Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ސައުރަތިރީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
January 3, 2025 11 Mins Read
15 Comments

“މިޝްޔާ.. ކީއްވެ އަހަރެން ދޫކޮށްފަ ދިޔައީ؟ އާދެބަލަ އަހަރެންގެ ގާތަށް. ބުނެބަލަ ސާހިލް ނުރޯށޭ، އަހަރެން މިހުރީ ސާހިލްއާއެކުއޭ.” ގިސްލުމުގެ ތެރެއިން އޭނާގެ ހިތުގެ ޝަކުވާތައް ބޭރުކުރިއެވެ.

ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮރުވަން މޫނުގައި ދެއަތް އަޅާލުމާއެކު އޭނާގެ ލޯ ކުރިމަތިން ފެންނަން ފެށީ ކަޅާހުދުގެ މަންޒަރުތަކެވެ. އެއާއެކު އޭނާއަށް ސިފަވެގެން ދިޔައީ އޭނާގެ އުފާވެރި އަދި ހިތާމަވެރި އެތައް ހަނދާންތަކެއް އެކުވެފައިވީ މާޒީއެވެ.

**

“މަންމާ..” ގެއަށް އައިސްވަނީ އުމުރުން އަށާރަ އަހަރުގެ ސާހިލްއެވެ. އޭރު އޭނާގެ ދޮންމަންމަ ފަހީމާ އުޅެނީ ދޮވުން އެއްޗެހިތައް ބޭރު ރޯނުގައި ހިއްކަން އަޅުވާށެވެ. ސާހިލް އޭނާގެ އަތުގައި އޮތް ކަރުދާސް ދިއްކޮށްލުމާއެކު ފަހީމާ އެއަށް ބަލައިލިއެވެ.

“ހޫނ. ދެން ކަލޭވެސް ފުރައިގެން ބޭރަށް ދާންވީނު ބޭބެހެން. މަށަކީ އަމާ ނޫނަސް ތިދެމީހުން ތިވަރުވީ އަހަރެން އަތުން ކައި ބޮއެގެން. ދެން އެހާ ހާލުން ބަލާ ބޮޑުކުރީމަ ދެމީހުންވެސް އަހަރެން ދޫކޮށްފަދޭ. ރާއްޖޭން ބޭރުން މީހުންނާ އިނދެގެން ދަރިން ހޯދައިގެން އުޅެންދޭ. އަހަރުން މަތިން ހަނދާންކުރާނެވެސް ކަމެއްނެތް.” ފަހީމާގެ ދުލުން އެދެބެންނަށް އޯގާތެރިކަމާއެކު ބަހެއް ބުނެލި އަޑެއް އޭނާ ނާހައެވެ.

ސާހިލްގެ އުމުރުން އެންމެ ދެއަހަރުގައި މަންމަ ނިޔާވުމަށްފަހު، އެމަންމަގެ މަރަށް އަހަރު ނުވަނީސް ބައްޕަ ކައިވެނި ކުރި މީހަކީ ފަހީމާއެވެ. ބައްޕަގެ ކުރިމަތީގައި ހެޔޮކަމަށް ހެދިގެން އުޅުނަސް ބައްޕަނެތް ވަގުތުގައި އެއީ އެދެބެންނަށް ހުރި އިމްތިހާނެކެވެ. ގޭގެ މަސައްކަތްތަކުން ފެށިގެން ސުކޫލުގެ މަސައްކަތްތައްވެސް ބަރާބަރަށް ކުރަންޖެހެއެވެ. އެހެންނޫނީ އަދަބު ލިބޭނެއެވެ. އުމުރުން އެގާރަ އަހަރުގައި ބައްޕަ ނިޔާވުމަށްފަހު ސާހިލްއާއި ސުހައިލްގެ ކަންތައް ބެލުމާ ހަވާލުވީ ފަހީމާއެވެ. އެހެންމީހަކާ އިނދެވެސް އެދެބެން ގެންގުޅުނީ އޭނާގެ އެހެން ދަރިއެއް ނެތީމާ ކަންނޭނގެއެވެ. ނޫނީ ބައްޕަ ދޮންމަންމައަށް ކުރި ވަސިއްޔަތް ފުރިހަމަ ކޮށްދިނުމަށް ކަމަށްވެސް ވެދާނެއެވެ. މިއަދަކީ ފަހީމާ ފަހުން ކައިވެނި ކުރި ފިރިމީހާގެ މަރަށް ހަމަސްވީ ދުވަހެވެ. ރުޅީގެ ސިފައިގައި އޭނާ އެބޭރުކުރަނީ އޭނާގެ ހިތުގެ ތެރޭގައިވީ ހިތާމައޭ ސާހިލް ހިތަށް އެރިއެވެ.

“މަންމާ. ތިހެން ނުބުނެބަލަ. ދޮންބެވެސް ކިޔަވައިގެން އަންނާނޭ. މަންމަ ދެރަނުވެބަލަ. އަހަންނާ ދޮންބެ މަންމަ ބަލާނަމޭ.” ‘ދޮންމަންމަ’ގެ ބަދަލުގައި މަންމަ ކިޔުމަކީ ދެބެންނަށްވެސް ބައްޕަ ދަސްކޮށްދީފައިވީ ގޮތެވެ.

“ތިހެން ބުނާނެ.. ދެން ދާންވީ މޭޒުމަތީގައި ހޭވި ތަށިތައް ނަގަން. މިއެއްޗެހިވެސް އަޅުވާތި.” ނަތީޖާ ކަރުދާސް ހިފައިގެން އޭނާ ވަނީ ކޮޓަރިއަށެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު ސާހިލް ބާކީހުރި އަންނައުނުތައް ރޯނުގައި އެޅިއެވެ. ވަށިގަނޑު ހިފައިގެން އައިސް ގިފިލީގައި ބަހައްޓާފައި ދިޔައީ ކާގެއަށެވެ. އޭނާ އެތަނުން ފައިބައިގެން ދިޔައިރު ހުރިގޮތަށް ހުރިހާ ތައްޓެއްވެސް ހުއްޓެވެ. ފަހީމާ ކޭތަށި އޭނާ އަމިއްލައަށް ދޮވެލާފައިވެސް ނެތެވެ. ނުހަނު އަވަސްގޮތަކަށް ތަށިތައް ދޮވެލާފައި، ކޮޓަރިއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން އޭނާ ނިކުތީ ބޭރަށެވެ.

އަމާންހިޔާއިން ނިކުމެގެން ގޯޅިއެއް އަޅާއިރު ކަނާއަތް ފަރާތުގައި ޖެހިގެން ހުންނާނީ ޖަވާހިރުގެއެވެ. ބައިސްކަލުގައި ދުއްވާލާފައި ގޮސް ގޯޅިއެޅި ސާހިލް އާއި އެކުއެކީހެން ސުކޫލު ނިންމާފައި އައި މިޝްޔާވެސް ޖަވާހިރު ގޭގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. މިޝްޔާގެ އުނަގަނޑުން ތިރިއަށް އަރާ ފަން އިސްތަށިގަނޑު ގަތާފައި ފެހިކުލައިގެ ރިބަންކޮޅެއް އައްސާފައި އިނެވެ. އަތުގައި ހުރި ފޮތްތައް މެއާލާ ބޮނޑިކޮށްލައިގެން ހުރެ ގޭގެ ދޮރުމަތީގައި އިން ކުޑަ އަސްކެނި ދޮށަށް ވަދެފައި އެނބުރިލިއެވެ. ދެފަރާތުން މަގުގައި މީހުން ނެތްކަން ޔަގީންވީމާ އޭނާގެ ނަޒަރު ސާހިލްއަށް އަމާޒުވިއެވެ.

“މިއުޅެނީ ބޭރަށް ދާންވެގެން. ސްކޮލާޝިޕް ލިބިއްޖެ.” ސާހިލް ހިނިތުންވެފައި ބުނެލިއެވެ.

“އަސްލުވެސްތަ؟.” މިޝްޔާވެސް ހިނިތުންވިއެވެ. “ހަމައެކަނި ސާހިލްތަ ދަނީ؟”

“ނޫން. އަހަރެންނާ ޝަފްނާއާއި އަދިވެސް ފިރިހެން ތިންކުދިންނާ އަންހެން ކުއްޖެއް..” ސާހިލްގެ ޖުމްލަ ނިމެންވީއިރު މިޝްޔާގެ މޫނުމަތީގައި ހުރި ހިނިތުންވުން ފިލައިފިއެވެ. އެމޫނުމަތީގެ ކުލަވަރު ފެނުނު ސާހިލް ލުއި ގޮތަކަށް ހީލިއެވެ. “އަހަރެން ހަމައެކަނި ލޯބިވަނީ މިޝްޔާދެކެއޭ. ތެދަށް ބުނަންޏާ ޝަފްނާ އުޅޭގޮތުން އަހަރެންވެސް ވަރަށް ފޫހިވޭ. ކިތަންމެ ފަހަރަކު ބުނެވިއްޖެ ލޯބިނުވެއޭވެސް..”

