Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ފަންސަތިރީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
February 6, 2025 13 Mins Read
10 Comments

“އަހަންނަކަށް މިހެނެއް ނޫޅެވޭނެ ދެން ސާހިލް.. އޭނާ ސާހިލްދެކެ އެހާ ލޯބިވާއިރު އޭނާއާއެކު ދިރިއުޅުމެއް ފަށާ. އެކުދިންނަށްވެސް ވިސްނޭނެ. ދެމީހުން ވަކިވިއަސް ކުދިންނަށް އެއްވެސް ކަމެއް އުނިވިޔަ ފުރިހަމަ ކޮށްދެވިދާނެއްނު.. ސާހިލްދެކެވެސް ލޯބިވާ މީހަކާއެކު އުޅެން ފަސޭހަވާނެއްނު..” ގިސްލަމުން މިޝްޔާ ވާހަކަދެއްކިއެވެ.

“ސާހިލް.. އަހަރެން.. މިނިވަން ކޮށްދީ.” ލޮލުން އައި ކަރުނަތައް ފުހެމުން މިޝްޔާ އޮފީހުން ނިކުމެގެން ދިޔައީއެވެ.

މެންދުރު އޮފީސް ނިންމާލާފައި ގެއަށް އައުމާއެކު މަންމަ ނެތިގެން ދެކުދިން ޝަކުވާކުރީ ބައްޕަގެ ގާތުގައެވެ. އޭރު ސުހައިލްގެ ފަރާތުން ނަސްރާއަށްވެސް އޮތީ ވީގޮތް އޮޅުންފިލާފައެވެ. ސާހިލްގެ ދޫބަންދުވީ ވަގުތު ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެކުދިންގެ ސަމާލުކަން އެހެންދިމާއަކަށް އަނބުރުވާލީ ނަސްރާއެވެ. ކަރުގައި އޮތް ޓައީ ދޫކޮށްލަމުން ސާހިލްގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އިހްތިޔާރެއްނެތި އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. މޫނުގައި ބާލީސް އަޅާލުމާއެކު އަނގައިން ނިކުމެގެން އައި ރުއިމުގެ އަޑު ފޮރުވޭތޯ އޭނާ ބެލިއެވެ.

“މިޝީ.. އަހަރެންވެސް ވަރުބަލިވެއްޖެ. އަހަރެންގެ ހިތާ ސިކުނޑިވެސް ވަރުބަލި ވެއްޖެ..” ހިތާހިތުން ސާހިލް ކިޔެވެ.

އެތައްއިރެއްވީއިރުވެސް އޭނާއަށް ރުއިން ހުއްޓައެއްނުލެވުނެވެ. ހަމައެއްގޮތަކަށްވެސް މިޝްޔާއާ ނުލާ ދިރިއުޅުމެއް އުޅޭނެގޮތެއް އޭނާއަށް ސިފައެއް ނުކުރެވުނެވެ. ކަރުނަތައް ފުހެމުން ގޮސް އޭނާ ވަނީ ފާހަނައަށެވެ. ޝަވަރުން ފެންއަންނަ ދިމާއަށް މޫނު އަނބުރައިގެން ހުރިއިރު އޭނާގެ މޫނުގައި ޖެހޭ ފެންތިކިތަކާއި ލޮލުން ވެއްޓޭ ކަރުނަތިކިތައް އެކުވެ ފައިބަމުން ދިޔައެވެ. މިޝްޔާ އޭނާގެ ގާތުގައި ނެތި އަދި މިވީ އެންމެ ފަސްވަރަކަށް ގަޑިއިރެވެ. އުމުރުދުވަހަށް އޭނާ މިޝްޔާ ދޫކޮށްލަން ވެއްޖެނަމަ އޭނާގެ ހަޔާތް އެކީ ބަނަވެގެން ދާނެކަން ގައިމެވެ.

ސާހިލް ބޭރަށް ނުކުތްއިރު މަންހަލް އައިސް އޭނާގެ ފައިގައި އޮޅުލައިގަތެވެ. މަންހަލް އުރާލަމުން އޭނާ ނުހައިކްގެ ގާތުގައި އިށީނެވެ. ޔުނާންއާއި ޔޫވިންވެސް އެކުދިން ކައިރީގައި ކުޅެން ތިއްބެވެ.

“ބައްޕިގެ ލޮލަށް ކިހިނެއްވީ؟ ލޯ ރަތްވާނީ ރޮއުނީމައޭ މަންމި ބުނީ..” ސާހިލްގެ ދެލޮލުގައި ހިފާ ފުޅާކޮށްލަމުން މަންހަލް ބުންޏެވެ.

“ބައްޕަ ރަނގަޅޭ ދަރިފުޅޫ. ކޮންއެއްޗެއް ތިކުޅެލަނީ؟” ނުހައިކްގެ ބޮލުގައި ފިރުމާލަމުން ސާހިލް އަހާލިއެވެ.

އެތައް ފަހަރަކު ގުޅުމުންވެސް މިޝްޔާ އޭނާގެ ފޯނަކަށް ޖަވާބެއް ނުދިނެވެ. އެންމެފަހުން ހަމްދާންއަށް ގުޅީ އެގޭގައި އުޅޭނެކަމަށް ބަލާފައެވެ. އޭނާ ކުރި ސުވާލަށް ޖަވާބުދިނުމަށްފަހު ހަމްދާންވެސް ފޯނުކަނޑާލީއެވެ. ސާހިލް ކަރުއެލުވާލިއެވެ. ހަމައަސްލުވެސް އޭނާގެ އަލަތު ކައިވެނި ނިމުމަކަށް އައީހެއްޔެވެ؟

ކުދިން ނިންދެވުމަށްފަހު ސާހިލް ބޭރަށް ނިކުތެވެ. ނަސްރާގެ ގާތުގައި ބުނެލާފައި އޭނާ ނިކުތީ ބޭރަށެވެ. ހިތަށް ކެތްނުވެގެންނެވެ. ޖަވާހިރުގޭގެ އެންމެ މަތީ ފަންގިފިލާއަށް އޭނާ އެރިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ދޮރުގައި އިން ބެލްއަށް ފިތާލިއެވެ. އެތެރެއިން ދޮރުހުޅުވީ ހަމްދާންއެވެ. ކުޑަކޮށް ދޮރު ހުޅުވާލައިގެން އޭނާ ހުރިއިރު ސާހިލް އެތެރެއަށް ވަނުމަށް ބޭނުންނުވާކަން އެމޫނުމަތިން ދޭހަވެއެވެ.

“މިޝްޔާ ބަލައި.” ސާހިލް ބުނެލިއެވެ.

“މިރޭ މިގޭގައި މިޝްޔާ މަޑުކުރާނީ.” ހަމްދާންގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. ދެބަސްވާކަށް ސާހިލްވެސް ބޭނުމެއްނުވިއެވެ. މަޑުމަޑުން ބޯޖަހާލުމާއެކު އޭނާ އެނބުރިލީ ދާށެވެ.

ޖީބުން ފޯނުނަގާ އޭނާ މެސެޖެއް ލިޔުނެވެ.

“އަބަދުވެސް ލޯބިވާނަން!”

އާދުވަހަކަށް އިރުއަރައިގެން އައިއިރު ސާހިލް އޮތީ ނިންޖާ ދުރުވެފައެވެ. ރޮވުމުގެ ސަބަބުން އޭނާގެ ލޮލުގައި ރަތްކަމެއް ހުއްޓެވެ. ހަމަނިދި ނުލިބުމުގެ ސަބަބުން ލޮލުން ވަރުބަލިކަން ފާޅުވާންހުރީ އިންތިހާއަށެވެ. ފަތިސް ނަމާދުން ފައިބައިގެން އޭނާ ކުދިން ސުކޫލަށްދާ އެއްޗެހި ތައްޔާރުކުރިއެވެ. ދެކުދިން ތެދުވާން ވަގުތު އޮތުމުން އޭނާ އެނދުގައި އޮށޯތްތަނުން ނިދިއްޖެއެވެ. ދެން ހޭލެވުނީ މޫނަށް އިރުގެ އަލިކަން އެޅެން ފެށުމުންނެވެ. ނުހައިކްއާއި މަންހަލްގެ އަޑު ކޮޓަރިތެރޭ ގުގުމާލާފައި ވިއެވެ. ފާހަނަތެރެއިން މަންހަލް މަންމާއޭ ގޮވާ އަޑު އިވެއެވެ. ފުންމައިގެން އޭނާއަށް ތެދުވެވުނެވެ. މިޝްޔާ އެނބުރި އައީހެއްޔެވެ؟

“މަންމާ.. ފިންޏޭ..” ފާހަނަތެރެއިން ތުވާލިޖަހައިގެން ނިކުތް މަންހަލް ބުނެލިއެވެ. އޭނާގެ ފަހަތުން މިޝްޔާވެސް ނިކުތްތަން ފެނުނެވެ. ހުއްޓުން އަރާފައި މިޝްޔާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ.

“ބައްޕީ..” ސުކޫލު ޔުނީފޯމުގެ ފަޓުލޫނު ލައިގެން އައިސް ނުހައިކް ވެއްޓިގަތީ ސާހިލްގެ އަތުގެ ތެރެއަށެވެ.

“މަންމީ.. ދެއަންބިއަކީ ކޮންއެއްޗެއްތަ އަޅެ.. ބައްޕިވެސް މަންނު ކައިރި ނުބުންޏޭ.” މަންހަލްގެ ފެން ހިއްކުވަން މިޝްޔާ ގުދުވެލުމާއެކު މަންހަލް ބުނެލިއެވެ.

މިޝްޔާއާއި ސާހިލްގެ ނަޒަރުވެސް ގުޅިއްޖެއެވެ. އެދެލޮލުން ފެނުނު ވަރުބަލިކަން ސާހިލްއަށް ސިއްރެއްނުވިއެވެ.

“ކޮއްކޮ ކޮންތާކުން އަޑުއެހި އެއްޗެއް އެއީ؟” މިޝްޔާ އަހާލިއެވެ.

“ދައްތައެއް ބުނީ. އިއްޔެ ނާސަރީ ނިމުން ގަޑީގަ. ބައްޕަކައިރީގަ، ދޯ ބައްޕީ..” މަންހަލް ސާހިލްއަށް ބުނެލިއެވެ.

