“މަންމައަށް އިނގޭ ދެކުދިންވެސް ވަރަށް ދެރަވެފަ ކަން ތިތިބީ ދާން ޖެހޭތީވެ.. މަންމައަށް އަޑުއިވިއްޖެ ދެކުދިން ދެއްކި ވާހަކަ ތައްވެސް.. ދަރިފުޅުމެންނޭ.. ދުނިޔެއަކީ އިމްތިޙާނެއް.. އެކި ކަހަލަ އަޑި ގުޑަންތަކާއި ކުރިމަތިލާން ޖެހޭނެ.. އުންމީދު ނުކުރާ ކިތަންމެ ކަމެއް ކުރިމަތިވެދާނެ.. އެކަމަކުވެސް އަހަރެމެން ޖެހޭނީ ހިތްވަރާއެކު އެކަންކަމާއި ކުރިމަތިލާން.. ކެތްތެރިކަމާއެކު ސާބިތުވެ ތިބެން..” ޒިވާ އާއި ޔައީޝް ގާތު މަޑުކޮށްލުމަށްފަހު ނޫރީން އެދެމީހުންނަށް ނަސޭހަތްތެރިވިއެވެ. “އަސްލު ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން މި އައީވެސް..” ނޫރީން ހިނިތުންވެލައިފައި […]
ކާރުގައި ދިޔައިރު އެންމެ ފަހަރަކުވެސް ނަވާފް އާއި ނަވާރް އަނގަ ހުއްޓާނުލުމުން ކާރުތެރޭގައި ފަޅުފިލާފައިވެއެވެ. އެމީހުން ބުނެލާ އެއްޗެހިން ޒިވާ އާއި ޔައީޝް އިރުކޮޅަކާއި ހޭން ފަށައެވެ. “ކުވޭ.. ކޮއްކޮ އައިސްކްރީމް ކާހިތްވަނީ..” ނަވާފް ސްނޯތަކަށް ބަލަން އިނދެ ބުނެލިއެވެ. “ކޮއްކޯ… މިހާ ފިނި އިރު ނުވާނެ ފިނި އެއްޗެހި ބޯކަށް.. އެހެން ދުވަހަކުން ދޯ އައިސްކްރީމް ބޯނީ.. މިއަދު ދާނީ ދުއްވާލަން… ގޮސް އެޔޮށް އެޔޮށް ކޮޅުގަ ހުރި މޯލްއިން ކޮއްކޮއަށް ގިފްޓެއް ގަންނާނީ..” ޔައީޝް […]
“އެއްޗެހި ވެއްޓުނު ގަޑީގަ އެހުރީ ވެރިފަ.. ހެހެ.. ވަރަށް ބޮޑަށް ޝުކުރިއްޔާ..” އެމީހާ ނާއިޝްއަށް މުޚާތަބުކޮށް ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ އެކުވެރިކަމެވެ. ހިތްހެޔޮ ކަމެވެ. އަދި މަޑުމައިތިރިކަންވެސް މެއެވެ. ނާއިޝްވެސް ހިނިތުންވެލައިފައި އެއީ ކަމެއް ނޫނޭ ބުނެލިއެވެ. ނާއިޝް އެތަނުން ދިއުމަށްޓަކައި އެނބުރެން އުޅެނިކޮށް އެމީހާ ނާއިޝް އާއި ސުވާލު ކޮށްލިއެވެ. “ކޮއްކޮއަށް ކޮން ނަމެއްތަ ކިޔަނީ؟ ދައްތައަށް ވަރަށް ބޮޑު ހެޔޮކަމެއް ތި ކޮށްދިނީ…” އޭނާ ހިނިތުންވެލިއެވެ. ނާއިޝްވެސް ބަދަލުގައި ހިނިތުންވެލިއެވެ. “ނާއިޝް..” ނާއިޝް […]
“އެކަމަކު ކީއްވެ ސުމައްޔާމެން އަހަރެމެން ގާތު ޒިވްގެ ވާހަކަ ނުބުނީ؟” އެންމެން އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރަމުން ދަނިކޮށް ކުއްލިޔަކަށް ޒައިފްގެ ހިތަށް އައި ސުވާލު ކޮށްލިއެވެ. އެންމެން އެއްފަހަރާ ސުމައްޔާ އާއި ދިމާލަށް ބަލައިލީ އެ ސުވާލުގެ ޖަވާބު ބޭނުމޭ ބުނާ ފަދައަކުންނެވެ. ސުމައްޔާވެސް އެންމެންނަށް އެވާހަކަތައް ކިޔައިދޭންވީ ވަގުތު ޖެހުނީކަން ހިތަށް ވިސްނައިދެމުން ވާހަކަ ދައްކަން ތައްޔާރު ވެލިއެވެ. “އެއިރު އަހަރެމެންވެސް ދަންނަނީ ޒައިފް އާއި ނޫރީން.. ދަރިއެއް ހުންނަކަންވެސް އިނގޭ.. އެކަމް […]
