“އަހަރެން ވަރަށް އުންމިދާއިއެކީ ޝަޒިއްޔާ ގާތު މިބުނަނީ.. ޝަޒިއްޔާ ޖެހޭނެ އެ ޒުވާނާ ހިތުން ރުހުމުން ޤަބޫލު ކުރަން..” ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމަކާއެކު އަރީފް ބުނެލިއެވެ. އެހިނދު ޝަޒިއްޔާ ހިނިގަނޑެއް ޖަހާލުމަށްފަހު އަނގަބަހުން އެކަމަށް އެއްބަސްވެލިއެވެ. އޭނާގެ ހިތް އުފަލުން ނަށަނީވިއްޔާއެވެ. ދަރިފުޅުގެ ކައިވެނި ދުވަސްކޮޅަކުން ކުރެވިގެންދާތީއެވެ. “ޝަޒިއްޔާ.. އަހަރެންގެ ހޮވުމަކީ ގޯސް ހޮވުމަކަށް ނުވާނެ.. އެއީ ހަމަ ޔަގީން ކަމެއް.. އަހަންނަށް ވަރަށް ރަނގަޅަށް އިނގޭ ކުއްޖެއް އެއީ.. އޭނާއަކީ ހެޔޮލަފާ ރަނގަޅު ކުއްޖެއް.. އަދި […]
ބާރުބާރަށް ބަދިގެއިން ނިކުމެގެން ވިޝާމާ އައީ އަޒާންމެން ގާތު ސައިބޯން އައުމަށް ބުނާށެވެ. އެހެން ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ފެނުނު މަންޒަރުން ހުރި ފިޔަވަޅު މައްޗަށް އޭނާ ގަނޑުވީއެވެ. ކާރުން ފައިބައިގެން ދުވެލައިފައި ގޭތެރެއަށް ވަތް އާދިންއަށްވެސް ވީ ހަމަ އެވަރެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އޭނާއަށް ހުރިތާ މަޑުކޮށްލެވުނު އިރު އެއްވެސް ޙަރަކާތެއް ގެންނަންވެސް އޭނާ ހަނދާން ނެތިފައި ވީ ފަދައެވެ. ހައިރާންކަންމަތީ އިރުކޮޅެއް ވާންދެން ހުރުމަށްފަހު އާދިން އަވަސް އަވަހަށް އެތެރެއަށް […]
އޭނާގެ ދެލޮލުން ފެންނަނީ އުންމީދެވެ. އޭނާ އެ ހީކުރާ ގޮތަށް އެކަން ވެއްޖެނަމަ އާދިން އުފާވާނެ ވަރު ބަޔާންކުރަންވެސް ނޭނގެއެވެ. “ވިޝް.. އެއީ ދޮންބެގެ ދަރިއަކަށް ވެއްޖެނަމަ އަނެއްކާވެސް ދޮންބެއާއި ދިމާވާނެ ދޯ..” އާދިން އަނެއްކާވެސް ވިޝާމާ ގާތު ބުނެލީ އުންމީދުން ފުރިގެންވާ އަޑަކުންނެވެ. އާދިންގެ އަޑުގައި ވީ ރިހުމާއި އަސަރުން ވިޝާމާގެ ލޮލުންވެސް ވަނީ ކަރުނަ ހިލުވާލައިފައެވެ. ކަރުނައިގެ ތެރެއިންވެސް އޭނާ ބޯ ޖަހާލީ ފިރިމީހާއަށް ހިތްވަރު ދިނުމަށްޓަކައެވެ. “އަހަރެން އަދި ބަލާނަން.. އެއީ އަހަރެމެންގެ […]
“ދަރިފުޅުމެން ހާދަ ވަރުބަލި ވެފައޭ ދޯ.. މާ ބިޒީ ދުވަހަކީތަ؟” ވިޝާމާ ގެނައި ފެންތަށި ބޯން ތިބި އާދިން އާއި އަޒާންގެ ސަމާލުކަންވެސް ހުއްޓިގެން ދިޔައީ ކުރިމަތިން އިވިގެންދިޔަ ބަރު ފިރިހެން އަޑަށެވެ. ކުރިމަތީގައި ހުއްޓި ހުރި މެދު އުމުރުގެ ފިރިހެން މީހާ ފެނި ދެމީހުންގެ ތުންފަތުގައިވެސް ލުއި ހިނިތުންވުމެއް ކުޅެލިއެވެ. “ކާފާ.. ބުރައޭ ބުންޏަކަސް ވާ ބުރަ ދުވަހެއް މިއަދު.. ނޭވާއެއް ލާނެ ވަގތެއްވެސް ވީ ކިރިޔާ..” އަޒާން ވަރުބލިވެފައި ހުރެ ބުނެލިއެވެ. އެވަގުތު މަނިކު […]
ދާނިޔަލް އެއްފަރާތަކަށް މޫނު އަނބުރާލި އިރު ގާތުގައި އިން އަޒާން ފެނިފައި ފުޅާ ހިނިތުންވުމެއް އޭނާއަށް ރައްދުކޮށްލިއެވެ. “އަޒާން ހާދަ ދުވަހެއް ވެއްޖޭ ދިމާ ނުވާތާ..” އަޒާން އާއި ދާނިޔަލްއަކީ އެއްކޮށް ވަޒީފާއަށް ނިކުތް ދެ ޑޮކްޓަރުންނަށް ވުމުން މިވީ އެއްވަރަކަށް އަހަރު ދުވަސްތެރޭ އެދެމެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. “ކުޑަ ޗުއްޓީއެއްގަ ހުރީ އެއިރު ފެމިލީ ކަމެއް ދިމާވެގެން..” އަޒާން ހިނިތުންވުމަކާއެކު ބުނެލިއެވެ. ދާނިޔަލްވެސް އެހެން ހެއްޔޭ ބުނެލިއެވެ. ދެމީހުންގެ ވާހަކަ މެދުކަނޑާލީ އެތެރެއަށް […]
