ދެވަނަބައި މިސްކިތުން ފައިބައިގެން އެންމެން ދިޔައިރުވެސް ހައިފާ ނުނެރެއެވެ. *** ހެޔޮހާލުގައި ނުވަމަހާއި ނުވަދުސްކޮށްފައި ހައިފާ ލޯބިލޯބި އަންހެން ކުއްޖެއް ވިހެއެވެ. ލޯބިކަމުން އެންމެންވެސް ފުށްގަނޑެއްހެން މޮޑެލާހިތްވާހައި ލޯތްބެވެ. ކުޑަކުޑަ ލޮލަކާއި ކުޑަކުޑަ ނޭފަތަކާއި ލޯބި ތުންފަތް ކޮޅެކެވެ. ހީވަނީ ހައިފާގެ ހުރިހާ ރީތިކަމެއް ހުސްކޮށްގެން އޮތް ކުޑަކުޑަ ޕަރީ އެއްހެންނެވެ. ކުޑަ ދަރިފުޅު އުރާލި ވަގުތު ނޫހުގެ ލޮލުން ކަރުނަ އައެވެ. އެންމެން ވެސް ތިބީ އެދެބަފައިންނަށް ބަލަހައްޓައިގެން އުފާވެފައެވެ. *** ގޭތެރެއިން އިވެނީ ކުޑަކުދިން […]
އިރުކޮޅެއް ފަހުން ދެން ފެށިގެން ކުރިއަށް ދިޔައީ ކައިވެނީގެ އުފަލުގައި ބާއްވާ ވަލީމާ އެވެ. ދެޖޯޑު ގޮސް މަޑު ކޮށްލީ ދެ ސްޓޭޖް ގައެވެ. އައިނާ އާއި ހިޝާން އަތުގުޅުވާލައިގެން ތިބި އިރު ހީވަނީ ދުވަހަކުވެސް އެއަތުން ދޫނުކުރަން ތިބިހެންނެވެ. އެދެމީހުންގެ މޫނުމަތީގައިވި ހިނިތުންވުމުން ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އެދެމީހުންގެ އުނގައް ޖަމާވެފައިވާ ހެންނެވެ. އެތައް އަޑި ގުޑަންތަކާއި އެތައް ހިތާމައަކާއި އެތައް ހުރަސް ތަކަކާއި އެކުވެސް މިއަދު އެދެމީހުން އެތިބީ ގުޅި ލާމެހިފައެވެ. އައިނާ […]
އައްސަލާމް އަލައިކުމް.. މިއީ އަޅުގަނޑުގެ ފަސްވަނަ ވާހަކަ ސިލްސިލާ “ލޯބިވާވަރު އަންގަދޭހިތްވޭ” އަށް ފަހު ނެރޭނެ އަޅުގަނޑު ހަވަނަ ވާހަކަ ސިލްސިލާ އެވެ. އައިނާ ސީޒަން އެކަކާކާއި ދޭކައްފަހު އަޅުގަނޑު މިވަނީ ބައެއް ކިޔުންތެރިން އެދިވަޑައިގެންނެވިގޮތައް އައިނާގެ ތިންވަނަ ސީޒަނެއްވެސް ނެރެން ގަސްތުކޮށްފައެވެ. ކުރިން އަޅުގަނޑު ލިޔުނު ވާހަކަ ތަކަށްވުރެ ބޮޑު ތަރުހީބެއް އަޅުގަނޑުގެ އާވާހަކަ ސިލްސިލާ، އައިނާ ސީޒަން ތިނަކަށް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ. މިވާހަކައަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލައް ބިނާކޮށް ލިޔެފައިވާ މުޅިން […]
މަރިއަމް އަކީ އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެކެވެ. މަރިއަމް ހިނގާއިރުގައި ޖެހޭ ކޮރަކީ މަރިއަމް އެންމެ ކުޑައިރުއްސުރެއް ހިނގާއިރުގައި ހުންނަ އައިބެކެވެ. މިކަމުގެ ސަބަބުން ސްކޫލުގައި މަރިއަމް އާއި ދިމާކޮށް މަލާމާތތައް ރައްދު ވެއެވެ. އަދި މިކަމާ މަރިއަމް ދެރަވެ، ހިތްދަތި ވެއެވެ. އާދުވަހެކެވެ. މަރިއަމް އާދައިގެ ހިނގުމެއްގައި ކުލާސްރޫމަށް މިސްރާބުޖެހިއެވެ. މިތަން ލޮލުގައި އަޅައިގަތީ، މަރިއަމް އާއި އެއްކުލާހެއްގައި ކިޔަވާ އައިޝާ އަށެވެ. “އަނހަ.. މިއޮއް ދަނީ އެއްކަލަ ކޮރު މަރީ.. ހަހަހަ” އައިޗާ މަރިއަމް […]
