އައްޒާމް މަޑުމަޑުން އައިކާގެ މޫނުގައި ފިރުމާލިއެވެ. އަދި މަޑުމަޑުން އައިކާގެ ތުނި ތުންފަތުގައި އަތް ހިންގާލިއެވެ. އެވަގުތު މީހެއްގެ ބީހުން އިހުސާސްވެގެން އައިކާއަށް ކުއްލިއަކަށް ހޭލެވުނެވެ. އެވަގުތު އައްޒާމް ކުއްލިއަކަށް އައިކާގެ އަނގަމަތީ އަތްއެޅިއެވެ. “ޝްޝްޝް!! ހަޅޭއްނުލަވައްޗޭ!! މީ އަހަރެންނޭ.. އައްޒާމް..” އައްޒާމް މަޑުމަޑުން ބުނެލިއެވެ. އައިކާ ޖެހިލުންވެފައި އިނދެ ބޯޖަހާލުމުން އައްޒާމް އައިކާގެ އަނގަމަތިން އަތް ނެގިއެވެ. “އައްޒާމް ކިހިނެއް.. ކީއްކުރަން މިގަޑީ މިތަނަށް ތި ވަނީ؟” އައިކާ ކަންބޮޑުވެފައި އަހާލިއެވެ. “އަހަރެންނަށް ނުނިދިގެން ހަމަ […]
“ދައްތާ! މި ކާލައިގެން ދޭބަލަ..” އައިކާ އެހެން ބުނެލުމުން ޒިދުނާ ކޭކުކޮޅު ހިފައިގެން ހިނގައިގަތެވެ. އޭނާ ގޮސް ދޮރު ހުޅުވާލި ވަގުތު ސިއްސައިގެން ދިޔައީ ކުއްލިއަކަށް ދޮރުމައްޗަށް އެރި މޫނު ނިވާކޮށްގެން ހުރި މީހާ ފެނުމުންނެވެ. އަވަހަށް ދޮރު ލައްޕަން ކުރި މަސައްކަތް ވީ ބޭކާރެވެ. އެމީހާ ގޭތެރެއަށް ދެމިގަތުމުން ޒިދުނާ އުޅުނީ އަވަހަށް އެމީހާގެ ކިބައިން ސަލާމަތްވެވޭތޯއެވެ. ނަމަވެސް އެމީހާއާ ދުރަށް އެންމެ ފިޔަވަޅެއް އެޅުނުތަނާ އެމީހާ އަވަސް ހަރަކާތަކާއިއެކު ޒިދުނާގެ ކަނާއަތު ކޮނޑާއި ދިމާއިން […]
އައިކާ އުޅުނީ ބަދިގެތެރޭގައި ޒިދުނާއަށް ކެއްކުމުގައި އެހީތެރިވެދިނުމަށެވެ. ފިޔާ ކޮށަން އިންދާ ބެލް އަޅާލި އަޑު އިވުމުން ޒިދުނާ އައިކާ ގާތު އައީ ކާކުތޯ ބަލާލަން ދިއުމަށް ބުންޏެވެ. އައިކާ އަތް ދޮވެލައިގެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. “ލީން!!” ހައިރާންކަމާއެކު އައިކާ އެހެން ބުނެލި ނަމަވެސް އޭނާގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވީ އެއް އަހަރަށްފަހު އެންމެ ގާތް އެކުވެރިޔާ ފެނުމުންނެވެ. އައިކާ އުފަލުން ލީންގެ ގައިގައި ބައްދައިގަތެވެ. […]
“އެންމެ ރަނގަޅު.. އަހަރެން ދަނީ.. އަހަރެން މިގެއަށް އައީ ވަރަށް އުއްމީދާއެކު.. އަހަރެންގެ ސުވާލުތަކަށް ޖަވާބު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކު.. އެކަމަކު މިގެއިންވެސް މި ދާންޖެހުނީ ހުސްއަތާ.. އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބި.. އަހަރެންނަށް މިހާރު އިހުސާސްކުރެވޭ އަހަރެންނަކީ ބޭކާރު މީހެއްކަން.. އެންމެނަށްވެސް އަހަރެންނާހެދި ވަނީ އުނދަގޫ.. އެއްވެސް މީހަކު އަހަރެންނަށް ހަޤީޤަތް އޮޅުންފިލުވައިދޭން ބޭނުންނުވާކަން މިރޭ އަހަރެންނަށް އެނގިއްޖެ.. އެންމެންވެސް ބޭނުންވަނީ އަހަރެން އަބަދުގެ އަބަދަށް މި އޮޅުންބޮޅުން ތެރޭ ހުންނަން.. ދެން އަހަރެން މިކަން […]
11 ވަނަ ބައިގެ ތެރެއިން “ގްރީން ލައިޓް!” ލަމްހާއަށް މަޑުމަޑުން ކިޔާލެވުނެވެ. ލަމްހާ ސުވާލެއް ކުރަން އުޅެނިކޮށް ޔޫޝައު އެކަން ހުއްޓުވުމަށްފަހު އިރުކޮޅަކު މަޑުކޮށްލުމަށް ބުނެލުމުން ލަމްހާއަށް ސުވާލުކުރާކަށް ނުކެރުނެވެ. ޔޫޝައު ގޭގެ ބެލް އަޅާލުމުން ގޭގެ ދޮރު ހުޅުވާލީ ސީދާ އައިކާއެވެ. “ލަމް! މީ އައިކާ.. އައިކާ! މީ ލަމްހާ.. އަހަރެންގެ ވައިފް..” ޔޫޝައު އެ ހުރިގޮތަށް ހުރެ ދެމީހުންނަށް ދެމީހުން ތަޢާރަފުކޮށްދިނެވެ. އައިކާ ހީލަމުން ސަލާމަށް އަތް ދިއްކޮށްލުމުން ލަމްހާވެސް ހީލަމުން ސަލާމްކޮށްލިއެވެ. ޔޫޝައުގެ […]
