އިންތިހާ – 8
ދޮރާއި ދިމާލަށް ހިނގައިގަތް ތުގާގެ ފިޔަވަޅުތައް މަޑުޖެހިލީ އޭނާގެ ލޮލުގައި އަޅައިގަތް އެއްޗެއްގެ ސަބަބުންނެވެ. ތިރިވެ މުށިތައް މަތީގައި އޮތް އެ އެތި ނަގަމުން ތެދުވެ އިވާންއާއި ދިމާލަށް ތުގާ އެނބުރިލިއެވެ.
”ވާން…މީ ކާކުގެ އެއްޗެއް؟” ތުގާގެ ސުވާލަށް އިސްހިލާލަމުން ތުގާއާއި ދިމާލަށް ބަލާލި އިވާންއަށް ކޮއްޅަށް ތެދުވެވުނީ ތުގާ ހިފަހައްޓައިގެން ހުރު އެތި ފެނުމުންނެވެ.
************
ކަޅު ކުލައިގެ މާރސިޑީސް ކާރު މަޑު ކޮއްލީ ހުޅުމާލޭގެ މީހުން ނޫޅޭ ސަރަހައްދެއްގައެވެެ. ކާރުގެ ދޮރު ހުޅުވާލުމަށްފަހު ނިކުތް ނޫރްގެ މަންޒިލަކަށްވީ ކުރިމަތިން ފެންނަން ހުރި ގެއެވެ. އަނދައި ހުލިވެފައިވާ އެ އިމާރާތުގެ ސަލާމަތުން ހުރީ ހަމައެކަނި ތަނބުތަކެވެ. އެ އިމާރާތުގެ ކުރިމަތީގައި ވަދެވޭ ގޮތަށް ހުރި ދަގަނޑު ގޭޓުގައި ހިފައި ނޫރް ހުޅުވާލިއެވެ. އެއާއިއެކު ދަގަނޑު ކޭތްތޭ އަޑުފައްގަނޑެއް ގޮވައިގެން ދިއައީ، އެ ގޭޓަކީ އެތައް އަހަރުތަކެއް ވަންދެން ހުޅުވައިފައި ނުވާ އެއްޗަކަށް ވީތީއެވެ.
ގޭޓު ހުޅުވާލުމަށް ފަހު ނުވަދެ ނޫރް މަޑު ކޮއްލީ ކަމަކަށް އަމިއްލަ ނަފްސު ތައްޔާރު ކުރުމަށް ވަގުތު ކޮޅެއް ނަގާ ފަދައިން، ތައްޔާރުވެލުމަށެވެ. އޭރު އެ ދޮން މޫނު މަތީގައިވަނީ ބަޔާން ކުރަން ދަތި އަސަރުތަކެކެވެ. ރީތި ދެލޮލުން އޮހިގަންނަން ތައްޔާރަށް ތާޒާ ކަރުނަތައް ތިބި އިރު، ނޫރްގެ ނަޒަރު ދަތުރުކުރީ އެ ދަގަނޑު ގޭޓަށެވެ.
އަތް ހިއްލާލަމުން ގޭޓުގެ ތޭރިތަކުގައި ނޫރް އަތް ހިންގާލީ ދެލޯ މަރާލަމުންނެވެ. އެއާއެކު ފަސްދީ ގޮސްފައިވާ މާޒީގެ އުފާވެރި ދުވަސްތައް އޭނާގެ ލޮލު ކުރިމަތީގައި ސިފަވާން ފެށިއެވެ. ދެލޯ ހުޅުވާލަމުން ނޫރް އެ ގޭޓުން އެތެރެއަށް ހިނގައިގަތީ އަނދައި އަޅިއަށްވެފައިވާ އެ އިމާރާތުގެ ކިރިޔާވެސް ހަމަ ލޮލަށް ފެންނަން ހުރި ބައިތަކަށް ފުން ނަޒަރެއް ދެމުންނެވެ.
އިމާރާތުގެ ތަނބެއްގައި އަތް ހިންގާލަމުން ނޫރް އޭނާގެ ދެލޯ މަރައި ބާރު ކޮއްލުމާއި އެކު، ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަތެވެ. “އެ ހުރިހާ އުފާތަކެއް، އެ ހުރިހާ ހަނދާންތަކެއް، ދުއް ހުރިހާ ހުވަފެންތަކުގަ ހުޅު ޖަހާ، އަންދާލި މީހުންގެ ހުރިހާ ހުވަފެނެއް ބިލާހަކަށް ވެގެންދާނެ…” އެ ޔަޤީންކަން ނޫރް ދިނީ ފެންނަން ނެތް އެ ގޭގެ ހަތަރު ފާރަށެވެ. އެ ވަޢުދު އޭނާ ވީ އަޅީގެ ސިފައިގަ ވެއްޔާއި އެކުވެފައިވާ އަގު ނުކުރެވޭ ހަނދާންތަކާއެވެ.
