Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ތެތްތިރީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
December 18, 2024 6 Mins Read
11 Comments

“ތިއީ ސާހިލްތަ؟” އެބެންޗުގައި އިން ހުސްޖާގައެއްގައި އިށީންނަމުން އެމީހާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އެމީހާ މިފަހަރު ބޯ ޖަހާލީއެވެ. ދެލޯވެސް ހިސާބަކަށް ބޮޑުވެގެން ދިޔައެވެ.

“މިއީ ކާކުކަން އެނގިއްޖެތަ؟” ހީވަނީ އިންވެސްޓިގޭޝަން އަކަށް ގެންގޮސްފައި އިން މީހެއް ހެންނެވެ. ސުވާލަކަށް ފަހު ސުވާލެކެވެ.

“ތިއީ.. ތިއީ ހަމްދާންދޯ؟” ސާހިލްގެ ދެލޮލުން ވިދުމެއްގެ އަސަރު ފާޅުވާންހުއްޓެވެ.

“ހުމްމް. ތިއީ އެހެންވީމަ މިޝްޔާގެ ފިރިމީހާ ދޯ؟ އަހަރެން ސުކޫލު ދައުރުގެ ރަހުމަތްތެރިޔާ؟ އަހަރެން ހާދަ ހޯދީމޭ ސާހިލް..” ހަމްދާންގެ މޫނުމައްޗަށް ވެރިވީ އުޖާލާކަމެވެ. އޭނާ ސާހިލްގެ ގައިގައި ބައްދާލިއެވެ.

“އާނ. އަހަރެންގެ އަނބިމީހާއަކީ މިޝްޔާ.. ރާއްޖެ ދޫކޮށް އައުމާ ހިސާބަށްވެސް އަހަރެންގެ އެކުވެރިޔަކީ ހަމްދާން. އަހަރެންވެސް ހަމްދާން ހޯދަން ހާދަ މަސައްކަތެއް ކުރީމޭ..” ދެފަރާތަށް ބަލައިލަމުން ސާހިލް ބުނެލިއެވެ. ސާހިލްގެ މޫނުމައްޗަށް ވެރިވި އުޖާލާކަން ހިނދުކޮޅެއްގެ ތެރޭގައި ފިލާދިޔައެވެ.

“މަންހަލްގެ ޚަބަރެއް ވީތަ؟ ސާހިލް މީހަކާ އިނދެގެންތަ އުޅެނީ؟ ކިތައް ކުދިން ހުރޭތަ މިހާރު؟” ހަމްދާން މިފަހަރުކޮށްލި ސުވާލު ތަކުން ސާހިލްގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.

“ހަމްދާން.. އަހަރެން ކިހިނެއް މިޝްޔާއާ އެކުދިންގެ މަތިން ހަނދާން ނައްތާލާފަ އާ ދިރިއުޅުމެއް ފަށާނީ؟ އުމުރުދުވަހު އަހަރެން މަސައްކަތް ކުރިއަސް ނުވާނެ ކަމެއް ތިއީ.. އަހަރެންނަށް މަންހަލް ނުފެންނަތާ މިއަދަށް މިވީ ބަރާބަރު ބާރަ އަހަރު. އަހަރެންގެ ހިތަށް ހާދަ އަސަރުކުރެއޭ..” ސާހިލްގެ ދެލޮލުން އައި ކަރުނަތައް ފުހެލަމުން ބުނެލިއެވެ.

“ދެރަނުވޭ.. އިރާދަކުރެއްވިއްޔާ އެމަންޖެ ފެންނާނެ. މިޝްޔާއަށް އިންސާފުވެސް ލިބޭނެ..” ސާހިލްގެ ކޮނޑުގައި އަތް ބާއްވާލަމުން ހަމްދާން ބުނެލިއެވެ. އޭރު ހަމްދާންގެ ލޮލުގައިވެސް ކަރުނަތައް ބޮނޑިވެފައި ހުއްޓެވެ. ދެތިން ފަހަރު އެސްފިޔަތައް ތަޅުވާލަމުން އޭނާ އެކަރުނަތައް ހިންދާލިއެވެ.

“އަސްލު ހަގީގަތުގަ ހަމްދާން ފެނުނީމަ އަހަރެންގެ ހިތުގައި އެކަމަށްޓަކައި އޮތް އުންމީދު ބޮޑުވެއްޖެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ދެން..” ސާހިލް ބުނެލީ ނުގުޑާފަދަ ޢަޒުމެއްގައެވެ.