“ބޭރަށް ގޮސް ގިނަދުވަސްވީމަ އަހަރެން މަތިން ހަނދާން ނެތޭނެއްނު.” ދެންވެސް މިޝްޔާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ.

“ކަމަނާ ތިއީ އަހަރެންގެ ހިތް ވަގަށް ނެގިމީހެއްނު. އެފޮރުވައިގެން ގެންގުޅޭ. ޝަފްނާއަށް އޭގައި އަތްލާކަށް ނުކެރޭނެ. އަހަރެން މިއީ ހަމައެކަނި މިޝްޔާގެ މީހެކޭ. އިނގޭތަ. ކިޔަވާ ނިންމައިގެން އައިސް އެންމެ ފުރަތަމަވެސް ބޭނުމީ މިޝްޔާއާ ކައިވެނިކުރަން..” ތަންކޮޅެއް ގޭގެ ދޮރާއި ކައިރިވެލަމުން ސާހިލް ބުނެލިއެވެ. މިފަހަރު މިޝްޔާގެ މޫނު ރަތްވެގެން ދިޔައެވެ.

“ދޮންބެ. ދޮންބެއަށް ގޮވަންވީ ދޯ؟” ރަކިވެގެން އޭނާގެ މޫނުމަތީގައި ފޮތް އަޅާލިއެވެ. ސާހިލް ބޯޖަހާލުމާއެކީ އަވަސްއަވަހަށް ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

އިރުކޮޅެއްފަހުން ހަމްދާން ބޭރަށް ނިކުތެވެ. އެގޭގައި ހުރި ބައިސްކަލުގައި ސާހިލްއާއި ހަމްދާން ދިޔައީ މޫދަށެވެ. ސާހިލް އެއުފާވެރި ހަބަރު އެކުވެރިޔާއަށް ހިއްސާކުރިއެވެ. ހަމްދާން އެކުވެރިޔާއަށް މަރުހަބާކިއީ ސާފު ހިތަކާއި އެކީގައެވެ. ހަމްދާންވެސް އުޅެނީ ވަކީލުކަން ކިޔަވަން ބޭރަށް ދާންވެގެންނެވެ. އެކަމަކު އަދި އޮފީހުން ވަކި އެއްޗެއް ނާންގައެވެ.

ދެހަފްތާއެއް ފަހުން ސާހިލްގެ ފުރުން ހަމަޖެހުނެވެ. ފުރުމުގެ ކުރިން އޮތް ދުވަހުގެ ރޭ އޭނާ މިޝްޔާގެ ގާތުގައި އެރޭ ބައްދަލުކުރާ ވާހަކަ ބުންޏެވެ. އެހެންވެ އިޝާ ފަހުން ގެއަށް އައިސް ސާހިލް އުޅުނީ ރީތިވާށެވެ. އަތުގައި އޮތް ހުދުކުލައިގެ ގަމީހާ ކަޅުކުލައިގެ ފަޓުލޫނު ލައި ބޮލުގައި ފުނާ އަޅާލިއެވެ. އޭނާގެ އަތުގައި ހުރި ސެންޓު ފުޅިން ގަޔަށް ސެންޓުކޮޅެއް ބުރުވާލިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަންހުރެފައި އޭނާ ކޮޓަރިން ނިކުމެ ހިނގައިގަތީ ޖަވާހިރުގެއަށެވެ. އަތުގައި އޮތް ގަޑިއަށް ބަލަން ހުއްޓާ މިޝްޔާ ގޭގެ ދޮރު ހުޅުވާލީ ބަރާބަރު ނުވަގަޑި ސުންމިނެޓުގައެވެ. އެއްވެސް މީހަކަށް ނީވޭނެހާ މަޑުން ދެމީހުން ދިޔައީ ގޭގެ ބިއްދޮށް ފަރާތުގައި އޮންނަ ބަގީޗާއަށެވެ. އެއީ މިޝްޔާގެ ބުރަ މަސައްކަތުން ހައްދާފައިވާ އެއްޗެއްސެވެ. ޖަނބުރޯލު ގަހުގައި އެލުވާފައިވީ ބޮޑު އުނދޯލީގައި ދެމީހުން ގޮސް އިށީނެވެ. ކޮކާ ހަނދުވަރުގެ އަލީގައި އެތަނުގައި ވަނީ ހިތްގައިމު ކުލައެކެވެ.

“ކޮބާ ހަމްދާން؟” މިޝްޔާގެ ގާތުގައި ސާހިލް އަހާލިއެވެ. އޭނާ އިނީ ހަމްދާންއަށް ފެނިދާނެތީ ހާސްވެފައެވެ.

“ކައިގެން ކޮޓަރިއަށްވަނީ. ތިއްތައްތަވެސް ބުނީ ތަންކޮޅެއް ލަހުންނޯ މިރޭ އާދެވޭނީ.” މިޝްޔާ ޖަވާބުދިނެވެ. މަންމައާއި ބައްޕަ ނިޔާވުމަށްފަހު ހަމްދާންއާއި މިޝްޔާ އުޅެނީ ޖަވާހިރުގޭގައެވެ. މަންމަ ފަރާތު އާއިލާއިން އެދެބެންނަށް އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. ބައްޕަފަރާތު ބޮޑުދައިތަ ދެމީހުންގެ ކެއުމުގެ ކަންތައް ހަމަޖައްސައިދެއެވެ. ކޮންމެ ރެއަކު ނިދަން އެގެއަށް ބޮޑުދައިތަގެ ދޮށީ ދަރިފުޅު ރަމްލާ އޭނާގެ ދަރިފުޅު ގޮވައިގެން އަންނާނެއެވެ. އާއިލާގެ ތެރެއިން ކުޑަވެސް ލޮތްބަކާއި ކުލުނެއް އެދެބެންނަށް ދެނީ ރަމްލާއެވެ.

ސާހިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނީ އެވަގުތެވެ. މިޝްޔާއަށް ބަލަން އިނދެ އޭނާ ހިނިތުންވެލިއެވެ.

“އަހަރެމެން ކައިވެނި ކުރަން ހަމްދާން އެއްބަސް ވާނެބާއޭ ހިތަށް އަރަނީ.” ސާހިލް ބުނެލިއެވެ.

“ދޮންބެ ވަރަށް އިތުބާރުކުރާ އެކުވެރިއެއް ތިއީ.” މިޝްޔާ އިސްދަށަށް ޖަހާލިއެވެ.

އެރޭ އެދެމީހުން ވާހަކަދައްކަން ގަޑިއިރަކަށް ވުރެ ގިނައިރު ތިއްބެވެ. އެތަކެއް އަހުދަކާ ވައުދުތަކެއް ވަމުން ދެމީހުންވެސް ވަކިވީ މަޖުބޫރުވެފައިވާ ހާލުގައެވެ. ސާހިލް ދަމުން ދިޔައީ މިޝްޔާއަށް ފިނިފެންމަލެއްދީ އޭނާގެ ހަނދާނަކަށް ފޮރުވާފައި ބައިންދާށޭ ބުނެފައެވެ. އޭނާ މިޝްޔާދެކެވާ ލޯބި ހާމަކޮށްދީފައެވެ.

ސާހިލް ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ފަސް އަހަރު ވީއިރުވެސް މިޝްޔާއާއި ވާހަކަދައްކާލާނެ ފުރުސަތެއް ނުލިބެއެވެ. އެހެނަސް ފަރީދާއާއި ގުޅާ ފަހަރަކުވިއްޔާ ރަމްލާ ދައްތަމެންނަށް ސަލާމް ބުނެދޭށޭ ބުނެއެވެ. އޭރު ހަމްދާންވީ ވަކީލުކަން ކިޔަވަން އިނގިރޭސި ވިލާތަށް ގޮހެވެ. މިޝްޔާ އެކައުންޓަންޓުކަން ކިޔަވަން ފެށިކަން މަންމަގެ ފަރާތުން ސާހިލްއަށް އޮތީ އެނގިފައެވެ. އުފަން ފަސްގަނޑަށް އަވަސް މުއްދަތެއްގައި ދިއުމުގެ އުންމީދުގައި ހުރި ސާހިލްގެ ހުވަފެންތައް ހަގީގަތަކަށްވީ ކިޔެވުމުގެ ފަސްވަނަ އަހަރު ނިމެނިކޮށް އޭނާއާއެކު ކިޔަވާ ދިވެހި ކުއްޖަކު ރާއްޖެ ދާން އުޅޭކަން އެނގުމުންނެވެ. މަންމަ ގާތުގައި ވަރަށް ކިޔައިގެން އެފަހަރުގެ ޗުއްޓީއަށް ސާހިލް ރާއްޖެ އައީ އެއެކުވެރިޔާއާވެސް އެކުގައެވެ.

