Skip to content
އެސްފިޔަ

އިންތިހާ – 9

‎ތުގާގެ ލޮލުގައި މޭޒުކައިރީ ތިބި އައިމަންއާއި އިވާން އަޅައިގަތުމުން އެދިމާލަށް ދާން ހިނގައިގަތްއިރު، ތޯރިޤު އުޒާމް އަދި ބަލްގިޝް ތިބީ އޮލަ ވާހަކައެއްގައެވެ. ތުގާގެ އިތުރުން ޕާރޓީގައި ތިބި ހުރިހާ މެހެމާނުން ސިއްސައިގެން ދިއައީ ކަރަންޓުގޮސް، މުޅިތަން އަނދިރިވުމުންނެވެ.

************

‎”ޒުނާރު…ކީތްވެ ލައިޓުތައް ދާންވީ؟ ގޮސް ބޯރޑު ޗެކު ކޮއްބަލަ” ނޯކަރު މީހާގެ ގާތުގައި އުޒާމް ބުނެލީ ކުއްލިއަކަށް ކަރަންޓު ދިއުމުން ކަންބޮޑުވެ ހުރެއެވެ. ގިނަ މެހެމާނުން ފޯނުން ބައްތި ޖައްސައިގެން ތިބި އިރު، އޭޒެޑްގެ ހަފުލާއެއްގައި މިފަދަ ކަމެއް ދިމާވުމުން ގިނަ ބަޔަކު ދިއައީ ކުދި ކިޔަމުންނެވެ.

‎ދެތިން މިނެޓު ތެރޭ ކަރަންޓު އަނބުރައި އައި އިރު، އެންމެންގެ ނަޒަރު ދޮރާއި ދިމާލަށް ހުއްޓުނީ ދޮރު ހުޅުވުނު އަޑަށެވެ. އޭރު މުސްކުޅި އަންހެނަކު ދޮރު ކުރިމަތީގައި ހުއްޓިލައިގެން ހުރީ އޭނާއަށް ފެންނަމުން ދިޔަ މަންޒަރުން ހައިރާންވެ ހުރެއެވެ. ގަދަ ނޫކުލައެއްގެ ހައުސްކޯޓެއް ލައިގެން ހުރި އިރު އެ ހެދުން ވަނީ ހުދު މިނާ ތަކުންނާއި ރޭނދާ ތަކުން ޑިޒައިން ކުރެވިފައެވެ. އަޅި ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު އެ ދޮން މޫނުމަތީގައި ވަނީ މުސްކުޅި ރޫތަކެވެ.

‎”ހެޕީ ބާރތެޑޭ މާމާ” ގޮސް އާދިލާގެ ގާތުގައި ހުއްޓިލަމުން އައިމަންއާއި އިވާން އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ އަދާކުރިއެވެ. ހުރިހާ މެހެމާނުންގެ އަތްތިލަބަޑީގެ އަޑާއި ތަހުނިޔާގެ އަޑުތައް މާހައުލުގައި ގުގުމާލިއިރު، އުޒާމް ފިޔަވައި އެހެން އެންމެންގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ.

‎ގޮސް އާދިލާގެ ގައިގައި ބައްދާލަމުން އުޒްވާ، ބަލްގިޝް އަދި ތުގާ ވެސް އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ އަދާކުރިއެވެ. “މާމަ ސަޕްރައިޒްވިތަ؟” އާދިލާ ގާތު އައިމަން އަހާލިއެވެ. “މާމަގެ ލޯބި ކުދިންކޮޅަށް މާމަ ސަޕްރައިޒް ދޭން އުޅެނިކޮށް އޭގެ އިދިކޮޅު ދޯ މިވީ..ތެންކިޔޫ….” އައިމަންއާއި އިވާންގެ ބޮލުގައި ފިރުމާލަމުން ލޯތްބާއިއެކު އާދިލާ ބުނެލިއެވެ.

‎އާދިލާއަށް އުފަންދުވަހުގެ ތަހުނިޔާއާއި ހަދިޔާތައް ދިނުމުގައި އެންމެން މަސްޢޫލު ވީއިރު އިވާން އެއްފަރާތަކަށް ޖެހިލީ، އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ.

“ތޫ ދަރިފުޅާ ޔޫ ލުކް ގޯރޖަސް…ކޮން އިރަކު ތަ މާމައަށް ހެޕީ ނިއުސް ދޭނީ…މި ވާން ހުރެދާނެ ލަދުން ނުބުނަންވެސް، އެކަމް ތޫ ގެ ފްރެންޑްއެންނު ދޯ މާމަ މީ” ތުގާގެ ކަންފައިތްބުޑުގައި އާދިލާ ބުނެލުމާއިއެކު ލަދުން ތުގާއަށް އިސްޖަހާލެވުނެވެ. އަދި ދުރުގައި ހުއްޓި ހުރި އިވާންއާއި ދިމާލަށް ބަލާލީ ލަދުވެތިކަމާއި އެކީގައެވެ.

‎”ހާދަ ކަންބޮޑުވެފަ ތިހިރީ….ނޫރް ދެކެ ހަމަ ތިހާ ޖެހިލުން ވޭތަ” ކަންފަތުގައި ފޯނު ޖަހާލުމާއިއެކީ އިވާންގެ ކަންފަތުގައި ޖެހުނީ ނޫރްގެ އަޑެވެ. އިވާންއަށް ވަށައިގެންވީ މާހައުލަށް ބަލާލެވުނީ، ނޫރް އަށް އޭނާގެ މޫނުމަތީގެ ހަރަކާތްތައް އިނގުނީ ކިހިނެއް ބާއޭ ހިތަށް އެރުމުންނެވެ. “ތި ހޯދަން އުޅޭ މީހާ މިހިރީ އިވާންގެ ކުރިމަތީގަ…” އިވާންގެ ކުރިމަތީގައި ހުރި މޭޒުގެ ކައިރީގައި ކޮއްޅަށް ހުރި ނޫރް ފަހަތައް އެނބުރިލަމުން ބުނެލިއެވެ. ނޫރް ފެނުމާއިއެކު އިވާންގެ ދެލޯ ބޮޑުވެގެން ދިއައެވެ.

މާހައުލުގައިވީ ނޫކުލައިގެ ފަނޑު އަލި ނޫރްގެ މޫނަށް އެޅިފައި ހުރި އިރު ނުހަނު ޗާލެވެ. އެ ދޮން މޫނާއި ކަޅިރަވަ ދިއައީ ވިދަމުންނެވެ. ލައިގެން ހުރި ބޮޑުހެދުމުގެ ސަބަބުން ޝެހެޒާދީ އެކޭ ތަފާތެއް ނެތެވެ. ނަމަވެސް، މިތަނަށް ނޫރް އައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ.

‎”ކޮނޑުގަ އޮތް ފުރޯ އިވާން ހޯދަނީ ވަލުންތަ؟” ނޫރް ބުނެލީ ލުއި ގޮތަކަށް ހީލަމުންނެވެ. އިވާންއާއި ނޫރްގެ ސަމާލުކަން ވަށައިގެންވީ މާހައުލަށް ހުއްޓުނީ އައިމަންގެ އަޑުން އިވިގެން ދިޔަ ހިތްގައިމު ލަވައިގެ ސަބަބުންނެވެ. އޭރު އޭނާގެ އެކުވެރިޔަކާއިއެކު ނެށުމުގައި އާދިލާ ބައިވެރިވަނީއެވެ. ތޯރިގުގެ ދެމަފިރިންވެސް ކަޕަލް ޑާންސްގައި ބައިވެރިވިއިރު، އެހެނިހެން ޖޯޑުތައް ވެސް ނެށުމުގައި ބައިވެރިވިއެވެ.

‎އެހެންމީހެއްގެ ނަޒަރު ނޫރްގެ މޫނަށް ނުހުއްޓެނީސް ނޫރްގެ އަތުގައި ހިފައިގެން އިވާން ނެށުމުގައި ބައިވެރިވީ ޑާންސް ފްލޯރގައި ސްޕޮޓް ލައިޓް ހަމައެކަނި އެޅިފައިވަނީ އައިމަންއަށް ކަމުން، ނަށަމުން ޖޯޑުތަކުގެ މޫނު ނުފެންނަހައި މާހައުލު އަނދިރިވީތީއެވެ.

‎ނޫރްގެ ތޫނު ނަޒަރު އިވާންގެ ފުން ދެލޮލަށް ހުއްޓިފައި ހުރި އިރު ދެމީހުންގެ ދެމެދުގައި ދުލުން ވާހަކަ ނުދެކެވުނު ނަމަވެސް ދެލޮލުން އެތަކެއް އިޝާރާތެއް ދިއައީ ކުރެވެމުންނެވެ. ނޫރްގެ މަޑުމުށި ކުލައިގެ ޖާދުވީ ދެލޮލުގެ ޖާދޫގައި އިވާން ހުރީ ވަރުގަދަ ކަސްތޮޅަކުން ޤައިދުވެފައެވެ.

އައިމަންގެ ހާލަކީ ތޯއެވެ. ކިޔަމުން ދިޔަ ލޯބީގެ ލަވައިގެ ކޮންމެ ލަފުޒަކާއިއެކު އޭނާގެ ހިޔާލަށް އަންނަމުން ދިއައީ ނޫރްއެވެ. ފުރަތަމަ ނަޒަރުން އޭނާގެ ހިތް އަތުލި، އޭނާގެ ހިތުގެ ރާނީ އެވެ.

“ފުރަތަމަ ނަޒަރުން ހިތް އަދު ދެވުނީ

ހިތްގައިމު އަޑުން ފިނިކަން ލިބުނީ

ޔާރާ ތީ މިހިތުގެ ރާނީއޭ

ހިތު ވިންދު އަވަސްވާހެން ހީވޭ

އިހުސާސޭ މީ މި ހިތުން ބުނެދޭ

ޔާރާ ތީ މިހިތުގެ ރާނީ އޭ

މި ހިތް ވެއްޖޭ ފިދާ

ތި ހިނިތުންވުމުން މަސްތުކުރުވީ ހުވާ

މިވަރް ވާނޭ ހުވާ

ތި ދެލޮލާއި އިސްތަށިގަނޑުން ޤައިމުތާ

ތީއޭ މަގޭ، ރާނީ އިނގޭ

ކަލާޔަށް މިހިތް އެދި ގޮވާ

ތީއޭ މަގޭ، ރާނީ އިނގޭ

މިހިތުގާ ވަނީ ހަމަ ކަލާ

ފުރަތަމަ ނަޒަރުން ހިތް އަދު ދެވުނީ

ހިތްގައިމު އަޑުން ފިނިކަން ލިބުނީ

ޔާރާ ތީ މިހިތުގެ ރާނީއޭ

ހިތު ވިންދު އަވަސްވާހެން ހީވޭ

އިހުސާސޭ މީ މިހިތުން ބުނެދޭ

ޔާރާ ތީ މިހިތުގެ ރާނީ އޭ

‎
‎އިވާންގެ އަތް ނޫރްގެ ހިމަ އުނަގަނޑުގައި އަޅުވާލެވިފައިވީ އިރު، ނޫރްގެ ދެ އަތް ވަނީ އިވާންގެ ކޮނޑުމަތީގައެވެ. ރާގާއި އެކު ނޫރްގެ އަތުގައި ހިފައި އިވާން، ނޫރް އަނބުރާލުމާއި އެކީ ނޫރް އައިސް ތަތްވީ އިވާންގެ ތަނަވަސް މޭމަތީގައެވެ.