“ހިނގާ އަހަރެންގެ ގެއަށް ދާން. ސާހިލްއަށް ދައްކަން ޖެހޭ ވަރަށް މުހިންމު އެއްޗެހިތަކެއް އަހަރެންގެ އަތުގައި ވެއްޖެ..” ބެންޗުން ތެދުވެލަމުން ހަމްދާން ބުނެލިއެވެ. ހަމްދާންގެ ފަހަތުން ސާހިލްވެސް ތެދުވިއެވެ. ދެމީހުން އެއްވަރަކަށް ހިނގަމުން ގޮސް ޕާކުތެރެއިން ނުކުތެވެ.

ދަންވަރުގެ ވަގުތު ބައްޕައާއި ޒުވާބުކޮށްފައި ލިއާމް ބޭރަށް ނިކުމެގެން އައީ ހިތްހަމަ ނުޖެހުން ވަރުންނެވެ. އެރޭގެ ބާކީބައި މަގުތަކުގައި ކާރު ދުއްވަން އުޅުމަށްފަހު ހެނދުނު ވުމުން ގެ ކައިރީގައި ހުރި ޕާކަށް އައީ ބައްޕަ އޮފީހަށް ދިޔައީމާ ނޫނީ ގެއަށް ވަންނަން ބޭނުންނުވެގެންނެވެ. ނިންޖާޖެހި ހާފުރެމުން އޭނާ ކާރުގެ ދޮރު ހުޅުވާލުމަށްފަހު ނުކުތް ވަގުތު ފެނުން މަންޒަރުން ހުއްޓުން އަރައިފިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއިރު ނިދިވެސް ފިލާގޮސްފިއެވެ. ބާރު ހިނގުމެއްގައި އޭނާ ހިނގައިގަތީ މަގުގެ އަނެއްފަރާތުގައި އޮތް ކާރާދިމާއަށް ދަމުންދިޔަ ދެފިރިހެނުންގެ ގާތަށެވެ.

“ހޭއި. ސްޓޮޕް. ނައު!” ވަކިހިސާބަކުން ފިޔަވަޅުތައް ހަލުވިކޮށް ދުއްވައިގަންނަމުން އޭނާ ބާރަށް ގޮވާލިއެވެ. ހަމްދާންއާއި ސާހިލް ފަސްއެނބުރި ބަލައިލިއެވެ.

“އަވަސް. އަވަސް..” ހަމްދާންގެ ހިތް ސިކުންތުކޮޅަކަށް މަޑުޖެހިލިފަދަ އިހުސާސެއް ކުރެވުނެވެ. ސާހިލްގާތު އަވަހަށް ކާރަށް އަރަން އެދެމުން އޭނާ ހަރަކާތްތައް އަވަސްކުރިއެވެ. ލިއާމްއަށް އެކާރާއި ހިސާބަށް ދެވުނުއިރު ހަމްދާން އާއި ސާހިލް ކާރަށް އަރާ ދޮރު ލައްޕާލައިފިއެވެ. ފަހަތު ސީޓުގެ ބިއްލޫރިގަނޑުގައި އަތުން ޖަހާލަމުން އޭނާ އެނބުރި ދުއްވައިގަތީ އޭނާގެ ކާރާއި ދިމާއަށެވެ.

“އޭނާ އެބަ އާދޭ ފަހަތުން.” ސާހިލް އިނީ އެއްއަރިއަކަށް އެނބުރި ފަހަތް ބަލާށެވެ.

“އާންސާ އިޓް، ޝަފްނާ.. ކަމްއޯން. އައި ހޭވް ދަ ބެސްޓް ނިއުސް ފޯ ޔޫ.” އޭނާގެ ކަންފަތަށް ހެޑްސެޓް ޖަހަމުން ލިއާމް ކިޔާލިއެވެ. ރާއްޖެއަށް އަދި އިރު ނާރާނެކަން އޭނާއަށް ޔަގީންވެއެވެ. އެހެނަސް އެނާއަށް ލިބިފައިވީ އުފާވެރި ޚަބަރު ޝަފްނާއަށް ދިނުމަށް ކެތްމަދުވެފައިވިއެވެ. ރިންގުވުމަށްފަހު ފޯނު ކެނޑޭއިރު އޭނާ އަނެއްކާވެސް ގުޅަން ފަށައެވެ.

