ލޯތްބައްޓަކައި(30ވަނަ ބައި)
ޝޫރާއާއި އެކު ވިލިމާލޭގެ ހޮސްޕިޓަލަށް ފަލަކް ދިއައީ ޝޫރާ މެންގޭގައި ހުއްޓާ ބޯ އަނބުރާ ކަހަލަ ގޮތެއް ވާން ފެށުމުންނެވެ. ޝޫރާމެން ދިރިއުޅޭ ގެ ހުންނަނީ ހޮސްޕިޓަލާއި ނުހަނު ކައިރީގައި ކަމުން މައުރިފާ އަދި ޝޫރާގެ އެދުމަށް ޑޮކްޓަރަށް ދައްކާލަން ފަލަކް ނިންމީއެވެ. ހަމްދާން އާއި ޝޫރާގެ އެހީގައި ހޮސްޕިޓަލަށް ދެވުމާއިއެކީ ފަލަކް އެނދުމަތި ކުރެވުނެވެ. ދެތިން ޓެސްޓެއް ހަދަން ލޭ ނެގުމަށްފަހު އައިވީ ގުޅާފައި އެ ހުސްވަންދެން ފަލަކް އެޑްމިޓް ކުރެވުނެވެ. ފަަލަކްގެ އެދުމަށް އެކަކުވެސް ނިކްޔަންއަށް ނޭންގީ އެހައި ސީރިއަސް ނުވުމުންނެވެ. ތިން ގަޑީރި ތެރޭގައި އައިވީ ފުޅި ހުސް ވިއިރު ޑޮކްޓަރު ހުރީ ހެދުނު ޓެސްޓުގެ ނަތީޖާ ހިފައިގެން އައިހެވެ.
ފުޅާ ހިނިތުންވުމަކާއި އެކު ޑޮކްޓަރު ދިން ޚަބަރަކުން ފަލަކްގެ މޫނުމަތި އުޖާލާ ވެގެން ދިއައެެވެ.
“މަރުހަބާ…ޔޫ އާރ ޕްރެގްނެންޓް…ބަނޑަށް ދެހަފްތާ” ދިވެހި ޑޮކްޓަރު ބުނެލި ޖުމްލައާއި އެކު ފަލަކްގެ މޫނުމަތިން ބަޔާންކުރަންދަތި އުފާވެރި އަސަރުތަކެއް ފާއުޅުވިއިރު، މަޑުމަޑުން ފަލަކްއަށް އޭނާގެ ބަނޑުމަތީގައި އަތް ބާއްވާލެވުނެވެ. އޭނާއަކީ އަންހެނުންގެ ހާއްސަ ޑޮކްޓަރެއްކަމުން އެތައް މާބަނޑު މީހުންނެއްގެ މާބަނޑު ދުވަސްވަރު އޭނާވަނީ އެމީހުންނަށް އެންމެ ގާތުން އެހީވެދީ، އެތަކެއް ޑެލިވަރީތަކެއް ނަގައިފައެވެ. މައިވަންތަކަމުގެ އެ ޖާދުވީ އިހުސާސް ގާތުން ދެކިފައެވެ. މިއަދު އޭނާއަށްވެސް އެ އިހުސާސް ކޮއްލުމުގެ ފުރުސުތު މިވަނީ ލިބިފައެވެ. އޭނާގެ ބަނޑުގައި އެވަނީ އޭނާއާއި ނިކްޔަންގެ ދަރިފުޅެވެ. އެދެމީހުންގެ ލޯބީގެ ނިޝާނެވެ. މި ރަހުމަތް ލެއްވީތީ ފަލަކް ހިތާއި ހިތުން މާތްﷲ އަށް ޝުކުރުވެރިވިއެވެ.
އެ ޚަބަރު އަޑުއިވުމާއިއެކީ ޝޫރާ އައިސް ފަލަކްގެ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު މަރުހަބާ ކީއިރު، ހަމްދާން ވެސް ފަލަކްއަށް މަރުހަބާކިއެވެ. ހަމްދާންގެ ގާތުގައި ނިކްޔަން ގާތު އަދި އެވާހަކަ ނުބުނުމަށް އެދިފައި ފަލަކް ބޭނުންވީ އަވަހަށް އެނބުރި އެމީހުންގެ އެޕާރޓުމެންޓަށް ދާށެވެ. “ދަރިފުޅާ ދެން އަބަދު ތިއުޅޭހެން ހެލިފެލިވެ ނޫޅޭތި…ވަރަށް ބަލައިގެން އުޅެންވާނީ…ގަޑިންގަޑިއަށް ސިއްހަތަށް ފައިދާހުރި ކާނާ ކާންވާނެ އިނގޭ” ފެރީ ޓާރމިނަލް ކައިރިއަށް ގޮސް މަޑުކޮއްލުމަށްފަހު، މައުރިފާ ފަލަކްގެ ބޮލުގައި ލޯބިން ފިރުމާލަމުން ނަސޭހަތްދިނެވެ. ފަލަކްގެ މޫނުމަތީގައި ނުފިލާ ރީތި ހިނިތުންވުމެއްވީއިރު، ކައިރީގައި ހުރި ނުހާ އުފަލުންގޮސް އެއްތާގައި ދެފައި ނުޖަހައެވެ. ބޯޖަހާލަމުން މައުރިފާ އަދި ޝޫރާގެ ގައިގައި ބައްދާލުމަށްފަހު ފަލަކްއާއި ނުހާ ފެރީގައި މާލެ ދިއުމަށް މިސްރާބުޖެހިއެވެ.
“ދޮންބެދައްތާ، ތެންކިޔޫ ސޯ މަޗް….އައި އޭމް ސޯ ހެޕީ ފޯ ޔޫ” ފެންކަޅިވެފައިވީ ދެލޮލަކާއި އެކު ނުހާ ފަލަކްއާއި ވާހަކަ ދެއްކިއިރު، ފެރީ ވިލިމާލޭގެ ބަނދަރުން ނައްޓާލައިފިއެވެ. ކުރެވެމުން ދިޔަ މުޅިން ތަފާތު އިހުސާސްގެ ސަބަބުން ފަލަކް ހުރީ އޭނާގެ އުފާވެރިކަން ބަޔާންކުރަން ވެސް ނޭނގިފައެވެ. އަތުގައި އޮތް ފޯނު ވައިބްރޭޓްވުމުން ފަލަކް ފޯނު ހުޅުވާލިއެވެ. ނިކްޔަންގެ މެސެޖެއް އައިސްފައި އިނުމުން ފަލަކް އެ މެސެޖު ހުޅުވާލީ ތެޅި ތެޅި އޮތް ހިތަކާއި އެކުގައެވެ. ނިކްޔަންއަށް މި ޚަބަރު ލިބުމުން ވާނީ ކިހިނެއްބާއެވެ. މި ޒިންމާ ނެގުމަށް ނިކްޔަން ތައްޔާރު ބާއެވެ.