ދުލުން އިވުމުން މަލާ

މި ލިބިދޭ އަރާމާއި ފިނިކަން ހިތަށް

ތި ހިޔާލްގާ ރޭދުވާ

މި ނިމިގެން ދަނީ ލޯބި ވެވުނީމަ ޔާރް

ތީއޭ މަގޭ، ރާނީ އިނގޭ

ކަލާޔަށް މިހިތް އެދި ގޮވާ

ތީއޭ މަގޭ، ރާނީ އިނގޭ

މި ހިތުގާ ވަނީ ހަމަ ކަލާ

ފުރަތަމަ ނަޒަރުން ހިތް އަދު ދެވުނީ

ހިތްގައިމު އަޑުން ފިނިކަން ލިބުނީ

ޔާރާ ތީ މިހިތުގެ ރާނީއޭ

ހިތު ވިންދު އަވަސްވާހެން ހީވޭ

އިހުސާސޭ މީ މިހިތުން ބުނެދޭ

ޔާރާ ތީ މިހިތުގެ ރާނީ އޭ

އެދެނީ އުމުރަށް ވުމަށޭ އެކުގާ

އުމުރަށް ބީހިލުމަށް ފަރި އަތުގާ

ޔާރާ ތީއޭ، މި ހިތުގެ ރާނީ އޭ”

‎
‎ތުގާގެ ދެލޯ ހޯދަމުން ދިއައީ އިވާންގެ ސޫރައެވެ. ނަމަވެސް މާހައުލުގެ އަނދިރިކަމުން ސްޕޮޓް ލައިޓު އެޅިފައިވީ މީހުން ފިޔަވައި އިތުރު މީހެއްގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. ފޯނުގެ ލައިޓު ޖައްސާލަމުން ތުގާ ނަށަން ތިބި ޖޯޑުތަކާއި ދިމާލަށް އަލިކޮއްލިއެވެ. އިވާންގެ މޫނު ފެނުމުން އެދިމާލަށް ހިނގައިގަތް ތުގާގެ ފިޔަވަޅުތައް ހުއްޓުނީ އިވާންގެ ގާތުގައި ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. މޫނު ސާފުނުވިޔަސް އެ ކުއްޖާގެ ހެދުން ތުގާއަށް ރަނގަޅަށް ފެނުނެވެ.

‎ނޫރްގެ އަތުގައި ހިފައިގެން އިވާން އެ ތަނުން ދުރަށް ދިއައީ، އެއްވެސް މީހަކަށް ނޫރްގެ ސޫރަ ފެންނަން އޭނާ ބޭނުން ނުވާތީއެވެ.

‎ލަވަ ނިމުމާއި އެކު ނެށުން މެދު ކަނޑާލުމަށް ފަހު ޕާރޓީގެ ކުރިއަށް އޮތް ހަރަކާތްތަކާއިގެން ކުރިއަށް ދިއުމަށް އައިމަން އަވަސްވެގަތެވެ.
‎”ހެލޯ އެވްރީވަން….މިހާރު މިއުޅެނީ އަހަރެމެންގެ ލޯބިވާ މާމައަށް ހާއްސަކޮން އަހަރެމެން ތައްޔާރު ކޮއްފަވާ ވީޑިއޯ އެއް ތިބޭފުޅުންނަށް ދައްކާލަން…” މައިކު ހުފައިގެން ހޯލުގެ މެދުގައި ހުއްޓިލަމުން އައިމަން ބުނެލިއެވެ. ފާރަށް ސްލައިޑުތައް އެޅިގެން ދިއުމާއިއެކު އެންމެންގެ ނަޒަރު އެދިމާލަށް ދަތުރު ކުރިއެވެ.

‎”އުޒާމް…ކޮބާ ލާމިއުގެ ހަބަރެއްވި؟ ހާދަ ގިނަ ވަގުތެކޭ އެ ނަގަނީ؟” އުޒާމްގެ ކަންފައިތް ބުޑުގައި ތޯރިޤު ބުނެލިއިރު އޭނާގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. “އެކަމާ ވެސް އުޅެވޭނީ މި ޑްރާމާ ނިމުނީމައެއްނު…މަންމަ ވެސް ވެއްޖެ މިކޮޅަށް އަންނަން” އުޒާމްގެ އަޑުގައި ވަނީ ފޫހިކަމެވެ.

‎އެޅުވިގެން ދިއަ ވީޑިއޯއަށް އެންމެންގެ ސަމާލުކަން ހުއްޓިގެން ދިއައެވެ. “އައިމަންއަކީ އަނެއްކާ އަހަރެންގެ ދަރިއެއްތަ؟ މިހާރު އަހަންނަށް ޝައްކު!….އުޒްވާގެ ތި ހަޔާތްކުޑަ ގޮތްކުޑަ އުޅުން ފެނިފަ އަހަރެން ކިހިނެއް އުޒްވާއަށް އިތުބާރު ކުރާނީ..” އެޅުވިގެން ދިޔަ ވީޑިއޯއިން ފެންނަމުން ދިއައީ އުޒްވާ އަދި މެދު އުމުރު ފުރައިގެ ފިރިހެނެކެވެ. “އަހަރެންނާ ދިމާލަށް ތިހެން ބުނާކަށް މަމްދޫހު ލަދެއް ނުގަނޭތަ! ބަލަ އަހަރެން މީ މަމްދޫހުގެ އަނބިމީހާއޭ! ނޯކަރެއްގެ ދަރަޖައިން ސާހިބުގެ ދަރަޖައަށް މަމްދޫހުއަށް އާދެވިފަ ތިހިރީ އަހަރެންނާހެދިއޭ!”

‎އިވެމުން ދިޔަ އަޑުތަކާއި ފެންނަމުން ދިޔަ މަންޒަރުގެ ސަބަބުން ހުރިހާ މެހެމާނުންގެ މެދުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔަ އިރު، ބައެއް ނޫސް މީޑިއާ ތަކުގެ ރިޕޯޓަރުން ދިއައީ އެ މަންޒަރު ވީޑިއޯ ކުރަމުންނެވެ.

‎ފެންނަމުން ދިޔަ ވީޑިއޯއަށް ނަޒަރު ހުއްޓާލައިގެން ހުރި އައިމަންގެ ދެލޮލުގައި ކަރުނަ ވިދަމުން ދިޔައިރު މޫނުމަތީގައި ވަނީ ހައިރާންކަމެވެ. އުމުރުން އެންމެ އަށް އަހަރު އޭނާގެ މަންމައާއި ބައްޕަގެ ވަކިވުމުގެ ސަބަބުން އައިމަންއަށް އެތައް އަސަރުތަކެއް ކުރި ނަމަވެސް، އެދެމީހުން ވަކިވުމަށް މެދުވެރިވީ ސަބަބެއް އޭނާއަކަށް އިނގިފައެއް ނެތެވެ. އަދި ބައްޕަގެ އަޅާލުމާއި ލޯތްބެއްވެސް އޭގެ ފަހަކުން އޭނާއަކަށް ލިބިފައެއް ނުވެއެވެ.

‎އުޒްވާގެ ދެލޯ ބޮޑުވެ ފެންނަމުން ދިޔަ ވީޑިއޯގެ މަންޒަރުތައް ޤަބޫލުނުކުރެވިފައި ހުރިއިރު، އުޒާމް އަދި އާދިލާގެ މޫނުމަތީގައި ވެސް ވަނީ އެފަދަ އަސަރުތަކެކެވެ.

‎”އަހަރެން ޤަބޫލުކުރަން އަހަންނަކީ އުޒްވާގެ އާއިލާ ހާ މުއްސަނދި މަހުޖަނެއް ނޫން ކަން، އެކަމު ތި ފާޑަށް އެހެންމީހުންގެ އެނދު ފަޅު ފިލުވައިދެމަކުން އަހަރެން ނުދުވަން….ލަދު ގަނޭ ތީ އެއް އިރެއްގަ އަހަރެން ލޯބިވި އުޒްވާ އޭ ބުނަންވެސް…ލަދުގަނޭ ތީ އަހަރެންގެ އަނބިމީހާ އޭ ބުނަންވެސް” މަމްދޫހުގެ އަޑުގައިވީ ހިތާމައެވެ.

‎”ތިހާ ލަދު ގަންނަންޏާ ވަރި ކުރީމަ ވީއެއްނު…ތިކަހަލަ ފަޤީރަކާ އިނދެވުނު މޮޔަ އަހަރެން އެބަ ހިތަށް އަރާ”

‎އެހިސާބަށް ވީޑިއޯ ދިއަތަނާ އުޒާމް ގޮސް އެ ވީޑިއޯ ނިއްވާލިއެވެ. އާއިލާއާއި ކޮއްކޮގެ އަގު ވެއްޔާ މޮޑެވިގެން ދާ މަންޒަރު ބަަލަން އޭނާއަށް ކެތް ނުވީއެވެ.

‎އޭރު އެތާގައި ތިބި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އެއް އަސަރެކެވެ. އުޒްވާއާއި ދިމާލަށް ބަލަހައްޓައިގެން ތިބެ ގިނަ މީހުން އެއްޗެހި ކިޔަމުން ދިޔަ އިރު އައިމަންއަށް ވެސް ބައެއް ސުވާލުތައް ދިއައީ ރައްދުވަމުންނެވެ.

‎”މި ވީޑިއޯގައި ދެކެވުނު ވާހަކަ ތަކާ މެދު ތިޔަ ބޭފުޅާ ބުނެލައްވާނީ ކީކޭތޯ؟ އައިޝަތު އުޒްވާ އަކީ އެ ފަދަ އަންހެނެއްތޯ؟ އުޒްވާއާއި އޭނާގެ ފިރިމީހާގެ ވަރީގެ ސަބަބަކީ އުޒްވާގެ ގޯސް އުޅުންތޯ؟ އައިމަން އަކީ ނަހަލާލު ކުއްޖެއްތޯ؟” ރިޕޯޓަރުން އެކި އެކި ސުވާލު ކުރަމުން ދިއައިރު ދޭނެ ޖަވާބެއް އެކަކަކަށްވެސް ނޭގުނެވެ. ފާއުޅު ވެގެން ދިއަ ހަޤީގަތުގެ ސަބަބުން ހައިރާންވެ ގަބު އަރައިފައި ހުރި އައިމަން ހިނގައިގަތީ އެ ގެއިން ނިކުތުމަށެވެ.

‎”ޕާރޓީ މިހާ ހިސާބުން މި ނިމުނީ…ސެކިއުރިޓީ ޕްލީސް ޓޭކް އެވްރީވަން އަވޭ” އުޒާމްގެ ނުރުހުން އެކުލެވިގެންވީ އަޑު އެ މާހައުލުގައި ގުގުމައިގެން ދިއައެވެ.

‎ނޫރްގެ އަތުގައި ހިފައި ގެންގޮސް އެތަނުން ކޮޓަރިއަކަށް ވައްދަމުން އިވާން އެ ކޮޓަރީގެ ތަންޑު އަޅުވާލިއެވެ. ފަހަތަށް އެނބުރި ނޫރްއާއި ކުރިމަތި ލީ އިރު އިވާން މޫނުމަތީގައިވަނީ ނުރުހުމުގެ އަސަރުތަކެވެ.