ޒިވާ ސިހުނީ ޔައީޝް އޭނާގެ ދެކޮނޑުގައި ހިފާލުމުންނެވެ. ޔައީޝް ޒިވާ ގޮވައިގެން ގޮސް އެނދުގައި ބޭނދިއެވެ. “ކަމުދޭތަ މި ކޮޓަރި؟” ޔައިޝް ޒިވާ އާއި ސުވާލު ކޮށްލިއެވެ. އެވަގުތު ޒިވާ ބޯ ޖަހާލިއެވެ. “ދެން ދޭ ފްރެޝް ވެލައިގެން އަންނަން.. އެޔަށް ފަހު މަންމަމެން ސަޕްރައިޒް ކޮށްލަން ދާނީ ދޯ؟” ޔައީޝް ހިނިތުންވެލައިފައި ބުނެލިއެވެ. އެހިނދު ޒިވާވެސް އެކަމާއި އެއްބަސް ވަމުން ފެންވަރަން ބޭނުންވާނެ ސާމާނުތައް ބަލައި ފޮށްޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޒިވާ ފާޚާނާއަށް ވަނުމުން […]
ޒިވާ އާއި ރިފާވެސް އެދެމެދުގައި އޮތް ދުރުކަން ކަނޑުވާލުމަށްފަހު އެކުވެރިންނަށް ވެއްޖެއެވެ. އެކި ވާހަކަ ތަކުގައި އެމީހުން މަސްއޫލުވެފައި ތިބި އިރު އެހެން ކަމަކަށް އެއްވެސް ސަމާލުކަމެއް ނެތެވެ. ވާހަކަ ތަކަށް ގެއްލިފައި ތިބި މީހުންނަށް ސިހުން ގެނުވީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ. ގޭގެ ދޮރު ތަޅުލައިފައި އެނބުރިލި ރައިފާއަށް މަޑުޖެހިލެވުނީ ސިޓިން ރޫމުގައި ތިބި އެންމެންގެ ލޯތައް އޭނާއާއި އަމާޒުވެފައި ހުރުމުންނެވެ. ރައިފާގެ މިސްރާބު އެހެން ކަމުން އެދިމާލަށް ޖެހިއެވެ. ނަމަވެސް އެތާ އެތިބި […]
ނޫރީންއާއި ވާހަކަ ދައްކާލަން ކިތަންމެ ބޭނުންވެފައި ހުރި ނަމަވެސް ނޫރީންއަށް ނޭނގޭނެހެން ޔަންހާ ގޭގެ އަނެއްފަރާތަށް ދިޔައެވެ. ބޮޑު ބިއްލޫރި ބިތް ކައިރީ ހުއްޓިލައިގެން ހުރި ޔަންހާ އެ ބިއްލޫރިގަނޑުގައި އަތް ޖައްސާލިއެވެ. އޭނާގެ އަތަށް އެވަގުތުވެސް ފިނިކަން އިޙުސާސް ވެގެން ދިޔައެވެ. މިދުވަސްކޮޅަކީ ކެނެޑާއަށް ފިނި މޫސުން ކަމުން މުޅި ގޭތެރެވެސް ހީވަނީ އޭސީ ކޮށްފަ ހުންނަހެންނެވެ. ގޭގެ ބޮޑު ބަގީޗާގަ ހުރި ހުރިހާ ގަސްތަކެއްގައިވެސް ވަނީ ސްނޯ ހަރުލައިފައެވެ. އެހެން ނަމަވެސް މަންޒަރު ނުހަނު […]
މެންދުރު އެގާރަ ޖަހަނިކޮށް ޒިވާ އާއި މައިހާ ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. “ޔައި ފަހުންވެސް މެސެޖު ކޮށްފަ ބުނި ނާދެވޭނެޔޯ.. އޭނާ ކުރިން ހުރީ ބްރޭކް ނަގައިގެން ނަމަވެސް އަންނަން.. އެކަމަކު ފަހުން ބުނީ ހަމަ ނެތޯ ދެވޭކަށް.. އޭނާ ހުރީ ކޮންމެ ގޮތެއް ހަދާފަވެސް އަންނަން.. އެކަމަކު އަހަރެން ދެން ފަހުން ބުނީ މައްސަލައެއް ނެތޭ މައި މެން މީހަކާ އެކީ ގޮސްލަފާނަމޭ.. ބުނި ރިޕޯޓް ލިބޭގޮތަށް ޑޮކްޓަރަށް ދައްކާފަ ތިމަންނައަށް އަންގާލައްޗޯ..” އެތެރެއަށް […]
ރައިފާގެ ކަންފަތުގައި ކުޑަކުޑަ އަލީނާ ލައްވަމުން ދިޔަ އަޑުތައް އިވި ހިނި އާދެވުނީ އިޚްތިޔާރުން ބޭރުގައެވެ. އޭނާވެސް ގައިމު ރަނގަޅު ދިރިއުޅުމެއް ފައްޓައިގެން އެމީހުން އެ އުޅޭ ގޮތަށް އުޅުނީމަ އެ ވީ ނޫން ހެއްޔެވެ؟ ބަދަލު ނުހިފާ ސުލްޙަވެރިކަމާއެކު ހުރިހާ ކަމެއް ނިންމާލިއްޔާ ވާނީ ކީއްހެއްޔެވެ؟ ރައިފާ އޭނާގެ ބޮލުގައި ކުޑަކޮށް ޖަހާލިއެވެ. އެއްގޮތަކަށްވެސް ޒިވާ ގާތުން ބަދަލު ނުހިފައި ކަމަކު ނުދާނެވެ. އޭނާގެ ބަސްނާހާ ހިތަށް އަނެއްކާވެސް އިތުރަށް ބަހަނާތައް ދައްކަމުން ދިޔައެވެ. މައިހާ […]