އެ ގެއިން ނިކުމެގެން ގޮސް ކާރަށް އަރައި ނޫރް ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ފަހު ފަހަރަށް އެގަޔަށް ބަލާލުމަށްފަހު ކާރުގެ ހުންގާނަށް ނަޒަރު ހިންގާލި ނޫރްއަށް މަޑުޖެހި ލެވުނީ ކާރުގެ ލޯގަނޑު ކޮޅުން ފެނުނު އެއްޗެއްގެ ސަބަބުންނެވެ. އޭނާގެ އެއް ކަންފަތުގައި ނޫރްއަށް އަތް ޖައްސާލެވުނީ އެއް ކަންފަތު ލާ އެތި ނެތުމުންނެވެ. ކޮންމެވެސް ތާކަށް ވެއްޓުނީ ކަމަށް ނިންމައި ނޫރް ކާރު ދުއްވާލީ އެކަމަށް ފަރުވާލެއް ނުދީއެވެ.
****************
”ވާން…މީ ކާކުގެ ކަންފަތު ލާ އެއްޗެއް؟” އޭނާގެ އަތުގައި އޮތް ރަން ކުލައިގެ ދުގު އެހަށް އިޝާރާތް ކުރަމުން ތުގާ އަހާލިއެވެ. ރޮނގެންހެން ދިގުކޮށް ހުރި އެހުގައި ވަނީ ރީތި ފަރުމާއެކެވެ. ކުދި ކުދި ޖަވާހިރުތަކުން ޖަރީކުރެވިފައިވާ އެ ރަން ކުލައިގެ އެސް ނުހަނު ފުރިހަމައެވެ.
”ތީ…ތީ…ތިވާނީ އައިމަން މިތަނަށް ވަދެ އުޅުނު އިރު އޭނަ އަތުން ވެއްޓުނު އެއްޗެއް ކަމަށް…މޭޒުމަތީަގަ ބާއްވާ..” ދައްކާނެ ބަހަނާއެއް ބުނޭނެ އެއްޗެއް ނޭނގުމުން އިވާން ބުނެލީ އަޅައަޅައި ގަންނަމުންނެވެ.
ޝައްކުގެ އޮއެވަރެއް ތުގާގެ ހިތުގައި ދުވެލި ނަމަވެސް، އިވާންގެ ބަހަށް އިތުބާރުކޮށް އެ ކެބިން އިން ނިކުމެގެން ތުގާ ދިއައީ އެ އެސް މޭޒުމަތީގައި ބޭއްވުމަށްފަހުގަ އެވެ.
ތުގާ ދިއުމާއިއެކު އިވާން ހަމަޖެހުލަމުން ސޯފާގައި އިށީނދެލިއެވެ. ނޫރްއާއި ބެހޭގޮތުން އެކަކަށްވެސް އިނގޭކަށް ހުދު އޭނާވެސް ބޭނުމެއްނޫނެވެ. އޭރުން ކަންތައް ވެދާނެ ގޮތް އޭނާއަށް އިނގޭތީއެވެ.
ސޯފާއިން ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް ކަންފަތު ލާ އެތި ނަގަމުން އިވާން ގޮސް ހުއްޓިލީ، އެ ކެބިންގެ ބިއްލޫރިން ހެދިފައިވާ ބިތުގެ ކުރިމަތީގައެވެ. އުސް އިމާރާތްތަކާއ، ވިލާ ރޮއްޖެއް ވެސް ނުވާ ސާފު ނޫ ކުލައިގެ އުޑު ފެންނަން އޮތް އިރު އެ މަންޒަރަށް ބަލާ ފޫހި ނުވާނެ ހައި ފުރިހަމައެވެ.
އަތުގައި އޮތް ކަންފަތު ލާ އެއްޗަށް ބަލާލިއިރު އިވާންގެ ދެލޮލުގައި ވީ ނަފްރަތާއި ފޫހިކަމެވެ. މަކަރާއި ހީލަތުން ފުރިގެންވީ ނޫރްގެ އެ ޢަމަލުތަކުގެ ސަބަބުން އޭނާގެ ހިތުގައި ނޫރްއާއި މެދުވަނީ ނަފްރަތެވެ. އިންތިހާ ނަފްރަތެެވެ.
**************
ގެއަށް ވަދެގެން އައި އުޒާމްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ، އެގޭ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ މަސައްކަތް ކުރާ މީހުންނެވެ. ފަރުދާ ތަކާއި، ބޮކި ފަތި އަދި މާގަސްތައް ބޭނުން ކޮށްގެން އެ ބޮޑު ސިޓިންގް ރޫމު ޒީނަތްތެރި ކުރަމުން ދިޔަ މީހުނެވެ.