‎”ނޫރް ކީތްކުރަން މިތަނަށް ތިއައީ….ނޫރްގެ ތި ކޮންމެ އަމަލެއްގެ މަޤސަދަކީ ކޮބާތަ…ނޫރް ބޭނުން ވެގެން ތިއުޅެނީ ކޮންކަމެއްތަ؟” އިވާންގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ. “ޝިކާރަޔަށް ނިކުންނަ ސިންގާ ކޮންމެ ދުވަހަކު ތަފާތު ވައްތަރުގެ ޝިކާރަ ހޯދަނީ ކީއްވެކަން އިވާންއަށް އިނގޭތަ؟ އަބަދު އެއް ރަހަ އެއްލާ އެކައްޗަކުން ބަނޑުފުރަން ވެއްޖިއްޔާ ސިންގާވެސް ކާހިތެއް ނުވާނެ!” ނޫރްގެ އަޑުގައި ވަނީ ހަމަޖެހުމެވެ. “އައި ޖަސްޓް ޑޯންޓް އަންޑަސްޓޭންޑް ޔޫ ނޫރް…” “ޑޯންޓް އިވެން ޓްރައި އިވާން…” ނޫރްގެ އަޑުގައި ވަނީ ނުރައްކާތެރި ކަމެވެ. ބުނާނެ އެއްޗެއް ނުވިސްނުމުން އިވާންއަށް ނޫރްއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

އަތުގައި އޮތް ޕާރހުން ޕެންޑްރައިވް އެއް ނެގުމަށްފަހު ނޫރް އެ ކޮޓަރީގެ އެނދު މައްޗާއި ދިމާލަށް އެއްލާލިއެވެ. ހުދު ކުލައިގެ އެ ޕެންޑްރައިވް ގޮސް އެނދުމަތީގައި ޖެހުމާއިއެކު އިވާން އެދިމާލަށް ބަލައިލިއެވެ.

“މަޤްސަދު…ބޭނުން….މި ދެލަފުޒުން ސަމާލުކަން ވަކިކޮއްފަ ފޯކަސް އޮން ބެނެފިޓްސް….ފައިދާ!” އެހެން ބުނެލުމަށްފަހު ނޫރް ހިނގައިގަތީ އެ ކޮޓަރިން ނިކުންނާށެވެ.

އެތައް ސުވާލެެއް ފުނިޖެހިފައި ހުރި ނަމަވެސް އެނދުމަތީގައި އޮތް ޕެންޑްރައިވް ނަގައި ޖީބަށް ލަމުން ނޫރްގެ ފަހަތުން އިވާން ވެސް އެ ކޮޓަރިން ނިކުތެވެ.

ކޮޓަރިން ނިކުމެގެން ގޮސް ސިޓިން ރޫމަށް ދިއުމަށް ހިނގައިގަތް ނޫރްގެ ފިޔަވަޅުތައް، ސިޓިން ރޫމަށް ނިކުންނަން ހުންނަ ގޯޅި ގަނޑުގެ ތެރޭގައި މަޑުޖެހިލީ، ޕާރޓީއަށް އައި އެއްވެސް މެހެމާނެއް އެތަނުން ފެންނަން ނެތުމުންނެވެ. މޫނުމަތިން ދާތިކިތައް ފައުޅުވެ ހާސްކަން ނޫރް ވަށާލީ ސިޓިން ރޫމުގައި ތިބި އުޒާމްއާއި އާދިލާ، އުޒްވާ އަދި ތޯރިޤުގެ އާއިލާ ފެނުމުންނެވެ. އޭގެން އެކަކުވެސް އެދިމާލަށް ބަލައިލައިފިނަމަ އެ އެންމެނަށް އޭނާ ފެންނާނެއެވެ. ގަނޑުވެ ގަބު އަރައިފައި ހުރި ނޫރް ސިއްސައިގެން ދިއައީ، އޭނާގެ އަނގަ މަތީގައި އަތް އަޅައި، މީހަކު އޭނާ އެތަނާއި ދުރަށް ގެންދިއުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (186)

  1. NooR

    Yayyyyy me first thr??????anehkkaavx nukiyaa cmnt ey mi kohlee

    1. Ivaan
      NooR

      Hahaha dhen kiyaaafa vx kohlaaaaa?

    2. NooR
      NooR

      Anehkkaa vx NooR ge cmnt Dhivehin kohllaanan
      ކަލޯ އާރިފު ޕަބްލިޝް ކުރާތި…. ނުކޮއްފިއްޔާ މައި މިޝަން ޓު ބައްޕަ ކައިރިން ވަލީ ހޯދަން އިވާން އާ އިންނަން…. އަނެއްކާ އައިމަން އޭ ބުނެފިއްޔާ ފަހުން ނަފުރަތު އުފެދުން އެކަށީގެން ވޭ

    3. Ivaan
      NooR

      ކަލޯ ދެން އިވާން ވެސް ދިވެހި ކޮއްލަނީ ޕަބްލިޝް ކުރާނެ ކަމުގެ ފޮނި އުންމީދުގަ….ކީތްކުރާނީ ދޯ މި އާރިފަކަށް އަހަރުންގެ ޖަޒުބާތު އަންޑަސްޓޭންޑެއް ނުވޭ???

    4. NooR
      NooR

      އަލްޙަމްދު ﷲ ޝުކުރު…. މާދަމާ ހުކުރު… ކިރު ތައްޓައް ހަކުރު……. ބޮއްކުރަޔައް ބަކުރު???އިވާން ގެ އާދޭސް އާރިފު ވަރަށް ހާލުން ގެޓު ކޮށްފި…. އާންއޭ އޭތި ހިތެކޭ ކިޔާފަ އޮންނަނީ ތަށި ދޮންނަ ނަރު ގަނޑެއް… ދުލެކޭ ކިޔާފަ ހުލެއް… ބަލަ އަހަރުން ވެސް މީ އިންސާނުންނޭ އާރިފާ ދައިތާ… އެހެން މީހުުންނަށް އިޙުތިރާމު ކޮއްބަލަ… ލޯބީގަ އެކަންޏެއް ނޫނޭ ޖަޒުބާތު ހުންނަނީކީ

    5. Ivaan
      NooR

      މަށަށް ހީވަނީ އާރިފު ގޮލާ ގެ އައިނު ގެއްލިގެން ހެން އުޅެނީ…ދެން މި ދިވެހި ކޮމެންޓުތައް އެކަނި އެސޮރަށް ކިޔޭކަމަށް ވަނީ…ކަލޯ އައިކެއާރ އަށް ގޮސް އައިު އާ ކޮށްބަލަ ހެޔޮނުވާނެ…ކިޔުންތެރިންގެ ޖަޒުބާތަށް އިޙުތިރާމު ކޮށްބަލަ އާއްޓޭ!?

    6. ⚽AIMAN⚽
      NooR

      ސަންތި އިންނަން ތަ އެހާ ގިނަ މީހުންނާ.. ދޮންބެ ފުރީމަ އަނެއްކާ އިވާން އާ އިންނަން.. ތި ދޭބަލަ އާރިފު އާ އިންނަން.. އޭރުން ކޮމެންޓު ޕަބްލިޝް ކުރާނެ މަންޖޭ

    7. Afaa
      NooR

      Congrats darling♥️

  2. Ivaan

    Hama habeys ingey mee hama ehvana mi vareh neiii kalo e aiman ehery rangalhah moya vefa eyoh kiyaali lava eh dho heyonuvaane evarah ishq ga jehen

    1. Afaa
      Ivaan

      Thankyou ivv yess aiman kuda kn buhdhi filaafa dhw?♥️

    2. Laiba
      Ivaan

      މަށަށް ވައްތަރީ ދަނޑުވެރިޔާ ކާ ހަމަ ހުވާ މިބުނީ މާ ވާހަކަ އެއް ލިޔާ ހިތުން ސައިން އިން ވެގެން ވާހަކައަށް ކޮމެންޓު ކުރިން ކުރިން ނެއްލި 8 ޕާޓަށް އާރިފުގެ ހެޔޮފުޅު ކާމައި ހެދި ސަބްމިޓް ވެސް ކޮށްނުދިނޭ ކަލޯ އެންމެ ފަހުން ކުރީދުހު އެރި އިރާ އެކީ މަ ސައިން އައުޓު ވެފަ ބަޗައިފިން ދޭން 8ވަނަ ޕާޓަށް ކުރި ކޮމެންޓު ވެސް ހިތްޕުޅާނުވީމަ ތޯއްޗެއް ސަބްމިޓް ވެސް ނުކޮށް ދިން މީ ނޫރް އާއި އިވާން މިތާގައި މަފޮޅުވާ ފާޅުވާ މުޅި މިތަން ބަގީޗާ އަކަށް ހަދައިފި ކަލޯ އައިމަން މިފަހަރު މިދިޔައީ ޗޮކުން ދޯ
      Btw Miy Abu ingey

  3. Ivaan

    Noor aa ivaan ge couple dance haadha ishqq ey hama ehvana ingey! Mi thuga adhi eba boki dhikkure ehnu huhhh ulhey goii

    1. ❤️Scarlet❤️
      Ivaan

      Dhwwwwwww…. Iv Bro rom kann…. Awwwwwww ????

    2. Ivaa
      Ivaan

      އިވާން ގެ ރާނީ އޭ އެއީ މި އައިމަން ހަމަ ކަޓުވަން ވެގެން…އެންމެ ފަހުން އެޖެހުނީ ހިތާމައިގަ ގެއިން ބޭރަށް ނައްޓާލަން??

    3. NooR
      Ivaan

      އެހެންހޭ ވާނީ ދޯ???އަދިވެސް ނޫރް ފަހަތުން ދުވެޔޭ.. ދޯ އިވާ?????

    4. Ivaan
      Ivaan

      މި އާރިފާ ހެދި އިވާ އޭ ލިޔެވުނީ މީ އިވާން އޭ ކަލޯ??

    5. NooR
      Ivaan

      މަށަށް ވެސް އިނގެޔޭ ކަލޯ ????ހަމަ އެ އާރިފު ގެ ނުފޫޒު ގަދަ ކަން

    6. ❤️Scarlet❤️
      Ivaan

      Midhemeehun story ga Maa folhuveyvaru madhuvegn Mithaa Maa folhuvantha this plane kurany?

    7. Afaa
      ❤️Scarlet❤️

      Scarlet…sis ah wes hywany midhekudhin maafolhuweyleh madhy hen? hurebala honeymoon ah fonuwaalaanan

    8. Ivaan
      Ivaan

      ނޫނޭވާ އެއީ ވަރުގަދަ އާރިފެއް! މަސްވެރިއެއް ތޯއްޗެ…މިފަހަރު ވާނެ ކުޅި ދައްކާލަން އެސޮރަށް

    9. Ivaan
      Ivaan

      ދޮން…މާ ފޮޅުވައިގެން ވެސް އެ އާރިފަށް ބޮނޑިއެއް ދެވިއްޖިއްޔާ ރަނގަޅެއްނު??

    10. Anonymous
      Ivaan

      Yeah dhww vaane kulhi dhahkaalan… Dhon is with you guys ingey… Bllllllllllllll aarif ????

    11. Ivaan
      Ivaan

      ގަރުދިޔަ ބޯންދޭންވީ ތޯއްޗެ???

    12. ⚽L#Y@♍
      Ivaan

      Hahahahahahahaha dhonbe aa eku maa folhu vaafa aissa mithaa ivaan aaeku vx maa folhu vanee santhi

    13. Afaa
      Ivaan

      Ahahah yes wrh lwbi dance eh dhw! Kyhkuraany thuga wes???

