އިންތިހާ – 7
ގޮނޑިއާއި ދިމާލަށް ހިނގައިގަތް ނޫރް ސިހުނީ އޭނާގެ އަތުގައި ހިފައި ފާރާއި އޭނާއާއި ދޭތެރޭގައި އިވާން ނޫރް ހައްޔަރު ކޮއްލުމުންނެވެ. އޭރު އިވާންގެ އެ ކަޅުކަން ގަދަ ތޫނު ކަޅި ނޫރްގެ މޫނަށް އަމާޒުވެފައި ހުރި އިރު އެ ދެމެދުގައި ކައިވަތެއްހައި ދުރުމިން ވެސް ނެތެވެ. ނޫރްގެ ސިހުރެއް ފަދަ ދެލޮލުގައި ވީ އިންތިހާ ނަފްރަތާއި އިވާން ފުން ދެލޮލުގައިވީ ރުޅިވެރިކަން އެމެދުގެ ދުރުމިން ކުޑަކޮއްފިއެވެ.
************
”ކިހިނެއްވީ؟ ގޮތް ހުސްވެ، ކުރެވޭނެ ކަމެއް ނެތި އެއްވެސް ބާރެއް ނުފޫޒެއް ނެތް ކަން އިހުސާސް ކުރެވުނީމަ ކެތް ކުރަން އުނދަގޫވަނީ ދޯ؟” އިވާންއާއި ހަތަރު ކަޅި ހަމަ ކޮށް ލައިގެން ހުރެ ނޫރް ބުނެލި އިރު އޭނާގެ އަޑުގައި ވަނީ ނަފްރަތެވެ. “އެތައް ދުވަހެއް ވަންދެން ދެކުނު ހުވަފެނާ ކުރި ބުރަ މަސައްކަތް ފަޅި ސިކުންތު ކޮޅެއްގެ ތެރޭގަ ވިއްސި ވިހާލި ވެގެން ދިއައީމަ ވާނެ ތަދު އެބަ އިހުސާސް ކުރެވޭ ދޯ..” އަނެއްކާވެސް ނޫރް ބުނެލިއެވެ.
ނޫރްގެ އެ ފުން ބަސްތަކުގެ ތެރޭގައި އަރަޤު ވެފައި ހުރި އިވާންގެ ނަޒަރު ހުއްޓިފައިވަނީ ނޫރްގެ ސިހުރެއްފަދަ ދެލޮލަށެވެ. އެ ދެލޮލުގެ ތެރެއިން އެއްޗެއް ދޭހަ ކުރަން އުޅޭ ފަދައެވެ. އިވާން ފާރުގައި ޖައްސާލައިގެން ހުރި ދެއަތުން އެއް އަތުގައި ހިފައި، ނޫރް އެ އަތް ނައްޓާލީވެސް އިވާން ގެ ދެލޮލުން ނަޒަރު ވަކި ކޮށްނުލާ ހުރެއެވެ. އެ ކެބިން އިން ނިކުންނަން ދާން ހިނގައިގަންނަމުން ނޫރް މަޑުޖެހިލިއެވެ.
“މީގެ ފަހުން މި ކެބިންއަކީ ނޫރްގެ ތަނެއް…މި ކުންފުނީގަ މަސައްކަތް ކުރާ މުއައްޒަފުން އަންނަން ޖެހޭނީ ހެނދުނު 9 ޖަހާ އިރަށް… މުއައްޒަފުންނަށް އޮފިސްގަޑި ނިމޭނީ މެންދުރުފަހު 2:30 ގަ…ހުރިހާ މުއައްޒަފުންނަށް އަންގާލާތި، އަދި ނޫރްގެ ފުރަތަމަ ޝަރުތު ހަނދާން ބަހައްޓާތި!”
އަމުރުކޮށް ލުމަށްފަހު ނޫރް ނިކުމެގެން ދިއުމާއި އެކު ކެބިންގެ މޭޒުމަތީގައި ހުރި ތަކެތި އިވާންއަށް އަތުން ޖަހައި ބުރުވާލެވުނެވެ. އަތުން ހުރިހައި އެއްޗެއް ބީވެގެން އެ ދިއައީ އޭނާއަށް ރޭކާވެސް ނުލައެވެ. އޭނާގެ ދިރިއުޅުމަށް މިއައި އަރަތެއް ފަދަ އަންހެން ކުއްޖާ ތޫފާނަކަށް ބަދަލުވެ، ގަދަ ވަޔާއި، ބޯ ވާރޭގެ ކަނިތައް އޮއްސާލީ ތޫފާނުގެ އަސަރެއްވެސް ދައްކައި ނުލައެވެ. ރަޖާލާން ވަގުތުވެސް ދިނުމެއް ނެތިއެވެ.