”ބޮޑު ބައްޕާ….ކިހިނެއް ވަނީ ޑެކަރޭޝަންސް…ސަޅި ދޯ؟” އައިސް އުޒާމްގެ ގާތުގައި ހުއްޓިލަމުން އައިމަން އަހާލިއެވެ. މޫނުމަތީގައި ބަބަބުޅަމުން ދިޔަ ދާތިކި ތަކުގެ ސަބަބުން އޭނާ އެއީ ބުރަ މަސައްކަތެއް ކުރުމުގައި އުޅެފައިކަން ހާމަވެއެވެ.
”އައިއްކޯ…މީ ކޮންކަމެއް….؟” ސުވާލުގެ ނަޒަރަކުން އައިމަންއާއި ދިމާލަށް ބަލާލަމުން އުޒާމް އަހާލިއެވެ. “ބޮޑު ބައްޕަ ހަނދާންނެތުނީތަ މިއަދަކީ ކޮން ދުވަހެއްކަން؟ އޭރުވެސް އަހަރެންނަށް އިނގެޔޭ ބޮޑު ބައްޕަ ހަނދާން ނުހުންނާނެ ކަން….ބަލަ މާމަގެ އުފަންދުވަހެއްނު މިއަދު މީ…” އައިމަން ބުނެލުމާއިއެކު މިއަދަކީ އޭނާގެ މަންމަ އާދިލާގެ އުފަންދުވަސްކަން އުޒާމްގެ ހަނދާނަށް އައެވެ.
”އެކަމު ދަރިފުޅާ މާމަ ވީ އިންޑިއާގަ އެއްނު…” އެތަނަށް އައިސް ހުއްޓުހު އުޒްވާ ކޮއްލީ އުޒާމްގެ ހިތުގައިވެސް ވީ ސުވާލެވެ. “މޯމް…މާމަ އުޅެނީ އަހަރެމެންނަށް ނޭނގި މިރޭ އަންނަން ވެގެން…މާމަގެ ބޮޑީ ގާރޑް ޝާކިރު ގުޅާފަ އަހަރެން ކައިރީ ބުނީ…މާމަ އުޅެނީ އަހަރެމެންނަށް ސަޕްރައިޒެއް ދޭން…ބަޓް އައި އޭމް ޓޫ ސްމާރޓް…މިފަހަރު ސަޕްރައިޒް ލިބޭނީ މާމައަށް” އައިމަން ކިޔައިދިނެވެ. އުޒްވާއާއި އުޒާމް އެކަކު އަނެކަކަށް ބަލާލުމަށްފަހު ގަދަކަމުން ހިނިތުންވެލި އިރު، ފޯރިއާއިއެކު ޕާރޓީގެ ތައްޔާރީގެ މަސައްކަތުގައި އައިމަން މަސްޢޫލު ވިއެވެ.
************
އިރު އޮއްސުނު އިރަށް ކެބިންއިން ސާމާނު ބަދަލުކުރުމުގެ މަސައްކަތް ނިންމާލުމަށް ފަހު ގެއަށް ދިއުމަށް އިވާން މިސްރާބުޖެހިއެވެ. ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ހުރިތާގައި އިވާންއަށް މަޑުކޮއްލެވުނީ ފެނުނު މަންޒަރަކުންނެވެ.
ސިޓިން ރޫމުގެ ފާރުތަކާއި ތަނބުތަކުގައި މަޑު ނޫ ކުލައިގެ ފަރުދާ ހަރުކޮށް، ހަމަ އެކުލައިގެ ބޮކި ފަތިތަކުން މުޅި މާހައުލު ދިއްލާލެވިފައި ވީއިރު، ސިޓިންރޫމުގެ ސީލިންގުގެ މެދުގައިވީ ޖަވާހިރުގެ ބޮޑު ޗާންދަލިޔާގެ އަލި މުޅިތަނަށް ވަނީ ފެތުރިފައެވެ. ހުދުކުލައިގެ އޯކިޑު އަދި ލިލީ މާ ފަތިތައް ބޭނުން ކޮއްގެން މުޅި ސިޓިން ރޫމު ޒީނަތްތެރި ކުރެވިފައިވަނީ ނުހަނު ފުރިހަމައަށެވެ.
