އިންތިހާ – 4
“މާޒީހަނދާންކޮށް ކުރާ އިންތިޒާރެއްގެ ނިމުމެއް ނާންނާނެ…ދިގުލައިގެންދާ އިންތިޒާރު ވޭން ނޫން އެހެން އެއްޗެއް ނުދޭނެ” ކުރިމަތިން އިވުނު އަންހެންވަންތަ އަޑު އައި ދިމާލަށް ބަލާލުމަށް އިވާން އިސް ހިއްލާލީ ޝައުގުވެރިކަމާއި އެކީގައެވެ. އެ އަންހެން ކުއްޖަކު އެ ބުނި ބަސްތަކުގެ މާނަ ފުންވެ އޭނާގެ ހާލަތާއި ގުޅޭތީ އެވެ.
ލައިގެން ހުރި އަތް ދިގު ކަކުލަށް ވުރެން ތަންކޮޅެއް މައްޗަށް ދާ ގަދަ މެރޫން ކުލައިގެ ހެދުން އެ އަންހެންވަންތަ ލޫޅާފަތި ހަށިގަނޑުގައި ހިފާލާފައި ހުރި އިރު، ހެދިހުރި ރީތި އިސްކޮޅާއި ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. މައުނަވީ ހިނިތުންވުމަކާއި އެކު އެ ސިހުރެއްފަދަ ދެލޮލުން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އިރު އެ ހޫރެއްފަދަ މޫނުގައިވަނީ ރީތިކަމުގެ އިންތިހާއެވެ. ދިގު ޗޮކުލެޓު ކުލައިގެ ރާޅު ބާނީ އިސްތަށިގަނޑު ހާމަޔަށް ދޫ ކޮއްލެވިފައި ވީއިރު އެ އަޢިބެއް ނުވާ މޫނުގައި ކުރު އިސްތަށިތަށް ބޮސްދެމުން ދިއައެވެ. އަރައިގެން ހުރި އުސްފައިވާނުގެ މިސްރާބު އިވާން އިށީންދެގެން އިން ބެންޗްއާއި ދިމާލަށް އަނބުރާލަމުން އެ އަންހެން ކުއްޖާ ހިނގާފައި އައިސް ހުއްޓިލީ އިވާންގެ ކުރިމަތީގައެވެ. މަޑު މަޑުން އިވާންއަށް ކޮއްޅަށް ތެދުވުނު އިރު ކުރިމަތީގައި ހުރި ފައިންމިންޏެއް ފަދަ އަންހެން ކުއްޖާގެ މަޑު މުށި ކުލައިގެ ކަޅިއަށް ބަލަހައްޓައިގެން އޭނާ އަށް ހުރެވުނީ އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތިފައެވެ.
**************
ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު ގޮސް އެނދުގެ މަގަތުގައި އިށީނދެލަމުން އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް ދެ އައިތް މަހާލަމުން އައިމަން ފުން ނޭވާއެއް ދޫކޮއްލިއެވެ. ފޯނަށް މެސެޖެއް އައި އަޑަށް ބޯ ހިއްލާލަމުން ތެދުވެ ޖީބުގައި އޮތް ފޯނު އައިމަން ނެގިއެވެ. ފިޒާމްގެ ފަރާތުން އައި އެ މެސެޖު ހުޅުވާލަމުން އޭގައި އިން އެޑްރެސް އައިމަން ކިޔާލިއެވެ. “ޕްލެޓިނަމް ރެސިޑެންސް ހުޅުމާލެ، ހަތަރެއް ބީ” އެނދުން ތެދުވަމުން އައިމަން ގޮސް ހުއްޓިލީ އެ ކޮޓަރީގެ ބިއްލޫރިން ހެދިފައިވާ ފާރުގެ ކުރި މަތީގައެވެ.
މާލޭގެ ހަލަބޮލި މަގުތަކާއި އިމާރާތްތައް ފެންނަން ހުރި އިރު، އެ ބޮޑު ކޮޓަރި ތެރޭގައިވަނީ އޭސީގެ ފިނިކަމެވެ. ބޮޑު ކިންގް ސައިޒް އެނދެއް ކޮޓަރީގެ މެދާދިމާލުގައި ހުރިއިރު، އެނދުގެ ހެޑްބޯރޑް އާއި ދިމާލުގައި ހުރި ބިތް ފަރުމާ ކުރެވިފައިވަނީ ކަޅާއި ހުދުގެ ރޮނގިތަކަކާއި، މުޒިކު ނޯޓުތަކަކުންނެވެ. ކޮޓަރީގެ ހުރިހާ ފަރުނީޗަރެއް ކަޅާއި ހުދު ކުލައިން ހުރި އިރު، ސޯފާ ސެޓުގެ ކައިރީގައި ހުރި ކަބަޑުގެ މަތީގައި ރަތާއި ކަޅު ކުލައިގެ ގިޓައެއް ބެހެއްޓިފައި ހުއްޓެވެ. ކޮޓަރީގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް ކޮޓަރީގައި އުޅޭ މީހަކީ މިއުޒިކަށް ލޯބި ކުރާ ފަރާތެއްކަން އިނގިގެން ދެއެވެ.
*************
ކުރިމަތީގައި ހުރި ލެޕްޓޮޕުން ލޯޑުވަމުން ދިޔަ ވެބްސައިޓަށް ނަޒަރު ހުއްޓާލައިގެން އިން ލައިބާގެ މޫނުމަތިން މާޔޫސްކަން ފައުޅުވީ، އޭނާ ބޭނުންވީފަދަ އެއްވެސް މަޢުލޫމާތެއް ނުލިބުމުންނެވެ. އެން އޯ ސްކޮޔާޑް އާރް ކުންފުނީގެ ވެރިޔާއާއި ބެހޭގޮތުން ޒައްރެއްގެ މިންވަރެއް ވެސް އެއްވެސް ނޫހަކު އަދި މީސް މީޑިއާ އަކު ވެސް ނެތެވެ. އެމީހެއްގެ ނަމެއް އުމުރެއް ޖިންސެއް އެކކަށްވެސް އިނގޭ ހެނެއް ހީއެއް ނުވެއެވެ.
