Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

މިހިރީ އުފާތަށް ގެއްލިފާ (2ވަނަ ބައި)

Maseeh Level 110 Stories
December 2, 2019 3 Mins Read
2 Comments

ކޮޓަރީގެ ފާރުބިތުގައި ލެނގިލައިގެން އިނދެ އަހަރެން ވިސްނަމުން ގެންދިޔައީމެވެ. އަހަރެން ހިތްވަރު ދޫކޮށެއް ނުލާނަމެވެ. ކޮންމެފަދަ ގުރުބާނީއެއް ވެގެންވިއަސް އަހަރެންގެ ދަރިފުޅުގެ މުސްތަގުބަލު އުޖާލާކުރަން އަހަރެން ބޭނުމެވެ. އަހަރެންގެ ސިކުނޑިއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ ކައުންސިލަރެއްގެ އެހީތެރިކަން ހޯދުމެވެ.

ޖެހިގެން އައި ދުވަހު އަހަރެން މަސައްކަތަށް ދިޔައީ އާ އަޒުމަކާއި އެކުގައެވެ. އޮފީހުގައި އެކީ މަސައްކަތް ކުރާ ދެތިން މީހަކާއި ވާހަކަ ދައްކައި ކައުންސިލިން ދިނުމަށް ރަނގަޅު ތަނެއްގެ މައުލޫމާތު ހޯދީމެވެ. އަދި ރަށްޓެއްސެއްގެ އެހީގައި އަހަރެންނަށް ނަންބަރެއް ހަމަޖެއްސީމެވެ.

އޭގެ ތިން ދުވަސް ފަހުން އަހަރެންގެ ކުލާހަށް އަހަރެން ހާޒިރު ވީމެވެ. އަހަރެން އެހީއަށް ބޭނުންވަނީ ކޮން ކަންތަށް ތަކަކުން މިންޖުވާންކަން އަހަރެން ސިކުނޑީގައި ރާވާލާގެންނެވެ. އަހަރެން އިށީނދެލާގެން އިނީ ކުޑަ ކޮޓަރިއެއްގައެވެ. އެ ކޮޓަރީގައި ބެހެއްޓިފައި ހުރި މޭޒުގެ ދެފަރާތުގައި އިށީންނާނެ ކުޑަ ޖާގަޔަކާއި އެކު ދެން އިނީ ކިރިޔާ ހިނގާލެވޭހާ ތަންކޮޅެކެވެ. އަހަރެންގެ ކުރިމަތީ އިށީނދެލާގެން އިނީ ވަރަށް ހިތްހެޔޮ ހިނިތުން ވުމަކާއިއެކު އިން އޯގާތެރި އަންހެނެކެވެ. ބަލާބެލުމަށް އަހަރެންނާއި ގާތްގަނޑަކަށް އެއްއުމުރެއްގެ އަންހެނެކެވެ. އޭނާގެ ގައިގައި ވަނީ ފިރިހެނަކު ހިތް ކިޔާނެ ފަދަ ހުރިހާ ސިފަތަކެކެވެ.

އަހަރެން އިނީ އޭނާއާއި ދިމާލަށް ނުބަލާށެވެ. ކުރަން މިއުޅޭ ކަންތަކާއިމެދު ލަދު ގަންނާތީއެވެ. އޭނާ އަހަރެންނާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. އޭނާ އެންމެ ފުރަތަމަ ދިނީ އޭނާގެ ތައާރަފެކެވެ. އެއީ ލީޒާއެވެ. މިމަސައްކަތުގައި އުޅޭތާ ފަސްއަހަރެންހާ ދުވަސް ވެދާނެ ކަމަށް އޭނާ ބުނެއެވެ. އަހަރެންވެސް އޭނާއަށް ތައާރަފް ވެލީމެވެ. ވަރަށް ކުޑަކޮށެވެ. ސަބަބަކީ އަހަރެން އިނީ ޖެހިލުންވެފައި ކަމަށް ވާތީއެވެ.

ކޮންމެއަކަސް އޭނާ ސުވާލުތަށް ކުރަން ފެށިއެވެ. އެގޮތުން އަހަރެންގެ އެންމެ ބޮޑު ފިކުރަކީ ކޮބައިތޯ އޭނާ ސުވާލު ކުރިއެވެ. އަހަރެން ހިތްވަރު ކޮށްފައި އަހަރެންގެ ވާހަކަތަށް އޭނާ އަށް ކިޔައިދިނީމެވެ. އެހާ ފަސޭހައިން ދިރިއުޅުމުގެ ބޮޑުބައެއް އޭނާއާއި ހިއްސާ ކުރެވުނީ އޭނާގެ ހިތްހެޔޮ ކަމުންކަމެއް ނޫނީ މިކަމުގެ ހައްލަކަށް އަހަރެން ބޭނުންވެފައި ހުރި ވަރުން ކަމެއް އަހަރެންނަކަށް ނޭނގެއެވެ.

