ކާރު ތެރޭގައި އިން އިރުވެސް ހުއްޓުމެއް ނެތި ފަލަކްގެ ރީތި ދެލޮލުން ދިއައީ ކަރުނަ އަންނަމުންނެވެ.ކިހިނެއްވީތޯ ނިކްޔަން އެތައް ފަހަރަކު އެހުމުންވެސް ފަލަކް ގެ ފަރާތުން ޖަވާބެއް ނުލިބުުމުން އިތުރަށް އެއްޗެކޭ ނުބުނެ ނިކްޔަން އިނީ ޑްރައިވަރު ވެސް ހުރުމުންނެވެ.އާލިމް އެހެން އަންހެން ކުއްޖަކާ ގައިގޯޅިވެ ހުރި މަންޒަރު ފެނުމުން އޭނާ ދެރަވާންވީ ކީއްވެ ބާއޭ ފަލަކްގެ ހިތައްއެރިއެވެ.އޭނާއަށް އާލިމްއާއި މެދު ހާއްސަ ގޮތަކަށް ދެކެވެނީ ހެއްޔެވެ؟އާލިމް އާ މެދު ފޮނި އުންމީދުތަކެއް ކުރެވުނީ ކީއްވެ ހެއްޔެވެ؟އޭނާއަށް […]
”ސޮރީ އެންޑް ވަރަށް ބޮޑަށް ތެންކިޔު ހެލްޕް ވެދޭން މިއޮތް ހުރިހާ އިރު މިތާ އިނީމަ”ފަލަކް ނިކްޔަންއަށް ޝުކުރު އަދާ ކޮއްލިއެވެ.”ހޫމް…އަސްލުވެސް މިތާގަ އިނދެ އިނދެ މިހާރު ބުރަކައްޓައް ވެސް ތަދެއް އަރައިފި….ފަލްކީ އަހަރެންނަށް ޝުކުރު އަދާކުރަން ބޭނުމިއްޔާ ކަމެއް ކޮއްދޭން ކެރޭނެ ތަ؟”ބުރަކަށީގައި ރިއްސާކަމަށް އެކްޓުކޮއްލަމުން ފަހު ޖުމަލަ ނިކްޔަން އަހާލީ ސީރިއަސްކމާއި އެކީގައެވެ.”ސޮރީ…އަޅެ ކީތްކޮއްދޭންވީ”ނިކްޔަން އާ ދިމާލަށް ބަލާލަމުން ފަލަކް އަވަހަށް އަހާލިއެވެ.”އިނގޭންނު ތޮއިފް ދޯ…؟މިރޭ އެބައޮތް އޭނަގެ ބާރތްޑޭ ޕާރޓީ….ފަލްކީ އަހަރެންނާއެކު ޕާރޓީއަށް […]
”ވަޓް އިޒް ގޮއިން އޮން ހިއަރ”ނިކްޔަންގެ ކޮޓަރީގެ ދޮރު ކައިރީގައި ހުންނަ ސްވިޗް ބޯޑުން ލައިޓު ޖައްސާލުމާއި އެކީ ފެނުނު މަންޒަރުގެ ސަބަބުން އަނެއް ފަރާތައް އެނބުރެމުން ނުހާ ހަޅޭއްލަވައިގަތެވެ.ބިރެއް ފެނުނު ފަދައިން ނިކްޔަން އާއި ފަލަކް ކޮއްޅައް ތެދުވިއިރު ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާ އެރި ހެނެވެ.ނިކްޔަންއާއި ދިމާލަށް ބަލާލި ފަލަކް އަވަހަށް އަނެއް ކޮޅަށް އެނބުރުނީ ހުސްގަޔާ ހުރި ނިކްޔަން ފެނުމުންނެވެ.ބައިމަތި ފުޅާވެފައި ބަނޑުގެ މަސްތައް ހަގޮޅިއަށް ބެހިފައިވީއިރު ޤަވައިދުން ކަސްރަތު ކުރާކަން ހާމަވެއެވެ.”ނުހާ […]