ގޭގެ އެތެރެއަށް ވަދެގެން އައި އިވާން ފެނުމާއިއެކު ތަބަކަކަށް ފެން ތައްޓެއް ލައިގެން އައިސް ނޯކަރެއް އިވާންގެ ގާތުގައި ހުއްޓިލިއެވެ. “ޒުނާރު….މީ ކޮންކަމެއް؟” ފެން ތަށިން އެތިފޮދެއް ބޯލުމަށްފަހު، ގޭތެރޭގައިވީ ތައްޔާރީތަކަށް އިޝާރާތް ކުރަމުން އިވާން ނޯކަރު މީހާ ކުރެން އަހާލިއެވެ. “ދިލް މެޑަމް އަންނަނީ…ކުޑަ ބޮސް ސަޕްރައިޒް ބާރތްޑޭ ޕާރޓީ ދެނީ” އިވާންއަށް ޖަވާބު ދާރީ ވުމަށްފަހު ޒުނާރު ދިއައެވެ.
”އައިމަން…އައިމަން….” ސިޑިން އަރައިގެން ގޮސް އައިމަންގެ ކޮޓަރީގައި ޓަކި ދެމުން އިވާން ގޮވާލިއެވެ. ދޮރު ހުޅުވާލަމުން ބަހެއް ބުނުމެއްނެތި އިވާން ވަނުމަށް އައިމަން ތަން ދެއްކީ، އިވާންގެ މޫނުމަތީގައި ހުރި ކަންބޮޑުވުމުގެ އަސަރުގެ ސަބަބުންނެވެ. “ބްރޯ…ޔޫ އޯކޭ؟” ދޮރު ލައްޕާލަމުން އައިމަން އަހާލިއެވެ. “މާމަ އަންނަ ވާހަކަ ބައްޕައަށް އިނގޭތަ؟” ހާސްވެހުރެ އިވާން އަހާލީ އައިމަންއާއި ދިމާލަށް އެނބުރިލަމުންނެވެ.
”ދޮންބޭ…އައި ނޯ ކީއްވެކަން ދޮންބެ ތިހެން ތިއަހަނީ…މާމަ ބޮޑު ބައްޕަ ދެކެ ރުޅި އައިސްގެން ގޮސް އިންޑިއާގަ ހުންނަތާ މިހާރު ކިހާ ދުވަހެއް….އެދެމީހުން އެއްތަން ވެއްޖިއްޔާ މާމަ އަބަދު ހުންނާނީ ކޮންމެސް ކަމަކާ ހިތްހަމަނުޖެހިފަ….އެކަމް ބްރޯ އައި ތިންކް ވީ ކޭން ޗޭންޖް ދެޓް…” އައިމަން އޭނާ ދެކޭ ގޮތް ހާމަކުރިއެވެ. “އައިއްކޯ…އެދެމީހުން ކިތަންމެ ދެބަސްވިޔަސް، ބައްޕަ ވަރަށް ލޯބި ވާނެ މާމަ ދެކެ…މާމަގެ އެހުންނަ ގޮތްދޫނުކުރާ ކުޑަކުދިންގެ ގޮތުގެ ސަބަބުން އަބަދު އެހެންވަނީ….އައި ހޯޕް ތިންގްސް ވިލް ގެޓް ބެޓާރ…އެވްރީތިންގް” އިވާން ބުނެލިއެވެ.
ކޮންމެ އާއިލާ އެއްގައިވެސް މައްސަލަތަކެއް ހުންނާނެއެވެ. ހަމަނުޖެހުންތަކާއި ހިތްހަމަނުޖެހޭ ފަދަ ކަންކަމާއި ދިމާވާނެއެވެ. އާއިލާއެއް އާއިލާއަކަށް ވަނީ، އެ ހުރިހައި ހަމަނުޖެހުންތައް އެއްފަރާތްކޮށް އެކަކު އަނެކަކަށް އެހީތެރިވެ މަޢާފު ކުރުމުންނެވެ. ދިރިއުޅުމުގައި ދިމާވާ އަޑިތަކާއި އުސްތަކުގައި އެކަކު އަނެކަކަށް އެއްބާރުލުންދޭން ސާބިތުކަމާއިއެކު އާއިލާގެ ހުރިހައި މެންބަރުންވެސް ތިބުމުންނެވެ. އާއިލާއެއް ފުރިހަމަވާނީ އޭރުންނެވެ.
