ކަތި ފިޔަވަޅު….(3)
ނޯޓް: 18 އަހަރުން މައްޗަށް: މިވާހަކަ އަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ
” ކޮބާތަ ޖަވާބު؟” ލުއި ހިނިތުން ވެލުމަކާއިއެކު ލިއުޝާ އަނހާލިއެވެ.
” ވިސްނާލާފަ ދޭނަން.” ގޮނޑިން ތެދުވުމަށްފަހު އަހަރެން ބުނީމެވެ.
އަހަރެން ގޮނޑިން ތެދުވެގެން ލިއުޝާގެ ގެއިން ނިކުތީމެވެ. އަހަރެންގެ ފަހަތުން ލިއުޝާވެސް ނިކުތެވެ. ސައިކަލަށް އަރާ ސްޓާޓްކޮށްލައިގެން އަހަރެން ދަންދެން ލިއުޝާ ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން މަޑުމަޑުން ސައިކަލް ދުއްވަމުން ގެންދިޔައީމެވެ. އަހަރެންގެ ހިތުގައިވަނީ ލިއުޝާގެ ޚިޔާލެވެ. އަންހެން ކުދިންނަށް ފިރިހެނުން ލަނޑުދޭ ވާހަކަ އަހަރެންވެސް އަޑުއަނހަމެވެ. އެކަމަކު، ގިނަ ފަހަރަށް އަޑުއިވެނީ އަންހެން ކުދިންގެ ބޭވަފާތެރިކަމުގެ ވާހަކައެވެ. އެމީހުންގެ އޮޅުވާލުމާއި ކެހިވެރި މަޅީގައި ފިރިހެނުންޖެހި ހަލާކުވާ ވާހަކައެވެ. އެކަމަކު މިފަހަރު މިއޮތީ އޭގެ ދިމާ އިދިކޮޅެވެ. ލިއުޝާ ބުނިގޮތުން ނަމަ، ވަރަށް ގިނަ މީހުން ލިއުޝާއަށް ލޯބީގައި ވަނީ އޮޅުވާލާފައެވެ. އެއްވެސް މީހެއްގެ ފަރާތުން ލިއުޝާއަށް އުފާވެރި ޙަޔާތަކަށް މަގު ކޮށިފައެއްނެތެވެ. އެކަމުގައި ލިއުޝާގެ ކުށެއްވެސް ނެތްކަން ނޭނގެއެވެ؟ އަންހެން ކުދިންގެ ހިތްތަކަކީ ވަރަށް މައުޞޫމް އެއްޗެކެވެ. އޮމާން ފަށުވި ޢިބާރާތުގެ ޖާދޫގައި އެހިތްތައް ހައްލާލެވިދާނެއެވެ. އަންހެން ކުއްޖާ ގިނަ ފަހަރަށް ހީކުރަނީ ފިރިހެން ކުއްޖާ ޙަޤީޤީ ލޯބިވާކަމުގައެވެ. އާޚިރުގައި ކަންތައްވާގޮތް މިއިނގެނީ ހުރިހާ ކަމެއްވެ ނިމުމުންނެވެ. ކަރު ހިއްކުން ފިލުމުން ފެންފޮދުގެ ބޭނުން ނެތިދާހެން، އަންހެން ކުއްޖާގެ ބޭނުން ބައެއް ފިރިހެނުންގެ ކުރިމަތީގައި ނެތި ދެއެވެ. ލިއުޝާއަށް މުޅިންވެސް މިދިމާވީ މިހެން ކަން ނޭނގެއެވެ. ނުވަތަ އެހުރިހާ މީހުންގެ ފަރާތުން އެލަނޑު ލިބުނުއިރު ލިއުޝާއަށްވެސް ނުވިސްނެނީ ބާވައެވެ؟ އޮހީފާއި ހަމައަށް އާދެވުނު އިރުވެސް، އަހަރެންގެ ހިތުގައި ވަނީ އެޚިޔާލުތަކެވެ.
” އަހަރެން ވަރަށް ދެރަވެފަ މިއިންނަނީ. ބޭނުން އަދިވެސް ބައްދަލުކޮށްލަން.” އޮފީހުން ނިކުތްތަނާހެން ލިއުޝާ އަހަންނަށް ގުޅިއެވެ.