މޭޒު މަތީގައި ގޮށް މުށުން ޖަހާލަމުން އިވާން ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ބައްޕައަށް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. ދައްކާނީ ކޮން މޫނެއް ހެއްޔެވެ. ބައްޕަ އޭނާއަށް އިތުބާރު ކޮއްފައި މި ކުންފުނި ހަވާލުކުރީ ކިހާ އުންމީދަކާއި އެކުގައި ހެއްޔެވެ. އޭނާއަށް ކަތިކޮށް އެޅުނު އެންމެ ފިޔަވަޅެއްގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވެގެން ދިއައީއެެވެ.
އޭޒެޑުގެ ވިޔަފާރި ރާއްޖޭގެ ތިން ދާއިރާއެއްގައި އަންނަނީ ކުރެވެމުންނެވެ. އޭގެ ތެރޭގައި، ގެދޮރު އިމާރާތް ކޮށް ޑިޒައިންކުރުމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ އަދި ސިއްހީ ދާއިރާ ހިމެނެއެވެ. އޭޒެޑް ހޮސްޕިޓަލަކީ އުޒާމްގެ ނަންމަތީގައި ވީތަނެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އޭޒެޑުގެ ދެ ރިސޯޓަކާއި އެތައް ގެސްޓު ހައުސްއެއް ހުންނަ އިރު، އެ ދާއިރާގެ އިސްވެރިޔަކަށް ހުންނަނީ ވެސް އުޒާމްއެވެ. އިވާންއާއި ހަވާލު ކޮއްފައިވާ ހަމައެކަނި ދާއިރާ އަކީ އަދި ކުންފުންޏަކީ މިއީ ކަމުގައިވީއިރު އޭނާއަށް މި ކުންފުނިވެސް ރައްކާތެރި ކަމާއެކުގައެއް ނުބެލެ ހެއްޓުނެވެ.
ފޯނަށް މެސެޖެއް އައި އަޑަށް އިވާން ފަޓުލޫނުގެ ޖީބުން ފޯނު ނަގައި އަންލޮކް ކޮށް އެ މެސެޖު ބަލަން އަވަސްވެގަތެވެ. ނުދަންނަ ނަންބަރަކުން ކޮއްފައި އިން އެ މެސެޖުގައި ވަނީ މިހެންނެވެ.
”ރުޅީގަ ނިންމާ ނިންމުމެއް، އަޅާ ފިޔަވަޅެއް ރަނގަޅެއް ނުވާނެ…ރުޅި އިންސާނާގެ ބުއްދި އަދި ވިސްނުންތޫނުކަން ބަލިކަށި ކޮއްލާނެ…ނިންމޭ ނުބައި ނިންމުމެއްގެ ސަބަބުން ބޮޑު ގެއްލުމެއް ވެގެން ހިނގައިދާނެ…
ދޮގެއް ހަދައި އޮޅުވާލުމަކީ އިންސާނާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަ ކޮއްލާ ކަމެއް…އެކަމަކު، ކަމެއް ސިއްރު ކުރުމަކީ ދޮގު ހެދުމެއް ނޫން ކަން ހަނދާން ބަހައްޓާތި….ސީޔޫ ސޫން
ނޫރް”
ފޯނު އަތުކޮޅަށް އިވާންއަށް ހޫރާލެވުނެވެ. ބައިތަށް ވަކި ވަކި ވެގެން ގޮސް ފޯނު ހަލާކުވީއިރު އިވާންގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. ނޫރްއާއި މެދު އޭނާގެ ހިތުގައި މިއަދު އިންތިހާއަށް ނަފްރަތު އުފެދިއްޖެއެވެ. “އައި ޖަސްޓް ހޭޓް ހާރ” އިވާން ބުނެލިއެވެ.
************
”ވަޓް…ކޮލެޖުން ކެނޑެނީއޭ؟ ކީކޭ ތި ކިޔަނީ އައިމަން…އާންޓީ ކިހާ ދެރަ ވާނެ…ވައި އާރ ޔޫ ޑުއިންގް ދިސް؟” ކުރިމަތީގައި ހުރި އައިމަންގެ ގާތު ލައިބާ އަހާލި އިރު އައިމަންގެ މި ކުއްލި ނިންމުމުގެ ސަބަބުން އޭނާ ހައިރާންވެފައި ހުރި މިންވަރު ހާމަވެއެވެ. އެދެމީހުން ތިބީ ކޮލެޖުގެ ގޯތި ތެރޭގައި ހުރި ބެންޗް އެއްގައެވެ.