“މީޓް މީ އެޓް އޭޑީކޭ ހޮސްޕިޓަލް އިން ޓްވެންޓީ މިނެޓްސް” ނިކްޔަންގެ މެސެޖު ފެނުމުން ފަލަކް އިތުރަށް ނުތަނަވަސްވިއެވެ. ނިކްޔަން ހޮސްޕިޓަލުގައި އޭނާއާއި ބައްދަލުކުރަން ބޭނުންވަނީ ކީއްވެ ހެއްޔެވެ. ނިކްޔަންއަށް އޭނާ ބަލިވެއިންކަން އިނގުނީ ހެއްޔެވެ. “ޔޫ ޝުޑް ގޯ….ގޮސް ދޮންބެ ސަޕްރައިޒް ކޮއްލާ….އައި އޭމް ޝުއާރ ހީ ވިލް ބީ ސޯ ހެޕީ…” ފަލަކްގެ އަތުގައި ހިފާލަމުން ނުހާ ބުނެލުމާއިއެކީ ގަދަކަމުން ހިނިތުންވެލަމުން ފަލަކް ބޯޖަހާލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ކޮންމެވެސް ކަމެއް ވާން އުޅެނީ އޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. ހަމަޖެހިލަން މަސައްކަތް ކުރަމުން ފަލަކް އޭނާގެ ބަނޑުމަީގައި އެއް އަތް ބާއްވާލަމުން ދެލޯ މަރާލިއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން ދިޔަ ރަފްގާ، އޭނާގެ ފިޔަވަޅުތައް އަވަސް ކޮއްލަމުން ގޮސް ލިފްޓަށް އެރިއެވެ. އެއް އަތް މޫނުމަތީގައި އަޅައިގެން ހުރި އިރު، އޭނާ އެ މަސައްކަތް ކުރަނީ، އޭނާގެ މޫނު ފޮރުވަންކަން އެ ޢަމަލުން ހާމަވެއެވެ. ތިންވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއިއެކީ ރަފްގާ ހިނގައިގަތީ އެތާގައި ހުރި ރިސެޕްޝަން ޑެސްކާއި ދިމާލަށެވެ. “ކޮންތާކު ތޯ ޕްރައިވެޓް ރޫމް ނަމްބަރު 302 ހުންނަނީ؟” ރިސެޕްޝަނިސްޓުގެ ގާތުގައި ރަފްގާ އަހާލިއެވެ. އޭރު އޭނާގެ ނިއްކުރިމަތިން ދާތިކިތައް ވިދަމުން ދިއައެވެ.
“ވާތް ފަރާތުން ފަސް ވަނަޔަށް” ވާތްފަރާތުގައި ހުރި ގޯޅިގަނޑަށް އިޝާރާތް ކުރަމުން ރިސެޕްޝަނުގައި އިން އަންހެން ކުއްޖާ ޖަވާބުދާރީ ވިއެވެ. ތެންކިޔު އޭ ބުނެލުމަށްފަހު އެ ގޯޅި ގަނޑުގެ ތެރެއަށް ވަދެގެން ދިޔަ ރަފްގާ އޭނާގެ މިސްރާބު ބަދަލު ކޮއްލިއެވެ.
އެ ގޯޅިގަނޑުގެ ކުރިމަތީގައި ހުރި “ސްޓާފް އޮންލީ” ޖަހާފައި އިން ޗޭންޖިން ރޫމަށް ވަތް ރަފްގާ އަވަސް އަވަހަށް އޭނާ ލައިގެން ހުރި އަންނައުނު ބާލައި އެތަނުން އަތުގައި ޖެހުނު ނަރުހުންގެ ޔުނީފޯމަކަށް ބަދަލަކޮއްލިއެވެ. މޫނުމަތި ފޮރުވާލުމަށް ސާރޖިކަލް މާސްކް އެއް އަޅާލަމުން ރަފްގާ އެތާގައި ހުރި ލޯގަނޑުން އަމިއްލަ ނަފްސަށް ބަލައިލިއެވެ. މިހާރު އޭނާ ފެންނަ އެކަކަށްވެސް އެއީ ކާކުކަން ވަކި ކުރާކަށް ނޭނގޭނެއެވެ. ނަރުހުންގެ ޔުނީފޯމުގައި ހުރުމުން މީހަކު އޭނާއަކަށް ޝައްކެއްވެސް ނުކުރާނެއެވެ. އަތްދަބަހުން ކުޑަ ފުޅި އެއް ނަގައި ސިރިންޖަކާއި އެކު، ޓްރޭއަކަށް ލައިގެން އެ ކޮޓަރިން ނިކުތް ރަފްގާގެ ދެލޮލުގައި ވިދަމުން ދިއައީ ނުރައްކާތެރިކަމެވެ.
ކާރު ގޮސް އޭޑީކޭ ހޮސްޕިޓަލުގެ ކުރިމަތީގައި މަޑުކޮއްލުމާއި އެކު، ފުން ނޭވާއެއް ދޫ ކޮއްލުމަށްފަހު ފަލަކް ކާރުން ފޭބިއެވެ. އަވަސް ވެފައި ވީ ފަލަކްގެ ހިތް އިތުރަށް ނުތަނަވަސްވީ އޭނާއާއި ދިމާލަށް މައުނަވީ ގޮތަކަށް ބަލަހައްޓައިގެން ހޮސްޕިޓަލުގެ ދޮރު ކުރިމަތީގައި ހުރި ނިކްޔަން ފެނުމުންނެވެ. ނިކްޔަންގެ ހާލަކީ ތޯއެވެ. ފަލަކް ފެނުމާއި އެކު އޭނާގެ އަތް ފައި ފިނިވެގެން ދިޔަކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ހިތުގެ ވިންދު އަވަސް ވެގެން ދިއައިރު، އޭނާގެ ހިތް އަޑުގެ ނެތްކޮޅަށް ބުނަމުން ދިއައީ އެންމެ ވާހަކައެކެވެ. އެ ހިތުގައި ވީ އެންމެ އެދުމެކެވެ. އެއީ، އެހިތުގެ މަލިކާ ދޫކޮއްނުލުމަށެވެ. އަބަދުމެ ފަލަކް އޭނާގެ ގާތުގައި ބެހެއްޓުމަށެވެ. އޭނާ ވާން އެއުޅޭ ޤުރުބާނީ ނުވުމަށެވެ. ނަމަވެސް، ހިތުގެ އެދުން އަޑުނާހަން ނިކްޔަން ހުވާ ކޮއްގެން ހުރި ފަދައެވެ. ސިކުނޑި ވިސްނައިދެމުން ދއައީ އޭނާގެ ލޯތްބައްޓަކައި، ފަލަކްއަށް ޓަކައި، ފަލަކްގެ ހަޔާތުން އޭނާ ދުރަށް ދިއުމަށެވެ.
ހިޔާލުތަކުގައި އަރަގުވެފައި ހުރި ނިކްޔަންއަށް ހޭވެރިކަމެއްވީ ފަލަކް އައިސް އޭނާގެ ގާތުގައި މަޑު ކޮއްލުމުންނެވެ. ގަދަ ކަމުން ހިނިތުންވާން މަސައްކަތްކުރަމުން ހޮސްޕިޓަލުގެ ތެރެއަށް ނިކްޔަން ހިނގައިގަތުމާއި އެކީ ފަލަކްވެސް ނިކްޔަންގެ ފަހަތުން ދިއައެވެ. މިތަނަށް އައީ ކީއްކުރަންތޯ ނިކްޔަންއާއި ސުވާލު ކުރަން ބޭނުންވީ ނަމަވެސް، ފަލަކް ބަހެއް ބުނުމެއްނެތި ނިކްޔަންގެ ފަސްފަހަތުން ދިއައެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭ ފަޅާފައި ނިކުމެދާނެ ހެނެވެ.
