“އުފާ ކުރާނެ ވަރަކަށް އުފާކުރަންވީ.. އަހަރެން ނުދޭނަން ދެން އޭނާއަކަށް މާ ގިނަ ވަގުތެއް..” ދުރުގައި ހުރި ތަނބެއް ކައިރީ ދެމީހަކު ތިއްބެވެ. އެކަކު އަތުގައި ކޯކު ތައްޓެއް އިން އިރު އަނެކަކު ހުރީ ހަށަން ބަނދެލައިގެންނެވެ. އެދެމީހުން އުޅޭ ގޮތުން ހީވަނީ މީހަކަށް ފެނިދާނެތީ ވަރަށްވެސް ސިއްރުން އުޅޭހެންނެވެ. ދާނިޔަލްމެންނާއި ދިމާލަށް ބަލަހައްޓައިގެން ތިބި އިރު އެ ދެމީހުންގެ މޫނުމަތީގައިވެސް ވަނީ ނުލަފާ ހިންޏެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވީ ނުރައްކާތެރިކަން އެހެން މީހުންނަށް އިނގޭނެ […]
ޝަޒިއްޔާވެސް އުފާވެރިކަމާއެކު އިން ތަނުން ތެދުވިއެވެ. “އަވަހަށް ހިނގާ ދަރިފުޅުމެން ކާން.. ބަނޑުހައިވެފައެއްނު މިހާރު ތިބޭނީވެސް.. އަށެއް ޖަހާ ބޮޑުވީ މިހާރު..” ޝަޒިއްޔާ އައި ގޮތަށް އައިސް އާލާމެން ގާތު ހުއްޓިފައި ބުނެލިއެވެ. ދާނިޔަލްއެކޭ އެއްފަދައިން ޚުދު އާލާވެސް ހުރީ މަންމަގެ މިޒާޖަށް އައި ކުއްލި ބަދަލުން ހައިރާންވެ އަންތަރީސްވެފައެވެ. ދާނިޔަލްދެކެ އެޔޮށް ރުޅި އަންނަ އިރު މިއަދު އޭނާ ދާނިޔަލްއާއި އެ ވާހަޖަ ދެއްކީ ނުހަނު އެކުވެރި ރާގަކަށެވެ. ދާނިޔަލްއާއި އޭނާ ކައިވެނި ކުރުމުން އޭނާ […]
މަނިކު އެމީހަކާއި އެކު އިނީ ރެސްޓޯރަންޓެއްގެ ވިއައިޕީ ބައިގައެވެ. އެއީ އާންމުކޮށް މުއްސަނދިން އައިސް އުޅޭތަނެއްކަން ބަލައިލި ކޮންމެ ދިމާލަކުން އެނގެއެވެ. އެލުވާފައިވާ ޖަވާހިރުގެ އަގުބޮޑެތި ޗާންދަލިއާތަކެވެ. އަގުބޮޑެތި މޭޒު ގޮނޑިތަކާއި އެހެނިހެން ތަކެއްޗެވެ. “މިކަން ފަށަންވީ މިހާރުވެސް.. މަށަށް މިވަރުވެސް ލަސް.. މަ ބޭނުން އަވަހަށް ފަށައިފަ އަވަހަށް ނިންމާލަން..” އެމީހާ ނުރުހުންވެފައި މަނިކުއަށް ބުނެލިއެވެ. “ނޫނޭ… އެހާ އަވަސް އަރުވާލައިގެން ވާނެ ކަމެއް ނޫން މިކަހަލަ ކަންކަމަކީ.. ދުރާލައި އުޅެގެން ކުރީމަ އެކަކަށްވެސް ޝައްކު […]
ސައި ނިންމާލުމަށްފަހު އަރީފްއާއި ވާހަކަ ދައްކާލަން ދާނިޔަލް އިން އިރު އާލާ އިނީ ޝަޒިއްޔާ ގާތުގައެވެ. ޝަޒިއްޔާ އެކައްޗެކޭވެސް ބުނުމެއްނެތި އާލާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ވާހަކައިގެ ފޯރީގައި ތިބުމުން އަރީފްގެ އިތުރުން ދާނިޔަލްއަށްވެސް އެކަމެއް ފާހަގައެއް ނުވިއެވެ. “މަންމާ ކިހިނެތް ވީތަ؟” ކޮޓަރިއަށް ވަތްގޮތަށް ޝަޒިއްޔާ ދޮރު ތަޅުލުމުންނާއި އޭނާ އާލާ ގޮވައިގެން އައި ގޮތުން އާލާ ސުވާލުކޮށްލިއެވެ. އެ ސުވާލަށް ޖަވާބުދިނުމެއްނެތި އާލާ ގޮވައިގެން ގޮސް ޝަޒިއްޔާ އެނދުގައި […]
ރޭގަނޑުގެ އެ ހިތްގައިމު ވަގުތު ދާނިޔަލް ބެލަކަންނަށް ނިކުންނަން ދިޔައެވެ. ހިތްހަމަޖެހުން އެތަނުން ވެސް ލިބޭނެތީއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތައް ދާނިޔަލްގެ އިސްތަށިތަކަށް ގޯނާކުރަމުން ދިޔައެވެ. ރެއިލިންގައި އަތް އަޅުވާލުމަށްފަހު އޭނާ ފޯނު ނަގައި ހުޅުވާލިއެވެ. އަދި ވައިބަރ ހުޅުވާލި އިރު އެކި މީހުންނާއި ގްރޫޕް ތަކުން ސަތޭކައަށްވުރެ ގިނަ މެސެޖު އައިސްފައި ހުއްޓެވެ. ދާނިޔަލްގެ ލޮލުގައި އަޅައިގަތީ އެންމެ ފުރަތަމައަށް އިން މެސެޖެވެ. ސައިފްގެ ނަން ފެނި ދާނިޔަލްގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. ދާނިޔަލް […]