”ލައި…އައި ނޯ މޯމް ވަރަށް ޑިސަޕޮއިންޓް ވާނެކަން…ބަޓް މަންމަ ބުނި ބަސް އަހައިގެން މިކަމަށް ވަގުތު ހުސްކުރާތާ ހަތަރު އަހަރު މިވީ…ދެން ނުވާނެ ލައި..” އައިމަން ކިޔައިދިނެވެ. “ކީއްވެ ލައި އަށް ހީވަނީ އައިމަންގެ ތި ޑިސިޝަންގެ ފަހަތުގަވަނީ ކޮންމެސް އެހެން ކަމެކޭ؟ ދިސް އިޒް ނޮޓް ޔޫ ޑުއިންގް ދިސް…ހަމަ ކުއްލިއަކަށް އައިމަން ތިހެން ތި ވިސްނަނީ ކީއްވެ؟ އައިމަން އެއްނު ބުނީ މިއަހަރު ނިމުނީމަ މި ނިމުނީ އޭ…ދެން މަންމަގެ ޝަކުވާތައް ވެސް އަޑުއަހާކަށް ނުޖެހޭނޭ…އެކަމް ކޯސް ނިމެން ދެތިން މަހަށް ވެފަ އޮއްވާ ތިހެން މެދުތެރެއިން ދޫކޮއްލީމަ އާންޓީގެ ޝަކުވާތައް އަބަދު އައިމަން ޖެހޭނީ އަޑުއަހަން” ލައިބާ ބެލީ އައިމަންއަށް ވިސްނާ ދެވޭ ތޯއެވެ.
”މައި ބީބާ ޑާރލިންގް…ވަރަށް ވިސްނާފަ ނިންމި ނިންމުމެކޭ މީ…އެންޑް އެއްވެސް ކަމެއް ވެގެނެއް ނޫނޭ މި ޑިސިޝަން މިނެގީ…އައި ފީލް ދެޓް މިހާރު ދެން ރެސްޕޮންސިބަލް ވާންވީއޭ…މި ކުރާ މަސައްކަތާ މެދު ސީރިއަސް ވާން ވީއޭ…ދިސް ވޯރކް އިޒް މައި ލައިފް ލައި…އަހަރެންވެސް ބޭނުން އަމިއްލަ ފައި މައްޗަށް ތެދުވަން…އަމިއްލަ އަށް ސަކްސެސް އެޗީވް ކުރަން” ކޮށްޅަށް ތެދުވަމުން އައިމަން ވާހަކަ ދެއްކީ ހުވަފެނީ ގޮތަކަށެވެ.
އައިމަން ދައްކަމުން ދިޔަ ވާހަކަ ތަކުގެ ސަބަބުން ލައިބާ ހުރީ ހައިރާންވެފައެވެ. އެންމެ ރެޔަކުން އައިމަންއަށް މިހައި ބޮޑު ބަދަލެއް އަންނާނީ ކޮންމެވެސް ކަމެއް ވީމަކަން ލައިބާއަށް އިނގެއެވެ. ނަމަވެސް ނުވިސްނެނީ، އެ ސަބަބަކީ ކޮބައި ކަމެވެ.
********
”ލާމިއު ކީކޭ ބުނީ؟ އޭނަ އެއްބަސްވިތަ؟” ތޯރިޤު އަހާލީ އުޒާމްގެ ގާތުގައެވެ. “އެއްބަސް ވެއްޖެ އެކަމު އެ ބިން ގަތް މީހެއްގެ މަޢުލޫމާތު ހޯދަން އަދި ވަގުތު ނަގާނެ..” ކުރިމަތީގައި ހުރި މޭޒުމަތިން ކޮފީ ޖޯޑު ނަގައި އެތި ފޮދެއް ބޯލަމުން އުޒާމް ވާހަކަ ދެއްކިއެވެ. “އުޒާމް…މަށަށް ހީވަނީ އިވާން ގާތު އަހާލީމަ މާ ފަސޭހައިން އިނގޭނެ ހެން…” ތޯރިޤު އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ.
