ހިތަކުން ނުފިލާނެއެވެ.
ނޯޓް: މީ ވާހަކައެއް ނޫނެވެ. މީވާހަކައެއް ނޫނެވެ. އަދިވެސް އެއް ފަހަރު މީ ވާހަކައެއް ނޫނެވެ.
ލެވޭ ކޮންމެ ނޭވާޔަކާއިއެކު އެނަން ކިޔޭނެއެވެ.
އަޅާ ކޮންމެ ފިޔަވަޅަކާއިއެކު، އޭނާގެ ހަނދާންތައް އާވާނެއެވެ.
ޙަޔާތަށް އިރުއަރާ ކޮންމެ ދުވަހަކު އެނަން ކިޔާލެވޭނެއެވެ.
އެއީ އޭނާއެވެ. ޙަޔާތުގެ ދަތުރުގައި އަހަންނަށް ވިސްނައިދިން މީހާއެވެ.
ދިރިއުޅުމުގެ މައިދާނުގައި ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެކަން އޭނާ ޤަބޫލުކުރިއެވެ
ކުށެއް ކުރެވުމުން، އެކުށަށް ތަޢުބާވުމަށް އަހަންނަށް ބުނެދިނީ އޭނާއެވެ.
އިޞްލާޙްވުމަކީ ނެތްކަމެއް ނޫންކަން އަހަންނަށް ހަރު އަޑުން ބުނެދިނީ ވެސް އޭނާއެވެ.
އަމިއްލަޔަށް މަރުވުމަކީ މާމޮޅު ކަމެއްނޫންކަން ހާމަކޮށްދީ އޭނާ އަހަންނަށް ދުނިޔެ ދެއްކިއެވެ.
ކޮންމެ ފިޔަވަޅެއްވެސް ޘާބިތުކަމާއިއެކު، އެޅުމަށް ބުނެ، އަހަރެން ހަމަ މަގަށް އެޅުވީ އޭނާއެވެ.
ކަރުނައިގެ ފުރަގަހުގައި އުފާވެރިކަންވެޔޭ ބުނެ، ހިނިތުންވާން ދަސްކޮށްދިނީ އޭނާއެވެ.
ކޮންމެ ކަޅު ވިލާގަނޑެއްގެ ފުރަގަހުގައިވެސް ފޮރުވިފައިވާ އަލިކަމެއް ވާފަދައިންނެވެ.
އެވަރުގެ މީހަކު އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ނުވެސް ފެންނާނެކަން ނޭނގެއެވެ.
ދުނިޔޭގެ ހަތަރު އުދަރެހުގައި އަތްފުނާ އެޅިޔަސްވެހެވެ. އެހާވެސް އޯގާތެރިއެވެ. ތެދުވެރިއެވެ.
އަހަރެން ޙައިރާންވެއެވެ. އަންތަރީސްވެގެން ބައެއް ފަހަރު އިނގިލީގައި ދައިވެސް ގަނެވެއެވެ.
އޭނާގެ އެދުމަށް ފުރަގަސް ދިނުމުންވެސް ލޯބި ދިނީތީއެވެ
ފަހުނޭވާޔާއިޖެހެންދެން އެނަން ކިޔޭނެއެވެ. އެނަން ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ.
*******
8 Comments!
Comments are closed.


Sudhoo e vaahaka liye nimuny thr.vaahaka eh noon vaahaka eh noon mihen liyefa this up. Kurany..amaaz kineh this hadhany???
I mean kihineh hey thi hadhany.?????
Alhe, miee dhivehi vaahaka vebsiteh noontha… please Amaax website nun olheygothah nahadhabala..
Mi thn alhe konehchehtha? Amaazeh kamaku vaahaka ah kurafi naaruwabala,, vaahak liyan neangenyaa avhah huttaalumah govaalan
Tedeah tibuny….. mi AMAAZ MOYAVYTHA…..
ma hiykuriy miy vaahaka vebsite eh kamah….ekm emme fahun mi vany mazumoonu vebsite akah…..vaahaka liyan neygenyaa hutaaliyma nimuniynu
vaahakaeh nooney kiyaafa inzaareh tha thi dhenee? vaahakaeh nooniyya up nukurey.. aharemen beynumee vaahaka kiyan.
Alhe AMAAZ kihinehtha thihadhanee?? Kushakaa nulaa ge 3rd prt ehneh… shudhoo ge 3rd prt ehneh… dhen keekey dhw bunaanee… mashakah neynge dhen… AMAAZ furathama nuliye huri stories thah nimman viyyehnun… dhen ehennoonas mee vaahaka site.. ” ESFIYA VAAHAKA SITE” not mazumoonaa lhen baithu liyaa site…ok??