މީޓިން ރޫމުގެ ބޭރުން ފަލަކް ފެނުމުން ނިކްޔަން އިޝާރާތުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ކަމަށް ބުނެލިއެވެ.ހިނިތުންވެލަމުން ފަލަކް ވެސް މީޓިންގް ރޫމަށް ވަނެވެ.ދުރުގައި ހުރި އާލިމްއަށް މިމަންޒަރު ފެނުމުން މެޔަށް ފާޑެއްގެ ގޮތެއް ވެގެން ދިއަހެން ހީވިއެވެ.ނިކްޔަން އާއި ފަލްކްގެ އެ ގާތް ކަމުގެ ސަބަބުން އޭނާއަށް އުނދަގޫވާންވީ ކީއްވެ ހެއްޔެވެ.މީޓިންގް ރޫމަށް ހުރިހާ ކުދިން ހަމަ ވުމުން ލީޑިން ޓީޗަރުން ނަތީޖާ އިއްވަން އަވަސްވެގަތެވެ.އޭރުވެސް ފަލަކްގެ ހިތް ދިއައީ ބާރުބާރަށް ތެޅެމުންނެވެ. ************* އިސް […]
”ބަލަ ލައިލާ ތީ ނުވިސްނޭ ކުޑަކުއްޖެއްތަ..ނިކަން ތި ބޮލުގެ ބޭނުން ކޮއްބަަލަ…އޭނަޔައް ލާރި ދެންޏާ ހަމަ ދޭހާ ވާނީ…އެނޫނަސް އުލްފާގެ މަރަށް މިއަހަރު ދެ އަހަރު ފުރޭނެ…އޭނާގެ މަރަކީ އެންމެންގެ ލޮލައް އެކްސިޑެންޓެއް..އޭގެ ހަޤީޤަތް އިތުރު މީހަކައް އިނގުނަކަ އަހަރެން ނުދޭނަން”ދެން ހަނީފުގެ ދުލުން އިވިގެން ދިޔަބަސްތަކުން އައި ރުޅިޔާ އެއްވަރައް އާލިމް ދެރަވެސް ވިޔެވެ.ކަތުރު ކަށިގަނޑައް ވާންވެގެން ދިއައިރު ހަނީފްމެން ކޮޓަރީދޮރުގައި ހިފަން އާލިމް ހިއްލާލި އަތް އަނބުރާ ގެންނަން ޖެހުނީ ހާޖަރާ އާލިމްގެ […]
މާގިނައިރު ކުރަން ނަހަދާ ރަފްގާ އޭނާގެ އަތުގައި އޮތް އެހެން ފޯރމެއް އެ ފޯރމު ބަަލައިގެން ފުރާލިއެވެ.ހަމައެކަނި ތަފާތަކީ ކުރިމަތި ލާން ބޭނުންވާ މަޤާމު އޭނާ ބަދަލު ކޮއްލި ކަމެވެ.ފޯރމު ފުރާ ނިމުމުން އެ އަނބުރާ ސިޓީ އުރައަށް ލުމަށްފަހު ފަލަކް ގެ ކޮޓަރިން ނިކުތް ރަފްގާގެ މޫނުމަތީގައި ވަނީ މަކަރުވެރިކަމެވެ. ************ ސުކޫލަތް ވައިން ގިނަ ކުދިންގެ މިސްރާބަކަށްވީ ސުކޫލު އޮފީހެވެ.އެހެންކަމުން އޮފިސް ކައިރީގައި ފުދޭ ވަރަކަށް ކުދިން އެއްވެފައި އޮތެވެ.ޝޫރާއާއި އެއްކޮން ގޮސް ފޯރމު […]