” މިދަނީ.” އެހެން ބުނުމަށްފަހު އަހަރެން ފޯން ބޭއްވީމެވެ.
” ލިއުދޯ ގުޅީ.” ރިޔާޒް އަނހާލިއެވެ.
” އާނ.. ހިނގާބަލަ އަހަރެން ގޮވައިގެން އެގޭގެ ކައިރިއަށް.” ރިޔާޒްގެ ކޮނޑުގައި ޖަހާލަމުން އަހަރެން ބުނީމެވެ.
” މިރޭ ހިނގާފަތަ ތިއައީ؟” އަހަރެން ދިޔައިރުވެސް ލިއުޝާ އިނީ އިންތިޒާރުގައެވެ.
” އަހަރެން ކުރީގަވެސް އަންނަނީ މީހެއްގެ ސައިކަލްގަ؟ ކޮބާތަ މައްސަލައަކީ؟” އަހަރެން އަނހާލީމެވެ.
” މައްސަލައެއްނެތް. ހިނގާ އެތެރެއަށް.” އަހަރެންގެ އަތުގައި ހިފައިގެން ލިއުޝާ އެތެރެއަށް ވަނެވެ.
” މިފަހަރު ތިބޭނީ ކޮޓަރީގަދޯ.” ލިއުޝާ މިފަހަރު އަހަރެން ވެއްދީ ބަދިގެ ފަރާތުގައިވާ ކުޑަ ކޮޓަރިއަށެވެ.
” މީތަ ލިއުގެ ކޮޓަރި؟” ކޮޓަރީގެ ތެރެއަށް ބަލާލަމުން އަހަރެން އަނހާލީމެވެ.
” ނޫން. މީ ތިހެން އަންނަ މެހެމާނުންގެ ކޮޓަރި. މަޑުކުރައްޗޭ. އެބަ އަންނަން.” އެހެން ބުނުމަށްފަހު ލިއުޝާ ކޮޓަރިން ނިކުމެގެން ދިޔައެވެ.
” އޯ.ކޭ. އަހަރެން ނުއެއް ދުވާނަން.” ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ.
” އަނ. މިބޯލަބަލަ.” ލިއުޝާ ޖޫސް ތައްޓެއް ހިފައިން އައިސް އަހަންނަށް ދިއްކޮށްލިއެވެ.
” ވަރަށް މީރު.” ޖޫސް ތަށިން ކޯވަރެއް ބޯލުމަށް ފަހު އަހަރެން ބުނީމެވެ.
” ތީ އަދި ގާތް ރައްޓެއްސަކަށްވީތީ އަހަރެން ހެދިގޮތް. އަހަރެންގެ ލޯބިވެރިޔަކަށް އަދި ތިއަށްވުރެ މާމީރުކޮށް ހަދާދޭނަން.” މަޑުމަޑުން އަހަންނާއި ކައިރިވެލަމުން ލިއުޝާ ބުނެލިއެވެ.
” އަހަރެން ވަރަށް ވިސްނައިފިން ލިއުއާއި ދޭތެރޭ. އަހަރެން ވަރަށް ހަމްދަރިދީވެސްވޭ ލިއުއަށް. ލިއު ބޭނުމިއްޔާ.” އަހަންނަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ލިއުޝާއައިސް އަހަރެންގެ އަނގަމަތީގައި އަތްއެޅިއެވެ.
” އަހަންނަށް އިނގޭ ތިބުނަން އުޅޭ އެއްޗެއް. ތިބުނީ ޝާހް އަހަރެންދެކެ ލޯބިވެޔޭދޯ.” އަހަރެންގެ އަނގަމަތީގައި ލިއުޝާ އެޅި އަތް ނަގަމުން އަހަރެންގެ ގައިގައި ބައްދާލުމަށްފަހު ލިއުޝާ ބުނެލިއެވެ.
