ސްކޫލަށް އާދެވުމުން ޒިވާ އޭނާގެ ބައްޕަ ގާތު ދަނީކަމަށް ބުނެ ހިނިތުން ވެލައިގެން ހުރެ ކާރުން ފައިބައިގެން ދިޔައީ ދެން ވާނީ ކިހިނެއް ކަމާމެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. ޒައިފްވެސް ހިނިތުންވެފައި ކާރުގައި އިރުކޮޅެއް ވާންދެން އޭނާގެ ލޯބިވާ ދަރިފުޅު ދިޔަ ތަން ބަލަން އިނެވެ. އެއަށްފަހު އަތުުކުރީ ގަޑިއަށް ބަލާލުމަށްފަހު އޭނާގެ ކަޅުކުލައިގެ ކާރު ސްޓާޓް ކޮށްލައިފައި އެތަނުން ދިޔައެވެ. ޒިވާ ކްލާހަށް ވަދެގެން ދިޔައިރު އެހެން ކުދިންގެ ލޯތައް އޭނާއާއި އަމާޒުވިއެވެ. އެއީ ގިނަ […]
“ކިހާ ހިތްފަސޭހަ މިތަން.. އެ ރަސްފަންނަށް ގޮއްސިއްޔާ ސައްވީސް ގަޑިއިރު ކޮށްޅަން ހުންނަން ޖެހޭނީ.. އިށީންނާނެ ތަންކޮޅެއް ނުލިބޭނެ..” ޒިވާ އޭނާގެ ޕްލޭން ކާމިޔާބު ވުމުން ނިކަން ހެވިލައިފައި ބުންނެވެ. އެކުދިން އެކި ވާހަކަ ތަކުގައި އެތާ ތިބެ ހިނގައި ގަތް އިރުވެސް އެމީހުންނަށް ބަލަހައްޓައިގެން އެޔޮށް ހުރިހާއިރު އެތަނުން ބެންޗެއްގައި މީހަކު އިން ކަމެއް ނޭނގެއެވެ. އަނެއްކާ އެއީ ކީއްކުރާ މީހެއް ބާވައެވެ؟ އޭނާގެ އޮތީ ކޮންބޭނުމެއް ބާވައެވެ؟ އަމާން ކަމާއިއެކު އެކުދިންނަށް ގެޔާއި ހަމައަށް […]
އުފާވެރި ވަގުތު ކޮޅަކަށްފަހު އިރުއޮއްސެން ގާތް ވުމުން އެމީހުން ގެއަށް ދާން މިސްރާބު ޖެހިއެވެ. އައި މަގުމަތީގައި ވެސް ނަވާރްގެ ލޯބިވެތި ވާހަކަތައް ނުހުއްޓެއެވެ. އެމީހުންވެސް ހިނިތުން ވެލަނީ އާއިލާ އަށް އައިސް އޮތް ބަހާރު މޫސުމުގެ އުފާ ޙާސިލް ކުރުމުގެ ގޮތުންނެވެ. ނައިޝަމް އާއި ޔަންހާގެ ފަހަތުން ގެއަށް ވަތް ޒިވާވެސް ހިނިތުން ވެލައިގެން ހުރެ ގެއަށް ވަނީ އެ އުފާވެރިކަން މިގޮތުގައި ލެހެއްޓެވުމަށް އެދި ހިތާހިތުން ދުޢާ ކުރާ ޙާލުއެވެ. ގެއަށް އައިސް ވަތް […]
ޒިވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރައިފާގެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އެވަނީ ހާދަވަރަކަށެވެ. ރައިފާއަށްތަކައި އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް އޭނާ ހަމްދަރުދީ ވިއެވެ. ނަމަވެސް ހިތާމައަކީ ރައިފާއަށް އެއިން ކަމެއް ރޭކާވެސް ނުލާ ކަމެވެ. އަމިއްލަ ދަހިވެތިކަމުގައި އޭނާ އެވަނީ ބެހިގެން ގޮސް މާ ދުރަށް ގެއްލިފައެވެ. އަތު އަޅުވާލަންވެސް އުނދަގޫވާ ހިސާބަށް ގޮއްސައެވެ. ނަމަވެސް ޒިވާ ﷲގެ ހަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. ރައިފާއަށްވެސް އަދި ކޮންމެވެސް ދުވަހަކުން ވިސްނޭނެ ކަމަށް […]