އަހަރެންގެ ހުރިހާ އުދާހެއް ހިއްސާކުރެވި، ލީޒާގެ އެތަށް ބައިވަރު ޙިޔާލަކާއި ނަސޭހަތަށްފަހު އެދުވަހުގެ ކުލާސް ނިމުނު އިރު އަހަރެންނަށް އެއްވެސް އުންމީދެއް ނުލިބުނެވެ. ނަމަވެސް ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ. އޭނާގެ މިއަދުގެ އިރުޝާދަކަށްވީ އެލީނާއާއި މަޑުމައިތިރިކޮށް ވާހަކަ ދެއްކުމެވެ. އަހަރެން އޭނަޔާއި ހިއްސާ ކުރި ވާހަކަ ތަކުން އަހަރެން މިހާރުވެސް އަމަލުތަށް ބަހައްޓަނީ އެހެންކަން އޭނާޔަށް ނުވިސްނުނު ފަދައެވެ. އަދި ވީވަރަކުން އާއިލާ އާއި އެކު ވަގުތު ހޭދަކުރުމަށްވެސް އަހަރެންނަށް އޭނާ އިރުޝާދު ދިނެވެ.

އަހަރެން އެދުވަހު ގެޔަށް އައީ އަދިވެސް ހިތްވަރު ކޮށްފައި އޭނާ ބުނިގޮތަށް ކަންތަށް ކުރުމުގެ އަޒުމުގައެވެ. މިއަދު އެއްވެސް އުންމީދެއް ނުލިބުނު ކަމުގައިވިއަސް އަދިވެސް އޭނާގެ ކުލާހަށް ހާޒިރުވާން އަހަރެން ބޭނުންވިއެވެ. އިތުރު ވާހަކަ ތަކެއް ދެކެވި އޭނާގެ ފަރާތުން އިތުރު ހިޔާލު ތަކެއް ލިބިގެން ދާނެކަމަށް އަހަރެންނަށް އުންމީދު ކުރެވޭތީއެވެ.

އެދުވަހުގެ ފަހުން އަހަރެން މަސައްކަތް ކުރީ ވީހާވެސް ގިނަ ވަގުތު ގޭގައި ހޭދަކުރެވޭތޯއެވެ. އޮފީހުގެ މަސައްކަތްތަށް ނިންމާލާފައި އިތުރު ގަޑީގެ މަސައްކަތެއްވެސް އަހަރެން ނުކުރަމެވެ. އަހަރެން ގޭގައި ހުންނަ ވަގުތު ތަކުގައި އެލީނާ ދަރިފުޅާ ގާތެއްވެސް ނުވެއެވެ. ލިވިއާގެ ހުރިހާ ކަމެއްވެސް އަހަރެން ކުރަމެވެ. އެކަމާ މައްސަލައެއްވެސް ނުޖައްސަމެވެ. އެލީނާއަށް ވިސްނޭތޯއެވެ.

މިގޮތުގައި ހަފްތާއެއް ވޭތުވެގެން ދިޔައެވެ. އެލީނާގެ ދިރިއުޅުމަކަށް ބަދަލެއް ނާދެއެވެ. އެލީނާގެ މުޅި ދުވަހުގެ ކަމަކީ ފޯނުން މީސްމީހުނާ ގުޅައިގެން މާފޮޅުވުމެވެ. އެމީހުންގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެނަމަ އެލީނާ އެކަމުގެ ރުޅިގަނޑު ބާލާލަނީ ލިވިއާއަށެވެ.

މިއަދަކީ އަހަރެންގެ ދެވަނަ ކައުންސިލިން ކުލާސް އޮންނަ ދުވަހެވެ. އަހަރެން ވަރަށް އުންމީދާއިއެކު ކުލިނިކަށް ދިޔައީމެވެ. ކުރިއެރުމެއްގެ އުންމީދުގައެވެ. މިއަދުވެސް ލީޒާ އާއި ވަރަށް ގިނަ ދިރިއުޅުމުގެ ވާހަކަ ދެކެވުނެވެ. އަހަރެންނަށް ވަރަށް ހިތްވަރު ލީޒާގެ ފަރާތުން ލިބުނެވެ. އެލީނާ ކަހަލަ ރުޅިގަދަ މީހެއްގެ ލޯބި ހޯދުމަށް އެންމެ ބޮޑަށް ބޭނުން ވަނީ ކެތްތެރިކަން ކަމަށް އަހަރެންނަށް ލީޒާ ވިސްނައި ދިނެވެ. ކޮންމެ ގޮތެއްވިއަސް މިހާރު މިއޮތީ އެލީނާ އާއި ކައިވެނި ކުރެވި ދަރިޔަކުވެސް ލިބިފައެވެ. ފާއިތުވެދިޔަ ދުވަސް އަނބުރައެއް ނުގެނެވޭނެއެވެ. ދަރިފުޅަށްޓަކާ މިއާއިލާއިން ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދޭން އަހަރެން ބޭނުމެވެ. އެހެންކަމުން އެލީނާގެ ލޯބި ކާމިޔާބު ކުރަން ކޮންމެ ކަމެއް ކުރަންވެސް އަހަރެން ހުރީ ތައްޔާރަށެވެ.