“ގްރީން ލައިޓް!” ލަމްހާއަށް މަޑުމަޑުން ކިޔާލެވުނެވެ. ލަމްހާ ސުވާލެއް ކުރަން އުޅެނިކޮށް ޔޫޝައު އެކަން ހުއްޓުވުމަށްފަހު އިރުކޮޅަކު މަޑުކޮށްލުމަށް ބުނެލުމުން ލަމްހާއަށް ސުވާލުކުރާކަށް ނުކެރުނެވެ. ޔޫޝައު ގޭގެ ބެލް އަޅާލުމުން ގޭގެ ދޮރު ހުޅުވާލީ ސީދާ އައިކާއެވެ. “ލަމް! މީ އައިކާ.. އައިކާ! މީ ލަމްހާ.. އަހަރެންގެ ވައިފް ..” ޔޫޝައު އެ ހުރިގޮތަށް ހުރެ ދެމީހުންނަށް ދެމީހުން ތަޢާރަފުކޮށްދިނެވެ. އައިކާ ހީލަމުން ސަލާމަށް އަތް ދިއްކޮށްލުމުން ލަމްހާވެސް ހީލަމުން ސަލާމްކޮށްލިއެވެ. ޔޫޝައުގެ އަންހެނުންނަކީ ނާޒް ނޫންކަން […]
ޔޫޝައު އޮފީހުގައި އަވަދިނެތި އުޅެނިކޮށް އޭނާއާ ބައްދަލުކުރަން އަންހެންކުއްޖަކު އައިސް ހުރި ވާހަކަ އޭނާގެ ރިސެޕްޝަންގައި އިންނަ ކުއްޖާ ގުޅާފައި ބުންޏެވެ. އޭނާ އެކުއްޖާ އެތެރެއަށް ފޮނުވުމަށް އެދުނީ އެހީއަކަށް އެދި އައި މީހަކަށް ވެދާނެކަމަށް ހީކުރަމުންނެވެ. ކެބިންގައި ޓަކި ޖަހާލި އަޑު އިވުމުން އެދިމާއަށް ބަލާވެސްނުލާ އިނދެ އެތެރެއަށް ވަންނާށޭ ބުނެލިއެވެ. އެއާއެކު ފިނިވެފައި ހުރެ އައިކާ އެތެރެއަށް ވަނެވެ. ދޮރު ހުޅުވާލި އަޑަށް އިސްއުފުލާ ޔޫޝައުއަށް ދޮރާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު އޭނާއަށް ބޭއިޚްތިޔާރުގައި […]
ޔޫޝައުއަށް ހޭލެވުނުއިރު އޮތީ ދާހިއްލާ ފޯވެފައެވެ. އެފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ؟ އެހުވަފެނާއި އޭނާގެ ހިތުގައިވާ އެއްޗަކާއި ދިމަލެއްނުވެއެވެ. ނަމަވެސް އެފެނުނު ހުވަފެނަކުން އޭނާގެ ހިތް ނުތަނަވަސްވެއްޖެއެވެ. އަނެއްކާ އެހުވަފެނާއި އޭނާގެ މުސްތަޤުބަލާއި ގުޅުމެއް ވަނީ ހެއްޔެވެ؟ އެ ފެނުނު ހުވަފެނަކުން އޭނާގެ ނިދިވެސް މުޅިން ފިލައިފިއެވެ. އޭނާ ގަޑި ބަލާލިއިރު އަދި މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. ފަތިސް ނަމާދު ވަގުތަށްވެސް އަދި ދޮޅު ގަޑިއިރު އެބައޮތެވެ. އެހެންކަމުން އޭނާ ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް […]
ކައިގެން ނުކުމެފައިވެސް މާޒްއަށް އައުފްއާއެކު އެތައްއިރަކު ވާހަކަދައްކަން އިންނަން ޖެހުނެވެ. ޔޫޝައުވެސް އެމީހުންނާ ބައިވެރިވެގެން މަޖާކޮށް ހީ ހެދިއެވެ. މާޒް ގެއަށް ދަންދެންވެސް އައިކާ ހުރީ ޔޫޝައުއާއި ބައްދަލު ނުކުރަން ނިންމައިގެންނެވެ. އޭނާ ޔޫޝައުއާއި ގާތުގައި އުޅޭތަން ފެނުމުން މާޒްގެ ހިތަށް ތަދުވާނެކަން އެނގޭތީއެވެ. ނަމަވެސް އެއީ ކިހާ ހެއްވާ ކަމެއްކަންވެސް އޭނާއަށް އެނގެއެވެ. އެހެނަސް އެނގި އެނގި ހުރެ މާޒްގެ ހިތަށް ތަދުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ކައިގެން ނުކުމެފައިވެސް މާޒްއަށް އައުފްއާއެކު އެތައްއިރަކު ވާހަކަދައްކަން […]