ޔަނާގެ ގާތުގައި އިން އާލިމްގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ޔަނާގެ މޫނަކުން ވަތްކެއް ނުވެއެވެ. އޭނާ މިހާރު އިންތިޒާރު ކުރަމުން އެދަނީ ޔަނާ ހޭއަރާނެ ދުވަހަކަށެވެ. އެނބުރި އޭނާގެ ގާތަށް އަންނާނެ ދުވަހަކަށެވެ. ޔަނާގެ އަތުގައި ހިފަހައްޓާލައިގެން އިން އާލިމް ސިހުނީ އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިން އަޑަށެވެ. ވަނުމަށް އާލިމް ހުއްދަދިނުމާއި އެކީ ވަދެގެން އައީ ނަރުހެކެވެ. އަތުގައި އޮތް ޓްރޭއަށް ބާރު ކޮއްލަމުން އެ ނަރުސް ކުއްޖާ ގޮސް ޔަނާ ބާއްވާފައި އޮތް އެނދުގެ ކައިރީ ހުއްޓިލުމާއި އެކީ، އިން ތަނުން ތެދުވެގެން އާލިމް ޔަނާ ބޭއްވިފައި އޮތް އެނދާއި ދުރަށް ޖެހިލީ އެ ކުއްޖާއަށް ފުރުސަތު ދެމުންނެވެ.
އާލިމް ބޭރަށް ނުގޮސް އެތާގައި މަޑުކުރުމުން ރަފްގާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާ ކުރަން އައި ކަންތައް އޭނާއަށް ފުރިހަމަ ކުރެވޭނީ އާލިމް އެ ކޮޓަރިން ނިކުތުމުންނެވެ. އެނދުގައި އޮތް ޔަނާއާއި ދިމާލަށް ރަފްގާ ބަލާލީ ނަފްރަތުން ފުރިގެންވީ ނަޒަރަކުންނެވެ. މިއަދު ޔަނާއަށް އޭނާގެ އަތްދަށުން ސަލާމަތްވާކަށް ލާހިކެއް ނޫނެވެ. އެނދަށް ފުރަގަސްދީގެން ހުރި އާލިމް އާއި ދިމާލަށް ބަލާލުމަށްފަހު އެތާގައި ހުރި މެޝިނުތަކާއި ދިމާލަށް އެނބުރިލި ރަފްގާ އަށް، އެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނީ ދޮރު ހުޅުވުނު އަޑަށެވެ. އެއާއި އެކު އޭނާގެ ދެލޯ ބޮޑުވެގެން ދިއައެވެ.
ކުރިމަތީގައި ތިބި ދެމީހުނާއި ދިމާލަށް ބަލަހައްޓައިގެން ހުރި އާލިމްގެ ދެލޮލާއި މޫނުމަތީގައި ވަނީ ހައިރާން ކަމެވެ. އޭނާގެ ކުރިމަތީގައި އެތިބީ އޭނާ އެތަނުން ދުށުމަށް އެއްވެސް އުންމީދެއް ކުރި ބައެއް ނޫނެވެ.
ކުރިމަތީގައި ހުރި ޒުވާނާއާއި ދިމާލަށް ބަލަހައްޓައިގެން ފަލަކްއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އާލިމްގެ ނަން މަޑުމަޑުން ފަލަކްއަށް ކިޔާލެވުނު އިރު، ނިކްޔަންއާއި ދިމާލަށް ފަލަކްއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އާލިމްގެ ގާތަށް ނިކްޔަން އޭނާ އެގެނައީ ކީތްކުރަން ހެއްޔެވެ.
“ނިކްޔަން…..ފަލަކް…” އާލިމްއަށް ބުނެވުނެވެ. “އާލިމް ކިހިނެއް؟” ސަލާމައް އަތް ދިއްކޮއްލަމުން ނިކްޔަން އަހާލި އިރު އޭނާގެ އަޑުގައިވަނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. ނިކްޔަންގެ އަތުގައި ހިފައި ސަލާމް ކޮއްލަމުން އާލިމް ބަލާލީ ދެލޯ ބޮޑު ކޮއްލައިގެން ހުރި ފަލަކް އާއި ދިމާލަށެވެ. އޭރު އޭނާ ދުއް ފަލަކްއާއި މިހާރު އޭނާގެ ކުރިމަތީގައި އެހެރެ ފަލަކްއާއި ހާސްބައިތަފާތެވެ. ހަމައެކަނި ބަދަލު ނުވެ ހުރި ސިފައަކީ އެ ރީތިކަމާއި މައުސޫމު ކަމެވެ. “އަލްހަމްދުލިއްލާހް…،ދެމީހުން މިކޮޅަށް ކޮން ދަތުރެއް؟” އެދެމެދުގައި ވީ ދުރުމިންތަކާއި، ހަމަނުޖެހުންތައް އެއްފަރާތްކުރަމުން އާލިމް އަހާލިއެވެ. “އާލިމްގެ އާމާނާތެއް އަހަރެންގެ އަތުގަ ހުރީމަ އެ ރައްދު ކުރަން ވެގެން މިއައީ…” ހިތްދަތި ގޮތަކަށް ފަލަކްއާއި ދިމާލަށް ބަލާލަމުން ނިކްޔަން ބުނިއިރު، އާލިމްއާއި ފަލަކް ތިބީ ނިކްޔަން އެބުނި އެއްޗެއް ދޭހަ ނުވެފައެވެ.
“ހެހެހެ….ފަލަކް އަހަރެންގާތު ދުވަހަކު ބުނެވެސް ނުލާ….އެނޫންނަމަ އަހަރެންނަށް ވެސް އޭރު ކަމެއް ކޮއްދެވުނީސް ކަންނޭގެ…އާލްވެސް އޭރު ހުރީ އަހަރެންނާ ކަމެއް ހިއްސާ ކުރުމަށް ވުރެން މާ ދުރުގަ….އެކަމަކު މިއަދު އަހަރެންނަށް ހުރިހާ ކަމެއް އިނގިއްޖެ….ތި ދެމީހުން ދޭތެރޭގަ މީގެ ހަތް އަަހަރު ކުރިން ހިނގިހުރިހާ ކަމެއް އިނގިއްޖެ…އާލިމްއަށް ނޭނގޭ އެކަމަކު އިނގެންޖެހޭ ވާހަކައެއް އަހަރެން މިއަދު ކިޔާދޭން މިއުޅެނީ…” ނިކްޔަންގެ ވާހަކަ އެހިސާބަށް ދިއައިރު ފަލަކްއާއި އާލިމްއަށް އެކަކު އަނެކަކާއި ދިމާލަށް ބަލާލެވުނެވެ. ނިކްޔަން ދައްކަން އެއުޅެނީ ކޮން ވާހަކަތަކެއް ބާއޭ ދެމީހުންގެ ހިތަށް ވެސް އަރަމުން ދިއައެވެ.
“އާލިމް އަށް ނޭނގުނަސް ފަލަކްވެސް އާލިމް ދެކެ އޭރު ވެސް ވަރަށް ލޯބިވި….އާލިމްގެ އާދޭސްތަކަށް އިޖާބަ ދޭން އޭނަވެސް ބޭނުންވި….އެކަމަކު އޭނަ އޭނަގެ އަމިއްލަ ލޯބި ޤުރުބާން ކުރީ…އާލިމްގެ އެދުންތަކާ އާދޭސްތަކަށް ފުރަގަސްދީ ބީރު ކަންފަތެއް ދިނީ އޭނަގަ ހިތާ ދެކޮޅަށް….ހަަމައެކަނި އެންމެ މީހަކަށް ޓަކާ…އޭނަގެ ހުރި ހަމަ އެކަނި ކޮއްކޮ ދެކެ، ރަފްގާ ދެކެ އޭނަ ވީ ލޯތްބައްޓަކައި އޭނަ އަމިއްލަ އުފާތައް ޤުރުބާން ކުރީ…” ނެތް ހިތްވަރެއް ލައިގެން ނިކްޔަން އެވާހަކަތައް އާލިމްއަށް ކިޔާދެމުން ދިޔަ އިރު، އާލިމް ހުރީ އަޑުއިވެމުން ދިޔަ ވާހަކަތައް ޤަބޫލުކުރަންވީ ތޯ ނުވަތަ ނޫން ތޯ ދެނެނުގަނެ ވިފައެވެ.