“ހޭއި ޝަފް. ގުޑް މޯނިން. ސާހިލް އެންޑް ހަމްދާން އިޒް ހިއަރ..” ފަނަރަވަނަ ފަހަރަށް ފޯނު ކުރިއިރަށް ޝަފްނާ އެއަށް ޖަވާބުދީފިއެވެ.

“އާ ޔޫ ސީރިއަސް؟” އޭނާ ނިދާފައި ހޭލީ ދެންމެކަން އެއަޑުން ދެނެގަންނަން އެނގެއެވެ.

“ޔެސް. ބަލާބަ، އަހަރެންގެ ކާރުގެ ކުރީގައި މިއޮތީ އެދެމީހުން ތިބ ކާރު..!” ނުހަނު ޔަގީންކަމާއެކު ލިއާމް ބުންޏެވެ.

“އޭނާ ހޯދާފަ އަހަރެންނަށް ގުޅައްޗޭ. ވީ އެންމެއަވަހަކަށް. އޭގެކުރިން ވެހިކަލް ނަންބަރ އަހަރެންނަށް ފޮނުވަދޭތި.” ޝަފްނާގެ އަޑުގައި އުފާވެރިކަންވިއެވެ. އެތައް އަހަރެއްގެ ދިގު އިންތިޒާރުގެ ނިމުން އައީއޭ އޭނާގެ ހިތް ބުންޏެވެ.

“އޯކޭ.” ފޯނު ކަނޑާލުމަށްފަހު ލިއާމް އޭނާގެ ސަމާލުކަން ކުރިމަތީގައި އޮތް ކާރަށް ހުސްކުރިއެވެ.

އޭނާ ހީކުރި ވަރަށްވުރެ ހަމްދާން ކާރު ދުއްވަން މޮޅެވެ. ދެ އުޅަނދު ދޭތެރެއިން ދެމިގަންނަނީ ފަރިތަކަމާއެކުއެވެ. ތިރީހަކަށް މިނެޓުވަންދެން ބެންކޮކްގެ މަގުތަކުގައި ހަމްދާން އެކިގޮތްގޮތަށް ދުއްވިއެވެ. ވަކި ހިސާބަކުން އޭނާގެ ކާރުގެ ތެޔޮ ހުސްވާ ކަމުގެ އެލާމް އަޅަން ފަށައިފިއެވެ. ނުހަނު ކައިރިން ގޭސް ސްޓޭޝަންއެއް އޭނާއަށް ފެނުނެވެ. ދެވަނަ ސިކުންތު އޭނާއަށް ފާހަގަވީ ހަމްދާންގެ ކާރުގެ މިސްރާބުހުރީ ކުރިމަތީގައި އޮތް ބްރިޖަށް ކަމެވެ. އަނގައިން ހުތުރު ބަސްތަކެއް ކިޔާލުމަށްފަހު ހުންގާނުގައި ދެތިން ފަހަރަކު ޖަހާލެވުނީ އެހެންވެއެވެ.

“އަހަރެންގެ ލޮލު ކުރިމަތިން ތިމީހުން މިއަދަކު ނުއެއް ގެއްލޭނެ..” ރުޅިއައި ހިނދު އަމިއްލަ ނަފްސާ ލިއާމް ވާހަކަދެއްކިއެވެ. އޭނާ ކާރުގެ ސްޕީޑް ބާރުކޮށްލިއެވެ. ނިޔަތަކަށްވީ ހަމްދާންގެ ކާރުގައި ޖެއްސުމެވެ. އެކާރާ ނުހަނު ކައިރިވެފައި ވަނިކޮށް އެދޭތެރެއަށް ހުރަސްވީ ސައިކަލެކެވެ. ބާރު ސްޕީޑްގައި ދިޔަ ކާރު ސައިކަލުގައި ޖެހުނީއެވެ. ސައިކަލު ދުއްވަން އިން މީހާ ވިއްސައިގެން އައިސް ޖެހުނީ ކާރުގެ ކުރިމަތީ ބިއްލޫރިގަނޑުގައެވެ. ލިއާމްގެ ބޯ ޖެހުނީ ހުންގާނުގައެވެ. ނުހަނު ހާލުން އޭނާއަށްވީ އެންމެ އަވަހަކަށް ލިއާމް ހިންދެމިލިއެވެ. ފުސްބުރާފައިވީ ދެލޮލުން އޭނާއަށް ފެނުނީ އަތުގައި ޖެހުނު ލޭތިކިތަކެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލުމަށްފަހު އޭނާ ކުރިމައްޗަށް ނަޒަރު ހިންގާލިވަގުތު ހަމްދާންގެ ކާރު ހުއްޓުމެއްނެތި ކުރިއަށް ދިޔަ މަންޒަރު އޭނާއަށް ފެނުނެވެ. ނިތްކުރިން ތަދުވަމުން ދިޔަ ހިސާބުގައި އަތް ޖައްސާލުމަށްފަހު ހަޅެއް ލަވައިގަނެވުނީ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނު ވަރުންނެވެ.