ދަންވަރުގެ ވަގުތު މާލެއަށް އާދެވުމާއެކު ސާހިލް އަވަސްވެގަތީ ގެއަށް ދާށެވެ. އެހެނަސް އޭނާ ގެއަށް ދިޔައިރު ގެހުރީ ތަޅުލާފައެވެ. ފާރުމަތިން އަރަން އުޅިފައިވެސް އެންމެ ފުރަތަމަ ދިޔައީ މިޝްޔާގެ ހަބަރެއް ހޯދާށެވެ. އެހާ އުސްނޫން ފާރުބުރި މަތިން އޭނާ ފުންމާލީ ފަސޭހަކަމާއެކުގައެވެ. މިޝްޔާގެ ކުޑަދޮރު ކައިރީ ހުއްޓި އޭނާ ކުޑަދޮރުގައި ޓަކިޖަހާލިއެވެ. އޭރު އެމޫނުމަތީގައިވީ ލާނެތް ކުލަވަރެކެވެ. ފަސް ވަނަ ފަހަރު އޭނާ ޓަކި ޖަހަން އަތް ހިއްލާލުމާއެކު ދޮރު ހުޅުވާލީ ރަމްލާއެވެ. އޭނާގެ ފަހަތުގައިހެން އަނގަމަތީގައި އަތް އަޅާލައިގެން މިޝްޔާވެސް ހުއްޓެވެ. ހުއްޓުން އަރާފައި ސާހިލްއަށް ހުރެވުނީއެވެ. އޭނާގެ ނަޒަރު އަމާޒުވީ މިޝްޔާއަށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު މިޝްޔާ ނުހަނު އަވަހަށް އިސްޖަހާލައިފިއެވެ. ފަރުވާތެރިކަމާއެކު ރަމްލާ ދެމީހުންނަށް ބަލައިލިއެވެ. ބޯ ކަހާލާފައި ސާހިލް ދުއްވައިގަތީއެވެ. ތަންޑު އަޅުވާފައިހުރި ދޮރު ހުޅުވާ އޭނާ ބޭރަށް ނިކުމެ ގެއާއި ހިސާބަށް އައީވެސް ދުވެފައެވެ. ގޭގައި ހައްދާފައި ހުރި ޖަންބު ގަހުން ބޭރަށް އެލިފައި އިން އޮފިގަނޑެއްގައި ހިފާ އޭނާ ގަހަށް އެރިއެވެ. ގޭގެ ތެރެއަށް އޮތް އޮފިގަނޑަށް ބަދަލުވެލާ އޭނާ ފޭބީ ޖަންބު ގަސް ދޮށުގައި ހުރި ޖޯއްޔަށެވެ. މަންމައަށް އުނދަގޫ ނުކުރަން ވެގެން އޭނާ ޖޯލީގައި އޮށޯވެ ދެލޯ މަރާލީ ވަރުބަލި ފިލުވާލާށެވެ.

ސިއްސައިގެން ގޮސް ސާހިލްއަށް ދެލޯ ހުޅުވާލެވުނީ އޭނާގެ މޫނުމައްޗަށް ފިނިވެގެން ދިއުމުންނެވެ. އޭރު ދުވަހުގެ ފުރަތަމަ ނާސްތާ ހޯދުމަށް ކާޅުތަކާއި ކޮވެލިތައް އުދުހެމުން ގޮވާ އަޑުއިވެއެވެ. އުނދަގޫ ކަމާއެކު ދެލޯ ހުޅުވާލުމާއެކު ކުރިމަތީގައި ތެއްޔެއް ހިފައިގެން ހުރި މަންމަ އޭނާއަށް ފެނިއްޖެއެވެ. މޫނުމަތިން ފެން ފުހެމުން އޭނާއަށް މަންމަގެ ގައިގައި ބައްދާލެވުނީ އެމަންމަ ނުފެނި ގިނަދުވަސްވެފައި ވީތީއެވެ. ފަރީދާ އޭނާއާ މެދު ކަންތައްކުރީ އެންމެރަނގަޅަށް ނޫންކަމުގައި ވިއަސް ސާހިލްއާއި ސުހައިލްވެސް އެވަރުވީ އޭނާގެ ހިތްވަރުން އޭނާގެ ފުށުން ތަރުބިއްޔަތުވެގެންނެވެ.

“އަހަންނާ ކައިރިވާނެ ކަމެއްނެތް. ދާންވީ ގޮސް ފެންވަރަން. ތިއެއްޗެހިނުން ނުބައިވަސް ދުވަނީ މިހާރު.” ސާހިލް އޭނާގެ ގަޔާ ދުރުކޮށްލަމުން ރުންކުރުކަމާއެކު ފަރީދާ ބުންޏެވެ. އެހެނަސް އެމޫނުމަތީގައިވީ ހިތްހަމަޖެހުން ސާހިލްއަކަށް ސިއްރެއް ނުވިއެވެ. އޭނާ އައުމުން މަންމަ އުފާވެއްޖެތާއޭ ސާހިލްގެ ހިތް ބުނެލިއެވެ.

ގިފިލިން ފެންވަރައިގެން ސާހިލްއަށް ނިކުމެވުނީ ކިރިޔައެވެ. ފަރީދާ އޭނާ ހޯދަން އައީ ހަމަ އެހިނދުގައެވެ. އޭނާގެ މޫނުމަތި ފެނުމާއެކު ހުރިހާ ކަމެއް ރަނގަޅު ނޫންކަން ސާހިލްއަށް ދެނެގަނެވިއްޖެއެވެ.

“ރަމްލާ އެބަހުރި ހޯދަން އައިސް.” ފަރީދާ ބުނެލި ޖުމްލައާއެކު ސާހިލްގެ ހިތް ހީވީ ހުއްޓުން ހެންނެވެ. އޭނާ ބިރުގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އާނއެކޭ ބުނެ މަންމަ ފޮނުވާލުމާއެކު ސާހިލް ކޮޓަރިއަށް ވަދެ ގަމީހަކާއި ފަޓުލޫނެއް ލައިގެން ނުކުތް އިރު ރަމްލާ ހުރީ ގޭގެ މައިދޮރު ކައިރީގައެވެ. އޭނާ ފެނުމާއެކު އުނދޯލީގައި އިށީންނަން އެދެމުން ސާހިލް ގޮސް އިށީނީ ކައިރީހުރި ފަތްޖެހި އެނދުގައެވެ. ރަމްލާ އެއްވެސް ހަރަކާތެއް ނުކުރުމުން އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން ސާހިލްއަށް އެނގިއްޖެއެވެ. ހިންދިރުވާލުމާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ރަމްލާ ބުނެފާނެ ވާހަކައަކަށް އޭނާގެ ނަފްސު ތައްޔާރުކޮށްލިއެވެ.

“ދަންވަރު ގޭގެއަށް ވަދެ ކުޑަދޮރުގައި ޓަކި ޖަހަން ކެރޭނީ ވަރަށް ކެރޭ މީހުންނަށް ދޯ. ސާހިލްއަށް ތިހާ ކެރެންޏާ އެކަން ސާބިތުކޮށްދީ. މިޝްޔާދެކެ ލޯބިވަންޏާ އޭނާއާ ކައިވެނިކުރޭ. އެހެންނޫނީ ދެން ދުވަހަކުވެސް އޭނާއާ ބައްދަލުކޮށްގެން ނުވާނެ.” އެހުރިތާ ހުރެ ރަމްލާ އޭނާގެ ނިންމުން އިއްވިއެވެ. ސާހިލްގެ ނޭވާ ކަރުގައި ތާށިވިފަދަ އިހުސާސެއް ކުރެވުނެވެ.

“އަހަރެން.. ކައިވެނި.. ކުރާނަން..” ރަމްލާ އުރާލައިގެން ހުރި ދެއަތް ދޫކޮށްލާ އެނބުރިދާން އުޅުމުން ސާހިލްއަށް ބުނެވުނެވެ.

“އެންމެރަނގަޅު. ވީހާވެސް އަވަހަކަށް ދެމީހުން ކައިވެނި ކުރަން އަހަރެން ބޭނުމީ. ރާޝިދުބެ މިވަގުތުހުރީ މާލޭގައި. މަންމައާއެކު މިރޭ އަހަރެމެން ގެއަށް ކާން އާދޭ. ކައިވެނީގެ ކަންތައް ހަމަޖައްސާން ޖެހޭނެ މިރޭ.” އޭނާގެ ފަހުބަސް އިއްވުމަށްފަހު ރަމްލާ ނިކުމެގެން ގޮސްފިއެވެ. ސާހިލް ހިތަށް އެރިއެވެ. ދެންއޮތީ ބޮޑު މަސައްކަތެވެ. މަންމަ ރުއްސުމެވެ. އެތެރެއަށް ދާން ހިނގައިގަތް ތަނުން ފަރީދާ ނިކުމެގެން އަންނަތަން ފެނިއްޖެއެވެ.