”އިވާންއަށް އިނގޭނަމަ އަހަރެން އެ މީހެއް ހޯދާކަށް ނުޖެހޭ ނެ ދޯ…ތުގާގެ ފަރާތުން އެ ކުންފުނީގެ ނަން އިނގިއްޖެ…ދެން އޮތީ ވެރިޔަކާ ހަމައަށް ދިއުން…އަހަރެންގެ ވިޔަފާރިއަށާ ދަރިފުޅުގެ ހުވަފެނަށް ގޮންޖެހުން ކުރިމަތި ކުރުވާފަ އެ މީހަކަށް އުފަލަކު ނޫޅެވޭނެ…” އުޒާމްގެ އަޑުގައި ވަނީ ނުރައްކާތެރިކަމެވެ. “ތޫ ބުންޏެއް ނޫންތަ އިވާން އެ ބިން ގަނެފިޔޭ އަނެއްކާ؟ ދެން މިހާރަކު ނެތެއްނު ހުރަހެއް؟” ތޯރިޤު އަހާލިއެވެ. .”މިހާރު އެ ހުރަސް ނެތަސް މުސްތަޤުބަލުގަ ހަމަ އެ ހުރަސް ކުރިމަތި ވެދާނެ..އެހެން ވިޔަކަ އަހަރެން ނުދޭނަން…” އިން ތަނުން ކޮއްޅަށް ތެދުވަމުން އުޒާމް ބުނެލިއެވެ.
*************
”ލާމިއު ކީތްވެ އުޒާމްއަށް އެހީވާން އެއްބަސްވީ؟ އަނެއްކާވެސް އެ މަގުން ހިނގަން ލާމިއު ތި ދިމާ ކުރަނީ….އޭރު އަހަރެންނާ ދަރިން ތިބީ ރަށުގަ…އެހެންވެ ލާމިއުގެ އެ އަމަލުތަކުގެ އަސަރު އަހަރެމެންނަށް ނުކުރީ….އެކަމު މިއަދު ލައި އާ ހިބާޔާ އަހަރެންވެސް މިހިރީ މިތާގަ!” ހަސްނާ ބެލީ ލާމިއުއަށް ވިސްނައި ދެވޭތޯއެވެ.
”ހަސްނާ…ތި ހުރިހާ ކަމަކަށް ވިސްނާފަ ހަމަ އެކުދިންނާ ހަސްނާއަށް ޓަކައޭ އަހަރެން މި ނިންމުން މި ނިންމީ…ހަސްނާއަކަށް ނޭނގޭނެ އަހަރެން އުޒާމްގެ އެދުމަށް ދެކޮޅު ހެދި ނަމަ ދެންވާނެ ގޮތެއް…އުޒާމްއަކީ ކިހާ ނުރައްކާތެރި މީހެއް ކަމެއް ހަސްނާއަކަށް ނޭނގޭނެ…” ދެމަފިރިން ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލަން ޖެހުނީ އެ ގޭގެ ދޮރުގައި މީހަކު ޓަކި ދިން އަޑަށެވެ.
ސޯފާއިން ތެދުވެގެން ގޮސް ހަސްނާ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ލައިބާއާއި އޭނާގެ ފަހަތުގައި ހުރި ފިރިހެން ކުއްޖާ ފެނުމުން، ދޮރު ހުޅުވާލަމުން ސުވާލުގެ ނަޒަރަކުން ހަސްނާ ބަލާލީ ލައިބާއާއި ދިމާލަށެވެ.
”ލައި މީ ކޮންކުއްޖެއް؟” ހަސްނާގެ އަޑަށް ލާމިއު ވެސް އައިސް ދޮރު ކުރިމަތީގައި ހުއްޓިލިއެވެ. “މަންމާ…މީ އައިމަން، ލައިގެ ބެސްޓް ފްރެންޑް” ލައިބާ ބުނެލިއެވެ. “އެހެންތަ! އަވަހަށް އާދޭ އެތެރެއަށް…” ހިނިތުންވުމަކާއި އެކު ލައިބާމެން ވަންނަން ޖާގަ ހަސްނާ ދެއްކިއެވެ. އައިމަންއާއި ކިތަންމެ ގާތް ގުޅުމެއް އޮތަސް، ލައިބާ އޭނާގެ މައިންބަފައިންނަކަށް އައިމަން ތަޢާރަފު ކޮއްދޭ މީ ފުރަތަމަ ފަހަރެވެ.
ހިނިތުންވެލަމުން ލައިބާއާއި އެކު އައިމަން ގޮސް އެގޭގެ ސޯފާގައި އިށީނެވެ. އޭނާ ލައިބާއާއި އެކު އެގެޔަށް އައީ، ލައިބާގެ އެދުމަށް މެންދުރުގެ ކެއުމަށެވެ.
އައިމަންގެ މޫނު ކޮންމެވެސް ތާކުން ދުއް ހަނދާންވީ ނަމަވެސް، ކޮންތާކުން ކަމެއް ލާމިއުގެ ހަނދާނަކަށް ނައެވެ. މިއީ ލައިބާ އެކުވެރިޔަކު ގެއަށް ގެނައި ފުރަތަމަ ފަހަރު ކަމުން އެދެމަފިރިން ވެސް މަސައްކަތް ކުރަމުން ދިއައީ އެކުވެރިކަމާއި ފުރިހަމަ މެހެމާންދާރީ އަދާ ކޮށް ދެވޭތޯއެވެ.