އެދަތުރު ފެށިފަހުން ފުރަތަމަ ފަހަރަށް ސާހިލް ކުރިއަށް އެނބުރިލުމަށްފަހު ސީޓުގައި ހަމަޖެހިލިއެވެ. ނިކަން ފުންކޮށް ދެތިން ނޭވާ ދޫކޮށްލުމަށްފަހު މާތްﷲއަށް ޙަމްދުކުރިއެވެ.

“ލިއާމް އެނގޭތަ؟ ސާހިލް މިކޮޅަށް އައިތާ ކައިރީގައި އޭނާ ގޭންގަށްވަނީ. ލިއާމް މިކޮޅަށް އައިސްގެން އުޅޭތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެދާނެ. އަހަރެން އުޅޭ ގެ ހޯދައިގެން އައީ އެއްރެއަކު. ޝަފްނާވެސް އޭނާއާއެކު ހުރި.” ހަމްދާން ފަހު ޖުމްލަތައް ބުނެލިއިރު އޭނާގެ އަޑު ފުދޭވަރަކަށް މަޑުވެއްޖެއެވެ. އޭނާގެ ނަޒަރު ސާހިލްގެ މޫނަށް ދަތުރުކުރިއެވެ.

“ލޮތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންކަން އޭނާއަށް އަދިވެސް ނުވިސްނެނީތަ؟” ސާހިލްގެ އަޑުގައި ޝަކުވާވިއެވެ. ތުންފިއްތާލަމުން ސުހައިލް އަނެއްކާވެސް ވާހަކަކުރިއަށް ގެންދިޔައެވެ.

“ދެން އެމީހުން އައިސް އަހަނީ ސާހިލް ކޮބައި ހެއްޔޯ؟ ދެން މަ ބުނެފިން މަށަކަށް ނޭނގެޔޭ.. ބުނީމަ ބުނީ ނުވާނެޔޯ އެހެނެއް. މަށަށް އެނގޭނެޔޯ. އޭނާއަށް ފެނުނޯ ސާހިލް މިތާ މަގެއްގެ މަތިން. އެމީހުން އެރޭ ދިޔައީމަ އޭގެ އަނެއްދުވަހު އަހަރެން އެއިމާރާތުން ނިކުމެއްޖެއިން. މިހާރު މިއުޅެނީ ތަންކޮޅެއް ދުރުގައި ހުންނަ އެކަހެރި ހިސާބެއްގެ އާދައިގެ ގެއެއް ހިފައިގެން. އެފަހުން އަހަރެން ސާހިލް ފެނޭތޯ ކޮންމެ ދުވަހަކުވެސް މިހިސާބުގަނޑުގައި ހިނގަން..”

“އެހެންތަ؟ ތަންކޮޅެއް ކުރިން ދުވަހަކު އަހަރެންނަށް ލިއާމް ފެނުނީ މިތަނުގައި ހުރި ފިހާރައެއް ކައިރިން. އެނގިއްޖެ އޭނާއަށް އަހަރެން ފެނިއްޖެއްޔާ ސަލާމަތް ނުވެވޭނެކަން. ދެން ހުއްޓާ ކުއްލިއަކަށް އޭނަ އަހަރެންނަށް ބަލައިލީ. ވަގުތުން އެފިހާރައަށް ވަނީ.. އޭނާ އަހަރެން ފަހަތުން އައީ ހަމަ ފެނުން އިރަށް.. ދެން އެފިހާރައިން ގަމީސް ބަދަލުކޮށްފަ ތޮތްޕެއް އަޅައިގެން ނިކުތީ. އޭނާއަށް ފަހުން އަހަރެން ފާހަގައެއް ނުކުރެވުނު.” ސާހިލްއަށް އެދުވަހު ލިއާމް ފެނުނުގޮތް ކިޔައިދިނެވެ.

