“ކިސްއެއް ދީ.. މިތަނަށް.. އޭރުން އެއްވެސް ބަހަނާއެއް ނުދައްކާ ދާނަން..” ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޔޫޝައު ލާނެތް ގޮތަކަށް ހީލާފައި އެހެން ބުނެލުމުން އައިކާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އައިކާ ޔޫޝައުއާ ދިމާއަށް އިލޮށިފަތި މަޅައިގަތުމާއެކު ޔޫޝައު ދުއްވައިގަތެވެ. އައިކާވެސް ޔޫޝައުގެ ފަހަތުން އިލޮށިފަތި ހިފައިގެން ދުއްވައިގަތެވެ. ދެމީހުން ދުވަމުން ގޮސް ޔޫޝައު އުޅޭ ގެ ހުންނަ މަގަށް ލަނބާލިތަނާ އެމަގުން ނުކުތް މީހެއްގެ ގައިގައި ލައިގެންފައި ޔޫޝައު އެމީހާއާއެކު ވެއްޓުނެވެ. އައިކާވެސް އައި ބާރުމިނުގައި ކޮންޓްރޯލް […]
“އެންމެ ރަނގަޅު.. ބުނެފާނަން.. އެކަމް ޕްރޮމިސްކުރޭ އެކަމާ ނުވިސްނާނަންކަމަށް..” ލީން ޝަރުތެއް ކަނޑައެޅިއެވެ. “ޕްރޮމިސް..” “ތީ އެމީހަކީ.. އަހަރެން ސަމާސާއަކަށް ނޫނޭ އެހެން ބުނީކީ.. އިއްޔެގަ އަހަރެންނަށްވެސް އެނގުނީ.. ޒިޔާ އަހަރެން ގާތު އެހީ އިއްޔެ މާ އަވަސް އަރުވާލާފަ މިގެއަށް އައީ ކީއްވެތޯ.. ދެން އަހަރެން ކިޔައިދިނީ އިކާ ޔޫޝައުއާ ރައްޓެހިވީ ވާހަކަ.. ބުނީމަ ބުނީ އެހެންވީމަ ޔާންގެ ހިތްހަލާކުވީތާއޭ.. ދެން އަހަރެން އެހީ ކީއްވެހޭ ޔާންގެ ހިތް ހަލާކުވާންވީ؟ އަނެއްކާ ޔާންވެސް އިކާދެކެ ލޯބިވަނީހޭ.. […]
“އައިމް މެރީޑް.. އަހަރެން އައިކާއާ އިންނަން ބޭނުންވަނީ ދެއަނތްބަށް.. މިގޮތް އައިކާއަށް ކަމުނުދަންޏާ ނޫނެކޭ ބުންޏަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. ކޮންމެ ގޮތެއް ވިޔަސް އަހަރެންނަކަށް ލަމް ދޫކޮށެއް ނުލެވޭނެ.. އަހަރެން މިހެން ބުނީމަ އައިކާއަށް ހީވެދާނެ އަހަރެން މިއުޅެނީ ގޯސް ނިޔަތެއްގައޭ.. އެކަމް އެހެން ހީނުކުރައްޗޭ.. އަހަރެންގެ އެއްވެސް ގޯސް ނިޔަތެއް ނެތް.. އަހަރެން އައިކާއަށް ލޯބި ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދެން..” ޔޫޝައު އޭނާގެ ވާހަކަ ނިންމާލަމުން އައިކާއަށް ބަލާލިއެވެ. އައިކާ ފުން […]
ހަވީރުގެ ވަގުތެވެ. އައިކާ އިނީ އަތިރިމަތީގައި އޮތް ރުއްބުޑެއްގައި އިށީނދެލައިގެން ފުން ވިސްނުމެއްގައެވެ. އޭނާއަށް މިހާރަކަށް އައިސް ޔޫޝައުއާ ދޭތެރޭގައި ވިސްނެނީ މާވަރަކަށެވެ. މިއީކީ އަދި ރަނގަޅު ގޮތެއް ނޫނެވެ. ޔޫޝައުއަކީ ބީރައްޓެއްސެކެވެ. ކޮންކަހަލަ މީހެއްކަމެއްވެސް ނޭނގެއެވެ. ޗުއްޓީއަކަށް އައިސް ހުރި މީހަކަށްވާނަމަ މިހާރު ދާހާ ދުވަސް ވެއްޖެއެވެ. ޔޫޝައު އައިފަހުން މިހާރު ތިންމަސް ވަނީއެވެ. ޔަޤީނެވެ. އޭނާ އެވަނީ ކޮންމެވެސް ކުށެއްގައި އަރުވާލާފައެވެ. އެކަން ސިއްރުކުރަންވެގެން ޗުއްޓީއެއް ހަދާލަން އައީކަމަށް އަޑު ފެތުރީއެވެ. އައިކާގެ ވިސްނުން […]
ތެޅިތެޅި އޮތް ހިތަކާއެކު އައިކާއާއި ލީން ސްކޫލްތެރެއަށް ވަދެގެން ދިޔައިރު ދެމީހުންވެސް އަތުގުޅާލައިގެން ތިބީ ނުތަނަވަސްކަން ކަނޑުވާލެވޭތޯއެވެ. ދެމީހުންވެސް އޮފީސް ތެރެއަށް ވަނުމުގެ ކުރިން ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ސަލާމް ގޮވާލިއެވެ. އޮފީސް ކައުންޓަރުގައި އިން ލީޒާ، ސަލާމް ބަލައިގަތުމާއެކު އެމީހުން އައީ ނަތީޖާ ބަލައިކަމަށް ބުނެލިއެވެ. ލީޒާ ހިނިތުންވެލަމުން އައިކާއާއި ލީންގެ ނަތީޖާ ހަވާލުކުރިއެވެ. ލީޒާއަށް ޝުކުރު އަދާކުރަމުން ދެމީހުން ސްކޫލުން ނުކުތެވެ. އައިކާއަށް ސްކޫލުން ނުކުމެވެންދެން ކެތްކޮށްލެވުނީ ކިރިޔާއެވެ. ސްކޫލުން ނުކުމެވުމާއެކު އައިކާ ސިޓީ […]