“މަންމާ.” ސާހިލް ގޮވާލިއެވެ.

“އަޑުއިވިއްޖޭ. ދެން ކިޔަވާ ކުއްޖެއް ގެނެސްފަ މިގޭގަ ބަހައްޓާ. ހަމަހިލާ އެއްވެސް މަސައްކަތެއް ނުކުރާނެ. އަހަރެންނަށް ކުރަން ޖެހޭ ކަންތައް ދެގުނަވީނުން.” ގޭދޮށް ކުނިކަހަން ފަށަމުން ފަރީދާ ބުންޏެވެ.

“މަންމާ.. މަންމަ ގަބޫލެއް ނޫންތަ؟” ސާހިލް ސުވާލުކުރިއެވެ.

“އަހަރެން ގަބޫލުތޯ ބަލާކަށް ނުޖެހޭނެއްނު. އަންހެނެއް ނޫންވިއްޔަ ތިއީއެއް. އިނދެގެން ގެނެސް ގެއަށް ވެއްދީމަ ނިމުނީނު..” ދެފަރާތަށް ބޯހޫރުވާލުމަށްފަހު ސާހިލްވަނީ އެތެރެއެއަށެވެ.

އެރޭ ސާހިލްއާއި ފަރީދާ ދިޔައީ މިޝްޔާގެ ބޮޑުބެ ރާޝިދުމެންގެ ގެއަށެވެ. ރާޝިދުގެ އަންހެނުން ހުރީ އެމީހުން ދާންވާއިރު ރޭގަނޑުގެ ކެއުން ތައްޔާރުކޮށްފައެވެ. ބަތާއި ގަރުދިޔައާއި ތެއްލިފަތާއި މިރުހާއި ލުނބޯ ހުއްޓެވެ. ހިތްއަވަސްވެފައި އިންވަރުން ސާހިލްއަށް ކެވުނީ ކުޑަ އެތިކޮޅެކެވެ.

“ދެން އަންނަ ހަފްތާގެ ހޮނިހިރުގައި އަނެއްކާވެސް ދަތުރު ފުރަންޖެހޭ. އެހެންވީމަ އޭގެ ކުރިއަށް ކައިވެނި ހަމަޖައްސާ..” ކެއުމުގެ ތެރެއިން ރާޝިދު ބުންޏެވެ.

“ހުކުރު ދުވަސް ކިހިނެއްވާނެ؟” ފަސްޖެހިފައި އިނަސް ސާހިލްވެސް ވާހަކަދެއްކިއެވެ.

“ރަނގަޅު. މެންދުރުގެ ވަގުތު ރަނގަޅުވާނެ ދޯ އެހެންވީމަ؟” ރާޝިދު ސުވާލުކުރިއެވެ.

“އާނ. މެންދުރުގެ ކެއުމެއް ތައްޔާރު ކުރާނީ އާއިލާއާއި އަވަށްޓެރިންނަށް. އެހާ ބޮޑު ކައިވެންޏެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫން.” ސާހިލް އޭނާ އެދޭގޮތް ހާމަކުރިއެވެ.

ޖަނަވަރީ މަހުގެ އަށްވަނަ ދުވަސް އައިއިރު ސާހިލް ބޭނުންވި ވަރަށް ކައިވެންޏަށް ތައްޔާރުވިއެވެ. ފާއިތުވި ދުވަސްތަކުގައި އޭނާއަށް މިޝްޔާ ފެނުނީ ދެތިން ފަހަރުއެވެ. އޭގެއިން ފަހަރުތަކުގައި ވެސް ވާހަކަދެއްކުމުގެ ބަދަލުގައި މިޝްޔާ ފިލަނީއެވެ. މެންދުރު އެކެއްޖެހިއިރު ސާހިލް ހުރީ ކޯޓު ދޮރުމަތީގައެވެ. މިޝްޔާއާއެކު އޭނާގެ ބޮޑުބެއާއި ބޮޑުދައިތަގެ އިތުރުން ރަމްލާ ދައްތަވެސް އައެވެ. އެންމެން ހަމަވުމާއެކު ކައިވެނީގެ މަޖިލިސް ފެށިއްޖެއެވެ. އޭނާގެ އަތްނބެއްގޮތުގައި މިޝްޔާ ގަބޫލުކުރި ވަގުތު އެކުރެވުނު ފޮނި އިހުސާސްތައް ބަޔާންކޮށްދިނުމަށް ނުކުޅެދުނެވެ. މިޝްޔާއާ ދެމީހުން ހަތަރުކަޅި ހަމަވުމާއެކު އޭނާ ރަކި ހިނިތުންވުމަކާއެކު އިސްޖަހާލީއެވެ.

އެރޭގެ ކެއުން އޮތީ މިޝްޔާމެންގެ ގޭގައެވެ. ކައިނިންމާލުމާއެކު މިޝްޔާގެ ފޮށިތައް ހިފައިގެން ސާހިލްއާ ދެމީހުން އައީ ގެއަށެވެ. ގިފިއްޔަށް ގޮސް ފެންވަރާ ތާޒާވެލައިގެން އައިސް ސާހިލް އިނީ މިޝްޔާގެ އިންތިޒާރުގައި އެނދުގައެވެ. އޭރު އޭނާގެ ހިތްތެޅެނީ އާދަޔާ ޚިލާފު ބާރަށެވެ. އިރުކޮޅެއްނުވެ މިޝްޔާ އައިސް ކޮޓަރިއަށް ވަނެވެ. އޭނާ ގެންގުޅުނު ތުވާލި ކޮނޑުގައި އަޅުވާލާފައި އެނބުރިލުމާއެކު ސާހިލް އަތުގެ އިޝާރާތުން އޭނާގެ ގާތަށް އައުމަށް އެދުނެވެ.

“މިޝީ..” އޭނާގެ ގާތުގައި މިޝްޔާ އިށީނުމާއެކު އެދެއަތުގައި ހިފާލާފައި ސާހިލް ބުންޏެވެ. “ތިއީ މިހާރު އަހަރެންގެ އަންހެނުން. އަހަރެންގެ އަނބިމީހާ.”

“ލަދުން ނީނދެބަލަ.” އެއްވެސް އެއްޗެއް ނުބުނެ މިޝްޔާ އިންނަން ފެށުމުން ސާހިލް ބުނެލިއެވެ.

“ދެން އަހަރެން ކީކޭ ކިޔަންވީ؟” އިސްޖަހާލައިގެން އިނދެ މިޝްޔާ މަޑުމަޑުން ބުނެލިއެވެ.

“އަހަރެންގެ މޫނަށް ބަލާބަލަ. މިޝްޔާ ހީވަނީ ހޫރުޕަރީއެއްހެން. މިރޭ ވަކިން ރީތި.” މިޝްޔާގެ ކޯތާފަތުގައި ހިފާލާ އޭނާއާއި ނަޒަރު ސީދާކުރަމުން ސާހިލް ބުނެލިއެވެ. ކުރިއަށް ޖެހިލާ އޭނާ މިޝްޔާގެ ނިތުގައި ބޮސްދިނެވެ.

“ދެން ސާހިލްލް..” މޫނުގައި އަތް އަޅާލާފައި މިޝްޔާ ބުނެލިއެވެ.

“މިހާރު މިދޭތެރެއަށް ވަދެވޭނެ އިތުރު މީހެއް ނުހުންނާނެ މިޝްޔާ..” އޭނާގެ މޫނުގައި ފިރުމާލަމުން ސާހިލް ވާހަކަދެއްކިއެވެ. އޭރު ސާހިލްގެ ނޭވާ އަވަސްވެއްޖެއެވެ. ހިތުގެ ތެޅުމުގެ އަޑުވެސް މިޝްޔާއަށް އިވޭނެކަން ގައިމެވެ. މަޑުމަޑުން އޭނާގެ މޫނު މިޝްޔާގެ މޫނާ ގާތްކޮށްލުމާއެކު އޭނާގެ ދެލޯ މަރާލިއެވެ. އެއީ މިޝްޔާ އޭނާއަށް ދިން ދައުވަތެއްކަން ސާހިލްއަށް އެނގުނެވެ. މިޝްޔާގެ އުނަގަނޑުގައި ހިފާ އުފުއްލާލުމާއެކު އޭނާ މަޑުމަޑުން މިޝްޔާ އެނދުގައި ބާއްވާލިއެވެ.