އަހަރެން މަޑުމަޑުން ހުރީމެވެ. ލިއުޝާ އަހަރެންގެ ގައިގައި ބައްދާލައިގެން ހުއްޓެވެ. އަހަރެން ލިއުޝާ ދުރުކުރާކަށް މަސައްކަތެއް ނުކުރަމެވެ. ލިއުޝާގެ ހިތްހަމަޖެހޭ ވަރަށް ލިއުޝާ އަހަރެންގެ ގައިގައި ބައްދާލައިގެން ހުއްޓެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. އަހަރެން ބެލީ ލިއުޝާއަށް ކިހާ އިރަކު އެހެން އިނދެވޭތޯއެވެ.
” އަހަރެން ވަރަށް ލޯބިވޭ. އަހަރެން ދޫކޮށް ނުދައްޗޭ.” އަހަރެންގެ ކޮލަށް ދޮނެއް ދިނުމަށްފަހު، އަހަރެންގެ ކަންފަތް ދޮށުގައި ލިއުޝާ ބުނެލިއެވެ.
” ތިކަން އިނގޭ. އެކަމަކު އަދި ތިހެން އުޅެން އަވަސްކަން ނޭނގެ.” ލިއުޝާ ދުރުކޮށްލަމުން އަހަރެންބުނީމެވެ.
ލިއުޝާ ތަންކޮޅެއް ދުރަށްޖެހިލިއެވެ. ދެން ވަރަށް ފުން ނަޒަރަކުން އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން މަޑުމަޑުން ލިއުޝާގެ މޫނަށް ބަލާލީމެވެ. ލިއުޝާ މަސްތީގޮތަކަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. ދެން އަހަންނާއި ދިމާލަށް އަތްދިއްކޮށްލިއެވެ. އަތް ދިއްކޮށްލުމަށްފަހު، ޝަހާދަތް އިނގިލިން ލިއުޝާއާއި ކައިރިއަށް އައުމަށް އަހަންނަށް އިޝާރާތްކުރިއެވެ. ލިއުޝާގެ އެއިޝާރާތަށް އަހަރެން އެއްވެސް ސަމާލުކަމެއްނުދެމެވެ. އަހަރެން ހަނުހުރީހެއެވެ. މިވަމުންދާގޮތުން ކުރިއަށް ނުވަތަ ފަހަތަށްވެސް ފިޔަވަޅެއް އަޅަން ނޭނގިފައި އަހަރެން އިނީމެވެ.
” ކޮންކަމާތަ ތި ވިސްނަނީ. އެއްވެސް މީހަކަށް ނުފެންނާނެ. ދެން އާދެބަލަ އަހަރެންގެ ކައިރިއަށް. ތިހާ ފިނޑި ފިރިހެނުންނަކަށް މިދުނިޔޭގައި ލޯތްބެއް ނުލިބޭނެ.” އަހަންނާއި ދިމާލަށް އަންނަމުން ލިއުޝާ ބުނެލިއެވެ.
” މީހަކަށް ނުފެނުނަސް ފެންނާނެ ފަރާތެއް ވާކަށް އަހަރެން އަބަދުވެސް ހަނދާންކުރަން. ލިއުޝާ ހުރޭތަ އެކަން ހަނދާން.” ލިއުޝާ އައިސް އަހަރެންނާއި ވަރަށް ކައިރިވުމުން އަހަރެން ބުނީމެވެ.
” ދެން އިތުރަށް ވާހަކަ ނުދައްކާ. މިހަމަ ހިމޭން ވަގުތުކޮޅުގައި ދެން ދެއްކޭނީ ހުސް ބޭކާރު ވާހަކަ. ލޯބިވާ ދެމީހުން މިހާ ކައިރީގައި ތިބޭއިރު، ލޯބީގެ އުފާ ޙާޞިލުނުކުރެވޭނަމަ. ދެން މީ ކީއްކުރާ ލޯތްބެއް؟” މިހެން ބުނުމަށްފަހު، ލިއުޝާ އައިސް އަހަރެންގެ ގައިގައި ދެވަނަ ފަހަރަށް ބައްދާލިއެވެ.
