Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ކުށަކާނުލާ ސަޒާ

Maseeh Level 110 Stories
November 27, 2019 9 Mins Read
2 Comments

ލޯބީގެ އެންމެ ފަހު މަންޒިލަކީ ކައިވެންޏެވެ. އެކަމަކު، ހިދާ މީހެއްދެކެ ލޯބިވީ ލޯތްބަށްޓަކާ އެވެ. ކައިވެންޏާއި ފިރިމީހާ އަކީ، ހިދާގެ ސިކުނޑީގައި ގެންގުޅުނު ދެލަފުޒެއް ނޫނެވެ. އެކި މީހުން ލޯބިވަނީ އެކި ސަބަބަށްޓަކާ އެވެ. ހިދާ ލޯބިވި ސަބަބަކީ، ހިދާއާއި އިމްރާންގެ ޚިޔާލު އެއްގޮތްކަމުންނެވެ. އިމްރާންގެ ކިބައިގައިވާ އެ ސިފަ، ހިދާއަށް މާ ކަމުދިޔައީ އެވެ. ލޯބިވެވި، އަހުދުވެވި، ކައިވެންޏަކާ ހަމައަށް ދިޔައީ، ބަސްބުނި ހިދުންނެވެ. އެހާވެސް އަވަހަށެވެ. ދެމީހުން ރައްޓެހިވެގެން އުޅުނީ ފަސް މަސްދުވަހު އެވެ. ލޯތްބަށް ފަސްމަސް ވީއިރު، ނިދުމުގެ ކުރިން ހިދާއަށް އިވެން ބޭނުންވާ އަޑަކީ އިމްރާންގެ އަޑަށް އޮތީ ވެފައެވެ. އޭނާ ހޭލާފައިވެސް އެންމެ ފުރަތަމަ އިވެން ބޭނުންވާ އަޑަކީ އިމްރާންގެ އަޑު ކަމުގައި ވަނީ ވެފައެވެ. އިމްރާން ގެއްލިދާނެތީވެ ހިދާގެ ލޮލަށް ނިދިނާދެއެވެ. އޮފީހުގެ ކަމެއްގައި އޭނަ ރާއްޖެތެރެ އަށް ފުރައިފިއްޔާ ހިދާގެ އަރުން އެއްޗެއް ނުދިރެއެވެ. ހިދާގެ ބޮލަށް ލޯބި ސަވާރުވެފައިވާ މިންވަރަކީ، އިމްރާން ރުޅިވެއްޖެ ނަމަ، ދުވަހަކު ވެސް މީހެއްދެކެ ލޯބިނުވާން ހިދާ ހުރީ ނިންމައިގެންނެވެ.

“ކީއްވެ އަހަންނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނާހަނީ؟” އިމްރާން އެއް ފަހަރަކު ސުވާލުކުރި އެވެ. “ވެދާނެއްނު އަހަރެންމީ މީހެއްގެ ފިރިއަކަށް ވެސް. ނޫނީ، މާލޭގަ ގެދޮރު ނެތް މީހަކަށް ވެސް.”

“މީހެއްގެ ހަސްބަންޑަށް ވެއްޖެއްޔާ ދެން ޑިވޯސް ވާނީ،” ފިކުރެއް ޚިޔާލެއް ނެތި ހިދާ ބުންޔެވެ. “ދެން ތިބުނީ ގޭގެ ވާހަކަ. އަހަރެން ލޯބިވީ އިމްރާންގެ ގެދެކެއެއް ނޫނޭ. އެހެންނޫނަސް، އަހަރެންގެ ގެ އެބަހުއްޓޭ.”

އަލަށް މަތިންދާބޯޓަށް އަރާއިރު، ބޯޓުން ދިމާވާނެ ކަމަކަށް ތައްޔާރުވާކަށް ނޭނގެ އެވެ. ކުރިން ކޮށްފައި ނުވާ ކަމަކަށް ވާތީ އެވެ. ކައިވެންޏަކީ ވެސް އެ ކަހަލަ ކަމެކެވެ. ހަޔާތުގެ ދިގު ދަތުރުގައި ތިމާ އަރާ ސަވާރީއެކެވެ. ކުރިން ތިމާ އުޅުނީ އެކަންޏެވެ. އެކަމަކު، އެ ސަވާރީގެ ފަހަތުގައި އެހެން މީހަކު އިންނާނެ އެވެ. ހިދާ ހީކުރީ، އިމްރާންގެ ލޮލުން ފެށިގެން ފަޔާ ހިސާބަށް އޭނާއަށް އެނގޭ ކަމަށެވެ. އެކުގައި އުޅެން، އިމްރާނަށް ވުރެ ފަސޭހަ އެހެން މީހަކު ނުހުންނާނެ ކަމަށެވެ. އެއީ، ހިދާ ފަދައިން، އަލަށް ކައިވެނިކުރާ ކޮންމެ މީހަކު ކުރާ ކުށްހީއެކެވެ. ކައިވެނިކުރުމާއެކު “ލޯބިވެރިޔާ” ބަދަލުވާނީ “ފިރިމީހާ” އަށެވެ. އެކަން ހިދާއަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟

އިމްރާން އަކީ، މަޑުމައިތިރި މިޔުޒިކު އަޑުއަހަން ފޫހިވާ މީހެއްކަމެއް، ކުރިން ހިދާއަކަށް ނޭނގެ އެވެ. އެއްވެސް މަންޒިލެއް ނެތި، ސައިކަލު ދުއްވާލަން ދާން ފޫހިވާ މީހެއްކަމެއް ވެސް ނޭނގެ އެވެ. ގިނަ ވަގުތު އިމްރާން ލާހިތްވަނީ ސޯޓާއި ޓީޝާޓުކަމެއް ވެސް ނޭނގެ އެވެ. ހިދާއާ ބައްދަލުކުރަން އޭނަ އައި ހުރިހާ އިރަކު އޭނަ ހުރީ، އަތްދިގު ގަމީހާއި ފަޓުލޫނު ލާފަ އެވެ. އެންމެ ފުރަތަމަ އިމްރާންގެ ގެޔަށް ހިދާ ދިޔަ ދުވަހު އިމްރާން ހުރީ، ގިރުވާން ނުހުންނަ ކަހަލަ ޓީޝާޓެއް ލާފަ އެވެ. އެހެންނަމަވެސް، ހިދާއަށް އެންމެ ރީތީ އަތްދިގު ގަމީހާއި ޓީޝާޓު ކަމުގައި ބުނުމުން، އެ ހިސާބުން ދެން އޭނަ ފެނުނީ އެ ގޮތަށް ހުންނަ ތަނެވެ.