“ބައްޕި ކައިރީ ބުނޭ އޮފީސް ގަޑި ކައިރިވަނީއޭ.” މިޝްޔާ ބުނެލިއެވެ.

“ތެދެއް ބައްޕީ. ތެދުވޭ..” ނުހައިކް ސާހިލްގެ އަތަށް ދަމަން ފެށިއެވެ.

“ބައްޕި މިއަދު ނުދާނަން އޮފީހަށް.” ސުހައިލް ދެކުދިންނަށް ބުނެލިއެވެ.

“އެއީ ކީއްވެ ބައްޕީ.؟” ނުހައިކް ސުވާލުކުރިއެވެ.

“ކުޑަކޮށް ބަލިވީމަ.” މިޝްޔާއަށް ބަލަމުން އޭނާ ޖަވާބުދިނެވެ.

“މަންމިއަށް އިނގޭތަ؟ އިއްޔެ ބައްޕަ ރޮއުނީ. ބައްޕަގެ ލޯ ހުރީ ރަތްވެފަ މަންނުއަށް ފެނުން އިރު.” މިޝްޔާ ސާހިލްއަށް ބަލައިލިއެވެ.

ހިމޭންކަމާއެކު މިޝްޔާ ދެކުދިން ތައްޔާރުކޮށް ނިންމާލިއެވެ. އެކުދިންނާއެކު ބޭރަށް ނިކުތުމަށްފަހު މިޝްޔާ އެނބުރި ކޮޓަރިއަށް އައީ ދަބަސްތައް ބަލައެވެ. އޭރުވެސް އެނދުމަތީގައި ސާހިލް އިނެވެ. މިޝްޔާ އޭނާއަށް ބަލައިލުމަށްފަހު މޭޒުމަތީގައި ހުރި ދަބަހުގެ ޒިބު ހުޅުވާލިއެވެ.

“އެއްޗެހި އަޅާފައި ހުންނާނީ.” ސާހިލް ބުންޏެވެ.

އިތުރުބަހެއް ބުނުމެއްނެތި މިޝްޔާ ދިޔައީ ކޮޓަރިން ނިކުންނާށެވެ. އަވަސް އަވަހަށް އެނދުން ފައިބައިގެން އޭނާ މިސްރާބުޖެހީ މިޝްޔާގެ ގާތަށެވެ. އޭނާ އައުމުގެ ކުރިން ކޮޓަރިން ނުކުންނަން މިޝްޔާ އުޅުނަސް އެއަށްވުރެ ކުރިން ސާހިލް އޭނާ ހިފަހައްޓައިފިއެވެ.

“ޕްލީޒް މިޝްޔާ. އަހަރެންގެ ދެލޮލަށް ބަލާބަލަ. އަހަރެންގެ ހިތުގެ އަޑުވެސް އަހާބަލަ. އަހަންނަށް އިތުބާރުކޮށްބަލަ.” މިޝްޔާގެ ކަނާއަތް އޭނާގެ މޭގައި ޖައްސާލާފައި ސާހިލް އާދޭހާއެކު ބުނެލިއެވެ. އޭރު އަނެއްކާވެސް އޭނާގެ ލޯ ތެތްވެއްޖެއެވެ. ކޯތާފަތުން ފުންމާލި ކަރުނަތިކި ޖެހުނީ މިޝްޔާގެ އަތުގައެވެ.

“އަހަރެން ސާހިލްއަށް އިތުބާރު ކުރަން. އެކަމަކު!” މިޝްޔާ ހުއްޓާލިއެވެ.

“އެކަމަކު ނުލާ..” ދެލޯ ފުހެލާ އޭނާގެ ދެއަތުގެ ތެރޭ މިޝްޔާ ހައްޔަރުކޮށްލިއެވެ. އޭނާގެ ބޮލުގައި ދަތްދޮޅި ޖައްސާލާ ސާހިލް ދެލޯ މަރާލިއެވެ. އެހިތުގައިވީ ހުރިހާ ނުތަނަވަސްކަމެއްވެސް އެވަގުތުގައި ފިލައިގެން ގޮސްފިއެވެ.

“ސާހިލް އޮފީހަށް ނުދިޔައަސް އަހަރެން އޮފީހަށް ދާނަން.” ސާހިލްގެ މޭގައި އަތްވިއްދާ ދުރުކޮށްލަމުން މިޝްޔާ ކޮޓަރިން ނިކުމެގެން ދިޔައެވެ. ސާހިލްގެ ހިޔާލުވެސް އޭރު ބަދަލުވެއްޖެއެވެ. އަވަސްކޮށްގެން ފާހަނައަށް ވަދެ ރީތިވެގެން އޭނާވެސް އޮފީހަށް ދިޔައީއެވެ.

އޮފީހުގައި އިންދާ ހަމްދާން އައިސް އޭނާ މަންހަލްމެން ބަލައިދާ ވާހަކަބުންޏެވެ. ބްރޭކް ގަޑީގައި ކުރާނެކަމެއް ނެތިގެން ސާހިލް އައީ ގެއަށެވެ. ކޮޓަރިއަށްވަދެ ދޮރުލައްޕާލި ތަނުން މިޝްޔާވެސް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

“ސޮރީ. އަހަރެން، އެހެން ބުނި ވާހަކައެއް ނޫން އެއީ. އެގަޑީގަ ދެރަވެފަ ހުރީމަ ބުނެވުނީ. އަހަރެންވެސް ބޭނުމެއްނޫން ވަރިވާކަށް..” ދޮރު ލައްޕާލަމުން މިޝްޔާ ބުނެލިއެވެ.

ސާހިލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް މިޝްޔާގެ ގައިގައި ބައްދާލެވުނީއެވެ.

“ހިނގާ އެހެން ރަށަކަށް ބަދަލުވާން. ޝަފްނާއަށް ނުފެންނަ ހިސާބަކަށް.” މިޝްޔާ ޝަކުވާކުރިއެވެ.

“ދޮންބެ އެކަނި ބަހައްޓާފަ އަހަރެންނަކަށް ނުކެރޭނެ ދާކަށް..” ސާހިލްއަށް ބުނެވުނެވެ.

“އެހެންވިއްޔާ ޝަފްނާ އޮފީހުން ވަކިކުރެވިދާނެއްނު. ޕްލީޒް. ސާހިލްމެންނަށް މުވައްޒަފުން ވަކިކުރެވޭނެއްނު.” މިޝްޔާހުރީ ޝަފްނާ އެމީހުންގެ ހަޔާތުން ނެރެލަން ބޭނުންވެފައެވެ.

“އޯކޭ. އަހަރެން ދޮންބެއާއި ވާހަކަދައްކާފަ ގޮތެއް ނިންމާނަން.. މިޝްޔާ ދެރަ ނުވޭ އިނގޭ..” މިޝްޔާގެ މޫނުގައި ފިރުމާލާފައި ސާހިލް ބުނެލިއެވެ.

ދެތިން ހަފްތާ ތެރޭގައި ޝަފްނާ އޮފީހުން ވަކިކުރެވުނެވެ. ސަބަބަކަށްވީ އޭނާގެ އަޚްލާޤެވެ. މިޝްޔާ ހީކުރި ގޮތާއި ހިލާފަށް ޝަފްނާގެ އުނދަގުލުން އޭނާއަށް ސަލާމަތެއް ނުވެވުނެވެ. ފިކުރުކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. ހެއްދެވި ފަރާތަށް ދަންނަވާ އޭނާގެ ދޫ ވަރުބަލިވެއްޖެއެވެ. އެކަމަކުވެސް އަލަތު ކައިވެންޏާއި ލޯބިވާ ފިރިމީހާ ދޫކޮށްލާކަށް މިޝްޔާ ބޭނުމެއްނުވިއެވެ. އެއްދޮރު ބަންދުވިއަސް އެތައްހާސް ދޮރެއް ހުޅުވޭނެކަން އޭނާ ދަތެވެ. މާތްﷲގެ ރަޙްމަތާމެދު އޭނާ މާޔޫސެއްނުވެއެވެ. ބޮޑުވަމުން އަންނަ ދެދަރިންނަށްޓަކައި ހިތްވަރު ކުރިއެވެ.

ދެހާސް އެގާރަވަނަ އަހަރު ހުޅުމާލެއިން ފްލެޓެއް ގަނެގެން އެޢާއިލާ ބަދަލުވީ ހުޅުމާލެއަށެވެ. ޝަފްނާއާ ދުރަށް ދިއުމަށެވެ. ކޮންމެދުވަހަކު އެޢާއިލާ އެކުގައި މާލެ އާދެއެވެ. އޮފީސް ނިންމާފައި ދަރިން ސުކޫލު ނިމުނީމާ އެނބުރި އަންނަނީއެވެ. ޝަފްނާ ސިޔާސީ ދާއިރާއަށް ނިކުމެ އުޅެން ފެށުމުން އޭނާވެސް މަސައްކަތުގައި ބުރަވީއެވެ. ލިބުނު އެކުވެރިން ތަކަކާއެކު އޭނާވެސް އާ ކުންފުންޏެއް އުފެއްދިއެވެ. އަނެއްކާވެސް ބަހާރު މޫސުމުގެ ހިތްގައިމުކަން އެޢާއިލާ ވަށާލައިފިއެވެ. ސާހިލްއާއި މިޝްޔާއަށް ކުޑަކޮށްވެސް ނޭނގުނީ އެއީ ބިރުވެރި ތޫފާނުގެ ކުރިން ވެރިވާ ހަމަހިމޭންކަންކަމެވެ.