އޭގެ ހަފްތާއެއް ފަހުން ސާހިލް ފުރައިގެން ދިޔައީ ކިޔެވުމުގެ ބާކީބައި ނިންމާލުމަށެވެ. މިޝްޔާ ދިރިއުޅުން ބަދަލުކުރީ އޭނާގެ ދޮންމައިދައިތަގެ ގެއަށެވެ. ހިތްހަމަ ނުޖެހޭ ކަންތައްތައް ހުރި ނަމަވެސް މިޝްޔާ ކެތްކުރީ ފިރިމީހާއަށްޓަކައެވެ. ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވެގެން ދިޔައީ އެސްފިޔަ ޖަހާލިހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެއްހާ ދުވަސްފަހުން އަފީފާ ނިޔާވުމާއެކު އެގޭގައި އުޅުނީ މިޝްޔާ އެކަންޏެވެ. އެކަނިވެރިކަން އޭނާ ވަށާލުމާއެކު، މިޝްޔާއަށް އެޝަކުވާ ކުރެވެނީ ފިރިމީހާ ގުޅާ ފަހަރަކު އޭނާގެ ގާތުގައެވެ. ފަހު އަހަރުގެ ކިޔެވުން ފެށެން ހަފްތާއަކަށް ވެފައި އޮއްވާވެސް ސާހިލް ރާއްޖެ އައީ މިޝްޔާ މާވަރަކަށް ދެރަވެގެން އުޅޭތީއެވެ. ކިޔަވައި ނިމިގެން އެނބުރި ރާއްޖެއަށް އައިސް ހުރި އޭނާގެ ދޮންބެގެ ކައިވެންޏަށާއިވެސް އެކީގައެވެ. އެނބުރި ސާހިލްއަށް މާލެ ދެވުނީ ކިޔެވުން ފެށި އެއްހަފްތާ ވީފަހުންނެވެ.

އޭގެ ދެމަހެއްހާ ދުވަސްފަހުން މިޝްޔާ އޭނާއަށް ގުޅާފައި ދިނީ މިދުނިޔެމަތިން އޭނާއަށް ލިބުނު އެންމެ އުފާވެރި ޚަބަރެވެ. އުފާވެރިކަމުގެ ކަރުނަތައް އޭނާގެ ކޯތާފަތްމަތިން ފައިބައިގެން އައީ އިހްތިޔާރެއްނެތިއެވެ. ދުނިޔޭގައި ލެއްވިހާ އުފަލެއް އޭނާގެ އުނގަށް ޖަމާވެއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ. ސާހިލް ބޭނުންވީ ކިޔެވުން މެދުކަނޑާލުމަށްފަހު މިޝްޔާގެ ގާތަށް ދާށެވެ. އެހެނަސް މިޝްޔާ ކުރި އާދޭހެއްގެ ސަބަބުން އޭނާއަށް ޖެހުނީ ކިޔެވުން ނިމެންދެން ބޭރުގައި މަޑުކުރާށެވެ.

ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސްތަކަށް ބަދަލުވެގެން ދިޔައީ ނުހަނު އަވަހަށެވެ. މާބަނޑުއިރު މިޝްޔާ ހުރިގޮތް ބަލައިލުމަށް އޭނާ ނުހަނު ބޭނުންވެއެވެ. މަންމަގެ ބަނޑުގައި އަލަތު ދަރިފުޅު ތޮޅިލާއިރު އެ ބަނޑުގައި އަތް ޖައްސާލުމަށް ސާހިލްގެ ހިތް ތެޅިފޮޅެއެވެ. އެހެނަސް ކެތްތެރިކަމާއެކު އޭނާ ޖެހުނީ މާ ދުރުގައި މަޑުކުރާށެވެ.

ޓެސްޓު ނިމޭ ދުވަހަށް ސާހިލް އޮތީ މާކުރިންވެސް ރާއްޖެދާން ޓިކެޓު ގަނެފައެވެ. އެހެނަސް އޭގެ ދެދުވަސް ކުރިން މިޝްޔާ ބަނޑުގައި ރިއްސާތީ މަޒުކަޒަށް ގެންދިޔަ ވާހަކަ ބުނަން ރަމްލާ ދައްތަ ގުޅައިފިއެވެ. އެހިސާބުން ދަސްކުރަމުން ދިޔަ އެއްޗެއްސަށްވެސް ސަމާލުކަންދެވޭ ވަރެއް އޭނާއަކަށް ނުވިއެވެ. ހާސްވެގެން ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހުރެވެނީ މިޝްޔާއަށް ވީގޮތެއް ނޭނގޭތީއެވެ. އެންމެފަހުން އޭނާ ނަމާދަށް އެރީ މިޝްޔާއާއި ދަރިފުޅު ފުރިހަމަ ސިއްހަތެއްގައި ލެއްވުމަށް އެދި ދުޢާކުރާ ހާލުއެވެ. އެހާލުގައި ވަގުތުތައް ގުނަގުނާފައި އޭނާ ޔުނިވާސިޓީއަށް ދިޔައިރުވެސް އެކޮޅުގެ ހަބަރެއް ނުވެއެވެ. ޓެސްޓު ނިންމާލުމަށްފަހު ސާހިލް ދިޔައީ ކައިރީ ހުރި ސައިބާ ކެފޭއަށެވެ. އޭނާ ހަމްދާންއަށް އެޚަބަރު ހިއްސާކުރިއެވެ. އިތުރު ޚަބަރެއް އޭނާއަށް އެނގޭތޯ އެއްސެވެ. އެހެނަސް ހަމްދާންއަށް މިޝްޔާ ބަނޑުގައި ރިއްސާކަން ވެސް އެނގުނީ ސާހިލް ބުނީމައެވެ. އެހިސާބުން ވާހަކަ ކުރު ކޮށްލާފައި އޭނާ ޑޯމްއަށް ދިޔައީއެވެ. އޭރު ސާހިލް ހުރީ ހާސްވާގޮތްވެފައެވެ. މިޝްޔާގެ ހާލެއް ނޭނގޭތީއެވެ. އެހިސާބުން ދަތުރު ފަށައިގެން ސާހިލް އައީ އެއާޕޯޓަށެވެ. ރާއްޖެ އާދެވުނު އިރު އިރުއޮއްސެނީއެވެ. އެންމެ އަވަހަށް ފުރި ފެރީއިން މާލެ އާދެވުނުއިރު ރޭގަނޑު އެގާރަ ޖަހާ ބޮޑުވެދާނެއެވެ.

ގެއަށް އައި މަގުމަތީގައި އޭނާއަށް ޖަވާހިރުގެ ފެނުނެވެ. އޭރު އެގެ ހުރީ ތަޅާލާ ބުރިބުރިއަށް ނަގަން ފަށާފައެވެ. އެތަން ބަލަންނުހުރެ ސާހިލް އަވަހަށް އައީ އަމާންހިޔާއަށެވެ. ގޭގެ މައިދޮރު ހުޅުވާލުމާއެކު އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ނަސްރާއެވެ.

“މިއައީނު ސާހިލް. ސުހައިލް ނުގުޅިގެން އުޅުނޭ ފަހުން، މިޝްޔާ އެހެންވެ އެހެރީ ކަންބޮޑުވެފަ.” ސާހިލް ދިއްކޮށްލި ކޮތަޅުގައި ހިފާލަމުން ނަސްރާ ބުނެލިއެވެ. “އެބައިން ކޮޓަރީގަ، ކުޑަދަރިފުޅުވެސް ހޭލާ އޮތީ.”

“އަލްޙަމްދުﷲ.” ދެމައިންގެ ހާލުރަނގަޅުކަން އެނގުމާއެކު ސާހިލްއަށް ބުނެވުނީ އެހެންނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު މިޝްޔާވެސް ދޮރާ ދިމާއަށް ބަލައިލިއެވެ. ފިރިމީހާ ފެނުމާއެކު އޭނާގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވެއްޖެއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް މިޝްޔާގެ ގާތުގައި އިށީނެވެ. ތުއްތު ދަރިފުޅުގެ މޫނުގައި ބޮޑުވައި އިނގިލިން ފިރުމާލެވުނެވެ.

“ފިރިހެން ކުއްޖެއްތަ؟” މިޝްޔާގެ ކަރުނުން ފުރިފައިވީ ދެލޮލަށް ބަލައިލަމުން ސާހިލް ސުވާލުކުރިއެވެ.

“ހުމްމް.. ކޮން ނަމެއް ކިޔާނީ؟” މިޝްޔާ އަހާލިއެވެ. އޭނާ ދަރިފުޅު ނަގާ ސާހިލްގެ އަތުގެ ތެރެއަށް ލައިދިނެވެ. ބިރުގަނެފައި އެއްވެސް ހަރަކާތެއް ކުރަން ނުކެރިފައި ސާހިލް އިނީ ދަރިފުޅުގެ މޫނަށް ބަލާށެވެ.