ނިކްޔަންގެ ކޮންމެ ލަފްޒަކާއި އެކު ފަލަކްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔަ އިރު އޭނާ ހުރީ ވާންމިއުޅޭ ގޮތެއް ވިސްނާލަންވެސް ނޭނގިފައެވެ. އޭރު އެ ކޮޓަރި ތެރޭގައި ހުރި ރަފްގާ ހުރީ ކެކިކެކިއެވެ. އެހައި އުނދަގުލުން އާލިމްގެ ދިރިއުޅުމުން އޭނާ ފަލަކް ބޭރު ކޮއްލި އިރު، އަނެއްކާ ފަލަކް އާލިމްގެ ދިރިއުޅުމާ ކައިރި ވިޔަކަވެސް އޭނާ ނުދޭނެއެވެ. ނަމަވެސް، އޭނާ އެތާ ހުރިކަން އެމީހުނަށް އަންގަން ބޭނުންނުވާތީ އޭނާގެ ހަށިގަނޑުގެ ތެރޭގައި ރޯވެ އަނދައި ހުލި ވަމުން ދިޔަ ނަފްރަތުގެ އަލިފާންގަނޑު ހިފަހައްޓާލައިގެން ރަފްގާ ހުރީއެވެ.
“އަަހަރެން ބޭނުމެއް ނޫން ތިދެމީހުންގެ ދޭރެއަށް އަންނަ ހުރަހަކަށް ވާކަށް….ފަލަކްގެ އުފާވެރިކަމަކީ އަހަރެންނަށް އެންމެ މުހިންމު ކަންތައް…ފަަލަކްގެ ލޯތްބަކީވެސް އަދި އުފާވެރިކަމަކީވެސް އާލްކަން އިނގި ހުރެ، އެއްވެސް މާނައެއް ނެތް ގުޅުމެއްގަ ފަލަކް ބަނދެފަ ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫން…” ނިކްޔަން ފަަލަކްއާއި ދިމާލަށް އެނބުރިލަމުން، އަތުގައި އޮތް ފައިލް ފަލަކްގެ އަތަށް ދިއްކޮއްލިއެވެ. ފަލަކް ހުރީ ނިކްޔަންގެ ވާހަކަތައް އަޑުއިވި ގަބު އަރާާފައެވެ. ނިކްޔަން އެހެން ވިސްނަންވީ ކީއްވެ ހެއްޔެވެ؟ އޭނާ ލޯބިވަނީ ނިކްޔަން ދެކެ ކަން ނިކްޔަންއަށް ހަމަ ނޭނގެނީ ހެއްޔެވެ؟
އާލިމްއަށް ފަލަކްއާއި ދިމާލަށް ބަލާލެވުނު އިރު، ކަރުނަވީ ދެލޮލުން ނިކްޔަންއާއި ދިމާލަށް ބަލަހައްޓައިގެން ގަބުއަރާފައި ފަލަކް ހުއްޓެވެ. އެއްޗެކޭ ބުނަން އާލިމް ހުޅުވާލި އަނަގަ އޭނާއަށް ލައްޕާލަން ޖެހުނީ އަނެއްކާވެސް ނިކްޔަން ވާހަކަ ދެއްކުމުންނެވެ. “މީގަ އޮންނާނެ ވަރީގެ ފޯރމް…އައި….އައި ހޭވް ސައިންޑް…ފަލަކް ސޮއި ކުރީމަ ފަލަކް މިނިވަންވާނެ…އާލިމް ޕްލީސް ޓޭކް ކެއާރ އޮފް ހާރ” އެއްވެސް މީހަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ، ފަލަކްގެ އަތަށް ފައިލް ލައިދުނުމަށްފަހު އަވަސް އަވަހަށް އެތަނުން ނިކުމެގެން ނިކްޔަން ދިއައީ، އިތުރަށް ކެތްކުރަން އުނދަގޫވާން ފެށުމުންނެވެ.
ނިކްޔަން ނިކުމެގެން ދިއުމާއި އެކު ހުރިތަނަށް ތިރިވެ ފަލަކްއަށް އިށީންދެވުނު އިރު އޭނާގެ ގިސްލުމުގެ އަޑު އެ ކޮޓަރި ތެރޭގައި ހަރުލާފައި ހުއްޓެވެ. ހަދާނެ ގޮތެއް ނޭނގި ވާނުވާގައި ހުރި އާލިމް ފަަލަކްއާއި އެއްހަމަޔަށް ތިރިވެލި އިރު ރަފްގާގެ ކެތްތެރިކަން ދިއައީ ކޮޅުން ލަމުންނެވެ. ތުއްތު އެހެރީ މޮޔަވެފައި ހެއްޔެވެ. ހަމަހިލާ ފަލަކްއާއި އާލިމް އެއް ވިޔަކަ އޭނާ ނުދޭނެއެވެ. ފަލަކްއާއި އާލިމްއަށް ހިލަމެއް ނުވާނެހެން ރަފްގާ އެކޮޓަރިން ނިކުމެގެން ދިއައީ މޮޅު ރޭވުމެއް ސިކުނޑީގައި ރާވާލަމުންނެވެ. ޔަނާގެ ދުވަސް ދުއްވާލުމަށް ވުރެންވެސް މިވަގުތު އޭނާއަށް މުހިންމީ ފަލަކް އާލިމްއާއި ދުރުކުރުމެވެ.
“ފަލަކް” ފަލަކްގެ ދެކޮނޑުގައި ހިފައި އެތާގައި ހުރި ސޯފާގައި ބައިންދަމުން އާލިމް ފަލަކްއަށް ގޮވާލިއެވެ. އޭނާގެ ހިތުގައި ޔަނާގެ ނަން ނުފޮހެވޭނެފަދަ ގަލަމަކުން ލިޔެވިފައި ވިޔަސް ފަލަކްގެ މި ހާލަތަށް އޭނާއަށް ހަމްދަރުދީ ވެވުނެވެ. ފަލަކް ރޮމުން ދިޔަ ގޮތުންވެސް ފަލަކްގެ ހިތުގައި އޮތީ ކޯޗެއްކަން އާލިމްއަށް ދެނެގަނެވުނެވެ. “ފަަލަކް….އަދިވެސް ލަހެއް ނުވޭ…ޓެލް ހިމް ވަޓް ޔޫ ފީލް” އާލިމްގެ އަޑު ޖެހުމާއި އެކު ރުއިން ހުއްޓާލާފައި ފަލަކް އާލިމް އާއި ދިމާލަށް ބަަލައިލިއެވެ. އޭރު ރުއިމުގެ ސަބަބުން ފަލަކްގެ ދެލޮލާއި މޫނަށްވެސް ވަނީ މަޑު ރަތްކުލަ އެއް ފޭދިފައެވެ.