”ބްރޯ….އެކަމަކާ ނޫން ދޯ ސްޓްރެސް ވެފަ ތިހިރީ؟ އަސްލު ކިހިނެއްވީ….ކާކު އަހްމަދް އިވާން އުޒާމް ތިހާ ސްރެސް ވާން ޖެހޭ ވަރުގެ ކަމެއް ކުރީ؟ ހަމަގައިމުވެސް އަންހެން ކުއްޖެއްގެ ކަމަކަށް ނުވާނެ…ކޮޒް އަހްމަދް އިވާން އުޒާމްގެ އަތުގަ ލޯތްބަށް އަދި އަންހެން ކުދިންނަށް ހުސްކުރާކަށް ބޭކާރު ވަގުތެއް ނުހުންނާނެ” އައިމަންގެ ސަމާސާ އާއިއެކު، ކިތަންމެ ކަންބޮޑުވެ ހާސްވެފައި ހުރި ނަމަވެސް އިވާންއަށް ހިނިތުންވެލެވުނެވެ. މި ދެ މީހުންގެ ގުޅުމުގެ ވަރުގަދަ ކަމަކީ މިއީ އެވެ. ކިތަންމެ އުނދަގޫ ދަނޑިވަޅެއްގައި ވިޔަސް އެކަކު އަނެކަކުގެ ކައިރީގައި އެއްބާރުލުންދޭން ހުންނަނަމަ، އެ އުނދަގުލާ ކުރިމަތި ލުމުގެ ހިތްވަރު އާވެ ހިނިތުންވެލެވެއެވެ.
************
ލޯގަނޑު ކުރިމަތީގައި ހުރި ނޫރްގެ ނަޒަރު ހުއްޓިފައިވަނީ، ލޯގަނޑުން ފެންނަން ހުރި އޭނާގެ އަމިއްލަ ސޫރައަށެވެ. ކަނޑު ނޫ ކުލައިގެ ދިގު، ފުޅާ ތިރިއެއްލީ ބޮޑު ހެދުމެއް ލައިގެން ހުރި އިރު، ހެދުމުގެ އަތް އަރަނީ އުޅަނބޮއްޓާއި ހަމައަށެވެ. ލޭސް ފޮތި ބޭނުން ކޮށްގެން އެ ހެދުމުގެ މަތި ފަރުމާ ކުރެވިފައިވާއިރު، ބޮޑު ތިރި އެ ހެދުމުގެ ޝާހީ ކަމާއި ފުރިހަމަކަން އިތުރު ކޮއްދެއެވެ. ކަރުގައި ރިހި ކުލައިގެ ޗޯކާރ ޖަވާހިރުގެ ހާރެއް އަޅާފައިވީއިރު، ކަންފަތުގައި ވަނީ މުތެއްފަދަ އެހެކެވެ. ރާޅު ބާނީ އިސްތަށިގަނޑު ފަން ކޮށްލުމަށްފަހު ކަންފަތުގައި އަޅުވައިލައި ފަހަތަށް ދޫކޮށްލެވިފައި އޮތް އިރު، އެ މޫނުގައި ކުރެވިފައިވާ ލުއި މޭކްއަޕް އެ ރީތި ކަން ފުރިހަަމަ ކޮށްދެއެވެ.
”އިންތިހާ ވޭން ތަހައްމަލު ކުރަން ޖެހިއްޖެ ނަމަ ނަފްރަތު ހުރިހާ އިމަކުން ބަރީއަވެ ބޭއިންތިހާ ވެގެން ދާނެ…މިރޭ، ނޫރްގެ ނަފްރަތުގެ ކަޅުކަަމުން އެކަކަށްވެސް ސަލާމަތެއް ނުވެވޭނެ!” ނޫރްގެ އަޑުގައި ރިހުމެއްވީއިރު، މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ.
**********
އަށެއް ޖެހުމާއިއެކު އޭޒެޑް ވިލާގެ އެތެރެ ހަލަބޮލި ވެގެން ދިއައީ ޕާރޓީއަށް އަންނަންފެށި މެހެމާނުންނާއި، ޖަހައިފައި ހުރި ލައިވައިގެ އަޑުންނެވެ. މަޝްހޫރު ވިޔަފާރިވެރިންނާއި ޑިޒައިނަރުން، ލަވަކިޔުން ތެރިންނާއި އަދި ނޫސް މީޑިއާ ތަކުން ވެސް މި ޝާހީ ޕާރޓީގައި ބައިވެރިވިއެވެ.
”ބޮޑު ބައްޕާ ތޯރިޤް އަންކަލް އައިއްސި” މެހެމާނަކާއި ވާހަކަ ދައްކަން ހުރި އުޒާމްއަށް ގޮވާލަމުން އައިމަން އައިސް ބުނެލިއެވެ. އޭރު ތޯރިޤުގެ އާއިލާ އެގޭގެ ދޮރުން ވަދެގެން އަންނަނީއެވެ.