ކައިވެނިކޮށްގެން ހިދާ ދިޔައީ އިމްރާންގެ ގެއަށެވެ. ހިދާއަކީ ޖިންސީ ބަލިމަޑުކަމެއް ހުންނަ މީހެއްކަން ހިދާގެ އާއިލާއަށްވެސް އަދި ހިދާއަކަށްވެސް ނޭނގެއެވެ. ކައިވެނި ކޮށްގެން ދެތިން ދުވަސް ހޭދަވީއިރުވެސް ހިދާގެ ފަރާތުން އިމްރާންއަށް ޖިސްމާނީ އަރާމެއް ލިބިއެއް ނުގަނެވުނެވެ. އެއީ ހިދާ އެފަދަ އަރާމެއް ލިބިގަތުމަށް ބޭނުން ނުވާތީއެއް ނޫނެވެ. ނަމަވެސް އެކަމުގެ ސަބަބުން ދެމަފިރިންނަށްވެސް އުނދަގޫތަކެއް ކުރިމަތިވާތީއެވެ. އެންމެ ފުރަތަމަ އެކަމަކީ މާބޮޑު މައްސަލައެއް ކަމަކަށް އިމްރާން ނުހަދައެވެ. ނަމަވެސް ނިދަން އޮށޯވެ އޮންނައިރު އިމްރާންގެ މޫނުން ފެންނަ އަނދިރި ކުލަތަށް ހިދާއަށް އުނދަގޫ ކުރުވައެވެ. ކައިވެނީގެ ފުރަތަމަކޮޅު ޖިސްމާނީ ލައްޒަތަކީ ކޮންމެ އަތްބަކަށްވެސް އަދި ފިރިއަކަށްވެސް ހައްގު އެއްޗެއްކަން ހިދާއަށް އިހުސާސް ކުރެވެއެވެ. ނަމަވެސް ހިދާގެ ސިއްހީ ހާލަތާއިމެދު ތަގުދީރުން މިންވަރު ކުރެއްވި ނިޔާ ބަދަލު ކުރެވޭކަށްވެސް ހިދާއަކަށް ނޯންނާއެވެ.

ހިދާގެ މި މައްސަލައާއި ބެހޭގޮތުން އަންހެނުންގެ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އިމްރާން ދާން ނިންމީ ކައިވެނި ކޮށްގެން އެއް ހަފްތާ ވީތަނާއެވެ. ޑޮކްޓަރު ހިދާގެ ޓެސްޓްތަކެއް ހެދިއެވެ. “ހިދާގެ އެންޑޯކްރައިން ސިސްޓަމްއިން ބޭރުކޮށްދޭ ހޯމޯންސް ވަރަށް މަދު. މީ ވަރަށް މަދު އަންހެނަކަށް ދިމާވާކަމެއް. ހާއްސަ ގޮތެއްގަ މިމައްސަލަ ދިމާވަނީ އުމުރުން މާ މައްޗަށް ދާއިރުވެސް ސެކްޝުއަލީ އެކްޓިވްނުވާތީވެ.” ޑޮކްޓަރު ކިޔައިދިނެވެ. އެއަޑު ވެގެންދިޔައީ ހިދާއަށް އަހަން އެހާ ފަސޭހަ އަޑަކަށް ނޫނެވެ. ނަމަވެސް ހިދާ އުފާކުރި އެއްކަމެއް އެބަ އޮތެވެ. އެއީ ހިދާއަކީ ކިހާ މާތް އިންސާނެއްކަން ހަމަ ޔަގީނުންވެސް ޑޮކްޓަރު އެ ބުނުއްވި ވާހަކައިން އިމްރާންއަށް ކަށަވަރު ވާނެތީއެވެ. ހިދާ ހީކުރީ އެކަމުން އިމްރާން ވާނީ އުފާކަމަށެވެ.

“ކޮބާ ހައްލަކީ؟” އިމްރާން ޑޮކްޓަރާ ސުވާލުކޮށްލީ ރުންކުރު ގޮތަކަށެވެ. ހިދާއަށް ހީކުރެވުނީ ކުށްހީއެކެވެ. ހިދާގެ މާތްކަމަކީ އިމްރާންއަށް އެއްވެސް އަގެއްނެތް އެއްޗެއް ފަދައެވެ.

“ކުއްލިއަކަށް ރަނގަޅެއް ނުވާނެ. ބޭސް ބޭނުން ކުރަން ޖެހޭނީ.. އެކަމަކު މީކީ ހަމައެކަނި ބޭހުން ރަނގަޅުވާނެ ކަމެއްވެސް ނޫން. ޖެހޭނެ ވަރަށް ބޮޑަށް ފިރިމީހާގެ ލޯބި ދޭން. ލަސްލަހުން ދެމަފިރިންގެ ގުޅުމްތަކަށް ވަންނަންވީ.. އޭރުން ހޭނޭނީ. ފިރިމީހާ ކުޑަކޮށް ކެތްތެރި ވާންވާނެ. އިރާދަ ކުރެއްވިއްޔާ ދެތިންމަސްތެރޭ ރަނގަޅުވާނެ.” ޑޮކްޓަރ ކިޔައިދިނެވެ.

ހިދާއަށް “އަސްލު” އިމްރާން ފެންނަން ފެށީ އެހިސާބުންނެވެ. ހިދާ ހީކުރީ ހިދާގެ މި މައްސަލައިން އަރައިގަތުމަށް އިމްރާންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭނެ ކަމަށެވެ. ނަމަވެސް ކަންތަށްވީ އެހެންނަކުން ނޫނެވެ. ރޭގަނޑު ގަޑީގައި ގިނަރޭރޭ ހިދާއަށް ނިދެނީ އިމްރާންގެ އިންތިޒާރުގައި އޮއްވައެވެ. ބައެއްރޭރޭ އިމްރާން އައުމުން ނޫނީ ނުނިދަން ޓީވީ ކައިރީ އިންދާ ހިދާއަށް ނިދެއެވެ. އެފަދަ ރެއެއްގަވެސް އިމްރާން ނިދަންއައިސް ކޮޓަރިއަށް ވަންނަމުން ސިޓިންރޫމްގައި ނިދިފައި އޮންނަ ހިދާއަށް ގޮވާވެސް ނުލައެވެ. އިމްރާން ވަދެގެން ދާގޮތަށްގޮސް ނިދަނީއެވެ.

