“ހޫމް.. އަހަރެންގެ ހިތް ބާއްވާފަ އާދެވުނީ..” އާލާގެ ހިތުގެ ކަނަކުން ގޮވާލިއެވެ. އާލާ އަނެއްކާވެސް ލަދުވެތި ހިނިތުންވުމަކާއެކު ބޮލުގައި ޖަހާލީ ހިތަށް އަރަމުންދިޔަ އެއްޗެހިންނެވެ. އޭނާގެ ހިތުގައި ފިރިހެން ކުއްޖަކާމެދު ތަފާތު ނަޒަރަކުން ދެކެވުނު މިއީ ފުރަތަމަ ފަހަރު ކަމުން އާލާއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އަލްވަދާއު ކިޔާފިއެވެ. ދާނިޔަލްވެސް މަޣްރިބް ނަމާދުން އައިސް ގެޔަށް ވަނެވެ. އާލިމާގެ ޚަބަރެއް ނުވުމުން އޭނާވެސް ކޮޓަރިއަށް ވަނީ މިވަގުތު […]
“އެއީ މައްސަލައެއް ނޫން ދަރިފުޅާ.. އަލްޙަމްދުލިއްލާހް.. އެ ވަޒީފާ ނުލިބުނަސް ދަރިފުޅަށް އަލުން ތި ލިބުނީ ހަމަ އެ މުސާރަ ލިބޭ އެޔަށްވުރެ މާ ފަސޭހަ ވަޒީފާއެއްނު.. ﷲއަށް ޙަމްދުކުރޭ..” އާލިމާ އޭނާގެ ދަރިފުޅަށް ހިތްވަރު ލައިދެމުން ދިޔައެވެ. އެވަގުތު ދާނިޔަލް އާލިމާ ގައިގައި ބައްދާލަމުން ތިއީ މި ދުނިޔޭގައިވެސް ހުރި އެންމެ ރަނގަޅު މަންމައޭ ބުނެލީ އުފަލުން ހުރެއެވެ. އާލިމާވެސް ހިނިތުންވެލީ އުފާވެފައި ހުރެއެވެ. ކާރުގައި ގެޔަށް އައިސް ވަތް އަރީފް ކާރު ގަރާޖުގައި ބޭއްވުމަށްފަހު […]
“ބަލާލައިގެން ހިނގައްޗޭ އިނގޭ.. ނޫނީ ވެއްޓިފަ އަނިޔާއެއްވެސް ވެދާނެއްނު..” އެމީހާ ދާނިޔަލްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ދާނިޔަލްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެހާ މަތީ ފަންތީގެ މީހެއް އޭނާ ފަދަ ދެރަ ނިކަމެއްޗަކާއި އެހާ ރީތިކޮށް ވާހަކަ ދެއްކުމުން ހައިރާން ނުވާނީ ކާކުހެއްޔެވެ؟ އެމީހާ އަނެއްކާވެސް ރީތި ހިނިތުންވުމެއް ދާނިޔަލްއަށް ހަދިޔާކޮށްލުމަށްފަހު ކޯޓު ރީތިކޮށްލަމުން އެތަނުން ދިޔައެވެ. އިރުކޮޅަކު އެހުރި ހައިރާންކަންމަތީ ހުރުމަށްފަހު ދާނިޔަލް އަވަސް އަވަހަށް ވެއްޓިފައި އޮތް ގަނޑު ނަގައިގެން އޮފީހުން ނިކުތެވެ. “މަންމާ.. އަޅުގަނޑުގެ […]
“ޝަޒިއްޔާ.. ހާދަ ވަރަކަށް އެސޮރާއި ދިމާލަށް ތި އެއްޗެހި ކިޔަނީ؟ އަދި މިއަދު އޭނާ ވަޒީފާއަށް އެ ނިކުތީވެސް.. އެހެން ނޫނަސް އިންސާނުންނޭ އަހަރެމެން މީ.. ކުށްވެސް ކުރެވޭނެ.. އެއީ އެހާ ކަމެއް ނޫނޭ..” އަރީފް މަޑު ހިނގުމެއްގައި އައިސް އެމީހުން ގާތު ހުއްޓިލިއެވެ. އޭނާގެ އަޑުގައި ވަނީ ހިތްހެޔޮކަމާއި މަޑުމައިތިރި ކަމެވެ. “އެކަމަކު.. އޭނާ ނުޖެހޭ ދޯ އަހަރެން ކުރާ އަމުރަށް ދެކޮޅު ހަދާކަށް..” ޝަޒިއްޔާ އޭނާގެ ގޮތުގައި ހިފަހައްޓާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަރީފް […]
ފިރިހެންވަންތަ ހިނގުމެއްގައި ދިޔަ ދާނިޔަލްއަށް ސިހުން ގެނުވީ މީހެއްގެ ގައިގައި ފުދޭވަރަކަށް ބާރަށް ޖެހުމުންނެވެ. ޖެހުނު ގޮތުން އޭނާގެ ކޮނޑަށްވެސް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. ދާނިޔަލްގެ ދެތުންފަތް ދޭތެރެއިން މަޑު އާހެއް ނިކުތީވެސް އެހެންވެގެންނެވެ. އިސް އުފުލާ ބަލައިލި ތަނުން ކުރިމަތީގައި ހުރި ސޫރަ ފެނި ދާނިޔަލްގެ ނޭވާވެސް އަރުތެރޭގައި ތާށިވިހެން ހީވިއެވެ. ދާނިޔަލްގެ ކުރިމަތީގައި ދެބުމަ ގޮށްޖަހާލައިގެން ހުރީ ދާނިޔަލްއަށްވުރެ އިސްކޮޅުން ކުރު ދޮން ހަންގަނޑެއް ލިބިފައިވާ ރީތި އަންހެން ކުއްޖެކެވެ. އެކުއްޖާގެ ބޯ ދާނިޔަލްގެ […]