“ބަންގިގޮވިތަ؟” ސާހިލްއަށް އަހާލެވުނެވެ.

“އާން. ދޮންބެ ބަންގިގޮވި. ކަދުރުކޮޅެއްވެސް ޖެއްސިން.” މިޝްޔާ ސާހިލްގެ ކޮނޑުގައި ބޯ އަޅާލިއެވެ.

“އަހަރެން ވަރަށް ބަރުބަލި ވެއްޖެ ސާހިލް..” މިޝްޔާގެ ދެލޮލުން ކަރުނަ އައެވެ.

“ކިހިނެއްވީ؟” ނިދެމުން ދިޔަ ދަރިފުޅަށް ބަލައިލާފައި ސާހިލް ބުނެލިއެވެ. މިޝްޔާ އެކުއްޖާ ނަގާ ތަންމަތީގައި ބާއްވާލިއެވެ. ސާހިލް ހުޅުވާލި އަތުތެރެއަށް ވަދެ އެހަށިގަނޑުގެ ހިމާޔަތް އޭނާ ހޯދިއެވެ.

“ބާރަ ގަޑީއިރު ވަންދެން އަހަރެން މިއުޅުނީ ވިހެއުމުގެ ވޭނުގަ. އަނެއްކާ ދަރިފުޅު އަބަދު ރޮނީ. އެކުއްޖާގެ ނިދިމަޑީއޭ ރަމްލާއްތަ ބުނީ.. އަބަދުވެސް ހޭލައިގެން ރޮނީ.. އަހަރެންން..” ސާހިލްގެ މޭގައި ބޯއަޅާލައިގެން އޮވެ މިޝްޔާ ބުނެލިއެވެ.

“ޝުކުރިއްޔާ މިޝްޔާ.. މިޝްޔާ އަހަރެންނަށް ތިދިނީ އަގުބޮޑު ހަދިޔާއެއް.. މިޝްޔާ އަހަރެމެންގެ ދަރިފުޅަށް ޓަކައިވީ ގުރުބާނީ ދުވަހަކުވެސް ހަނދާނުން ނުނައްތާލާނަން. މިޝީ، ތެންކިއު ސޯ މަޗް..” މިޝްޔާގެ އިސްތަށިގަނޑުގައި ފިރުމަމުން ސާހިލް ބުނެލިއެވެ.

“އަހަރެން ސާހިލް މަތިން ވަރަށް ހަނދާންވި.. ފިރިމީހާގެ ލޮތްބަށް ވަރަށް ބޭނުންވި..” ސާހިލްގެ މޫނަށް ބަލައިލާފައި މިޝްޔާ ބުންޏެވެ. “ހޫމް، އެޔެއް ނޫނޭ. ކޮން ނަމެއްތަ ކިޔާނީ؟”

“މިޝީ ނަމެއް ބުނެބަލަ.” މިޝްޔާގެ މޫނުގައި ފިރުމާލާފައި ސާހިލް ބުންޏެވެ.

“އަންހެން ކުއްޖަކަށް ނަން ދޭނީ އަހަރެން. އެކަމަކު ފިރިހެން ކުއްޖެއްވީމާ ސާހިލް ބޭނުން ނަމެއް ކިޔާ..” އެނދުން ތެދުވެލަމުން މިޝްޔާ ބުންޏެވެ.

“އަޅެ ދެން ތި ނަމެއް ބުނަން ވެއްޖެއެއްނު އަހަރެން ގާތުގައިވެސް.. ހަމައެކަނި ބަސްމާ ކައިރީ ބުންޏަސް ނޭނގޭނެ ދޯ. އޭނާއެއް ނޫންވިއްޔަ އަހަރެމެންގެ ކުދިންނަށް ނަންދޭނީ..” ސާހިލްވެސް މިޝްޔާގެ ފަހަތުން ތެދުވިއެވެ.

“ދެން ނުބުނާން އިހަކަށް. މަޑުކުރޭ އަންހެން ކުއްޖެއް ލިބެންދެން..” ލުއި ހުނުމަކާއެކު މިޝްޔާ ބުންޏެވެ.

“ހިނގާ އަނެއްކާ ބޭބިއެއް ހޯދަން. ގާލް ކުއްޖެއް، އޭރަށް އަހަރެންނަށް ތިފޮރުވައިގެން އުޅޭ ނަން އެނގިދާނެއެއްނު.” ބޭރަށް ދާންވެގެން ތަޅުގައި ހިފާލި މިޝްޔާގެ އުނަގަނޑުގައި އަތް ވަށާލާ އޭނާގެ ކަންފަތް ދަށުގައި ސާހިލް ބުންޏެވެ.

“ދެން ނޫން.. މިކުއްޖާ ތަންކޮޅެއް ބޮޑުވެލީމަ..” ހީގަނެފައި މިޝްޔާވެސް ބުނެލިއެވެ.

ދަރިފުޅަށް ހަތްދުވަސްވީ ދުވަހު އަޙްމަދު ނުހައިކްގެ ނަމުން އެކުއްޖާއަށް ނަންދީ އަޤީޤާ ކަތިލެވުނެވެ. އަދި އާއިލާއާއި ގާތް އަވަށްޓެރިންނަށް ބޮނޑިބަތް ބެހިއެވެ. ހަމައެދުވަސްކޮޅު ސުހައިލް ވިޔަފާރިއެއް ފެށުމުގެ ހިޔާލު ހުށައެޅުމުން ދެމީހުންވެސް އުޅެންފެށީ އެކަމުގައެވެ. މަސްތަކެއްގެ ތެރޭގައި ‘ޑްރީމް ޑިޒައިން’ގެ ނަމުގައި ދެބެން ވިޔަފާރިއެއް ފެށިއެވެ. ޖަވާހިރުގެ އޭރުގެ ޒަމާނީ ފެންވަރަކަށް ހެދުމުން ސާހިލްމެން އެގެއަށް ބަދަލުވީ އަމާންހިޔާވެސް ޒަމާނީ ފެންވަރަކަށް އަޅާށެވެ.

ޑްރީމް ޑިޒައިންގެ ކުރި ފަޅާ ހެދެން ފެށީ ނުހަނު އަވަހަށެވެ. ރާއްޖޭގެ އެންމެ މަގުބޫލު އެއްކުންފުނިކަމުގައި އެކުންފުނިވެއްޖެއެވެ. އެއީ ސާހިލްގެ ހަޔާތުގައި އައި އެންމެ ހަމަޖެހޭ އެންމެ އުފާވެރި ދުވަސްތަކެވެ. ނުހައިކްއަށް އަހަރެއްވެ ދެތިން މަސްވީތަނާ ޝަފްނާވެސް މީހަކާ އިންނަން އުޅޭ ޚަބަރު އޭނާއަށް ލިބިއްޖެއެވެ. ސާހިލްއަށް ވުރެ އެކަމާ އެންމެ އުފާކުރީ މިޝްޔާއެވެ. އެކައިވެންޏަށް ދުވަސްތަކެއް ނުވަނީސް ޝަފްނާ އެއޮފީހަށް ވަނުމަށް ހުށައެޅިއެވެ. އޭނާ އޭރު އުޅެނީ މީހަކާ އިނދެގެން ކަމަށްވެފައި، އޭނާގެ ތައުލީމީ ފެންވަރުވެސް ރަނގަޅުކަމުން ސާހިލްމެން އެކުންފުނީގެ މުވައްޒަފަކަށް ޝަފްނާ އިހްތިޔާރުކުރިއެވެ. މިޝްޔާ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނަސް އޭނާ އެކަންތައްތައް ބޭރުފުށަށް ނުދެއްކީއެވެ.

ޝަފްނާމެންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކީއިރު މިޝްޔާގެ ބަނޑަށް ހަމަހެވެ. ސުހައިލްމެންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިއީވެސް އެއަހަރުއެވެ. ޝަފްނާއަށްވުރެ ހަތަރުމަސް ކުރިންނެވެ.