ދެއަހަރު ހުޅުމާލޭގައި ދިރިއުޅުމަށްފަހު އެއަހަރު އައި ބޮޑު ޗުއްޓީގައި ސާހިލް ތައިލޭންޑަށް ދާން ނިންމީ އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ނިޔަތުގައެވެ. އެހެނަސް އެއީ އޭނާ މީހުންގެ ގާތު ބުނި ވާހަކައެވެ. ހަގީގީ ސަބަބުވީ އެހިތުގައި ފޮރުވިފައެވެ. އެހިތަށް އެންމެ ތަދުވި ސަބަބުވެސް މެއެވެ. އެއީ ހަތަރު މަހެއްހާ ދުވަސްކުރިން މިޝްޔާގެ އުޅުމަށް އަންނަން ފެށި އާދަޔާ ޚިލާފުބަދަލެވެ. އޭނާ ސާހިލް ދުރުކޮށްލީއެވެ. ވަރަށްބޮޑަށެވެ. ވާހަކަދައްކަނީވެސް ދަރިންގެ ކަމެއްގައި އެކަންޏެވެ. ރޭގަނޑު ދެކުދިން ނިންދެވުމަށްފަހު އޭނާވެސް އައިސް ނުހަނު އަވަހަށް ނިދާނެއެވެ. ގިނަ ރޭ ތަކުގައި ނިދަނީ މަންހަލްގެ ގާތުގައެވެ. ދެމަފިރިން އެކުގައި ރޭގަނޑުގެ ކެއުންތަކަށް ދިއުމާ، ހިނގާލަން ދިއުންވެސް ހުއްޓިއްޖެއެވެ. މިޝްޔާ ބޭނުންނުވާތީއެވެ. މަންހަލް ވިހައިގެން ހަށިގަނޑު ރަނގަޅުކޮށް ހުރެފައި އޭނާގެ ބަރުދަންވެސް ލުއިވީ ކުއްލިއަކަށެވެ. އެކަނި އިނުމަށް އޭނާ ލޯބިކުރަން ފެށިއެވެ. އަނބިމީހާއަށް އަންނަ ބަދަލު ފެނި ސާހިލްގެ ހިތަކަށް ކެތެއް ނުވިއެވެ. އެތައް ފަހަރަކު ވާހަކަދައްކަން މަސައްކަތް ކުރިއަސް އެކަމެއް ކާމިޔާބެއް ނުވިއެވެ. ހަމްދާންއާއި އޭނާގެ އަނބިމީހާގެ އިތުރުން ނަސްރާ ލައްވާވެސް މިޝްޔާއަށް ވީގޮތް އޮޅުން ފިލުވަން އޭނާ ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. ނަފްސާނީ އެހީތެރިއެއް ގެނައުމަށްވެސް މިޝްޔާ އެއްބަހެއް ނުވިއެވެ. އެމީހުންވެސް މިޝްޔާގެ ހަޔާތާއި ދުރުކޮށްލީއެވެ. ސުހައިލް ދިން ޚިޔާލާ އެއްގޮތަށް ސާހިލްވެސް ގަބޫލުކުރީ މާހައުލު ބަދަލުވީމާ އަނެއްކާވެސް ކުރީގެ މިޝްޔާ އޭނާއަށް ލިބޭނެ ކަމެވެ.

ތައިލޭންޑަށް ގޮސް ދެތިން ދުވަސްވީއިރު މިޝްޔާގެ ފަރާތުން ހިތްހަމަޖެހުމާއި އުފާވެރިކަން ފެންނަން ފެށިއެވެ. ސާހިލްގެ ގާތަށް އައިސް ލޯބީގެ ސަމާސާތައްވެސް ކުރަން ފެށިއެވެ. ރާއްޖެ އަންނަން ތިން ދުވަހަށް ވެފައި އޮއްވާ ދެމީހުން އެކުގައި ފޮޓޯނަގާ ތަނަކަށް ދިޔައީ ކައިވެނީގެ ފޮޓޯތަކެއް ނަގަން ވެގެންނެވެ. މިޝްޔާ ހުދުކުލައިގެ ކައިވެނީގެ ހެދުމެއް ލައިގެން ފޮޓޯ ނަގަން ބޭނުންވާ ވާހަކަދެއްކީމެވެ. ދެގަޑީރެއްހާއިރު ފަހުން ގެއަށް އައިއިރު ނުހައިކްއާއި މަންހަލްވެސް ތިބީ އަމިއްލައަށް ފެންވަރާ ރީތިވެގެންނެވެ. މިޝްޔާ ފާހަނައަކަށް ވަންނަން ޖެހުނުއިރު ސާހިލް ދެކުދިން ގޮވައިގެން ބޭރަށް ނިކުތީ، މަންހަލް ކުރިމަތީހުރި ފިހާރައަކުން ބައިސްކަލެއް ގަންނަން ބޮޑާ ހާކަން ފެށުމުންނެވެ.

ފަނަރަ މިނެޓެއްހާއިރު ވީފަހުން މިޝްޔާ ގުޅާފައި އޭނާ ގާތުގައި ބޭރަށް ނިކުންނަނީއޭ ބުނުމުން ސާހިލްވެސް ފިހާރައިން ބޭރަށް ނިކުތެވެ. ގެއިން ނިކުމެގެން އައިސް މިޝްޔާ މަޑުކޮށްލީ ހިނގާމީހުންނަށް ދިއްލޭ ފެހިބޮކި ދިއްލެންދެނެވެ. މަންހަލްއަށް މަންމަ ފެނުމާއެކު ހަނާއަޅާލިއެވެ. ހަމައެވަގުތު ފެހިބޮކި ދިއްލުމާއެކު މަންހަލްއަށް ހަނާއަޅާލަމުން މިޝްޔާ ކުރިއަށް ހިނގައިގަތީ ދެފަރާތް ބަލައިލުމަށްފަހުއެވެ. ކުއްލިއަކަށް ބާރަށް ދުއްވާފައި އައި ރަތްކުލައިގެ ކާރުގައި ޖެހި މިޝްޔާ ވިއްސައިގެން ގޮސް ދުރުގައި ހުރި ގަހުގައި ޖެހި ވެއްޓުނީ ޕޭވްމަންޓް މައްޗަށެވެ. ސާހިލްއަށް ހުއްޓުން އަރާފައި އިރުކޮޅަކު ހުރެވުނެވެ. ދެވަނަ ސިކުންތު މިޝްޔާއަށް ގޮވަމުން އޭނާ ދުއްވައިގަތީއެވެ. ފަހަތުން މަންހަލްއާއި ނުހައިކްވެސް ބައްޕަ ފަހަތުން އައެވެ. އެކަމަކު ސާހިލްގެ ސިކުނޑީގައި އެވަގުތުވީ މިޝްޔާ އެކަންޏެވެ.

“އެމްބިއުލަންސަށް ގުޅާ!” ހަޅެއް ލަވައިގަންނަމުން ސާހިލް ބުނެލީ މީހުންތައް އެއްފަރާތް ކުރަމުން، މިޝްޔާގެ ގާތަށް ތިރިވަމުންނެވެ. އޭރު އޭނާގެ ހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ. ތުރުތުރު އަޅަމުން ދިޔަ ދެއަތުން މިޝްޔާގެ ކޮލުގައި ހިފާ މަޑުމަޑުން ޖަހާލެވުނީ އޭނާގެ ފަރާތުން ޖަވާބެއް ލިބޭތޯއެވެ.

“މި.. ޝް.. ޔާ..!!!” ތުރުތުރު އަޅަމުން ދިޔަ އަޑަކުން ސާހިލްއަށް ބުނެވުނެވެ.

އޭރު މިޝްޔާގެ ބޮލުން ފައިބަމުން ދިޔަ ލޭތަކުން ޕޭވްމަންޓުމަތި ރަތް ކޮށްލައިފިއެވެ. އަތާއި ފައިގައިވެސް މަށައިގެން ގޮސްފައިވާ ތަންތަނުން ލޭއަރާފައި ހުއްޓެވެ.

“މިޝްޔާ! މިޝްޔާ! ޕްލީޒް ލޯ ހުޅުވަބަލަ. މިޝްޔާ!” ސާހިލްގެ ލޮލުން ކަރުނަތައް ފައިބައިގަތީ އެއްވެސް އިހުތިޔާރެއް ނެތިއެވެ. ތަކުރާރުކޮށް އޭނާ މިޝްޔާގެ ނަން ކިޔަމުން ދިޔައެވެ.

“މަންމީ..” މަންހަލް އައިސް މިޝްޔާގެ އަތުގައި ހިފާލިއެވެ. މަންހަލްގެ ފަހަތުގައި ނުހައިކް ބަލަހައްޓައިގެން ހުރީ އިހުސާސެއް ނެތިފައި ހުރި މީހެއް ހެންނެވެ. އޭނާ ހުރީ ހުއްޓުން އަރާފައެވެ. މިޝްޔާގެ މޫނަށް ކަޅިވެސް ޖަހައިނުލާ ބަލަންހުރިއިރު އެދެލޮލުން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ވަރަށް އުނދަގުލުން މިޝްޔާ ދެލޯ ހުޅުވާލިއެވެ. ވަރުބަލިކަމާއެކުއެވެ. އެހެނަސް ހަމައެހާ އަވަހަށް އޭނާގެ ދެލޯ މެރިއްޖެއެވެ.

މަންހަލް އުރާލަމުން އެތާހުރި އަންހެންމީހަކަށް ދިނުމަށްފަހު މިޝްޔާ ކައިރިއަށް ތިރިވެލީ އެހެން އަންހެނެކެވެ. މިޝްޔާގެ އަތުކުރީގައި ދެއިނގިލި ޖައްސާލަމުން އޭނާ ވިންދުބެލޭތޯ މަސައްކަތްކުރިއެވެ.

“ޕަލްސް ރޭޓް އިޒް ވެރީ ލޯ.” އިނގިރޭސި ބަހުން އެމީހާ ބުނެލިއެވެ. “ވީ ހޭވް ޓު ހަރީ. ވެއަރ އިޒް ދި އެމްބިއުލަންސް؟” ވަށައިގެން ތިބި މީހުންނަށް ބަލަމުން އެމީހާ ބުންޏެވެ.

“ޑޮކްޓަރެއްތަ؟” ސާހިލްއަށް ވާހަކަދެއްކުނީ ދިވެހިންނެވެ. އޭރު ދުރުން އެމްބިއުލަންސްގެ ސައިރެން އަޑުވެސް އިވެން ފަށައިފިއެވެ.