ހަމައެކަނި އިނގިފައިވަނީ މި ކުންފުންޏަކީ ފްރާންސްގެ
ކުންފުންޏެއް ކަމާއި، މި ކުންފުނީގެ އެންމެ އިސް ވެރިޔާއަކީ މީސް މީޑިއާ ތަކާއި ދުރު ފަރާތެއްކަމެވެ. ކުންފުނީގެ ކޮންފަރެންސް ތަކުގަޔާއި ޖަލްސާ އަދި މީޓިންގް ތަކުގައިވެސް އެ ފަރާތަކުން ބައިވެރި ނުވާކަމެވެ. އައިމަންއަށް އެހީތެރިވާން ކިތަންމެ ބޭނުން ވިޔަސް، ކުރިޔަށްދާނެ އެއްވެސް އަލިމަގެއް ލައިބާއަކަށް ނުހޯދުނެވެ. ވަށައިގެންވީ ފުން އަނދިރިކަމުގެ ތެރޭގައި ކުރިއަށް ދިއުމަށް ފިޔަވަޅު އަޅަންވީ ކޮން ދިމާލަކަށް ކަމެއް ނުވިސްނުނެވެ.
***************
އިވާންގެ ތޫނު ނަޒަރު އޭނާއަށް އަމާޒުވެފައި ހުރުމުން ނޫރްގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިއައެވެ. ލޭ ވާނީ ލެޔަކަންނުން ހެއްޔެވެ. އިވާންއަކީ އުޒާމްގެ ދަރިއެކެވެ. އުޒާމް އެކޭ އިވާންއެކޭ ވާނީ އެއްވަރެވެ. އިވާން ފެނުމާއި އެކު އޭނާގެ ކަޅު މާޒީގެ ހަނދާންތައް ނޫރްގެ ލޮލު ކުރިމަތީގައި ސިފަވާން ފެށި ނަމަވެސް، ހިތްވަރު ކޮއްލަމުން އިވާން އާއި ދިމާލަށް ނޫރް ހިނގައިގަތެވެ.
ލޯބީގެ އަގު ވެއްޔާ މޮޑެވި
އިތުބާރު ކުރި ކަފުނަށް މިލެވި
ރޮއްވައިފިޔޭ އިންތިހާ ވޭނުގާ
ނާމާން ހިމޭން، އަނދިރީ ތެރޭ
މުޑުދާރު ފާހިޝް، އަތުތެރޭ
ފިއްސައިފިޔޭ ޖިސްމު ދިލަ ހޫނުގާ
މަގެ ރަންދޫނު ރޮއްވައިފިޔޭ
އިންތިހާ ވޭނުގާ
ކިލަނބު މި ރޫޙު ކޮއްލައިފިޔޭ
އިންތިހާ ވޭނުގާ
އުންމީދު ފޮނި، ކުރެވުނު މެޔޭ
ހުވަފެން އުފާވެރި ފެނިލުމުން
ތޫފާނަކުން ހިތް ކުދި ވިޔޭ
ޒަހަރުން އަސަރް ވިހަ ފެތުރެމުން
މަގެ ރަންދޫނު ރޮއްވައިފިޔޭ
އިންތިހާ ވޭނުގާ
ކިލަނބު މި ރޫޙު ކޮއްލައިފިޔޭ
އިންތިހާ ވޭނުގާ
ނުހިކޭ ކަރުނަ، ސަހަރޯ ލޮލުން
ރިހުމާ ތަދުން، އިހުސާސުވީ
ލަދުގާ ބެދިވި، ފަސްޖެހުމަކުން
ސިހި ގޮސް ބިރުން، ދޫބަންދުވީ
ދުނިޔެ ފަނާ މި ކޮއްލައިފިޔޭ
އިންތިހާ ވޭނުގާ
ނުހަނު ހިތާމަ ޖައްސައިފިޔޭ
އިންތިހާ ވޭނުގާ
ކިލަނބު މި ރޫޙު ކޮއްލައިފިޔޭ
އިންތިހާ ވޭނުގާ
އެ އަންހެން ކުއްޖާގެ ޖާދުވީ ދެލޮލުގެ ޖާދޫގައި ޖެހި އޮޔާއެކު ބެހެމުން ދިޔަ އިވާންއަށް ހޭވެރިކަންވީ، ޖެހިލި ފިނި ވައި ރޯޅި އާއިއެކު ގަދަ މުށިކުލައިގެ އެ އަންހެން ކުއްޖާގެ އިސްތަށިގަނޑުން ބަޔެއް އައިސް އެކުއްޖގެ މޫނު މަތީގައި އެޅި އެ އަސަރުގަދަ ދެލޯ ފޮރުވާލުމުންނެވެ. އެއާއިއެކު އެ އަންހެން ކުއްޖާ އޭނާގެ ހިމަ އިނގިލި ތަކުން އެ އިސްތަށިތައް އެއް ފަރާތް ކޮށް އޭނާގެ ކަންފަތުގައި އަޅުވައިލިއެވެ. “ހޫ އާރ ޔޫ” އިވާން އަހާލީ އޭނާގެ މޫނުމަތީގައި ހުރި ހިތާމައިގެ އަސަރުތައް ފޮރުވާ ސީރިއަސްކަން ވެރި ކުރުވަމުންނެވެ. “އެތެރޭގަ ވާ ހިތާމަ ފޮރުވަން މަސައްކަތް ކުރި ވަރަކަށް އަޅާ ވޭން އިތުރުވާނެ… ބުއްދިވެރި ގޮތަކީ އެ އިހުސާސްތައް ކޮންމެ ސިފައެއްގަ ވިޔަސް ބޭރު ކޮއްލުން” ހަށަން ބަނދެލަމުން އެ އަންހެން ކުއްޖާ ބުނެލި ޖުމުލަ އާއި އެކު އެ ކުއްޖާއާއި ދިމާލަށް އިވާން ބަލާލީ އެއްޗެއް ނަގައި ނުގަނެވޭ ފަދައިންނެވެ. އޭނާގެ ކޮންމެ ޢަމަލެއް، ކޮންމެ ހަރަކާތެއް މި އަންހެން ކުއްޖާ ހިތު ދަސްކޮއްގެން ހުރި ފަދައެވެ.
