ފައުޒާ ހުރީ އާނިސްއަށް ފުރަގަސްދީގެންނެވެ. ފައުޒާގެ ޖަވާބެއް ނުލިބުމުން އާނިސް ތެދުވެ ފައުޒާ އާއި ގާތް ވެލިއެވެ. “ފައޫ… ބުނެބަލަ.” އާނިސް ސުވާލުކޮށްލީ ފައުޒާގެ އެއްވެސް ޖަވާބެއް ނުލިބުމުން ކަންބޮޑުވެ ހުރެއެވެ. އެވަގުތު ފައުޒާ އެނބުރި އާނިސްއަށް ބަލައިލިއެވެ. އޭނާ ހުރީ ހާސް ވެފައެވެ. ހިތް ނުތަނަވަސް ވެފައިވާކަން މޫނުމަތިން ދޭހަވެއެވެ. “ނޭނގެ.” ފައުޒާ ބުނެލީ އެންމެ ޖުމްލަ އެކެވެ. އެޖަވާބުން އާނިސްގެ ހިތުގައި އުފެދުނީ ސުވާލު މާކެކެވެ. ފައުޒާއަށް ނޭނގޭކަމަށް އެބުނަނީ ކޮން އެއްޗެއް ބާއެވެ. […]
= ކިޔުންތެރިންގެ ސަމާލުކަމަށް = (މިވާހަކައިގެ ފުރަތަމަ 7 އެޕިސޯޑް ވާނީ މީގެ 2 މަސް ކުރިން މިއަދު ނޫހަށް ވިއްކާލެވިފައެވެ. އެހެންނަމަވެސް ބާކީ ހުރި އެޕިސޯޑުތަށް މިއަދު ނޫހުން ގެނެސްދެވެން ނެތުމުގެ ސަބަބުން އެ އެޕިސޯޑުތަށް އަޕްލޯޑު ކުރެވޭނީ ހަމައެކަނި އެސްފިޔަ.ކޮމް އަށް ކަމުގައި ދެންނެވީމެވެ.) އޮލަ ވާހަކަ ތަކަކަށް ގައިދުވެފައިތިބި ތިން ކުދިންނަށް ވަގުތުތަށް ދިޔަގޮތްވެސް ނޭނގުނެވެ. އެކުދިންގެ ވިސްނުން ކުލާސްރޫމުގެ ތެރެޔަށް ގެނަސްދިނީ ބޯޑުކައިރީގައި ހުއްޓިލައިގެން ހުރި ޝައިހާމިސް ގޮވާލުމުންނެވެ. […]
އެދޮރުން ކޮޓަރިއަށް ވަދެގެން އައީ މިއަދު ސުކޫލުން ފަތީން އާއި ދިމާވި ދިވެހި މުދައްރިސްއެވެ. އޭނާ ހުރީ އާދައެކޭ އެއްފަދައިން ވަރަށް ހިނިތުން ވެލާފައެވެ. އޭނާ ފެނުމާއެކު ފަތީން ވަރަށް ހައިރާންވިއެވެ. އޭނާގެ ކޮޓަރީގައި ފަތީން އޮތީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ. “މިސްގެ ކުލާހުގަ މިއަދު އިން ކުއްޖެއްދޯ؟ ނަން ހަނދާން ނެތިގެން މިސް މިއުޅެނީ..” ފަތީން އޮށޯވެގެން އޮތް އެނދު ކައިރީގައި ހުރި ކުޑަ ޑްރެސިންޓޭބަލް ގޮނޑިއެއްގައި އިށީންނަމުން އޭނާ ސުވާލުކޮށްލިއެވެ. “ފަތީން… ނަމަކީ […]
ރަނގަބީލުގެ އަޑާއެކު ކޮންމެ ކުއްޖަކުވެސް އެކުއްޖަކު އިށީންދެގެން ތިބި ތަންތަނަށް ބެހިގެން ދިޔައެވެ. ދިވެހި ގަޑި ނަގައިދެއްވަން މިއަދު އައީ މުޅިން އާ ޓީޗަރެކެވެ. އެއީ ވަރަށް ޒުވާން ޓީޗަރެކެވެ. ލޫޅާފަތި ހަށިގަނޑަކާއި ފަންއިސްތަށި ގަނޑެއް ފިލިފައިވާ އޭނާ ހުރީ އާދައިގެ އިސްކޮޅެއްގައެވެ. އޭނާގެ ހަމުގެ ދޮންކަމާއި މޫނު މަތީގެ ރީތިކަމުގެ ޖާދޫގައި ކުލާހުގެ ހުރިހާ ފިރިހެން ކުދިން ތިބީ ޖެހި އާގަމަ ވެފައެވެ. އެ މުދައްރިސް ދުރުވެ ހުރިހާ ކުދިންނަށް އޭނާގެ ތައާރަފެއް ދިނެވެ. އޭނާގެ […]
ނާކާ… އެޕިސޯޑް 01 ބޭބެގެ ކުއްލި މަރާއެކު އާއިލާއަށް ލިބުނު ހިތްދަތި ކަމަށް މިއަދަކީ ތިންވަނަޔަށްވީ ދުވަހެވެ. މަންމަ އާއި ބައްޕަ އަދި ކޮށްކޮ އަށްވެސް ހިތްވަރު ދޭން މިއަދު ހުރި ހަމައެކަނި މީހަކީ ފަތީންއެވެ. ކިތަންމެ ހިތާމައެއް ކުރި ކަމުގައިވިއަސް ބޭބެއެއް ދެނެއް އަނބުރައެއް ނާންނާނެއެވެ. ފަތީން ދުވަސް ފެށީ އާ އަޒުމަކާއި އެކުގައެވެ. އާހިއްވަރަކާއި އެކުގައެވެ. މި ހިތްދަތިކަމުން އަރައިގަނެ އާދައިގެ ދިރިއުޅުމެއް އަލުންބަލުން ފަށައިގަތުމުގެ ނިޔަތުގައެވެ. ސުކޫލަށްދާން ތަށްޔާރުވެ ޔުނީފޯމު އަޅައިލައިގެން ނުކުތްއިރު […]