“ނާސް އެކަހަލަ ކަމެއް ނުކުރާނެ.” “ވާން ޤަބޫލުނުކުރިޔަސް އެއޮތީ އެކަން ވެފައެއްނު. ހުރިހާ ކަމެއް ފެނުނީމަވެސް އެކަން ޤަބޫލުކުރާކަށް ނޫޅޭ. ވަރުގަދަ ލޯތްބެއް ތިވަނީ.” ރުކާން އެހެން ބުނެލުމުން މިއުވާން ގާތަށްވެސް ރުޅިއައެވެ. “ރުކޫވެސް އަހަރެންނާ ތިގޮތަށް ތިވާހަކަ ދައްކާކަށް ނުޖެހޭނެ. އަހަރެންނަކަށް ނުވިސްނޭ ރުކޫ ނާސްދެކެ ތިހާ ރުޅިއަންނަންޖެހޭ ސަބަބެއް. އަހަރެންނަށް މިހާރު ހީވާކަހަލަ ރުކޫގެ އަތެއްވެސް މިކަމުގަ ވެޔޭ.” މިއުވާން އައިސްފައިވާ ރުޅީގައި ބުނެވުނެވެ. “ވަޓް!!؟ ތިބުނަނީ އަހަރެންނޭތަ އިއުނާސް މަރާލީ!!؟ ރުކާންއަށް ލިބުނު […]
“ނުގަންނާނެ.” “ޔަޤީންތޯ؟” މިޝްކާ ސުވާލު ތަކުރާރުކޮށްލިއެވެ. ރުކާން ބޯޖަހާލުމާއެކު މިޝްކާ ލޯމަރާލިއެވެ. އެޔާއެކު އޭނާގެ ގަޔަށް އާދަޔާ ޚިލާފު ބާރުގަނޑެއް އަރާފައި އޭނާގެ ހަށިގަނޑުން ރަންކުލައިގެ ވިދުމެއް ފާޅުވިއެވެ. ބަލަބަލާ ހުއްޓާ ކަރުން ފެށިގެން ހެދުންވެސް ރަންކުލައިގެ މުޅިން އެހެން ޑިޒައިނަކަށްވާ ކަކުލާއި ހަމައަށް ހުރި ހެދުމަކަށް ބަދަލުވިއެވެ. ދެން ބުރަކަށިން މަޑު ދިލައެއް ނަގާފައި ލޭސްކޮޅެއްފަދަ ރަންކުލައިގެ ދެ ވަރަގަނޑު ފާޅުވީ ހިނދު އެދެލޯ ރަންކުލައިން ދިއްލިގެން ދިޔައެވެ. ފެންނަމުންދިޔަ މަންޒަރުގެ ސަބަބުން ރުކާންގެ ބޮލަށް […]
ދަތުރު ދިގުވެ ކުއްލިއަކަށް ލޯންޗުގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލައިފިއެވެ. ލޯންޗުގެ ކެޕްޓަންގެ އެއްވެސް އިޚްތިޔާރެއް އެކަމުގައި ނެތްކަހަލައެވެ. އޭނާވެސް އިނީ ގޮތް ހުސްވެފައެވެ. އޭނާ ދަތުރު ފެށީ ހުރައަށް ދާށެވެ. ނަމަވެސް ލޯންޗުގެ ވަށައިގެން އެރި ދުންތަކާއެކު ލޯންޗުގައިހުރި ޖީޕީއެސް ނިވުނުފަހުން އޭނާއަށް މިހާރު ލޯންޗު ދަތުރުކުރަމުން މިދަނީ ކޮންތާކަށްކަމެއް ނޭނގެއެވެ. އޭނާ އެކަން އެހެންމީހުންނަށް އަންގަން މަސައްކަތްކުރި ނަމަވެސް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ކުޑަމިނުން އެމީހުންނާ ދިމާއަށް ބަލާވެސްނުލެވުނެވެ. ހީވަނީ އިންތަނަށް ގަނޑުވެފައި […]
“އާނ. އަހަރެން ކޮންމެފަދަ ގޮތަކަށް އުޅެން ޖެހުނަސް ވާންގެ އަނތްބެއްގެ ގޮތުގަ އުޅެން ބޭނުން.” މިއުވާންގެ ދެލޮލަށް ބަލަން އިނދެ ރުކާން ބުނެލިއެވެ. އެހެން ބުނުމާއެކު ރުކާން މިއުވާންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. މިއުވާން މަޑުމަޑުން ރުކާން އޭނާގެ ގަޔާއި ދުރުކޮށްލިއެވެ. އަދި ރުކާންގެ މޫނުގައި ދެފަރާތުން ހިފަހައްޓާލަމުން މަޑުމަޑުން ރުކާންގެ މޫނާއި ގާތްވަމުން ދިޔައެވެ. ދެމީހުންގެ ހޫނު ނޭވާ އިހުސާސްވާހާ ގާތްވިތަނާ ޖެހި ބާރު ގުގުރިއަކާއެކު މުޅިތަން އަލިވެގެން ދިޔައެވެ. ލިބުނު ސިހުމުގައި ރުކާންއަށް […]
“ރުކޫ! ރުކޫ! އަވަސްކޮށްބަލަ. މިހާރު ކޮންއިރެއް؟” ރުކާން ފާޚާނާއަށް ވަތްގޮތަށް ލަސްވެގެން މިއުވާން ގޮވަން ފެށިއެވެ. އިސްކުރުން ފެންފައިބާ އަޑު ކެނޑިނޭޅި އިވެމުން ދިޔައެވެ. ނަމަވެސް ރުކާންގެ އެއްވެސް ޚަބަރެއް ނުވިއެވެ. އެވަގުތު ހިތަށް ވަތް ޚިޔާލަކުން ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އެހެންކަމުން އޭނާ ފާޚާނާ ދޮރުގެ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް ފާޚާނާ ދޮރު ހުޅުވާލިއެވެ. އެޔާއެކު އިސްކުރުދޮށަށް ވެއްޓިފައި އޮތް ރުކާން ފެނި އޭނާއަށް އެތެރެއަށް ވަދެވުނުގޮތްވެސް ނޭނގުނެވެ. މިއުވާން ފުރަތަމަވެސް އިސްކުރު […]