“އައިމް އަ މެޑް ސްޓޫޑެންޓް.” އެތާ ކައިރިއަށް އެމްބިއުލަންސް މަޑުކުރިއެވެ. މިޝްޔާ އެމްބިއުލަންސަށް އެރުވުމާއެކު އޭނާގެ ފަހަތުން ސާހިލްވެސް، އެމްބިއުލަންސަށް އަރަން ދިޔައެވެ. ނުހައިކްއާއި މަންހަލް ދުރުގައި ތިބިތަން ފެނި އޭނާއަށް އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. ދެކުދިންމަތިން ކުޑަވަގުތުކޮޅަކަށްވެސް ހަނދާންނެތުނީތީއެވެ.

ޑްރައިވަރާއެކު ކުރިއަށް އަރަން ދާށޭ ބުނެލުމާއެކު ސާހިލް އުޅުނީ ނުހައިކްގެ ކޮނޑުގައި އަތް ބާއްވާލާށެވެ. އަތުގައި ހުރި ލޭތައް ފެނުމުން އޭނާއަށް ހުއްޓެވުނީއެވެ. ދެވަނަ ފަހަރަށް ތަކުރާރު ކޮށްލެވުނީ ނުހައިކްއަށް އޭނާގެ އަޑު ނުއިވުންހެން ހީވީމައެވެ. ޑްރައިވަރު މަޑުދުވުމެއްގައި އައިސް ނުހައިކްގެ ކޮނޑުގައި ހިފާ މަޑުމަޑުން ކުރިއަށް ކޮށްޕާލިއެވެ. ނުހައިކް ހިނގައިގަތުމުން މަންހަލްވެސް ހިނގައިގަތެވެ. ސާހިލްވެސް އަވަހަށް ގޮސް އެމްބިއުލަންސަށް އެރީއެވެ.

“ޝީ އިޒް ނޮޓް ބްރީތިން.” ސާހިލްއަށް ބަލައިލެވުނީ ކުރިމަތީހުރި ސްކްރީނަށެވެ. މައްޗަށް ކުޑަކޮށް ދެތިން ރޮނގު ދިއުމަށްފަހު އެމޮނީޓަރުގެ އަޑު ގަދަވެގެން ދިޔައީ، އޭގެ ރޮނގު ސީދާވުމުންނެވެ.

މިޝްޔާއަށް ސީޕީއާރް ދޭން ފެށިއިރު ސާހިލްއިނީ ހިތާހިތުން ދުޢާ ކޮށްލަކޮށްލައެވެ. ދެވަނަ ބުރަށް ސީޕީއާރް ދޭން ފެށިއިރު އެމޮނިޓަރުން އަނެއްކާވެސް ރޮނގުތައް ކުރެހެން ފަށައިފިއެވެ.

“އަލްޙަމްދުﷲ..” ފުންނޭވާއެއް ދޫކޮށްލަމުން ސާހިލްއަށް ބުނެވުނެވެ.

ހޮސްޕިޓަލަށް ދެވުމާއެކު މިޝްޔާ ވެއްދީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ. ލެއްޕުނު ދޮރަށް ބަލަހައްޓައިގެން ހުރެފައި ސާހިލްއަށް ބަލައިލެވުނީ އޭނާގެ ދެފަރާތުގައި ކޮޅަށް ތިބި ދެކުދިންނަށެވެ.

ފާހަނައަށްވަދެ އަތްދޮވެ ނިންމާލާފައި އޭނާ ލޯގަނޑުން އަމިއްލަ ނަފްސަށް ބަލައިލިއެވެ. ދެން އޭނާގެ ނަޒަރު ގުޅުނީ އެއްފަރާތުގައި ކަންބޮޑުވެފައި ހުރި މަންހަލްއަށާއި، އަނެއްފަރާތުގައި ހުއްޓުން އަރާފައި ހުރި ނުހައިކްއަށެވެ. މޫނުގައި ފެން ހާކާލަމުން އޭނާ އެނބުރިލީ ކުދިންގެ ސުވާލުތަކާ ކުރިމަތިލުމަށެވެ. އެހެންނަމަވެސް ދެކުދިންކުރެ އެއްކުއްޖެއްވެސް އޭނާއާ ސުވާލެއް ނުކުރިއެވެ.

“ފާހަނައަށް ވަންނަން ބޭނުންތަ؟” މަންހަލް ދެފަރާތަށް ބޯހޫރާލީއެވެ. ނުހައިކްގެ ސަމާލުކަމެއް އޭނާއަކަށް ނުލިބުނެވެ.

“ދަރިފުޅު!” އޯގާތެރިކަމާއެކު ސާހިލް ހިފާލީ ދަރިފުޅުގެ ކޯތާފަތުގައެވެ.

“އުމް؟” ބީރައްޓެހި ނަޒަރަކުން ސާހިލްއަށް ބަލަން ހުރުމަށްފަހު ނުހައިކް އަޑު އިއްވާލިއެވެ. ދެވަނަ ފަހަރަށް ސާހިލް ސުވާލު ތަކުރާރުކުރުމާއެކު އޭނާވެސް ބޯ ހޫރުވާލީއެވެ.

މަންހަލްގެ އަތުގައި ހިފައިގެން ސާހިލް އީއާރުގެ ދޮރު މައްޗަށް އައިއިރު އޭނާގެ އަނެއް އަތް އޮތީ ނުހައިކްގެ ކޮނޑުގައި ބާއްވާލެވިފައެވެ.

“ހުރިހާ ކުދިންވެސް މަންމައަށް ހެޔޮދުޢާކޮށްދީ. ދެރަގޮތެއް ވާނޭ އެއްވެސް ކުއްޖެއް ހިތަށް ނާރުވާތި. އިންޝާﷲ މަންމަ ތިކުދިން ކައިރިއަށް އަންނާނެ. މަންމަ ރަނގަޅުވާނެ. ދެރަނުވާތި!” ގޮނޑިބަރީގައި އިށީންނަމުން އޭނާ ބުނެލީ ދަރިންގެ ހިތްހަމަޖައްސައިދިނުމުގެ އިތުރަށް އަމިއްލަ ނަފްސަށް ވިސްނައިދިނުމުގެ ނިޔަތުގައެވެ.

އިންތިޒާރުގައި ވަގުތު ގުނުން ސާހިލްއަކަށް ފަސޭހައެއް ނުވިއެވެ. އެންމެ ސިކުންތެއްވެސް އޭނާއަށް ޤަރުނަކަށް ވެއްޖެއެވެ. އެތަނުގައި ނީނދެވިގެން އޭނާ ދެކުދިން ގޮވައިގެން ހޮސްޕިޓަލުގެ ޕްރޭޔާރ ރޫމްއަށް ގޮސް ދެރަކުޢަތުގެ ނަމާދެއްވެސް ކުރިއެވެ. މިޝްޔާ ހެޔޮހާލުގައި ލެއްވުން އެދި ދުޢާ ކުރާ ޙާލުއެވެ.

އީއާރުގެ ދޮރު ހުޅުވާލާފައި ޑޮކްޓަރުން ނިކުތީ ސާހިލް ނަމާދުކޮށްގެން އައިތާ ފަނަރަ މިނެޓު ފަހުންނެވެ.

“ޕޭޝަންޓް އޮތީ ހޭއަރާފަ. އެކަމަކު ހާލު ވަރަށް ކްރިޓިކަލް. ވަރަށް ބޮޑަށް މަޢާފުކުރައްވާ، އަޅުގަނޑުމެންގެ އެއްވެސް އުންމީދެއްނެތް ގިނަ ވަގުތުތަކެއް ވަންދެން ޕޭޝަންޓު ދުނިޔޭގައި އޮންނާނެކަމުގެ. އެކަމަކު އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް ފަރުވާ ދިނުމަށް މަސައްކަތްކުރާނަން.” ސާހިލްގެ ކޮނޑުގައި އަތް ބާއްވާލާފައި ޑޮކްޓަރު ބުނެލިއެވެ. އޭނާއަށް ހީވީ ހިތުގައި މީހަކު ވަޅިން އަޅަންފެށިހެންނެވެ. “ޕޭޝަންޓް ބައްދަލުކުރަން ބޭނުންވޭ. ވަދެލެއްވިއަސް އެންމެ ރަނގަޅު.”

ދެކުދިންގެ އަތުގައި ހިފައިގެން ސާހިލް ވަނީ މިޝްޔާ ބާއްވާފައި އޮތް ތަނަށެވެ. މިޝްޔާ ފެނުމާއެކު ސާހިލްގެ ދެލޯ ފެންކަޅިވީ، އޭނާ އޮތް ހާލު ފެނިފައެވެ. މިދުނިޔެމަތިން އެންމެ ލޯބިވި އިންސާނާ މަރާ ހަނގުރާމަ ކުރާތަން ބަލަން ކެތްވާނީ ކޮން އިންސާނަކަށް ހެއްޔެވެ؟

“މް..މިޝީ..” ސާހިލް ހަނާ އަޅާލީ މިޝްޔާ ބަލަން އޮތްތަން ފެނިގެންނެވެ. ބަލިމީހާއާއި ގާތްވެ، އަތްލާ ނުހެދުމަށް ޑޮކްޓަރު އިރުޝާދު ދީފައިވާތީ އޭނާ ޖެހުނީ ޑޮކްޓަރުގެ އަމުރަށް ތަބާވާށެވެ.

“އާދެބަލަ..” މިޝްޔާ އޭނާގެ ޝަހާދަތް އިނގިލި ހިއްލާލާފައި އުނދަގުލުން ބުނެލިއެވެ.

“ހިތްހެޔޮ ކުރާތި!” އިރުކޮޅަކު ހިމޭނުން އޮވެފައި މިޝްޔާ ރޯން ފެށިއެވެ. “އަހަރެންނަށް ގޯސްކަމެއް ކުރެވިފައި އޮވެއްޖެއްޔާ މާފުކޮށްދޭތި. ހިތްނުރުހޭ ކަމެއް ކުރެވިފައި އޮތަސް ނުރުހިފައި ނުހުންނާތި. އަހަންނަށް މާފުކުރޭ!”

“މިޝްޔާ.. މިޝީ..” އާދޭހުގެ ބެލުމަކުން މިޝްޔާއަށް ބަލަމުން ސާހިލް ބުންޏެވެ. “ތިހެން ނުބުނޭ މިޝްޔާ. އަހަރެންނާ ދެކުދިންނަށް ޓަކައިވެސް ހިތްވަރުކޮށްބަލަ. މިކުދިން އަދި ފުރާވަރަށްވެސް ނާރާ. އެކުދިން މަންމަގެ ލޮތްބަށް އެދޭނެ ވަރު އިހުސާސްކޮށްލަބަ މިޝްޔާ.”

