“ނާއިޝް…” ކޮޓަރީގައި ފޯނާއި ކުޅެން އެނދުގައި އޮށޯވެ އޮތް ނާއިޝްއަށް ވައި އަޑަކުން އޭނާއަށް އަންހެން ކުއްޖަކު ގޮވާލި އަޑު އިވުނުހެން ހީވިއެވެ. އެއީ ހަމަ އެ އަޑެވެ. އޭނާ ސިއްސައިގެން ގޮސް އެނދުން ތެދުވެލީ ހިތަށް ވަންނަމުން ދިޔަ ވަސްވާސްތަކެއްގެ ސަބަބުންނެވެ. އަނެއްކާ އެއީ ކާކުބާވައެވެ؟ އެއީ ކޮން ބޭނުމެއް ނުފުދިގެން އުޅޭ ކާކުބާވައެވެ؟ އަންހެން ކުއްޖެއްގެ އަޑު އެގޮތަށް އޭނާއަށް އިވެންވީ ކީއްވެ ބާވައެވެ؟ ކުއްލިޔަކަށް ނާއިޝްގެ ދެލޯ ބޮޑުވިގޮތުން ހީވީ އެއްޗެއް ވިސްނުނު […]
“މިޔޮށް އައީނު..” ސައިކަލު ޕާކު ކޮށްލުމަށްފަހު ކަފި ހުރަސް މަތިން ހިނގާފައި އެމީހުން ތިބި ދިމާލަށް އަންނަމުން ދިޔަ ޒަޔާން ފެނި ޔައީޝް ހިނިތުން ވެލައިފައި ބުނެލިއެވެ. އެވަގުތު އެންމެންގެ މޫނުވެސް އުޖާލާވެގެން ދިޔައެވެ. އެންމެން އެކުގައި އަދްޔަން މެން ގެ އެޕާޓްމެންޓް އިންނަ ފްލޯއަށް ދިޔައީ ލިފްޓުގައެވެ. އެއަށްފަހު ބެލް އަޅާލީ ހިނިތުން ވެލައިގެން ތިބެއެވެ. ނަމަވެސް ދޮރު ހުޅުވާލި ވަގުތު ދޮރު ކުރިމަތީ ހުރި ސޫރަ ފެނި އެ އެންމެންގެ މޫނުގެ އުޖާލާކަން ކެނޑިގެން […]
ވަރުބަލި ކަމާއެކު ގޮސް ގެއަށް ވަތް ޔައީޝްއަށް ހުރިތާ ހުއްޓިލެވުނީ ގޭތެރެއިން ފެނުނު މަންޒަރަކުންނެވެ. މީހަކު ގެއަށް ގެންނަންޏާ އާންމުކޮށް ޒިވާ އޭނާ ގާތު އަބަދުވެސް ބުނާނެއެވެ. ނަމަވެސް މިއަދު ހެނދުނު އޭނާ އޮފީހަށް ދިޔުމުގެ ކުރިންވެސް ޒިވާ އެކަހަލަ ވާހަކައެއް ދައްކައިފައެއް ނުވެއެވެ. ދެން މިއީ ކާކުބާވައެވެ؟ ޔައީޝް ދެބުމަ ގާތްކޮށްލައިގެން ހުރެ ގޭތެރެއަށް ވަދެގެން ދިޔައެވެ. އެއިރު ޒިވާ ކައިރީ ސޯފާގައި އަރޫފާ ޓީވީ ބަލަން އިން އިރު ޒިވާގެ އަނެއް ފަރާތުގައި ސުމައްޔާ […]
ޒިވާ އާއި މައިހާ ސުމައްޔާ ގޮވައިގެން ކުރިން ދިޔައިރު ޔައިޝް އާއި ޒަޔާން އެމީހުންގެ ފަހަތުން ދިޔައެވެ. އެންމެންގެ މޫނުމަތިވެސް ވަނީ މިލާ މޯޅިވެފައެވެ. ކާރަށް މައިހާ އަރައިފަ ސުމައްޔާ އަރުވަން އުޅެނިކޮށް ޒިވާ އަރިއަޅާލިއެވެ. “ޒިވް.. ކިހިނެއް ތިހެދީ؟” ޔައިޝް މަޑުމަޑުން ޒިވާ ގާތު އަހާލިއެވެ. ޒިވާ ކަމެއް ނުވާކަމަށް ބުނެ ކާރަށް އެރަން އުޅުނެވެ. ޔައިޝްވެސް ޒިވާ އަވަހަށް ކާރަށް އެރުވީ ގިނައިރު ނުކޮށް އެމީހުން ގެއަށް ގެންދިޔުމަށެވެ. ހޮސްޕިޓަލުން ފެށިގެންގޮސް ގެއަށް ވަދެވޭންދެން […]
“މަންމާ ކިހިނެއް ވީ؟” ޒިވާވެސް ސުވާލުގެ ނަޒަރަކުން ސުމައްޔާއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. “ދަރިފުޅާ.. މިހާރު އަށެއް ޖަހާ ބޮޑުވީ.. އަދިވެސް ބައްޕަ ނާދެޔޭ ގެޔަކަށް.. ކޮން އިރެއް މިހާރު.. މަންމަގެ ހިތް ބިރުގަންނަނީ ފާޑަކަށް.. ހިތް ބުނަނީ ބައްޕައަށް ކޮންމެވެސް ކަމެއް ވިއޭ..” ޒިާ ގާތު އިށީންނަމުން ކަންބޮޑުވެފައި ހުރެ ސުމައްޔާ ބުނެލިއެވެ. “މަންމާ.. ކޮންމެ ކަމެއް ފުރަތަމަވެސް އެންމެ ގޯސްކޮށް ނުވިސްނަބަލަ.. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނޭ..” ޒިވާ ވިސްނައިދޭ ފަދައަކުން ސުމައްޔާގެ ކޮނޑުގައި ހިފާލަމުން […]