  4. Ivaan

    Sahaadheh mi bunee comment eh satheyka faharu kuryma noony up nuvaane

    1. NooR
      Ivaan

      Huvaa kithah folhuvathuge dhigu cmnt eh ma mikuree?????Haraan publish vi nama…. Huh v foohi vey aarifu dheke

      Dhen mi publish kohfiyaa rangalhu

    2. NooR
      Ivaan

      ހަހަހަހަ ބިރުން ވެސް ކޮށްފި ދޯ????އެޑްމިން ވެސް ނޫރް ދެކެ ބިރު ގަނެޔޭ ދޯ

    3. Ivaan
      Ivaan

      kon aarifeh kalo

    4. Ivaan
      Ivaan

      ކަލޯ އާރިފު މީ ޑަރްޕޯކް އެއް ތަ?

    5. NooR
      Ivaan

      އޭ ކަލޯ މިހާރު މަ އިނގިރޭސިން ކުރީމާ އަރަނީ ސްލޯވް ޑައުން އޯ… މަށަށް ހީވަނީ އެއީ އެފްރިކާ އިން އައިއްސަ ހުރި ބޮޓެއް ހެން

    6. Ivaan
      Ivaan

      އެފްރިކާ އެއްނޫން ކަލޯ ސީރިއާ ތޯއްޗެ! އެހާ ރަހުމު ކުޑަ ވިއްޔަ! އިނގެރޭސި ކޮމެންޓު ލިޔެލިޔެ މަގޭ އަތު ހަންވެސް މަށައިގެން ގޮއްސި???

    7. NooR
      Ivaan

      މަގޭ ފައިން ހަންގޮއްސި ?????ހުވާ ކަލޯ ދެރަ ކަމެއް

    8. Ivaan
      Ivaan

      ފައިން ކީއްކުރަން މިވަރުން ދަންޏާ ސިކުނޑިންވެސް ހަންދާނެ! މަގޭ ހިތް?☠️

    9. Anonymous
      Ivaan

      Santhyyyyyyy fain tha manje comment liyanee! Puleeeeeeeeeeeeeez teach me fain liyan

    10. ❤️Scarlet❤️
      Ivaan

      Santhyyyyyyy that was me inge foni anonymous eh noon

    11. Ivaan
      Ivaan

      ތެދެކޭ ކިހިނެކޯ ފައިން ޓައިޕު ކުރަނީ މަންޖޭ!???

    12. Afaa
      Ivaan

      Alhwy???

    13. ⚽AIMAN⚽
      Ivaan

      ސަންތި ތީ ސިކުނޑި ވެސް ނުހުންނަ މީހެއް.. ފައިންނެއް ވެސް ނޫން ކުރަނީ އާރިފު ލައްވާ ކޮމެންޓު ކުރަނީ ދޯ ސަންތި

  5. Ivaan

    Kaakutha noor anga mathy aii elhy anehka ivaaan tha

    1. NooR
      Ivaan

      Noon E ulhey moya bolah araigen ulhey soru thwcheh

    2. Ivaan
      Ivaan

      E aiman golr tha ekm esoru gossi ge dhookohfa

    3. NooR
      Ivaan

      Aan Ebunaahen ???forgot vee???vedhaane Ivaan kamah vx dhw ??Ivaan Anehkka E manjje ah neyvaa levey varu kurahchey
      ކަލޯ އާރިފަކީ މި ކޮމެންޓު ތައް ޕަބްލިޝް ނުކުރާ މި ސައިޓުގެ އެޑްމިން…. ގެޓު؟؟؟؟

    4. Ivaan
      Ivaan

      Ivaan ge neyvaa vx noor ge neyvaa yaa gulhifa ey kalo aarn bodu kon getu bro

    5. ❤️Scarlet❤️
      Ivaan

      I think Ivaan hn… Cuz he had to help noor dhww? He promised dhw

    6. Ivaan
      Ivaan

      އާން އިވާން ހެން ހީވަނީ ދޯ ދޮން….އެކަމު އެފަކީރު އެހާ ބިރުގަނެފަ ހުއްޓާ އަނގަ މަތީ އައިތް އެޅީމަ ނިކަން ހާސްވާނެ☠️

    7. Afaa
      Ivaan

      Hingaa balama thiyyeh dhw??

  6. Ivaan

    ސިސް ވަރަށް ހަބޭސް އިނގޭ ނޫރް އެ އަޅާލި ބޮމުން އަދި ހަމަ ސޮނި ވެއްޓޭނެ އިވާން ވެސް ހައްހާ…ނެކްސްޓް ޕާރޓުގެ އިންތިޒާރުގަ ހަމަ އިވާން މިހިރީ..?

    1. Afaa
      Ivaan

      Thankyou ivv? and thanks for these hilarious comments noor and ivvv kiyaakiyaa hee hee halaaku ingey♥️♥️♥️

  7. ❤️Scarlet❤️

    Afa sisoooooooooo! Vvvvvvvv cool ingey mi part! Hama speechless vejje!
    Lysm ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. Afaa
      ❤️Scarlet❤️

      Thankyou dear lym♥️♥️♥️

  8. noor

    Vrh reethi mi part❤️ivaan soninuveh thechey hehe ?? well mi part ga comment kohfa ehiny kn Noor eh thw? Kurin comment kurany alhugadu kama vaathy ahaaly..

    1. Ivaan
      noor

      އެއީ ސަންތި☠️☠️☠️ސަންތިއަށް ވެސް ނޫރް ކަމުދާތީ

    2. NooR
      noor

      ހެހެ 6 ވަނަ ޕާރޓް އިން ފެށިގެން ކޮމެންޓު ކުރާ ކުއްޖެއް މީ
      ކަލޭނޭ ބޮޑު ކަމެއް ސަހާދެއް… ތި ޕަބްލިޝް ކޮއްބަލަ ދޯ????????

    3. Ivaan
      noor

      ބަލަގަ އާރިފޫ ތިޔަހެން ނުހައްދަވާށޭ! ދެން ދެފައި ހިފާފަ އާދޭސް ކުރަން ވީތަ އޭނ!!!!!

    4. Afaa
      noor

      Thankyou noor! Yes mihaar eba ulhey two noors♥️

  9. NeeL

    OMG Kihineh mi V…. Aiman Kihaa dhera vaane?…. Noor kameh dhw ei vess…. Noor hama E aailaa barubaadhu Kuran azum kanda alhaigen dhw huree? missed laibaa mi part ga vess….. Ivaan nd noor ge dance?…. I’m so in love with noor’s character n her dialogues ❤️❤️ This part is also hama obi ?? keep it up darlin ❤️Tc

    1. Afaa
      NeeL

      Yess noor mee warugadha fahulawaanekey dhw! Thankyou neel glad you love em tc♥️♥️♥️♥️

  10. Nuhyy

    I guess dhivehin type kuryma avahah publish veydho comments lemme try that as well

    ސޯ ސިސް..މި ޕާރޓް ވެސް ހަމަ އަމޭޒިންގް…ޔޫ އޯލްވޭސް ސަކްސީޑް އިން މޭކިންގް އަސް ސްޕީޗްލެސް…???ދެން ނޫރް ގެ އެޓިޓިއުޑް ހަމަ???އެވަރުގެ ބަތަލެއް އަދި ނުދެކެން…އިވާން އެންޑް ނޫރްގެ ޑާންސް ހާދަ ލޯތްބޭ…އައިމަން ގަޅި ކުއްޖާ ކީ ލަވަ އަކަސް އެއީ ވަރަށް ރީތި ލަވަ އެއް އިނގޭ! ނުހީ ގެ ފޭވް އެއް ހަމަ…ފުރަތަމަ ނަޒަރުން ހިތްދެވިގެން އައިމަން އަދިވެސް އުޅޭތި…އުޒްވާ އެއީ ވަރަށް ގޯސްކޮށް އުޅުނު މީހެއް ދޯ އެހެންވީމަ! ސީކްރެޓްސް ރިވީލިންގް….ކީތްވެތަ ނޫރް އެހާ ބިރު ގަތީ އުޒާމްމެން ފެނިފަ؟؟؟އެންޑް ކާކު ތަ އެ އަޅެ ނޫރް ގެ އަނގަމަތީ އަތް އެޅީ..ޑޯންޓް ޓެލް މީ އިޓްސް އިވާން?ތުގާ ކައިރި ބުނެބަަލަ ވަގު ކުކުޅެއް ހެން އަލި ނުކޮށް ހުންނާށޭ…ހާދަ ފޫހިވޭ އޭނަ އުޅޭ ގޮތުން….ހަމަ ނުލިބޭނެ އިވާން އެއް???…

    އެނީވޭސް ސިސް އައި ހޯޕް ޔޫ އާރ ސޭފް
    ލަވްޔޫ
    ޓޭކް ކެއާރ♥️♥️♥️

    1. Afaa
      Nuhyy

      Thankyou nuhyy♥️Sis ah wes wrh rythi lawa ekey ei! Ahaha hingaa balamaa noor kyhwe tho birugathy and kaaku tho anga mathy aii elhy dhw! Alhey thuga dhera waane ingey??lysm dear tc♥️♥️♥️

  11. ❤️Scarlet❤️

    Aarifooo ekudhnnah Ehn nuhadhaa…. Ekudhn athunnaa fain keehkuran, hithun ves handhanee! Alhe insaanihyathey mikiyaa ehcheh netheetha? Hithuga rahumey mikiyaa ethi neytheetha! Anekka hithah ebehtha?
    Thank you my comments publish kohdheytheee but Ekudhnnah Ehn hadhaathy my heart break vey! ??????
    Anekka aarifu mashah hyh keetha? ???
    Dhn mi publish nukuraaneekee noon

    1. Ivaan
      ❤️Scarlet❤️

      ދޮން ބީ ކެއާރފުލް….ހިތް ކީ ތޯއްޗެ އެ ޕަބްލިޝް ކުރީ….އަމައްޔާއި އާރިފު އަހަރުންގެ ދޮން ވެސް ތިކަަހަލަ ކަނޭއެއް ބޭނުމެއް
      ނުވާނެ ދޯ! ބެޓާރ ލަކް ނެކްސްޓް ޓައިމް އާއްޓޭ????

    2. ❤️Scarlet❤️
      ❤️Scarlet❤️

      Aarifu ekudhn ge comments publish nukoh Hithuga nujassa Bala! Alhugandu aarifu Gf ah ves vedheefaanamey ??????
      Lol

    3. ❤️Scarlet❤️
      ❤️Scarlet❤️

      Aanekey! Alhamdhulillah my comment hama faseyhain publish very! Aaaaaarifooooo are u inlove with me! Scarlet beynumiyyaa islaahuvey ingey

    4. Ivaan
      ❤️Scarlet❤️

      ދޮން އޭރުން އެސޮރު މާ ފޮނި ބޮޑު ވާނެ! ބަހައްޓާ#ސިންގަލް ފޯއެވާރ ގުރޫޕުގަ?

    5. Afaa
      ❤️Scarlet❤️

      Alhey thikudhin ge comments hama up nuweytha????admin kairi bunelaa ehn nahadhaahshey dhw

  12. ❤️Scarlet❤️

    Ivaan… Dhon mihuree Ivaan mn ge hagguga aarifu aa innan vs thahyaarah ??????????????

