“ވަޓް… ކިހިނެތް ވީ ޒިވާ އަށް؟ އަސްލު ބުނެބަލަ… ކިހިނެތްތަ ވީ؟” ކުއްލިޔަކަށް ޔައިޝްގެ މިޒާޖު ސީރިއަސްކަމަސް ބަދަލު ވެއްޖެއެވެ. ޒިވާގެ އަތް ފެނިފަ އޭޏާގެ ހިތުގައިވެސް ރިއްސާލިއެވެ. އެ އަންހެން ކުއްޖާ ހާދަހާ ހިތްވަރު ގަދައެވެ. އަތް އެހާބޮޑަށް ހަލާކުވެ ލޭ އަންނައިރު ހާދަހާ ތަދެއް ވާނެއެވެ. އަދި އެއީ ހުޅެއް މައްޗެވެ. އެކަމަކުވެސް އޭނާ ހިނިތުން ވެފައި އެ އިނީ އެ ރިހުމުގެ މައްޗަށް ބާރުފޯރުވައިގެންނެވެ. އޭނާ ކުޅެގެން ފައިން ތަންކޮޅެއް މަށައިގެން ދިޔަޔަސް […]
ޒިވާ ހިގައިގަތް ތަން ފެނުނު ޔައީޝް އަށް ވެސް ލިބުނީ ސިހުމެކެވެ. އޭނާ އެކަން ކުރީ އެއްގޮތަކަށްވެސް ޒިވާ ރުޅި އަރުވާލުމުގެ ބޭނުމުގައެއް ނޫނެވެ. ޒިވާ ދެބުމަ ގޮށް ޖަހާލައިގެން އަތް އުރާލި އިރުވެސް އޭނާ ހަމަ ޙަޤީގަތުގައިވެސް ރުޅިި އައީ ކަމަކަށް ޔައީޝް އަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންވެ އިތުރަށް ހެން ފެށީއެވެ. ނަމަވެސް ޒިވާ އެފަދަ ގޮތަކަސް ދިޔުމުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނީ ބޭ އިޚްތިޔާރުގައެވެ. ޒިވާ ދުވަހަކުވެސް އޭނާ ރުޅި އަންނަފަދަ […]
“ޒީވް މިއަދު ހާދަ ލަސް ވީ؟” އާންމުކޮށް އަންނަ އިރަށްވުރެ ލަސްވުމުން އަޔާނީ ޒިވާ އާއި ސުވާލު ކޮށްލިއެވެ. “ބޮޑު ތަކުރުފާނާއި ޖެހުނީމަ އޭނާގެ ވާހަކަ ފަށައިގެން ލަސް ވީނު..” ޒިވާ އެހެން ބުނެލީ ކޮންމެހެން މައިހާ އާއި އަޔާނީ ހެއްވާލުމުގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް އެކަން ވެއްޖެއެވެ. ބޮޑު ތަކުރުފާނު ޒިވާ އެ މުޚާތަބު ކުރީ ޔައީޝް އަށްކަން އެދެމީހުންނަށް އިނގުނެވެ. އެކުދިން ސަމާސާ ކުރަމުން ދިޔައިރު އެ ކްލާސްރޫމު ދޮރުމަތިން އެއްކަލަ އަންހެން ކުއްޖާ […]
އާ ދުވަހަކަށް އިރު އެރީ ޒިވާ ސްކޫލަށް ދާން ތައްޔާރުވަމުން ދަނިކޮށެވެ. ހިކިގެން ގޮސް ދެފުށް ނުޖެހުނެއް ކަމަކު އެ ހިކި ހަށިގަނޑުގައި ނުޖެހި ހުރި ދޫ ހުދު ޔުނީފޯމު އޭނާއާއި ނުހަނު ގުޅެއެވެ. ޒިވާ އަކީ ހަށިގަނޑަށް ފިޓުކޮށް ހުންނަ ހެދުން ލުމަށް ނަފްރަތު ކުރާ ކުއްޖެއް ކަމުން އޭނާގެ މަންމަ ގާތު ބުނެގެން އެ ޔުނީފޯމުވެސް ދޫކޮށް ފެހީއެވެ. އެ ދޮން ވަށް މޫނު ހުދު ކުލައިގެ ބުރުގަލަކުން ވަށާލެވިފައި ވީ އިރު ސްކޫލުގެ […]