”ނޫރް…” ސަލާމަށް އައިތް ދިއްކޮއްލަމުން ނޫރް އޭނާގެ ނަން ބުނެލުމާއިއެކީ ހިފަން ނުހިފަން ހުރެފައި އިވާން ނޫރްގެ އަތުގައި ހިފައި ސަލާމް ކޮއްލިއެވެ. އިވާންގެ އަތުގެ ބީހުން އިހުސާސް ކުރެވުމާއު އެކު ނޫރްއަށް އޭނާގެ އަނެއް އަތް މުއްކަވާލެވުނެވެ. އޭނާ އިވާންއާއި އެ ސަލާމް ކުރަނީ މަޖުބޫރުން ފަދައެވެ. އޭނާއަށް ވެގެންވާނަމަ އޭނާ ހުންނާނީ އިވާންއާއި 100 ފޫޓު ދުރުގައެވެ. ނަމަވެސް އޭނާގެ މަޤުސަދަށް ވާސިލުވުމަށް މި ކަނޑު ހުރަސް ކުރަން އެބަޖެހެއެވެ. “އަހްމަދް އިވާން އުޒާމް…ސީ އީ އޯ އޮފް އޭޒެޑް ޤްރޫޕް އޮފް ކޮމްޕެނީސް” އަމިއްލަ ނަން ބުނުމަށް އަނގަ ހުޅުވާލި އިވާން މިފަހަރުވެސް ޖެހުނީ ހައިރާން ވާށެވެ. އޭނާގެ ނަމާއި އެކު ނޫރް ބުނެލި ބަސްތައް އަޑު އިވުމުންނެވެ.
”ކާމް ޑައުން…އަދި މިކަހަލަ ހައިރާން ކުރަނިވި އެތައް ކަމެއް އިނގޭނެ…ވީ ވިލް ކީޕް މީޓިންގް” އިވާންގެ އަތުން ދޫކޮއްލަމުން ނޫރް ވާހަކަ ދެއްކިއެވެ. ނޫރްގެ ކޮންމެ ލަފުޒެއް، ކޮންމެ ހަރަކާތެއް އިވާން އާޝޯހު ކުރުވަމުން ގެންދިޔަ އިރު، ނޫރްގެ މޫނުމަތީގައިވަނީ ކާމިޔާބީގެ ހިނިތުން ވުމެކެވެ. “ވަޓް ޑޫ ޔޫ ވޯންޓް؟” ދެބުމަ ގާތް ކޮއްލަމުން އިވާން އަހާލީ މި ގޮތް ނޭނގޭ އަންހެން ކުއްޖާގެ މަޤުސަދަކީ ކޮބައިކަން ދެނެގަތުމަށެވެ. އިވާންގެ ސުވާލާއި އެކު ނޫރްގެ ހިނިތުންވުން ފުޅާ ވެގެން ދިއައެވެ. “ޓު ހެލްޕް” ހަށަން ބަނދެލައިގެން ހުރެ ނޫރް ޖަވާބު ދިނެވެ. “އޭޒެޑް ސިޓީ….އިވާން ދެކޭ ވަރަށް ބޮޑު ހުވަފެނެއް ދޯ….އެކަމް…” އެހިސާބަށް ބުނުމައްފަހު ނޫރް އޭނާގެ ވާހަކަ ހުއްޓާލިއެވެ. “އެކަމް؟ އެކަމް ވަޓް؟” އިވާންގެ އަޑު އިހުނަށް ވުރެން ބާރުވިއެވެ.
************
”ތޫ ދަރިފުޅާ ހާދަ ކަންބޮޑުވެފަ ހުރިހާ ކަމެއްވެސް ރަނގަޅުތަ؟” ގޭތެރެއަށް ވަދެގެން އައި އޭނާގެ ދަރިފުޅު ތުގާ ފެނުމުން ބަލްގިޝް ގޮވާލީ ތުގާގެ މޫނުމަތީގައިވީ ކަންބޮޑުވުމުގެ އަސަރު އޭނާއަށް ސިއްރު ނުވުމުންނެވެ. ދަރިއަކަށް އަންނަ ކިތަންމެ ކުޑަ ބަދަލެއްވެސް މައިމީހާއަށް ދެނެގަނެވޭނެއެވެ. އައިސް ބަލްގިޝްގެ ގާތު ސޯފާގައި އިށީނދެލަމުން، ލޯބިވާ މަންމަގެ ކޮނޑުގައި ތުގާ ބޯއަޅާ ލިއެވެ. “އައްދެ….ދެމައިން ހާދަ ލޯބި އަރައިގެން އުޅޭ ދުވަހެއް…ތޫ މިހާރު ޑޭޑް ދެކެ ލޯބި ނުވަނީ ދޯ” އެތަނަށް އައިސް ހުއްޓުނު ތޯރިޤު ބުނެލިއެވެ. ތުގާގެ އާއިލާއަކީ އޭނާގެ މަންމައާއި ބައްޕައެވެ. ބަލްގިޝް އާއި ތޯރިޤުގެ އެހެން ދަރިއެއް ނުހުރެއެވެ. ތުގާއަކ އެދެމީހުންގެ ހަމައެކަނި ދަރިފުޅެވެ. ދެލޮލުގެ ކޮއެ ފަދަ ދަރިފުޅަކީ ދެމީހުންގެ ވެސް ހިތްހަމަޖެހުމެވެ.