ދެމީހުން އެ ދެމީހުންގެ އަމިއްލަ ދުނިޔޭގައި ތިބި ވަގުތު ފޯޓޯގްރާފަރ ރީތި ފޮޓޮއެއް އޭނާގެ ކެމެރާގައި ރައްކާކޮށްލިއެވެ. އާލާއާއި ދާނިޔަލް ދެމީހުންގެ ލޮލަށް ގެއްލިފައި ތިބި އިރު ދެން ތިބި ހަތަރު މީހުން ތިބީ އެ ދެމީހުންނަށް ބަލަހައްޓައިގެން ހެވިދިލިފައެވެ. ވަރަށްވެސް ފުރިހަމަ ފޮޓޮއެކެވެ. އާލާ އާއި ދާނިޔަލްއަށް ހޭވެރިކަން ވީ އިޝާން ގަދަކަމުން ކެއްސަން ފެށުމުންނެވެ. ދާނިޔަލް އިސްތަށިގަނޑު ތެރެއަށް އަތް މަހާލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލަމުން ކަމެއް ނުވާކަމަށް ހެދުނެވެ. އާލާވެސް ނޫން ކަމަށް […]
ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު އިރަށް ފުރުސަތު ދެމުން ހަނާއަޅާލިއެވެ. ދުނިޔެމައްޗަށް އިރުގެ ރަންދޯދިތައް ވެރިވެފައިވާއިރު ވަރަށްވެސް ފުރިހަމައެވެ. ފިނިފިނި ވައިރޯޅިތައް އެއްވެސް ހުރަހެއްނެތި ގަސްތަކުގެ ފަތްތަކާއި ކުޅެލާއިރު ހިތަށް ލިބޭ ހަމަޖެހުން ބަޔާންކުރަންވެސް ދައްޗެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ﷲގެ ކުޅަދުންވަންތަކަމެވެ. ހަމަޖެހިލައިގެން އިނދެ ކާރުގައި ދާނިޔަލް ދުއްވާލައިފައި ދިޔައީ ޑިއުޓީއަށެވެ. ކާރު ޕާކުކޮށްލުމަށްފަހު ޑޮކްޓަރ ކޯޓު އަތުގައި އަޅުވާލައިގެން ދިޔަ ދާނިޔަލްއަށް ހޮސްޕިޓަލްތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު ހުރި ފިޔަވަޅުމައްޗަށް ގަނޑުވިއެވެ. އެއިރު […]
“އައްސަލާމް ޢަލައިކުމް.. ތި އާދެވުނީދޯ.. މިއީ ކޮން ބައެއްތަ ދާނިޔަލް؟ ބޭބެއަށް ތައާރަފް ކޮށޤދޭން ވާނެ އިނގޭ.. ހިނގާ އަވަހަށް އެތެރެއަށް ދަމާ.. މިތާ ތިބެގެން ވާހަކައެއް ނުދެއްކޭނެއްނު ..” އަރީފް ދާނިޔަލްމެންނަށް ހިނިތުންވެލަމުން ބުނެލިއެވެ. އެހެން ކަމުން އެ ތިން މީހުން އަރީފްގެ ފަހަތުން ގޮސް އެގެއަށް ވަނެވެ. އަރީފް އިސްވެ ކުރީގައި ހުރެ ހިނގަމުން ދިޔުމުގެ ސަބަބުން ފެންނަން ހުރީ އޭނާގެ ފުރަގަހެވެ . ތިން މީހުން ގޮސް ސޯފާގައި އިށީނދެލިއެވެ. އެވަގުތު އެންމެންނަށް […]
“ބަ.. ބައްޕައަށް ކަމުދާ ގޮތަކަށް ނިންމީމަ އޯކޭ ވާނެ.. އަޅުގަނޑަށް މައްސަލައެއް ނެތް ކޮންމެ ގޮތެއްވެސް..” އާލާ އިސްދަށަށް ޖަހާލަމުން ހިތްވަރުކޮށްލައިފައި ބުނެލިއެވެ. އޭނާގެ ދުލުން އެހެން ބޭރުވީތީ ހައިރާންވި ނަމަވެސް އެކަމަށް އިންކާރުކުރާނެހާ ހިތްވަރެއް އާލާގެ ނެތެވެ. އައި ގަދަ ރުޅިއާއި އެއްކޮށް އޭނާގެ ހިތަށްވެސް އަސަރު ކުރިއެވެ. އާލާގެ އަމިއްލަ ކައިވެނީގައި އޭނާގެ އެއްވެސް ބާރެއް ނެތެވެ. އަދި އެވަރުން ނުވެގެން އޭނާ ކައިވެނި ކުރަން އެ ޖެހުނީވެސް ޙަޔާތުގައި އެންމެ ރުޅި އައި […]