އައިމަންގެ ސަކަ މިޒާޖުގެ ސަބަބުން ހަސްނާއާއި އޭނާ އެކުވެރިވެލީ ނުހަނު އަވަހަށެވެ. ލާމިއުއަކީ ބަސްމަދުމީހެއްކަމުން އޭނާ އެއްޗެކޭ ބުނަނީ މަދު ފަހަރެއްގައެވެ.
ކައި ނިމިގެން ލައިބާ ކޮލެޖަށް ލައިދިނުމަށްފަހު އައިމަން މިސްރާބުޖެހީ ސުނާމީ ބިނާ މައިޒާނަށެވެ. ކާރު ޕާރކު ކޮއްލުމަށްފަހު މައިޒާނުގެ ތެރެއަށް އައިމަން ވަދެގެން ގޮސް ހުއްޓިލީ ޖޯލިފަތި ތަކާއި ދިމާލުގެ ރެއިލިންގެ ކައިރީގައި ހުރި އަންހެން ކުއްޖާ ފެނުމުންނެވެ.
ގަދަ ފެހިކުލައިގެ ކަކުލާ ހަމަޔަށް އަންނަ ހެދުމެއްގައި ފުރަގަސް ދީގެން ހުރި އިރު އެ މުށިކުލައިގެ އިސްތަށިގަނޑު ދިއައީ ޖެހެމުން ދިޔަ ވައިރޯޅި ތަކާއި އެކު ނަށަމުންނެވެ. ބަލާލަން ކިތަންމެހައި ވެސް ހިތްގައިމު މަންޒަރެކެވެ. މެންދުރުގެ އެންމެ ހޫނު ގަޑި ވިޔަސް އެ ސޫރަ ފެނުމުން އައިމަންގެ ހިތަށް ފިނިކަމެއް ލިބިގެން ދިއައެވެ.
”ވަގުތަކީ ކިހާ މުހިންމު އެއްޗެއްކަން އައިމަންއަށް އިނގޭތަ؟ ދުނިޔެމަތީގަ އެންމެ އަވަހަށް ދަތުރު ކުރާ އެއްޗަކީ ވަގުތު…ވަގުތަށް ކަމޭހިތުމަކީ ޒިންމާދާރުވުމުގެ ފުރަތަމަ ފިޔަވަޅު…3 މިނެޓު 27 ސިކުންތު ލަހުން ތިއައީ…ނޫރް ކިހިނެއް ޤަބޫލު ކުރާނީ އައިމަންއަކީ ޒިންމާދާރު މީހެއް ކަމެއް؟” އައިމަންއާއި ކުރިމަތިލަމުން ނޫރް ބުނެލިއެވެ.
“ސޮރީ….ބަޓް އަހަރެންގެ މައްސަލަ އެއް ނޫނޭ…ޓްރެފިކް ބޮޑު ކަމުން” “ތިމާއަށް ކުރެވުނު ކުށެއް އެހެންމީހެއް ނުވަތަ ކަމެއްގެ މަތި ކުރުމަކީ ޒިންމާދާރު މީހުންގެ ގޮތެއް ނޫން…ތިމާއަށް ކުރެވުނު ކުށުގެ ޒިންމާ ނަގަން ކެރޭ ހާ ޤާބިލުކަން ހުންނަން ޖެހޭނެ…”
ނޫރްގެ ވާހަކަ އާއި އެކު އައިމަންގެ ދޫ ބަންދުވެގެން ދިއައިރު އޭނާއަށް އިސްޖަހާލެވުނީ އިތުރަށް އަމިއްލަ ދިފާއުގަ ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ.
”ބާކީ އޮތް ދެދުވސް ތެރޭ އައިމަންއަށް މި ހުރިހާ ކަމެއް ރަނގަޅު ކުރެވޭނެ ތަ؟” ނޫރް އަހާލީ އައިމަން އާއި ގާތަށް ފިޔަވަޅެއް އަޅާލަމުންނެވެ. “އައި ވިލް ޓްރައި” އިސް ހިއްލާލަމުން އައިމަން ބުނެލިއެވެ. “އޮންލީ ޓްރަޔިންގް އިޒް ނޮޓް އިނަފް…އައި ވޯންޓް ރިޒަލްޓްސް” އެހެން ބުނެލުމަށްފަހު ނޫރް ހިނގައިގަތީ އެ މައިޒާނުން ނިކުންނާށެވެ.