“މިތާ ހުއްޓަސް އެމީހުންގެ ޚަބަރު ހޯދަންދޯ!” ހިނިއައިސްފައި ހަމްދާން ބުންޏެވެ.

“ފުލުސް ކުއްޖެއް.” އެވަރުން ސާހިލް ފުއްދާލީއެވެ. އޭނާގެ އިތުރު ތަފްސީލެއް ނުދިނެވެ.

“ނުހައިކް ކޮބާ؟” ހަމްދާން ސުވާލުކުރިއެވެ. ދަރިއެއް ނުލިބި އޭނާއާއި މައިރާ ހޭދަކުރި ހިތްދަތި ދުވަސްތަކަށް ކުޑަވެސް ދިރުމެއް ގެނެސްދިނީ ތުއްތު ނުހައިކްއެވެ. އޭނާއަށް ފުރަތަމަ ބޮޑުބޭބެކިއީ ދަރިފުޅެވެ.

“މިހާރު ޔުނިވާސިޓީއަށް ދާން އުޅޭނީ. އޭނާ އެއީ މާއަވަހަށް ޔުނިވާސިޓީއަށް ދާ މީހެއް. އަނެއްކޮޅުން އިރުއޮއްސެން ގާތްވާ އިރަށް ގެއަށް އަންނާނީ. ދެން އަނެއްކާވެސް އުޅޭނީ ކިޔެވުމައިގެން. އޭނާ އުޅޭ ގޮތުން ހަމަ މިޝްޔާ ސިފަވަނީ. ހެހެ.. ކިޔެވުމަށް ފޯރިހުންނާތީ.” އަތުކުރީ ގަޑިއަށް ބަލައިލާފައި ސާހިލް ބުންޏެވެ.

“ކޮން އެއްޗެއް އެކިޔަވަނީ؟” ހަމްދާން އިނީ އެނގެން ބޭނުންވެފައެވެ.

“ވަކީލުކަން. އަހަރެން އޭނާއަށް މަޖުބޫރުކޮށްގެންވެސް ގާނޫނު ކިޔަވައިދޭން ބޭނުންވީ. ނަސީބަކުން އޭނާ އަމިއްލައަށް ބުނެފި ތިމަންނަ ވާނީ ލޯޔަރަކަށޭ.” ލުއި ހީލުމަކާއެކު ސާހިލް ކިޔައިދިނެވެ.

“ދެބަފައިންގެ ގުޅުން ރަނގަޅުތަ؟ ނޫނީ މަންހަލް މަތިން ހަނދާންވަނީތަ؟” ހަމްދާން ސުވާލުކުރިއެވެ. ސާހިލްގެ އަޑުގައި އުފާވެރިކަމެއް ނެތްކަން އޭނާ ދެނެގަތެވެ.

“ކަންކަމާ ކުރިމަތިނުލާ ދުނިޔެއަށް ފިލުމަކީ ހައްލެއް ނޫން ދޯ؟ މިހާރު ހިތަށް އަރަނީ ވީހާވެސް އަވަހަކަށް މަންހަލްގެ ގާތަށް ދާން. އޭނާގެ ގާތުން މާފަށް އެދެން. އެންމެ ރަނގަޅު ބައްޕައަކަށް އަހަރެންނަކަށް ނުވެވުނުތާ. އަހަރެން މިހާރު ހިތަށްއަރާ އެދުވަހު އަހަރެންނަށް އެހެން ނެހެދުނުނަމައޭ. ފަހަރެއްގައި…..” ނިތުގައި އަތް އުނގުޅާލާފައި ސާހިލް ބުންޏެވެ. ދައްކަމުންދިޔަ ވާހަކަ ހުއްޓާލާފައި އޭނާ ދެންފެށީ އެހެން ވާހަކައެކެވެ. “އަހަރެންނަށް ގެއްލުނީ އެންމެ ދަރިއެއް ނޫން. މަންހަލް ގޮތަށް ނުހައިކްވެސް ގެއްލިދާނެކަމުގެ ބިރަށްޓަކައި އޭނާ ގޮވައިގެން މިކޮޅަށް އައީ. އެކަމަކު އާޚިރުގައި އަހަންނަށް އޭނާވެސް ގެއްލިއްޖެ.”

“ހުރިހާކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށް. ސާހިލް ކަންތައްކުރީ ސާހިލްއަށް އެވަގުތު ކަންތައްކުރަން ފެނުނު އެންމެ ރަނގަޅު ގޮތަށް.” ހަމްދާން އެކުވެރިޔާއަށް ހިތްވަރު ލައިދިނެވެ.

ހަމްދާން މިހާރު އުޅެމުންދިޔަ ގެއަށް އާދެވުނެވެ. ކާރުން ފައިބައިގެން ދެމީހުން އެކުގައި ގެއަށް ވަންނަން އައެވެ. ހަމްދާން ތަޅުދަނޑިން ގޭގެ ދޮރު ހުޅުވާލުމަށްފަހު ސާހިލް ވަނުމަށް ތަންދެއްކިއެވެ. ކަނާއަތް ފަރާތުން ފެންނަން ހުރި ވަކި ދެސޯފާ ގޮނޑިއަށް އިޝާރާތްކޮށް އެތަނުގައި އިށީނުމަށް ހަމްދާން ދައުވަތު ދިނެވެ. މިއަންނަނީކަމަށް ބުނެ ހަމްދާންވަނީ އެސިޓިންރޫމުގެ ދޮރުމަތީ ހުރި ކޮޓަރިއަށެވެ. ވަށައިގެން ނަޒަރު ހިންގާލެވުނު ހިނދު ތަނުގެ ހުސްކަން ސާހިލްއަށް ފާހަގަވިއެވެ. އެންމެ ކުޑަމިނުން ފަންކާއެއްވެސް އެތަނުގައެއް ނެތެވެ. އިސްތިރިކުރާ މޭޒަކާއި ދެސޯފާގެ އިތުރުން ކުޑަ މޭޒަކާއި ގޮނޑިއެއް އެތަނުގައި ހުއްޓެވެ. އެއީ ކާތަންކަމަށް ސާހިލްއަށް ލަފާކުރެވުނެވެ.

އިރުކޮޅެއް ފަހުން ހަމްދާން ނިކުމެގެން އައިއިރު އޭނާގެ އަތުގައި ލެޕްޓޮޕަކާއި ޕެންޑްރައިވްއެއް އޮތެވެ. ސާހިލް ބަލަން އިންދާ އޭނާ އައިސް ޖެހިގެން ހުރި ސޯފާގައި އިށީނދެ ޕެންޑްރައިވް ލެޕްޓޮޕަށް ޖެހިއެވެ. އިރުކޮޅެއް ފަހުން އޭނާ ލެޕްޓޮޕް ނަގާ ބާއްވާލީ ސާހިލްގެ އުނގުގައެވެ. އޭގެ އިސްކުރީނުން އެވަގުތު ފެންނަމުން ދިޔައީ ވީޑިއޯ ފައިލްއެކެވެ. ފަސްޖެހިފައި އިނދެވެސް ހަމްދާން އެވީޑިއޯ ޕްލޭކޮށްލިއެވެ. އެވީޑިއޯ ޕްލޭވުމާއެކު އެއީ ސީސީޓީވީ ކެމެރާގެ ފުޓޭޖްއެއްކަން ސާހިލްއަށް އެނގިއްޖެއެވެ.