ރައްތެހިވެގެން އުޅުނުއިރު އިމްރާނަކީ ކޮންމެތާކު އުޅުނަސް ނޭވަޔަކު ދެކޮޅުހެން ހިދާ ކުރާކަމެއް ބަލާހިތުން، ހިދާގެ އަޑު އަހާލާހިތުން ގުޅާ މީހެކެވެ. ނަމަވެސް އެމާޒީ ބަދަލުވީ މޫސުމެއް ފަދައިންނެވެ. މިހާރު ކާންނައިސްގެން ހިދާ ގުޅިއަސް އިމްރާން ހުންނަނީ ބިޒީ ވެފައެވެ. ފޯނަށް ޖަވާބު ދެނީ ރުންކުރު ގޮތަކަށްށެވެ.

ހަގީގަތުގައި، ހިދާއަށް ކަމުދިޔަ ހުރިހާ ސިފަ އަކީ، އިމްރާން ބޭރުފުށުން ލައިގެން އުޅުނު ތޮއްޓެކެވެ. ހިދާއަށް އޮޅުވާލައި، ހިދާގެ ހިތް ފަތަހަ ކުރުމަށްޓަކާ އެވެ. އެ މަޅީގައި ހިދާ ޖެހުނީއެވެ. ރަނގަޅަށް ހައްޔަރުވީއެވެ. އިމްރާންއާ ހިދާ ކައިވެނި ކުރި ސަބަބު ކަމުގައިވާ، ދެމީހުންގެ ޚިޔާލު އެއްގޮތްވުން ވެގެންދިޔައީ އަވާމެންދުރަކަށެވެ. ފިރިހެނުން އެހާ އޮޅުވާލަނީ ކީއްވެގެން ހެއްޔެވެ؟ ދަޅަދައްކައިގެން ޝިކާރަކުރާ އަނބިމީހާގެ ފަރާތުން އެ މީހުން އުންމީދުކުރަނީ ކޮން ފަދަ ލޯތްބެއް ލިބޭނެކަމަށް ހެއްޔެވެ؟ ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ. އިމްރާންގެ އާއިލާ އާއި ހިދާގެ އާއިލާ ވަރަށް ގުޅެއެވެ. އެދެމީހުން ކައިވެނިކުރި ފަހުން، ދެއާއިލާ ދެމެދުގައި އޮންނަނީ، އެއްބަނޑުއެއްބަފާ ކަހަލަ ގުޅުމެކެވެ. އެއީ، ހިދާގެ ބަލިފަޔަކަށް ހަދައިގެން ހިދާއަށް އުޅެވިދާނެ އެވެ. ލޯތްބާމެދު ކުރި ހުރިހާ އުންމީދެއް ފެނަށްވެގެން ދިޔަސް، މޫނުން އުފާވެރިކަން ދައްކައިގެން ހިދާއަށް އުޅެވިދާނެއެވެ. އެކަމަކު އުފެދޭ ސުވާލަކީ އެއީ ހިދާ ހުވަފެނުން ދުށް ކަހަލަ، އުފާވެރި ދިރިއުޅުމެއް ހެއްޔެވެ؟

ދިރިއުޅުމަކީ ފިނިފެންމަލުގެ ދާނެއް ނޫންކަން ހިދާއަށް އެނގެއެވެ. ހަމަ އެހެންމެ އެއީ ކަށި ޖަންގަލީގެ ދާނެއް ވެސް ނޫނެއެވެ. ހިދާގެ މައިންބަފައިންނަށްޓަކައި ކެތްކޮށްލައިގެން ހިދާއަށް ހުރެވިދާނެ އެވެ. އެއްވެސް މީހަކު ބޭނުން ހުރިހާ ކަމެއް ފުރިހަމައެއް ނުވާނޭ ހިތަށްއެރުވިދާނެ އެވެ. ނުވަތަ، ފަހުން އަދި ރަނގަޅުވާނޭ ވެސް ހީކުރެވިދާނެ އެވެ. ހިދާ ކެތްކުރިއެވެ. ދެން އިމްރާން ކުރަންފެށި އެންމެ ހިތްދަތި “އަނިޔާ” އަކީ، އެއްވެސް ފައިސާއެއް ނުދިނުމެވެ. ކޮންމެ އެއްޗެއް ބޭނުން ވިޔަސް ހިދާ ޖެހެނީ ބުނާށެވެ. އެ ކަމަކީ ހިދާއަށް ވަރަށް އުނދަގޫ ކަމަކަށް ވި އެވެ. އެހެންނަމަވެސް ހިދާ ވަޒީފާއެއް އަދާކުރަން އިމްރާން ބޭނުމެއް ނޫނެވެ. މަހަކު ވަކި ވަރެއް ހިދާއަށް ދީފައި ބަހައްޓަންވެސް އިމްރާން އެއްބަހެއްނުވި އެވެ. އެއްޗެއް ގަންނަންވެގެން ބުނެފިއްޔާ ދެނީ ކިރިޔާ ފުދޭ ވަރަށެވެ. އެ އަގަށް އެ އެއްޗެއް ނުލިބިގެން އެނބުރި ގެ އަށް އަންނަން ވެސް ޖެހެއެވެ.

“އަހަރެން ބާކީ ގެނެސްދޭނަމޭ، އަވިގަނޑުގަ ދެކޮޅަށް ހިނގުމަށް ވުރެ ފަސޭހަވާނެއްނު!” އެއް ދުވަހަކު ހިދާ ބުންޔެވެ.