ހުރިހާ ކަމެއް އެފުށްމިފުށަށް ޖެހުނީ ޝަޔަމްއަށް ދެއަހަރުގައި އަޒީމްއާއި ޝަފްނާ ވަރިވުމުންނެވެ. އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ ސާހިލްއާއި މިޝްޔާގެ ހަޔާތަށް ކަޅު ހިޔަނި އެޅުނީއެވެ. ބަނަވިލާތަކުން ހަޔާތަށް އަނދިރިކަން ވެރިވެގަތީއެވެ. މިޝްޔާގެ ހިތުގައި ޝައްކު އުފެއްދުމަށް ޝަފްނާ އަތުރުކުޅި އޮޅާލިއެވެ. ދެމަފިރިން ދޭތެރެއަށް ވަތްއިރު ކުރެވެނީ ކިހާބޮޑު ފާފައެއްކަން އޭނާއަކަށް ނޭނގެއެވެ. ސާހިލް މިޝްޔާދެކެވާ މަތިވެރި ލޯބި އޭނާއަށް އިތުބާރުކުރަންޖެހޭ ސަބަބެއްކަމުގައި މިޝްޔާ ގަބޫލުކުރިއެވެ. ދެމީހުންގެ ދޭތެރޭގައި ކުދި މައްސަލަތައް ޖެހުނަސް އެކަން ހައްލުކުރަނީ ނުހަނު އަވަހަށެވެ. އެފަދަ ތެދުވެރި، އޭނާއަށް އިތުބާރުކުރާ އަތްނބެއް ލިބުނުކަމަށް ޓަކައި ސާހިލް ނުހަނު އުފާކުރެއެވެ. ކޮންމެ ހާލެއްގައިވެސް އޭނާގެ ގާތުގައި ދެގޮތެއްނުވެ މިޝްޔާހުރެއެވެ. ދެކުދިންނަށް ފުރިހަމަ ތަރުބިއްޔަތެއް ދެމުންދިޔަ އެއީ ހީވަގި ކަނބަލެކެވެ. އެއީ ސާހިލްގެ ހިތުގެ ދިރުމެވެ. ދިރިހުރުމުގެ އަސްލެވެ.

އެއީ މަންހަލް ފުރަތަމަ ނާސަރީއަށްލީ ދުވަސްކޮޅެވެ. ކޮންމެ ދުވަހަކު މަންހަލްއާއި ނުހައިކް ސުކޫލު ނިމޭ ގަޑީގައި އެކުދިން ބަލައި ދާނީ ސާހިލްއެވެ. ސާހިލް އޮފީހުން ބްރޭކްނަގާ ގަޑިއާއި އެވަގުތު ދިމާވާތީއެވެ. އެދުވަހު މަންހަލް ގޮވައިގެން ސާހިލް ކާރަށް އަރަންދިޔައީ ނުހައިކް ސުކޫލު ނިމޭ ގަޑިވެސް ކުޑަތަންވެފައި ވާތީއެވެ. އައި ނައި ދިމައެއް ނޭނގި ޝަފްނާ އޭނާގެ އަތުގައި ހިފާލީ ކުއްލިއަކަށެވެ. ސިހިފައި ޝަފްނާއަށް އޭނާ ބަލައިލިއެވެ. ދެވަނަ ސިކުންތު އޭނާ އެއަތް ފޮޅުވާލީއެވެ.

“ޝަފްނާ! ހުއްޓާލަބަލަ ތިކަންތައް. ނުފެނޭތަ އަހަރެން އަންހެނުންނާ ދެކުދިންނާއެކު އުފާވެރި ދިރިއުޅުމެއް އުޅޭތަނެއް؟ އަދިވެސް ނޫޅެންތަ ބޮޑުވާކަށް؟ ތިސިކުނޑިއާއި ހިތުގައި އެއްވެސް އެއްޗެއް ނުވަނީތަ؟” ހިތްހަމަނުޖެހިފައި ސާހިލްއަށް ބުނެވުނެވެ.

“ޕްލީޒް. ދެން ބުނެބަލަ އާނއެކޭ. އަހަރެންނަށް އޯކޭ ދެއަންބަށް ކައިވެނިކުރިއަސް..” ކާރުގައި ލެނގިގަންނަމުން ޝަފްނާ ބުނެލިއެވެ.

“ކިހާ ދެރަކަމެއް. ދާން އުޅޭ މިތަނުން. ގައިމު ކީއްތަވާނީ އަޒީމްއާއެކު ދިރިއުޅުމެއް އުޅުންނަމަ. އެއީ ކިހާ މަތިވެރި އަޚްލާޤެއްގެ ވެރިއެއް. ޝަޔަމްވެސް މަންމަގެ ލޮތްބަށް ބޭނުންވާނެދޯ.” ފަހުބަސް ބުނެލުމަށްފަހު ސާހިލް މަންހަލް ގޮވައިގެން ކާރަށް އެރީއެވެ.

“ބައްޕީ. ދެއަންބަށް އެއީ ކޮންއެއްޗެއްތަ؟ ޓޫ މެންގޯސްތަ؟” މަންހަލް އޭނާގެ ޅައަޑުން ބުނެލިއެވެ. ދެބުމަގުޅޭ ހިސާބުގައި ދެއިނގިލި ޖައްސާލަމުން ސާހިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މައުޟޫ ބަދަލުކޮށްލުމުގެ ގޮތުން އޭނާ ފެށީ މަންހަލްގެ ސުކޫލުގެ ވާހަކައެވެ.

ދެކުދިން ގެއަށް ލާފައި ސާހިލް އެނބުރި އޮފީހަށް ދިޔައެވެ. އާދައިގެ މަތިން އޭނާ އެންމެފުރަތަމަވެސް ދިޔައީ މިޝްޔާގެ ކެބިންއަށެވެ. އޭނާއަކީ އޮފީހުގެ ފައިނޭންސް ޑިޕާޓުމެންޓުގެ އިސްވެރިޔާއެވެ. ސާހިލް ދޮރުހުޅުވާލާ އިރު މިޝްޔާ ހިނިތުންވުމާއެކު އޭނާއަށް މަރުހަބާ ކިޔާނެއެވެ. އެހެނަސް މިޝްޔާގެ ހަރަކާތްތައް އެދުވަހު ތަފާތެވެ. ސާހިލް މިޝްޔާގެ މޭޒުކައިރިއަށްގޮސް ހުއްޓިލުމާއެކު އޭނާއަށް ސާހިލް ފެނުނުކަމަކަށް ނެހެދިއެވެ.

“މިޝީ..” ދެރަވެފައިވާ އަޑަކުން ސާހިލް ގޮވާލިއެވެ. މަޑުމަޑުން ހޫންއެއް އަޅުވާލަމުން އޭނާ މަސައްކަތައިގެން މަޝްއޫލުވެފައި އިނީއެވެ.

“ކިހިނެއްވީތަ؟ މައްސަލައެއް އުޅެނީތަ ތިއެއްޗެހީގަ؟” ސާހިލް ގޮސް މިޝްޔާގެ ކޮމްޕިއުޓަރަށް ނަޒަރެއް ދިނެވެ. އެހެނަސް މިޝްޔާގެ ޖަވާބެއް ނުލިބުނެވެ. އިސްވެ ސާހިލްއަށް ބަލައެއްވެސް ނުލިއެވެ.

“މިޝީ.. ވާހަކަ ނުދައްކާ ތިހެން އިނަކަސް އަހަރެންނަކަށް ނޭނގޭނެ ދޯ. ބުނެބަލަ، މައްސަލައަކީ ކޮބާތަ؟ އަހަރެންނަށް އަދި ފެންނަ ގޮތުގަ ތިއެއްޗެހި ރަނގަޅު. ޕްލީޒް، ވެގެންއުޅޭ ގޮތެއް ކިޔާދީބަ..” ސާހިލްގެ އަޑުގައި ހިސާބެއްގެ ހިތްހަމަނުޖެހުމެއް ވިއެވެ.

“އަހަރެން މިހަދާ ހިސާބުތަކުގައި މައްސަލައެއް ނޫޅޭ.” ދެންވެސް މިޝްޔާގެ ނަޒަރު ކޮމްޕިއުޓަރުން ވަތްކެއް ނުވެއެވެ.

“ދެން؟ ބުނީމައެއްނު އެނގޭނީ..” ސާހިލް ބުންޏެވެ.

“އަހަރެންގެ ހަޔާތުގައި މައްސަލަ އުޅެނީ..” ފުރަތަމަ ފަހަރަށް ސާހިލްއާއި ހަތަރުކަޅި ހަމަކޮށްލުމާއެކު މިޝްޔާ ބުންޏެވެ.

“ކޮންމައްސަލައެއް؟ އަރަތެއްހެން ވާހަކަދައްކަން އުޅޭ ދުވަހެއްތަ؟” މިޝްޔާގެ ގޮނޑި އޭނާއާ ވީފަރާތަށް އަނބުރާލަމުން ސާހިލް ބުންޏެވެ.

މިޝްޔާ އޭނާގެ މެއިލް ހުޅުވާލިއެވެ. އެންމެ މަތީގައި އިން މެއިލް ހުޅުވާލުމާއެކު އޭގައިހުރި ފޮޓޯތަކަށް ފިތާލިއެވެ. އެއާއެކު ސްކްރީނުން ފެނުނީ ސާހިލް ޝަފްނާގެ އަތުގައި ހިފާލައިގެން ހުރި ތަނެވެ. ސާހިލްގެ އަނެއްފަރާތުގައި މަންހަލް ހުއްޓެވެ. މިޝްޔާ ކީބޯޑުގެ ފިތަކަށް އޮބާލުމާއެކު އެކި އޭންގަލްތަކުން ނަގާފައި ހުރި ފޮޓޯތައް ފެނުނެވެ.