މިފަހަރު ލިއުޝާ އަހަރެންގެ ގައިގައި ބައްދާލީ ތަންކޮޅެއް ބާރަށެވެ. ދެން މަޑުމަޑުން ލިއުޝާގެ އަތުން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. ދެން ލިއުޝާގެ ދެ އަތުން އަހަރެންގެ ގައިގައި ފިރުމަމުން ދިޔައެވެ. ލިއުޝާގެ ފަރި ފިރުމުންތަކުން އަހަންނަށް ވަރަށް އަސަރުކުރިއެވެ. އެންމެ ފަހުން ނުވާންވީ ކަންތައްތައްވެސްވެނިމުނީއެވެ. ކޮޓަރީގެ ފަނޑުއަލީގެ ތެރޭގައި އަހަރެންގެ ހިތް އުފަލުން ލިއުޝާ ފުރުވާލަދިނެވެ. އެވަގުތު ކޮޅުގެ ތެރެއަށް އަހަރެންގެ ކުރީގެ ލޯބިވެރިޔާގެ ހަނދާންތައްވެސް ގޮސް ގެއްލިއްޖެ ކަހަލައެވެ. ބައެއް ހާލަތްތަކުގައި ތިމާ ކިތަންމެ ބޭނުން ނުވިޔަސް ލޯބީގެ ލައްޒަތަށް ފުރަގަހެއް ނުދެވޭނެއެވެ. އިންސާނާ ވަރަށް ހިތްވަރުވެސް ކުރާނެއެވެ. އެކަމަކު ފިނިފިނި ފަރިފަރި ދެއަތެއްގެ މަސްތީ ފިރުމުންތަކުން ސަލާމަތްވެވޭނީ ވަރަށް ހިތްވަރު ހުރެގެންނެވެ. މިފަހަރު އަހަރެންގެ ހިތްވަރެއް ނެތެވެ.
” މީ އެވަރުގެ ކަމެކޭ. ހިތްހަމަ ޖެހިއްޖެތަ؟” ފާޚާނާއިން ނިކުމެ ބޯ ފުހެލަމުން ލިއުޝާ އަނހާލިއެވެ.
” ހިތްހަމައެއް ނުޖެހޭ. ދެރަވަނީ.” މަޑުމަޑުން އަހަރެން ބުނީމެވެ.
” ޝާހު ބޭނުމިއްޔާ…….. ލިއު އަބަދުވެސް އިންނާނަން ޝާހުގެ ޚިދުމަތުގައި.” ތުވާލި ގައިގައި އޮޅާލަމުން އައިސް އަހަރެންގެ ގާތުގައި ލިއުޝާ އިށީނެވެ.
” ދެން ހެޔޮ. ތިހެން އުޅެގެން..” އަހަރެން އެހެން ނުބުނެވެނީސް ލިއުޝާ އަހަރެންގެ އަނގަމަތީގައި އަތް އެޅިއެވެ.
އަހަރެންގެ އަނގަމަތީގައި ލިއުޝާ އަނގަ އެޅިތަނާހެން، އަހަރެންގެ ފޯން ރިންގުވާން ފެށިއެވެ.
” ކާކުތަ އެގުޅަނީ މިގަޑީގައި؟” ލިއުޝާ އަނހާލިއެވެ.
” ސައިކަލްގެ ވެރިފަރާތުން. ދެން ދަނީ. މާދަމާ ރޭ އަންނާނަން.” ޖީބުން ފޯނު ނަގަމުން އަހަރެން ބުނީމެވެ.
” އަންނައްޗޭ. މާދަމާރޭ ވާނެދޯ ރައިޑަކަށްދާން. މާދަމާރޭ ކުލާސްވެސް ފެށޭނެ. ކުލާސް ނިންމާފައި ރައިޑަކަށް ދާނީ. އަހަރެން ކުލާހަށްލާން އަންނައްޗޭ.” ލިއުޝާ ހިނިތުންވެލަމުން ބުނެލިއެވެ.
” ބަލާނަން އިނގޭ. ދެން ދަނީ.” އެހެން ބުނުމަށްފަހު އަހަރެން އެކޮޓަރިން ނިކުތުމަށް ހިނގައިގަތީމެވެ. ހިނގައި ގަތުމާއިއެކު އަހަރެންގެ ފަހަތުން ލިއުޝާ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ.