“ތީ މައިންބަފައިން ފުއްގުޑިއެއްހެން ގެންގުޅުމުގެ ނަތީޖާ، އަންބަކަށް ވީމަ ނަގަންޖެހޭ ޒިންމާތައް ދަސްކޮށްދެވިފަ ނެތީމަ ތިހެން ތި ވަނީ. މިހާރު ތި ކަހަލަ ޝަކުވާ ކުރަންޏާ، ކުއްޖަކު ލިބުނީމަ މަގޭ ބޯ ފަޅައިގެންދާނެއްނު. އަންހެނުންނަކަށް ނޭނގޭނެ ޝަކުވާކުރުން ނޫން އެހެން ކަމެއް ކުރާކަށް.” އިމްރާން ހިތްހަމަނުޖެހިފައި އެ ދުވަހު ބުންޏެވެ.

އެދުވަހުން ފެށިގެން ޝަކުވާ ނުކޮށް ކެތްކުރަން ހިދާ މަސައްކަތްކުރިއެވެ. އެކަމަކު، ކެތްތެރިކަމުގެ އެއްވެސް އަގެއް ނެތް ތަނެއްގައި ކެތްކުރާނީ މޮޔައެކެވެ. ހިދާއަށް ދަސްވި ފިލާވަޅަކީ އެއީ އެވެ. ކޮންމެ ތަނެއްގައި، ކޮންމެ ހާލެއްގައި ވެސް އޭނާއަށް އުޅެވިދާނެ އެވެ. އެހެންނަމަވެސް، އަންހެނަކަށް ގަދަރުނުކުރާ ފިރިޔަކު ކައިރިއަކު ނުހުރެވޭނެ އެވެ. ރުޅި އެއީ ކޯޗެއްކަން ނުވެސް ދަންނަ ކަމަށް ހިދާ ކުރިން ހީކުރި އިމްރާންގެ ރުޅި ފެނިފައި، ރޯން ވެސް ހިދާއަށް ހުރީ ނޭނގިފައެވެ. ރައްޓެހިވެގެން އުޅުނުއިރު ލޯބިން ފިރުމި ދެއަތް، މިއަދު އަނިޔާއެއް ކުރަން އިސްކުރާނެކަމަކަށް ހިދާ އެއްގޮތަކަށްވެސް ހިއެއްނުކުރެއެވެ. ހިދާގެ ސިފަ އަށް، އޭރު ތައުރީފުކުރި ދުލުން އިމްރާން ބޭރުކުރި ހުތުރު ގިނަ ބަސްތަކުގެ މާނަ ހިދާއަށް ނުވެސް އެނގެ އެވެ. ނުރޮވުނު އެއް ސަބަބަކީ އެއީ ކަމުގައި ވެސް ވެދާނެ އެވެ. އެހެންނަމަވެސް ހިދާގެ ހިތް މަޑުމަޑުން ބަދަލު ވެލިއެވެ. އަނިޔާ އަށް ކެތެއްނުކުރާނަމޭ އޭނާ ހިތް ބުންޔެވެ.

އިމްރާންގެ ގެ ދޫކޮށް އަމިއްލަ ގެޔަށްދާން ހިދާ ނިމްމިއެވެ. އުންމީދު ކުރަމުންއައި ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުން މިގޭގައި ހުރެގެން ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތީމައެވެ. އެހެންނަމަވެސް އެއީކީ ކުރަން މާ ފަސޭހަ ކަމަކަށް ނުވިއެވެ. މަންމަ އާއި ބައްޕަގާތު އެވާހަކަ ދައްކަން މަންމަމެން ގާތަށް ހިދާ ދިޔަދުވަހު މަންމަމެންގެ މޫނުމަތިން ފެނުނު އުފާވެރިކަން ފެނިފައި އެވާހަކަ ދައްކަން ހިދާއަށް ފަސްޖެހެވުނެވެ.

“މީ ހަމަ މަގޭ ދަރިއެއް، ކިހާ ބަޔަކު ކިއި، އެކަނި އުޅެންޖެހުނީމަ ތެޅިފޮޅިގެންފަ މީނަ ގެ އަށް އަންނާނޭ. މަ ބުނީމެއްނު، ބަލަންހުންނާށޭ.” ހިދާގެ ގައިގަ ބައްދާލަމުން މަންމަ ބުންޏެވެ.

ހިތްވަރު އިތުރަށް އެލިގެން ދިޔައީ މަންމަގެ އެ ޖުމްލައިންނެވެ. މަންމަ ހިދާއާއި ދޭތެރޭ ކުރި ފޮނި އުންމީދު ހަޤީގަތަކަށް ވެފައި ވަނިކޮށް މަންމަގެ އެ އުފާވެރިކަން ވެއްޔާ މޮޑެލަން ހިދާޔަށް އެއްވެސް ހައްގެއް ނެތެވެ. އެއަށްވުރެން ބޮޑަށް މަންމަދެކެ ހިދާ ލޯބިވެއެވެ. އެ މޫނުން އެ އުފާވެރިކަން ބީވެގެން ދާތަން ބަލާކަށް ހިދާއެއް ބޭނުމެއް ނުވިއެވެ.

ހަގީގަތުގައި ހިދާއަށް މިހެން ދިމާވީ، ހިދާގެ ޖިންސީ ގުނަވަނުގައިހުރި ބަލިމަޑު ކަމުގެ ސަބަބުންނެވެ. ހިދާ އުޅެބޮޑުވީ ފިލްމުތައް ބަލައިގެންނެވެ. ވާހަކަފޮތްތައް ކިޔައިގެންނެވެ. އޭގައި ހުންނަނީ ލޯބިވެރިންގެ ވާހަކަ އެވެ. ލޯބިވެރިން އެމީހުންގެ ލޯބީގެ ހައްގުގައިވާ ބޮޑެތި ގުރުބާނީތަކެވެ. އަހަރެއްގައި ތިން ސަތޭކަ ފަސްދޮޅަސް ފަސް ދުވަސް އޮވެއެވެ. ދުވާލަކު ސައުވީސް ގަޑިއިރު އަދި ގަޑިއަކު ފަސްދޮޅަސް މިނެޓު އޮވެއެވެ. ކޮންމެ މިނެޓަކީ ފަސްދޮޅަސް ސިކުންތެވެ. ޒަވާޖީހަޔާތަކީ، ސިކުންތުން ސިކުންތަށް ހާލަތު ބަދަލުވެގެންދާ އެއްޗެކެވެ. އެހެންނަމަވެސް، ހުވަފެނީ ފިލްމުތަކާއި ވާހަކަތަކުން އެ ކަމެއް އިހުސާސެއްނުވެ އެވެ. މީހެއްގެ އުމުރު ނުވަދިހަ މިނެޓުން ދައްކާލާއިރު ލޮލަށް ފެންނަނީ، ބަލާލަން ރީތި މަންޒަރުތަކެކެވެ. ހިތަށް ކުރެވެނީ ފޮނި އިހުސާސްތަކެކެވެ. ހިދާއަށް ހީކުރެވުނީ އިމްރާންއަކީވެސް ފިލްމު ތަކުގައި އެ ދައްކުވައިދޭފަދަ “ހީރޯ” އަކަށް ވާނެކަމަށެވެ.