ނޫރް ގޮސް ލޮލު ކޮޅަށް ގެއްލެންދެން ބަލަން ހުރި އައިމަންގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އެތާ ހުރިޖޯލި ފަތީގައި އޭނާ އޮށޯވެލީ ނޫރްގެ ހިޔާލުތަކުގައި އޮވެއެވެ.
”ހުވަފެނުންވެސް ތިފަދަ ފަރި މޫނެއް ނުދެކެމޭ ހަމަ ތެދޭ
ހުވަނދު ކޮއްފިޔެ ހިތް ތި ޖިސްމުގެ މީރު ވަސް ޖެހުމުން ތެދޭ
ރީތި ފަތްމިންޔެއް ތިހާ ފުރިހަމަ ދެވަނަ ނުމެވާނެޔޭ
ރީތި ފަރި ހަރަކާތްތަކުން ހިތް މަސްތު ކޮއްފިޔެ މީ ތެދޭ”
ދީވާނާ ވެފައި ވާ މީހެއް ފަދައިން އައިމަން އެ ޅެންބައިތު ކިޔާލީ އޭނާގެ މެޔާއި ދިމާލުގައި އަތް ޖައްސާލައިގެން އޮވެއެވެ.
**********
”ތުގާ…މި ކެބިން ހުސް ކޮއްފަ ޖެހިގެން ހުރި ކެބިންއަށް އަހަރެންގެ ހުރިހާ ސާމާނެއް ބަދަލު ކުރޭ….އެންޑް އޮފިސް ޓައިމިންގްސް އަށް އައި ބަދަލު މުއައްޒަފުންނަށް އަންގާލާތި…އަދި މީގެ ފަހުން އަހަރެންގެ ހުއްދަޔާ ނުލާ އެއްވެސް މުއައްޒަފެއް މި ފްލޯރ ޔަށް އަރައިގެން ނުވާނެ…ތުގާވެސް..” ކެބިންގެ ސޯފާގައި އިށީނދެލައިގެން އިން އިވާން އިރުޝާދުދެމުން ދިއައީ އޭނާގެ ކުރިމަތީގައި ހުރި ތުގާއަށެވެ.
ކަންބޮޑުވުމާއި ހާސްކަމެއް އެކުލެވިގެންވީ އިވާންގެ އަޑު އިވުމުން ކަމެއް ގޯސް ވެއްޖެ ކަމުގެ ރަތް ސިގުނަލް ތުގާއަށް ލިބުނަސް އިސްވެ އިވާންގެ ގާތުގައި އެކައްޗެއްވެސް އަހާކަށް އޭނާއަކަށް ނުކެރުނެވެ. އިވާން ބުނި ފަދައިން ކަންކުރުމަށް ތުގާ އަވަސްވެގަތީ އެ ކެބިން އިން ނިކުތުމަށެވެ.
ދޮރާއި ދިމާލަށް ހިނގައިގަތް ތުގާގެ ފިޔަވަޅުތައް މަޑުޖެހިލީ އޭނާގެ ލޮލުގައި އަޅައިގަތް އެއްޗެއްގެ ސަބަބުންނެވެ. ތިރިވެ މުށިތައް މަތީގައި އޮތް އެ އެތި ނަގަމުން ތެދުވެ އިވާންއާއި ދިމާލަށް ތުގާ އެނބުރިލިއެވެ.
”ވާން…މީ ކާކުގެ އެއްޗެއް؟” ތުގާގެ ސުވާލަށް އިސްހިލާލަމުން ތުގާއާއި ދިމާލަށް ބަލާލި އިވާންއަށް ކޮއްޅަށް ތެދުވެވުނީ ތުގާ ހިފަހައްޓައިގެން ހުރު އެތި ފެނުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
66 Comments!
Comments are closed.



Hi dear
Seems like i am first
Love this part as well, amazing dialogues
Curiously waiting for next
Congrats and thankyou?❤️
Omg noor buneli dialogues ivaan aa dhimaalah!just wow i love her attitude hama ivaan speechless kohlafi wawaaaaa?
Ahahaha her dialogues are full of pain dhw?
Furathama sharuthu handhaan bahataashey noor bunee which means no one would know abt her ey dho and ivaan won’t even tell so no one will have a clue
Yesss first condition was abt not telling anyone abt her?
So AZ is a big grp of companies like series thakuga hunna gothah dho…hospital eh vx hurey uzaam must be very richhhh and two resorts toooooooo and guest houses?
Yes mussandhi bappa eh knme yakas ivaan ah libifa ehery?
