ލޯތްބައްޓަކައި(27ވަނަ ބައި)
އިރުކޮޅަކު ރެއިލިންގައި އަތް އަޅުވާލައިގެން ހުރުމަށް ފަހު ގޮސް އުނދޯލީގައި އިށީނދެލި ނިކްޔަންގެ ލޮލުގައި އުނދޯލި މަތީގައި އޮތް ކަޅުކުލައިގެ ބަނޑޭރިގަނޑުލީ ބޯ ފޮތް އަޅައިގަތެވެ. އެހެންޏާ ފެނިފައި ނުވާ ފޮތަކަށް ވާތީ އެ ފޮތް ހިފައިގެންގޮސް އެނދުމަތީގައި ނިކްޔަން އިށީނދެލީ، އެ ފޮތުގެ އެތެރޭގައި ވާ އެއްޗެއް ބެލުމުގެ ޝައުގުވެރިކަމާއި އެކީގައެވެ. ފޮތުގެ ފުރަތަމަ ސަފްހާ ހުޅުވާލި ނިކްޔަންއަށް ފަށުވި ރީތި އަތުލިޔުމަކުން ލިޔެފައި ހުރި އިބާރާތް ކޮޅު ކިޔާލެވުނެވެ.
ލޯތްބައްޓަކައި ހިތް އެދި ރުޔަސް
ލޯބިން ވަނީ މަހްރޫމްވެފައި
އެހެނަސް ބުނަން ލޯތްބައްޓަކައި
ޤުރުބާން ވުމީ މިހިތުގެ އުފާ
އަނެއް ސަފްހާއަށް އެއްލަމުން ނިކްޔަން އެ ފޮތުގައި ލިޔެފައިވާ އެއްޗެއް ކިޔަން ފެށީ ޝައުގުވެރިކަމާއި އެކީގައެވެ.
*** ކުޑައިރުއްސުރެ މަންމަ އަހަރެން ބަލާ ބޮޑުކުރަމުން އައީ އެ މަންމަޔަށް ވީވަރަކުން އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދެމުންނެވެ. ހިތްފުރޭ ވަރަށް މަންމަގެ ފަރާތުން އަހަންނަށް ލިބެމުން ދިޔަ މައިވަންތަ ލޯބީގެ ސަބަބުން ކިތަންމެ ދަތި ހާލެއްގައި އުޅެންޖެހުނު ނަމަވެސް، އަހަރެންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އަހަރެންގެ އާއިލާއަކީވެސް އަދި އެކުވެރިޔަކީވެސް އަހަރެންގެ މަންމައެވެ. އަހަންނަކީ މާގިނަ މީހުނާ ވާހަކަ ދައްކާ’ފްރެންޑްލީ’ މީހެއް ނޫނެވެ. އެހެން ކަމުން އަހަރެންގެ ތިބޭނީވެސް އެންމެ ދެތިން އެކުވެރިންނެވެ. މަންމައާއި އެކު ކިތަންމެ އުފަލުން ދިރިއުޅެމުން އަޔަސް އަހަރެންގެ ހިތުގައި އަބަދުވެސް ޝަކުވާއެއް އޮވެއެވެ. އެ ޝަކުވާއާއި ގުޅިގެން އެތަށް ސުވާލެއް އުފެދުނު ނަމަވެސް، އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް މަންމަ ކައިރިން އަހާކަށް އަހަންނަކަށް ނުކެރެއެވެ. ޖަވާބު ހޯދަން ބޭނުން ނުވާތީއެއް ނޫނެވެ. އަހަރެން ކުރާ ސުވާލެއް ނުވަތަ ޝަކުވާއެއްގެ ސަބަބުން މަންމަގެ ދެލޮލުން އެންމެ ކަރުނަތިއްކެއް ވެސް ވެއްޓެން ބޭނުން ނުވާތީއެވެ. މަންމައެއްގެ ލޮލުން ވެއްޓޭ އެންމެ ކަރުނަތިއްކެއްގެ އަގު އަދާ ކުރުމަށްވެސް އަހަރެމެން ދަރިން ނުކުޅެދިފައި ވަތީއެވެ.
ބައްޕަ މި ލަފުޒަކީ ކުޑައިރުން ފަށައިގެން ގޮސް، ސޯޅަ އަހަރު ވޭތުވެ ދިޔަ އިރު އަހަރެން އަބަދުވެސް އަޑުއަހާ ލަފުޒެކެވެ. އަހަރެންގެވެސް ބައްޕައެއް ހުންނަކަން އަހަރެންނަށް އިނގެއެވެ. އަހަރެންގެ ނަމުގެ ފަހަަތަށް އެ ބައްޕަގެ ނަން އިންނާތީއެވެ. މަންމަ ދެތިން ފަހަރަކު ބައްޕަގެ ފޮޓޯ ގަނޑެއްވެސް އަހަރެންނަށް ދެއްކިއެވެ. އެ ފޮޓޯ ގަނޑު ފެނުނު ދުވަހު ލޯގަނޑު ކުރިމަތީގައި ހުރެ އަމިއްލަ ނަފްސަށް އަހަރެން ފުންކޮށް ބަލާލީމެވެ. ހުރިހާ ގޮތަކުންވެސް އަހަރެން ވައްތަރީ އެ ބައްޕަޔާއެވެ. މުށި ކުލަޔަކަށްދާ އަަހަރެންގެ ރާޅުބާނީ އިސްތަށި ގަނޑާއި މަޑު ނޫ ކުލައަކަށް ދާ ކަޅިއަކީ ބައްޕަގެ ފަރާތުން ލިބިފައިހުރި ސިފަ ތަކެއްކަން އެދުވަހު އަހަރެންނަށް އިނގުނެވެ. ނަމަވެސް، ދުވަހަކުވެސް އަހަރެން އޭރު އެ ބައްޕަ ހަމަ ލޮލަކަށް ނުދެކެމެވެ. ބައްޕަ އަހަރެމެންނާ ބައްދަލު ކުރަން ނާންނަތާގައި ގުޅާފައި ހާލުވެސް ބަލާ ނުލައެވެ. ބައްޕައަށް އަަހަރެމެން މުހިންމުނުވަނީ ކަންނޭނގެއެވެ. ނޫނީ އަހަރެމެންމީ ތިބި ބައެއްކަންވެސް ހަނދާންނެތީ ކަންނޭނގެއެވެ. ބޮޑުވަމުން އައި އިރު އެހެން ކުދިން އެކުދިންގެ ބައްޕަ މެންނާއިއެކު ސަކަރާތްޖަހާ ލޯބިން އުޅޭތަން ފެނުމުން އަހަރެން ދެރަވެއެވެ. އެކަނި ވާ ފަހަރު ފަހަރު އަމިއްލަ ނަފްސަށް އެކަނި އަޑުއިވޭ ވަރަށް ޝަކުވާ ކޮށް ރޯލަމެވެ. އަހަރެންގެ ބައްޕަޔާ ދުވަހަކުވެސް އަހަންނާ ބައްދަލުވެދާނެ ބާއެވެ. އެ ބައްޕަ އަހަރެންނާއި މަންމަގެ ގާތަށް އަދި އަންނާނެ ބާއެވެ. ބައްޕަ އެއްގެ ލޯބި އަހަންނަށްވެސް ލިބޭނެ ބާއެވެ. އަހަރެންގެ އާއިލާ ފުރިހަމަ ވެދާނެ ބާއެވެ.
އުމުރުން ސޯޅަ އަހަރު ފުރިގެން ދިއަ އިރު އަހަރެން ގަދަ އަޅައި މަސައްކަތް ކުރަމުން ދިއައީ ސާނަވީ އިމްތިހާނުން ރަނގަޅު ނަތީޖާ އެއް ހޯދައި، މަންމަ އަހަރެންނާއި ދޭތެރޭ ދެކެމުން އައި ފޮނި ހުވަފެންތައް ހަޤީގަތަކަށް ހަދައި ދިނުމަށެވެ. ބޭކާރު އެހެން އެއްވެސް ކަމަކަށް ސަމާލުކަންނުދީ ހިތްވަރާއިއެކު މަސައްކަތް ކޮއްގެން ސާނަވީ އިމްތިހާނު އަހަރެން ނިންމާލީމެވެ. ނަމަވެސް، މަންމަގެ ބަލިހާލު ބޮޑުވެ އެއްވެސް އުންމީދެއް ނެތް އޮޕަރޭޝަނެއް ކުރަން ޖެހުން ވެގެން ދިއައީ އަހަރެންގެ ދިރިއުޅުން އެއްފުއް މިފުށަށް ޖެހެން މެދުވެރިވި ސަބަބަށެވެ. އަހަރެންގެ މަންމަ ނޫން އެހެން އެއްވެސް މީހެއް ނެތެވެ. އެ މަންމަވެސް އަހަރެން ދޫކޮށް ދާން އުޅެނީ ހެއްޔެވެ. މަންމަގެ ސިކުނޑީގައި އުފެދިފައިވީ ޓިއުމަރުގެ ސަބަބުން، ކުރަން ޖެހުނު އޮޕަރޭޝަން ކުރަން އޮތް ދުވަހަކީ ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް އަހަރެންގެ ބައްޕައާއި އަހަންނާއި ބައްދަލުވީ ދުވަހެވެ. ޤަބޫލުކުރަން ވެސް އަހަންނަށް ދަތިވިއެވެ. އެތަށް ޝަކުވާއެއް ހިތުތެރޭގައި ވީ ނަމަވެސް އެ ދުވަހު އަހަރެން ހުރީ އެއްވެސް ޝަކުވާއެއް ކުރެވޭނެ ކަހަލަ ހާލަތެއްގައެއް ނޫނެވެ. ސުވާލުތަށް ފުނިޖެހިފައި ހުއްޓަސް ދުލާއި ހިސާބަށް ގެންނާނެހާ ހިތްވަރެއް ނުލިބުނެވެ. އެދުވަހު ބައްޕަ އަހަރެންގެ ކިބައިން މާފައްވެސް އެދުނެވެ. ނަމަވެސް ކޮންކަމަކަށް ކަމެއް އަހަންނަކަށް ނޭނގެއެވެ. ދެނެގަނެވޭނެ ހާ ހިތްވަރެއްވެސް އެދުވަހު އަހަރެންގެ ކިބަޔަކު ނެތެވެ. މަންމަ އަހަރެންގެ ކިބައިން އެދުނީ، މަންމަ ނެތް ދުނިޔެއެއްގައި ބައްޕަގެ ބުނާބަސް އަހައިގެން ބައްޕައާއި އެކު ދިއުމަށެވެ. އެއީ މަންމަގެ ވަސީޢަތް ކަމުގައި މަންމަ އަހަރެން ގާތު ބުނީ ރޮމުން ރޮމުންނެވެ. އޭރުވެސް މަންމަ އަހަރެން ދޫކޮށްފައި ގޮސްދާނެ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. އޮޕަރޭޝަނަށްފަހު މަންމަ ރަނގަޅުވާނެޔޭ އަހަރެން ތަކުރާރުކޮށް ބުނީމެވެ. މަންމަ އާދޭހާއި އެކު އަހަރެންގެ ކިބައިން އެދުނު އެދުމަށް އަހަރެން އެއްބަސްވީމެވެ. ނަމަވެސް ނުވެސް ދަންނަ ބީރައްޓެހި ބައެއްގެތެރޭގައި އުޅޭނީ ވެސް ކިހިނެއް ހެއްޔެވެ. އެދުވަހު އަހަރެންގެ ލޯބިވާ މަންމަ އަބަދުގެ އަބަދަށް އަހަރެންނާ ވަކި ވެގެން ދިއައެވެ. ދުވަހަކުވެސް ދެނެއް އަހަންނަކަށް އެ މަންމަ އެއް ނުފެންނާނެއެވެ.