އަނިޔާ އަށް ކެތްނުކޮށް، އެނބުރި މައިންބަފައިން ގާތަށް ދާން ހުއްޓައި، މާސޫމް ހިތެއްގެ ވިންދު ހިދާގެ ހަށިގަނޑުން ޖަހަންފެށި އެވެ. އެ ހިސާބުން، ކުޅިގަނޑުގެ ކޮޅު ބަދަލުވީ އެވެ. އެނބުރި މައިންބަފައިން ގާތަށް ހިދާ ހިނގައްޖެ ނަމަ، އެ މީހުން ހިދާ ބަލާނެ އެވެ. ކުރިން ދިން ލޯބި ވެސް ދޭނެ އެވެ. ހިދާއަކީ އެ މީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އެހެންނަމަވެސް، ހިދާގެ ހާލާމެދު އެ މީހުން ރޯނެ އެވެ. ހިދާއަށް ސިއްރުންނެވެ. އެއީ ޔަގީންކަމެކެވެ. އިމްރާން ކައިރީގައި ހިދާ ހުރެއްޖެ ނަމަ، އެ ހިތްދަތިކަން ފޮރުވިފައިވާނީ ހިދާގެ ހިތުގަ އެކަންޏެވެ. އޭނާގެ ސަބަބުން، އެހެން ބަޔަކު ނުރޯނެ އެވެ. ހިދާގެ ނަޒަރުގައި، މައިންބަފައިން އޭނާއަށްޓަކައި އުފުލި ހުރިހާ ބުރަޔަކަށް އޭނާއަށް ޝުކުރުއަދާކުރެވޭނީ އެ ކަހަލަ ގޮތަކަށެވެ. އިމްރާންދެކެ ލޯބިވުމުން ފެށިގެން ކައިވެނިކުރުމާއި މަންމައަކަށް ވުން ވެސް އެއީ ހިދާގެ އަމިއްލަ ނިންމުމެކެވެ. ރޮންޏާ ރޯން ވެސް ޖެހޭނީ ހިދާ އަމިއްލައަށެވެ. އެ ގޮތް ހިދާގެ ހިތަށް މާ ފަސޭހަ އެވެ.

އެއްދުވަހަކު މަންމަ ވަރަށް ބޮޑަށް ބަލިވެގެން ކުއްލި ގޮތަކަށް މާލެދާން ޖެހުނެވެ. އުމުރުން އަށް އަހަރުގެ ކޮށްކޮ ގޮވައިގެން ގޮސް ބައްޕައަށް މަންމަގެ ޑޮކްޓަރަށް ދެއްކުމުގެ ކަންތަކުގައި އުޅެން އުނދަގޫވާނެކަން ހިދާއަށް އެނގެއެވެ. އެހެންކަމުން އޭނާ ކޮށްކޮ ގެނައީ އިމްރާން މެންގެޔަށެވެ. މަންމަ އާއި ބައްޕަ ޑޮކްޓަރީ ފަރުވާކޮށް ނިމިގެން ރަށަށް އަންނަންދެން ބެލުމަށެވެ.

އެރޭ އިމްރާން ކާން އައިއިރު ކޮށްކޮ ގޭގައި އިނުމުން އިމްރާން ހިދާއާއި ސުވާލު ކުރިއެވެ. “އޭނަ ކިއްކުރަން އެއިނީ..؟” މިހާރުގެ އާދައެކޭ އެއްފަދައިން ވަރަށް ރުޅިއައިސްފައެވެ. “މަންމަ ވަރަށް ބޮޑަށް ބަލިވެގެން މާލޭ ދާތީ އަހަރެން ގެނައީ.. އެވަރު ކުއްޖަކު ގޮވައިގެންގޮސް އުޅެން އުނދަގޫވާނެ އެއްނު..” ކާން ހަދަން ހުރެގެން ހިދާ ވާހަކަ ދެއްކިއެވެ. ހިދާ ދެއްކި ވާހަކައިގެ ބަދަލުގައި އިމްރާން އެއްވެސް ރައްދެއް ނުދިނެވެ. ފިރިއެއްގެ މަގާމުގައި ހުންނަންޔާ ހިދާޔަށް އެފަދަ ކަމެއް ކޮށްދިނުމަކީ އޭނާގެ ވާޖިބެއްކަން އޭނާއަށް ވިސްނުނީ ކަމަށްވެސް ވެދާނެއެވެ.

ކޮންކޮ އުޅޭތީ ހިދާޔަށް ވަރަށް ގިނަ ޒިންމާތަށް އުފުލަން ޖެހެއެވެ. ކޮށްކޮ ސުކުލަށް ގެންދިއުމާ، ސުކޫލުން ގެނައުންވެސް އޮވެއެވެ. އޭގެ އިތުރުން ޓިއުޝަން ތަކަށާއި ގުރުއާން ކުލާސްތަކަށްވެސް ހިނގަން ޖެހެއެވެ. އެކަމް އެކަން އިމްރާންއަކަށް މާބޮޑަކަށް ފާހަގައެއް ނުވާނެ އެވެ. ސަބަބަކީ އޭނާ ދުވަހުގެ ގިނަ ވަގުތު އޮފީހުގައި އުޅޭތީއެވެ.