And mi laiba ge bappa laamiu uzaam ah kurin kon kameh kohdheegen hasna ehaa haas vefaa eheryyyyy i wonder if its a crime or not
Lets see dhw emyhun hingi jareemaa eh?
Laiba s dad is sort of blackmailed by uzaam and woah alah aiman intro kohdhiny laiba parents ah in like so many years of frndship
Yes alah intro kohdhiny cuz their backgrounds and all were very different they didnt intro before
Aiman kiyaali lhen baithu ei kon lava ehga inna ehcheh tho bunedheee faanan tha sis and this aiman silly is so madly in love like pssspssspsss galhi soru
Ei hiyy adhu roneee ey nudhaashey from heyonuvaaney film??
E lhen innaane Huvaa drama ge first part ga vx
Ooooh didn’t know?
E galhi soru eky lhen baithu sis negy heyonuwaaney film ge lawa hiyy adhu rony ey nudhaashey in?
Wonder what thugaa found and I think noor ge ehcheh kanne e fenunee dho!love this part curiosly waiting for next
Lysmmm sisoo
Tc
Thankyou so much darling lymm tc❤️❤️❤️
Aaah???? Noor?????♀️??♀️??♀️ Noor akee aslu kaakubaa dho alhe??? Aiman gandu sahaadheh?♀️?♀️?♀️ reethi bondi eh boane thoahche??? Mi Uzam ehves ulhey gothakun??? Ivaan haadha dheravaane dho??? Aphxxxxxxxxxxxxxxxx haadha molhey alhe Maasha Allah???❤️❤️❤️??? Naani akah neynge vaahaka liyaakah 10 nimun irus Aphxxx kairiah dhaanvi dho dhaskuran?????????? Sifa kohdheefa huri gothun kosvey❣️❣️?? dialogue thah hunna gothun soni vettey huvaa??? Maasha Allah hama habeys sikundi eh theeni❤️❤️❤️❤️❤️❤️ thank you miha loabi vaahaka eh genesdheythee?????????????????❣️❣️❣️❣️????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????????
Thankyou so much lwbss?♥️♥️ We all shud meet up someday? and yes aiman soru hama fakkaa addu bondi eh kanneyge boany dhw? once again thankyouuu means alot lysm❤️❤️❤️
Thugaa athuga eothy noor ge ehcheh kenneyge dhw! Vrh vrh salhi mi part ves???masha allah ❤️❤️❤️
Curiously waiting for the next part..
Tc❤️❤️
Thankyou dear tc?❤️❤️
❤️❤️❤️Wow Maasha allah V V reethi mi part vx sis
???Noor ge ehcheh dhw ey.. Ekam Noor vx keevetha Evan ah ehn kanthah kuranee e
Curiously waiting for nxt part dear
Stay safe n Tc sisoo
❤️❤️❤️Lyyysssmmm
Lets see dhw kaakuge ehcheh tho and noor is taking revenge ? thankyou dear ❤️❤️❤️❤️
?Me fifth thr?kiyaalaafa cmnt eh kohllaanan ingey
???Un nuvx kiyaa dhw cmnt mi kurii????noor vx baeh faharu Galhi vaane ingey
Ahahaha ooops dhw?
?Amayyaaaai ????Ivaan thivarah balanyaa hama dhelo kone laanan ingey
Suvaaleh?Laiba Zaahir Laiba ge namah kiyaa iru Laamiu keehvve dad ah kiyan v??little confused
Anmaa Aiman Mihaaru collage in vx kendenii dhw??visnaathi fahun vaane goe…. Mihaaru collage in kendigen maadhan vaane gotheh kaakah ingeynii dhw?faharu ga beynumeh nei kamakah vx vedhaane
Alhe sisoo hus boa bulhi girls thr mi stry ga ulhenii??v cute
Ahaa mi othy Aneh kanthah laigainfa???Aiman gadi ah samaalu Vaashey gadi ah samaalu Vaashey⏳⏳⏳⏳vaguthakee dheenaarakah vx nugeneveyne ehcheh kan handhaan kuraathi?maadhan bunaane police hurii fake traffic board eh hifaigeney Ehenve EY Las v…. Ahdheyyyyy adhi meena Noor ah lava kiyaidhe ehnu eba???Noor Noolhen Adu ahaa kah
OMG Thugaa ah E fenunii Noor ge gahanaa eh kanneynge dhw???Ivaan Yageeney E goyya kairy dhogeh hadhaafa konmes ehchekey bunaane kan ?