ބައްޕައާއި އެކު މާލެ ދާން އަހަރެން ފުރީ ހަމައެކަނި މަންމައަށް ޓަކައެވެ. މަންމަ އަހަރެންގެ ކައިރިން އެދުނު އެދުން ފުރިހަމަ ކޮށްދިނުމަށް ޓަކައެވެ. ނަމަވެސް ކަންތައް ވެގެންދިއައީ އަހަރެން ހީވެސްނުކުރާފަދަ ގޮތަކަށެވެ. ބައްޕަގެ އެހެން އަންބަކާއި އަހަންނާއި ދާދި އެއް އުމުރެއްގެ އަންހެން ކުއްޖަކު ހުންނަކަން އަހަރެންނަށް އިނގުނީ ބައްޕަ އެމީހުން ދިރިއުޅޭ ގެއަށް އަހަރެން ގެންދިއުމުންނެވެ. އަހަރެންނަށް އެކަން ސިއްރު ކުރީތީ އަހަރެން ބައްޕަ ގާތު ޝަކުވާ ކުރީމެވެ. ބައްޕަ ބުނީ އަހަރެން ގާތު އެ ވާހަކަ ބުނިނަމަ އަހަރެން ބައްޕައާއިއެކު ނައިސްދާާނެތީ ނުބުނީ ކަމުގައެވެ. ބައްޕަ އަހަރެންނަށް އެކަން ސިއްރުކުރީތީ އަހަރެން ދެރަވި ނަމަވެސް، އަހަރެންގެ ކޮއްކޮ އެއް ހުންނަކަން އިނގުމުން އަހަރެން ވަރަށް އުފާވިއެވެ. އަހަރެންގެ އުމުރުގެ އެހެންކުދިން އެމީހުންގެ ކޮއްކޮ މެނާއި އެކު ހީ ސަކަރާތްޖަހާ މަޖާކޮށް އުޅޭތަން މީގެ ކުރިން އަހަންނަށްވީ ފެނިފައެވެ. އަހަރެންނަށްވެސް އެފަދަ ފުރުސަތެއް ދެއްވީތީ އަހަރެން މާތްﷲ އަށް ޝުކުރުވެރިވީމެވެ. އަދި ރަފްގާގެ ދައްތައެއްގެ ހައިސިއްޔަތުން އަހަރެން އަދާކުރަންޖެހޭނެ ހުރިހާ ޒިންމާތަކެއް އެންމެ ފުރިހަމައަށް އަދާކުރުމަށް އަޒުމު ކަނޑައެޅީމެވެ. ރަފްގާއާއި އަހަރެންނާއި ދޭތެރޭ ވެސް ވަރުގަދަ އާއިލީ ގުޅުމެއް އޮންނަށް އަހަރެން ބޭނުންވިއެވެ. އެއްވެސް ހިތްބުރަކަމެއް ނެތި ރަފްގާ އަހަރެންނާއި ވާހަކަ ދައްކާ ހަދަންފެށުމުން އަހަރެން ވަރަށް އުފާވިއެވެ. މަޑުމަޑުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އަހަރެންނަށް ހީކުރެވުނެވެ.
އާއިލާގެ އެހެން މީހުންގެ ފަރާތުން ފުރަތަމަކޮޅު ނުރުހުމުގެ އަސަރު ފެނުނަސް ފަހުން އެންމެންވެސް އަހަރެންނާއި ވާހަކަ ދައްކާ ސަމާސާކޮށް ހަދައެވެ. ބައްޕަގެ އަންހެނުންވެސް މަދުމަދުން އަހަރެންނާވާހަކަ ދައްކައެވެ. އަދި ރާއިދާ ދައްތަގެ ދޮންތަގެ އާއިލާ އެންމެންވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ. ހާއްސަކޮށް ނުހާއްކޮއެވެ. އަހަރެންނާއި ނުހާއާއި އެކުވެރިވީފަހުން އަހަރެން އެކަނިވިޔަކަ ނުހާ ނުދެއެވެ. އަހަރެން ދެރަވެފައި ހުރިަ ތަން ފެނިއްޖެނަމަ ކޮންމެވެސް މަޖާ އެއްޗެކޭ ކިޔައި އަހަރެން ހެއްވާލާނެއެވެ. ނުހާއަކީ އަހަރެންގެ އަމިއްލަ ކޮއްކޮއެއް ކަމުގައި އަހަރެންވެސް ދެކުނީމެވެ. ނުހާގެ ބޭބެގެ ފަރާތުންވެސް އަހަރެންނަށް ފެނުނީ އެކުވެރިކަމެވެ. އަހަރެންނަށް ވުރެން އެއް އަހަރު ނިކްޔަން ބޮޑުވާނެއެވެ. ސުކޫލުގެ ކަންކަމުގައި ނިކްޔަންގެ ފަރާތުން އަބަދުވެސް އަހަރެންނަށް އެހީތެރިކަން ލިބެއެވެ. ނުހާއެކޭ އެއްގޮތަށް ނިކްޔަންއަކީވެސް އެހެން މީހުނާ ގުޅޭސަކަ މިޒާޖެއްގެ މީހެކެވެ.
އަހަރެންގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާއާއި ސުކޫލުން ބައްދަލުވުމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ޒުމާ އަހަރެންގެ ކައިރީ ހުންނަ ނަމަ ސުކޫލުގެ ދެއަހަރު ރަނަގޅަށް އަހަރެންނަށް ނިންމާލެވޭނެއެވެ. ކަންކަން ހިއްސާ ކޮއްލާނެ މީހެއް ހުންނާނެއެވެ. އަހަރެންނަކީ އެއް އިރެއްގައިވެސް ފިރިހެން ކުދިންނަށް ސަމާލުކަންދީ އުޅުނުމީހެއް ނޫނެވެ. ވެގެން ވަންޏާ އަހަރެން އުޅޭނީ ފިރިހެން ކުދިންނާއި ވީހާވެސް ދުރު ދުރުންނެވެ. ނަމަވެސް ނިކްޔަންގެ އެކުވެރިކަމާއި ހިތްހެޔޮކަމަށް ނޫނެކޭ ބުނާކަށް އަހަރެންނަކަށް ނުކެރުނެވެ. އަދި އާލިމްއާއި ދުރަކުވެސް ނޫޅެވުނެވެ. އާލިމްއާއި އަހަރެން ދިމާވީ ސުކޫލު ފެށުމުގެ ދުވަސްކޮޅެއް ކުރިން ފިހާރައަކުންނެވެ. އެދުވަހު އާލިމްއާއި ހެދި އަހަރެން އެ ފިހާރަ ތެރޭގައި ލަދުގަންނަން ޖެހުމުން އަހަރެން އާލިމް ދެކެ ވަރަށް ރުޅިއައެވެ. ސުކޫލުގައި އުޅޭ އިރުވެސް އަހަރެމެން ދެމީހުންގެ ކަމަކީ އަބަދު އެކަކު އަނެކަކާއި ކޯޅުމެވެ. ދުވަހަކުވެސް އަހަރެމެން ދެމީހުން އެއްގަލަކަށް ނާރަމެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިއައީ އަހަރެން ހީވެސްނުކުރާ ކަހަލަ ގޮތަކަށެވެ. ހާލަތާއި އެކީ އަހަރެންގެ އިހުސާސްތަށް ބަދަލުވެގެން ދިއައިރު އަހަރެންނަށް ރޭކާވެސް ނުލައެވެ. އާއެކެވެ. ލޯބި ނަމަކަށް ކިޔާ ބޮޑު ރާޅު ފުރަތަމަ ފަހަރަށް އަހަރެންގެ ދިރިއުޅުމަށް ބިންދާލީއެވެ. ނަމަވެސް އެރާޅާއި ކުރިމަތިލައި ލޯބީގެ ކަނޑުގައި ފަތާކަށް އަހަރެންނަކަށް ނުކެރުނެވެ. އަހަރެންނަށް ލޯބި ވެވުނީ….*
**********
އެ ފޮތް ހިފައިގެން އެނދުމަތީގައި އިން ނިކްޔަންއަށް އެ ފޮތުން ނަޒަރު ވަކި ކޮއްލެވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އަތުގައި އޮތް ފޮތް ބަލީސް ދަށަށް ކޮއްޕާލަމުން ނިކްޔަން ހަމަޖެހިލީ ނުހަނު އަވަހަށެވެ.