“ޔަން…ޔަން އެދިޔައީ އަހަރެން ދޫކޮއްލާފަ…ޔަންވެސް…” ރޮވެން ފެށުމުން ފަލަކްއަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. “ފަލަކް…ފުރަތަަމަ ސްޓޮޕް ކްރައިންގް….ބުނަން އަހަރެންނަކަށް ނޭނގެ މިވީ ހަތްއަހަރު ތެރޭ ފަލަކްއަށް އައީ ކޮން ބަދަލުތަކެއް ކަމެއް…އެކަމަކު އަހަރެން ދަންްނަ ފަލަކް އެހައި ބަލިކައްޓެއް ނުވާނެ…” އާލިމްގެ ޖުމްލައާއި އެކު ފަލަކް ރުއިން ހުއްޓާލިއެވެ. ތެދެކެވެ. އޭނާ މިހައި ބަލިކަށިވީ ކޮންއިރަކު ހެއްޔެވެ. މިވަގުތު ބަލިކަށިވާން ވެއްޖެނަމަ ވަގުތު ފާއިތު ވެދާނެއެވެ. “ތެންކިޔޫ އާލިމް…އަަހަރެންނަކަށް ނޭނގެ ޔަންއަށް އެވާހަކަތައް އިނގުނީ ކިހިނެއްކަމެއް….އެކަމަކު ޔަން އަށް އެހީވަނީ މުޅިން ނުބައި ކޮން….އާން މީގެ ހަތްއަހަރު ކުރިން އަހަރެން އާލިމް ދެކެ ލޯބިވީން…އަދި ރަފްއަށް ޓަކާ އެ ލޯބި ޤުރުބާންވެސް ކުރިން….އެކަމަކު ކައިވެންޏަށް ފަހު ހުރިހާކަމެއް ބަދަލުވެގެން ދިއައީ އަހަރެނަށް ނުވެސް އިނގި ހުއްޓާ…” އިންތަނުން ފަަލަކް ތެދުވީ އައު ހިއްވަރަކާ އެކީގައެވެ.
“ފަލަކް….ލަސް ނުކޮށް ގޮސް ނިކްޔަން އަށް ހުރިހާ ހަޤީގަތެއް ކިޔައިދީ….ނިކްޔަން އަބަދުވެސް ވަރަށް ހޭސްޓީވާނެ….އެކަމު މިއަދު ފަަލަކްއަށްޓަކައި އޮޅުމެއްގެ ތެރޭގައި ހުރެވިޔަސް އޭނަ އެވީ ޤުރުބާނީއަކީ އޭނަ ފަލަކްދެކެ ވާ މަތިވެރި ލޯބީގެ ހެއްކެއް…” ފަލަކްއާއި ވާހަކަދައްކަމުން ޔަނާ ބާއްވާފައި އޮތް އެނދާއި ދިމާލަށް އެނބުރިލީ އާލިމްގެ ހަރަކާތްތަކަށް ހުއްޓުމެއްއައީ ދެލޯ ހުޅުވާލައިގެން ރީތި ހިނިތުންވުމަކާއި އެކު އެދިމާލަށް ބަލަހައްޓައިގެން އޮތް ޔަނާ ފެނުމުންނެވެ. އެދިމާލަށް އެނބުރިލި ފަލަކްއަށް ވެސް ޔަނާ ފެނުމުން އެއީ ކާކުކަން ދެނެގަނެވުނެވެ.
“ޔަނާ…ވެން….ކޮންއިރަކު…” އުފަލުންގޮސް އާލިމްއަށް ވާހަކަދައްކަން ވެސް އުނދަގޫވިއެވެ. ޔަނާގެ ނިތުގައި ބޮސްދިނުމަށްފަހު އެދެލޮލަށް އާލިމް ބަލާލީ ފުޅާ ހިނިތުންވުމަކާއި އެކީގައެވެ. “ފަލަކް….އަވަހަށްދޭ…ގޮސް ނިކްޔަންއަށް ހުރިހާ ވާހަކައެއް ކިޔައިދީ….ހަޤީގީ ލޯތްބަކީ އަހަރެމެންގެ ދިރިއުޅުމުގެ ދޮރުފަތުގަ ވަރަށް މަދުފަހަރަކު ޓަކި ދޭ ނިޢުމަތެއް….އަތުން ބީވުމުގެ ކުރިން އެކަން އަހަރެމެންނަށް އިހުސާސްވުމަކީ އަަހަރެމެންގެ ނަސީބު” ހިނިތުންވުމާއި ހިތްހެޔޮކަމާއި އެކު ޔަނާ ފަލަކް ގާތުގައި ދެއްކި ވާހަކައިންވެސް އޭނާއަށް އެކޮޓަރި ތެރޭގައި ދެކެވުނު ވާހަކަތައް އަޑުއިވުނުކަން ދޭހަވެއެވެ. “ފަލަކް…މީ ޔަނާ އަހަރެންގެ ވާން އުޅޭ އަނބިމީހާ…ޔަނާ ފަލަކްއަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް” ކަރުނަވީ ދެލޮލާއިއެކު ހިނިތުންވެލައިގެން ހުރި ފަލަކްއަށް އާލިމް ޔަނާ ތަޢާރަފު ކޮއްދިނެވެ.
“ތެންކިޔޫ” އާލިމްއާއި ޔަނާއަށް ޝުކުރު އަދާކުރުމަށްފަހު ފަލަކް އަވަސްއަވަހަށް އެ ކޮޓަރިން ނިކުމެގެން ގޮސް ހޮސްޕިޓަލުން ނިކުތެވެ. މަގުގެ ދެކޮޅު ބަލާލުމަށް ފަހު ހިނގައިގަންނަމުން ފަލަކް ފޯނު ނަގައި ނިކްޔަންގެ ނަމްބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، ނިކްޔަންގެ ފޯނު އޮތީ ނިއްވާލާފައެވެ. ނުހާއަށް މެސެޖެއް ކޮއްލާފައި ނިކްޔަން އެޕާރޓްމެންޓަށް އައިތޯ އަހާލި ފަލަކްގެ ހިތް މާޔޫސްވީ، ނިކްޔަން ނާންނަކަމަށް ބުނެ ނުހާ މެސެޖުކުރުމުންނެވެ. އެހެންވީރުން ނިކްޔަން އެދިއައީ ކޮންތާކަށް ބާއެވެ. އިރު އޮއްސި އުދަރެހުގައި ކުރެހެމުންދިޔަ ރަތް ވިލާތަކުގެ އަސަރު ކެނޑެމުން ގޮސް، އުޑުމަތި އަނދިރިވާން ފެށުމުން ފަލަކް އެނބުރި ހުޅުމާލެއަށް ދާން ނިންމިއެވެ. ނިކްޔަން ގެއަށް އައުމުން އެ ކުންހީ ފިލުވައިދުނުމަށް ޢަޒުމު ކަނޑައަޅަމުންނެވެ. އަދި އޭނާ ބަލިވެއިން ޚަބަރުވެސް ނިކްޔަންއަށް ދިނުމަށް ނިންމަމުންނެވެ.
އެހިސާބުގައި ހުރި ކަންމަތީ ފިހާރައަކަށް ފަަލަކް ވަދެލީ ކަރުހިއްކައިފައި ހުރުމުން ފެންފުޅިއެއް ގަނެލުމަށެވެ. ހަނި ގޯޅިއަކަށް ވުމުން އެ ގޯޅީގެ ތެރޭގައި އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ފެންފުޅި ގަނެގެން ސޯސަންމަގާއި ދިމާލަށް ހިނގައިގަތް ފަލަކްގެ އަތުން އޭނާގަތް ފެންފުޅި ދޫވީ، ބޮލަށް އެރި ތޫނު ތަދެއްގެ ސަބަބުނެވެ. ބޮލުގައި އެއް އަތުން ހިފަހައްޓާލަމުން، ފަހަތަށް އެނބުރިލި ފަލަކްގެ ޚަބަރު ހުސްވެ އެތަނަށް ވެއްޓުނީ، އޭނާގެ ބޮލަށް އެރި ދެވަނަ ހަމަލާއާއި އެކުގައެވެ.