“ރުކާން!” އަހަރެންނަށް ހުއްޓެވުނީ އެޒުވާނާ އަހަރެންގެ ނަމުން ގޮވާލުމުންނެވެ. އެއީ މީގެކުރިން އަހަރެން ދުށް މީހެއް ނޫނެވެ. އަދި އަހަރެންނަކަށް އޭނާގެ ނަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނާއަށް އަހަރެންގެ ނަންވެސް އެނގިއްޖެއެވެ. އަނެއްކާ އޭނާގެ ބޭނުމަކީ ކޮބައިބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންގެ ހިތަށް ވަންނަންފެށި ބިރުވެރި ޚިޔާލުތަކަކުން އަހަރެންގެ ހަމަޖެހުން ގެއްލިއްޖެއެވެ. ދާހިއްލާލީވެސް ބަސްބުނާހާ ހިނދުންނެވެ. ދުއްވައިގަންނަން ހިތަށްއެރި ނަމަވެސް އަހަރެންނަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނޭޅުނެވެ. ހީވީ ބިމުގައި ދެފައި ތަތްލާފައިވާހެންނެވެ. އިސާހިތަކު އެޒުވާނާ ހުރީ […]
ސްކޫލަށް ކިޔަވައިދޭން ދިޔަ ފުރަތަމަ ދުވަސްކަމުން އެދުވަހު އެއްވެސް ފިލާވަޅެއް ކިޔަވައެއް ނުދެއެވެ. އެދުވަހު އޮތީ ތަޢާރަފްވެ ކުދިންނާ ގުޅުން ބަދަހިކުރުމެވެ. އާ ޓީޗަރަކަށްވުމުން ހުރިހާ ކުލާހަކުންވެސް ލިބިގެން ދިޔައީ ހޫނު މަރުހަބާއެކެވެ. މިއުވާންއަކީ ގިނަ ކުދިންތަކެއް ދަންނަ މީހަކަށްވުމުން އެކުދިންނާ ގުޅުން ބަދަހިކުރާކަށް އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. އޭނާއަކީ ސާނަވީ ގްރޭޑްތަކަށް ދިވެހިބަސް ކިޔަވައިދޭން އައި ޓީޗަރެއްކަމަށްވެފައި ކުދިންނާ އެހުންނަ ގާތްކަމަކުން ހުރިހާ ކުދިންވެސް ތިބީ ނުހަނު ގަޔާވެފައެވެ. ސްކޫލުން ނިމިގެން މިއުވާން ގެއަށް […]
“މިހުރީ ކިހިނެއްވެފަ؟” މިއުވާން ހައިރާންކަމާއެކު އަހާލިއެވެ. އެޔާއެކު ރުކާންއަށް ލިބުނު ހައިރާންކަން މާބޮޑެވެ. “ކިހިނެއްވީ؟” ރުކާންއަށްވެސް ހައިރާންކަމާއެކު އަހާލެވުނެވެ. “މިތަން މިހުރީ ފިހިފަ ކަހަލަ ގޮތަކަށް.” ރުކާންގެ ކަނދުރާއިން ފިހިފައިވާ ތަންކޮޅުގައި އަތް ޖައްސާލަމުން މިއުވާން ބުނެލިއެވެ. ރުކާންއަށް މަޑު އާހެއްގެ އަޑު ލައްވާލެވުނުއިރު އޭނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ ހިތަށް ވެރިވި ޚިޔާލަކުންނެވެ. “ފިހިފައޭ!! އެކަމަކު ކީއްވެ ތިތަން ފިހެންވީ؟” ރުކާންއަށް މިހާރު ކޮންމެވެސް އެއްޗެއް އެބަ ހީވެއެވެ. މިކަމާ އޭނާގެ ހަޔާތުގެ […]
ރުކާން ގޮސް އެނދުގައި އޮށޯވެ ލޯމަރާލީ ނިދޭތޯއެވެ. ނަމަވެސް މިރޭ އޭނާއަށް އާދަޔާ ޚިލާފު ހޫނެއް އެބަވެއެވެ. އެހެންކަމުން އޭނާ ނިދުމުގެ ކުރިން ފެންވަރާލަން ބޭނުންވިއެވެ. އެހެންކަމުން އޭނާ ތެދުވުމުގެ ކުރިން އެނދުގެ އަނެއް ފަރާތަށް ބަލާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ އެތެރެހަށީގައި ނޭވާ ތާށިވީހެން ހީވިއެވެ. އޭނާއަށް އެނދުން ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. މިއުވާންގެ ގައިން ދުން އަރަމުން ދިޔައިރު ރޯމަހެއް މަރަށް ތެޅޭހެން ތެޅެމުން ދިޔައެވެ. އަތަށް ވާންވެ ކަށިތައް އަރާފައިވާއިރު މަޑުމަޑުން […]