Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

މިހިރީ އުފާތައް ގެއްލިފާ (3ވަނަ ބައި)

Maseeh Level 110 Stories
December 2, 2019 3 Mins Read
2 Comments

އެލީނާގެ ބައްޕަގެ ވިޔަފާރި ބަނގުރޫޓުވީ އަހަރެންގެ ބައްޕަގެ ސަބަބުންނެވެ. އެކަމަށްޓަކައި އެލީނާ އަހަރެންނަށް ކިތަންމެ ނަފުރަތެއް ކުރިޔަސް އަހަރެންނަކަށް އެކަމެއް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް ދަރިފުޅުގެ އޮތީ ކޮން ކުށެއްހެއްޔެވެ؟ “އެހެންވީރު ކީއްވެތަ ލިވިއާއަށް ތިހާ އިހާނެތިކޮށް ތި ކަންތަށް ކުރަނީ.. އެއީ އެލީނާގެވެސް ދަރިއެއް ނުންތަ؟” އަހަރެންގެ ހިތަށް ކޮށްފައި ހުރި އަސަރުން އަހަރެން އެލީނާ ގާތު އަހާލީމެވެ. “ބުނަންތަ ރަގަޅު ވާހަކައެއް؟ މަށަށް ލެކްޗަރުއަޅަން ކަލޭ ނޫޅޭ.. މަގޭ ދަރިއަކަށް ކަންތަށް ކުރަންވީގޮތް އިނގޭނީ މަށަށް..” ލިވިއާއާއި ދޭތެރޭ އިހާނެތިކޮށް ކަންތަށް ކުރުމަށް އެލީނާ އަކަށް އެއްވެސް ހައްގެއް ނެތެވެ. ދެއްކޭނެ އެއްވެސް ސަބަބެއްވެސް ނެތެވެ. އެލީނާ އެގޮތަށް ކަންތަށް އެކުރަނީ ހަމަ އޭނާގެ އަގަލު ކުޑަކަމުންނެވެ.

އެލީނާ ކީ އެއްޗެހިތަކަށް ކެތް ނުވެގެން އެރޭ އަހަރެން ލީޒާ އަށް ގުޅީމެވެ. އަހަރެންގެ އިހުސާސްތަށް ބުނެދޭނެ ހިތްވަރުވެސް އެރޭ އަހަންނަކަށް ނުލިބުނެވެ. އަހަންނަށް ގިސްލަގިސްލާފައި ރޮވުނެވެ. ލަދުވެތިކަމުގެ ފަރުދާ ކަހާލަން ޖެހުނީ އޯގާވެރިކަމުގެ އަތެއްގެ އެހީއަށް ބޭނުން ވެފައި ހުރިލެއް ބޮޑުކަމުންނެވެ.

ލީޒާ ބޭނުންވީ އެރެއިން އެރެޔަށް އަހަރެންނާއި ބައްދަލު ކުރާށެވެ. އަހަރެން ދެކޮޅެއް ނަހަދަމެވެ. މާލޭގެ ހަލަބޮލި މާހައުލުން ހަމަޖެހިގެން ވާހަކަ ދައްކާލެވޭނެ މަންޒިލަކަށް އަހަރެމެންނަށް ފެނުނީ ހަމަހިމޭން ރެސްޓޯރެންޓެކެވެ.

އެރޭ އެތަށްއިރަކު އަހަރެން ލީޒާއާ ވާހަކަ ދައްކަން އެ ރެސްޓޯރެންޓްގައި އިނީމެވެ. އެވަގުތުކޮޅުތެރޭގައި އަހަރެންގެ ހުރިހާ ހިތާމަތަކެއް މަތިން އަހަރެން ހަދާން ނެތުނެވެ. އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާހެން އަހަރެންނަށް ލީޒާ އިހުސާސް ކޮށްދިނީ އޭނާގެ އެ ކުޅަދާނަ ހުނަރު ބޭނުން ކޮށްގެންނެވެ. އޭނާގެ އެ ފަށުއި ބަސްތަކުންނެވެ. އެރޭ ލީޒާގެ ކުރިމަތީގައި އަހަރެންގެ ހިތް އަހަރެން އެއްކޮށް ހުޅުވާލީމެވެ.

މަޑުމަޑުން ލީޒާ އާއި އަހަރެންނާ ދެމެދު ގާތް ކަމެއް އުފެދެން ފެށީ އެރެޔަށް ފަހުއެވެ. އަހަންނާއި ލީޒާއަށް އެކުގައި ވަގުތު ހޭދަކުރެވެން ފެށީ އަހަރެންނަކީ ކާކުކަން ލީޒާ އަށް ވަރަށް ރަނގަޅަށް އެނގުނު ފަހުންނެވެ. ލީޒާގެ ހުސް ވަގުތުތަކާއި ދިމާކޮށް އަހަރެންނަށް ވަގުތެއް ވެއްޖެނަމަ ލީޒާ އާއި އެކު އަހަރެން ކޮފީއަށް ދާން ފެށީމެވެ. އަހަރެންނާއި ދޭތެރޭ ލިޒާ ފަހުން ކަންތަށް ކުރަން ފެށީ އަމިއްލަ ގާތް ރަށްޓެއްސެއްގެ ގޮތުގައެވެ. ހަމަ ހަޤީގަތުގައިވެސް އަހަރެން ލީޒާގެ ރަހުމަތްތެރިއަކަށް ވީއެވެ.