ކޮޓަރިއަށް ވަދެގެން އައި ފަލަކްގެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. މިއަދު ޑިއުޓީގައި ބިޒީ ކަމުން ތަނެއްގައި ފޫކޮޅު ޖައްސާލާނެ ހާ ވަގުތު ކޮޅެއްވެސް ނުލިބުނެވެ. ފުލުފުލުގައި އޮތް ސާރޖަރީތަކުގެ ސަބަބުން ބްރޭކް ގަޑީގައި ކާކަށްވެސް ހަނދާނެއް ނުވިއެވެ. ނިކްޔަންއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ތުވާލި ހިފައިގެން ފަލަކް ގޮސް ފާހަނަޔަށް ވަނުމާއި އެކީ، ބާލީސް ދަށުން އެ ފޮތް ނަގައިގެން ގޮސް ނިކްޔަން ކޮޓަރިން ނިކުތެވެ. ސިޑިން ފައިބައިގެން ގޮސް އޭނާ ވަނީ ތަނަވަސް ބޮޑު ކޮޓަރިއަކަށެވެ. ބަލާބެލުމަށް އެއީ ބޮޑު ލައިބްރަރީ އެކެވެ. ހުރިހާ ބިތެއްގައި ފޮތްހަރުގަނޑުތަށް ހަރު ކުރެވިފައި ހުރި އިރު، އެ ހަރުގަނޑުތަށް ބަރާވެފައިވަނީ އެކި ކަހަލަ ފޮތް ތަކުންނެވެ. އެ ކުތުބުހާނާގެ މެދުގައި ބޮޑު ސޯފާސެޓެއް ހުރި އިރު އެ ސޯފާގެ ކުރިމަތީ ހުރިރެކުގައި ބޮޑު ފަތި ޓީވީ އެއް ހުއްޓެވެ. އެއީ ފިލުމު ބެލުމަށް ހާއްސަ ޓީވީއެކެވެ. މުޅި ތަން ފަރުމާ ކުރެވިފައި ވަނީ ޒަމާނީ ކުލަތަކާއި ޑިޒައިންތަކުންނެވެ. ކަޅު ކުލައިގެ ބަނޑޭރިގަނޑުލީ ފޮތް ހިފައިގެން ގޮސް ނިކްޔަން މަޑުކޮއްލީ އެތާހުރި މޭޒެއްގެ ކައިރީގައެވެ. ސްޓަޑީތަކުގައި ހުންނަ މޭޒުތަށް ކަހަލަ އެ މުށި ކުލައިގެ މޭޒުމަތީގައި ހުރި ކޮޕީ މެޝިނުން، އެ ފޮތުގައި ލިޔެފައިހުރި ހުރިހާ ގަނޑެއްގެ ކޮޕީ ނިކްޔަން ނަގާލިއެވެ. އެއީ ފަލަކްގެ ޑައިރީކަން ނަގައިގަނެވުމާއިއެކީ އެ ފޮތް ކިއުމަށް އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަން ވަނީ ދެގުނަ ވެފައެވެ. އޭނާގެ ހިތުގައިވާ ހުރިހާ ސުވާލެއްގެ ޖަވާބުވެސް އެ ފޮތުގައި ވާނޭކަމަށް އޭނާގެ ހިތް ބުނަމުން ދިއައެވެ.
”މީ ކޮން ގެއެއް؟” ކުރިން އައިސްފައި ނުވާ އިމާރާތެއްގެ ކުރިމައްޗަށް އާލިމް ކާރު މަޑުކޮއްލުމުން ޔަނާ އަހާލިއެވެ. ބަހެއް ނުބުނެ އާލިމް ކާރުން ފައިބައިގެން ގޮސް ޔަނާ އިށީނދެ އިން ދިމާލުގެ ދޮރު ހުޅުވާލަ ދިނެވެ. ކާރުން ފައިބަމުން އާލިމްގެ މޫނަށް ޔަނާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ނަމަވެސް އެ މޫނުމަތީގައިވީ ލުއި ހިނިތުންވުމަކުން އޭނާއަކަށް އެކައްޗެއްވެސް ދޭހަ އެއް ނުވިއެވެ. ހަތް ބުރީގެ އެ އިމާރާތުގެ ތެރެއަށް ވަންނަން އާލިމް ހިނގައިގަތީ ޔަނާގެ އަތުގައި ހިފާލަމުންނެވެ. އާލިމްގެ ފަހަތުން ދިއަ ޔަނާ ހުރީ އާލިމްގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ލިފްޓަށް އެރުމަށްފަހު އާލިމް ފަސްވަނަ ފަންގިފިލާއަށް ދިއުމަށް ސުވިޗަށް އޮއްބާލިއެވެ. ” ޔަނާ…އަހަރެންގެ މާކަ ގިނަ ރައްޓެހިންނެއް ނުތިބޭނެ… މިރޭ އަހަރެން ބޭނުން ތިބި ދެ ރައްޓެހިންނަށް ޔަނާ އިންޓްރޮޑިއުސް ކޮށްދޭން…ބަޓް ޔޫ އޯލްރެޑީ ނޯ ދެމް…” ލިފްޓު ހުއްޓުމާއިއެކީ ޔަނާގެ އަތުގައިހިފާލައިގެން ހުރެ އާލިމް ލިފްޓުން ފޭބިއެވެ. އޭނާވެސް ދަންނަ އާލިމްގެ މިއެކުވެރިންނަކީ ކޮބައި ބާއޭ ޔަނާގެ ހިތަށް އަރަމުންދިއައެވެ. އެޕާރޓްމެންޓް ފަހެއް ބީގެ ބެލްއަޅާލުމާއި އެކީ ދޮރު ހުޅުވިގެން ދިއައެވެ. އާލިމްގެ ފަހަތުގައި ހުރި އަންހެން ކުއްޖާ ފެނުމުން ޒުމާގެ މޫނުމައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އާލިމްމެން ވަންނަން ތަން ދައްކަމުން އެމީހުނާއިއެކު އޭނާވެސް ގޮސް ސޯފާގައި އިށީނދެލިއެވެ. އޭރު ލޫތް އެމީހުންގެެ އިންތިޒާރުގައި ސޯފާގައި އިނެވެ. ޒުމާއާއި ލޫތް ފެނުމުން ވަގުތުން އެއީ ކޮންބައެއްކަން ޔަނާއަށް އިނގުނެވެ. ކުޑަކޮށް ފަލަވެލާފައި ހުއްޓަސް ޒުމާގެ މޫނު މައްޗަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ލޫތްގެ މޫނުމަތީގައިވެސް ވަނީ އިހަށް ނުފެންނަ ފަދަ ހަރުދަނާ ކަމެވެ. “ޔަނާތަ އާލިމްގެ ހިތް އަތުލި ކުއްޖާއަކީ؟” ލާނެއް ކަމާއި އެކީ ލޫތް އަހާލިއެވެ. އެއާއި އެކު ޔަނާގެ މޫނުމައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިވެގެން ދިއައިރު، އޭނާ އާލިމް އާއި ދިމާލަށް ބަލާލީ އާލިމް ބުނާނީ ކީކޭ ކަން ނޭނގުމުންނެވެ. “އާންދެން ޒުމްވެސް ލޫތްގެ ހިތް ވަގަށް ނެގީ ވިއްޔަ ދޯ” އާލިމްވެސް ޖަވާބުދިނީ ހަމަ އެ ރާގުގައެވެ. “އަހަރެންމީ ވަގެއް ނޫނޭ އާލް….ލޫތް އޭނަގެ ހިތް އަތަށް ލައިގެން އައިސްދިނީމަ ދެން ރިޖެކްޓް ކުރާކަށް ނުވާނެ ނު…ދޯ ޔަނާ” ޒުމާވެސް އެ ސަމާސާގައި ބައިވެރިވިއެވެ. އުފާވެރި މާހައުލެއްގައި ހަތަރު ޒުވާނުން ކެއުމަށް އިންސާފު ކުރިއިރު ބޮޑަށް ދެކެވުނީ ސުކޫލު ދައުރުގެ ވާހަަކައާއި އާލިމްއާއި ޔަނާގެ ކައިވެނީގެ ތައްޔާރީތަކުގެ ވާހަކައެވެ. އެއް ކުލާހެއްގައި އުޅުމުގެ ސަބަބުން ޔަނާއާއި ޒުމާއާއި ދެމެދު ކުރިންވެސް އެކުވެރިކަން އޮތެވެ. ނަމަވެސް އެގާރައިގެ އަހަރަށްފަހު ޔަނާ ސުކޫލުން ކެނޑުމުން އޭގެ ފަހަކުން ދެމީހުން ދިމަލެއް ނުވެއެވެ. “ޔަނާ” ކައިގެން އާލިމްއާއި ލޫތް ސިޓިން ރޫމަށް ދިއުމުން ޒުމާ ގޮވާލިއެވެ. ޒުމާއާއި ދިމާލަށް ޔަނާ ބަލާލީ ކިހިނެއްވީހޭ އަހާ ފަދަ ގޮތަކަށެވެ. “ޑިޑް އާލް ޓެލް ޔޫ އެނީތިންގް…މި ބުނީ އޭނަގެ ޕާސްޓްއާ ބެހޭގޮތުން…” ޒުމާ އަހާލިއެވެ. ޒުާގެ ސުވާލާއި އެކު ޔަނާގެ ހިތުގައި ސުވާލު އުފެދުނެވެ. “ތިބުނީ އާލްގެ ފެމިލީއާ ބެހޭގޮތުންތަ؟” ޔަނާ ހީކުރީ ޒުމާ ޕާސްޓް އެމާނަ ކުރީ އާލިމްގެ އާއިލީ މައްސަލަތަކަށް ކަމުގައެވެ. “ނޯ އައި މީން…” “ޒުމް ހިނގާބަލަ އެކޮޅަށް” އެތަނަށް އައިސް ހުއްޓުނު ލޫތްގެ އަޑާއިއެކު ޒުމާ އަކަށް އޭނާ ބުނަން އުޅުނު ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. ލޫތްގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުން އޭނާ ދެންމެ ޔަނާ ގާތުގައި ދެއްކިވާހަކަ ލޫތްއަށް އަޑު އިވިއްޖެކަން ޒުމާއަށް އިނގުނެވެ. އޭނާ ދެކޭ ގޮތުގައި އާލިމްއާއިއެކު ޒަވާޖީ ހަޔާތެއް ފަށަން ޔަނާ އުޅޭއިރު، އެ ވާހަކައަކީ ޔަނާއަށް އިނގެން ޖެހޭނެ ވާހަކައެކެވެ.