” ދެން ތިވަރަށް އުޅޭކަށް ނުވާނެ. އަހަރެން ނުގެއްލޭނެޔޭ.” އަހަރެން ސަމާސާކޮށްލީމެވެ.
” ހުރިހާ މީހުންވެސް ތިހެން ބުނެފައި ގެއްލެނީ.” ލިއުޝާ ބުނެލިއެވެ.
” އަނެއްކާވެސް އެގުޅަނީ އޭނަ. ދެން ދަނީ.” ލިއުޝާ ދުރުކޮށްލަމުން އަހަރެން ބުނީމެވެ.
” އިހަށް މަޑުކޮށްބަލަ.” ލިއުޝާ އެހެން ބުނުމުން އަހަރެން މަޑުކޮށްލީމެވެ.
” ހުރިހާ ކަމެއް ފޮރުވާލީދޯ. ” ލިއުޝާ އައިސް ޓިޝޫއަކުން އަހަރެންގެ މޫނު ފުހެލިއެވެ. ދެން ފުނަލުން ބޯވެސް ރީތިކޮށްދިނެވެ.
” ދިރިއުޅުމަކީ ޑުރާމާއެއް. މިމޮޅަށް ކުޅެގެން ކާމިޔާބު ލިބޭނެ. ބައެއް ގަޑީގައި ޖެހޭނެ މުޅިން އެހެން ތަސްވީރެއްވެސް ދައްކަން.” އަހަރެން ކޮޓަރީގެ ދޮރާއި ދިމާލަށް ހިގައިގަތުމުން ލިއުޝާ ބުނެލިއެވެ.
” އޯ.ކޭ. އެކަމަކު ހަޔާތުގެ ޑުރާމާ ރަނގަޅަށް ކުޅެއްޗޭ. ނޫނީ ނިމުން ވަރަށް ހިތިވެދާނެ.” އެހެން ބުނުމަށްފަހު، އަހަރެން ލިއުޝާގެ ކޮޓަރިން ނިކުމެގެން ދިޔައީމެވެ.
ލިއުޝާ އަހަރެންގެ ފަހަތުން އައިކަން އިނގުނީ އަހަރެން އެގެއިން ނިކުތުމުންނެވެ. ސައިކަލަށް އަރާސްޓާޓްކޮށްލިތަނާހެން ލިއުޝާ އަހަންނަށް ގޮވާލިއެވެ. އަހަރެން ބަލާލީމެވެ. ލިއުޝާ ވަރަށް ލޯބިކޮށް ވިންޑް ކިސްއެއް ފޮނުވާލިއެވެ. އަހަރެން ބޯޖަހާލީމެވެ.
” މިހާރު ފޯނުވެސް ނުނެގޭދޯ.” އޮފީސް ތެރެއިން ދިމާވުމުން ރިޔާޒް އަނހާލިއެވެ.
” ނޫނޭ. ލިއު ގާތުގަ ކުޑަކޮށް ބިޒީވީމަ ފޯންނުނެގުނީ.” ސައިކަލްގެ ތަޅުދަނޑި ރިޔާޒްގެ އަތަށް ދިއްކޮށްލަމުން އަހަރެން ބުނީމެވެ.
” އަސްލު ގުޅާލީ ސަޔަކަށް ދާން.” ރިޔާޒް ބުނެލިއެވެ.
” ހިނގާ އަވަހަށްދަމާ.” އަހަރެން ބުނީމެވެ.
ރިޔާޒް އާއި އަހަރެން ސައިބޮއެގެން އައިއިރު ދަންވަރު އެކެއް ޖަހަނީއެވެ. ދެން އަހަރެން ބެލީ ނިދޭތޯއެވެ. އެކަމަކު ނުނިދުނެވެ. އަހަރެންގެ ހިތަށް ވެރިވެފައިވަނީ ލިއުޝާގެ ތަޞްވީރެވެ. ޢުމުރުން ކިތަންމެ ހަގު ނަމަވެސް، ލިއުޝާގެ ފިރުމުންތަކުގައި މަސްތީ ގޮތެއް ހުރެއެވެ. މިރޭ ތަންކޮޅެއް ކުރިން އަހަންނަށް ކުރެވުނު އިޙްޞާޞްތައް އެކަމުގެ ހެއްކަކަށް ފުދެއެވެ.
