޔާރު ކޮށްލުމަށެވެ.އަދި މެހެމާނަކުވެސް އަންނާނެ ވާހަކަ ބުނުމުން ނޯކަރުންނަށް ކޮޓަރި އެއް ތައްޔާރު ކުރަން ވެސް ހަވާލުކުރުމަށް ފަހު ފެންވަރާލައިގެން ރާއިދާއަށް ހަމަޖެހި ލެވުނުއިރު މެންދުރު ނަމާދުގެ ބަންގި ގޮވައިފިއެވެ.ނަމާދު ކޮށްލައިގެން ރާއިދާ ސިޓިން ރޫމަށް ނިކުތް އިރު ރަފްގާ ހޭލައިގެން ތިރިއަށް ފައިބަނީއެވެ.އެހާ ލަސް ވަންދެން ނިދަން ނޯންނަން އޭނައަށް ރަފްގާ […]
ވެންނުމަށް ރަފްގާ ބުނުމާއެކީ އެ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަދެގެން އައި ބާރަވަރަކަށް އަހަރުގެ އަންހެންކުއްޖާ އައިގޮތައް އައިސް ރަފްގާގެ ގައިގަ އޮޅުލައިގަތެވެ.”ހެޕީ ބަރތްޑޭ ކޫ” އެ ކުއްޖާ އޭނާގެ ލޮބުވެތި އަޑުން ރަފްގާއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާލުމަށްފަހު ރަފްގާއާއި ދުރުވެލިއެވެ.ރަފްގާވެސް އެކުއްޖާގެ ކޮލުގައި ހިފާލަމުން ތެންކިޔުއޭ ބުނެލިއެވެ.ދޮން ދޮން ހަންގަނޑެއް ލިބިފައި ވާއިރު އެ ކުއްޖާގެ ފަން ފަތްކޮޅެއްފަދަ އިސްތަށިގަނޑު އޮތީ މިނިވަންކަމާއިއެކު ދޫކޮށްލާފައެވެ.ލައިގެން ހުރި ދަނބުކުލައިގެ ކަކުލާ ހަމަޔަށް އަންނަ ހެދުމާއި ގުޅޭ […]
ގޭގެ ދޮރުގައި ބެލް އޅާލި އަޑު އިވުމުން ސޯފާގައި އށީނދެއިން ރާއިދާ ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ޝޫރާ ފެނުމުން އަވަހަށްް ވަންނަން ތަންދެއްކިއެވެ.”ދައްތާ، ރަފްއަދިވެސް ހުރީ ރުޅިއައިއްސަތަ؟”ރާއިދާގެ މޫނު މަތީގެ ކުލަވަރުތަކައް ބަލާލުމުންވެސް އެ ސުވާލުގެ ޖަވާބު އިނގެން ހުރި ނަމަވެސް ޝޫރާ އަހާލީ ޔަޤީންކޮއްލުމުގެ ގޮތުންނެވެ.”އާން ދައްތަ ކިޔައި ކިޔައި ނުވެސް ތެދުވި، ޝޫ ގޮސް ގޮވާލަބަލަ އަޅެެ ރޭންސުރެ ނުވެސް ކައި އެއޮތީ”މާޔޫސް ކަމާއެކު ރާއިދާ ކިޔައިދިނެވެ se puede encontrar […]
“ރަފް ދަރިފުޅާ ދެން ތެދުވެބަލަ، ޑޭޭޑް ދިޔައަކަސް އަބަދު ތިހެން. އޮންނާކަށް ނުވާންނު.ޑޭޑް ވަރަށް މުހިންމުވީމަ ނޫނީ ރަފްގެ ބަރތްޑޭ މިސް ކޮއްފަ ތާކަށް ނުދާނެކަން ދަރިފުޅަށް އިނގެއެއްނު”ރާއިދާ ދިއައީ އެނދުގައޮތް 16 އަހަރުގެ އޭނާގެ އަންހެން ދަރިފުޅަށް ވިސްނާދޭން މަސައްކަތްކުރަމުންނެވެ.ގަޑިން މެންދުރު އަނބުރާ ދޭއްޖެހިއިރުވެސް ރަފްގާއޮތް ތަނުން ހިއްލާނުލުމުން ރާއިދާހުރީ ހިސާބަކަށް ނުތަނަަވަސް ވެފައެެވެ.މިއަދަކީ ރިފްގާގެ ސޯޅަވަނަ އުފަންދުވަހަށްވެފައި ރާއިދާގެ ފިރިމާހާ ވިޔަފާރީގެ ކަމަކު ރާއްޖޭން ބޭރަށް ކުއްލިގޮތަކަށް ދިއުމުން ރަފްގާ އެެހެރީ އެކަމާ ހިތްހަމަނުޖެހިފައެވެ.ކުޑއަރުއްސުރެ […]
ހޮސްޕިޓަލްގެ ވާރޑްގެ އެނދެއްގަ ބޯ އަޅާލައަގެން ގޮނޑީގަ ނިދިފަ އޮތް އަންހެން ކުއްޖާއަށް ވާރޑްއަށް ވަންނަމުން ދިޔަ ގިނަ ބައެއްގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ.ނިދާފަ އޮތް އިރުވެސް އެ މައުސޫމު މޫނު މަތިން ފެންނަނީ ހިތާމައިގެ އަސަރުތަކެވެ.ބޯ އެސްފިޔަތައް މެރިފަވީ ނަމަވެސް އެ ބޮޑު ދެލޮލުގެ ކިއިރީގައި ކަރުނަ ނުހިކި ހުއްޓެވެ.އެ އަންހެންކުއްޖާ ބޯ އަޅާ ލައިގެން އޮތް އެނދުގައި މެދު އުމުރުފުރައިގެެ އަންހެނެއް އޮތް އިރު، އެ އަންހެން މީހާ ނިދިފަ އޮތް އޭނާގެ ދަރިފުޅުގެ […]