އަހަރެން ކޮޓަރިއަށް ވަތްއިރު އެލީނާ އުޅެނީ ލިވިއާ ނުނިދައިގެންނެވެ. ލިވިއާ ރޯންއޮވެފައި އަހަރެން ފެނުމާއިއެކު ދުއްވައިގަނެގެން އައިސް އަހަރެންގެ އަތުތެރެޔަށް ވަދުނެވެ. އަހަރެން ލިވިއާ އުރާލިވަގުތު އަހަރެންނަށް ފެނުނީ ލިވިއާގެ ނިއްކުރި ވަރަށް ބޮޑަށް މަށައިގެންގޮސްފައިވާތަނެވެ. އެލީނާ ކޮންމެސް އަނިޔާއެއް ކުރީކަން އަހަރެންނަށް ޔަގީނެވެ. އަހަރެން ލިވިއާ ގޮވައިގެން ބޭރަށް ނުކުތީމެވެ. ލިވިއާ ހުއްޓާލީ އަހަރެން އުނދޯލީގައި އިނދެ އިރުކޮޅަކު ނާނާ ކިޔާދިންފަހުންނެވެ. އަހަރެންގެ ނާނާ ނިމުނުއިރު ލިވިއާއަށް ވަނީ ނިދިފައެވެ. “ކީއްވެތަ މިރޭ ޒުވާބެއް ނުފަށަން […]
ކޮޓަރީގެ ފާރުބިތުގައި ލެނގިލައިގެން އިނދެ އަހަރެން ވިސްނަމުން ގެންދިޔައީމެވެ. އަހަރެން ހިތްވަރު ދޫކޮށެއް ނުލާނަމެވެ. ކޮންމެފަދަ ގުރުބާނީއެއް ވެގެންވިއަސް އަހަރެންގެ ދަރިފުޅުގެ މުސްތަގުބަލު އުޖާލާކުރަން އަހަރެން ބޭނުމެވެ. އަހަރެންގެ ސިކުނޑިއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ ކައުންސިލަރެއްގެ އެހީތެރިކަން ހޯދުމެވެ. ޖެހިގެން އައި ދުވަހު އަހަރެން މަސައްކަތަށް ދިޔައީ އާ އަޒުމަކާއި އެކުގައެވެ. އޮފީހުގައި އެކީ މަސައްކަތް ކުރާ ދެތިން މީހަކާއި ވާހަކަ ދައްކައި ކައުންސިލިން ދިނުމަށް ރަނގަޅު ތަނެއްގެ މައުލޫމާތު ހޯދީމެވެ. އަދި ރަށްޓެއްސެއްގެ އެހީގައި […]
އެލީނާގެ ބައްޕަގެ ވިޔަފާރި ބަނގުރޫޓުވީ އަހަރެންގެ ބައްޕަގެ ސަބަބުންނެވެ. އެކަމަށްޓަކައި އެލީނާ އަހަރެންނަށް ކިތަންމެ ނަފުރަތެއް ކުރިޔަސް އަހަރެންނަކަށް އެކަމެއް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް ދަރިފުޅުގެ އޮތީ ކޮން ކުށެއްހެއްޔެވެ؟ “އެހެންވީރު ކީއްވެތަ ލިވިއާއަށް ތިހާ އިހާނެތިކޮށް ތި ކަންތަށް ކުރަނީ.. އެއީ އެލީނާގެވެސް ދަރިއެއް ނުންތަ؟” އަހަރެންގެ ހިތަށް ކޮށްފައި ހުރި އަސަރުން އަހަރެން އެލީނާ ގާތު އަހާލީމެވެ. “ބުނަންތަ ރަގަޅު ވާހަކައެއް؟ މަށަށް ލެކްޗަރުއަޅަން ކަލޭ ނޫޅޭ.. މަގޭ ދަރިއަކަށް ކަންތަށް ކުރަންވީގޮތް އިނގޭނީ […]
ފަތީން އިނީ ސުކޫލު ފަޓުލޫނު ލައިގެން ބަދިގޭގައި ސައިބޯށެވެ. އެއިރު މެންދުރު ނަމާދަށް ބަންގި ގޮވަމުން ދަނީއެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް އައި މެސެޖަކަށް އޭނާ ބަލައިލިއެވެ. “ކޮބާ ތިމީހާ؟” އެއީ ޖިޔާދު ފޮނުވާލި މެސެޖެކެވެ. “އާދޭ މިގޭ ކާރިއަށް..” ފަތީން ރިޕްލައި ފޮނުވާލިއެވެ. ކައިނިމިގެން ފަތީން ތެދުވެގެންގޮސް ސިންކު ކައިރީގައި ހުއްޓިލި ވަގުތެވެ. އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ފަތީން އަތް ދޮވެގެން އަންނަން ވާއިރަށް ފޯނު ވަނީ ކެނޑިފައެވެ. ފަތީން ފޯނަށް ބަލައިލީއިރު ގުޅާފައިވަނީ […]