“އެކަމަކު އަހަރެން ވަކިވާ ވަގުތު ޖެހިއްޖެ.” މިޝްޔާ ރުއިން ހުއްޓޭތޯ މަސައްކަތް ކުރިއެވެ. “ދަރިފުޅުމެން ބަސްއަހައިގެން އުޅެއްޗޭ. ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވައްޗޭ. ސްކޫލުގައި ކިޔަވާ މޮޅުކުއްޖަކަށް ވައްޗޭ. ބައްޕަ އާއި ދޮންބެދައްތަމެންގެ ބަސްއަހާތި. މަންމައަށް ޓަކައި ހެޔޮދުޢާ ކޮށްދޭތި.” އޭރު އޭނާގެ ނޭވާތައް އަވަސްވާން ފަށައިފިއެވެ. މެޝިންތަކުގެ އަޑުގަދަވުމާއެކު ނަރުސް ކުދިންނާ ޑޮކްޓަރުން ހަރަކާތްތެރިވާން ފަށައިފިއެވެ. ވަރަށް ހާލުން އޭނާ ޝަހާދަތުގެ ދެކަލިމަ ކިޔެވެ. ހުއްޓުން އަރާފައިހުރި ސާހިލް އެތަނުން ނެރެވޭނެތޯ ނަރުސް ކުދިން އުޅުނެވެ. ސިކުނޑިއަށް ލިބިފައި ހުރި ހާސްކަމުން އޭނާއަށް ފިޔަވަޅެއް ނަގާ ކުރިއަށް އެޅެނީ އެހާ ވަގުތުންނެވެ. އޭނާއަށް އިހުސާސްވީ ހަށިގަނޑުން އެއްބައި ވަކިވެގެން ދަނީހެންނެވެ. ނިކުންނަ ދޮރު ކައިރިއަށް ގޮސްފައި އޭނާ ފަސްއެނބުރި ބަލައިލިއެވެ. ހާޓްބީޓް މެޝިނުން އަރާފައި އިން ދިގު ރޮނގާއެކު ޑޮކްޓަރު ދެފަރާތަށް ބޯ ހޫރުވާލިތަން އޭނާއަށް ފެނުނެވެ. ގައިން ވާގިގޮސްގެން ސާހިލްއަށް ބިންމައްޗަށް ތިރިވެވުނެވެ. ގާތުގައި ތިބި ދެކުދިން ގަޔާ ބޮނޑިކޮށްލަމުން އޭނާ ގިސްލަ ގިސްލާފައި ރޯން ފެށިއިރު އެނަފްސުގައި ތުރުތުރު އެޅުމެއް ހުއްޓެވެ.

މިޝްޔާގެ ކަށުކަމާކެމީގެ ކަންކަން ނިންމާލުމަށްފަހު އެންމެފުރަތަމަ ރާއްޖެއަށް ފުރި ފްލައިޓުން ސާހިލް ރާއްޖެއައެވެ. ކުދިންނަށްޓަކައި އޭނާ އެހުރިހާއިރު ހިތްވަރުކުރިއަސް އޭނާގެދިރުމެއް ނެތެވެ. ގެއަށް އައިސް ވަދެވުމާއެކު ނަސްރާ ދެކުދިންނާ ހަވާލުވިއެވެ. އެއްވެސް ބަހެއް ބުނުމެއްނެތި އޭނާ ވަނީ ކޮޓަރިއަށެވެ. އެނދުގައި އޮށޯތުމާއެކު އަނެއްކާވެސް އޭނާގެ ލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ. މިޝްޔާ އޮންނަ ފަޅިއަށް އެނބުރިލުމާއެކު އޭނާއަށް ކައިރީގައި އޮތް ބާލީހުގައި އަތްޖައްސާލެވުނެވެ.

މިޝްޔާއާ ނުލާ އޭނާ ދިރިއުޅެންވީ ހެއްޔެވެ؟ އެކަމަކު އޭނާ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ ދަރިންގެ ކަންތައް މިޝްޔާކުރާހާ ފުރިހަމަކޮށް އޭނާ ކުރާނީ ކިހިނެއް ހެއްޔެވެ؟ ކަންބޮޑުވެ ހާސްވާ ކޮންމެ ފަހަރަކު އެއިހުސާސްތައް ހިތުގައި ފޮރުވައިގެން އޭނާ ހުންނަންވީ ހެއްޔެވެ؟ އުފާވީމާ ބައްދާލާނީ ދެން ކާކުގެ ގައިގައި ހެއްޔެވެ؟ މާބޮޑަށް ރޮވެން ފެށުމުން އޭނާ ފާހަނައަށް ވަދެ ފެންވަރައިގެން އައިސް ނަމާދަށް އެރިއެވެ. އޭނާއަށް ލިބިފައިވާ ފުން ހިތާމަ ލުއިކޮށް މިޝްޔާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ﷲގެ ހަޒްރަތުން ދެންނެވިއެވެ.

ކޮންމެ ދުވަހަކަށް އިރުއަރާ އޮއްސެއެވެ. ބޮޑު ޗުއްޓީއަށް ފަހު ސުކޫލުވެސް ހުޅުވިއްޖެއެވެ. ސާހިލްވެސް އަލުން އޮފީހަށް ނިކުންނަން ފަށައިފިއެވެ. އެކަމަކު ކުރީގެ ސާހިލް ގެއްލިއްޖެއެވެ. އޭނާއަށް ހަމަ ނިދި ނުލިބޭތާ އެތައް ރެއެއް ވެއްޖެއެވެ. ދެލޯ ކައިރި ކަޅުވެ މީހާ އަނަރޫފަވެއްޖެއެވެ. ތުނބުޅިއާއި ބޮލުގައި ނުރަޖަހާ އުމުރަށްވުރެ ދޮށިކަމަށް ފެންނަ ފެނުމަށް ހީވެއެވެ. ކުދިންގެ ކަންތައް ވީހާވެސް ފުރިހަމައަކަށް ކުރެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ނުހައިކްގެ މިޒާޖަށް އައި ބަދަލު ސާހިލްއަށްވެސް ފާހަގަވިއެވެ. ވާހަކަދެއްކުން މަދުވެ އެކަނި އިނުމަށް އޭނާ ލޯބިކުރަން ފެށިއެވެ. ސުކޫލުގައި ކުދިންނާ ޒުވާބުކޮށްގެން ސާހިލްއާ ގުޅާ ދުވަސްތައް ގިނަވެއްޖެއެވެ. ދަރިފުޅުގެ ގާތުން ސުވާލުކުރުމުން އޭނާގެ މަންމަ ނެތިގެން ކުދިން ދިމާކުރާކަމަށް ބުންޏެވެ. އެދުވަހު ދަރިފުޅު ކައިރީގައި ބައިންދައިގެން ސާހިލް ވަރަށް ނަސޭހަތެއް ދިނެވެ. މަންމަ ނެތިގެން މަންހަލް ދެރަވެގެން އުޅުނެއްކަމަކު އޭނާއަށް އޭރު އެހާބޮޑަކަށް ކަންކަމެއް ނުވިސްނެއެވެ. ދިރިއުޅުމައިގެން ކުރިއަށް ދިޔައަސް ސާހިލްއަށް އޭނާގެ ހަޔާތްވަނީ ‘ފުލުސްޓޮޕް’ ޖެހިފައެވެ.

އޮފީހުގައި އިނދެފައި ފޯނު ރިންގުވާން ފެށުމުން އޭނާ ފޯނު ނަގާ ބަލައިލިއެވެ. ގުޅަނީ ޝަފްނާއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ނިތުގައި ހިފަހައްޓާލިއެވެ. ފޯނު ނެގުމުގެ ކުރިން އޭނާ ގަޑި ބަލައިލީ ޤުރުއާން ކުލާހުން މަންހަލް ބަލައިދާ ގަޑިވެސް ކައިރިވެއްޖެކަން އެނގޭތީއެވެ.

“ހެލޯ. އަހަރެން ބޭނުމެއް ނޫން ޝަފްނާއާ ވާހަކަދައްކާކަށް!” ފޯނު ނެގިގޮތަށް ސާހިލް ބުނެލީ ހިތްހަމަނުޖެހިފައި އިނދެއެވެ.

“ބައްޕީ..” މަންހަލް ގޮވާލިއެވެ.

“ދަރިފުޅު؟” ގޮނޑީގައި އިނދެފައި ސާހިލް ފުންމައިގެން ތެދުވިއެވެ.

“މަންނު މިއިނީ ޝަފް މަންމި ގޭގައި. މަންނުއާއެކު އެބައިން މަންނުއަށްވުރެ އެއްއަހަރު ބޮޑު ދައްތައެއް. ޝަޔޫ ދައްތި. މަންނު މީނީ ބައްޕި ބަލައި އަންނަންދެން..” މަންހަލްގެ ދުލަށް ކިޔަންވީ އެއްޗެހި އަޅައިދީފައިވާ ކަހަލައެވެ.

“ސާހިލް..” ދެން އިވުނީ ޝަފްނާ ގޮވާލި އަޑެވެ.

“ހަމަ މިހާރު އޭނާ ގެނޭ..” ސާހިލް އަމުރުކުރިއެވެ.

“ޗިލް ބޭބީ. އަހަރެމެން އިނީމަ އޭނަވެސް ދިރިއުޅޭނީ އަހަރެމެންނާއެކުއޭ. އަހަރެންނާ އިންނަން އެއްބަސްވާހާ އަވަހަކަށް އޭނާ ހުންނާނީ ސާހިލް ކުރިމަތީގައި. ފިއުޗާ ހަބީ..” ޝަފްނާގެ ވާހަކަހުރިގޮތުން ހޮޑުލަވައިގަތް ވަރުން އޭނާ ފޯނު ކަނޑާލިއެވެ.

އަވަސްއަވަހަށް އޮފީހުން ނިކުމެގެން އޭނާ ކާރަށް އަރާ މިސްރާބު ޖެހީ ޝަފްނާ އުޅޭ ގެއަށް ދިއުމަށެވެ.