”ޒުމާ ވަޓް ވާރ ޔޫ ޓްރައިންގް ޓު ޑޫ…ޔަނާއަށް އެވާހަކަތަށް ކިޔާދިނުމުގެ ބޭނުމަކީ ކޮބާ….” އާލިމްމެން ދިއުމުން ލޫތް ޒުމާއާއި ވާހަކަ ދެއްކިއެވެ. އޭނާ ހިތްހަމަނުޖެހިފައި ހުރި ކަން އޭނާގެ އަޑުންވެސް އިނގެއެވެ. “ލޫތް ސީރިއަސްލީ….ލޫތްއަށް ރަނގަޅަށް އިނގޭނެ އެވާހަކަ ތަކަކީ ޔަނާއަށް އިނގެންޖެހޭނެ ވާހަކަ ތަކެއްކަން…އާލް ޔަނާއަށް ފަލަކްއާ ބެހޭގޮތުން ދުވަހަކުވެސް ނުކިޔާދޭނެ ކަން އަހަރެންނަށް ރަނގަޅަށް އިނގޭ…ޝީ ޑިޒާވްސް ޓު ނޯ ލޫތް” ޒުމާ ބުންޏެވެ. “ޔަނާއަށް ކިޔާދިނުން މުހިންމު ނަމަ ކައިވެނީގެ ކުރިން އާލް ކިޔާދޭނެ…އެނޫނަސް ޕާސްޓް އާ ބެހޭގޮތުން ވާހަކަ ދައްކައިގެން ފިއުޗާރ އާ ޕްރެސެންޓް ހަރާބު ކުރަނީ ކީތްކުރަން…ޖަސްޓް ލެޓް ދެމް ބީ ހެޕީ” ” ދެން އެހެން ގޮތަކަށް ޔަނާއަށް އެހުރިހާ ކަމެއް އިނގޭ ދުވަހު؟ އެދުވަހު ޝީ ވިލްބީ ހާރޓް ލޫތް…” ޒުމާ އެބުނީވެސް ތެދެކެވެ. ޔަނާއަށް އެހެންމީހެއްގެ ފަރާތުން އެވާހަކަތަށް އަޑުއިވިއްޖެނަމަ އޭނާ އާލިމްއަށް އިތުބާރު ނުކޮއްފާނެއެވެ.
ވެލާނާ އިންޓާރނޭޝަނަލް އެއާރޕޯރޓުން ނިކުމެގެން އައި ރަފްގާ ގޮސް އޭނާ ބަލާ އައިސް އޮތް ކާރަށް އަރާ ހަމަޖެހިލިއެވެ. އޭނާއެއީ ވިޔަފާރި ދަތުރެއްގައި ދުބާއީ ގައި ދެމަސްދުވަސް ވަންދެން ހުރެފައެވެ. ކާރަށް އަރައި ހަމަޖެހިލުމަށް ފަހު ރަފްގާ ކާރުގެ ސީޓުމަތީގައި އޮތް ނިއުސް ޕޭޕަރު ނަގައި ބަލާލިއެވެ. ފުރަތަމަ ސަފްހާގެ ފަލަ ސުރުޚީ ފެނުމުންއޭނާގެ ދެލޯ ބޮޑުވެގެން ދިއައެވެ. ނިއުސް ޕޭޕަރު އަތަށް ބޮނޑިކޮށް ލެވުނު އިރު ރަފްގާއަށް ދިއައީ އަވަސް ނޭވާ ތަކެއް ލެވެމުންނެވެ. އޭނާގެ ކަންފަތުގައި ގުގުމަމުން ދިއައީ ދެންމެ އެ ނޫސް ޕޭޕަރުން އޭނާއަށް ކިޔުނު ސުރުޚީއެވެ. “މަޝްހޫރު ގާނޫނީ ވަކީލު އާލިމް އަބްދުލް ހަނީފްގެ ކައިވެނި އަންނަ ހަފްތާގައި އައިޝަތް ޔަނާ އާއި ކުރެވެނީ…” ކާރު ގޮސް އޭނާ ދިރިއުޅޭ ގޭގެ ދޮރުމައްޗަށް މަޑުކޮށްލުމާއިއެކު ދުންޖަހާފައި ރަފްގާ ކާރުން ފޭބިއެވެ. އޭނާގެ މިސްރާބަކަށްވީ އެގޭގެ ޓެރަހެވެ. ޓެރަހަށް ދެވުމާއި އެކީ އެތާގައި ހުރި މާގަސް ހައްދާފައިވާ ޕޮޓުތަށް ފައިން ޖަހާ ރަފްގާ ބުރުވާލިއެވެ. އަދި އަތުން ބައެއް ޕޮޓުތަށް ނަގައި ހޫރާލިއެވެ. ޕޮޓުތަކުގައި ހުރިކަޅު ވެލިތަށް މުޅުތަނަށް ބުރައިގެން ދިއައިރު ރަފްގާ ލައިގެން ހުރި ހުދުކުލައިގެ ހެދުންވެސް ވަނީ އެކަޅުވެލި ތަކުގެ ސަބަބުން ހަޑިވެ ކިލާވެފައެވެ. ނަފްރަތުން ރަފްގާ އަނދަމުން ދިއައިރު އޭނާގެ ދެލޮލުން ޔަނާ ފިއްސާލާނެ ކަން ޤައިމެވެ.
އާދުވަހަކަށް އިރު އަރައިގެން އައީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަ ޖައްސަމުންނެވެ. ފަލަކް ތައްޔާރުވަމުން ދިއައީ ހެނދުނުގެ ޑިއުޓީއަށް ދިއުމަށެވެ. އެހެންޏާ އޮފީހަށް ދިއުމަށް ހޭލާ ނިކްޔަން އަދިވެސް އޮތީ ފުން ނިންޖަކުން ނިދާފައެވެ. ތައްޔާރުވާން ހުރި އިރު ވެސް ލޯގަނޑުން ފަލަކްއަށް އިރުއިރުކޮޅާ ނިކްޔަން އާއި ދިމާލަށް ބަލާލެވެއެވެ. ވަޅުފެހި ކުލައިގެ ޕޭންޓްސްއަކާއި ގަދަ މުށި ކުލައިގެ ގަމިސްކޮޅެއްލައި ބެގީ ކޮއްފައި ހުރިއިރު ފަލަކް ފެންނަނީ ވަަރަށް ރަސްމީ ކޮންނެވެ. އަތްދަބަސް ހިފައިގެން ކޮޓަރިން ނިކުންނަމުން ފަހު ފަހަރަށް ފަލަކް ނިކްޔަންއާއި ދިމާލަށް ބަަލައިލިއެވެ. ހިނިތުންވެލަމުން ކޮޓަރިން ނިކުމެގެން ފަލަކް ދިއުމާއިއެކީ ނިކްޔަން ދެލޯ ހުޅުވާލިއެވެ. އޭނާ ރޭގައި ކޮޓަރިއަށް އައީވެސް ފަލަކް ނިދާހާ އިރު ކޮއްފައެވެ. އޭނާއަށް އެ ޑައިރީގެ އަނެއްބައި ކިޔޭނީ ފަލަކް ގޭގައި ނޫޅޭ ވަގުތެއްގައެވެ. އޭނާގެ ސުވާލުތަކުގެ ޖަވާބު ލިބެން އޮތީ އެ ފޮތް ކިޔައިގެންކަން ނިކްޔަންއަށް އިނގެއެވެ. އެނދުން ތެދުވެ މޯޅިއަކަށް ދެމިލަމުން ނިކްޔަން އޭނާގެ ހަށިގަނޑު ސީދާކޮއްލިއެވެ. ފެންވަރާ ތާޒާ ވެލައިގެން ސްވެޓް ޕޭންޓްސް އަކާއި ޓީޝާރޓެއް ނިކްޔަން ލީ މިއަދު އޮފީހަށް ދާން އޭނާ ބޭނުން ނުވާތީއެވެ. ބަދިގެއަށް ގޮސް ކޮފީ މެޝިނުން ކޮފީއެއް ހިފައިގެން ނިކްޔަން ދިއައީ ލައިބްރަރީ އަށެވެ. އެތާ ހުރި ސޯފާގައި އިށީނދެ ހަމަ ޖެހިލަމުން ނިކްޔަން އޭނާ ކޮޕީނެގި ފަލަކްގެ ޑައިރީގެ ގަނޑުތަށް ކިޔަން ފެށިއެވެ.