ލިއުޝާގެ މަތިން ހަނދާންވާންފެށުމުން އަހަރެން ލިއުޝާއަށް ގުޅާލީމެވެ. ފުރަތަމަ ގުޅުމުން ލިއުޝާގެ ފޯން ރިންގުވިއެވެ. އެކަމަކު، ލިއުޝާ ފޯނެއް ނުނެގިއެވެ. ދެވަނަ ފަހަރަށް ގުޅުމުން ލިއުޝާ ފޯން ބިޒީކޮށްލިއެވެ. ދެން ގުޅިއިރު، ލިއުޝާގެ ފޯން ހުރީ ކޯލު ވެއިޓިންގައެވެ. އަހަރެންގެ ފޯނުގެ ބެޓެރީގެ ޗާޖު ހުސްވަންދެން ލިއުޝާއަށް ފޯނު ކުރީމެވެ. އެސް.އެމް.އެސްވެސް ކުރީމެވެ. ލިއުޝާގެ ފޯން ހަމަ އިނީ ކޯލު ވެއިޓިންގައެވެ. ލިއުޝާއަށް އަހަރެންގެ ފޯނަށް ޖަވާބެއް ނުދެވުނުތާގައި އެއްވެސް އެސް.އެމް.އެސްއަކަށްވެސް ޖަވާބެއް ނުދެވުނެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަހަރެން ހިތުން ލިއުޝާ އަހަރެންދެކެ ވަރަށް ލޯބިވާނެއެވެ. އަހަރެން މިހާރު ލިއުޝާދެކެ ލޯބިވެއެވެ. ވަރަށް ލޯބިވެއެވެ. ދަންވަރުގެ މިހަމަ ހިމޭންވަގުތުގައި އަހަންނަށް ފުރިހަމަޔަށް ނިދޭނީ ލިއުޝާގެ އަޑު ކަންފަތުގައި ޖެހިގެންނެވެ. އެކަން ލިއުޝާއަށްވެސް ހަމަ އިނގޭނެވެ. ލިއުޝާއާއި ދޭތެރޭ ވިސްނަމުން ދިއުމުން، އަހަންނަށް ނިދުނީވެސް އެތަށް އިރެއް ފަހުންނެވެ.
އަހަންނަށް ހޭލެވުނީ ހެނދުނު ނުވައެއްވެސް ޖެހިފަހުންނެވެ. އޮފީސް ބަންދު ދުވަހެއްކަމުން އެނދުން ތެދުވާހިތް ނުވެފައި ދެން ވެސް އަހަންނަށް އޮވެވުނީއެވެ. ދެން ހިތަށް އެރީ ލިއުޝާއަށް ގުޅާލުމަށެވެ. ލިއުޝާއަށް ގުޅިއިރު، ލިއުޝާގެ ފޯން އޮތީ ނިއްވާލާފައެވެ. އެހެންވެ، އަހަރެން އެސް.އެމް.އެސް ފޮނުވީމެވެ.
” ހަލޯ..” ރިޔާޒް ގުޅުމުން ކަންނެތް ގޮތަކަށް އަހަރެން ބުނީމެވެ.
” އަދިވެސް ނިދަނީދޯ. ތިހާ ވަރަށް ނިދާކަށް ނުވާނެ. ދެން ތެދުވޭ. ހިނގާ ސަޔަކަށްދާން.” ރިޔާޒް އަހަންނަށް ގުޅީ ދެނެވެ.
” އޯ.ކޭ. ކުޑައިރުކޮޅަކުން މިތެދުވަނީ.” އަހަރެން ތެދުވީ އެހެން ބުނުމަށް ފަހުގައެވެ.