އެއްދުވަހު އަހަރެން ކްލާސް ނިންމާލާފައި ގެޔަށް އައިއިރު އެލީނާ ހުރީ އެއްޗެހި ދޮވެގެން ހިތްކަން އަޅާށެވެ. އަހަރެން އެލީނާގެ ފަހަތުންގޮސް އޭނާގެ ގައިގައި ބައްދާލީމެވެ. އޭނާ ރުޅިއަންނާނެކަން އެނގި ހުރެ ނަމަވެސް އަހަރެން އޭނާ ދެކެ ލޯބިވާން މަސައްކަތް ކުރާތީއެވެ. އެވަގުތު އެލީނާ އަހަރެން ފޮޅާލިއެވެ. އަދި އަހަންނާއި ދިމާލަށް ދުރުގަ ހުންނާށޭ ބުންޔެވެ. އަހަރެން ގާތްވާން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލީނާ އަހަރެންގެ ހިތް ކުދި ކުދި ކޮށްލާނެއެވެ. ނަމަވެސް އެދަނޑިވަޅުވެސް ލީޒާގެ ވާހަކަތަށް އަހަރެން ހަނދާން ބެހެއްޓީމެވެ. “އެލީ ކީއްވެތަ އަހަރެން ދެކެ ތިހާ ތި ރުޅި އަންނަނީ؟ އަހަރެންނަށް ކޮން ކުށެއްތަ ކުރެވުނީ؟” އަހަރެން ވީ ދެރައަކުން އެލީނާ އާއި ސުވާލު ކޮށްލީމެވެ. “އާޗާ.. ކަލޭމެންނަކަށް ނުފެންނާނެ ކަލޭމެންގެ ކުށެއް. ކަލޭ ބައްޕަޔާ ހެދި މަގޭ ބައްޕަގެ މުޅި ވިޔަފާރި ބަނގުރޫޓު ވީމަވެސް މަ އޮންނަންވީ ކަލޭ ދެފައިގަ ބޮސްދެންތަ؟ ނުވާނެ ތިކަމެއް.” ފުރަތަމަ ފަހަރަށް އެލީނާ އަހަރެންދެކެ އެހާ ރުޅި އަންނަ ސަބަބު ބަޔާންކުރިއެވެ.

އެލީނާގެ ވާހަކައަށް އަހަރެންނަކަށް ދެކޮޅެއް ނެހެދޭނެއެވެ. އެއީ ތެދެކެވެ. އަހަރެންގެ ބައްޕަގެ ސަބަބުން އެއާއިލާގެ ވިޔަފާރިއަށް ބުރޫ އެރިއެވެ. އެއީ އަހަރެންގެ ބައްޕައަށް އެއްވެސް ވިސްނުމެއްނެތި ކުރެވުނު ސުންޕާ ކަމެކެވެ. މިއަދު އެކަމުގެ ހުރިހާ ހިތި އަސަރެއް އައިސް ހަރުމިލީ އަހަރެންގެ އަރުތެރޭގައެވެ. ހުރިހާ ވޭނެއް ތަހައްމަލް ކުރަން މިޖެހެނީ އަހަރެންނަށެވެ. އެހެންނަމަވެސް މިކަމެއް އަހަރެން މަންމަ އަކަށްވެސް އަދި ބައްޕަ އަކަށްވެސް ނާންގާނަމެވެ. އިރާދަކުރެއްވިއްޔާ އަދި އެލީނާ ރަނގަޅުވާނެއެވެ.

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maseeh

Level 110 Stories

Other Articles

Previous

ފުން އިހުސާސެކޭ 28

Next

ނަފްރަތުން އުފެދުނުު ލޯބި… 3 ވަނަ ބައި

Next
December 2, 2019

ނަފްރަތުން އުފެދުނުު ލޯބި… 3 ވަނަ ބައި

Previews
December 2, 2019

ފުން އިހުސާސެކޭ 28

2 Comments!

  1. Rainstorm says:
    December 2, 2019 at 2:02 pm

    3rd part up vehjje dhw 2nd ah vure kurin ? anyways vrh riithi ingey ❤

    1. Maseeh says:
      December 2, 2019 at 6:28 pm

      hehe. thanks.

Comments are closed.

Next Episodeމިހިރީ އުފާތައް ގެއްލިފާ (4ވަނަ ބައި)←


All Right Reserved!