އެއްދުވަހު ކޮށްކޮގެ ބެލެނިވެރިންގެ މީޓިންއަކަށްދާން ލިޔުން އައެވެ. ކޮށްކޮ ލާނެ ތަނެއް ނެތިގެން ގޭގައި ބަހައްޓާފައި ހިދާ ދިޔައީ މީޓިންއަށެވެ. މީޓިންގް ނިންމާފައި ގެޔަށްދާން ނުކުމެގެން ހިނގައިގަތް ވަގުތު ހިދާގެ ފަހަތުން ސައިކަލެއް އައިސް އޭނާގެ ކައިރީގައި ހުއްޓުނެވެ. ބަލައިލީއިރު އެއީ އިއްސެއެވެ. އެއްރަށެއްގައި އުޅޭތީ ކޮންމެވެސް ވަރަކަށް ހިދާ އޭނާ ދަނެއެވެ. ނަމަވެސް ވާހަކަ ދައްކައެއް ނަހަދައެވެ.

“އަރާ.. ގެންގޮސްދީފާނަން..” އިއްސެ ބުނެލީ ހިނިތުން ވެލާފައެވެ. އެވަގުތު ހިދާ ބަލާލީ އޭނާގެ އަތުކުރީގައި އޮތް ގަޑިއަށެވެ. އެއިރު ގަޑިން މެންދުރު ދެގަޑި ބައިވެއްޖެއެވެ. ކޮށްކޮ އެކަނި އިނދެ ބިރުން ކޮންމެ ކަމެއްވެސް ކޮށްފާނެކަން ހިދާއަށް އެނގެއެވެ. އެހެންކަމުން އަވަހަށް ގެޔަށްދާން ބޭނުންވާތި ހިދާ އިއްސެގެ ސައިކަލު ފަހަތަށް އެރިއެވެ.

ގެޔަށް ދެވުނު އިރު އިމްރާން ހުރީ ގޭ ދޮރުމަތީގައެވެ. އިއްސެއަކީ އިމްރާންގެ ރައްޓެއްސެކެވެ. ހިދާ އޭނާގެ ސައިކަލުގެ ފަހަތުން ފެނުމުން އެއްޗެއް ނުބުނީވެސް އެހެން ވެގެން ކަމުގައިވެސް ވެދާނެއެވެ. ސައިކަލު ހުއްޓުމާއެކު ހިދާ ސައިކަލުން ފޭބިއެވެ. އަދި ގެޔަށް ވަންނަން ހިނގައިގަތުނެވެ. ހިދާގެ ފަހަތުން އިމްރާންވެސް ގެޔަށް ވަދުނެވެ. އިއްސެއާ އަނގައިންވެސް ނުބުނެއެވެ. ފަހަރެއްގައި ހިދާ ގޮވައިގެން އައީމާ ރުޅިއައީ ކަމަށްވެސް ވެދާނެއެވެ. އެހެން ހީކޮށް ހިދާ ހުރީ ވަރަށް ބިރެންނެވެ. “ކާން ހަދާބެޔަ..” އިމްރާން ދެއްކީ ކާވާހަކައެވެ. އެންމެ ކުޑަމިނުން ހިލޭ ފިރިހެނެއްގެ ސައިކަލުގެ ފަހަތުގައި އައި ސަބަބުވެސް އޭނާ އަހާނުލިއެވެ.

ޖެހިގެން އައި ދުވަހު ކޮށްކޮ ބަލާ ސުކޫލަށް ދިޔަ ދުވަހު ކޮށްކޮގެ ކުލާހުގައި އިއްސެ ހުއްޓެވެ. ހިދާ ފެނުމުން އޭނާ ހިނިތުން ވެލިއެވެ. ނަމަވެސް ހިދާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. “މަޑުކޮށްބަލަ…” ކޮށްކޮ ގުވައިގެން ކުލާހުން ނުކުމެ ހިނގައިގަތް ވަގުތު އިއްސެ ހިދާއަށް ގޮވާލިއެވެ. ހިދާ މަޑުކޮށްލިއެވެ. “އަޑުއަހާބަލަ މިކުދިން މިކިޔާ އެއްޗެއް. މިއަދު ހަވީރު ސިނަމާގައި އަޅުވާ ފިލްމަށް ދާންވިއްޔޯ..” އިއްސެ ހިދާއާއި އަރާ ހަމަވެފައި ބުނެލިއެވެ. އިއްސެ ހުރީ އޭނާގެ ބޭބެގެ ދަރިފުޅު ގޮވައިގެންނެވެ. އެވަގުތު ހިދާގެ އަތުގައި ހިފައިގެން ހުރި ކޮށްކޮވެސް އެކަމަށް އެދެން ފެށިއެވެ. “ތެދެއް ދައްތާ.. ހިނގާބަލަ ކޮށްކޮޔާ މީޝްއާ ގޮވައިގެން ދާން..” ހިދާޔަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. މަންމަމެން ނެތިސް ކޮށްކޮ ދެރަ ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ހިދާ އެއްބަސް ވިއެވެ.

“ދެމީހުން އެކީ ދާންވީނުން ދޯ މިކުދިން ގޮވައިގެން؟” އިއްސެ ސުވާލު ކޮށްލިއެވެ. ހިދާ އާނއެކޭ ބުނީ އިމްރާން ބުނެފާނެ އެއްޗަކާ ދޭތެރޭ ނުވިސްނައެވެ.

އިއްސެ ދިޔައީ ހިދާގެ ނަމްބަރު ހިފައިގެންނެވެ. ހަވީރު 4 ޖަހާއިރު ގުޅާނަމޭ ކިޔާފައެވެ.

އިމްރާން ކައިރީ މިއަދު ފިލްމަށް ދާން އަހައިފިއްޔާމު ދޭނެ ޖަވާބު ހިދާއަށް ވަރަށް ސާފުކޮށް އެނގެއެވެ. އޭނާ ބުނާނީ ނޫނެކޭކަން ހިދާއަށް ޔަގީންވެއެވެ. އެގޮތުން އެދުވަހު ހަވީރު ހިދާ ކޮށްކޮ ގޮވައިގެން ފިލްމަށް ދިޔައީ އިމްރާން ކައިރީގައި ނާހައެވެ.