*ކުރެވެމުންދިއަ ގޮތް ނޭނގޭ އިހުސާސްއަކީ ލޯބިކަން އަހަންނަށް އިހުސާސްވީ ވަރަށް އެހެންކަހަލަ ދަނޑިވަޅެއްގައެވެ. ނިކްޔަންގެ އެދުމަށް އޭނާއާއި އެކު ސުކޫލު ކުއްޖެއްގެ އުފަންދުވަހުގެ ޕާރޓީއަށް އަހަރެންދިއައީމެވެ. އާލިމްވެސް އެތަނަށް ދާނެ ކަން އަހަރެންނަށް އިނގެއެވެ. ނިކްޔަންއާއެކު އަހަރެން އެރޭ ޕާރޓީ އިން ފެނުމުން، އަހަރެންނާއި ނިކްޔަންއާއި ދެމެދު އޮންނަ ގުޅުމަށް އެތައް ބަޔަކު ސުވާލު ކުރިއެވެ. ޒުމާ ގާތުގައި އަހަރެންނާއި ނިކްޔަން އަކީ ހަމައެކަނި އެކުވެރިން ކަމުގައި ބުނި އިރު އާލިމްގެ ދެލޮލުންވެސް އޭނާ އަހަރެންގެ ފަރާތުން އެ ސުވާލުގެ ޖަވާބު ބޭނުންވެފައި ހުރިކަން އަހަރެންނަށް އިހުސާސްވިއެވެ. އެރޭ ޕާރޓީގައި އޮތް ޑާންސްގައި އާލިމްއާއިއެކު ނަށަން ފުރުސަތު ލިބުނު ހިނދު އޭނާގެ ދެލޮލުން ފެނުނު އަސަރުތަކާއި އިހުސާސްތަށް ނަގައިގަންނަން އަހަރެން ނުކުޅެދުނެވެ. ނަމަވެސް، އޭނާގެ ދެލޮލުން ތަފާތުކަމެއް އަހަރެންނަށް ފާހަގަ ކުރެވުނެވެ. އެރޭ އަހަރެން އާލިމްގެ ފަހަތުން ބެލްކަންޔަށް ދިޔަ ހިނދު ފެނުނު މަންޒަރަކުން އަހަރެންގެ ހިތް ކުދިކުދި ވީފަަދަ އިހުސާސެއް އަހަރެންނަށް ކުރެވުނެވެ. ހުރި ފިޔަވަޅުމަތީގައި ގަނޑުވެފައި އަހަރެންނަށް ހުރެވުނެވެ. އާލިމްގެ އަތުތެރޭގައި ހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އަހަރެންގެ ލޯބިވާ ކޮއްކޮއެވެ. އަހަރެންގެ ކޮއްކޮއާއި އާލިމްއާާއި ދެމެދ އެފަަދަ ގުޅުމެއް އޮންނަކަމެއް އަހަރެން ނުދެނަ ހުރީމެވެ.
ދެން އަހަރެންނަށް ވީގޮތެއް ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. އަހަރެން ފެނުމުން އާލިމް ރަފްގާ ދުރަށް ކޮއްޕާލި ތަން ފެނުމުން އަހަރަން އާލިމް ދެކެ ރުޅިއައެވެ. އަންހެން ކުއްޖެއްގެ ފައިދާ ނެގުމަށްފަހު އެފަދައިން އެއްލާލުމުގެ ހައްޤެއް އެއްވެސް ފިރިހެނަކަށް ލިބިގެނެއް ނުވާނެއެވެ. އަހަރެން ވަގުތުން ޕާރޓީ އޮތް މާލަމް ދޫކޮށް ގެއަށް ދާން ނިކުތީމެވެ. ނިކްޔަންވެސް އަހަރެންގެ ފަހަތުން އައެވެ. ނަމަވެސް، އޭނާ ކުރި އެއްވެސް ސުވާލަކަށް އަހަރެންނަކަށް ޖަވާބެއް ނުދެވުނެވެ. ހުއްޓުމެއް ނެތި އަހަރެންގެ ދެލޮލުން ދިއައ ކަރުނަ އަންނަމުންނެވެ. ކީތްވެ ކަމެއް ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. އާލިމް އަހަރެންގެ ކޮއްކޮޔަށް އެހެން ހެދީތީ ހެއްޔެވެ؟ ނޫނީ އާލިމް ކައިރީ އެހެން އަންހެން ކުއްޖެއް ހުރިތަން ފެނުމުން ހެއްޔެވެ؟ ނަމަވެސް އާލިމް ކޮންމެ އަންހެން ކުއްޖަކާއި އެކު އުޅުނަސް އަހަރެންނަށް އޭގެން އަސަރު ކުރަންވީ ކީއްވެ ހެއްޔެވެ؟ އާލިމް އަކީ އަހަރެންގެ ކާކު ހެއްޔެވެ؟ އާލިމްދެކެ އަހަރެންނަށް ލޯބި ވެވުނީ ހެއްޔެވެ؟
އޭގެ ދެތިން ދުވަސް ފަހެވެ. ޝޫރާއާއި ރަފްގާާ ވާހަކަ ދައްކަނިކޮށް އަހަރެން އަޑުއެހީމެވެ. ޝޫރާއަކީ ރަފްގާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަޑުއިވުނު ވާހަކައިގެ ސަބަބުން އަހަރެން ވަރަށް ބޮޑު ނިންމުމެއް ނިންމީމެވެ. އަމިއްލަ ނަފްސަށް ވަޢުދެއް ވީމެވެ. އަހަރެންގެ ހިތުގައި އާލިމްއަށްޓަކައި އުފެދިފައި އޮތް ލޯބި ފޮހެލުމަށެވެ. އާލިމްގެ މަތިން ހަނދާން ނައްތާލުމަށެވެ. އެކަން އަހަރެންނަށް ވާނީ އާލިމްއާއި ވީހާވެސް ދުރުދުރުން އުޅެގެންނެވެ. ކިތަންމެ ހިތަށް ތަދުވިޔަސް އަހަރެން އެ ޤުރުބާނީ ވާން ނިންމީމެވެ. އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮއަށް ޓަކައެވެ. އެ ކޮއްކޮ އާލިމްދެކެ އެހާ ލޯބި ވާކަން އިނގިހުރެ އަހަރެން އެދެމެދަށް ވަންނާކަށް ބޭނުމެއް ނޫނެވެ. ކިތަންމެ ވޭނެއް އެޅިޔަސް އަހަރެން ކެތްކުރާނަމެވެ. ކޮއްކޮގެ އުފަލަށްޓަކައެވެ. ކޮއްކޮ ދެކެ އަހަރެންވާ ލޯތްބަށްޓަކައެވެ.
އެދުވަހަށް ފަހު އަހަރެން އުޅެމުން އައީ އާލިމްއަށް ފިލައިގެނެވެ. ވެގެންވަންޏާ އާލިމް ހުންނަ ދިމާލަކާއި ދިމާލަށް އަހަރެން ބަލާވެސް ނުލަމެވެ. ޒުމާމެން ހީކުރީ ޕާރޓީ އޮތް ރޭ އަހަރެންނާއި އާލިމްއާއި ދޭތެރޭ ބޮޑު ދެބަސްވުމެއް ހިނގީ ކަމަށެވެ. އެހެންވެ ޒުމާވެސް އިތުރަކަށް އަހަރެން ގާތަކު އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނާހައެވެ. ނަމަވެސް، އާލިމް އާއި ދުރަށް ދާން އަހަރެން ކުރަމުން އައި މަސައްކަތާއި ހިތްވަރު ދެންމެ ދެންމެ ގުޑާލާފާނެ ހެން ހީވާ ފަހަރު ފަހަރުވެސް އާދެއެވެ. އާލިމްގެ ސަބަބުނެވެ. އެތަށް ފަހަރަކު އޭނާ އަހަރެންގެ ގާތުގައި މާފަށް އެދުނެވެ. އޭނާ އަހަރެންދެކެ ލޯބިވާކަމަށް ބުނެ އާދޭސް ކުރިއެވެ. ނަމަވެސް، އެހުރިހައި އާދޭސްތަކަށް އަހަރެން ދެމުން އައި ބީރު ކަންފަތެކެވެ. އާލިމްދެކެ ލޯބި ނުވާތީއެއް ނޫނެވެ. ހަޤީގަތަކީ އާލިމްއާއި ދުރަށްދާން އަހަރެން މަސައްކަތް ކުރާ ކޮންމެ ހިނދަކު އެ ލޯބި ފުންވެގެން ދާކަމެވެ. އިތުރު ވާކަމެވެ. ނަމަވެސް އަހަރެންގެ އަޒުމަށް ލޮޅުން އެރުނަކަ އަހަރެން ނުދެމެވެ. އަހަރެން ކެތްކުރީމެވެ. ދައްތައަށް ވެހުރެ އަމިއްލަ ކޮއްކޮގެ ލޯބި އަހަރެން ޖަހައި ގަންނާނީ ކިހިނެއް ހެއްޔެވެ.
ކަންތަށް ވެގެން ދިއައީ އަހަރެން ދުވަހަކުވެސް އުންމީދު ކޮށްގެން ހުރި ގޮތަކަށް ނޫނެވެ. އެ އަހަރު ނިމެން ދެން އާލިމްގެ ލޯތްބަށް ފުރަގަސްދީގެން ހުރެވުނު ނަމަވެސް، އަހަރެންގެ ކުރިމައްޗަށް އަނެއްކާ އަނެއް ބޮޑު ހަޤީގަތެއް އައެވެ. ޝޫރާގެ މަންމަ މައުރިފާއަކީ އަހަރެންގެ މަންމަގެ ކޮއްކޮކަމެވެ. ޝޫރާގެ މަންމައަކީ އަހަރެންގެ ދޮންތަކަމެވެ. ޝޫރާއަކީ އަހަރެންނާއި ދެބެންގެ ދެދަރި ކުއްޖެއްކަމެވެ. ޤަބޫލުކުރަން ދަތިވިއެވެ. އެތަށް ޝަކުވާއެއް ހިތުތެރޭގައި ވިއެވެ. ނަމަވެސް އަހަރެންނާއި ގުޅުމެއް ހުރި އަހަރެންގެ އާއިލާގެ އެހެން ބަޔަކު ތިބީތީ އަހަރެން އުފާކުރީމެވެ. އަދި މާތްﷲގެ ޚަޞްރަތަށް ޝުކުރު ދެންނެވީމެވެ. މިހުރިހާ ކަމަކާ ކުރިމަތި ލަމުން އަހަރެން ދިއައިރު ހުރިހައި ހަޤީގަތެއް ނޭނގި ހުރެވެސް ނިކްޔަން ވަނީ އަހަރެންނަށް އެހީތެރިވެދީފައެވެ. ގާތް އެކުވެރިޔެއްގެ ހައިސިއްޔަތުން އަހަރެން ހެއްވާލަދީ އަހަރެންގެ ކަރުނަތަށް ފޮހެލައިދޭން އަހަރެންގެ ގާތުގައި ނިކްޔަން ހުރެއެވެ. އެފަދަ އެކުވެރިއެއް ދެއްވީތީ އަހަރެން ޝުކުރުވެރިވަމެވެ.