އަމިއްލަ ބޮޑު ވިޔަފާރި އެއް އޮތް އިރުވެސް ދަރިފުޅު އޭޒެޑްގައި އިވާންގެ ދަށުން މަސައްކަތް ކުރަން ތޯރިޤު ފޮނުވަނީ، އެއީ ތުގާ ބޭނުންވާ ގޮތް ކަމުގައިވާތީއެވެ. ތުގާގެ އުފާވެރިކަން ގުޅިފައިވަނީ އިވާންއާއި ކަން އެ ދެމީހުން ވެސް ދަނެއެވެ. އޭޒެޑްއަކީ ތޯރިޤުގެ އެންމެ ގާތް އެކުވެރިޔާ އުޒާމްގެ ކުންފުންޏަކަށް ވުމާއިއެކު، އިވާންއަކީ އުޒާމްގެ ދަރިފުޅުކަމުން އޭޒެޑްގައި ތުގާއަށް އެއްވެސް ބުރައަކާ ނުލައި މަސައްކަތްކުރެވޭނެ ކަމުގެ ޔަޤީންކަން ތޯރިޤަށް އޮވެއެވެ.
”ނޫނޭ ޑޭޑް ޔޫ އަރ އޯލްވޭސް މައި ހީރޯ…އެކަމް މަންމަގެ ހަގްސް އަރ ދަ ބެސްޓް” ބަލްގިޝްގެ ގައިގައި ބައްދާލަމުން ތުގާ ވާހަކަ ދެއްކި އިރު އެ އަޑުގައި މިހާރުވަނީ އުފާވެރިކަމެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ލަސް ނުކޮށް ތޯރިޤު އޭނާގެ ފޯނު ނަގައި ކަންފަތުގައި ޖަހާލީ މުހިންމު ކޯލަކަށް ވުމުން ނެވެ. ދެތިން މިނެޓު ފަހުން ފޯނު ބާއްވަމުން ލޯބިވާ އަނބިމީހާއާއި ދަރިފުޅާއި ދިމާލަށް ތޯރިޤު އެނބުރި ލިއެވެ. އޭރު އޭނާގެ މޫނުމަތީގައި ކުޑަވަރެއްގެ ހާސްކަމެއް ވިއެވެ.
“އިޒް އެވްރީތިންގް އޯކޭ ޑޭޑް؟” ކޮއްޅައް ތެދުވަމުން ތުގާ އަހާލީ ބައްޕަގެ މޫނުމަތީގެ ކުލަވަރުން ކަމެއް ގޯސް ވެއްޖެ ކަމުގެ ރަތް ސިގުނަލް ލިބުމުންނެވެ. “ޔެސް ޕްރިންސެސް ހުރިހާ ކަމެއް ވެސް ރަނގަޅޭ….އުޒާމް އަންކަލް ގުޅީ ކަމެއް ޑިސްކަސް ކޮއްލަން ވެގެން…އައި ވިލް ބީ ރައިޓް ބެކް” ތުގާގެ ބޮލުގައި ފިރުމާލުމަށްފަހު ތޯރިޤު ގޭގެ މައި ދޮރުން ނިކުތުމުން، ފުން ނޭވާ އެއް ދޫކޮއްލުމަށްފަހު ތުގާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ.
*************
”އެން އޯ ސްކޮޔާރޑް އާރް….މި ނަމުގެ ދިގު ގޮތް އިވާންއަށް އިނގޭތަ؟ ވިސްނާލިންތަ؟” ނޫރް ކޮއްލި ސުވާލުގެ ސަބަބުން ސުވާލުގެ އޮއެވަރެއް އިވާންގެ ސިކުނޑީގައި ދައުރު ވިއެވެ. “އެން އޯ ސްކޮޔާރޑް…މީންސް އެން ޑަބަލް އޯ އާރް…ނޫރް” އިވާންއަށް ބުނެވުނެވެ. އެއާއި އެކު ނޫރް ހިނިތުންވެލީ ވިހަ ގޮތަކަށެވެ. “ތީ އެ ކުންފުނީގެ…” “ތި ހީވަނީ ރަނގަޅަށް އެއީ ނޫރްގެ ކުންފުންޏެއް….އިވާންގެ އޭޒެޑް ސިޓީ ހަދަން ތިއުޅޭ ބިން ގަތީވެސް ނޫރް” ނޫރްގެ ކޮންމެ ޖުމްލައަކާއި އެކު އިވާންގެ ރުޅިގަނޑު ދިއައީ ގަދަ ވަމުންނެވެ. ނާރުތައް ފުއްޕާލާ އޭނާގެ ކަތުރު ކަށިގަނޑަށް ވާންވެގެން ދިއައެވެ. “ތިބުނީ ބޭނުމީ އަހަންނަށް ހެލްޕް ވާށޭ….އެ ބިން އެހާ ހައި ރޭޓެއްގަ ނޫރް ގަތީމަ އަހަންނަށް ކޮން އެހީތެރިކަމެއް ތި ދެވުނީ؟ އޭގެން އަހަންނަށާ އޭޒެޑްއަށް ކޮން ފައިދާ އެއް ކުރާނީ؟” އަރައި ފައި ހުރި ގަދަ ރުޅީގެ ސަބަބުން އިާންއަށް ވާހަކަ ދެއްކުނީވެސް ތަން ކޮޅެއް ބާރަށެވެ. ނޫރްގެ ސަބަބުން އޭނާއަށާއި ކުންފުންޏަށް ބޮޑު ގެއްލުމެއް ވެގެން ދިއައީތީއެވެ.