އިއްސެ ވަރަށް މަޖަލެވެ.ފިލްމުގައި އިންއިރު ކިޔާ މަޖާ އެއްޗެހިން ހިދާ ހީހީ ބިނދޭ ވަރުވެއެވެ. ކައިވެންޔަށް ފަހު ފުރަތަމަ ފަހަރަށް ހިދާއަށް ހިމޭން ނޭވައެއް ލުވުނީ ފިލްމްގައި އިންދައެވެ. ހަށިގަނޑުގައި ހުރި ހުރިހާ ބާރެއް ބޭނުން ނުކޮށް އުފަލާއެކު ހިނިތުން ވެލެވުނީވެސް ހަމަ މިއަދެވެ.

އެ އުފާވެރި ކަމާއެކު ހިދާ ގެޔަށް ދިޔައީ ހިނިތުންވެ ހުރެއެވެ. އިއްސެ އޭނާގެ ކޮށްކޮ އަތުގައި ހިފައިގެން ހުރެ ހިދާމެން ގެޔަށް ލާދޭން އައެވެ. “ހިނގާބަލަ މިރޭ ދުއްވާލަން ދާން..” އިއްސެ އަހާލީ އިމްރާން މެންގޭ ދޮރުމަތީގައި ހުއްޓިލާފައެވެ. ހިދާ ވިސްނާކަށް ބޭނުމެއް ނުވިއެވެ. އިއްސެގެ ސަބަބުން މިއަދު ހިނިތުން ވެލަން މިލިބުނު ފުރުސަތު އަދި އެއްފަހަރު ހިދާ ބޭނުންވިއެވެ. “މިކުދިން ނިދީމަ ދޯ.. 9 އޯކޭވާނެތަ؟” ކޮށްކޮއަށް ސިއްރުން ހިދާ އަހާލިއެވެ. އިއްސެ ހިނިތުން ވެލަމުން ބޯޖަހާލިއެވެ.

އެވަގުތު ގޭތެރެއިން އިމްރާން ނުކުތެވެ. ހިދާ ވަގުތުން ގޭތެރެއަށް ވަދުނެވެ. މިފަހަރުވެސް އިމްރާން އެއްވެސް އެއްޗެއް ނުބުއެވެ. އެހެން ފިރިއަކު ނަމަ އެގޮތަށް ހިލޭ ފިރިހެނަކާ އެކީގައި ބޭރަކަށް ނުފޮނުވާނެއެވެ.

އެރޭއަށެއް ޖެހިއިރު ކޮށްކޮ ނިންދަވާފައި ހިދާ ނުކުތީ ބަތް ކާށެވެ. އިމްރާން ވީތަނެއް ހިދާއަކަށް ނޭނގެއެވެ. ކައިނިމިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތް ވަގުތު މީހަކު ގޭ ދޮރުގައި ޓަކި ދޭއަޑު އިވޭހެން ހީވެގެން ހިދާ ގޮސް ދޮރު ހުޅުވައިލީއިރު އެއީ އިއްސެއެވެ.

“ހާދަ އަވަހަށް ތިއައީ.. އަހަރެން އަދި ރެޑީއެއްވެސް ނުވަން…” ހިދާ ބުނެލިއެވެ.

“އާނނ. ކަމެއް ނެތީމަ ހިތަށް އެރީ އަންނާނީއޭ.. އެތެރޭގައި މަޑުކޮށްލަންތަ ހިދާ ރެޑީ ވަންދެން..” އިއްސެ ގޭތެރެއަށް ވަދުނީ ހިދާ ނުވެސް ބުނަނީހެވެ. “އާނ އޯކޭ.. އަހަރެން އަންނާނަން ރެޑީ ވެލާގެން..” ހިދާ މިހެން ބުނެފައި ގޮސް ވަދުނީ ކޮޓަރިއަށެވެ.

ފެންވަރާ ނިމިގެން ކޮޓަރިން ނުކުތް އިރު އިއްސެ އޮތީ އެނދުމަތީގައި ޓީޝާޓު ބާލައިގެންނެވެ. އިމްރާން ހުރީ ކޮޓަރީގެ ދޮރުމަތީގައެވެ. ހިދާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ހިދާ ނުކުތުމާއެކު އިއްސެ ތެދުވެ ތަޅުންމަތީއޮތް އޭނާގެ ޓީޝާޓު ނަގައިގެން ކޮޓަރިން ނުކުމެގެން ދުއްވައި ގަތުނެވެ. “އިމްރާން…” ހިދާ އަނގަ ހުޅުވާލި ވަގުތު އިމްރާން އައިސް ގޮއްމުށުން ހިދާގެ އަނގަ މަތީގައި ޖެހިއެވެ. “ކަލޭތީ މަގޭ އަތްބެއްނޫން..”

+ ދެން އަންނާނީ ރާގުގަނޑެއް ނޫނީ ގުޅޭ ލަވައެއް ފެނުނިއްޔާ ލަވަ އެއް+

އިމްރާން ހިދާ ވަރިކުރުންވީ ހިދާޔަށް އެކަމުން އެއްވެސް ހިތްދަތި ކަމެއް ނުލިބެއެވެ. ނަމަވެސް ހިދާ ހިތްދަތިވަނީ ހިދާގެ މައިންބައިންގެ ކުރިމަތީގައި ހިދާގެ އަބުރާ އިއްޒަތް އިމްރާން ނަގާލީމައެވެ. މަންމަ އާއި ބައްޕަ ރަށަށް އައިދުވަހު ހިދާ ވަރިކުރިކަން އެނގިގެން މަންމަމެން އިމްރާން ގާތަށް ދިޔައީ ހިދާގާތު ސުވާލު ކޮށްކޮށް އެ ސުވާލުގެ ޖަވާބު ނުލިބުނީމައެވެ. އިމްރާން ބުނި ގޮތުގައި ހިދާ ވަރިކުރަން ޖެހުނީ ހިލޭ ފިރިހެނަކު ގޮވައިގެން އުޅުނީމައެވެ.