“މީގެ މާނައަކީ ކޮބާ؟” ސާހިލްއަށް ބަލަން އިނދެ މިޝްޔާ ބުނެލިއެވެ.

“މިޝްޔާ. އަހަންނަށް ކިޔާދެވިދާނެއޭ ވީގޮތް.” ވަގުތުން ސާހިލް ބުންޏެވެ.

“ބޭނުމެއްނޫން.” މިޝްޔާ ގޮނޑިން ތެދުވެގެން ބޭރަށް ދާން ހިނގައިގަތެވެ.

“މިޝީ.. އާދޭސްކޮށްފަ ބުނަން ތިހެން ނުދޭ. މިހުރިހާ ދުވަހު ވާހަކަދައްކައިގެން ހައްލުކުރި ގޮތަށް މިފަހަރުވެސް އެހެންހަދާން އާދޭ..” މިޝްޔާގެ ފަހަތުން އެކެބިން އިން ނިކުމެގެން ދަމުން ސާހިލް އާދޭސްކުރިއެވެ. އޮފީހުގެ މުވައްޒަފުންގެ ނަޒަރުވެސް އޭރު އެދެމީހުންނަށް އަމާޒުވެއްޖެއެވެ. އެކަމަކަށް ދެމީހުންގެ ފަރުވާލެއް ނެތެވެ.

“ސާހިލް. އަހަރެން ވަރުބަލިވެއްޖެ. ކެތްކޮށްކޮށް އަހަރެން ވަރުބަލިވެއްޖެ. އަހަރެންގެ މިހިތާ މިހަށިގަނޑު ވަރުބަލިވެއްޖެ..” މިޝްޔާގެ ދެލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ.

“މިޝްޔާ.. ތިހެން ނަހަދަބަލަ. އަހަރެމެންގެ ދެކުދިންނާމެދު ވިސްނާބަލަ. ހެޔޮނުވާނެ. އަހަރެންގެ ހިތަށް ލިބޭނެ ވޭނެއް މިޝްޔާއަކަށް ނޭނގޭތަ؟ ތިއީ އަހަރެންގެ ދުނިޔެ ކަމެއް ނޭނގޭތަ؟ މިޝްޔާ ތިގޮތަށް ދިޔައީމަ އަހަރެންގެ ދުނިޔެ ހުއްޓޭނެކަމެއް ނޭނގޭތަ؟” ސާހިލްގެ އަރުތެރެވެސް ބެދިއްޖެއެވެ.

“އަހަންނަކަށް މިހެނެއް ނޫޅެވޭނެ ދެން ސާހިލް.. އޭނާ ސާހިލްދެކެ އެހާ ލޯބިވާއިރު އޭނާއާއެކު ދިރިއުޅުމެއް ފަށާ. އެކުދިންނަށްވެސް ވިސްނޭނެ. ދެމީހުން ވަކިވިއަސް ކުދިންނަށް އެއްވެސް ކަމެއް އުނިވިޔަނުދީ ފުރިހަމަ ކޮށްދެވިދާނެއްނު.. ސާހިލްދެކެ ލޯބިވާ މީހަކާއެކު އުޅެން ފަސޭހަވާނެއްނު.. އޭރުން އަހަންނެއް ނުދާނަމޭ ސާހިލް ފަހަތުންނެއް، އަހަރެންގެ މީހަކަށް ވާށޭ ކިޔަމުންނެއް.” ގިސްލަމުން މިޝްޔާ ވާހަކަދެއްކިއެވެ.

“ސާހިލް.. އަހަރެން.. މިނިވަން ކޮށްދީ.” ލޮލުން އައި ކަރުނަތައް ފުހެމުން މިޝްޔާ އޮފީހުން ނިކުމެގެން ދިޔައީއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 44

Next

ޙައިރާންވީމެވެ.

Next
January 3, 2025

ޙައިރާންވީމެވެ.

Previews
January 3, 2025

ޙަޤީޤަތް ހޯދުމޭ 44

15 Comments!

  1. Aayaa Aayaa says:
    January 3, 2025 at 2:52 pm

    Salaam readers!
    V dhuvas kollafa vaahaka update kollevunyma ufaa vejje. Ehenvias vaahaka nerun lasvi kamahtakai maafah edhen!
    In sha Allah vaahaka liyevey avahakah neremun dhaanan.
    Inthizaaru kollavvaa!! 😊🤍

  2. Niu says:
    January 3, 2025 at 5:12 pm

    Woww varah varah furihama mi part vess
    Varah gina dhuvas thakehge inthizaarakah fahu vaahaka kiyaalan libuneethee varah bodah thank youu and hama thihaa busy koh ulhemun vess
    When’s next part??
    And btw is faheema and fareedha same person?
    Kureekolhuga saahil ge stepmother ge gothuga faheema aissa fahu baiga fareedha aima ahaalee…

    1. Aayaa Aayaa says:
      January 3, 2025 at 6:33 pm

      Ohhh yeahhhhh.. I read this part before posting but didn’t noticed 🤦🏻‍♀️
      Eii ekaku ingey.. Faheema eii step mom! Fahun fareedha liyevifa e iny olhumakun..
      Btw Thank you Niu 😊🤍

    2. Zozo! says:
      January 7, 2025 at 9:51 pm

      Hehe!

  3. Cutie girl says:
    January 3, 2025 at 5:23 pm

    It’s ok
    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Mannu and yazdhaan dhuru nukurachey
    Shayoo and jaavid gulhuvachey
    They all are made for each other
    Mannu haadha ufaavaane ey mannu bappa fenuneema
    V interesting story eh
    V kiyaala hithun kiyani
    I appreciate your hard work
    Happy new year
    V Gina dhuvaheh ge intizaaru kurin mi part ah
    Love you fav author

    1. Aayaa Aayaa says:
      January 3, 2025 at 6:36 pm

      Thank you Cutie girl! ʘ⁠‿⁠ʘ

  4. Someone says:
    January 3, 2025 at 6:01 pm

    Masha Allah Masha Allah varahhhhhh reeethiiiiii 🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷

    1. Aayaa Aayaa says:
      January 3, 2025 at 6:38 pm

      Thank you Someone! 😊🤍

  5. Repunzu says:
    January 6, 2025 at 3:16 pm

    Hey aayaa
    When is next
    Curiously waiting

  6. Repunzil says:
    January 6, 2025 at 3:16 pm

    Hey aayaa
    When is next
    Curiously waiting

    1. Aayaa Aayaa says:
      February 6, 2025 at 9:18 am

      Thank you Repunzil!
      Now uploaded to site!

  7. Repunzil says:
    January 25, 2025 at 11:10 pm

    Heh dear Aayaa
    Where is the next part
    It’s been so long 😭😭😭😭
    Plssssssss avahah dheh oi part genesdhybala plssssssss 😭😭🥺🥺🥺
    Curiously waiting
    I know it’s not good to say this but all the writers should consider this fact that even though they have some haters there are some reader who always hope that they will be able to read the next part as soon as possible…there will be some readers who dreams about what will happen next in the story … There will be some readers who curiously wait for the author to submit the story … Who check in every two minutes whether the story is upload or not ….
    So please if something has happened tell us … Although we don’t know each other we have a very close bond…even if you can’t say the actual reason just tell that you need time but you will be back ….
    I am not saying this to only Aayaa but to all the authors
    Anyhow hope to see you back in track Aayaa
    Lots of love 💕

    1. Aayaa Aayaa says:
      February 6, 2025 at 9:51 am

      Heyyyyy my dear Repunzillllll,
      I actually got tears from reading this beautiful comment (happy tears). I’m so happy to know that I’ve got readers who are keen to read my stories.
      The reason why I haven’t posted is because I’m preparing for my IGCSE and SSC exam. And I got no time to spare. I just want to focus on my study these days.
      Don’t worry dear, I won’t take a step back because of negative comments. In fact I will try to improve my writings.
      In sha Allah I will start posting regularly in the middle of June. Till then please wait! Thank you Repunzil.. ☺️🤍
      (“Keytheri kamuge meyva foni vaaneh”😉)
      35th part is submitted now. And Eid gift eh dheveythw balaanan In sha Allah!

  8. Mar yam says:
    January 29, 2025 at 9:04 am

    Kon irakn next partt???
    I can’t wait anymore. 😭

    1. Aayaa Aayaa says:
      February 6, 2025 at 9:21 am

      I’m genuinely sorry it took a long time to upload. But I was very busy those days and still am. Hope you understand me! ☺️❤️
      Thank you for your support!

Comments are closed.

Next Episodeއިންސާފް (ފަންސަތިރީސްވަނަ ބައި)←


All Right Reserved!