އިރުއޮއްސެން ގާތް ވުމުން ނަމާދު ގަޑިވެސް ކައިރި ވާތީއާއި އެއްކޮށް ނައިޝަމް ޒިވާ ގެއަށް ލައިފައި ނަމާދަށް ދާންވެގެން ސައިކަލުގެ މިސްރާބު ގެއާއި ދިމާލަށް ޖެހިއެވެ. ދިހަ ވަރަކަށް މިނެޓުން ގެއާއި ހަމައަށް އެމީހުންނަށް ފޯރައިފިއެވެ. މުށިކުލައިގެ ފިލާ ދޮރޯށި ހުޅުވާލުމަށްފަހު ނައިޝަމް އާއި ޒިވާ ގޭތެރެއަށް ވަދެގެން ދިޔައެވެ. ދެމީހުންވެސް ހައިރާން ވީ އެވަގުތު ނޫރީން އެމީހުންކުރިމައްޗަށް އަރައި ހިނިތުން ވެފަ ހުރިލެއް ބޮޑުކަމުންނެވެ. ޔަގީނުންވެސް މަންމަ އުފާވަ ކޮންމެވެސް ކަމެއް ވެއްޖެޔޭ ޒިވާގެ ހިތަށް […]
ފަރާތް ފަރާތް ހޯދާލުމަށްފަހު އޭނާ ހިނގައިގަތީ ބައި ވާން ވާއިރަށް އޭނާގެ މަންޒިލަށް ފޯރާތޯއެވެ. ނިކަން ސިއްރު ސިއްރުން އެ ފަޅު ގޭގެ ވަލު މަގުން އޭނާ އެތެރެއަށް ވަނެވެ. ނަަވެސް އޭނާއަށް ނޭނގުނު ކަމަކީ އެ މަންޒަރު އިތުރު ކުއްޖަކަށް ފެނުނު ކަމެވެ. އެ ކުއްޖާ އޭނާގެ ފޯނުން ކޮންމެވެސް މީހަކަށް ގުޅާލުމަށްފަހު އެއްޗެކޭ ބުނެލައިފައި ފޯނު ބޭއްވިއެވެ. “ޕޮއް..” ރައިފާ އެގޭގެ ކޮންމެވެސް ކޮޓަރިއެއްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ފަހަތުން މީހަކު އައިސް އޭނާ ސިއްސުވާލިއެވެ. […]
“އޯކޭ… ސްޓަޑީސް އެއްފަރާތް ކޮށްލާފަ ދެން ބަލާބަލަ ޔައީޝް އަށް.. އޭނާގެ ފަހަތުގަ އަބަދު ތިއުޅޭ ސަބަބެއް ނިކަން ބުނެބަލަ..” ރައިފާ އަނެއްކާވެސް ޒިވާއަށް ބަހުގެ ޙަމަލާތަކެއް ރައްދު ކޮށްލިއެވެ. ޒިވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ އަތުގައި އެ ސުވާލުގެ ޖަވާބު އޮންނާނެ ބާއެވެ؟ ޒިވާ ހިނިތުން ވެލީ ރައިފާ އަށް ވިސްނޭނެ ދުވަހެއް އަވަހަށް ދެއްކެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ކުރާ ޙާލުއެވެ. “ވަރަށް ބޮޑަށް މަޢާފު ކުރޭ.. ޒިވް ނޫޅެން […]
އޭގެ ދެދުވަސް ފަހުން ޒިވާގެ ހުންވެސް ރަނގަޅު ވިއެވެ. އެހެންކަމުން އެދުވަހު އޭނާ ސްކޫލަށް ދިޔައެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އޭނާ ދިޔައީ ހިނިތުން ވެލައިގެންނެވެ. އޭނާ ޑިއުޓީ ނިންމައިފައި ކްލާހަށް ވަތްތަނާ ލިބުނީ ޤަބޫލުކުރަންވެސް ދަތި ވީ ޚަބަރެކެވެ. ލޮލުން ކަރުނަ ފާއްދާލަން އުޅުނީ ނޭނގުމެއްގެ ތެރެއިންނެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި އެ ކަރުނަތައް އެތެރެއަށް ހިންދާލިއެވެ. ބޭރުން ހިނިތުންވެލައިފައި ހުއްޓަސް ހިތުގައި އެއަށްވުރެ ބޮޑު ކޫރުމެއް އެޅިއްޖެއެވެ. ޒިވާއަށް ފުރަތަމަ ލިބުނު ހައިރާންކަމާއި ސިހުމުގެ […]
ފަޅު ގެއެކެވެ. ދުވާލު ނަމަވެސް މުޅި ގޭތެރޭގައި ވަނީ އަނދިރީގެ ސާލެއް އޮޅާލެވިފައެވެ. ދޭތެރެ ދޭތެއިން ފުރާޅުގައި ހެދިފައި ހުންނަ ލޯވަޅުތަކުންނާއި ފާރުގައި ހުންނަ ބާކޮޅުކޮޅުން ފުރޭނިގެން އައިސްފައިވާ އަލި ފިޔަވާ އިތުރު އަލިކަމެއް ނުވެއެވެ. ތިރީގައިވާ ހިރަފުސް ވެލިގަނޑުގައި ތަފާތު ވައްތަރުގެ ވިނަ ހެދިފައި ވިއެވެ. ތަން އޮތް ގޮތުންވެސް ދިރޭ ސޫފާސޫފި އެތާ އުޅޭނެކަން ޔަގީން ކުރެވެއެވެ. “ތެންކްސް ވަރަށް ބޮޑަށް… ވަރަށް ބޮޑު ކަމެއް ތި ކޮށްދިނީ ޙަޤީގަތުގަވެސް… އެތަށް ދުވަހެއް ވާންދެން […]