ތެދުވެގެން އަހަރެން ދިޔައީ ފާޚާނާއަށެވެ. ގޮސް ފެންވަރާލުމަށްޓަކައި ފެން މާގަނޑު ދުއްވާލީމެވެ. އަހަރެންގެ ހިތަށް ވެރިވީ ލިއުޝާގެ ހަނދާންތަކެވެ. ފަނޑުއަލިކަމުގެ ތެރޭގައި ލިއުޝާ އަހަންނަށް ދިން ފޮނި ފިރުމުންތަކެވެ.
ފެންވަރާ ނިމިގެން ރީތި ވުމަށްޓަކައި ލޯގަނޑު ކުރިމައްޗަށް އަހަރެން އެރީމެވެ. ބޮޑީ ލޯޝަން މުޅި ގައިގައި ހާކާލީމެވެ. ދެން ކުއްލިއަކަށް އަހަންނަށް ފެނުނީ ކަރުދަށުގައި ރަތްވެފައި އިން ތަންކޮޅެކެވެ. ފުރަތަމަ ހީކުރީ އެއްޗެއް ދައިގަނެފައި އިން ތަންކޮޅެއްކަމަށެވެ. އެކަމަކު، ތަންކޮޅެއް ކައިރިން ބަލާލުމުން، އެއީވެސް ލިއުޝާގެ ހަނދާނެއްކަން އަހަންނަށް އިނގުނެވެ.
” ހާދަ ގޮތަކަށް ތި ހުންނަނާ؟” ރިޔާޒް އަނހާލިއެވެ.
” ލިއުޝާގެ ކަންތައްތައް. ކުރީރޭ ވަރަށް އުފަލުން އަހަރެން ހުރީ. އެކަމަކު، އެގެއަށް ގޮސްފައި އައި ފަހުން، އަހަރެން ގުޅާގުޅާ ފޯނެއްވެސް ނުނެގި. މިހާރު އޮތީ ފޯންވެސް ނިވާލާފައި. އެހެންވެ މިހެން މިހުންނަނީ.” ކޮފީގައި ހުރެގެން އަހަރެން ބުނީމެވެ.
” ތިވަރަށް ވިސްނާކަށް ނުވާނެ. ލިއުޝާ ނިދަނީކަމަށްވެސް ވެދާނެއްނު.” ރިޔާޒް ބުނެލިއެވެ.
” އެކަމަކު އަހަރެންގެ ފޯނަށް ޖަވާބު ދެވެން ޖެހޭނެއްނު. ދެން ބުނާނެ ވަރަށް ލޯބިވެޔޭ. އަހަރެން ވަރަށް ރުޅިއައިސްފަ މިހުންނަނީވެސް. ދިމާވުމުން ވަރަށް އެއްޗެހި ކިޔާލާނަން.” އަހަރެން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
” ވިސްނައިގެން ފިޔަވަޅު އަޅާތި! ނޫނީ ފަހުން ހިތާމަ ކުރަން ޖެހިދާނެ. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާތި!” ރިޔާޒްވެސް ބުނީ ދޮގެއް ނޫނެވެ.
ކޮފީ ނިމިގެން އަހަރެން އައީ އޮފީހަށެވެ. ބަންދު ދުވަހެއް ނަމަވެސް، ނިންމަންޖެހޭ މަސައްކަތްތައް ނިންމަން ހުރުމުގެ ސަބަބުންނެވެ. ލިއުޝާއަށް އެސް.އެމް.އެސް ދިޔައީ އޮފީހުގެ މަސައްކަތުގައި އުޅެނިކޮށެވެ. އޭރު ގަޑިން ހަތަރެއް ޖަހަނީއެވެ.
ލިއުޝާ އަހަންނަށް ގުޅީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. އަހަރެން ފޯނެއް ނުނަގަމެވެ. ބިޒީކަމަށް ބުނެ އެސް.އެމް.އެސް ކުރީމެވެ. އޭގެ ފަހުންވެސް ލިއުޝާ އަހަންނަށް ގުޅިއެވެ. އަހަރެން ހަމަ ގަސްދުގައި ފޯން ނުނެގީއެވެ.