Stay safe sisoooo ☺️☺️☺️☺️stay home
?????Lymmm ❤️❤️❤️❤️❤️❤️❤️mymmm faadakah
Ahahaha aiman galhi waaney kuda knn? and laiba ge name ge secret adhi reveal waane ingey? and hus boa bulhi girls eh nooney ulheny hehehe! Noor has wavy brown hair , laiba has black straight hair and thugaa has only black curly hair! Aiman ah dhaswaane kanneyge dhw noor aa eky ulhemun gadi ah faruwaatheri waan wes?hingaa balamaa thuga ge athuga koacheh tho lai gathy dhw ??thankyou dear lym tc❤️❤️❤️
Dhogu hadhaalan dho ivaan ah mijehuny dhen mi v gothun hahahaha
Ivaan ah heevany laiba ge aslu bappa noon hen laamiu akeee…step dad kanneyge ei noonee baeh ge thakuga hure ehnu mihen nan kiyaafa
Ahmed haasim, hussen haasim, so vedhaane nu laamiu zaahir and egey ehen boys ah laamiu hussen egothah nan kiyanee kamah
Ivaan Haadha molhey dhw meehunnah javaabu dheyn vx?understand vehjje… Tysmm…. Yh stp kaaneynge dhw
Iv Bro gadhavaaney santhi…
Hehehe my house ga vx nan dheefa hunnaneee ehen ehnve mi buneee
Hahaha thi ohthy anonymous avalaafa.. Santhi Manje vx enme fahun anonymous ah vee dhw.. Dhn vx anonymous ey kiyaa galhi mariyaboo
Saabs… Ei that was me Ey anonymous avaalafa! Santhi mariyanbu Kairi mi Buny our Ivaan Bro gadhavaaneyey
Scarlet sis keevetha mihaaru naanaanee
Haha Ivaan vx gadha kan ingey ?dhw Scarlet sis???mi thakaholhi gandu abadhu hunnaanii Alhuga ah avalaafa
Habeyssss obiness to the maxxxxxx! Ivaan ah v goii poor meee hehehe aikko vx dho rangalhah jaadhuga jehifa masthuvefa pis pis noor ge dialogues waawaaa vrh kamudhey keep it up sis waiting for next?
Thankyou ivaaaan❤️
Ivaan bunihen noor ge dialogues Vvvvvvvv cool! Sis amilla ah tha hama mi ideas hoadhanee?? ? ?
Your the best sisoooooo
Lysm ❤️
Noor ge dialogues aa medhu wisnan innan jehey hama baeh faharu wrh gina iru wandhen??thankyou darling lym❤️❤️❤️
Heii sis
This part was amazing nd awesome
I liked the dialogues of Noor the most….hama speechless vehje
Whn is next part sis…curiously waiting for next part
Lysm
Tc
Stay safe nd stay home
Thankyou hafuuu❤️Next part in sha allah soon ? lym
Tc ♥️
Love this part vess❤️❤️ Ahaha Ivaan adhi rulhi madu ?? mihira aiman eh dhww ishq ga jehigen moya vany??keep it up?curiously waiting for the next ??Tc.. Ly❤️❤️❤️
Ahahaha aiman ehery guraidhoo ah gendhan wefa ey dhw?thankyou tc❤️
They bot, Ajman and ivaan, is totally speechless ??
Gud gud waiting for the next ?
Hehe thankyou dear❤️
i just love noor’s dialogues! they are my favourite! and mi baivx varah habbu! waiting for next! 🙂 <3
Thankyou darling?
Maasha Allah ❤️❤️❤️❤️vvv Reethi mi part ves ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️keep it up dear ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️curiously waiting ❤️❤️❤️❤️
Lysm❤️
❤️TC
Be safe❤️
Thankyou ryn?lym tc❤️❤️❤️
V V V reethi mi part ves…❤️❤️??
Maasha Allah ❣️❣️…
Curiously waiting for the next part ☺️☺️….
Thankyou noora?❤️
Wow sissy vrh lwbi mi prt vx..❤️❤️ sorry ingey lahun comment kureh vuny ma… school knthakuga bxy kamun yesterday mi prt kiyaanulhe vuny
Its owkii?thankyou dear?❤️
Woww varah reethi mi part ves curiously waiting for the next part ☺️☺️ take care ♥️ ?????????
Thankyou darling tc?
Current best story in esfiya?my favvv lysmm aphxxx sis
Awww lyt???thankyou so much❤️
And laamiu is laiba ge step dad right??
Lets see??
Wow!!!❤️❤️❤️❤️❤️❤️
Warah warah reethi maashaa allah!!.❤️❤️❤️❤️❤️???
Thankyou ❤️?
Wow Varah reethi Maasha Allah when is the next part ?