އޮފީހުން ގެއަށް އައީ 10 ގަޑީރެއްހާއިރު ހުއްޓުމެއް ނެތި މަސައްކަތް ކުރުމަށްފަހު ވަރަށް ބޮޑަށް ވަރުބަލި ވެގެންނެވެ. ގެޔަށް އައިސް ވަނުމާއެކު އިވުނީ ލިވިއާ ރޮއިގަތް އަޑެވެ. އަހަރެން ވަގުތުން ދަރިފުޅާއޭ ކިޔާ ދުއްވައިގަތީމެވެ. ކޮޓަރިއާ ދިމާލަށެވެ. ކޮޓަރީގެ ދޮރު ހުރީ ތަޅުލާފަކަން އެނގުނީ އަހަރެން ހާސްވެފައި ހުރިލެއް ބޮޑުކަމުން ދުވެފައި ގޮސް ގައިގައި ހުރި ބާރެއް ލާފައި ތަޅުގައި ހިފުމުންވެސް ތަޅު ގުޑާ ނުލީމައެވެ. “ހުޅުވާ މިދޮރު!” އަހަރެން ވަރަށް ބާރަށް ހަޅޭ ލަވައިގަތީމެވެ. އެއިރުވެސް […]
= ހުރިހާ ލޮބުވެތި ކިޔުންތެރިންގެ ސަމާލުކަމަށް : މިވާހަކަ އަޅުގަނޑު މީގެ ދުވަސްކޮޅެއް ކުރިން ވާނީ ފޭސްބުކް ޕޭޖަކަށް އަޕްލޯޑު ކުރަން ހަދިޔާ ކޮށްފައެވެ. އެހެންކަމުން މިވާހަކަ ކިޔުއްވާ ފަރާތްތަކަށް މިއީ ކުރިން ކީ ވާހަކައެއްހެން ހީވެލައްވާނަމަ އެއީ ކުއްހީއަކަށް ނުވުމާ ވަރަށް ގާތެވެ. ކަންމިހެން ހުރިނަމަވެސް އެސްފިޔައިގެ ކިޔުންތެރިންގެ ހިތްހަމަ ޖެހުމަށްޓަކައި އެސްފިޔައަށްވެސް މިވާހަކަ އަޕްލޯޑު ކުރުމަށް ނިންމާ މިވާހަކަ ތިޔަ ލޮބުވެތި ކިޔުންތެރިންނާ ހަމަޔަށް ދޫކޮށްލީމެވެ. = ވަގުތަކީ މެންދުރުގެ ހޫނު ގަދަ ވަގުތެ. […]
ލޯބީގެ އެންމެ ފަހު މަންޒިލަކީ ކައިވެންޏެވެ. އެކަމަކު، ހިދާ މީހެއްދެކެ ލޯބިވީ ލޯތްބަށްޓަކާ އެވެ. ކައިވެންޏާއި ފިރިމީހާ އަކީ، ހިދާގެ ސިކުނޑީގައި ގެންގުޅުނު ދެލަފުޒެއް ނޫނެވެ. އެކި މީހުން ލޯބިވަނީ އެކި ސަބަބަށްޓަކާ އެވެ. ހިދާ ލޯބިވި ސަބަބަކީ، ހިދާއާއި އިމްރާންގެ ޚިޔާލު އެއްގޮތްކަމުންނެވެ. އިމްރާންގެ ކިބައިގައިވާ އެ ސިފަ، ހިދާއަށް މާ ކަމުދިޔައީ އެވެ. ލޯބިވެވި، އަހުދުވެވި، ކައިވެންޏަކާ ހަމައަށް ދިޔައީ، ބަސްބުނި ހިދުންނެވެ. އެހާވެސް އަވަހަށެވެ. ދެމީހުން ރައްޓެހިވެގެން އުޅުނީ ފަސް މަސްދުވަހު އެވެ. […]
“ޝައިހާގެ އޭޖް ކިހާ ވަރެއްތަ؟” ޝައިހާގެ އުނގުމަތީގައި އޮށޯވެގެން އޮވެ ފަތީން އަހާލިއެވެ. “25 ވާނެ މިއަހަރު!” ޝައިހާ މިހެން ބުނުމުން ފަތީން ފެށީ ހޭށެވެ. ދެމީހުން އުމުރުގެ ހުރި ތަފާތާއި އެކުވެސް އެކަކު އަނެކަކު ދެކެ ގަޔާވެވުނީތީ ފަތީން އޮތީ ހައިރާންވެފައެވެ. “ކީއްވެ ތިހެނީ..” ޝައިހާ އަހާލިއެވެ. “ދެން އަހަރެންނަށް އަދި 18 އަހަރު. ކިހާ ތަފާތު ދޯ އުމުރުގެ ގޮތުން؟” ފަތީން މިހެން ބުނުމާއެކު ހިނިތުންވެފައި އިން ޝައިހާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. […]
ޝައިހާގެ ގެއިން ނުކުމެގެން ފަތީން އައިސް ގެޔަށް ވަތްއިރު ފައުޒާ ސިޓިންގްރޫމް ސޯފާމަތީގައި ފޯނެއްގައި އިނެވެ. ފަތީން ކޮޓަރިއަށް ދިޔައީ ފައުޒާއާއި ސަމާސާ ކޮށްލުމުގެ ގޮތުން އޭނާގެ އިސްތަށިގަނޑަށް ދަމާލާފައެވެ. “ދެން މަ ދާހިތްވީމަ ދާނަމޭ ސުކޫލަށް. އާނިސް ދެން ހުރިހާ ކަމަކާ ނުބެހި އޮވެބަލަ.” ފައުޒާ، އާނިސްއާއި ވާހަކަ ދެއްކީ ވަރަށް ރުންކުރު ގޮތަކަށެވެ. މިފަހަކަށް އައިސް އާނިސް ކޮންމެ އެއްޗެއް ބުންޔަސް ފައުޒާ ވަރަށް ފަސޭހައިން ރުޅިއަންނަކަން އާނިސްއަށް ފާހަގަ ކުރެވެއެވެ. “ބޭބީ ކީއްވެތަ […]