ޑޮކްޓަރުން އައިސް ބެލުމަށްފަހު، ޔަނާގެ ހުރިހާކަމެއްވެސް ސްޓޭބަލް ވުމުން ޔަނާ ގެއަށް ދޫކޮއްލެވުނެވެ. އޭނާގެ ގެއަށް އާލިމް ޔަނާ ގެންދިއައީ، ޔަނާ އޭނާގެ އަތުން ބީވެ ދިއުމުގެ ބިރު ހިތުތެރޭގައި އޮތުމުންނެވެ.
އެޕާރޓްމެންޓަށް ވަދެގެން އައި ނިކްޔަން ފެނުމުން ސޯފާގައި އިން ނުހާއަށް އިންތަނުން ތެދުވެވުނެވެ. ގަޑިން ރޭގަނޑު ނުވައެއްޖަހައި ބޮޑުވެފައި ވާއިރު ނިކްޔަން އެކަނި އައުމުން ނުހާގެ ހިތަށް ބިރުވެރިކަން ވަނެވެ. އިރުއޮއްސުުނުއިރު މެސެޖު ކުރި ފަހުން ފަލަކްގެ ހަބަރެއް ނުވެއެވެ. ގުޅާގުޅައި ފޯނުވެސް އޮންނަނީ ނިއްވާލާފައެވެ. “ދޮންބޭ…ކޮބާ ދޮންބެދައްތަ؟ ދޮންބެއަކަށް ނުގުޅާތަ؟” ނުހާގެ ސުވާލާއި އެކު ނިކްޔަން ނުހާއާއި ދިމާލަށް ބަލައިލިއެވެ. “ފަލަކް؟” “އާން އިރުއޮއްސުނު އިރު ދޮންބެދައްތަ ގުޅިއޭ ދޮންބެއަށް ނުގުޅިގެން…އޭގެފަހުން ނުއްކޮ ގުޅާ ގުޅާ ޔޫ ޓޫ ޑިޑިންޓް ޓޭކް ދަ ފޯން….ވެއާރ އިޒް ޝީ” ނުހާގެ ސުވާލާއިއެކު ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލީ ނަމަވެސް، ފަލަކް ވާނީ އާލިމްއާއި އެކީގައޭ ހިތަށް އެރުމުން ނިކްޔަން އެއްޗެކޭ ނުބުނެ އެތަނުން ދާން ހިނގައިގަތެވެ.
އުނދަގުލާއިއެކު ދެލޯ ހުޅުވާލެވުމުން އޭނާއަށް އޮވެވުނީ ކޮންތާކުގައި ތޯ ބަލާލުމަށް، ވަށައިގެންވީ މާހައުލަށް ފަލަކް ނަޒަރު ހިންގާލިއެވެ. ފަނޑު އަލިކަމެއް އެތަނެއްގެ ތެރޭގައިވީއިރު، ބޮޑަށް ވައްތަރީ ގުދަންގަނޑެއް ކަަހަލަ ތަނަކާއެވެ. ބޮޑެތި ފޮށިގަނޑުތަކާއި، ހިރަފުސްވެފައި ހުރި ހަރުގަނޑުތައް އެތާގައި ހުއްޓެވެ. ވާހަކަދެއްކުމަށް އަނގަހުޅުވާލަން އުޅުނު ފަލަކްއަށް، އޭނާގެ އަނގަމަތީގައި ފޮތި ގަނޑެއް އަޅާފައިވީކަން އިހުސާސްވީ އަޑުބޭރު ނުވުމުންނެވެ. އަތާއި ފައިވެސް ބަނދެފައި ވުމުން ފަލަކްއަކަށް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ.
“ދޮންބޭ…ވަޓް އިޒް ރޯންގް ވިތް ޔޫ….ޑިޑް ޝީ ޓެލް ޔޫ؟” ނުހާ އަނެއްކާވެސް ވާހަކަ ދެއްކުމުން ނިކްޔަންގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އަދި އެނބުރި ނުހާއާއި ދިމާލަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ފަލަކް އޭނާގެ ގާތުގައި ބުނަން އޮންނާނީ ކޮންވާހަކަ އެއް ހެއްޔެވެ. “ނުއްކޮ އަކަށް ނޭނގެ ވެގެން މިއުޅެނީ ކިހިނެއްކަމެއް އެކަމު ޔޫ ނީޑް ޓު ނޯ ދިސް” ނުހާ ވާހަކަދެއްކިއެވެ. “ނުއްކޯ…ސީދާ ސީދަލަށް ބުނެބަ ވަޓް ޑޫ ޔޫ މީން” “ޝީ އިޒް ޕްރެގްނެންޓް” ނުހާ ބުނެލި ޖުމްލައާއިއެކު ނިކްޔަންގެ ދެލޯ ބޮޑުވެގެން ދިއައެވެ.
ނުނިމޭ
ނޯޓް: ދެން ކުރިއަށް އޮންނާނީ މި ވާހަކައިގެ އެންމެ ފަހު ބައެވެ. ފަހު ބަޔަށް އިންތިޒާރު ކޮއްލައްވާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
108 Comments!
Comments are closed.



Hehe aal first dho mifaharu, varah varah salhi mi part ekm varah sad story nimen ulheythee varah miss vaane mi story mathin
This is one of the best stories i have read so far
Yes you first aal congrats? yes nimen ulheny dhw?thankyou aal??
Yanaa vx e heylee dhen avahah aal aa yanaa ge wedding baahvaadheee….i wanna get married soooon?
Hey aal…haadha kehnulavaey dhw.. you should invite me special koh ingey…BTW thi girl eh tha??
Name aalim jahaafa inyma
Keh nulavaaney nu its weddingggg??hehehe yes abu ah invite kuraanan scarlet ashaaa ingeee and I’m a boy?
Ahahhaha arn wedding next part ga??
Owwwww Im so excited Aal ge wedding annanydhwww… Yayyyyy! Lulu, ur right. Aal haadha kehnulavaey
Aalim, what’s your age?
18 nuvanees marry nukureveyne ingey. Lol????
My age is a secret scarlet ? mifaharu dhen 18 nuviyas kuraanee
Says the real aalim? dhw aal
Eheeehee aphxxx yeah dhen this time yanaa aa marry kuraanee dho
Btw scarlet i am 14
Hey mithaa miulhey aal ah aslu vx kiyanee aalim tha anehka?
Hurihaa kudhin on ga ulhey gadi ehthr meee!?
Im on hehehe just a reader, my real name is not aalim but i love mi vhk ga ulhey aalim ge character so i comment from his name
Bro…friends????
BTW dhon dhaan vaane dhw
Yh Aal ge wedding ah dhaann hurihaa thahyaaree eh vefa Hury.. ?
???? at some point I thought you may be my friend Aalim! ???
Ahahha sure we are frndsss ehehe yesss wedding dho?
I meant have a friend Aalim since I was very young… We are like besties.. I thought your that Aalim.. ?????
And yes, now you’re a friend too.??
Ooooh ?
And nikyan and falak vx gulhuvaala dhee i think someone kidnapped falak probably its rafga hehehe but as always the heros will come to save her
Aal and nik dho ??