މި ވޭތުވެދިޔަ ދެހަފްތާވެސް ހިދާގެ ސިކުނޑިން އެންމެ ހިނދުކޮޅަކަށްވެސް ދުރަށްނުދާ ހިޔާލުތަކެއް އެބަވެއެވެ. އެރޭ އިއްސެ ހިދާގެ ކޮޓަރީގައި ގަމީސް ބައިލައިގެން ހުންނަންވީ ސަބަބެއް ހިދާއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ވިސްނާ ވިސްނާ އެ ސުވާލުގެ ޖަވާބު އެއްގޮތަކަށްވެސް ހިދާގެ ބޮލަކަށް ނައެވެ. އެރޭ ހަމަ ގައިމުވެސް ހިދާ ފެންވަރަން ވަނީ ކޮޓަރި ތަޅުލާފައެވެ. ވީއިރު އިއްސެއަށް ކޮޓަރިއަށް ވަދެވޭނީ ކިހިނަކުން ހެއްޔެވެ. ދިރިއުޅުން އުނދަގޫ ވާވަރަށް ހިދާއަށް އެކަމާދޭތެރޭ ވިސްނެން ފެށިއެވެ. އެންމެ ފަހުން ހިދާ ނިންމީ އިއްސެ ކައިރިއަށް ދާށެވެ. އެހެން ކަންތަށް ކުރަންވީ ސަބަބެއް ހޯދާށެވެ.

“އިއްސެ..” ހިދައަށް އިއްސެ ފެނުނީ ދެ އެކުވެރިއަކާއިއެކު ހޮޅުވަށީގައި އިންދައެވެ. ހިދާ ގޮވާލުމާއެކު އިއްސެ ތެދުވެގެން ހިދާ ހުރި ހިސާބަށް އައެވެ.

“އަހަރެން ބޭނުމެއް ނޫން އިއްސެ އާ މާގިނަ ވާހަކަ ދައްކާކަށް. މާތް ﷲ ގަންދީ ހުވާކޮށްފަ މިބުނީ… މިއަދު މިތާ މިދައްކާ ވާހަކަ އެއްވެސް މީހަކަށް ނީވޭނެ މަގޭ ފަރާތަކުން. އަހަރެން ހަމައެކަނި ބޭނުމީ މި ސުވާލުގެ ޖަވާބު. އެދުވަހު އިއްސެ ކީއްވެ އަހަރެން ކޮޓަރީގަ އެގޮތަށް ހުރީ؟” ހިދާ ވާހަކަ ދެއްކީ ރޮމުންނެވެ.

އެވަގުތު އިއްސެ ހިދާއަށް ފަސްދީ އެނބުރިލިއެވެ. “ބުނަން… އޭރުވެސް މަށަށް އިނގޭ އިންމަ މަ މިކަމުގެ ތެރެޔަށް ވެއްދީރު މަށަށް ފަހުން ބަލާ ބޮޑު ވާނެކަން. އެހެންވީމަ ހިނގާ މިކަންތަށް އެއް ނޭވައިން ނިންމާލަންދޯ.. އިންމަ ބުނި މަކާރީ ތީ އަންހެނެއް ސިފައިގައި ހުރި ތޮށި ގަނޑެކޭ.. ތިކަމުން ސަލާމަތްވާން އެހީވެދޭށޭ.. އެހެންވީމަ އަހަރުންނަށް ފެނުނު މޮޅު ގޮތެއް ހަދާލީ.. އެންމެ ފުރަތަމަ ސުކޫލުން ޑްރޮޕް ދިނީވެސް އިންމަގެ އައިޑިއާ އަކަށް. އެއްގޮތަކަށްވެސް މަ ހިދާއަށް ހިތް ކިޔާގެނެއް ނޫން. މިހާރު ހަމަ ގައިމުވެސް ހިދާއަކަށް ނުބުނެވޭނެތާ ވަރި ކުރީ ކަމަކާ ނުލައެކޭ. ހިދާ ހިލޭ ފިރިހެނުން ވެއްދީ… އިންމަ ވަރިކުރީ.. ދެމީހުންނަށްވެސް ދެން ހަމަޖެހުން ލިބިދާނެ. އަދި ބުނަން. މިވާހަކަ ހިފައިގެން އިންމަ ކައިރިއަށް ދިޔަސް އިވޭނީ ހަމަ އެއް އަޑެއް. އިންމަ ބުނި މަކައިރީ ހިދާއަށް މިކަން ކިޔާދޭށޭވެސް. އިންމަ ބޭނުމެއް ނުވޭ އަހަރެމެންގެ މިރޭވުން ސިއްރު ކުރާކަށް ކަލޭ އިންމައަށް އެހާބޮޑު ކަމެއް އޮޅުވާލާގެން ކައިވެނި ކުރީމަ. މަށަށް އަދި މިއުޅެނީ ނުދެވިގެން މިވާހަކަ ދައްކަން.”

އިއްސެގެ ވާހަކަތައް އަޑުއަހާކަށް ހިދާގެ ހިތަކަށް ކެތެއް ނުވިއެވެ. ހިދާ ދުއްވައިގަތީއެވެ. ހަޔާތުގައި ހަމަ އެކަނި ލޯބިވި މީހާގެ ފަރާތުން ހިދާއަށް ވަރަށް ރަނގަޅު ފިލާވަޅެއް ދަސްވެއްޖެއެވެ. ފިރިހެނުންވެސް ވަރަށް ރަނގަޅަށް ދަސްވެއްޖެއެވެ. އެއީ އިންސާނިއްޔަތުކަން ނެތް އިންސާނުންނެވެ. ފިރިހެނުންނަށް އެހާ އަނިޔާވެރިވެވެނީ ކީއްވެގެން ބާއެވެ؟

ނިމުނީ

Share Article

Follow Me Written By

Maseeh

Level 110 Stories

Other Articles

Previous

ތެދުވެރި ލޯބި- 8

Next

އެހެނަސް 6

Next
November 27, 2019

އެހެނަސް 6

Previews
November 27, 2019

ތެދުވެރި ލޯބި- 8

2 Comments!

  1. Psycho lover says:
    November 27, 2019 at 10:03 pm

    Yh exactly…. Sad tho ? woman’s have no right for anything… Just hate this cruel world… ?? Tired of crying

  2. Nayaanee says:
    November 27, 2019 at 11:52 pm

    Maseeh this story is amazing…. Cover pic aa varah gulheyy mi vaahakayaa and enme perfect name vaahaka ah vx dheefa meenee.. Good job… Kuriyah othhthaa maseeh ge new story eh fennaane kamah unmeedhu kuran….

Comments are closed.



All Right Reserved!