”ރުޅިއަކީ އާންމުކޮށް އިންސާނާގެ ހެޔޮ ބުއްދި ފިލުވާލާ އެއްޗެއް….ރުޅި އިސް ކޮއްގެނެއް ބޮޑު ވިޔަފާރި އެއް ނުހިންގޭނެ…ސިކުނޑީގެ ބޭނުން ކުރޭ އިވާން” ވާހަކަ ދެއްކި އިރު ނޫރްގެ މޫނުމައްޗަކުން އެއްވެސް އަސަރެއް ފައުޅުވާކަށް ނެތެވެ. އެ އަޑުގައި ވަނީ ހަރު ކަށިކަމެވެ. “އިވާންއަށް އެ ބިން އަހަރެން ދީ ފާނަން….އޭރުން އެ ބިމަށް އިވާން ބޭނުން ގޮތެއް ހަދަންވީ” އެތާ ހުރި ބެންޗާ ކައިރިވެލާ ޓިޝޫ އަކުން އެ ބެންޗް ސާފު ކޮއްލަމުން ނޫރް އެތާގައި އިށީނދެލިއެވެ. ނޫރްއާއި ދިމާލަށް އެނބުރިލި އިވާން ހުރީ ނޫރްގެ ބަސްތަކުގެ މާނަ ދެނެގަންނަން ނުކުޅެދިފައެވެ.
“ވަޓްސް ޔުއާރ ޕްރައިސް؟” އިވާން އަހާލިއެވެ. “ހެހެހެ…ޕްރައިސް އެއްނޫން ކޮންޑިޝަން….އަހަރެންގެ އެބަ އޮއިތް ތިން ޝަރުތެއް…އިވާންއަށް އެ ޝަރުތުތައް ޤަބޫލިއްޔާ ދަ ލޭންޑް އިޒް ޔުއާރސް….” ނޫރްއާއި ދިމާލަށް އިވާން ބަލާލީ ދެލޯ ހަނި ކޮއްލަމުންނެވެ. “ފުރަތަމަ ޝަރުތު…ނޫރްއާ ބެހޭ އެއްވެސް މަޢުލޫމާތެއް، ނޫރްގެ ނަންވެސް އަދި އިވާންއާ ނޫރްއާ ދޭތެރޭ ދެކެވުނު އެއްވެސް ވާހަކައެއް ތިންވަނަ ފަރާތަކަށް އިނގިގެން ނުވާނެ…” ނޫރްގެ ފުރަތަމަ ޝަރުތާއި އެކު ހައިރާން ވީނަމަވެސް އިވާން ބޯ ޖަހާލީ އެއީ އޭނާއަށް ކުރަން އެހައި އުނދަގޫ ކަމަކަށް ނުވުމުންނެވެ. ނަމަވެސް އޭނާއާއި ބެހޭގޮތުން އެއްވެސް މީހަކަށް އިނގެން ނޫރް ބޭނުން ނުވާންވީ ކީއްވެ ބާއެވެ.
”ދެވަނަޔަށް އޭޒެޑްގެ ހަ އިންސައްތަ ޝެއާރްސް ނޫރްގެ ނަންމަތި ކުރެވެން ވާނެ….ތިންވަނަ، މިތިން ޝަރުތާ ހިލާފު ވެއްޖިއްޔާ އެ ބިން އިވާންގެ އަތުން ނޫރްއަށް އަނބުރާ އަތުލެވޭނެ…ޤަބޫލު؟” ނޫރްގެ ވާހަކަ ނިމުމާއި އެކު އިވާން ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. އެންމެ ހަ އިންސައްތަ ހިއްސާ އޭޒެޑް އިން ނޫރް ބޭނުންވަނީ ކީއްވެ ބާއެވެ. ނަމަވެސް ދެވަނަ ވިސްނުމަކަށް ނުގޮސް އިވާން ބޯޖަހާލީ އެ ބިމުގެ އަގު ނޫރްގެ ތިން ޝަރުތައްވުރެންވެސް އޭނާއަށް ބޮޑުވުމުންނެވެ. އިވާން ބޯޖަހާލުމާއި އެކީ ފުޅާ ހިނިތުންވުމަކާއި އެކު އޭނާގެ އަތް ދަބަހުން ގަނޑުތަކެއް ނޫރް ނެގިއެވެ. އެ ގަނޑުތައް އިވާން އަށް ދިއްކޮލަމުން ނޫރް އިވާންއާއި ހަތަރު ކަޅި ހަމަ ކޮއްލިއެވެ.
އެއީ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި އިވާން ސޮއި ކުރުމާއި އެކު އެ ބިން އިވާންގެ ނަންމަތި ވެގެން ގޮސް އޭޒެޑްގެ ހަ އިންސައްތަ ހިއްސާ ނޫރްއަށް ލިބޭނެއެވެ. އަދި ހަމައެހެންމެ ދެންމެ ނޫރް ކުރި ތިން ޝަރުތާއި ވެސް އިވާންއަށް އެއްބަސް ވެވުނީއެވެ. އެއްބަސްވުން ރަނގަޅަށް ކިޔާ ލުމަށް ފަހު އޭގައި ސޮއި ކުރަންޖެހޭ ހުރިހާ ތަނެއްގައި އިވާން ސޮއި ކޮއްލީ ދެވަނަ ވިސްނުމަކާ ނުލައެވެ. ކުރިމަތި ވާން މިއުޅެނީ ކިހާ ބޮޑު ތޫފާނެއްކަން ނޭނގޭ ހާލުގައެވެ. އޭޒެޑް ސިޓީގެ ޕްރޮޖެކްޓް އޭނާއަށް ވަރަށް މުހިންމެވެ. އެއީ މިހާރު އިވާންގެ އެންމެ މުހިންމު މަޤުސަދެވެ. އެ މަންޒިލަށް ވާސިލުވުމަށް މި ގޮތް ނޭނގޭ އަންހެން ކުއްޖާގެ ތިން ޝަރުތުވެސް އިވާންއަށް ޤަބޫލެވެ.