    1. Ivaan
      ❤️Scarlet❤️

      އައްޔޯއި???ތިކަހަލަ ޤުރުބާނީ އެއް ނުވާތި ނަމަނަމަ! އޭރުން އާލިމްއަށް ފަލަކް ގެއްލުނު ގޮތަށް ދޮންގެ ލަވްއަށް ދޮން ގެއްލިދާނެ??

    2. ❤️Scarlet❤️
      ❤️Scarlet❤️

      Aaandhww…. Iv darlx don’t worry I’m not that seyku… Ei Mi aarifu foni kollee

  13. ❤️Scarlet❤️

    Aarifuuuu Scarlet hadhaanan ingey Ivaan mn bunaa goyh! Warning eh midhinee

    1. Ivaan
      ❤️Scarlet❤️

      ހައްހާ…އާރިފު ބިރުން އެއުޅެނީ މިހާރު! ސަންތި މަންޖެ ފިލީތަ؟؟؟؟؟???

    2. ❤️Scarlet❤️
      ❤️Scarlet❤️

      Emanjje dhonbe commenting forbid kohfa o… Dhn Class ah WiFi libuneemi kannenge e comment kurany… I think

    3. Ivaan
      ❤️Scarlet❤️

      އޯ އެއީ ދޯ މިވާ ގޮތަކީ! ހުރިހާ ކުދިންނަށް ވެސް ގުޑް ލަކް މި އޮންލައިން ކްލާސްތަކަށް…♥️

    4. ⚽AIMAN⚽
      ❤️Scarlet❤️

      Mi santhi maa folhuvan vaki meeheh noanaane.. Midhanee dhonbe kaireega bunan

    5. Afaa
      ⚽AIMAN⚽

      Ohno santhi is in trouble it seems?

    6. ⚽L#Y@♍
      ❤️Scarlet❤️

      Santhi dhonbe V rulhi gadha vaane.. Hama rathah araafa hunnaanee abadhu.. Santhi mashaa ehkon zuvaabeh vx kohnulaa dhiyaee dhw miadhu

  14. R¥N

    Maasha Allah ????????sisooo mi part vx varah salhi ???????hama neyge bunaane ehchevx ???ehaa vx salhi ???keep it up sis ???lysssm ❤❤tc ??

    1. Afaa
      R¥N

      Thankyou so much ryn♥️Lym tc♥️

  15. Just a reader

    Very nice dear keep it up

    1. Afaa
      Just a reader

      Thankyouuu♥️

  16. Shaayan

    ކަލޭނޭ ނޫރް އާ އިވާންއާ…? ނޫރް މަންޖޭ ކިތައް މީހުންނާ އިންނާނަމޭ ހިތާތަ ތި އުޅެނީ…? ހަމަ ދޮންބެ ބެންގަލޫރަށް ފުރާއިރަށް އިވާންއާ ދިމާކޮށްލީ ދޯ…? އިވާންއާ ވާހަކަ ދެއްކޭ އެކަމް މިހާރު އަހަރުމެންނާ ވާހަަކައެއް ނުދެއްކޭ ދޯ… އައިމަން ބުންޏޭ މަގޭ ކައިރި މަންޖެއާ އިވާންއާ މާފޮޅުވާ ވާހަކަ… ސާބަސް މަންޖެއަށް…? ތިވައްތަރަށް ތެޅެންޏާ ދެން ދޮންބެ ޝާދީ ކެންސަލް ކޮށްފާނެ…? އޭރުން ކަރުނައަޅާ ރޯން މަންޖެ އޮންނާތި…? އައިމަން އޭއި މި މީހުން ހުއްޓުވާ އެހެންނޫނީ ދޮންބެ ހިތްފަޅައިގެން ހިނގައިދާނެ…? މަ މިރޭ ބުނާނަން ދޮންބެ ކައިރި މަންޖެ އިވާންއާ އެއްކޮށް މާ ކީއްކުރަން ފަތްވެސް ފޮޅުވާ ވާހަކަ…? އޭ ނޫރް އައިސްބަލަ މަގޭ ހާލުބަލާލަން ކޮމެޑީ ?ލޭންޑަށް…? އެ ފުއްކިބަ މަށަށްވުރެ ދިގުވީމަ އެކަމާ ފޮނި ކަނޑަނީނު…? ހުހް… ވަރަށް ފޫހިވޭ…???

    1. Ivaan
      Shaayan

      ސުއްބޫ! ކޮންފަދަ ކަމެއްމީ ބަލަގަ މަލެއް ނޫނޭ ފޮޅުވީ އަހަރުން ދެމީހުން? ހަަމަ ބޮން އެޅީ އޭ އާރިފަށް! މާ ފޮޅޭނީ ކިހިނެއް މިއަދު ހަތަރުދަމު ވާރޭ ނުހުއްޓާ ކަލޯ☠️ މަ ގޮލާ މިއައީ ތެމެން ވެސް ގޮއްސަ??

    2. ⚽AIMAN⚽
      Shaayan

      މަ ހިތަށް އަރާ ސަންތި އަށް އެހެންމީހުންނާއެއްކޮން އުޅެން ކެރޭތީ.. އެވެސް ދޮންބެ އާ މެރީ ކޮށްފަ.. ދޯ ސާޔަނު..?? މަ އާޝް ކައިރީގައި ބުނެގެން ނަމަވެސް ދޮންބެ އާ ހަމައަށް މަންޖެގެ ވާހަކައެއް ގެންދާނަން.. މަންޖެ އަށް ދޮންބެ އާ އެއްކޮން ލަންޑަން އަކަށް ވެސް ނޫން ދެވޭނީ.. އަދި މި ސާޔަނު އުޅުނޭ މަ އެހެން ބުނީމަ ގަބޫލު ނުކުރަން..? މަންޖެ އަށް މިހާރު މަށާ އެއްކޮން ޒުވާބެއް ވެސް ކޮށް ނުލެވޭ ދޯ.. ހަފްތާ އަކު މީހަކާ ރައްޓެހި ވަންޏާ ޒުވާބު ކުރާނީ ކިހިނެއް ދޯ.. އަކަމަކު ދޮންބެ އަށް އެގިގެން މަންޖެ ދޫކޮށް ލީމަ އޮންނާނެ ރޯން.. ???????ޔަގީން ދޮންބެ އަށް އެ ހަބަރު ދޭތަނުން 5 އަހަރު ފަހުން އަންނަ އިރަށް އަންނާނީ އެހެން މަންޖެ އެއް ގޮވާގެން.. އޭރުން ސަންތި ޖޭހޭނީ ރޯން

    3. ⚽AIMAN⚽
      Shaayan

      މަ ވެސް މި އައީ ތެމެން ގޮއްސަ އޭ.. އެކަމަކު މާ ފޮޅުވީ މެންދުރު ދޯ

    4. ❤️Scarlet❤️
      Shaayan

      Eyyy aimanooooo santhi aa dhimaalah ehchehi nugovaathi! Ei Mihaaru yaash Bro ge hahgeh noon… Yaash Brother dhiyainu santhi aa marry nukoh filaign… Noor is Ivan’s princess! ???

    5. ⚽AIMAN⚽
      Shaayan

      Ey Scarlet sis.. Santhi Ey dhonbe ge meeheh.. Dhonbe kaireega Mi bunaanee Hama Mihaaru.. Dhonbe santhi aa marry vx kuriey.. 20 September 2020 dhonbe aa Santhi Manje aa marry kuri date

    6. Dhonbe
      Shaayan

      Noor Ey dhonbe ge meeheh

    7. ❤️Scarlet❤️
      Shaayan

      Hmm Hmmm gabool kohfeemey dhonbeyyy

    8. ?Ril?
      Shaayan

      Kobaa nukuriehnu e aaarifeh makuri cmnt eh
      Masha ingey eyruves
      Ejehuny dhivehi liyan
      Kameh sahaade

    9. ?Ril?
      Shaayan

      އީވާން ކައެ އާ ނޫރްއާވާ ރަނގަޅު އިނގޭ އާރިފު ގެ މަސް ކާލާ ދަށް ކާލާތި ދެމީހުން އިނގޭ ހެހެހެހެހެހެހެ
      ވަރަކަށް ކާލާފާއެބަހުއްޓޭ އަނެއްކާ ދޯ ހެހެހެހެހެހެހެ މާ ވާ ހީހީ ހަލާކުވެއްޖެ
      މާގިނައިން ވެސް އަނެއްކާނުކާތި މާނުބާވެދާނެ
      އެބުނާ ހެން ސަން ތީ ދޮންބެ ހާދަހާވާ ދެރަވާނޭ. ރިލް ވެސް މިހުރީ ޝާޔަން އާ އައިމަންގެ ޓީމް ގާ ހެހެހެހެހެހެހެ
      މަންޖޭ ޖައްސާލާއް ޖޭ އަހަރުމެން ގެ ޖަގަހައައް ވަގަށް ނަމަވެސް އިނގޭ
      ވަރަށް މީސް ވޭ ސަންތިމަތިން ދޯ އައިމަން އެން ޝާޔަން
      އާރިފު ބޭބޭ ޕްލީޒް މި ކޮމެންޓު ޕަބްލިޝް ކޮއްދޭޖޭ ވަރަށް ހާލުން މި ލިއުނީވެސް މި ކޮމެންޓު އިނގޭ ބޭބޭ

    10. ?Ril?
      Shaayan

      ސުކުރިއްޔާ އާރިފޫ
      އަންމަ ފަރާތުން ދޭ ކުޑަކުޑަ ހަދިޔާއެއް ?????????????? މިވަރު ރަނގަޅުދޯ

    11. ⚽AIMAN⚽
      Shaayan

      ރިލް ވާ ރަނގަޅު.. އާރިފު މިހާރު ހުންނާނީ މައޭގެ ބާރުގެ ދަށުގަ.. މަ ސަންތި މަތިނެއް މިސް އެއް ނުވޭ.. މަ މިސް ވަނީ ޒުވާބުގަނޑު މަތިން..ރިލް މި ސަންތި ކައިރީގަ ބުނެބަލަ މަށާ އެއްކޮން ޒުވާބެއް ކޮށްލަން އާދެބަލާށޭ.. ސަންތި ނުވަންނާނެ މިހާރު އޮޅިގެން ވެސް އަހަރެމެން ގެ ޖަގަހައަކަށް..އެއަށް ވުރެ މާ ބިޒީކޮން އުޅެނީ މާ ފޮޅުވަން??????

    12. ?LamHaa?
      Shaayan

      Mioh kameh dhw.. Noor loabikolhoo thihen hedheema dhonbe kihaa dhera vaane.. Dhonbe ge heart mi faharu ???????? vaane.. Noor konmes vagutheh hoadhaigen ahnnahchey jagaha ah.. V miss vey

    13. ⚽AIMAN⚽
      Shaayan

      Thi hurihaa enmen thihen kiyas e Manje naahaane Adeh.. Lam neiy Santhi kaireega dhonbe vaahaka dhahkaane kameh vx.. Dhuvas kolhakun innaane mihen ????????????vefa

    14. ?Ril?
      Shaayan

      ހުވާތާކާލޯ ތިހެންވީރު ރިލްގެ ކޮމެންޓްތައް ޕަބްލިޝް ވާނެގޮތެއް ހަދާލާދީބާ ޕްލީޒް މަށަކަށް ވެސް ދެން އަބަދަކު ދިވެހިންނެއް ކޮމެންޓު އެއް ނުކުރެވޭނެ ދޯ މިކަމާއުޅެލާއްޗޭ އިނގޭ އައިމަން
      ހަޔޯ އާރިފުއައް ބިރުދައްކާގެންވިޔަސް މަ ކޮމެންޓު ޕަބްލިޝް ވާނެ ގޮތެއް ހަދާދީބާ އިނގޭ
      އޭ ތެދެކޭ ސަންތީ މަވެސް ވަރަށް މިސްވޭ ޔޫޓޫގެ ޒުވާބު މަތިން ސަންތީ އަންނާއްޗޭ އައިމަން ސޮރު ހަލާކުވެދާނެ އިނގޭ އައިމަނޫ ކަލޭ ހިތްވަރު ކުރޭއިނގޭ އިރާދަކުރެއްވިޔާ އަދި ޒުވާބު ގަނޑު ވެސް ޖެއްސޭނެ އިނގޭ

    15. ?Ril?
      Shaayan

      އަޅޭ ދޮންބެއަށް ހަމްދަރުދީވަން ރިލް ތެދެއް ޖަގަހައް ޖައްސާލާތި ސަންތީ??????????