އަޅި ކޯޓު ފަޓުލޫނުގައި ތޯރިޤު ހުރިއިރު، އޭނާގެ ގާތުގައި އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާލައިގެން ބަލްގިޝް ހުއްޓެވެ. ލައިގެން ހުރި ފަނޑު ނޫ ކުލައިގެ ދިގު ހެދުމާއި އަޅައިގެން ހުރި އަޅި ކުލައިގެ ޝޯލުގެ ސަބަބުން ޝާހީ ކަމަށް ދައްކައެވެ. އެދެމީހުންގެ ފަހަތުން ތުގާވެސް އައި އިރު އޭނާ ލައިގެން ހުރީ، ކަނޑު ނޫ ކުލައިގެ ކަކުލަށް ވުރެން ތަންކޮޅެއް މައްޗަށް ހުރި ގަޔަށް ހިފިފައި ހުރި ހެދުމެކެވެ. ހެދުމުގެ އުނަގަނޑާއި ދިމާލުން ލޭސްތިރިއެއް ފަހަތަށް ދޫކޮއްލެވިފައި ވިއެވެ. އުސް ފައިވާނަކަށް އަރައިގެން ހުރިއިރު އެ ބުޅި އިސްތަށިގަނޑު ވަނީ މައްޗަށް ނަގައި ހުޅިއެއް ޖަހާލެވިފައެވެ. ގަދަ މޭކްއަޕެއް ކޮއްފައި ހުރިއިރު ބައެއް އިސްތަށި ކޮޅުތައް އެ ދޮންމޫނުގައި ކޭތްތެމުން ދިއައެވެ.
”ދޮންބޭ އެ އޮތް އައި މިގޭ ވާން އުޅޭ ޅީދަރި…ބަލާބަ ތޫ ރީތިކަން” އިވާންގެ ގާތުގައި ހުއްޓިލަމުން ޖެއްސުމުގެ ރާގަކަށް އައިމަން ބުނެލިއެވެ. ކަނޑު ނޫކުލައިގެ ކޯޓު ފަޓުލޫނުގައި އިވާން ހުރި އިރު، އެތެރެއިން ލައިގެން ހުރީ ކަޅު ގަމީހެކެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައި ހުރިއިރު މޫނުމަތީގައި ވަނީ ސީރިއަސްކަމެވެ. “އެހެންތަ؟ ކާކު ތުގާ ޔާ ކައިވެނި ކުރަން އުޅެނީ؟ އައިއްކޮތަ؟…އަންގާވެސް ނުލަމެންނު” ޖޫސްތަށިތައް ބަހައްޓާފައި ހުރި މޭޒާއި ކައިރިވެލަމުން އިވާން އައިމަންއަށް ރައްދު ދިނީ ހަމަ އެރާގުގައެވެ.
”ކަމްއޮން ބްރޯ….ނޮޓް އޮން މީ” އައިމަން ބުނެލީ އެ މޭޒުމަތިން ބްލޫބެރީ ޖޫސްތައްޓެއް ނަގަމުންނެވެ. ގަދަ ނޫ ކުލައިގެ ފަޓުލޫނަކާއި ހަމަ އެކުލައިގެ ވެސްޓް އަކާއި އެކު އައިމަން ލައިގެން ހުރީ ހުދު ގަމީހެކެވެ. ޕާރޓީއަށް އައިސްތިބި ހުރިހާ އެންމެންވެސް ލައިގެން ތިބީ ނޫކުލައިގެ އަންނައުނެވެ.
ތުގާގެ ލޮލުގައި މޭޒުކައިރީ ތިބި އައިމަންއާއި އިވާން އަޅައިގަތުމުން އެދިމާލަށް ދާން ހިނގައިގަތްއިރު، ތޯރިޤު އުޒާމް އަދި ބަލްގިޝް ތިބީ އޮލަ ވާހަކައެއްގައެވެ. ތުގާގެ އިތުރުން ޕާރޓީގައި ތިބި ހުރިހާ މެހެމާނުން ސިއްސައިގެން ދިއައީ ކަރަންޓުގޮސް، މުޅިތަން އަނދިރިވުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.



Yay me mefirst dhow. mi noor mee haadha undhagoo bodu anhenekey. ekam noor ahves ehery varah bodah metal gothunves gellun vefa. Naa ah heevany uzaam noor ge family maraalee ehfaharun noonhen. ethah veynakaa thuraalaa dheefahen . Alifaanuge haadhisaa in salaamai vee noor ekani kanneyge. sis varah reethi. waiting for the next????????
She is ivaan ge love and heroine ey story ge! And she cant be undhagoo bodu!!!
Ivaan haadha lwbbekey dhw miwany noor dheke?thihen ulhenikoh bondi eh bowidhaane soraa be careful?❤️
Assu vx thr ivaan??
Haaaney nooor?
Noor is taking revenge ey?kyhkuraany dhw uzaam kanthakey meee! Naa noor dheke like nuwanytha? Thankyou dear❤️
Bondi eh bovunas heyo ehaa loabi kujjeh athun?