ނަމަވެސް އަހަރެންގެ ދިރިއުޅުމަށް ދެން އައި ބޮޑު ކޮޅިގަނޑުގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވެގެން ދިއައެވެ. ހުދު އަހަރެންނަށްވެސް އެތަށް ބަދަލުތަކެއް އައެވެ. އެކްސިޑެންޓެއްގައި އަހަރެންގެ ބައްޕަ އަހަރެންނާ ވަކިވެ ދިއައީ އެ ނުރައްކާތެރި އެކްސިޑެންޓުން އަހަރެން ސަލާމަތް ކޮށްދެމުންނެވެ. ބައްޕަގެ ލޯބި ލިބެން ފެށިތާ އަދި މާކަ ގިނަދުވަހެއްވެސް ނުވެއެވެ. ނަމަވެސް އެ ބައްޕަ ވެސް އަބަދުގެ އަބަދަށް އަހަރެން ދޫކޮށް ދިއައީއެވެ.
އެކްސިޑެންޓު ހިނގި ދުވަހުގެ ރެއަކީ އަހަރެން އާލިމްއާއި ބައްދަލު ކުރަން ދާން އުޅުނު ރެއެކެވެ. ބައްޕަ އައިސީޔޫ ގައި އޮއްވައި އަހަރެން ގޮވައިގެން ގޮސް ރަފްގާ އަހަރެންނާއި ދިމާލަށް ކީ ކޮންމެ އެއްޗެއް، ބުނި ކޮންމެ ލަފްޒެއް އަދި އަދާއި ޖެހެންދެންވެސް އަހަރެން ހަނދާން އެބަ ހުއްޓެވެ. އަހަރެންނަކީ ރަފްގާގެ ދިރިއުޅުމަށް ވަދެގަނެ އޭނާގެ ހުރިހާ އެއްޗެއް ފޭރެމުން އަތުލަމުން އައި މީހެއްކަމުގައި އޭނާ ބުންޏެވެ. އޭނާއަށް ލިބެމުން އައި ބައްޕަ، އޭނާގެ ދޮންތަ، އޭނާގެ ތުއްތު، އޭނާގެ ނުއްކޮ ގެ ލޯބި އަހަރެން ފޭރިގަތީކަމަށް އޭނާ ބުންޏެވެ. އަހަރެންނަށް އަހަރެންގެ ކޮއްކޮގެ ވާހަކަތަށް ޤަބޫލު ކުރެވުނެވެ. ކަންތަށް ދިމާ ވެފައި އޮތީވެސް އެހެނެއް ނޫން ހެއްޔެވެ. އަހަރެން އަނެއްކާ މިއުޅެނީ އޭނާ އެފަރާތެއް ދެކެ އެންމެ ލޯބިވާ، އާލިމްގެ ލޯބިވެސް އޭނާގެ އަތުން ފޭރިގަންނަން ކަމުގައި އޭނާ ބުނިއެވެ. އާލިމްދެކެ އަހަރެންވެސް ލޯބިވަމެވެ. އާލިމްއާއި އެކުގައި ވާން އަހަރެންވެސް ބޭނުމެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ކޮއްކޮގެ ހުވަފެންތަށް ވިއްސި ވިހާލަ ކޮއްލާފައި އުފަލަކު އަހަރެންނަކަށް ނޫޅެވޭނެއެވެ. އަހަރެންމީ އެހާ ގޯސް މީހެއް ނޫނެވެ.
އެރޭ އަހަރެން އާލިމްއާއި ބައްދަލު ކުރަން ދިއައީމެވެ. އަދި އަހަރެންގެ ހިތުގައި އޭނަޔާ މެދު ވަނީ ހަމައެކަނި ނަފްރަތު ކަމުގައި ބުނެ އާލިމްގެ ހިތް ހަލާކު ކޮއްލީމެވެ. އަހަންނަކީ ކިހާ ރަހުމު ކުޑަ މީހެއް ހެއްޔެވެ. ނަމަވެސް އެރޭ ހަލާކުވެ ފުނޑު ފުނޑުވީ ހަމައެކަނި އާލިމްގެ ހިތެއް ނޫނެވެ. އަހަރެންގެ ހިތްވެސް ފިސްފިސް ވިއެވެ. އަހަރެން އެރޭ ނިކުތީ އަހަރެންގެ ހިތާއި ދެކޮޅަށް ކަމަގައި ވީތީއެވެ. ނަމަވެސް އަހަރެން އެ ޤުރުބާނީވީ އަހަރެންގެ ކޮއްކޮދެކެ އަހަރެންވާ ލޯތްބައްޓަކައެވެ. އަހަރެންގެ އަލަތު ލޯބި އެރޭ އާރޓިފިޝަލް ބީޗުގެ ހުދު ފަސްގަޑުގައި ކަފުންކޮށް އަހަރެން ވަޅުލީމެވެ. ނަމަވެސް އަހަރެންގެ ހިތާއި ރޫހާއި ގުޅުފައިވާ އެ ލޯބީގެ މަތިން އަހަރެންނަށް ހަނދާން ނައްތާ ލެވިދާނެ ބާއެވެ.
އެރޭ އަހަރެން އަނބުރާ ހޮސްޕިޓަލަށް ދިއައިރު އަހަރެންގެ ލޯބިާ ބައްޕަ މި ފަނާވެނިވި ދުނިޔެއާއި އަލްވިދާއު ކިޔައިފިއެވެ. އަހަރެންގެ ލޮލުން ކަރުނަ ނުހިކެއެވެ. މީހަކާ ބަހެއް ނުބުނެ، އެ ބައްޕައާއި އެކީ ހޭދަވީ މަދު ދުވަސް ކޮޅުގެ އުފާވެރި ފޮނި ހަނދާންތަކުގެ ތެރެއަށް ގެނބިފައި އަހަރެން އިނީމެވެ. އެރޭ ވެހެމުން ދިއަ ބޯ ވާރޭގެ ތެރެއަށް ރާއިދާ ދައްތަ އަހަރެން ގެއިން ނެރެލީ، ބައްޕަގެ މަރުގެ ޒިންމާ އަހަރެންގެ ބޮލުގައި އަޅުވަމުންނެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި އެންމެ ބަހެއް ބުނާނެހައި ހިތްވަރެއްވެސް އަހަރެންނަކަށް ނުލިބުނެވެ. އެރޭ ވެހެމުން ދިޔަ ބޯ ވާރެޔެކޭ އެއްފަދައިން އަހަރެންގެ ހުރިހައި އެއްޗެއްވެސް އަހަރެންގެ އަތުން ބީވެގެން ހިނގައްޖެއެވެ.
އަހަރެންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮލީ ރޫމާއްތައެވެ. ރަފްގާގެ ދޮންތަ އަދި ނިކްޔަންއާއި ނުހާގެ މަންމައެވެ. އަހަރެން ބޭނުންވީ އެ މާހައުލާއި ދުރަށް ދާށެވެ. ރޫމާއްތަ އަހަރެންނަށްޓަކައި އެމހުންގެ ދިރިއުޅުން އޮސްޓްރޭލިއާއަށް ބަދަލުކުރަން ނިންމިއެވެ. ރޫމާއްތަގެ އެހީތެރިކަން ބަލައިގަނެ އަހަރެން އެމީހުނާއި އެކު އޮސްްރޭލިއާއަށް ދިއައީ، ރޫމާއްތަ ވެދިން އިޚުސާންތެރިކަމުގެ ބަދަލު އަހަރެންނަށް ދެވެން އޮތް ގޮތަކަށް ދޭން ނިންމައިގެނެވެ.
ހަތް އަހަރު ވޭތުވެގެން ދިއައިރު އަހަރެން އަމިއްލަ ހުވަފެންތަށް ތެދުކޮށް އަންހެނުންގެ ހާއްސަ ޑޮކުޓަރީކަން ކިޔެވީމެވެ. އެކަމުގައިވެސް އަހަރެންނަށް އެހީތެރިވެދިނީ ރޫމާއްތައެވެ.