    16. Shaayan
      Shaayan

      އާއެކޭ އައިމަން މަވެސް މި ހިތައް އަރަނީ ތިހެންނޭ…? އޭ އެކަމް އެމީހުން އަދި މެރީއެއް ނުކުރެ އަދި ރަންކީއޭ…? ސާބަސް އައިމަން ކަލޭ ތިހުރީ ހަމައިގަތަ؟؟؟? މަވެސް މިފަހަރު ހުންނާނީ އައިމަންއާ އެއްކޮޅަށް… ސޮރީއޭ އޭރު އައިމަން އެހެން ބުނީމަ ގަބޫލު ނުކުރެވުނީމަ… އޯކޭއެއްނު… އެކަމް މަށަކަށް އަދިވެސް ހިއެއްނުވެ ނޫރް އެކަަހަލަ ކަމެއް ކޮށްފާނެހެން…? މަ ހީކުރީ ނޫރްއަކީ ވަރަށް އިނޮސެންޓް ކުއްޖެއްކަމަށް…? ދެން އައިމން ކަލޭ ކައިރި ބުނެިން ދޯ މަގޭ ނަން ރަނގަޅަށް ރަނގަޅަށް ލިޔާށޭ ބުނެބުނެ އިސްލާހު ނުކުރިޔޭ…??? އާނ ކަލޯ މަށަށްވެސް ހީވަނީ ދޮންބެ އަންނަމުން އަންނާނީ ދޮން މަންޖެއެއް ގޮވައިގެންހެން ދޯ…???

    17. ⚽AIMAN⚽
      Shaayan

      Ma thikan veythw V masaykaiy kuraanan.. E Aarifu ehbas vegen dhw.. Dhonbe maruvanee o.. Ril dheybala santhi govaigen annan.. Ma mihiree airport ga Bangalore ah Dhaan furan aiss.. Luhoo, Lam, Shif dheybala Santhi gennan Ril ah ehee vaan.. E Shaayan Kobaatha
      Baa

    18. Lam?Luhoo?Shif
      Shaayan

      Midhanee Noor balaa.. Dhonbe maru nuvahchey.. Midhanee Ey Santhi govaigen

    19. ⚽AIMAN⚽
      Shaayan

      Marry kohfiyey.. Marry kohgen London ah vx dhiya o Santhi bunee.. Sihrrun Marry vx kuree.. Ma eohthee Shaayan name rangalhah liyefa.. Enmen aadhey avahah airport ah

    20. Shaayan
      Shaayan

      އޭ މަވެސް ގޮވައިގެން ދޭބަލަ… މަ މިހުރީ އޭ މިތާ… ދޮންބެ މަރުވަންޏާ ޝަހާދަތް ކިޔާށޭ މަ ބުނެފިން…

    21. ⚽AIMAN⚽
      Shaayan

      Dhonbe bunee santhi Nugen dhanyaa hiyomo Thithanun ekaku nayas

    22. Shaayan
      Shaayan

      Hmm mashah fenijjey ma innaane rpl kohfa Aiman balaafa eah rpl eh dheeba

    23. ⚽L#Y@♍
      Shaayan

      Hmm ma dheefin

    24. Shaayan
      Shaayan

      Fenijje ma vx dheefin rpl ekm mashah Heevanee eii Liyam hen?

    25. ⚽AIMAN⚽
      Shaayan

      Kobaa dhonbe akee.. Ahchi Masheh noon.. Dhonbe akahnu vaanee

    26. ?Ril?
      Shaayan

      Aley dhonbe marunzvaachey plss
      Ril mioleny ey Noor gena dhonbekaari buney madukohlaashey
      Thede lam men aasba Ril ah help eh velan
      Liyam devihjetha mihaaru

    27. ⚽AIMAN⚽
      Shaayan

      Maadhama 2:00 jahaairu furanee.. Dhonbe ah v naseyhaiy dheegen hama akah elhihje

  17. ?Ril?

    Wow sis mipart ves vrh sali ???
    Masha Allah ???
    Vrh curious ingey next part ah???
    Love uuuu???
    Stay safe??
    And srry ingey sis regular koh cmnt eh nukohkeveythee???????

    1. Afaa
      ?Ril?

      Thankyou riloo♥️Its okay lym

  18. Starlight vixx

    Varah reethi mi part ves curiously waiting for the next part please thugaa dhera nukuravhcheyyy

    1. Afaa
      Starlight vixx

      Ahahah vixx ah thugaa kamudhanytha? Thankyou ♥️

  19. ?LamHaa?

    ❤️❤️❤️Wow Maasha allah V reethi mi part vx sis
    Aiman gein nikumegen dhiyaee dhw.. Ivaan kaneyge Noor ge Anga matheega e aiy elhee
    Curiously waiting For nxt part
    Stay safe
    ❤️❤️❤️Lyyysssmmm

    1. Afaa
      ?LamHaa?

      Hinga balamaa dhw Thankyou lym♥️

  20. Shaayan

    ???Masha allah vvv reethi mi part
    ???Noor nd Ivan dhwww… Heheh… Cute names
    ???Waiting for the nxt part dear
    ❤️??Stay safe nd tc sisssooo
    ???Lyssssssssssssssmmmmmmm darl

    1. aphxxx
      Shaayan

      Thankyou darling♥️Lym tc ♥️

  21. ❤️Scarlet❤️

    To all…… Ey mi aarifu comment publish nukuranya buney Scarlet dheveynee loabi vanyaa publish kuraashey
    ???????????????

    1. ❤️Scarlet❤️
      ❤️Scarlet❤️

      Dheke ***

    2. Ivaan
      ❤️Scarlet❤️

      އަމޯ މަގޮލާ އެކްސްޓްރާ ކުލާސްތައް ނިންމާފަ އައި އިރު މިއޮތީ ބޮނޑިބައިތް ބަހާ ނިންމާ ސަތޭކަޔަށް އަރުވާލާފަ…ދެން ތިކުދިން ތިހެން ކިޔަސް ކުރާނެ ކަމެއް ނެތް ދޯ ސަންތީ! ކިޔާ ކަރްހާ އޭ ކުޗް ކުޗް ހޯތާ ހޭ???? އާން ރިލޫ! ވަރުގަދައަށް މަސްކައި ހަފާލައިގެން މިހިރީ! އެ އާއްޓެގެ ގައިގަ ލާހިކެއް ނޫން އެންމެ ކިލޯ އެއްގެ މަސް ހުންނާކަށް ވެސް މިހާރު ހައްހާ!!

    3. ?Ril?
      ❤️Scarlet❤️

      ހެހެހެހެހެެ އާން ކަލޯ މަށަކައް ހިއެއްނުވެޭ ކިލޮއެއްވެސްހަމަވާނެހެނެއް އެ އާރިފުއެއްގާގާ ހެހެހެހެހެހެ
      ކައެ އައްވާ އެ އާރިފުގެމަސް ކާންވެސް ކެރޭއެއްނު މަށަކަްނުވާނެ ހޮޑުތޯއްޖެ ލެވޭނީ ރިލް އައް ހެހެހެހެހެހެހެހެހެހެ
      ކަލޯ އަހަރުން ވަރަށް ހިންގާލާމޭ ދޯ އައިމަން އެން ޝާޔާން

    4. Ivaan
      ❤️Scarlet❤️

      ރަހަ ނުލާ ގޮތަށް ކާލީމަ ހުންނާނީ ބަރާބަރަށް?

    5. ?Ril?
      ❤️Scarlet❤️

      އައްޗީ ކިހިނެއް އެހެންކާނީ ކޮންމެ ގޮތަކައްކެއަސް ރަހަލާނޭ
      މަވާދޫވެސް ނުޖައް ސާލާނަން އައްޗީ???????????

    6. ?Ril?
      ❤️Scarlet❤️

      އެހެންނޫނަސް މިނިމަހުގާ ލާނީ ކޮންފަދަ ރަހައެއްކަމެއް ވެސް ނޭނގެ މަށަކައް
      ?????????

    7. Ivaan
      ❤️Scarlet❤️

      މިނި މަހެއް ނޫނޭ އެއީ ރިލޫ! އެޔަށް ކިޔާނީ ވަޅޯމަސް? ދުމަށި މަތީގަ އަންދާލާފަ ހުރި ފައްކާ ވަޅޯމަސް ބުރިއެއް އާއްޓޭ އަކީ?

    8. Shaayan
      ❤️Scarlet❤️

      އެހެންތޭ؟؟؟ އިވާން ކަލޭ ތިއުޅެނީ ރިހާކުރު އޮލަކުރަންތަ؟؟؟ ކޮންމެ އެއްޗެއް އޮލަ ކުރިޔަސް ނޫރްއާ ދުރުގަ ހުންނާތި… އެހެންނޫނީ ފެންނާނީ ދޮންބެ އައިސް ކަލޭގެ ކަރުގަ ހިފާތަން…

    9. ⚽AIMAN⚽
      ❤️Scarlet❤️

      Dhn Noor aa ehkon maleh nufolhuveyney ivaan akah.. Aharemen miulheny miadhu Noor govaigen Bangalore ah furan

    10. ⚽AIMAN⚽
      ❤️Scarlet❤️

      Dhonbe kairiah..??? Eyrun Noor hunnaane dhonbe ge baaru ge dhashuga.. Ivaan akah nukureveyne eh kameh vx

    11. Shaayan
      ❤️Scarlet❤️

      Haha dhwww..??? Eyy ma balaa annaathi ingey ma vx dhaanan bangalore ga hunna chocolate vrh meeru vaaneyoa

    12. ?Ril?
      ❤️Scarlet❤️

      މަށައްހަޔޯ ވަޅޯމަހަކަސް ރޯމަހަކަސް މާ ނުކާނަން އެ އާރިފު ގެ މަހެއް ހޮޑުލާލާ ވަރުބަލިވާނެ ބޯސާ އައްޗީ
      އިވާނޫ ކައެ ކާލާ ދެން މިފަހަރު އާރިފު ގެ މަސް އިނގޭ
      އޭ އައިމަން މަވެސް ގެންދާ ތި މާ ވެސް ބޭނުން ޗޮކްލެޓް އެއް

  22. Shaayan

    އޭ އައިމަން މަށަށް ފެންނަނީ މި އިވާންވެސް އަހަރުމެންގެ ޖަގަހައަށް ވައްދަން… މަޖާ ސޮރެއް ވިއްޔަ… ކިހިނެއްވާނީ؟؟؟ ދެން ނޫނެކޭ ބުންޏަސް މަގޭ ކަންފަތު ތޫރި ފަޅައިގެނދާހާ ބާރަކަށްނޫން ބުނާނީ…? ތަންކޮޅެއް މަޑުމަޑުން ރީއްޗަށް ބުނާނީ…?