Wow Maasha allah V V reethi mi part vx sis
Haadha heevey ey Noor kuri kamehehn
Curiously waiting for nxt part
Stay safe sisoo
Lyyysssmmm
Hingaa balamaa dhw kaaku kuri kameh tho?Thankyou lam lym❤️
Woahhhh mi part hama ?noor ge nafrathuge alifaanuge reason kuda kon eba ingey mihaaru…wonder light nihvee kaaku baa ey!curiously waiting for next?
Ahahha lets see dhw thankyou❤️
Omg so noors house was burnt? Meaning she and her family was set on fire omg and is there more to it alhee if uzaam did it ugh I hate him?
Yes uzaam is a bad boy?
And thugaa ah fenunee noor ge lovely earing dho mihaar hunnaane shakku mathee j vefr hahahahahah and ivaan molhey dhogu hadhan aiman ge ehcheko as if he is a gurl?
Poor thugaa dhw?arn ekey adhi bunefi aiman ge ehchekey! Aiman earings laan feshy kanne??
And this dhil madam or aadhilaa has any connection with noor tha? Curious to knoww! Seems like aadhila is upset with her son but why tho
Bad boys dheke mamma men wes rulhi ahnaane thr dhw?DHIL MADAM?❤️
And its a blue party?ayee vrh loabi noor ready vegn huri goii lovely and others vxxx ivaan and noor matching dho and unfortunately thuga vx?
Ahahha yes it blue indeex??you dont like thugaa thr dear?
Yessss no thugaa in ivaans life plsss only noooooor❤️❤️❤️
Aiman and ivaan vrh loabi ey alhey and that tease omg ivaan? and kaakubaa light nihvaaleee I think noor ge kameh meeee
Ahahha hinga balamaa dhw
This part is amazing sis speechlesss!sifa kohfa huri goii wow love it
Waiting for next
Lysmmm sisoo tc?
Thankyou love❤️❤️❤️Tc lymmm❤️❤️❤️
Alhey Aphxxx sifa kohdheefa huri gothun party ah dhaahiy vejjey??? ekudhinkolhu balailan??? sifa kohdheefa hurigothun ves moya vaavaruvey??? Ivan ves loabi ey dho Noor nunas???????? Noor baa eai????? hehe?? Ivan Thuga ah dhogu hedheetha??? Ivan gandaa bas ahaabala???? Maasha Allah mi part ves hama vrh vrh vrh vrh vrh vrh vrh vrh furihama????????????????????????❤️❤️????????????????????❣️❣️????♥️♥️♥️♥️ Aphxxx ah Hama vaahaka liyumah 100 dheyni????????????????????????????
Alhey Naani ingey mi⬆️?? vaahaka reethi kamun kudakoh moya vefa hureema nan liyan ves hadhaan nethifa???????????♀️
Ewaru kameh wedhaane tysm?♥️
Ahahhaah hinga dhaan e party ah ehmen dhw! Majaa waane e party! Ahahahha yes ivaan basnaaha bodu dhoggeh hadhaifi??thankyou darling tc♥️♥️♥️♥️♥️♥️
Oh sisoooooooooo! Haadha happy vey avahah story up kohdheytheee! ??☺️ Jazakillah khairan sis…
Noor loves Ivaan tha?? Yageenun ves Aiman and Ivaan loves her. Aiman Kairi buneba Aiman deserve vany Laiba ashey. Ivaan ah taka noor mathin handhaan nahthaalaashey…
Ivaan ves Maa Dhogu hadhan ingey meeheh kamah adhi thuga ah Dhogu hadhany. Px Px Ivaan u idiot, Dhogu hadhaa kudhin dhaany jahannama ah!
Noor is going to the same party dhww? Kanthah hunnaane hn Heevey
Btw, u still haven’t guessed my name ??????
Lysm my loabi loabi loabi sis!
???❤️❤️❤️
Time v warakun hama up koh dheynan ingey? and nope nooor and ivaan hates eachother rn?? and aiman is in love it seems poooor thuga dhw ivaan lied bad boy?thankyou so much dear lym❤️ Your name
Dhw???
Woah sissy maasha allah❤️ noor ge entire ah dhw current eh dhiyaey?vrh knthr hingaalaaneh dhw?can’t wait for nxt prt…ly sissy❤️❤️
Thankyou darling❤️Hingaa balamaa dhw lym tc❤️♥️♥️
Vvvv salhi inge♥️ alhey what is Noor up to?? But anyways can’t wait 4 the next??♥️??