އަވަސްއަވަހަށް އޮފީހުން ނިކުމެގެން އޭނާ ކާރަށް އަރާ މިސްރާބު ޖެހީ ޝަފްނާ އުޅޭ ގެއަށް ދިއުމަށެވެ. މަގުގެ އެއްކައިރިއެއްގައި ކާރު ޕާކު ކުރުމަށްފަހު އޭނާ ދުވެފައި ކަހަލަ ގޮތަކަށް ކުރިމަތީ ހުރި ގެއަށް ވަންނަން ދިޔައެވެ. އެހެނަސް ހުއްޓެވުނީ އެތެރެއިން ނިކުތް ފިރިހެނަކު އޭނާގެ ކޮނޑުގައި ހިފާ ފަހަތަށް ކޮށްޕާލުމުންނެވެ. އަމިއްލަ ހަށިގަނޑު ތެދުކޮށްލެވުނު އިރު ފޮށިތަކެއް ހިފައިގެން އެތެރެއިން ނިކުމެގެން އައި އަޒީމް އޭނާއަށް ފެނިއްޖެއެވެ.

“މިގޭގައި ޝަފްނާއެއް ނޫޅޭ!” އަޒީމްގެ އަޑުމަޑެއް ކަމަކު އެއަޑުގައި ހަރުކަށިކަން ވިއެވެ.

“ކޮންތާކު އޭނާވީ؟ ބުނޭ؟ ކަލެއަށް އެނގޭނެ އޭނާ ވީތަނެއް!” އަޒީމްގެ ރާގު ހުރިގޮތުން ސާހިލްއަށްވެސް ރުޅިއާދެވުނީ އެވެ.

“އެނގެންޏާ އަހަރެންވެސް ބުނާނަން. ސާހިލްއަށް އެނގޭކަމެއް ނޭނގެ. އެކަމަކު އަހަރެންގެ ދަރިފުޅު އަހަންނަށް ގެއްލިއްޖެ.” ސާހިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

“މަންހަލްވެސް ގޮވައިގެން އެދިޔައީ.” އަޒީމް ފޮށި ހިފައިގެން ހިނގައިގަތުމާއެކު ސާހިލްވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. އޭނާ ސާހިލްގެ ކާރު ކައިރިއަށް ގޮސް ފޮށި ކާރުގެ ފަހަތު ސީޓަށް ލުމަށްފަހު ކާރުގެ ކުރީ ސީޓަށް އަރާ ހަމަޖެހިލިއެވެ. އަތް މުށްކަވާލުމަށްފަހު ސާހިލް ގޮސް އިށީނީ ޑްރައިވަރު ސީޓުގައެވެ. އޭނާ ކާރު އިސްޓާޓު ކޮށްލުމާއެކު ދާންވީ ކިހާ ހިސާބަކަށްކަން އަޒީމް ބުނެދިނެވެ.

“އަޒީމް އަހަރެން ދެކެ ރުޅިއަންނަންވީ ސަބަބެއް އަހަންނަކަށް ނުވިސްނޭ. އެހުރިހާ އަހަރަކު އޭނާ އަހަރެން ފަހަތުން ދުވިއިރު އެއްފަހަރުވެސް އަހަރެން އޭނާއަކަށް އާނބަހެއް ނުދެން. އެއްފަހަރުވެސް ޝަފްނާ ކުރާކަމަކާ ނުބެހެން. އަޒީމްގެ ދަރި އަޒީމްގެ އަތުން ގެންދިޔައީ އަހަރެން ބުނެގެންނެއް ނޫން. ތިދެމީހުންގެ ދެމެދުގައި އޮތް ގުޅުމެއްވެސް ޝަފްނާއާ އެހެންމީހުންނާ އޮންނަ ގުޅުމެއްވެސް އޭނާ އުޅޭ ގޮތެއްވެސް އަހަރެން ދުވަހަކުވެސް ނުބަލަން.” ހިމޭންކަމާއެކު ސާހިލް ވާހަކަދެއްކިއެވެ.

“އެނގޭ! އޭނާގެ ގެއެއް ހުންނާނެ ހުރާގަ. އެއީ އޭނާގެ ބައްޕަގެ ގެ. ބޮޑަށް ހީވަނީ އެރަށަށްހެން އެދިޔައީ.” އަޒީމް އޭނާއަށް ހީވާގޮތް ބުނެދިނެވެ. “އަހަރެން ވާހަކައެއް ބުނެދާނަން. ގޮތެއް ނިންމާނީ ސާހިލް. ދެން ހުރި ދަރިވެސް އަތުން ދޫނުވަނީސް މިތަނުން ފިލާ. އެއީ މަކަރުވެރި އަންހެނެއް.”

“އޭރަށް މަންހަލް؟ މަންހަލްއަށް އޭނާ ކޮންމެގޮތެއްވެސް ހަދާފާނެ.” ސާހިލް ކަންބޮޑުވިއެވެ.

“އެއީ ސާހިލްގެ ދަރިއަކަށްވީތީ އޭނާއަކަށް ނުކެރޭނެ މަންހަލްއަށް ގޮތެއް ހަދާކަށް.” އަޒީމްގެ އަޑުގައި ޔަގީންކަންވިއެވެ.

ގެއަށް އައިސް ވަނުމާއެކު އެންމެ ފުރަތަމަވެސް މަންހަލްއާ ގުޅޭގޮތުން އޭނާއާ ސުވާލުކުރީ ނުހައިކްއެވެ. ދަރިފުޅަށް ބަލައިލުމަށްފަހު އެސުވާލަށް ޖަވާބު ދިނުމެއްނެތި ސާހިލްއައިސް ވަނީ ކޮޓަރިއަށެވެ. އެނދުމަތީ އިށީނދެވުމާއެކު އޭނާއަށް ބޮލުގައި ދެތިން ފަހަރަކު ޖަހާލެވުނެވެ. ނޭނގޭ ބާރަކުން އޭނާ ދެފަރާތުން ފިއްތާލިކަމުގެ އިހުސާސް ކުރެވުނެވެ. ފެން ގަނޑެއްގެ ތެރޭގައި ފަތަން ނޭނގޭ މީހަކު ފަދައިން އޭނާ ވެއްޖެއެވެ.

“މިޝްޔާ!” މަޑުއާހެއް ފަދައިން އޭނާ މިޝްޔާގެ ނަންކިޔާލިއެވެ.

ސުހައިލް އެކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު ވަނީ ސާހިލް އެހެންއިންނަތާ ގަޑިއިރެއްވީފަހުންނެވެ.

“ބޭބޭ. މަންހަލް! މަންހަލް ގެންގޮސްފި! ޝަފްނާ ގެންދިޔައީ!” ސުހައިލް ފެނުމާއެކު ސާހިލްއަށް ބުނެވުނެވެ.

“ސާހިލް. ތިކިޔޭ އެއްޗެއް އެބައެނގޭތަ؟” ސުހައިލްއަށް ބޮލުގައި އަތް ޖައްސާލެވުނެވެ.

“އަޒީމް ބުނީ އޭނާވީ ހުރާގައޯ. ބޭބޭ، އެއީ އަހަރެންގެ ދަރިފުޅު. އަހަރެންގެ ހުރި ހަމައެކަނި އަންހެން ކުއްޖާ.” އޭނާގެ ލޮލުން ކަރުނަ ހިލުނެވެ.

“މަޑުކުރޭ. އަހަރެންގެ ރައްޓެއްސެއް އުޅޭނެ އެރަށުގަ. ސާހިލް ކަންބޮޑުނުވޭ. އިރާދުކުރެއްވިއްޔާ މަންހަލް ފެންނާނެ. މިއަންނަނީ ގުޅާލާފަ!” ސާހިލްގެ ކޮނޑުގައި އަތް ޖައްސާލާފައި އޭނާ ދިޔައީ ކޮޓަރިން ނިކުންނާށެވެ. “ނަމާދުކޮށްފިންތަ؟ މިހާރު ތިއޮއްގެން ނަމާދުވަގުތު ފާއިތުވަނީ.”

ސާހިލްވެސް ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން ހަތަރެއް ޖަހައިފިއެވެ. ބޯޖަހާލަމުން އޭނާ ވަނީ ފާހާނާއަށެވެ. ނަމާދުކޮށްގެން ނިންމާލުމަށްފަހު އޭނާ ދެއަތް އުފުލާ އޭނާގެ ކަންބޮޑުވުންތަކަށް ހައްލެއް ދެއްވުމަށްއެދި މާތްﷲގެ ހަޒްރަތުން ދެންނެވިއެވެ. މަންހަލްއަށް ސަލާމަތްތެރިކަން ދެއްވާ އޭނާ ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރިއެވެ.

ނަމާދުކޮށްގެން އޭނާ ސިޓިންރޫމަށް ނިކުތް އިރު ނަސްރާވެސް ސުހައިލްގެ ގާތު ކަންބޮޑުވެފައި އިނެވެ. ނުހައިކް ވަކިން ސޯފާއެއްގައި އިނދެފައި ތެދުވީ ސާހިލް ފެނުމުންނެވެ.

“ބައްޕާ! ކޮއްކޮ ކޮބާ؟” ނުހައިކް އަނެއްކާވެސް ސުވާލުކުރިއެވެ.

“ކޮއްކޮވެސް އަންނާނެ ދަރިފުޅާ! ކޮއްކޮ އަންނާނެ މާދަން އިރާދުކުރެއްވިއްޔާ.” ނުހައިކްގެ ގާތަށްގޮސް އޭނާގެ ބޮލުގައި ފިރުމާލަމުން ނަސްރާ ބުނެލިއެވެ. ނަސްރާގެ އަތް ފޮޅުވާލާ، ސާހިލްއަށް ދެލޯ އަޅާލުމަށްފަހު ނުހައިކް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުޖެހީއެވެ.

ސުހައިލްގެ ރައްޓެހިމީހާ ގުޅީ އެދުވަހު އިރުއޮއްސެން ގާތްވެފައި ހުއްޓައެވެ. އެގޭގައި މީހުން އުޅޭކަމަށް އެމީހާ ބުނުމުން ސާހިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ސުހައިލްމެންނަށް ބަލައިލުމަށްފަހު އޭނާ ބަސްބުނުމެއްނެތި ކޮޓަރިއަށްވަދެ ދޮރު ތަޅުލީއެވެ. އެނދުމަތީގައި އިށީނުމަށްފަހު އޭނާ ދެން ހަދަންވީ ގޮތަކާމެދު ވިސްނަން ފެށިއެވެ.