” ހިނގަ ސައިކަލް ދުއްވާލަންދާން.” އަހަރެން ލިއުޝާގެ ގޭ ކައިރިއަށް ގޮސް ގުޅުމުން، ލިއުޝާ ނުކުމެގެން އައިސް ފުރަތަމަވެސް ބުނީ އެހެންނެވެ. އޭރު ގަޑިން ރޭގަނޑު އަށްގަޑި ބައިވަނީއެވެ.
” އަރާ.” އަހަރެން ކުރު ޖުމްލައަކުން ނިންމާލީމެވެ.
އަހަރެން ލިއުޝާ ގޮވައިގެން ދިޔައީ ލޮނުޒިޔާރަތްކޮޅުގައި އިންނަ ޕާރކަށެވެ. ގޮސް އެތަނުގައި ދެމިހުން އިށީނީމެވެ.
” ކީއްވެގެންތަ ފޯން ނުނެގީ؟” އަހަރެން ޝަކުވާ ކުރީމެވެ.
” ވަރަށް މުހިއްމު ކޯލެއް އައުމުން ފޯން ނުނެގުނީ.” ހެމުން ލިއުޝާ ބުނެލިއެވެ.
” އަހަންނަށް ވުރެ މުޙިއްމު މީހުންވެސް ތިބޭތަ؟” އަހަރެން އެހީމެވެ.
” މައިން ބަފައިން.” ލިއުޝާ އަވަހަށް ބުނެލިއެވެ.
ދެން މަޑުމަޑުން ލިއުޝާ އަހަރެންގެ ގައިގައި ބައްދާލިއެވެ. ލިއުޝާ ބައްދާލިގޮތުން، ދުރުން ފެންނަ މީހަކަށް ހީވާނީ، އަހަރެން ކާލަން ލިއުޝާ އުޅޭހެންނެވެ. އަހަރެމެންނޫން އެހެން މީހުންވެސް، އެތަނުގައި ތިއްބެވެ. އެމީހުން ތިބީ ރީތިކޮށެވެ. އެކަމަކު، ލިއުޝާއަށް މަޑަކުން ނުހުރެވުނެވެ. ލިއުޝާ އަހަރެންގެ ގައިގައި ބައްދަމުން ގެންދިޔައެވެ. ލިއުޝާ ހިތްހަމަޖެހޭ ވަރަށެވެ. އެމަންޒަރުތައް ބަލަން ނުކެރިގެން އެތަނުގައި ތިބި އެހެން މީހުންތައް އެތަނުން ދިޔައީއެވެ. އަހަރެން ލަދުވެސް ގަތެވެ. ގައިމުވެސް، ދެވަނަ ފަހަރަށް އެއިން މީހަކަށް އަހަރެން ފެނިއްޖެނަމަ، އިނގޭނެއެވެ.
” ލަދެއް ނުގަނޭތަ ލިއުޝާ ތިހެން އުޅޭކަށް؟” އަހަރެން ބާރަށް އަނހާލީމެވެ.
” އެވަރުގެ ކަމެއްތަ މީދެން؟” ލިއުޝާއަށް އެއީ ކަމެއް ނޫނެވެ.
=ނުނިމޭ=
11 Comments!
Comments are closed.


Reethi.aneh bai vs up kohdhecheyy avahah, 🙂
I think riyaz ge kulhigandei ves meega eba ulheyhen…eyna dn maa varakun edhemeehun thaiy kuruvan ulheythyve…nice story..
Vahakah v reethi.:)
Yah masha ves hee vey eh hen..riyaz kameh ulhey hen
Vaahaka e copy e tha.name change kogen genes dhenee
Hmm mivaahaka mee copy eh, kurin hama migothah oiy story eh kiyaifin, ey hama riyaz ge kameh, liu n riyaz
Mihaar mi ulhey anhen kudhin ulhey faadu mee. Ladhey hayaa they nuhurey. Ballavaa godigen vaa faraathaka birey nuganey. Mihunnanee giyaamathuge alaamaaey tha
haadha hadikoh ulhey anhenekeyyy…..
Ken i think ur right… anyways v reethi mibaivex.. 🙂 good luck…
nice story
waiting for the next part
Getting 2 read another prt of this id nt possible.. y dnt u complete wht u strt 2 write!! I hate reading ur stories..!