ނަމަވެސް ރޫމާއްތަ ލޭގެ ކެންސަރުގެ ޝިކާރައަކަށް ވުން ވެގެން ދިއައީ އަނެއްކާވެސް ދިރިއުޅުމުގައި ގާތް މީހެއް އަހަރެން ދޫކޮއްދިއުމުގެ އިޚުސާސް އަހަރެންނަށް ކުރެވުނު ދުވަހަށެވެ. ތިންވަނަ ސްޓޭޖުކަމުން ރޫމާއްތަ ގުނަމުން ދިޔައީ ދިރިއުޅުމުގެ އެންމެ ފަހު ދުވަސްތަކެވެ. ރޫމާއްތަގެ އެންމެ ފަހުގެ އެދުމަކަށްވީ ނިކްޔަންގެ ކައިވެނި އަހަރެންނާއި ކުރެވުމެވެ. ރޫމާއްތަ އަހަރެންނަށް ވެދިން އެހީއަށް ބަލާފައި އެއީ އަދި ކުޑަކަމެކޭ އަހަރެންގެ ހިތަށް އެރިއެވެ. މަންމައެއްގެ ލޯބި ރޫމާއްތަވަނީ އަހަރެންނަށް ދީފައެވެ. އަހަރެންގެ އެ ދެވަނަ މަންމަ ދެކެ ވާ ލޯތްބައްޓަކައި އެ ކައިވެނި ކުރަން އަހަރެން އެއްބަސް ވީމެވެ. ނިކްޔަންވެސް އަހަރެންނާއި ދޭތެރޭ ދެކޭނީ ހަމަ އެކަނި އެކުވެރިޔެއްގެ ގޮތުގައިއެވެ. އަހަރެންވެސް ދެކެނީ ހަމަ އެގޮތަށެވެ. އަހަރެންގެ ހިތާއި ރޫހު އަދިވެސް ގުޅިފައިވަނީ އާލިމްގެ ހަނދާންތަކާއެވެ.*
ނިކްޔަން އަށް ކިޔުނީ އެހިސާބަށެވެ. އަތުގައި ހުރި ގަނޑުތަށް އޭނާ ހޫރުވާލިއެވެ. އިތުރަށް ކިޔާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ފަލަކް ލޯބިވަނީ ކާކު ދެކެ ކަން އޭނާއަށް މިއަދު އިނގިއްޖެއެވެ. ފަލަކްގެ ހިތުގައި ފެވިފައިވަނީ އާލިމްގެ ނަމެވެ. ރަފްގާ އަށް ޓަކައި ފަލަކް އެވީ ކޮންފަދަ މަތިވެރި ޤުރުބާނީ އެއް ހެއްޔެވެ. ލޯތްބައްޓަކައި ފަލަކް ވެފައި އެވާ ޤުރުބާނީ ތަކުގެ އަގު އެކަކަށްވެސް ނުދެވޭނެ ކަން ގައިމެވެ. ފަލަކް ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ފަލަކްގެ ހިނިތުންވުމާއި އުފާވެރިކަމަކީ އޭނާގެ ދިރިހުރުމެވެ. ފަލަކްގެ އުފަލަކީ އާލިމް ކަމުގައިވާނަމަ، ފަލަކްގެ ލޯބި ފަލަކްއަށް އޭނާ ހޯދަދޭނަމެވެ. އާލިމްގެ ގާތަށް ފަލަކް ގެންގޮސްދޭނަމެވެ. މިފަހަރު ލޯތްބައްޓަކައި ޤުރުބާނީ ވާނީ އޭނައެވެ. ފަލަކްއަށް ޓަކައި އަމިއްލަ ލޯބި ޤުރުބާންކޮށް ފަލަކްގެ ލޯބި އޭނާ ފަލަކްއަށް ހޯދައިދޭނަމެވެ. އިންތަނުން ނިކްޔަން ތެދުވީ އަޒުމެއް ކަނޑައަޅަމުންނެވެ. އޭނާ ކޮޕީ ނެގީ ގަނޑުތަށް ވީދާ ކުދި ކުދި ކުރުމަށްފަހު، ނިކްޔަން އެ އެއްޗެހި ޑަސްބިނަށް އަޅާލިއެވެ.
ނަމަވެސް ނިކްޔަންއަށް ނޭނގެނީ ފަލަކްގެ ހިތުގައި މިހާރު ވަނީ އޭނާގެ ނަން ކަމެވެ. ހިތާއި ރޫހާއި ފުރާނައިން ފަލަކް ލޯބިވަނީ ނިކްޔަން ދެކެ ކަމެވެ. ޑައިރީގެ ބާކީ އޮތް ބައި ނިކްޔަން ކީ ނަމަ އެވެ. ޑައިރީގައި ވިއެވެ.
*އާލިމް ދެކެ އަހަރެންވީ ލޯބި އަހަރެންގެ ހިތުން ފޮހެވިގެން ގޮސްފައިވިޔަސް، އެ ހަނދާންތަށް އަހަރެންގެ ހިތުގައި ފޮރުވިފައި އެބަހުއްޓެވެ. ނަމަވެސް، މަޑުމަޑުން އެ ހަނދާންތަށްވެސް ފޮހެވިގެން ހިނގައިދާނެއެވެ. ނިކްޔަންއާއި ކައިވެނި ކުރުމަށްފަހު ނިކްޔަން ގާތުގައި އަހަރެންނާއި ގާތް ނުވުމަށް އަހަރެން ބުނީމެވެ. އަނެއްކާވެސް މީހެއްދެކެ ލޯބިވެ ހިތް ހަލާކުވެގެން ހިނގައިދާނެ ތީއެވެ. އެކަމާ ދެވަނަ ފަހަރަށް ކުރިމަތި ލުމުގެ ހިތްވަރު ނެތީތީއެވެ. ނިކްޔަންއަކީ އަބަދުވެސް އަހަރެންނާއި ސަމާސާ ކޮށް ހަދާ މީހެކެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ނިކްޔަން އަހަރެންނާއި ބަހައްޓަންފެށި ދުރުކަމުގެ ސަބަބުން އަހަރެންނަށް އުނދަގޫ ވާން ފެށިއެވެ. ނިކްޔަންގެ ފަރާތުން ކުޑަ ނަމަވެސް ސަމާލުކަމަކަށް އެދެވެން ފެށިއެވެ. ނިކްޔަން ފެންނަ ހިސާބުގައި ނުހުންނަ ނަމަ، އަހަރެންގެ ދެލޯ ހޯދަނީ ނިކްޔަންގެ ސޫރައެވެ. ނޭނގިނަމަވެސް ނިކްޔަންދެކެ އަހަރެންނަށް ލޯބިވެވުނެވެ. މިއީ ހަޤީގީ ލޯބި ކަން އަހަރެންނަށް ނަގައި ގަނެވުނީ ކުރިން ނުވާ ތަފާތު އެތަށް ގޮތެއް އަހަރެންނަށް ވަމުން ދިއައީތީއެވެ. އަހަރެންގެ އަތުގެ ކަށިގަނޑުގައި ރެނދުލައި ޕްލާސްޓާރ އެޅުމުން އަހަރެން ރަނގަޅުވަންދެން ނިކްޔަން އަހަރެންނަށް އަޅާލިއެވެ. އޯގާތެރި ވިއެވެ. ގިނަ ވަގުތު އަހަރެންނަށްޓަކައި ހުސްކުރިއެވެ. އެއިން ކޮންމެ ފަހަރަކު އުފަލުން އަހަރެންގެ ހިތް ނަށާލައެވެ.
ރޫމާއްތަ އަހަރެމެންނާއި ވަކި ވުމުގެ ކުރިން އަހަރެން ރޫމާއްތައަށް ވަޢުދެއް ވީމެވެ. މަންމަ ނެއްކަން ނިކްޔަންއަށް އިޚުސާސް ނުވާވަރަށް ނިކްޔަންއަށް ލޯބި ދިނުމަށެވެ. މިއަދު ރޫމާއްތަ އަހަރެމެންގެ ކައިރީ ނެތަސް އެ ވަޢުދު އަހަރެންގެ ހަށީގައި ނޭވާ ހުރިހައި ހިނދަކު އަހަރެން ފުއްދާނަމެވެ. ނިކްޔަންގެ ލޯބި އަހަރެންގެ އަތުން ބީވެގެން ދިއަކަ ނުދޭނަމެވެ. ނިކްޔަންއަކީ މިއަދު އަހަރެންގެ ދިރިހުރުމެވެ.*
ޑައިރީގެ އަނެއްބައި ނުކިޔައި ނިކްޔަން އެ ނިންމި ނިންމުމުގެ ސަބަބުން ކިތަށް ދިރިއުޅުމަށް އަސަރު ކުރާނެ ބާއެވެ؟ ފަލަކްގެ އަތުން ނިކްޔަން ބީވެގެން ހިނގައިދާނެ ބާއެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
73 Comments!
Comments are closed.



Me first
Congrats darling ?❤️
Alheyyy Nikyan last pages keenama. silly Nikyan?????? Nikyan gandaaa u silly silly boy, I falky loves you know.. Alhe sis buneba nik Kairi buneba. Nik ah visnaidheeba!
And that Rafga keehba kuraanee Dhn.. I hope Aal and Yanaa get married without facing much hardship
Hope your fine sis.. Scarlet love you loads. ❤️❤️❤️❤️❤️❤️❤️ be happy. Smile always ??????????
Ikr falak ge yan is so silly dhw…ekm he loves falak so much dhwww balaaba falak happy koh hunnan beynun waathy he took such a big step dhww
Rafga wes madakun nuhunnaane kanneyge dhww
Lets hope for the best
Ly tc❤️
Wow can’t believe mivarai reethi vaahakayei kiyaaleveyne kamal
Thankyou so much❤️ Means a lot❤️
Pls sis pls I beg u old don’t separate my Nik and falky pls I plead with my hands pls pal I love u and your story very much but I ant my Nik and falak together pls I hope u won’t hurt my feelings
Love u and take care ??????????????????????????????????
Sis ik u r the writer and u can do anything as this is your story but pls sis ik Thai will not be just my ish it will b do many supporters of u pls fulfil this wish of ours and once again love u an
Lets hope for the best❤️
Hingaa balamaa waagoii dhw
Tc shaha❤️
Heiii my lwbi sisoo
Heart touching.wowwww,speechless vehje
Alhe nik last page read kurinama.nik plss read it
Falak will be so sad dhw if he knw nik get hurt by reading it.
wht rafga will do next?plss don’t do anything bad
Wish aal and yaana ah problem eh face nuve happy koh ulheveynekamah
Nik ge doubt thah clear kohdehchey sis
Nik and falak ves together happy koh ulheyne kamah hope kuran
Sis u r very telanted,masha Allah
As usual curious kohlaafa thi end kuree mi part ves sis
Curiously waiting for the next part.when is next part sis
I’m waiting to read next part sis
Love this story
And thank you sis for making this part long and submitting it fast
Love you sooooo much my lwbi sisooo
Tc
Stay home, stay safe
Thankyou so much hafuuu❤️
Nik and falak ah waagotheh balamaa dhww
Rafga ge plan wes ingidhaane thr dhw
Tc lysm❤️?