    1. ?Ril?
      Shaayan

      Heheheh Thede
      I ves agree majaa soreh dhw shaayan Ma mioleny kureebaa gaa kafa jahaagen kanfathugaa

    2. Shaayan
      Shaayan

      Rangalhu kafa keehkuran ma mi ulheny fothi vx kanfathuga olhaigen???

    3. ?Ril?
      Shaayan

      Hehhehehehe ragalu ingeh

  23. Laiba

    ކަލޯ ތި ވަރުން ދަންޏާ މަށައް ހީވަނީ ކަލޭ މެން އެންމެން މި ސައިޓުން ވެސް ބޭރުކުރާނެ ކަންނޭގެ މި އާރިފުއަށް މަގޭ ވެދުން

    1. Shaayan
      Laiba

      ކަލޯ ދޮގެއް ވާ ނޫން… އާރިފުއާ ދިމާލަށް އެއްޗެހި ކިޔަންޏާ ސައިޓުންވެސް ބޭރުކުރާނެ ތޯއްޗެއް…???

    2. ⚽AIMAN⚽
      Laiba

      Ma hunnaanee Aarifu ah biru dhahkaalaafa.. Nukereyne beyru kuraakah

    3. Laiba
      Laiba

      އައިމަން ކަލޯ އަނެއްކާ ކިހިނެއް ހެދީ

  24. PrincWess

    ސާބަހޭ ސާބަހޭ ސާބަހޭ?????ދެން ތި ހުރިހާ އެއްޗެއް ނުކިޔޭނެ މަށަކަށް
    ކަލޭނޭ މަ މީ ނޫރް އޭ????އެހެންވީމަ ނޫރް މާ ފޮޅުވާނީ އިވް އާ އެކީ އޭ ދޯ އިވާން…. ސަންތިމަރިޔަނބު ނުދާނެއޭ ޔާޝް ދޫކޮށްލާފައެއް???ގެޓު؟؟
    ސަންތިމަރިޔަނބު ވެސް ވަރަށް މިސް ރިލް ޝާޔޫ ލަމް މަތިން….
    ހޫމް އައިމަނޫ
    ދާނަމޭ ދާނަމޭ މިރޭ ދާނަމޭ…
    ސިއްރު ސިއްރުން ގޮއްސަ މިރޭ ޒުވާބް ކުރާނަމޭ…..
    ދާނަމޭ ދާނަމޭ ދާނަމޭ…..

    1. Shaayan
      PrincWess

      އެހެންތޭ؟؟؟ އެކަމް މަ މިހުރީ މަންޖެ ދެކެ ވަރަށް ރުޅިއައިއްސަ މަ ނުލާ ކައިވެނި ކުރީމަ…? އައިމަން ބުނީ މަންޖެ ސިއްރުން ކައިވެނި ކޮށްފިޔޯ… މަންޖޭ ދޮންބެ މިހާރު މަރުވަނީޔޯ ހިތްދަތިވެގެން…? އަހަރުން އެންމެން މި އުޅެނީ މިހާރު ބެންގަލޫރަށް ފުރަންވެގެން ދޮންބެ ކައިރިޔަށް… ދޮންބެ ބުނީ މަންޖެ ގޮވައިގެން އަންނާށޯ… މަންޖެ ރެޑީވޭ ހަމަ މިހާރު މިއުޅެނީ ދާން… އައިމަން ފޮނުވާނަން މަންޖެ ބަލާ… އަވަހަށް ތައްޔާރުވޭ…

    2. PrincWess
      PrincWess

      އައްޗި މަ އެބަ އުޅެންތަ އެމީހާ ސައިކަލު ފަހަތައް އަރަން… ބަލަ ކޮންތާކު ???މަ ކޮންއިރަކު ސާދީ ކުރީ… ނުކުރާން މަށެއް.. ލާހިކެއްނޫން ޝާޔޫ ނުލާ ކައިވެނި ކުރާ ކަށް… އާޝް ބުނީ ރިއަލް ލައިފްގައި ކުރާނީއޯ????މަ ކުރާނީ އެސޮރު ވަޑައިގަތީމައޭ.. ހޭޝްޓެގް# އައިމަން ދައްކާ ވާހަކަ އަޑު އެހުން އެއީ އާރިފު އަންހެނުން ކުރާ ކަންތައް

    3. Shaayan
      PrincWess

      ޗީޗީ…? މަ ނޫޅެން އާރިފުއާ ހިތާވާކަށް…? ހޭޝްޓޭގް# ޝާޔޫއެއް އާރިފަކާ ނީންނާނަން…? އާރިފުއާ އިނުމަށްވުރެ ރަނގަޅުވާނެ މީހަކާ ނީނދެ ހުއްޓަސް… ހޫނ މަށަށް ވަރިހަމަ އައިމަން ސައިކަލު ފަހަތަށް ނޭރިޔަސް… އެކަމް އައިމަންގެ ބައިކު ފަހަތަށް އަރާނަން ދޯ…? ކޮބާ އަވަހަށް އާދޭ ޖަގަހައަށް މިހާރު މި ނައްޓާލަނީ ޗެކިން ނިމިގެން… އަވަސްކުރޭ… ހޫނ މަ ނުލާ މަންޖެއަކަށް ވާ ލާހިކެއްނޫން ޝާދީ ކުރާކަށް…???

    4. ⚽L#Y@♍
      PrincWess

      Ey Santhi mirey Annaanan dhw maey aa ehkon zuvaabeh kohlan.. 11 jahaairu
      Mashah rangalhee vx mariyabu ma cyc fahathah neyrihyaa.. Meendhee flight ga.. Mi Santhi nuvx hifehehtey dhonbe kairiah dhaathee

    5. Shaayan
      PrincWess

      އޭ ކަލޭ ކައިރި މަ ބުނިން ދޯ މަ ބަލާ އަންނާށޭ…? ކީއްވެ ނައީ؟? މަ ނުލާ ހަމަ ދިޔައީ ދޯ…? ހެވޭ އެކަމް އަންނަމުން މަށަށް ޗޮކުލެޓް ކޭހެއް ގެނެސްދެއްޗެ އިނގޭ ޕްލީޒްޒްޒް އައިމަންންން… ކަލެއަށް އިނގޭނު މަށަށް އެންމެ މީރު ވައްތަރު ދޯ…

  25. NooR

    އާރިފު ބޭބޭ އަޅުގަނޑު ވަރަށް އާދޭހާއެކު މި ދަންނަވަނީ މި ކޮމެންޓު ޕަބްލިޝް ކޮށްދޭށޭ
    އަޅުގަނޑު އިވް ދޫކޮށްލާފަ ވެސް ހިނގައިދާނަން އާރިފް ބޭބެ އާ އިންނަން ވެސް?ހެޔޮނުވާނެ(އިވާން އަސްލު ނޫރް ނުދާނަން އިނގޭ)

    އަޅޭ އައިމަން ހަމަ އަސްލައްވެސް ނޫރް ކުރީދުހު ބުނީމަތަ ހަމަ ލަވަ ކިޔާލީ☺️☺️☺️އޯވްންން.. ތިއޮއް އަޑެއް އިސްގުގަ ޖެހުނު ޖެހުނީނުން ކިޔޭ ނުކިޔޭވެސް ނޭންގޭ ދޯ???ޕިސް ޕިސް ސިސް އަށް އިނގޭތަ މި އިވާން އަށް ނޭންގޭ ނޫރް ގޮވައިގެން ނަށާ ކަށް ވެސް???އަބަދު ހީވަނީ ނޫރް ދެލޮލުން ކަޅި އަތުލަން އުޅޭހެން ????އަދި ކިހިނެއް އަނބުރާލީ ????އަނބުރާލި ލީނުން ނޫރް ބޯ ވެސް އަނބުރައިގަން ????އައްދޭ ކާކުތަ ނޫރް އާ އިވާން އާ ޑާންސް ކުރާ ތަނައް މި ބޯދިއްކުރަނީ މާކަނާ އެއް ހެން ?????ތުގަރުދިޔަ ގަނޑާ ބޮލަށް ބަތް ތަށި އޮއްސާނުލަނީސް ދާން އުޅޭ?????ހަަހަހަ އޯ ގޯޑް މަމް މެން ވެސް ޑާންސް ކުރަނީތަ????ރަނގަޅު ފައި އޮޅިގެން ނުވެއްޓިއްޖެއްޔާ??????އަޅޭ އައިމަން ސޭކަކަށް ނޭންގުނު ދޯ ބޭބެ އާ އެކީ ތިހިތުގެ ރާނީ ނެށީރުވެސް ????އަޅޭ ކާކު ތަ އެ ވީޑިއޯ ހެދީ ???ޕުއާރ އައިމަން ???އުޒްވާ ދައިތަ ކީއްވެތަ އެހެން ހެދީ މަހޫ ބެއަށް ????????އަދި މި އިވާން ނޫރް ގޮވައިގެން ކޮޓަރި އަށް ވަދެއްޖެ އެއްނު….. އޭ ބަލަ މިހިރަ ގަމާރު އިވާނާ ???ޖަމަލު ފެން ބޮނީ އަބަދު އެއް ފެންގަނޑަކުންތަ؟އިވާން ކަނީ އަބަދު އެކައްޗެއްތަ؟ނޫނެއްނު؟އެހެންވީމަ ނޫރް ވެސް އަބަދު އެއްތާކުން ނޫން ދޯ އިވާން އާ ބައްދަލު ކުރާނީ ?ހޭޝްޓެގް# ފާހާނަ އިންވެސް ބައްދަލު ވެދާނެ….. އޯ ގޯޑް ކާކު ނޫރް އަނގަ މަތީ އަތް އެޅީ…. ތީ އިވާން ނޫން މީހެއްވިއްޔާ ހަމަ މަންމަ ކައިރީ ބުނާނަން ކޮސާލާސޭ
    ސިސް އެސް އެސް.. އެސް އެޗް… ޓީ ސީ…. އެލް ވައި އެމް އެމް… އެމް ވައި އެމް

    1. NooR
      NooR

      އައްޗީ މަ އިންނާނެ ކަމައްތަ ޕަބު ކުރީ????ހޭޝްޓެގް# ދުނިޔޭން ފިރެހެނުން ހުސްވިޔަސް ތި މީހާ އަކާ މި ނޫރް އެއް ނީންނާނަން
      އެހެން ހަދަން ހެޔޮ ވާނެތަ؟
      އޭ އާރިފާ ކަލޯ….
      ދުނިޔޭންނެ އެންމެ ފޮނިވީ……
      ތިޔަހެން ނުހައްދަވާށޭ އާރިފާ….