މަގުގެ އެއްފަރާތު ޒިބްރާ ކްރޮސްކައިރީގައި ހުރި އަންހެން މީހާ ސާހިލްގެ ލޮލުގައި އަޅައިގަތެވެ. ހިންދިރުވާލުމާއެކު އޭނާ ހިނިތުންވެލިއެވެ. ހިނގާމީހުންނަށް ފެހިބޮކި ދިއްލުމާއެކު އޭނާ ހިނގައިގަތެވެ. އޭނާއަށް މަގުގެ މެދާ ހިސާބަށް ދެވުނުތަނާހެން ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރުގައި ޖެހި އޭނާ ވިއްސައިގެން ގޮސްފިއެވެ. ދެލޯ މަރާލުމާއެކު ސާހިލް ވީޑިއޯ ޕޯޒްކޮށްލިއެވެ. ސާހިލްއަށް ވީގޮތްފެނި ހަމްދާން އަވަހަށް ކަނާއަތް ފަރާތު ފިތަށް އޮބާލިއެވެ. މިފަހަރު ފެނުނީ އަންހެން މީހާގެ ކައިރިއަށް އެހެންމީހުން ޖަމާވެގެން އުޅޭ މަންޒަރެވެ. ޖެހިގެން އިން ފޮޓޮއަށް ހަމްދާން ބަދަލުކޮށްލިއެވެ. އޭގެއިން ފެންނަނީ ކާރުން ދެމީހުން ފައިބާ މަންޒަރެވެ. އަނެއް ފޮޓޮއަށް ބަދަލުކޮށްލިއެވެ. ދެމީހުން އެކުގައި މަގަށް ވެއްޓިފައި އޮތް އަންހެން މީހާއަށް ބަލަން ހުރެއެވެ. ހަމްދާން ދެން ދެއްކި ފޮޓޮއިން ފެންނަނީ އެދެމީހުންގެ މޫނު ޒުމް ކުރެވިފައިވާތަނެވެ.

“ޝަފްނާ..” ސާހިލްއަށް ކިޔާލެވުނެވެ. ކުއްލި ހަރަކާތަކާއެކު އޭނާ ހަމްދާންގެ އުނގުގައި ލެޕްޓޮޕް ބޭއްވިއެވެ. ދިގު ފިޔަވަޅުތަކެއްގައި އޭނާ ހިނގައިގަތީ ބޭރަށް ނިކުންނާށެވެ.

“ސާހިލް؟” ހަމްދާން ކޮޅަށް ތެދުވެފައި ގޮވާލިއެވެ. އަތުގެ އިޝާރާތުން ނާންނާށޭ ސާހިލް ބުންޏެވެ. “އެންމެ ރަނގަޅު. އެކަމަކު އަންނަން ވާނެ ގަޑިއިރެއް ތެރޭގައި.”

ހަމްދާންގެ ގެއިން ނިކުމެ ސާހިލް މަގުގެ ދެފަރާތް ބަލައިލިއެވެ. އެވަގުތު މީހެއް ނެތް ފަރާތަށް އޭނާ ހިނގައިގަތެވެ. އޭރު ސާހިލްގެ އެސްފިޔަތައް ތެމިފައިވިއެވެ. މަންޒިލެއް ނެތް ދަތުރުވެރިއެއް ފަދައިން އޭނާ މަގުގެ ސީދަލަށް ހިނގާފައި ދިޔައެވެ. އެމަގުގެ ކޮޅަށް ދެވުމާއެކު އޭނާ ދެފަރާތް ބަލައިލިއެވެ. މަގުގެ އެއްކޮޅުން ފެންނަން އޮތީ ގޮނޑުދޮށެކެވެ. ސާހިލް ހިނގައިގަތީ އެދިމާއަށެވެ. ގޮނޑުދޮށަށް ފޭބުމާއެކު ފެނުނު ފާލަމާއި ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. އެފާލަމުގެ އެންމެ ކޮޅަށް ދެވުމާއެކު އޭނާ ތިރިއަށް ދެފައި ބާލާ ފާލަމުގައި އިށީނެވެ. އެހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭނާގެ ދެލޮލުން ފައިބައިގަތީ އެހިނދުގައެވެ. ވޭނީ ގިސްލުމުގެ އަޑު ކަނޑުގެ ބާނިތަކުގެ އަޑާއި އެކުވެ ހިނދިގެން ދަނީއެވެ. ރުއިމުގެ ތެރެއިން މަޑު އާހުތަކެއް އޭނާގެ އަނގައިން ބޭރުވެއެވެ. އޭނާގެ މޭގައި ފިރުމަންފެށީ ލިބިފައިވީ ވޭނަށް ކެތްކުރަން ދަތިވެގެން އުޅޭ ފަދައަކުންނެވެ.

“މިޝްޔާ.. ކީއްވެ އަހަރެން ދޫކޮށްފަ ދިޔައީ؟ އާދެބަލަ އަހަރެންގެ ގާތަށް. ބުނެބަލަ ސާހިލް ނުރޯށޭ، އަހަރެން މިހުރީ ސާހިލްއާއެކުއޭ.” ގިސްލުމުގެ ތެރެއިން އޭނާގެ ހިތުގެ ޝަކުވާތައް ބޭރުކުރިއެވެ.

ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮރުވަން މޫނުގައި ދެއަތް އަޅާލުމާއެކު އޭނާގެ ލޯ ކުރިމަތިން ފެންނަން ފެށީ ކަޅާހުދުގެ މަންޒަރުތަކެވެ. އެއާއެކު އޭނާއަށް ސިފަވެގެން ދިޔައީ އޭނާގެ އުފާވެރި އަދި ހިތާމަވެރި އެތައް ހަނދާންތަކެއް އެކުވެފައިވީ މާޒީއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

އިންސާފު ލިބޭނެބާ – 05

Next

ގަނޑުވަރު ތެރެއިން ދެ ހިތެއްގެ ނިމުން… (ޓްރެއިލާ)

Next
December 18, 2024

ގަނޑުވަރު ތެރެއިން ދެ ހިތެއްގެ ނިމުން… (ޓްރެއިލާ)

Previews
December 18, 2024

އިންސާފު ލިބޭނެބާ – 05

11 Comments!

  1. Aayaa Aayaa says:
    December 18, 2024 at 12:03 pm

    Assalamu Alaikum readers. I’m genuinely sorry for the delay. I was up to my ears last week! In Sha Allah I’ll write more parts this vacation, and hopefully I’ll be able to share more parts a week!
    Enjoy reading and leave a comment!
    Have a nice day! 。⁠◕⁠‿⁠◕⁠。

  2. Naikko says:
    December 18, 2024 at 12:06 pm

    Alheyyyyyy……….
    Mi bai kiyaafa rovijje 😭😭😭😭
    Mi part ves v reethi
    Dhen oiy bai ves V avahah kiyaalan libeyne kamah unmeedhu kuran

    1. Aayaa Aayaa says:
      December 19, 2024 at 12:23 pm

      Thank you Naikko! 😊🤍

  3. Cutie girl says:
    December 18, 2024 at 2:35 pm

    Mi part ves v reethi masha Allah
    Mi part kiyaafa rovijje
    Curiously waiting for the next part
    Keep it up
    Mannu and yazdhaan dhuru nukurachey
    They both are made for each other
    Jaavid and shayoo ves
    Mannu haadha ufaavaane ey mannu dad fenuneema
    V interesting story eh
    V kiyaala hithun kiyani
    I appreciate your hard work
    Love you fav author

    1. Aayaa Aayaa says:
      December 19, 2024 at 12:25 pm

      Thank you Cutie girl! Yessss she’s going to be very happy…

  4. Repunzil says:
    December 18, 2024 at 6:36 pm

    Vv reethi
    Manhal and yazdhaan ge romantic moments thah ginakohlaba plsss 🥺
    They are so cute together 😍😍😍

    1. Aayaa Aayaa says:
      December 19, 2024 at 12:28 pm

      Thank you Repunzil! 😊🤍 Ekamaku dhen 2/3 parts fahun yazdhaan & manhal ge story eh kiyalan libeyny..

  5. Repunzil says:
    December 30, 2024 at 9:09 pm

    Where is the next part aayaa
    Plssssssss avahah up koh bala
    Can’t wait to read it

    1. Aayaa Aayaa says:
      January 2, 2025 at 8:45 pm

      Mihaaru site h fonuvafa innaany..
      Aslu alhugandu hykury chutty v ma free vaguthu libeyne kamah. Vaahakaige aa baithah liyefa, nimumaka gaathah liyeveyne kamah unmeedhu kurin. Ekamaku mi faharu kan dhimaakuri gothun v v v busy koh ulhuny. Mi week ga ulhen jehuny homeworks nimmeythw.
      Anyways, In Sha Allah vaahakaige aa baeh thikudhinnah avahah kiyalan libeyne! Mirey noony maadhamaa kamah balama dw..
      Good night! 🌜💤

  6. Niu says:
    January 1, 2025 at 2:54 pm

    When’s the next part?
    Hama nuhurevigen ahaalevunee…
    Alhe sooo soo curious!!!

    1. Aayaa Aayaa says:
      January 2, 2025 at 8:47 pm

      Niu, dhen eha dhigu inthizaareh kuraakah nujeheyne In Sha Allah! 😉

Comments are closed.

Next Episodeއިންސާފް (ސައުރަތިރީސްވަނަ ބައި)←


All Right Reserved!