ސޮއި ކުރުމަށް ފަހު އެ ގަނޑުތަށް އަނބުރާ ނޫރްއާއި ދިމާލަށް އިވާން ދިއްކޮއްލުމާއި އެކު އެ ގަނޑުގައި ހިފަމުން ނޫރް ބެންޗުން ތެދުވެލިއެވެ. އިވާންއަށް ފުން ހިނިތުންވުމެއް ހަދިޔާ ކުރުމަށް ފަހު ކުޑަކުދިންގެ ބަގީޗާގެ ގޭޓާއި ދިމާލަށް ނޫރް ހިނގައިގަތީ ފަސް އެނބުރި ބެލުމެއް ނެތިއެވެ. އޭނާގެ މިއަދުގެ ލަނޑުދަނޑި އޭނާއަށް ހާސިލް ވުމުގެ ހަމަޖެހުން ނޫރްގެ މޫނުމަތީގައި ވިޔެވެ.
ނޫރް ލޮލުކޮޅަށް ގެއްލެންދެން އިވާންއަށް ބަލަހައްޓައިގެން ހުރެވުނެވެ. މިފަދައިން ނޫރް ކަންތައްކުރުމުގެ ބޭނުމަކީ ކޮބާ ބާއެވެ. ނޫރްގެ މަޤުސަދަކ އޭނާއަށް އެހީތެރިވުން ހެއްޔެވެ. ނޫނީ…
ހިޔާލުތަކުން އެއްކިބާ ވެލަމުން އެތަނުން ދާން އިވާން ހިނގައިގަތީ އަދި އެއްފަހަރު އެ މާހައުލަށް ނަޒަރު ހިންގާލުމަށް ފަހުގައެވެ.
************
”ތޯރިޤް….ކޮންމެސް ނުބައެއް އެބަ އުޅޭ….އިވާންއާ އައިމަންގެ ދިރިއުޅުމުގަ މިއަދު ގޯސްކޮށް ކަމެއް ހިނގައިފި….މިއީ އިއްތިފާގެކޭ އަހަންނަކަށް ނުބުނެވޭނެ” އުޒާމް ވާހކަ ދެއްކީ ކުރިމަތީގައި ހުރި ތޯރިޤްއާއެވެ. އެދެމީހުންވެސް ތިބީ އުޒާމްގެ ސްޓަޑީގައެވެ. “އުޒާމް މާ ބޮޑަށޭ ތިވިސްނަނީ….އައިމަންގެ މޫނު މައްޗަށް ބަލާފަ އުޒާމް ތި ކަނޑައެޅީ ކަމެއް ގޯސް ވެއްޖޭ….އެހެން ކިހިނެއް އިނގޭނީ؟” އުޒާމް ކިޔައިދިން ވާހަކަތަކަށް ބިނާކޮށް އޭނާއަށް ފެންނަ ގޮތް ތޯރިޤު ހާމަ ކުރިއެވެ. “ތޯރިޤް….އަހަރެންގެ ގޮތް އެންމެ ރަނގަޅަށް އިނގޭނީ ތޯރިޤަށް….އަހަރެން ހާސިލު ކުރަން ބޭނުންވާ ކަމަކާ އަހަރެންނާ ދޭތެރެއަށް ވަންނަ ކޮންމެ މީހެއްގެ އެއީ ދުނިޔެމަތީގަ ކުރެވޭ އެންމެ ފަހު ކުށް….އަހަރެންގެ ދަރިންގެ ހުވަފެންތަކާ އެމީހުނާ ދޭތެރެއަށް އަންނަ ކޮންމެ މީހަކަށް ވެސް ހަމަ އެއަދަބު ލިބޭނެ…” އުޒާމްގެ އަޑޫގައިވީ ނުރައްކާތެރިކަމާއި ބޮޑާކަމެވެ. “ތިކަން އަހަންނަށް ވުރެން ރަނގަޅަށް ކާކަށް އިނގޭނީ…..މީގެ ފަނަރަ އަހަރު ކުރިން އެ ޖަމީލުގެ އާއިލާ….”
”ޝްޝްޝް…ފާރުތަކުގެ ވެސް ކަންފައިތް ހުރެދާނެ…އެ އާއިލާއަށް އެ ލިބުނީ އެ މީހުނަށް ހައްޤު އަދަބު….ޖަމީލުއަށް ކުރެވުނު އެންމެ ބޮޑު ކުށަކީ ކާންދިން އަތުގަ ދަތްއަޅަން އުޅުން….އެ ކުށް ތޯރިޤުގެ ފަރާތުން ނުފެންނާނެ ކަމަށް އަހަރެން އުންމީދުކުރަން…ޖަމީލުގެ ހުރި ގޮތަށް ތޯރިޤުގެ ވެސް ހުރީ ހަމަ އެންމެ އަންހެން ކުއްޖެއް” އުޒާމްގެ އަޑުގައިވީ އިންޒާރާއި އެކު ތޯރިޤަށް އިސްޖަހާލެވުނީ ޖެހިލުންވުމުންނެވެ. އުޒާމްގެ އުސޫލުތައް އޭނާއަށް ރަނގަޅަށް އިނގޭތީއެވެ. “ނޫން….އަހަރެން ކީއްވެ އުޒާމްއަށް ކެހި ދޭންވީ….ހުވަފެނުގަވެސް އުޒާމްއާ ދެކޮޅަށް ނިކުންނާން އަހަރެން ނުވެސް ވިސްނާނަން” އޭނާގެ ވަފާތެރިކަމުގެ ޔަޤީންކަން ތޯރިޤު އުޒާމްއަށް ދިނެވެ.