    2. Laiba
      NooR

      ސުއްބޫހުން ގުއްދޫސުން އާރިފު ހިތްޕުޅާ ވެއްޖެ ސަންތި ކޮންކަހަލަ މެޖިކެއްތަ ތިހެދީ ލައިއަށް ވެސް ދަސްކޮށްދީބަލަ އެހެންޏާ މިހާރު ކޮމެންޓު ކޮށްކޮށް ވެސް އަތް ބިންދައިގެން ދާވަރުވޭވީއްޔަ އޭބަލަ ތި ކިޔާލި ލަވަ ވަރަށް ސަޅި އިނގޭ ނޫރް މި ޖަމަލު ފެންބޮއޭތަ

    3. NooR
      NooR

      ޖަމަލު ފެން ކީއްކުރަން ފުރާންސު ފެން ވެސް ބޯނަން… އޭ އަބޫ ލަމް ބުނި ދޯ އިންސްޓާއަށް ވީ ގޮތް… އެއީ ހަމަ ނޫރް ގެ ރީތިކަމުގެ ބާރު

    4. Anonymous
      NooR

      އޯވވނނ އައި އަކަށް ނޭނގެ މަ ހީކުރީ ކަމަނަ މަށާ ހިތްޕުޅާ ނުވީމަ ބްލޮކު އެރުވީ ކަމަށް މަ ނުވެސް ވަންނަން އެހާ ގިނައިންނެއް މިހާރަކު އަސްލު ވަޓް ހެޕެން

    5. Ivaan
      NooR

      ކަލޭނޭ….ނޫރް މަ ނިދީމަ މީ ދޯ ކުރިކަމަކީ ރަޖާ ދަށަށް ފޯނު ލައިގެން އޮވެ! އާރިފު ނޫރް ބޭނުންވެގެނޭއެ އުޅެނީ! ކިހިނެއް ދޯ ޑާންސް ކުރާނީ ވެސް ނޫރް ދެލޮލުގެ ދަަގަތްފާނު ބާރު ގަދަކަމުން އެހެން ދިމާލަކަށް ބެލޭ ވަރެއް ނޫނޭ! އައްކޮ އެބަޖެހޭ ކަސްތޮޅު އަޅުވަން މިހާރު ހުވާ މިބުނީ ކަލޯ! ތުގާ ދޯ! އެ މަންޖެ މަގޭ ދެކެ ނިކަން ލޯބި ވާނެ ކީތް ކުރާނީ ދޯ! އެކަމު ނޫރް ތީ އޭ އިވްގެ މަލާ?♥️

  26. NooR & Santhi

    Ey Aiman jey v thr Iv noor kairy ulheythee ??? habaru dhaaaaru mashaa Ivaan aa dhuru kuran noolhey
    Varihama santhimariyanbu ehvx dhekolhu hedhumeh nethi santhi ge lwbi gandu kairiah bangalore ah dhaanan

  27. NooR & Santhi

    Ey balaga saayanaa.. Manje jehenee E fathafolhi Aiman kairy thr ahan…. Iv vahdhaanan… Eyna Ok viyya

    1. Laiba
      NooR & Santhi

      ސާބަހޭ ސިސޫ އިވާނު ދެކެ ހާދަ އިޝްގީ ލޮއެއްބެކޭ ތިޔަ ވަނީ
      އެކަމު މަގޭ އައިއްކޮއާ ނުބެހެއްޗޭ އެއީ ފަތަފޮޅިއެއްތަ އޭން
      މި އާރިފު ހާދަ ހެޔޮފުޅޭ ދޯ
      މަ މިހާރު ލޮލުން މި ކަރުނަ ބާލަނީ
      ލޮލް
      ކޮމެޑީ ލޭންޑު އަލުން ފަށަނީތަ

    2. Shaayan
      NooR & Santhi

      ސުއްބޫ ކންދުވަހެއް ކޮމެޑީ ލޭންޑު ފެށިތާ މިހާރު ގަރުނެއް ވަނީވިއްޔަ… އަހަރުމެން ކޮންމެސް އެހެން ތަނެއްގައޭ މިހާރު ޝޯވ ބާއްވަނީ…?

    3. Shaayan
      NooR & Santhi

      Eyy Bala mihaaru raees akii Aiman ey ehenviima ma ahaanii e soru kairyga dhwww

    4. Anonymous
      NooR & Santhi

      ހުވާތަ ކޮންތާކު މަ ޕާރތިސިޕޭތު ކޮށްދީބަލަ

    5. Shaayan
      NooR & Santhi

      އަމްމްމްމް… ދެޓްސް އަ ލިޓްލް ޕްރައިވޭޓް ޕްލޭސް… ހައު އޯލްޑް އާރ ޔޫ؟؟؟ އެއީ 2013 ގަ ލިޔެފަ އޮތް ސްޓޯރީ އެއް ކަންނޭނގެ ދެން އައިމަން ކައިރި އަހާފަ ބުނަން އިނގޭނީ… އޭޖް ބުނެދީފާނަންތަ

    6. Laiba
      NooR & Santhi

      މަށައް ފަންސާސް އަހަރު ވެއްޖެ

    7. Laiba
      NooR & Santhi

      މަށައް 14

    8. Ivaan
      NooR & Santhi

      އަޔޭ ނޫރް ހަމަ ތިހާ ލޯބި ވޭތަ??

    9. Laiba
      NooR & Santhi

      މަގޭ ދެލޮލުގެ ނުރާ އެއޮށް ބަސްއަހާ އީވާން އަށް ކީތް ތިކުރީ އެސޮރު ފަކީރު މުޅިން ދީވާނާ ވެއްޖެ ހުވާ މިބުނީ ފަނޑިތަ ވެރިޔަކަށް ވެސް ރަނގަޅު ކުރެވޭނެ ހެންނެށް ހިޔެއް ނުވޭ

  28. Laiba

    ސުއްބޫހުން ގުއްދޫސުން އާރިފު ހިތްޕުޅާ ވެއްޖެ ސަންތި ކޮންކަހަލަ މެޖިކެއްތަ ތިހެދީ ލައިއަށް ވެސް ދަސްކޮށްދީބަލަ އެހެންޏާ މިހާރު ކޮމެންޓު ކޮށްކޮށް ވެސް އަތް ބިންދައިގެން ދާވަރުވޭވީއްޔަ އޭބަލަ ތި ކިޔާލި ލަވަ ވަރަށް ސަޅި އިނގޭ ނޫރް މި ޖަމަލު ފެންބޮއޭތަ

  29. Laiba

    އޭނ އާރިފު މިހާރު ހެޔޮފުޅޫ ވީވީނުން ކޮމެންޓު ތައް ދެފަހަރު ޕަބްލިޝްކުރޭ އެބަ ސާބަހޭ ކަލޯ މަ ހިއްވަރު ދެން

  30. Laiba

    މަގޭ އައިމަނޫ ލޯބިވާ އައިމަނޫ މަގޭ ދެލޮލުގެ ނޫރާ ހެޔޮނުވާނެ ލައި ޕާރޓިސިޕޭޓު ކޮށްދީބަލަ

    1. Shaayan
      Laiba

      އަމްމްމް އޭޖް ބުނީމަ ޝާޔަންވެސް ޕާރސިޜިޕޭޓް ކޮށްދީފާނަން…?

    2. Shaayan
      Laiba

      ޕާރިސިޕޭޓް***

    3. Laiba
      Laiba

      14 އޭ

    4. Shaayan
      Laiba

      އޯކޭ އައިމަން އޯކޭ ދިންހާ އަވަހަކަށް ޕާރޓިސިޕޭޓް ކޮށްދޭނަން…? އާޝް ބްރޯ މަށަށް އިސްތިއުފާ ދީފާނެ އައިމަން ކައިރި ނާހާ އެޑްކޮށްދީފިއްޔާ… ހެހެހެ

    5. Laiba
      Laiba

      އޯކޭ ޔޫ އައިޖީ ބޭނުން ކުރަންތަ؟

    6. Shaayan
      Laiba

      ނޯ… މަށކަށް ނުވެސް އިނގެ އެއީ ކޯއްޗެއްކަމެއް… ހެހެހެ???

    7. Laiba
      Laiba

      ކަލޯ އިންސްޓަގުރާމު
      މަ ކެނޑީ
      ނަމާދައް
      އަނެއްކާ ނުގޮސް ހުއްޓަ އާރިފު ބަވާ އަޅާލަފާނެ

    8. ⚽AIMAN⚽
      Laiba

      Laiba ge Aslu name maey ah bunedheebalaa

    9. Shaayan
      Laiba

      އައިމަން އޭއި ލައިބާ ވައްދަބަ ޝީ އިޒް ސޯ ސްވީޓް… އައި ލައިކް ހަރ… އައި ތިންކް ޝީ ހޭވް ދަ ޓެލެންޓް ޓު ޖޮއިން އޭޒް އަ ފޭން…

    10. ⚽AIMAN⚽
      Laiba

      Ma mi bunee kobaahey Laiba ge Aslu name akee

    11. Shaayan
      Laiba

      ބަލަ އެ އޮތީނު ލައިބާ ބޮޑު އަކުރުން ލިޔެފަ…? ކަލެއަށް ހަމަ ?ނުފެންނީތަ؟? ކަލެއަށް އޮތީ ކޮން ހައްގެއް މީހުންމީހުންގެ ނަން ހޯދަން؟ ކަލޭވެސް ކަލޭގެ އަސްލު ނަމެއް ނުބުނަމެއްނު… ހުހް… ވަރަށް ފޫހިވޭ…

    12. ⚽AIMAN⚽
      Laiba

      Ma mi bunee Laiba ge Aslu name Ey.. Dhn shahku kuraanee kee noon.. Ma hunnaane baivaru Ma Aslu namun comment kohfa

  31. Laiba

    Aishath *****

    1. ⚽AIMAN⚽
      Laiba

      Aishath kohcheh

    2. Laiba
      Laiba

      ސިއްރެއް ބުނަންހޭ
      މަގޭ ނަމަކީ ސިއްރެކޭ
      މައާފު ކުރާށޭ
      ކުއްވެރިޔަކީ އަހަންނޭ
      lol

  32. NooR

    Liyam u know what? Aslu konme reaku ulhen mikamaa….but hama comp nuhulhuvey???dhen hulhuvihjehya wifi nulibey…u know v security high kohffa mashah?????

    1. Anonymous
      NooR

      Alheyyyyy dhn shaayan ge comp dhen tha noor ah??? Avahah aadhey balaa

    2. Shaayan
      NooR

      Ooppsss that was me not anonymous

    3. ⚽AIMAN⚽
      NooR

      Ekamaku mirey 11 vumuge kurin Balaaba comp hulhu veythw.. Thi indhe dhaane vaagadu loose vefa vx.. Balaabala.. Ma mirey zuvaabu kuran Beynun

    4. NooR
      NooR

      sooooooooo sorry my dear Aiman….reyga comp vx hulhuvunu…but wifikndaalaafaa…aaakkhhh masha iney mi vaagoe..ehunnannny ma vanna kan ingi gen 10 ge fahun comp in vx wifi kandaalaafa…mashah aadhevenee abadhu 1 to 4 ah

  33. ?Dude?

    Hey… Varah Salhi Mi Bai vs.. Hama ހަބޭސް….. Waiting….. ???????????????????????????

    1. aphxxx
      ?Dude?

      Thankyou ♥️

  34. Naani

    Sorry Aphxxx dhunii??? adhi hama mikiyaalee❤️ busy kamun kyhdho kuraani??? kiriya vagutheh vaairah mikiyaalee?? Alhey Maasha Allah meeni hama bunaane ehcheh neyngifa???????????? VAAVAAAVAAA????????? Aphxxx haadha molhethi dialogue thah mi gennani kihinehtha alhe??? hama bas huttifa???? haha majaa ingey Aiman lava kiyaa dhey iru Ivaan aa eku Noor nashaathee??? ekam mi Noor haadha kameh kohlayey eba❤️❤️❤️???

Comments are closed.