ލީޒާގެ އިރުޝާދުގެ ދަށުން އަހަރެން ކެތްކޮށްގެން އެލީނާގެ އުޅުމް ބަދަލު ކުރެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ފަސް މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް އެލީނާގެ ކަންތަށް އިސްލާހު ނުވުމުން އަހަރެންގެ ދިރިއުޅުމުން އެލީނާ ބޭރު ކޮށްލަން ލީޒާ އެއްދުވަހު ހިޔާލު ދިނެވެ.

“ދެން ހިނގާ ބައްޕަގެ ލޯނު އޭނަ އާއިލާއަށް ދައްކާދީފަ އެލީނާ ވަރިކުރަން..” ލީޒާ މިހެން ބުނެލީ އަހަރެން އޭނާ އާއި އެކު ކޮފީއެއް ބޮއިލަން ދިޔަ ރެއެއްގައެވެ. އެއަޑު އަހާފައި އަހަރެން އެހާބޮޑަށް ހައިރާނެއް ނުވިއެވެ. ސަބަބަކީ އެލީނާ ރަނގަޅު ވާނެ ކަމުގެ އެއްވެސް އުންމީދެއް އަދިވެސް ނެތެވެ. އެއަށްވުރެން އެލީނާގެ ހިތުގައި އަނދަމުންދާ އަލިފާންގަނޑުގެ ހުޅުގަނޑު ބޮޑެވެ. އެ ހުޅުގަނޑު ނިވާލަން މިކުރާ މަސައްކަތުގައި އަހަރެންނާއި އަހަރެންގެ ދަރިފުޅު އަނދައިގެން ދިޔުން ނޫން އިތުރު ކަމެއް ނުވާނެކަން މިހާރު ލީޒާއަށް ވެސް ވިސްނެއެވެ. “ކިހިނެއް އެހާ ބޮޑު އަދަދެއް ދައްކާނީ؟ 2 މިލިއަން ރުފިޔާއޭ.. އަހަރެން މުސާރަޔަކު ނޯވެ ގޭގެ ހަރަދު ބަލަހައްޓާފަ މާބޮޑު އެއްޗެއް.. ދެން 2 މިލިއަން އެއްވާއިރު ހުންނާނީ އަހަރެން މުސްކުޅިވެފަ..” އަހަރެން ޖަވާބުގައި ބުނެލީމެވެ. އަހަރެންނަށް އެލީނާ އާއި ކައިވެނި ކުރިއިރުވެސް އެލީނާ އަކީ ހިލޭ ފިރިހެނުންނާއިއެކު އުޅޭ މީހެއްކަން އެނގި ހުރެވެސް އަހަރެން އޭނާއާއި ކައިވެނި ކުރީ އިތުރު އެއްވެސް ގޮތެއް ނެތް ހިސާބަށް ކަންތަށްތަށް ދިޔުމުންނެވެ. ރަށުން އޭނަ އާއި ކައިވެނި ކުރާނެ މީހަކު ނުވެފައި ހުރީވެސް ހަމައެހެންވެއެވެ. ނަމަވެސް އޭނާ މިހާ އަނިޔާވެރި ވާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ.