މަޣްރިބް ނަމާދަށް ފަހު އޭނާ މުސައްލަމަތިން ތެދުވިއެވެ. މުސައްލަ ފަތްޖަހާ އެނދުމަތީގައި ބާއްވާލާފައި އޭނާ އަލަމާރި މަތިން ނެގީ ބޮޑު ފޮށްޓެކެވެ. އޭގެން ހިރަފުސް ފޮޅާލުމަށްފަހު ނުހައިކްއާއި މަންހަލްގެ އިތުރުން ސާހިލްގެ އަންނައުނުތައް އަޅަން ފެށިއެވެ. އޭނާގެ މަސައްކަތް ނިމުނުއިރު އިޝާނަމާދު ވަގުތު ފަސްވެގެން ގޮސްފިއެވެ. އަވަހަށް އިޝާ ނަމާދުކޮށްގެން އޭނާ ދިޔައީ ރޭގަނޑުގެ ކެއުމުގައި ބައިވެރިވާށެވެ. ކުޑަގޮތަކަށް ކާލައިގެން އޭނާ ތެދުވީއެވެ. ކައިނިމިގެން ކުޅެން ތިބި ޔުނާންއާއި ޔޫވިންގެ ގާތަށް ގޮސް ދެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. އެކުދިން ނިދަން ދާން އުޅުމާއެކު ސާހިލްއަށް ދެކުދިންގެ ގައިގައި ބައްދާލެވުނީ ފެންކަޅިވެފައިވާ ދެލޮލަކާއެކުއެވެ. ސުހައިލްވެސް ކޮޓަރިއަށް ވަންނަން ދިއުމާއެކު އޭނާއަށް ބޭބެއަށް ގޮވާލެވުނީ ބޭއިހްތިޔާރުގައެވެ.

“ޝުކުރިއްޔާ ބޭބޭ!” ސުހައިލް މަޑުކޮށްލުމާއެކު ސާހިލް ބުނެލިއެވެ.

“ކިހިނެއްވީ ސާހިލް؟ ކޮސްކަމެއް ނުކުރައްޗޭ ތިހެން ހުރެފަ!” މާނަވީ ބެލުމަކުން ސާހިލްއަށް ބަލަން ހުރެފައި އޭނާ ބުނެލިއެވެ. “އަހަންނަށް އިނގޭ ސާހިލް އެކަހަލަ ކަމެއް ނުކުރާނެކަން. އެކަމަކުވެސް.. ހަނދާންކުރާތި، މާތް ﷲ އަހަރެމެންނަށް ކެތްނުކުރެވޭ ވަރުގެ ހިތާމައެއް ނުޖައްސަވާނެ.”

ބޯ ޖަހާލުމަކުން އޭނާ ފުއްދާލީއެވެ. ސުހައިލް ކޮޓަރިއަށް ވަންނަން ދިއުމާއެކު ސާހިލްވެސް ފަނޑުބޮކި ދިއްލާލަމުން އޭނާގެ ކޮޓަރިއަށް ވަނެވެ. ނުހައިކްހުރީ ނުރުހުންވެފައި އޭނާއަށް ބަލާށެވެ.

“ބައްޕާ! މީކޮންކަމެއް؟” ނުހައިކް އަހާލިއެވެ.

“ދަރިފުޅު ހާސްނުވޭ. ބައްޕަ ބުނާ ގޮތް ހަދާ. މިއުޅެނީ ކޮއްކޮ ބަލައި ދާންވެގެން.” ނުހައިކްގެ ކޮނޑުގައި ފިރުމާލުމާއެކު އޭނާ ބުންޏެވެ.

އޭނާ ތައްޔާރުކޮށްފައި ހުރި ދަބަސް ނުހައިކްއަށް ދިނުމަށްފަހު ފޮށި ހިފައިގެން ސާހިލް ކޮޓަރިން ނިކުތެވެ. މަޑުފިޔަވަޅުތަކެއްގައި އޭނާގޮސް އެޕާޓްމަންޓުގެ ދޮރު ހުޅުވާލުމަށްފަހު ފޮށި ބޭރަށް ނެރުނެވެ. ނުހައިކްގެ އަތަށް ޖީބުން ނެގި ކަރުދާސް ކޮޅު ދީފައި ސިޓިންރޫމުގައިހުރި މޭޒުމަތީގައި ބާއްވަން އެދުނެވެ. ނުހައިކް އެނބުރި އައުމާއެކު ދެބަފައިން ގެއިން ނިކުތެވެ. ގޭގެ މައިދޮރާށި ހުޅުވާލުމާއެކު އޭނާއާ ބައްދަލުކުރީ އަޒީމްއެވެ. ސާހިލްގެ އަތުގައި އޮތް ފޮށި ކާރުގެ ޑިކީއަށް ލުމަށްފަހު ތިން މީހުން ކާރަށް އެރިއެވެ. މާލޭގެ މަގުތަކުން ލާފައި ކާރު މިސްރާބު ޖެހީ އެއް ނަންބަރު ޖެޓީއަށެވެ.

ކާރުން ފޭބުމަށްފަހު އަޒީމް ހިފާފައި އޮތް ޑިންގީގައި އެމީހުންގެ ދެވަނަ މަންޒިލަށް ދަތުރު ފެށިއެވެ. ތިރީސް ފަސްވަރަކަށް މިނެޓުގެ ދަތުރު ނިންމާލުމަށްފަހު އެމީހުންނަށް ހުރާއަށް ލެފުނުއިރު އެރަށުގެ މަގުތައް  އޮތީ ހަމަހިމޭންވެފައެވެ. އަޒީމް ދެއްކި މަގުތަކުން ހިނގާފައި އެމީހުން ގެއެއްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ވަށާފާރެއް ނެތް އެގޭގެ ތެރެއަށް އަޒީމްއާއެކު ސާހިލްވެސް ވަނެވެ. ގޭގެ ދޮރުގައި ޓަކި ޖަހާލުމާއެކު ދޮރު ހުޅުވާލީ ބިދޭސީ އަންހެނެކެވެ. އޭނާއަށް ބަހެއް ބުނެވުމުގެ ކުރިން ސާހިލްއާއި އަޒީމްވެސް ދޮރުން އެތެރެއަށް ދެމިގަތެވެ.

“ދަރިފުޅާ!” އަޒީމްއާއި ސާހިލްއަށް ގޮވާލެވުނީ އެއްފަހަރާއެވެ.

“ބައްޕާ!” ގޭގެތެރެއިން ދުވެފައި އައި އަންހެންކުއްޖާ ބައްދާލީ އަޒީމްގެ ފައިގައެވެ. ހިންދިރުވާލުމަށްފަހު ސާހިލް ހިނގައިގަތީ މަންހަލް ހޯދާށެވެ.

“އެދައްތަ ދިޔައީ މަންހަލް ގޮވައިގެން..” ޝަޔަމް އަޒީމްއާއި ވާހަކަދެއްކި އަޑަށް ސާހިލްއަށް ބަލައިލެވުނެވެ. އެހެނަސް އޭނާ އެވާހަކަތައް ގަބޫލެއް ނުކުރިއެވެ. ގޭގެ ހުރިހާ ތަނެއް ބެލުމަށްފަހު އޭނާ އައިސް ހުއްޓުނީ އަޒީމްގެ ކުރިމަތީއެވެ.

“ކަލޭ! ކަލެއާއި ޝަފްނާއާއި ދެމީހުން ވެގެން މަންހަލް ފޮރުވީ ދޯ!” އައިސްފައިހުރި ރުޅިގަނޑު ހިފަހައްޓަން މަސައްކަތްކުރިއަސް ސާހިލްއަށް މިފަހަރު ކާމިޔާބެއް ނުވިއެވެ. ހިތަށް ލިބިފައިވާ ބުރަކަން އޭނާއަށް ބޭރުކޮށްލެވުނީ ރުޅީގެ ސިފައިގައެވެ.

“ސާހިލް..” އަޒީމް ސާހިލްއަށް ގޮވާލިއެވެ.

“ކަލޭ. ކަލޭ އަހަރެންގެ ދަރި ފޮރުވީ. ބުނޭ! މަންހަލް ކޮންތާކުވީ؟ ކަލެއަށް އެނގޭނެ. ބުނާށޭ!” އަޒީމް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ އޭނާ ގެންގޮސް ތަތްކޮށްލީ ފާރުގައެވެ. ދޮރުމަތީހުރެފައި ނުހައިކް އެތެރެއަށް ވަނެވެ. ޝަޔަމް ހުރީ ދެލޯބޮޑުކޮށްގެން ބައްޕައަށް ބަލާށެވެ.

“ﷲ ގަންދީ ހުވާކޮށްފަ މިބުނަނީ އަހަންނަކަށް ނޭނގޭ މަންހަލް ވީތަނެއް. ސާހިލް، އަހަރެންވެސް މިތަނަށް މިއައީ އަހަރެންގެ ދަރިފުޅު ހޯދަން. ރުޅި މަޑުކޮށްފަ ބުއްދި އިސްކުރޭ!” އަޒީމްއަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ. ބައްޕަ ހުރިހާލު ފެނުމާއެކު ޝަޔަމް ދެލޯ ހަދާލިއެވެ. ކުރިއަށް ދެތިން ފިޔަވަޅު އަޅާލުމާއެކު ޝަޔަމް ދަތް އެޅީ ސާހިލްގެ އުނަގަނޑުގައެވެ. ވީތަދާއެކު ސާހިލްއަށް އަޒީމްގެ ގައިން ދޫކޮށްލެވިއްޖެއެވެ. ނުރުހިފައި ހުރެ ނުހައިކް ޝަޔަމްގެ އަތުގައި ހިފާ ސާހިލްއާ ދުރަށް ދަމައިގަތެވެ. އެއާއެކު ޝަޔަމްގޮސް ޖެހުނީ ބިންމަތީގައެވެ.