************
”އައިއްކޯ….ކޮންތާކަށް ތިދަނީ؟” އޮފީހުގައި އުޅުމަށްފަހު އިވާންއަށް ގެއަށް އާދެވުނީ އިޝާ ނަމާދަށް ވެސް ފަހުގައެވެ. ގެއަށް ވައިން އިވާން އަހާލީ ދޮރާއި ދިމާލަށް ދިޔަ އައިމަން ފެނުމުންނެވެ. ދޮންބެއަށް އޭނާއަށް ކުރިމަތިވީ ގޮންޖެހުން ކިޔައިދީ ހިއްސާ ކުރަން ބޭނުންވިޔަސް އައިމަން ފަސްޖެހުނީ އިވާންގެ މޫނުމަތީގައިވީ ކަންބޮޑުވުން ފެނި އިތުރު ކުރަން ބޭނުން ނުވާތީއެވެ.”މި…މި ފާޒިމްއާ އެކޮން ރިކޯރޑިންގް އަކަށް އަންނާނަން ނުވައެއް ޖެހުމުގެ ކުރިން” އިވާންއަށް ދޮގު ހަދަން ބޭނުން ނުވިޔަސް އައިމަން މިފަހަރު އިވާންއަށް އޭނާ ގެ މައްސަލަތައް ސިއްރު ކުރިއެވެ.
އިވާން ބޯޖަހާލުމާއި އެކު ހިނިތުންވެލަމުން އައިމަން ގޭގެ މައި ދޮރުން ނިކުތެވެ. ގަރާޖުން އޭނާގެ ކާރު ނެރެ ދުއްވާލި އައިމަންގެ މަންޒިލަކީ، ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސް އެވެ.
*************
ފަނޑު އައްޔެއް ފެތުރިފައިވީ އެ ކޮޓަރިތެރޭގައި ވަނީ ހަމަހިމޭންކަމެވެ. ފާރުގައި އިން ވައް ގަޑީގެ ކަށި ހިނގާ އަޑު ފިޔަވައި އެހެން އަޑެއް ނީވޭ އިރު، ހާމަޔަށް ހުޅުވާލެވިފައިވީ ބެލްކަނީގެ ކުޑަ ދޮރުން ކޮޓަރި ތެރެއަށް ވަންނަމުން ދިޔަ ވައި ރޯޅި ތަކާއި އެކު ކުޑަދޮރު ގައި ހުރި ރަތް ކުލައިގެ ފަރުދާތައް ނަށަމުން ދިއައެވެ. ބޮޑު އެނދުގައި އަޅާފައި އޮތް ރަތް ކުލައިގެ ރަޖާ ގަނޑުމަތީގައި އޮށޯވެލައިގެން އޮތް ނޫރްގެ ނަޒަރު ހުއްޓިފައި ވަނީ އޭނާގެ މަގަތުގައި އޮތް ގަނޑަށެވެ. އެއީ މިއަދު އިވާން ލައްވާ އޭނާ ސޮއި ކުރުވި އެއްބަސްވުމުގެ ގަނޑެވެ. “އިވްވް” މަޑުމަޑުން އެނަން ކިޔާލި އިރު ނޫރްގެ ކޯތާފަތުގައި ބޮސްދެމުން ކަރުނައިގެ ރޮނގެން ކުރެހުނެވެ.
ދެލޯ މަރާލުމާއި އެކު ހަނދާން ކުރަން ބޭނުންނުވާ އެތައް ހަނދާނެއް ނޫރްގެ ލޮލު ކުރިމަތީގައި ސިފަވިއެވެ. ރަހުމެއް ނެތް އެމީހުންގެ އެ އަމަލުތަކުގެ ސަބަބުން އޭނާގެ މުޅި ދުނިޔެ އެފުއްމިފުށަށް ޖެހިގެންދިއައީ އުމުރުން އެންމެ ދިހަ އަހަރުގައެވެ. ކުޅެ ސަކަރާތްޖަހާ މަޖާކުރާ އެ އުމުރުގައި އޭނާއަށް ކުރިމަތިލާންޖެހުނީ އިންތިހާ ވޭނާއެވެ. ތެދުވެ ދެފައި ވައްކޮއްލައިގެން އިށީންނަމުން ކުރިމަތީގައި ހުރި ފާރުގައި އިން ގަޑިޔަށް ނޫރް ނަޒަރު ހިންގާލިއެވެ. “ދުނިޔެމަތީގަ އެންމެ އަވަަހަށް ދަތުރު ކުރާ އެއްޗަކީ ވަގުތު….15 އަަހަރު….މިވީ ފަނަރަ އަހަރު ދުވަހު ތެރޭ އަހަރެންނަށް ކުރިމަތި ލާންޖެހުނު ހުރިހާ ވޭނެއް، ހުރިހާ ތަކުލީފެއް ރައްދުކުރާނަން…އަަހަރެންގެ ހުވަފެންތައް ކުދިކުދި ކޮއްލި އެއްވެސް މީހަކަށް ހުވަފެން ދެކުމުގެ ހައްޤެއް ނޯންނާނެ” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ނޫރް ކޮއްޅށް ތެދުވެލިއެވެ.
*************
ޕްލެޓިނަމް ރެސިޑެންސްގެ ކުރިމައްތީގައި ކާރު ޕާރކު ކޮއްލުމަށް ފަހު އިއިމަން ގޮސް އެ އިމާރާތުގެ ތެރެއަށްވަނީ، ލައިގެން ހުރި އަޅި ކުލައިގެ ހުޑީގެ ހުޑް ބޮލުގައި އަޅާލަމުންނެވެ. ލިފްޓަށް އަރައި ހަތަރު ވަނަ ފަންގިފިލާއަށް އޮއްބާލުމަށްފަހު އައިމަން ފުން ނޭވާ އެއް ދޫކޮއްލިއެވެ. ލިފްޓު ހުއްޓުމާއި އެކު އެ ބޮޑު ގޯޅިގަނޑުގެ ތެރެއަށް އައިމަން ނަޒަރު ހިންގާލިއެވެ. ހަތަރެއް ބީ ފެނުމުން ގޮސް އެ އެޕާރޓްމެންޓުގެ ދޮރު ކުރިމަތީގައި ހުއްޓިލަމުން ބެލްއަޅާލީ ތެޅި ތެޅި އޮތް ހިތަކާއި އެކީގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
53 Comments!
Comments are closed.