“ލަމް އޯކޭވާނެ.. މީހަކަށް އެކަހަލަ ރަނގަޅު އަނތްބަކު ނުލިބޭނެ..” ޔޫޝައު އޭނާގެ ލޯބިވާ އަނބިމީހާ ލަމްހާއަށް ތަޢުރީފުކޮށްލިއެވެ. “ދެން އެހާ ރަނގަޅު އަނތްބަކު ހުއްޓާ އެހެން މީހަކު ތި ހޯދަނީ ކީއްކުރަން؟” ލިހާމް ކުޑަކޮށް ހައިރާންވެފައި އަހާލިއެވެ. “އަސްލު އަހަރެންވެސް ފުރަތަމަ ބޭނުމެއްނުވޭ އިތުރު ކައިވެންޏެއް ކުރާކަށް.. އެކަމަކު ލަމް ބޭނުންވަނީ އަހަރެން އިތުރު މީހަކާ އިންނަން.. މިހާރު ހައެއްކަ އަހަރު ވެދާނެ އެހެން ކިޔާތާ.. އެކަމަކު އަހަރެން މިހުރިހާ ދުވަހު އެކަމާ ދެކޮޅު ހަދަމުން މިއައީ..” […]
އައިކާއަކީ ނިކަމެތި ދެމަފިރިއަކަށް ލިބިފައިވާ ތިންކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. ޤުދުރަތުން ރީތި ސިފަތަކެއް ލިބިފައިވީ ނަމަވެސް އެއްވެސް ދެއްކުންތެރިކަމެއްނެތް ހިތްތިރި ކުއްޖެކެވެ. އޭނާގެ ރިވެތި އަޚްލާޤާއި ބުރުސޫރައިގެ ރީތިކަމުގެ ސަބަބުން ޒުވާން ފިރިހެންކުދިން ތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. ޒުވާން ގިނަ އަންހެންކުދިންވެސް އައިކާއަށް ބަލާލަނީ ހަސަދަވެރިކަމުގެ ލޮލަކުންނެވެ. ނަމަވެސް އެކަމަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. އަދި އެއީ އޭނާ ފަޚުރުވެރިވާ ކަމެއްވެސް ނޫނެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ވަނީ އޭނާގެ […]
އަޅުގަނޑު، މި ހިނގާ ޖުލައި 15ގައި ފަށަން ގަސްތުކުރި ވާހަކަ “އައިކާ”، ދިމާވި ބައެއް މައްސަަލަތަކާއިހެދި ފެށުން ލަސްކޮށްލި ވާހަކަ ވަރަށް ހިތާމަޔާއެކު ދަންނަވަމެވެ. ވާހަކަ ލަސްކޮށްލި ސަބަބަކީ މިދުވަސްކޮޅު އަޅުގަނޑުގެ ބަލި ހާލަތު ހުރިގޮތުންނާއި ދިރިއުޅުމުގެ އެކި ކަންކަމުގައި ބިޒީވުމުގެ ސަބަބުން ވާހަކައިގެ މާބޮޑު ބައެއް ލިޔެވިފައި ނެތުމެވެ. ކޮންމެ ދުވަހަކުވެސް ވާހަކައިގެ އާ ބައެއް ގެނެސްދޭން ބޭނުންވާތީ ވާހަކަ ނެރުން ލަސްކޮށްލީއެވެ. ހުރިހާ ކުދިންނަށްވެސް ވިސްނޭނެކަމަށް އުއްމީދުކުރަމެވެ. އިރާދަކުރެއްވިއްޔާ އަންނަ އޮގަސްޓް މަހުގެ 1ވަނަ ދުވަހު މިވާހަކައިގެ […]
“އައިކާ” މިވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލޯބީގެ އަސަރުގަދަ ވާހަކައެކެވެ. މިއީ ސާންޑީ މިސައިޓަށް ލިޔާ 4ވަނަ ވާހަކައެވެ. ޓްރެއިލަރ: އައިކާއަކީ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ، ޤުދުރަތުން ރީތި ސިފަތަކެއް ލިބިފައިވާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. މައިންބަފައިންގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި ގަދައަޅާ މަސައްކަތްކުރަމުން ދިޔައީ އެހެން ހުރިހާ ކަމެއް އެއްފަރާތްކޮށްފައެވެ. މިހާރުގެ ގިނަ ކުދިން ފަދައިން ހާސިލްކުރަން ބޭނުންވާ މާގިނަ ލަނޑުދަނޑިތަކެއް ނެތް އާދައިގެ ކުއްޖެއްގެ ގޮތުގައި ދިރިއުޅެމުން ދިޔައެވެ. އެއްވެސް […]