Lets see dhw?
OMG sis haadha curious kollaafa ey thi nimmaaly.. One more part to finish the story dhw.. But vrh miss vaane mi story mathin.. ❤️Finally yanaa hey ery dhw. Aal is so happy ?❤️but falak kidnap kury kanneyge.. But nick will go to save her queen ?❤️❤️rafga adhi vx noolhey dhw maithiri varakah.. Sis eynayah varugadha ladeh dheychey.. ?anyway mi part vx hama amazing as usual ❤️?❤️Curiously waiting for the last part.. Stay safe n loads of love sissy ❤️??
Thankyou so much darling ahahaha yes rafga ah landeh dheynan ingey?♥️Lym tc?
???????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Maasha Allah haadha loabi eyyy mibai??????????????? Hama reethi kamun kosvejje????❤️❤️❤️❤️ aslu ves varah varah varah reethi?????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️Alhey ekam vaahaka nimenee tha?????????????????Falak aa Nikyan ves dho??? Nikyan kyhtha thikuree??? urgg??????????????? Rafga gandu ellalilan vee huvaa mibuni???? Aphxxx sis Rafga ah rangalhu landeh dheefa ninmahchey?
Dhen Aal ge wedding ah invite kurahchey?????? Aal varah dhekilaa hivvey♥️♥️♥️♥️♥️♥️♥️❤️❤️
????????????????????????????????????❤️❤️❤️❣️❣️❣️???
Yess All readers are invited aal ge wedding ah ingeyyy??thankyou so muchhh naani lym?
Masha Allah vvvv beautiful….. And aphxx plx falak ah dhera gotheh nuhadhahchey… She wants nikyan plxxxxxxxxxxx… And nikyan ah ves..
Thankyouuu dear♥️Lets see what happens dhw
Hi sisoo mi part ves varah reethi masha Allah
And falak ah ehves gotheh nuhadhaachee
Waiting for the next
Lysm ❤️❤️❤️
Thankyou flower? lets see dhw lym?
????????????????????
Omg…nimeniy tha???sisoo mi story ninmaafa season2 ingey…you silly nick…i am officially gonna fight you now nick…laayan kiyahchey…aal wedding kohdheeba…aal kehnulavao…you rafgaaa gandaaaa????
BTW awesome
Love ya
Stay safe
Abu
Yaa sisoo…naani buniy gothah rafga ah bodu landeh dehchey
Ahaha yes aal ge wedding next part ga ingey!rangalhah make up kohgen ahnaathi abu?♥️ Season two dhwww inthihaa story next aphxxx nereyny ingey…ahah rafga hama kathilan wefa ey dhw! Thankyou so much abu lym tc♥️
Dhen nik vx ulhey gothey dhoa…hama diary nukiyaa eba ulheyyy…aal and falak frnds v dho anekkaaaa…rafga gandu ulhey gotheh foni bondi ughhhh adhi falak kid nap kohfi ehnu villiam gandu
Nik ah bed time story akah e diary ge fahu bai kiyaadheyn v ey dhw nuhyy and yess mi rafga dhw??♀️??♀️?
Alhe sisooo i will miss this story sm….inthihaa nimmaafa season 2 plsssssss and falak and nikyan and aalim and yanaage kids tha ulheynee season 2 ga?????
Insha allah season two wes kiyaalan libeyne adhi yeass season two ga ulheyny their kids♥️
Soo excited ?
Lots of love from me stay safe tc sisooo curiously waiting for next???
Thankyou nuhy lym tc♥️
Wow sis mi part ves vrh Sali
Masha Allah
Rafgaa ves dhw vrh foohi
Nik ah inguny dhw falak preg Kan yey
Waiting for the last part
Luv uuu
Mi cmnt publish vehjehyaa haasfaharu sukuru
Alhamdhulihlaahi pub vehje dhw mihaaru cmnt kurevunu adadu ves neyge heheh
Yes baeh readers ulhey comments up nuwegen nowadays!thankyou ril lym♥️
Nik gandaaa u are so stupid! ??????
Baby eh Annan ulheyiru nik thiulheny baby ge mom aa vakivaan! Don’t you regret it! And know she is kidnapped (most probably by Rafga ??) and its all your fault for nikyan gandaaa!!!
Now go and save her!! Hurry hurry!
Afaa sisoooooo mi story nimenee tha? Season 2 onnaane dhw.. Lysm ❤️ ❤️ ❤️ ❤️
Nik silly kamun dhww???yess season two gennan mi plan kurany but probably after my olevels
Thankyou love♥️
Heiiii my lwbi lwbi sisooo
Alhe it’s gonna finish dhw
Alhe nik dhn ekahala silly kanthah kuraakahnuvaanehnuntha sis…..falak is badly hurt dhw…
Nik ah igunee dhw falak preg kan….I’m thinking wht will who he
do then …hehehe…sis I ge brain ga varah questions ebaulhey… Next part ga ans dhehcheyy all questions ah….falak kidnep kuree that moya rafga dhw….rafga bon elhy falak ge life ah tha sis?
I’m so happy for aal…yaana wake up veema…he is so happy and they two will marry soon dhw….
Wish nik ah falak find kureyveynenama avahah…I guess now nik will feel sad for falak and will be angry of him self…..
Alhe sis ….sis ge new story ge trailer hama v salhi…wow….
Curiously waiting for the next part…when is next part
Thxss for writing this part too long and submitting it fast….
Love this story sooooo much
Lyssssssmmmmmm
Tc
Stay safe stay home
Thankyou lwbi lwbi hafu♥️Nik insha allah falak ah gotheh wumuge kurin hoadhaane?yana and aal ge wedding dhw dhn othy…mithaa ulhey aal wes wrh excited wedding ah?♥️Anytym love you tc?
Awwwwwwn vhk hama bst ingey♥️✨♥️✨♥️✨♥️✨♥️✨
Avh up koh dhanya v bodah thankx?????????
Vhk Nimey thy vrh sad?????????????
Afaa sis ge new vhk eh avh kiyaalan libeyne kmh unmeedhu kuran☺️❣️☺️❣️☺️❣️☺️❣️☺️❣️☺️❣️☺️❣️☺️❣️
Nick go nd save ur wife?????????????
Aal nd yan ge wedding ah invite kurachey??????
Ly the most sisooo???????????????
Awww thankyou so much shai??? insha allah my new story eh soon kiyaalan libeyne! Innaane trailer eh up kohlaafa thankolheh kurin kiyaalahchey ingey
Lym?
Amazing flawless!
Curiously waiting for next
Thankyou♥️♥️
Maashaa Allah….. V v v v v v v salhi……… Curiously waiting….. Love you…..????????✨✨✨✨✨✨✨???????✨✨✨✨✨✨✨✨??????????✨✨✨✨????
Thankyou darling lym?