“ކާރުގަ ދޯ ދާނީ މިއަދު.. ސައިކަލު ބުނީ ވަރުބައްޔޯ… ޔައި ކޮންމެދުވަހަކު އޭ މައްޗަށް އަރައިގެން އެތަށް އިރެއް ވާންދެން ދުއްވާތީ މިއަދު ހަވީރު ދުއްވާކަށް އޭގެ ސިއްޙަތެއް ތަނެއް ނުދެޔޯ.. އެހެން ވީމަ ކާރުގަ ދޯ ދާނީ.. ޕްލީޒް ޕްލީޒް ޕްލީޒް..” ޒިވާ ކުޑަކުއްޖެއްހެން ވާހަކަ ހަދައިގެން ޔައީޝް ގާތު އާދޭސް ކުރަން ފެށުމުން ޔައީޝްގާތަށް އައީ އަމަޝަކު ހިންޏެއް ނޫނެވެ. “އޯކޭ ކޮއްކޯ..” ޔައީޝް ޖަވާބުގައި ހެމުން ހެމުން އެހެން ބުނެލީ ޒިވާ މާ […]
ދެމީހުން އެހެން ތިއްބާ ޔައީޝްއަށް ފޯނުކޯލެއް އައެވެ. ޒިވާވެސް ޔައީޝްއާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ. ޔައިޗް އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު ސްކްރީނަށް ބަލައިލިއެވެ. އަދި ދެބުމަ ގާތްކޮށްލިއެވެ. ޔައީޝްގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ބަލަން އިން ޒިވާވެސް ދެބުމަ ގާތްކޮށްލިއެވެ. “ހެލޯ..” ޔައީޝް ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. “ހޫމް.. އޯކޭ..” އެމީހެއް ގާތު ދެތިން ބަހެއް ބުނެލުމަށްފަހު ޔައިޗް ފޯނު ކަނދާލިއެވެ. އެވަގުތު ވެގެން ދިޔައީ މަޣްރިބް ނަމާދަސްވެސް ބަންގި ގޮވި […]
“ޔާނީ ދައްކާ ވާހަކަ.. އާދެވުނު ފުރަތަމަ ދުވަހުވެސް ތިއުޅެނީ މިގެއިން ނުކައި ދާން.. އެހެނެއް ލާހިކެއް ނޫން ދާކަށް.. ބަނޑު ފުރޭވަރަށް ކާންދީފަ ފޮނުވާލާނީ.. ހެހެހެ..” ޒިވާ އަނެއްކާވެސް ހިނިތުންވަމުން ބުނެލިއެވެ. މިފަހަރު ޒިވާ އައިސް އަލަމާރިން އެއްޗެއް ނެގުމަށްޓަކައި ފަހަތަށް އެނބުރިލިއެވެ. އެވަގުތު އަޔާނީއަށް ޒިވާގެ މޫނުފެނި ދެލޯ ބޮޑުކޮށްލެވުނެވެ. އަނގަ ތަންމިމނަށް ހުޅުވުނު އިރު އޭނާއަށް އަނގަމަތީ އަތްވެސް އަޅާލެވުނެވެ. ގުޑިލަންވެސް ނޭނގިފައި އަޔާނީއަށް ހުރިތާ ހުރެވުނީއެވެ. ނޫނެކެވެ. މިހެން ވާންވީ ކީއްވެހެއްޔެވެ؟ ޒިވާ […]
ފަނަރަ ވަރަކަށް މިނެޓަށްފަހު ޔައީޝް އާއި ޒިވާ ފިޔަވާ އެންމެން ފުރާ މީހުންގެ ދޮރޯށިން ވަދެގެން ދިޔައެވެ. ޔައީޝް އާއި ޒިވާވެސް އެމީހުންނަށް ހަނާ އަޅާލުމަށްފަހު މާލެ ދާންވެގެން ނިކުންނަން ދިޔައެވެ. ނަމަވެސް އެނބުރިލީ ވަގުތު ޔައީޝްގެ ގައިގައި މީހަކު އަޅައިގަތެވެ. ޔައީޝް ސިހިފައި ފަހަތް ބަލައިލީ އަތަށްވެސް ކުޑަކޮށް ތަދުވުމުންނެވެ. “ސޮރީ..” އެއިރު އެމީހަކު އޭނާއަށް ބަލައިލައިފައި މާފަށް އެދުނެވެ. ނަމަވެސް ދެމީހުންނަށްވެސް ދެމިހުންނަށް ބަލަހައްޓައިގެން ތިބެވުނީއެވެ. ޒިވާ އޭނާއާއެކު ޔައީޝް ނާންނަހެން ހީވެގެން ފަހަތް […]