ހުދުކުލައިގެ ގަމީހަކާއި ކަނޑު ނޫކުލައިގެ ފަޓުލޫނާއެކު ބެގީކުރުމަށްފަހު ކަޅުކުލައިގެ ދަބަހެއް ކޮނޑުގައި އަޅުވާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި ޒުވާން ފިރިހެން ކުއްޖަކު ޕޭވްމަންޓަ މަތިން ހިނގާލައިފައި ދިޔައެވެ. ގަމީހުގެ އަތުކުރީ ގޮށް އަޅުވާލައިފައި ވާއިރު އަޅާފައިވައި ޓައީއާއި އެކު ފަށްބޯ ކަޅު އިސްތަށިގަނޑު އެއްފަރާތަކަށް ފުނާ އަޅާލައިފައި ވުމުން ޒުވާނާ އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. އިސްތަށިގަނޑުގެ ފަން ކަމުން ބައެއް އިސްތަށިތައް އޭނާގެ ނިތްމައްޗަށްވެސް ވެރިފައި ހުއްޓެވެ. ބަލައިލައިފި ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކަތިލާފަދަ ރީތިކަމެއް […]
ރައިފާ އޭތި މީތި ކިޔަމުން ދިޔައީ މައިހާ އިތުރަށް ރުޅި އަރުވާށެވެ. ކަން ވީވެސް އެހެންނެވެ. ހިނގަމުން ދިޔަ ކޮންމެ މިނެޓަކާއެކު މައިހާގެ ހިތުގައި އަނދަމުން ދިޔަ ނަފްރަތުގެ އަލިފާންގަޑު ބޮޑުވަމުން ދިޔައެވެ. އެހެން ހުރުމަށްފަހު ރައިފާ ވަގުތު ޖެހުނީއޭ ހިތާ އޭނާގެ މަސައްކަތް ފެށަން އަވަސްވެ ގަތެވެ. “ޒިވާ.. އަހަރެން ކަލޭ ބުނާ އެއްވެސް އެއްޗެއް އަޑެއް ނާހާނަން.. ކަލޭގެ މި އެއްވެސް އެކުވެރިއެއްގެ ވެސް.. އަދި ކަލޭ ކިތަންމެ އާދޭހެއް ކުރިއެއްކަމަކު އަހަރެންގެ މި […]
ދެއަތް އުރާލައިގެން ޕޭވްމަންޓް މަތީގައި ޒިވާ ހުރީ ވަރަށްވެސް ހަމަޖެހިލައިގެންނެވެ. ފިހާރައިގެ ދޮރު ކައިރީ އަރިމައްޗަށް ވާގޮތަށް ހުރި އިރު ޕޭވްމަންޓު މަތިން ހިނގާފައި ޒިވާގެ ފަހަތުން އަންނަ މީހުން އޭނާއަކަށް ނުފެންނާނެއެވެ. ކުއްލިޔަކަށް ޒިވާ ސިހުނީ ފަހަތުން އޭނާގެ ނަމުން މީހަކު ގޮވާލި އަޑަށެވެ. ހައިރާންކަމާއި ބިރުވެރިކަން އޭނާ ވަށާލިއެވެ. ބިރުން ހުރި ނަމަވެސް ހިތްވަރު ކޮށްލައިފައި ޒިވާ ފަހަތަށް އެނބުރިލިއެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި މިހާރު އެހުރީ އޭނާއަށް އަބަދުވެސް […]
“ޒިވް.. ދެން ދަނީ އިނގޭ އަހަރެމެން.. ރެސްޓް ކޮށްލާ ދެން..” މައިހާ ޒިވާގެ އަތުގައި ހިފާލައިގެން އެޕާޓްމެންޓްގެ ދޮރުމަތީގައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ޒިވާވެސް ހިނިތުންވެލުމަށްފަހު ބޯ ޖަހާލީ އެފަދަ ރަނގަޅު ހިތްހެޔޮ އެކުވެރިޔެއް ލިބުނު ކަމަށްޓަކައި އުފާކުރާ ޙާލުއެވެ. އެންމެންވެސް އުފާވެރިކަންމަތީ ހިނިތުންވެލައިގެން ތިބީ ކުރިމަތީގައި އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލުއެވެ. *** “ޒިވް.. މާދަން ޖެހޭނެ ޑިއުޓީއަށް ނިކުންނަން އަނެއްކާވެސް.. އަހަރެން ނެތެއްކަމަކު ބަލައިގެން އުޅޭތި އިނގޭ.. ނަސީބެއް މަންމަވެސް […]