“ފައިސާ އަކީ ހޯދަން ދަތި އެއްޗެއް. އެކަމަކު އެ ލިބޭ މީހާ އޭތި ގެންގުޅެނީ އެއީ ފައިސާކަން ދަނެގެން ކަމަށް ވަންޔާމު ދެން އޭތި މަދެއް ނުވާނެ. އެ ވާނީ ގިނަ. އަހަރެން ތި އަޑިގަނޑުން ޝިއާޒް ސަލާމަތް ކޮށްދީފާނަން.” ލީޒާ ދެއްކި ވާހަކަ އަހަރެންނަށް ދެނެގަންނާކަށް ނޭނގުނެވެ. ބަދަލުގައި އަހަރެން ސުވާލު ކޮށްލީމެވެ. ލީޒާ ތި ކިޔަނީ ކީކޭ ހެއްޔެވެ؟ “އަހަރެންނަށް ތި ފައިސާ އެއްކޮށް އެއްފަހަރު މަތިން ދައްކާ ދެވިދާނެ. އެކަމަކު ޝިއާޒް ތި ބުނިހެން ޝިއާޒްއަށް އެ އާމްދަނީ ނުލިބޭ ކަމަށް ވަންޔާ ޝިއާޒް މުސްކުޅި ވާއިރުވެސް އެފައިސާ އަހަރެންނަށް އަނބުރާ ދައްކާ ނުނިމޭނެ. އެހެންވީމަ އަހަރެންގެ އެބޮތް ވަރަށް މޮޅު ޙިޔާލެއް.” އަހަރެން އިނީ ލީޒާ ވާހަކަ ދައްކަމުން ދިޔައިރު ވަރަށް ޝައުގުވެރި ކަމާއިއެކު އަޑު އަހާށެވެ. އަހަރެން އެވަގުތު އެއީ ކޮން ޙިޔާލެއްތޯ ލީޒާގާތު އަހާލީމެވެ. “އަހަރެން ދީފާނަން ޝިއާޒް އަށް ތި 2 މިލިއަންގެ އިތުރުން އަދި އެއްމިލިއަން.” އަހަރެން ހައިރާންވީ ލީޒާ އަހަރެންގެ ބައްޕަގެ ލޯނުގެ އިތުރުންވެސް އެތަށް ބައިވަރު ފައިސާއެއް ދޭން އުޅުނީމައެވެ. ލީޒާ އަކީ ކިތަންމެ ބައިވަރު ފައިސާއެއްވެސް މީހަކަށް ދެވޭނެހާ މުއްސަނދި މީހެއްކަން އަހަންނަށް އެނގެއެވެ. އަހަރެން ލަސްނުވެ ލީޒާ އިތުރަށް 1 މިލިއަން ރުފިޔާ ދެނީ ކީއްވެގެންތޯ ސުވާލު ކޮށްލީމެވެ. “2 މިލިއަން އެއީ ލޯނު ދައްކަން. ބާކީ މިދޭ އެއްލަށްކަ ލައިގެން މުޅިއެކު 3 ލައްކަ. އެއްވެސް މީހަކު ބޭނުމެއް ނުވާނެ އަނބުރާ ނުލިބޭ ގޮތަށް މިހާ ބައިވަރު ފައިސާ އަތުން ދާކަށް. ނޫންތަ؟” ލީޒާ ކުރި ސުވާލުގެ ޖަވާބެއްގެ ގޮތުން އަހަރެން ބޯޖަހާލީމެވެ. “އެހެންވީމަ ބާކީ މިދޭ 1 މިލިއަން އަކީ ޝިއާޒް އަހަރެން މިދޭ ލޯނު އަނބުރާ އަދާކުރަން ދޭ އެއްޗެއް. ޝިއާޒްގެ އަމިއްލަ ވިސްނުމުން ޖެހޭނީ 1 މިލިއަން 3 މިލިއަނަށް ހަދަން. އަހަރެން ފަށަމުންވެސް ބުނީމެއްނު ފައިސާ ގެންގުޅެނީ ފައިސާކަން ދަނެގެންކަމަށް ވަންޔާ އެވާނީ ގިނައޭ.” އަހަރެންނަށް މި ހަވާލު ވެވެނީ ބޮޑު މަސައްކަތަކާއެވެ. ނަމަވެސް ލީޒާ އެބުނިގޮތްވެސް އަހަރެންނަށް މައްސަލައެއް ނެތެވެ. އަހަރެން ބޭނުމީ ވީ ކޮންމެ ގޮތަކުންވެސް މި އަނިޔާވެރިކަމުން ސަލާމަތް ވާށެވެ. އަހަރެން ލީޒާގެ ހުށަހެޅުން ގަބޫލު ކުރީ އުފަލާއި އެކުގައެވެ.

އެރޭ އަހަރެން ގެޔަށް އައީ އަހަރެން ހިތުގައިވާ ވަރަށް ބޮޑު ކެކުޅުމެއް އެ ރެސްޓޯރެންޓްގެ ތެރެޔަށް ދޫކޮށްލާފައެވެ. އެއީ އެލީނާގެ ލޮތްބަށް އެދި އަހަރެން މި ކުރާ އާދޭހުން އަހަރެންގެ ހިތުގައި އަޅަމުންދާ ވޭންތަކެވެ. އަހަރެން ދެން އެލީނާގެ ފައިބުޑަކަށް ނުވެއްޓޭނަމެވެ. އާދޭހެއްވެސް ނުކުރާނަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maseeh

Level 110 Stories

Other Articles

Previous

ހުރީމެ އިންތިޒާރުގަ (5)

Next

މޮޔަ ހިތް މަގޭ…11

Next
December 2, 2019

މޮޔަ ހިތް މަގޭ…11

Previews
December 2, 2019

ހުރީމެ އިންތިޒާރުގަ (5)

2 Comments!

  1. Rainstorm says:
    December 2, 2019 at 2:01 pm

    vrh salhi… improvement feney eba ? next part kiyaalaan libeyne irehge inthizaaruga mihaaruhsure miinii… ?? avahah up kohlahchey… maa gina iru miihun inthizaaruga bai thibbaa kah nuvaane ??? vaguthu gunan feshy ingey ❤

    1. Maseeh says:
      December 2, 2019 at 6:26 pm

      heheheheheheheheeheheheheh. ur every comment brings a smile on my face dear Rainstorm.

Comments are closed.

Next Episodeމިހިރީ އުފާތަށް ގެއްލިފާ (2ވަނަ ބައި)←


All Right Reserved!