Yey yey yey yey yanaa hey eree yo yet yey ????♥️♥️ suhbooooooooo falak ah ehn e hedhee rafga yageen rafga ge reyvumeh kan ?? foni rafga hate u hate hate u ???? alheyyyyy yanoooo place save falakeee ?? ehaa reethi suprise eh dheyn ulhenikoh alheyyy ?? ahhaha nuha ah bunevunee dhww enme fahun ??? curiously waiting for the last prt ??? siss mi stry nimuneema dhn inn stry fashaanan dhww soon ♥️♥️?? siss nugehlehcheyyy ??♥️♥️ stay safe TC ♥️♥️♥️ lysssssmmmmmm ❤️❤️❤️❤️
Yess mi story nimunyma kuda break akah fahu next story fashan kamah miulheny ingey!ahaha yes mi rafga dhw?? thankyou afuu dhoonyaa lym tc♥️♥️♥️
yaaaaaayyyy.. yanaaa hey areihyw..????? so happy..????? n as i thought falak i preg.. wow.. ??? i loved this prt????? hama vrh habeys ???? mi prt ves hama vrh salhi..????? hama ehvana???
alhey nick bondeee.. plx visnibalaaaaa…. falak luvs u ey alhey…. plx brw ekuhjayah thihen nuhadhaa..??????
falak kidnapped kuree rafga dhw..?????? that women???.. i seriously wanna kill her.. ????????how dare she…??? nick plx save her…???? n aal yaa yanaa ya marry kuranee dhw..? ???yaayyy..???? first i wanted falak n aal ekam mihaaru yanaa ves ok she’s the perfect girl for him…????❤️❤️ vrh sad story nimeythee..?? hope will get to read a story from u soon…??? stay home??? stay safe and sound..⛑️⛑️⛑️ take care???.. luv u big big big big big big big koh sisssoo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thankyou so much blossom darling?insha allah new story sooon!tc lymm♥️♥️
dhon Luv hedhun ready tha???
Yes hama ready hurihaa Kameh vs.
Hedhun now dhovefa iron vs kohfa onnaanee…??
Wrh rythi wegen ahnahchey dhekudhin wes?♥️
Yes of course! Miss universe dheyhaa Reethi vegen dhaany… ?
Yup…hama miss universe dhw…BTW abu ready kohdhen annahchey
Yeah bohkuraaga falijahaafa dhaanan ingey
Omg!!!!!!???☺️
Mi part nimunee mi haadha curious kollaafa eyyy sis❤️❤️❤️
Alheyyy Nik gandu dho
Haadha bas naaha eh
Dad akah vaan ulhey iruvx balaa bala hadhaa goiy
And that rafga!!!!! Ugggghhhhhh!!!!! I hate her?
Alhey sisooooo?????
Varah avahah anext part up koh dhechey☺️?
Lyssssssssm sis and tc❤️❤️
Yana and aal ge wedding ah kurevey inthizaaru ??mihaaru nimeny dho
Alheyyy sis??☺️???????☺️??????
I love this part toooooooo
Be safe ingey lwbi lwbi sisssss
Lyssssm and tc ❤️❤️❤️❤️?????❤️❤️❤️??☺️?☺️??????????????????????????????????☺️☺️????????☺️?
Thankyou so much eeko♥️??yess nikyan silly kamunnn dhwww….insha allah new story soon! Lym tc♥️
Congratulations falak for becoming pregnant ????☺️☺️?????????????????????????❤️❤️❤️❤️❤️❤️??????????
And happy news Yana hey eriiii
Alheyyy sis
Lyssssm
Tc dear
Be safe ingey
❤️???????????????????????????☺️????????????????????????☺️?????????????????????❤️?❤️??❤️❤️?❤️????????☺️
Yesss Falak becoming a mom dhwww!
varah reethi mi part ves but story hama nimmaalaneetha??? falak kidnap kuree e rafga gandu dho urggggghhhhhh???? dhen nick konmes gothakun falak hoadhaane dho anyways waiting for the next part????
TAKE CARE????
Be safe????
Rafga ge kameh hen dhw hywany…tc be safe ?
Hey what’s your real name aphxx???? Story is awesome ?? can’t wait… ???? Just finished reading all the parts of this story ?????? it’s cool heartbreaking and vvvvv nice ?? Curious for the next….
Thankyou darling?my name is afaa hby?
And are you and vaahaka liyaa lily related ???? if so can u tell me what happened to her story ?? ??? Just asking
Yes me and her are cousin sisters, well actually she is very busy with her studies thats why she cannot upload it these days
Also since this is our last year of schl its very difficult thats why
Hope you all understand ?
Varah, Varah reethi mi part ves
Thankyou ?
Alheyyy when next and who kidnapped meeeee?????? ? And nikyan and meh meet kodhechey komme henvess….and yeah yanaa woke up dhww..naseebennu maakahinadhuvas nuvaakan..hehe…will nikyan save me???❤️hope he will hahahaa……all rights on u aphxxx..sis or bro.. upload the next part soon ……and saaaddd it osss endiinnggggggg??????❤️❤️❤️❤️???
Ayeee kaaku baa dhw falak kidnap kuryy hhahhaha?thankyou darling tc?
Sis when next part?? I’m so so curious ❤️?
It’s submitted
Alheyyyy?? afaa mithaaga neii tha i ge friend eh…?soo sad dhw
Mi rafgaa gandah visneynee kon irakun tha……….haadhahaa foohxeh veyey huvaa mibuny…..
Mi vhk nimunyma dhn onnaany inthihaa vhk dhw kuri ah…..cant wait….love u sisooo……….
And kobaatha afu and ril miss those two
Im you frnd ehnu raaya?thankyou darling❤️
Raayaa miulhenee afu ?? kihinei thww v ?? Raayaa hangout insta or ehn ehvx ehcheh gengulhn thr if u don’t mind can you please tell me ??
Labba afu insta use kuran
Whn next?????
It’s submitted
Sissy
Vrh reethi mi part
Falak ah dhera gotheh nahadhaathi
Nikyan E dairy kiyaabala konmeves gothakun
BTW
Lysm
Stay safe stay home
Whn next??
LEts see dhw thankyou❤️♥️Lym next part is submitted
alhey aal enmenah invite kuraairu mithaage queen akah invite eh nukuraanantha v.dissapoint vejje aslu u should invite me personally as i m the queen and yes afoo sis story is fantastic pls give rafga a hard punishment I don’t wanna leave that idiot love u sooooooooooo much and keep my falky n nik happy pls and yes all ves happy koh bahahtahchey
Hehe i did say all readers are invited! Thankyou elsa lym lets see what happens dhw♥️
sis this is aals wedding so he has to invite me anyways love u soooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo much and take care
I ah invite kurachey wedding ah dhen baby ah name eh kkyaanetha??? Falak and nikyange??
Falak and nikyan ge bby ah kiyaa nan ingeyne next part kiyaalyma?♥️
Bby ge thankolheh liinthrr???…i mean 2 yrs laterr egothah???
Hehe you will know when you read it
Sisooo… Next part ei last one tha? ?
Yes last part of season one
Dhon..our farewell ey dhw lwbi aphxx
Owwwww I will miss falak nick, Aalim yanaa… But will miss the seyku seyku Yanaa the most!
Kn kudhnneh hangouts use kurany?
Yess i will miss them too?♥️
Sis I use it
That was me
Awwww… Elsa, Your A girl right?
I can get in touch with u guys through hangout.. ? ?
This is a comment just to make it 100 comments ???
Ahaha aw thankyou♥️?
I love every bit of this story ♥️ can’t wait to next episode ♥️♥️✨ when is nxt?
It is submitted since yesterday!it will be uploaded by the admin team after review
Thankyou saula♥️
Alheee whennn upp vaaaneeeee last part???
When next partuuuuuu????? ??
aal ge wedding ah I ves invite kuracchey Inge??
Komme aalim eh viyas ok vaane?☺️☺️
BTW this part ves vvvvv salhi Inge??????♥️♥️
Hama mikahala reethi part ves gennacchey adhi ingeyy☺️☺️???
V miss vaane mi story mathin.. this is one of the best????
Alheyyy ehvs story eh up nuveyyyyy…. Why Why why
??????????????????????