ކެބިންގެ އެންމެ އެތެރޭގައި ހުދުކުލައިގެ ކަބަޑުތަކާއެކު ބަލި މީހުން ބަލަން ޚާއްސަ އެނދެއް ބަހައްޓައިފައި ހުއްޓެވެ. ފާރުތަކުގައި މަޑު އަޅިކުލައެއް ލައިފައި ވުމުން ވަރަށްވެސް ފުރިހަމައެވެ. ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކާއި މިތަނާއި ވަރަށްވެސް ތަފާތެވެ. ހުރިހާ ކަމެއްވެސް ހުރީ ޑޮކްޓަރުންގެ އިތުރުން ބަލިމީހުންނަށްވެސް ފަސޭހަވާނެ ފަދައިންނެވެ. އޭނާގެ ކެބިންގެ ކޮންމެ ކަމެއްވެސް ދާނިޔަލްއަށް ވަރަށް ކަމުދިޔައެވެ. އެހެން ކަމުން ގޮނޑީގައި ހަމަޖެހިލުމަށްފަހު ފޯނު ނަގައި އެ ހުޅުވާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާ އިނީ ފޯނަށް ގެއްލި […]
އާދައިގެ ވަރަކަށް ހިނގާލައިފައި ދިޔަ ދާނިޔަލް ގޮސް ހުއްޓިލީ އޭނާގެ ގޭ ކުރިމަތީގައެވެ. އާލިމާއާއި އެކު ހޭދަވި އުފާވެރި ވަގުތުކޮޅުތަށް އެތަނެއްގައި ފަސްއެޅި ފޮރުވިފައިވި ގޭ ކުރިމަތީގައެވެ. ތުއްތު އިރުއްސުރެ އުޅެ ބޮޑުވި ގޭ ކުރިމަތީގައެވެ. އެ ގޭ ފެނުމުން ދާނިޔަލްގެ ހިތަށް ތަފާތު އިޙުސާސްތަކެއް ކުރެވެމުން ދިޔައެވެ. ހިތުގެ އެންމެ ފުނާ ހަމައަށް ފުން އަސަރުތަކެއް ކުރަމުން ދިޔައެވެ. ގެޔަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުން ނުވަތަ މައިންބަފައިން މަތިން ހަނދާން ވުމުން ކަމަށްވެސް ވެދާނެއެވެ. ކޮންމެޔަކަސް […]
ވައިބަރ އިން އާލާ އޮންލައިންގައި އިނުމުން އަރީފް ލަސްތަކެއް ނުކޮށް އަލާގެ ނަންބަރަށް ގުޅާލިއެވެ. އަދި ހަލޯއޭ ބުނެލިއެވެ. “ކިހިނެތް ވި ދަރިފުޅާ؟” އަރީފް ނުހަނު އޯގާތެރިކަމާއެކު އަދި ވަރަށް ލޯބިން އަހާލިއެވެ. “ބައްޕާ.. އާލާ ރުފިޔާ ބޭނުންވެއްޖެ.. ވަރަށް ފަހުން ނިކުތް ބްރޭންޑެއްގެ މޭކަޕް ކުރާ ސާމާނު ގަންނަން ވެގެން.. އޭތި ވަރަށް ރަނގަޅުކަމަށް އަޅުގަނޑުގެ ރައްތެހިންވެސް ބުނި.. މަންމަ ބުންޏޭ އަދި އަޅުގަނޑު ބޭރަށްދަންޏާ އަބަދުވެސް ހުންނަން ވާނީ މޭކަޕްކޮށްގެން ވަރަށް ރީތިވެގެންނޯ.. އެހެންވެގެން […]
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު ދާނިޔަލް އާއި ސައިފް ވެސް ދެމީހުންގެ ކޮޓަރިއަށް ދިޔައެވެ. ދާނިޔަލް ކޮޓަރިއަށް ވަތް ގޮތަށް މިސްރާބު ޖެހީ ފާޚާނާއަށެވެ. އެއީ ފެންވަރާލައި ތާޒާވެލުމަށެވެ. ކުރިން އައި ގޮތަށް އޭނާ ފެން ނުވެރީ މަޣްރިބް ނަމާދު ވަގުތު ޖެހުމުންނެވެ. އިޝާ ނަމާދަށް ބަންގި ގޮވަން ވާއިރަށް ފެން ވަރާ ތައްޔާރު ވެވޭތޯ ދާނިޔަލް ބެލިއެވެ. “ރުކާ.. އާދެބަލަ ފިޒިކްސް ނޯޓްސްތައް ހިފައިގެން.. އެބަ ހީވޭ އެއް ނޯޓް މަދުވާހެން..” އާލާ އޭނާގެ ކޮޓަރީގެ […]