Again a new twist in the story which makes it much more amazing.. So curious n eagerly waiting for the next part…. Love you so much sissy ❤️❤️stay safe and take care ❤️?
Thankyou darling❤️ Lets see where this twists takes the story dhww
Wow booo…♥️? mi part ves hama varah salhi..keep it up
Thankyou booo❤️❤️❤️
Alhe nuhy ge comment up eh nuvey this time vx thankyou sisoo mihaa dhigu kon mi part genesdhinyma love it and hope you are safe varah curious koh thi nimmaaly vx
Lysmm hope you see my first comment soon
Ayee thankyou lwby❤️ Lym lets see dhw❤️
Masha allah this part is amazing
Keep it up aphxxx
Very interesting
Waiting for next
Thankyou❤️
Woooaaahhhhh????????? Maasha Allah mi part haadha ey loabee?????????❤️❤️❤️ Aslu ves varah varah varah varah reethi??????????????? Hama bunaane ehves ehcheh neynge asluves???????????? Sis varah varah varah varah varah molhu????????????? Hama huvaa mi kiyaafa rovey varu vey sifa kohdheefa hunna gothun???? E Rafga gandu vee foruvan??????????????????? Nikyan????????????????????????????
?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️❤️❤️❤️?????????????????????????????????????????????
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
?????????????????????????????????????????????
Stay safe♥️
Thankyou naani❤️❤️❤️❤️❤️❤️ Nikyan dhww???
Hi sisooo?????
Mi part ves vrh Sali????????
Mash Allah keep it up ??????
Nik ves dhw falak ge dairy ehbaa kiyaafaa
Kon loaibeh kurubaan kuraakahtha dhw sis???????
Anehbaa ves Aley keenama konfadha dhw
And mihaaru falak ves loabi vanee Nik dhekeye♥️♥️♥️♥️???
Dhen Emeehun Maldives ah dhw anaanee
And yaanaa and Alim ge wedding ves ebaoi dhw dhen vrh Curious kuriah part thala??
Ahaa rafgaa aeetha huh vrh foohi vey nimuny ey mibuny Alim aa yaanaa ????dhurukohfee aa I will kill rafgaa ????
And falak ge dairy is so emotional??
Waiting for the next???
Luv u sis♥️♥️♥️♥️
May God bless u ??????
Stay safe ❤️❤️
Thankyou riloooo?❤️ Silly nik dhww? he loves falak alot ♥️? lets hope rafga maithiri wegen hurey tho dhww tc lym♥️❤️♥️
Abu…….. Where are u girrrl!?
Mihiru nun….kihineh…misvi bodukoh…higaaba dress eh fahan…afaa gathu bunamaa tankolheh kurin anngaalahchey kula….mi ah hiyvany zoom in kannenge wedding balan jeheyniy????hingaaba rafga wedding ge kuriy week ga kidnap kuran…ehenuny ruin kohlan v.masaikah kuraane…mi rafga ves dhw
Ahahha the color combination i liked most is jungle green and gold??? so hedhun fahaigen thibehchey ingey
Alhe miah reply dhineemey but nufene
Dhon ge kaafa bohkuraaga wedding ah dhaanyey male’ ah
Both of us Ehgothah dhw dress fahaanee
And yes we have to do something with rafga
Migey store room ah dhw Rafga laany
Vvvvvvvv long comment eh kurin but nueh feneyy????
Dhn high lights vakivakin send kureemi
Abu ah Ehn name eh hadhan vejje… ??
Dhon ge Bro akah vs Abu kiyany. So it Feels weird. Lol.
Dhon…thiy kon rasheh tha…
Sister eh nun…so dhonthi akah nuvaane…maybe lulu kiyaa…eyrun abu ge real name aa gulheyne…special person ekey buniyma hiykuriy bf eh kamah?.. so sorry dhon
Abu balaa aadhey mirashah..BTW dhon kon rasheh??okey atoll bunyas…
Mi raa atoll
Yes gotheh hoadhaaniy..skirt and top eh lamaa…dhen mi rafga cheek ga slap eh alhan abu beynumey…store room is rangalhu..
Dhen miburu viy goih dhw…highlights vakin fonuviyas kk…ekam v.sad dhw nufenuniyma
Yageenenun sisoo…u aa laigen dhon ashaaa mi fahaa iru fahaaniy..jungle green dress eh gold detail aai ekiy(gold belt eh)…kon kulaehge shawl eh??dhen gold coin necklace akaai rose bracelet with high heels…salhi dhw…
Dhen gold smokey eye eh..so we will look stuning IA..
Dhon Mee noon atoll.. Noon atoll ge teeny tiny island eh…. Lulu.. V loabi name eh? I like it..no need to apologize lulu.. Hehe.. It’s nothing to say sorry about. Kurin part ehga Dhon ge lifestory kiyaidhineemehnu. And even you commented. ?Sooo, no chance of of having one dhw.
And lulu vs Ekahala foolish Kameh nukurahche.. Ei haram Kameh.. Mayh Allah ruhivodigen vaa gothah ulhuneemanu dhw Jannah ga emmen meet veveynee ???
Hmmm..lulu ulhunin relationship eh ga…but two kamah focus kuran undhaguliyma break up…dhen viy gothakiy that guy was so like arrogant…hiyviy lulu mi eyna ge wife hen…so eyge fahun lulu guys dheke hate vey…mi buniy lulu ah crush kuraa kuhjeh viyaa…warning dhen v.ginain..bt lulu ge guy friends thibey…hama bro…bro kiyaigen vaahaka dhahkaniy…
Aslu lulu relationship akah nudhaa 2nd sababakiy lulu ge ambitions…lulu beynun vaniy forgien gaumakah gos content creator akah vaan..so my dream comes first
Oh wow lulu. That’s amazing. You can achieve your dream InShaaAllah. Make a lot of duas. Dream big ❤️❤️
Thanks dhon…it means a lot????
Dhon ge dream akiy kobaa
My dream is to be a student counsellor. Or kmme gotheh viyas psychology career eh
Dhon mi ah counseling dheyn vaane ingey..btw i think it’s a great dream anyways…may you achieve it…ameen
Masha Allah varah reethi ♥️♥️♥️♥️ hama 100% obi ??? dhn neyge bunaane ehcheh dhulakahvx nai bunaane ehcheh ??? alhe falaky gengulhenee bo goas yan eh thwche diary ehkoh kiyaalinama dhww alhe kithanme heart broke viyakas ??? ehbai kiyaafa nuvaane dhww thihaaa bodu decision eh nagaa kah ?? falaky ah kihinei baa vaanee ??? Alhe nikyan kihinei baa dhn hadhaanee ??? Falak aaa tlk kuraane baa nikyan ??? Baivaru suvaaluthah boluga baahvaafa thi nihmaalee ??? Curiously waiting for nxt ♥️♥️♥️♥️
♥️♥️ Stay safe♥️♥️ TC ♥️♥️
Lots and lots of love from Afu ♥️♥️♥️♥️♥️♥️
Aslu vx dhoa afuu so many questions… mi vhk nimen ulheny tha sisooo
Yesss dhn neii maagina parts eh i think?
Thankyou so much darling ❤️ Dont let that curiosity die??? tc lym❤️
Heyyyy…it’s me abu…srry for the late cmnt?…bxy viy…BTW aslu zum ebuniy rangalhu vaahaka eh?…yanaa ah aal jeheyne kiyaa dhen?…ehenuniy falky male aihyaa rafgaa ulheyne kulhi kulhen?..hama huvaa mibuniy 7 years?…7years viy iru ves fuhi nuvey?…hama raaidhaa?…dhen abu vehje thi vaahaka ah vadhegen viyas nick ah dairy dhahkan???…abu v.dhera vaane nick and falky vaki vehjehyaamu???…af…u should teach falky ah some romantic thing to pull when nick divorce vaan beynumiyaa??…abu akah ves neynge viyaa?…dhen mi story nimihjehyaamu season 2 beynun…plss
Love ya
Stay safe
Abu
Awww aslu wes dhw rafga hama eynage mamma ulhunu gothah e ulheny??hingaa nikyan kuraa kamakaa aalim aa yanaa ah rafga hadhaa gotheh balan dhww??? and season two eh gennaanan insha allah ingey?
Stay safe lym❤️
Yayyyyy that’s great news. 2nd season eh gennanya I’m so happy.
Abu vaahaka ah Vannatha thiulhenyyy. Good idea. Take me with you inge
Dhon dhabahah laanan ingey…we will save the day…
Alhey pls nik and falak dhuru nukuraathi aadheys mikurany…???
?????
when is nxt?
It’s submitted
When is the next part sissy?? Can’t wait anymore ?❤️
Its submitted ?♥️
Omg aal ge wedding is coming dho very excited and when next part ???
Congra aal
Ahahah congrats lwbs next part is submitted
Ya aal…mi ah keun dheynvaane ingey
Heheheh keun dheynaan inge abu aa scarlet ah??
Thanks..aal scarlet govaigen dhaanan ingey..dhw dhon???wanna come
Sure. Can’t wait .. Thankx Aal.. ? ?
Dhon ge besty vs ei Aalim ekey. But I dnt call him Aal. I call him lim.. ?
Oh gosh.. Anekka Scarlet ah vure bodu kujjakahba Dhon mi kiyaidhevunee, ???
Lulu aa vs Ehn talk kuraathy and geyga vs abadhu Dhon kiyaafa talk kuraathy.. ??
ވާހަކަ ވަރަށް ރީތި ހަަދަ ލަހޭ އަ÷ުކުރާލެއް ަވަހަން އަޕުކޮށްދީބަ
Its already submitted admin team un check kohfa they will upload
Hey afaa sis.. Scarlet mn Mithaa mhn twk kurias OK vaanetha? Sis OK nooniyyaa nuvaanenu.. Right lulu?
Yes its totally fine ingey i dont mind♥️