Take care everyone ☺️
Thankyouuu❤️Hingaa balamaa dhw tc♥️
OMG this is awesome?❤️…… Aphxxx u r the best?❤️…… Noor ge entry dhww….. Kihineh baa vaany dhn…… So curious…. Waiting for the next…. Tc❤️
Awww thankyou neel❤️Tc♥️
BTW I have a question….. How do u manage ur time I mean like exams vess fesheny eh nun n class attend kuramun filaavalhu thah nimmamun… U get time to write the story?? NeeL vess vrh vaahaka liyaa hiyyvey but time manage nukurevey thii nuliyeveny….??
Time dhw? hama mind ah waahakaiga liyaane thankolheh aieema
Waguthun liyelany knme
Kameh kuran indhefa wes! Hama time wee warakun liyamun up kurany??? baeh faharu ehnwe las wes wedhaane kuda kn??????❤️
This is fabulous
Loving it
Keep it up aphxxx
Thankyou so much❤️
Masha Allah varah reethi mi prt ♥️♥️♥️ siss hrdha molhey Masha Allah ♥️♥️ keep it up ?? Noor kuri kameh hn heevanee eii ?? enme fahun Noor Mary kuraanee kahneyge ivaan aa ?? laiba naadhey thr prty akah ?? varah curious kohlaafa thi nihmaalee dhww ?? curiously waiting for nxt ?? how are you siss?? stay safe?? TC ♥️? lots and lots of love from Afu ♥️??♥️??♥️??♥️??♥️??♥️??
Hey afuuu! Im good alhamdhulilah ❤️ Ahahaha noor aa ivaan ah waagotheh balamaa dhw! Laiba naahnaane ingey! Its a high profile party ehnwe! Thankyou love♥️Lysm❤️
Vrh salhi mi part ves???masha allah❤️❤️
Sifa kohdheyley molhukamun mi innany soni vehtey varu vefa.. Mihaaru vhk liyaa hihves vejje ekm Aphxx liyaahen thihaa furihamakoh liyan jeheynee dhaskuran.. Hehehehe masha allah❤️❤️❤️?????
Keep it up darling….
Tc❤️❤️
Thankyou so much lwbss❤️! Liyan try kuryma hama everyone can right!?tc lysm❤️
Apdi poadey?????????????buniimehnu Ivan dhogu handhaaney???ehedheenu bodu dhogeh….hama Aikko bolashey e jehee??????ahlheyyy sis haadha muhsandhi kudhin ney dhw mi ulhenee… Alhuga nidhanee vx tharafaali mathee kunaleh alhaigen???e majaa ingey….Ivaanooo thivarah noor ah nafrath kuriyas dhen fennaany oevaru ga jeheythan thwcheh ?? इस प्यार को क्या नाम दूं इवान? mí adhu Aikko noor ah lava eh vx nukiyaidheynan thr????ohhh bngla soreh dhw??noor vx v molhuvaane Bangla bahun vaahaka dhahkkan ??alhey gwythere reethi kuraa vaahaka inyma hama handhaan v IPKKND ga arnav men ge ready kuraa goeh ????koba thr Lai mibaiga..miss vi Lai mathin Varah….noor ingey karantu dhuhvaalee . Everyone be samaalu???SH SS LYSSMMM MYSSMM
Ille poadey???ivaan bad boy dhogu hedhy dhw! Laiba ahnaane adhi?is pyaar ko kiyaa naam dhooon aeeeee emyhun ehn tha ready kurany? I didnt watch that one?thankyou lwbs! Lysm❤️❤️❤️
ކޭލޭނޭ މަރިޔަނބު.. މަ މިއުޅެނީ ޒުވާބު ގަނޑެއް މިސް ވާވަރުން ނުހުރެވިގެން.. އެކަމަކު އެވަރުން ވެސް ނާދޭ ހުރިހާ އެންމެން މަންޖެ މިސް ވެގެން އުޅޭ އިރުވެސް އެކައްޗެއް ވެސް ހިތަކަށް ނާރާތަ.. ހުރިހާ އެންމެން އެއޮތް ރޮނީއޭ މަންޖެ ނާނާތީ
Mihithah ethah ehcheh araa faibaa????hiy falhaigen dhaa varu vey?????etherein hiy roe heyrey????Ekamu veven nei kameh nuvaanehnu dhw
Hehe Yaa aphxxx sis… Festival thakah v ready kohllaane???yaww
Wow hama speechless those sifa kurun thahhhh ayeee❤️
Thankyou dear❤️
CURIOUSLY waiting for next ??❤️
❤️??❤️
Maasha Allah ❤❤❤❤❤varah superd ???????keep it up sissy ????curiously waiting ?????sis kihienh thrr ????
Lysm ???Tc
Vrrrr Reethi mipartves ??????????????when next? Keep it up sis????