ޑިއުޓީ ނިންމާލައިފައި ގެއަށް އައި މައުރިފާގެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ.8ގަޑީރުގެ ޑިއުޓީއެއް ކޮއްފައި އައުމުން ވާނީވެސް އެހެންތާއެވެ.ފެންވަރާލައިގެން ނިކުމެ މައުރިފާ އަވަސްވެގަތީ ޝޫރާ އަންނަންވާއިރަށް ކާއެއްޗެއް ރޯފިލުވާލާށެވެ.ޓޮމާޓޯ ބަތް ހަދަން ހުރުހާއެއްޗެއް ތައްޔާރު ކޮއްލުމަށްފަހު ކޮށާފައި ހުރި ކެރެޓު އަދި އެހެނިހެން ތަރުކާރީގެ ބާވަތްތަކަށް ނަޒަރު ހުއްޓާލި މައުރިފާއަށް ދެލޯމަރާލެވުނީ ޅަފަތުގެ ހަނދާންތައް އާވުމުންނެވެ. *************** ހަވީރުގެވަގުތެވެ.އަވައްޓެރި ގެއެއްގައި ހިތާނީ ހަފްލާއެއް އޮތުމުން މައުރިފާ އާއި އޭނާގެ ދޮންތަވެސް ދިއައީ އެގޭ މީހުނަށް އެހީވުމުގެ ގޮތުން ކެއްކުމުގައި […]
ނުހާއާއެކު ވަގުތުކޮޅެއް ހޭދަކޮއްލުމަށްފަހު ފަލަކް ރީތިވެލައިގެން ޒުމާއަށް ގުޅާލަމުން ތިރިއަށް ފޭބީ ސަލްމާގާތު ބުނެލާފައެވެ.ގޭޓުން ނިކުތް އިރު ބޭރުގައި ޒުމާ ހުރިތަން ފެނުމުން ދެކުދިން އެކީގައި ހިނގައިގަތީ ރަސްރަނި ބަގީޗާއާއި ދިމާލަށެވެ.ކަޅުކުލައިގެ ފައި ފޮރުވޭވަރުގެ ދިގު ފުޅާ ހެދުމެއް ލައިގެން ފަލަކް ހުރިއިރު އެ ހެދުމުގެ އެތް އަރިމަތި ވަނީ ރަންކުލައިގެ ރޭނދަލުން ޒީނަތްތެރި ކުރެވިފައެވެ.ކަރުގަ ރަން ކުލައިގެ ދޯޕައްޓާއެއް އޮތް އިރު ދިގު އިސްތަށިގަނޑުވަނީ މައްޗައް ނަގާ އައްސާލާފައެވެ.ޒުމާއަކީ ވެސް ހުތުރު ކުއްޖެއްނޫނެވެ.ހަމުގެ ކުލަ އެހާއަލި […]
”ފަލަކް” ރަފްގާއާއި ނިކްޔަންގެ ފަހަތުން ސުކޫލު ގޭޓުން ވަދެގެން ދިޔަ ފަލަކް ހުއްޓިލީ ވަރަށް ދަންނަ އަޑަކުން މީހަކު އޭނާއަށް ގޮވާލުމުންނެވެ.”ޒުމާ”ފަހަތަށް އެނބުރުނު އިރު އޭނާއާ ދިމާލަށް ބަލަހައްޓައިގެން ދެލޯ ބޮޑު ކޮށްލައިގެން ހުރި ޒުމާ ފެނުމުން ފަލަކް އަށް ބުނެވުނެވެ.ފަލކްއަށްވެސް ވީ ހަމަ ޒުމާ އަށް ވީވަރެވެ.އުފަލުން ގޮސް ދެކުދިން އެކަކު އަނެކަކު ގައިގަ ކުޑަކޮން ބައްދާލިއެވެ.ދެ އަހަރު ފަހުން އެންމެ ގާތް އެކުވެރިޔާއާއި ބައްދަލުވުމުން ދެކުދިންވެސް ތިބީ ވަރަށް އުފަލުންނެވެ.”ފަލަކް މިތާ…؟”ސުވާލު ގެ ނަޒަރަކުން […]