“އަހަރެންގެ ބައްޕައާއި ކައިރި ނުވާތި!” ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ ހަރުކަށިއަޑަކުން ނުހައިކް ބުންޏެވެ.

“އެހެންވެއްޖެއްޔާ ކަލޭ ބައްޕަ ކައިރީ ބުނޭ އަހަރުންގެ ބައްޕައަށް ތަދު ނުކުރާށޭ!” އަމިއްލައަށް ތެދުވެ ދެއަތް ފޮޅާލަމުން ޝަޔަމްވެސް ހަރުކަށި ކަމާއެކު ވާހަކަދެއްކިއެވެ.

“ޝަޔަމްމް!” ނުރުހިފައި އަޒީމް ގޮވާލިއެވެ. ޝަޔަމްގެ ގާތަށް އަޒީމް ދިއުމާއެކު ނުހައިކްގެ އަތުގައި ހިފައިގެން ސާހިލް ނިކުތީ ބޭރަށެވެ.

“ކިތައްފަހަރު ޝަޔަމްކައިރީ ބައްޕަ ބުނަނީ ރުޅިއަޔަސް ގޯސް ބަސްތައް ބޭނުން ނުކުރާށޭ! ގޯސް ކަންތައް ނުކުރާށޭ!” ޝަޔަމްގެ އަތުގެ މުލައްދަނޑީގައި ހިފާ ބޭރަށް ހިނގައިގަންނަމުން އަޒީމް ބުންޏެވެ.

“ބައްޕާ.. ތަދުވޭ!” ރޮމުން ރޮމުން ޝަޔަމް ބުންޏެވެ. “ސޮރީ ބައްޕާ. ދެން އެކަހަލަ އެއްޗެއް ނުކިޔާނަމޭ!”

“މޭމް އެންގްރީ ވާނޭ.” އަޒީމްގެ ކުރިމައްޗަށް އެރީ ބިދޭސީ ކުއްޖާއެވެ.

“މޭމްއެއް އެހެން މީހެއް ނުހުންނާނެ. ދިހަ އަހަރުވަންދެން ދަރިފުޅު ބެލީ އަހަރެން. ދެންވެސް ބަލާނީ އަހަރެން.” އެކުއްޖާ އާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލާފައި ވާހަކަދެއްކުމުން ބިރުން އޭނާ އެއްފަރާތް ވެލިއެވެ. ޝަޔަމް ފައިވާނަށް އެރުމުން އަޒީމް އަނެއްކާވެސް ހިނގައިގަތެވެ.

“ބައްޕާ!”

“މާފަށް އެދޭނީ ބައްޕަ ކައިރިއަކުންނެއް ނޫން. ބޭބެ ކައިރިން!” އަޒީމް ބުންޏެވެ.

ހަތަރުމީހުން އެކުގައި ހިނގައިގަތީ ބަނދަރަށް ދިއުމަށެވެ. ޑިންގީއަށް އަރާފައި އަޒީމް ބަލައިލީ ސުހައިލްއަށެވެ.

“ގޮތެއް ނިންމާނީ ސާހިލް. ސާހިލް ބުނާ ތާކަށް އަހަރެން ގެންގޮސްދޭނަން.” އަޒީމް ބުންޏެވެ.

“ހުޅުލެއަށް!” ހިމޭންކަމާއެކު ސާހިލް ޖަވާބުދިނެވެ.

އަޒީމް އިތުރު ސުވާލެއް ނުކުރިއެވެ. ސާހިލް ގެނެސް ހުޅުލެއަށް ލައިދިނުމަށްފަހު އޭނާ އެނބުރި ދިޔައީއެވެ. ހެނދުނު އަށެއްގައި ފުރި ފްލައިޓުން ސާހިލް އާއި ނުހައިކް ފުރީ މެލޭޝިޔާއަށް ދިއުމަށެވެ. ރާއްޖެއިން ބޭރަށް ޓިކެޓު ލިބުން އެންމެ ފުރަތަމަ ގައުމަކަށް މެލޭޝިޔާ ވުމާއެކު ދެވަނަ ވިސްނުމެއް ނެތި އޭނާ އެއްބަސްވީއެވެ. ބޯޓުގެ ކުޑަދޮރުން ރާއްޖޭގެ ކުދި ރަށްތައް ފެންނަގޮތް ނުހަނު ހިތްގައިމެވެ. އެކަމަކު ސާހިލްގެ ހިތަށް އެއްވެސް ފިނިކަމެއް ނުލިބުނެވެ. އެރީތި މަލަމަތި ކުޑަވެ ގެއްލިގެން ދިޔަވަރަކަށް ބޮލުގެ ރިހުން ދިޔައީ ބޮޑުވަމުންނެވެ. ނަފްސު ދިޔައީ ގޮތްނޭނގޭ ފެންގަނޑެއްގެ ތެރެއަށް ގެނބެމުންނެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ޖެހުނީ ސާހިލްގެ އަތްތިލައިގައެވެ. އޭނާ ނުހައިކްއަށް ބަލައިލިއެވެ. އެސްފިޔަވެސް ޖަހާލުމެއްނެތި ސުހައިލްއަށް ބަލަން އިންގޮތުން އޭނާއަށް އަވަހަށް ލޮލުން ފެށިގެން ދެމިފައިވާ ކަރުނައިގެ ރޮނގު ފުހެލިއެވެ.

މެލޭޝިޔާގެ މައި އެއާޕޯޓުން އެދެބަފައިން ބަހެއްގައި ދިޔައީ އެގައުމާއި ސިންގަޕޫރާ ދެމެދުގެ ބޯޑަރުގެ ކައިރިއަށެވެ. އެއަށްފަހު ޓެކްސީއެއްގައި މެލޭޝިޔާއިން ސިންގަޕޫރަށް ދަތުރު ކުރިއެވެ. ފާއިތުވި ބާރަ އަހަރުތެރޭގައި ސާހިލް އުޅުނީ ބެންކޮކްގައެވެ. އެއްދަރި ގެއްލުމުން އަނެއް ދަރިފުޅު ސަލާމަތްކުރަން ކުރި ދަތުރުގައި އޭނާއަށް އެދަރިފުޅުވެސް ގެއްލުނީއެވެ. ނުހައިކް ބޮޑުވެގެން އައީ ހަރުކަށި މީހެއްގެ ގޮތުގައެވެ. އެންމެފަހުން އޭނާއަށް ބައްޕާއޭ ކިޔާ ގޮވާލި ހަނދާނެއް ސާހިލް ނުވެއެވެ. ކޮންމެ ދުވަހަކު އެތައް ވަގުތެއް މަންހަލް ހަނދާންކުރުމުގައި ސާހިލް ހޭދަކުރެއެވެ. ދަރިފުޅަށް ހެޔޮގޮތް ދެއްވުމަށް އެދި އޭނާ ކޮންމެ ނަމާދަކަށް ފަހު ދުޢާކުރެއެވެ. އެނބުރި ދަރިފުޅުގެ ގާތަށް ދެވޭއިރު އެދަރިފުޅުގެ ހިތް ބައްޕައަށް ޓަކައި ސާފުކޮށްދެއްވާތޯ އޭނާއަށް ދުޢާ ކުރެވެއެވެ.

***

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..5

Next

އެ އަންހެން ކުއްޖާ 02

Next
February 6, 2025

އެ އަންހެން ކުއްޖާ 02

Previews
February 6, 2025

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..5

10 Comments!

  1. cutie girl says:
    February 6, 2025 at 11:33 am

    long time no see
    how are you
    mi part ves v reethi masha allah
    curiously waiting for next part
    keep it up
    mihaaru nuhaik kobaa
    mannu and yazdhaan dhuru nukurachey
    shayoo and jaaavid ves gulhuvachey
    they both are made for each other
    mi part kiyaafa rovijje
    i appreciate your hard work
    your my fav author
    love you aayoo

    1. Aayaa Aayaa says:
      March 6, 2025 at 2:41 pm

      Alhamdulillah rangalhu. How are u cutie girl?
      Nuhaik ge bai kuriah othy.. Inthizaaru kollaa! Shukuriyaa Cutie girl!

  2. Vampire girl says:
    February 6, 2025 at 12:24 pm

    Haadha dhigu inthizaarehge nimumey mee….
    Knme dhuvahaku beley up vehje thw …
    Anyways mi part vx varah varah reethi….
    Next part thankolheii avahah gensdhehcheyyyy….
    Whn next??????????

    1. Aayaa Aayaa says:
      March 6, 2025 at 2:43 pm

      Thank you Vampire girl! Unfortunately I don’t have a happy news.. you’ve to wait a lil bit (2/3 months)! 🌞🤍

  3. BABES says:
    February 6, 2025 at 1:59 pm

    Aww mi part ves reethi maashaallah
    keep it up
    Sad vehje manhan and her dad ge past iguneema
    I waited a whole damn month to read this and finally i did it
    Dhen faharakun thnkolheh avas kohlahchey higey
    Anehen mibunee school kanthakuka busy vaane kan igey
    I really appriciate your hard work

    1. Aayaa Aayaa says:
      March 6, 2025 at 2:46 pm

      Eha dhigu inthizaareh kuruvan jehunyma dhera vejje, ekamaku comment kolla dhinyma Shukuriyya! ^⁠_⁠^

  4. Repunzil says:
    February 6, 2025 at 9:03 pm

    Huh…haadha dhigu inthizaare key
    Finally you are back
    I thought you wouldn’t write back but thank God you are back
    Anyway story hama best as always
    Hope to read the next part soon
    Curiously waiting for the next part
    Lots of love 😘

    1. Aayaa Aayaa says:
      March 6, 2025 at 2:48 pm

      Nooooo don’t ever think sooo.. it’s my hobby to write stories so I’ll be back whenever possible In Sha Allah!
      Thank you for the lovely comment Repunzil! 😊🤍

  5. Me says:
    February 7, 2025 at 1:30 pm

    Heart broken 💔😭 next part plxxx……

    1. Aayaa Aayaa says:
      March 6, 2025 at 2:50 pm

      Alheyyyy.. Don’t be heartbroken! I didn’t mean to hurt you!😐
      Thank you for the lovely comment!

Comments are closed.

Next Episodeއިންސާފް (ސަތިރީސްވަނަ ބައި)←


All Right Reserved!