Ryn 1 thrrr ???Maasha Allah..varah reethi ???keep it up ???
Congrats? and thankyou ryn?
Mi 1st dhww…. Masha allah mi part ves Varah Varah reethi…. ❤️❤️??
Curiously waiting for the next part ??…
Stay safe..
Mi 2 nd dhww…
Yes second! Congrats and thankyou?
Mi 2 nd
Owwwww varah Reethi mi part! It was like I was living in this story! Don’t even know what to say!
Lysm sisoooooo… Tvvvvvvvvvvvgc
Aww thankyou darling?lym tc?
Omymymy what a nice part…noor is just masha allah I’m in love with her character? those dialogues kiyaalyma vs heebihi nagaa gain…
Ahahahha glad you like the mystery woman??
Alhe mi ivaan visnaanulaa soi kuree ebbas vumuga pis pis dho? noor is hama
Master mind eh
E aslu v gothakee dho noor ge inthihaa reethi kan fenifa heyo buhdhi filee ey ehnve sikundi masahkaii nukury?
Aslu ehnney dhw e v ivaan wiyya e buny???
Ei dhw mi ulhey massala akeee ahahaha?
Ivaan ah AZ city project ge agu maa bodee oaa??
Thugaa ge dad e buni jameel akee noor aa related meeheh baaa so curious! Waiting for next my lovely sisooo lysm tc❤️
Lets see dhw!thankyou nuhy?lym
Awwwn vhk hama vrh obi???
Curiously waitingg for nxt prt ???
Lysmmmm♥️?✨❣️
Thankyou?lym?
Wow amazing…thoarigu and uzaam mee anehka kon gandeh ganefa thibi baehh?myhun maraafa thoache…thugaa aky dhonfuthu dharieh dho ehnveema hehehe…ivaan mesmerized by noors beauty ayeee?…waiting for next?
Wrh gandu ganefa ebahuri kamah lafaa kureweny dhw? thugaa is dadda and mommys princess???♀️ahaha ivaan hama aashoahu wefa ehery!thankyouuu?
Woooooh?? u left me speechless aphxx…. This is the best… So in love with this story….. Keep it up darlin ❤️❤️ curiously waiting for the next…… Tc❤️
Thankyou so much neel? means alot
Tc?
I think Jameel is noorge dad n uzaam killed tht family or something so noor is taking their revenge….. Hehe NeeL ah heevaa goi mii…..?❤️
I think so tooo
Hingaa balamaa dhw??
Jameel ehnveema vaanee ivaan ge sasur jee aka father in law ah thaa…i wonder if he is dead or alive!
OMG!! there lives are soo complicated! nuvx visney what kind of turn their lives will take! vrh furihama! masha allah! keep it up dear!
Thankyouuu?mysterious eee dhw hehe
Warah reethi maashaa allah!❤️❤️❤️❤️
Waiting for next part!!
Lyssssssm!❤️❤️❤️???
Tvgc!❤️❤️❤️❤️❤️❤️
Thankyouuu?tc?
Wow this part is amazing❤️❤️❤️…..well ivaan be ready ingey ?
Heyvallaa thayyaaru baii thahtah hushiyaaru???
Ahaha nt beydu ivaan..thi hushiyaaru kameh vx ingidhaaneh that?
Thaa*
❤️❤️❤️❤️Wow.. V reethi mi part vx sis
Curiously waiting for nxt part dear
Stay safe n Tc sisoo
❤️❤️❤️❤️Lyyyyyyysssssmmmmm
Thankyou lamha❤️Lym❤️
Amazing
Loving every inch of the story
Waiting for next part
Aww Thankyou ❤️
Wow vrh Sali mi part ves ❤️❤️❤️
Masha Allah❤️❤️❤️
I like Noor ge character heehehe❤️❤️
Waiting for the nex❤️t❤️❤️
Srry sis mee ge kuree part aakah cmnt eh nukohlevuny maa❤️❤️
Luv uuu sisoo❤️❤️
Stay safe ❤️❤️❤️
And sis Lilly sis ge haalu ragalu thr ???❤️❤️❤️
Thankyouuu❤️Lilly is hama perfectly fine alhamdhulilah ❤️Lym❤️
Loveeeee thisssss❤️??
Thankyou ❤️
That song is so heart touching…does it have any connection with the story ge track?
Yes the song is connected to noor s life?
Omg???? dhen kihineh baa vaani alhe?????? mihaaru mi Noor akaa hure biru gannan fashaifi???????? Alhe Ivaan men kyhbaa kuree??? aphxxx haadha molhey dho kudhin kiyaa hiy kiruvan Maasha Allah ???????????? Mi part ves hama bunaane ehcheh neh ehaa ves reethi????????? Mihaaru enme kiyaa hithun kiyaalevey enme inthixaaru kureveni mivaahaka ah???????????????
Awww thankyou so much❤️?hingaa balamaa dhw ivaan ge family kyhtho kury???
Vrh reethi mi part ves… ?????keep it up❤️❤️❤️
Waiting for the next…..
Thankyou zivaa❤️
Vrh reethi mi part ves????keep it up ❤️❤️❤️
Tc❤️
Thankyou tc❤️
Heiii sis❤❤❤
This part is awesome…hama obiness to max??….hama speechless vi ingey…Ivan family dhw Noor ge family destroy kuree…i guess like tht…
Btw i like the dialogues of Noor…
Whn is next….curiously waiting to read the next part..
Lysm
Tc
Stay safe nd stay home lwbi sis
Thankyou hafu❤️Glad you like the dialogues?lym lwbs❤️❤️❤️