ނުވަވަނަބައި “ވަސީލް..” ފާހަނައިން ނިކުތް ވަސީލް އަށް އެނދުމަތީގައި އިން ލިއުޝާ ގޮވާލިއެވެ. “ކީކޭ ލިއު.. ހާދަ ހީވެއޭ ވާހަކަ އެއް ބުނަން އުޅޭހެން..” ލިއުޝާގެ މިޒާޖު ހިތުދަސްކޮށްގެން އިން ވަސީލް ބުނެލިއެވެ. “މިކައިވެނި ހުއްޓުވަންވީނު..؟” ދެއަތް މޮޑެމުން ލިއުޝާ ބުނެލިއެވެ. *** “ނޫން..” ލިއުޝާ އަށް ބުނެވުނު ކަމެއް ނޭނގެއެވެ. ސިކުންތެކެ ތެރޭގައި ޖަވާބު އައި ގޮތުން ލިއުޝާ ހައިރާންވިއެވެ. ވަސީލްގެ އަތުގައި އޮތް ތުވާލިވެސް ބިންމައްޗައް ވެއްޓުނެވެ. އޭތި ނަގަމުން ވަސީލް ލިއުޝާ އާއި […]
އަށްވަނަބައި ކަޅުފޮއެ ރެއެކެވެ. އުޑުގައި ފިޔަޖަހަމުން ދިޔަ ގުނާ އަދަދު ނުކުރެވޭ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން އިން މާކިއަން ދިޔައީ ކަންފަތުގައި ޖަހާފައި ފޯނުން މީހަކާއި ވާހަކަ ދައްކަމުންނެވެ. *** “ޝިމް ބޭބީ.. އަހަރެން މިހުރީ މިހާރު މާލޭ ގައޭ..” މާކިއަން ލޯބިވެތި ގޮތަކަށް ފޯނުގެ އަނެއްފަރާތުން ވާހަކަ ދައްކަމުން ދިޔަ މީހަކާ މުޚާތަބު ކުރިއެވެ. “އަސްލުތަ މާކް.. އޯ އައިމް ސޯ ހެޕީ.. ކޮން އިރަކު ދެމީހުން މީޓް ވާނީ މާކް” ފޯނުގެ އަނެއްފަރާތުން ވާހަކަ […]
ހަތްވަނަބައި “ލައު ވާހަކަ އެއް ބުނަންތަ..؟” ސާހިލް ލައުރާގެ ދޮން މޫނަށް ފުންނަޒަރަކުން ބަލާލަމުން އަހާލިއެވެ. ލައުރާ މަޑުމަޑުން ބޯޖަހާލީ ކިރިޔާ ސާހިލް އަށް އެނގޭ ވަރަށެވެ. “އަހަރެން ލައު ފެނުނު ފުރަތަމަ ވަގުތުގައިވެސް ލައު ވަރަށް ކަމުދިޔަ.. ނޭނގެ އެއީ ކީއްވެގެން ކަމެއް.. އެކަމް.. އަހަރެންނަށް އެއްކަމެއް ޔަގީންވި.. އެއީ އަހަރެން މިހާރު ލައުއާއި ގަޔާވާކަން.. ލައު އައި ލަވް ޔޫ..” ސާހިލް އޭނާގެ ހިތުގެ އަޑު ލައުރާގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ. *** ސާހިލް […]
ހަވަނަބައި ފަރީހާ ބޭރުގައި މަޑު ކޮށްލައިގެން ހުރި ވަގުތަކީ އޭނާ އަށް ދިހަ ގަރުނު ހެން ހީވި ވަގުތުކޮޅެކެވެ. ޑޮކްޓަރު މާޔޫސީ މޫނަކައިގެން ނުކުތުމުން އިވެން އުޅޭ ހިތި ހަބަރު ފަރީހާ އަށް ވަޒަން ވެސް ކޮށްނުލެވޭނެއެވެ. *** “އައިމް ސޮރީ.. ބަޓް ޝީޒް ނޯ މޯ..” އެމީހާ އިސްޖަހާލަމުން ބުނެލި ބަސް ފަރީހާ އަކަށް ނޭނގުނެވެ. ނަމަވެސް ގޮނޑި ބަރީގައި އިން ޒިލާ ޚަބަރު ހުސްވެގެން ވެއްޓުނެވެ. “ކީކޭ އެބުނީ.. ކީކޭ ހޭ އެބުނީ..؟” ލޮލުން […]
ފަސްވަނަބައި ލައުރާ މިކަހަލަ ޚިޔާލުތަކެއް ގައި ހުއްޓާ އެޒުވާނާ ވަދެގެން އައެވެ. އައިސް ހަމަ ލައުރާކައިރީގައި އިށިން ދެލިއެވެ. “ހައި އައިމް ސާހިލް..” *** އެޒުވާނާ އަތް ދިއްކޮށްލަމުން ބުނެލިއެވެ. ލައުރާ އިނީ ހައިރާން ވެފައެވެ. އިއްޔެ އޭނާ އާއި ދިމާ އަށް ބަލައިވެސް ނުލި މީހަކު އެގޮތައް ތަޢާރަފު ވުމުންނެވެ. ސާހިލް އަތް ތިރި ކޮށްލަން އުޅޭހެން ހީވެ އެއަތުގައި ހިފާލައިފައި ލައުރާވެސް އަމިއްލަ ނަން ބުނެލިއެވެ. ދެމީހުންވެސް ދެމީހުންނަށް ބަލަން ތިބެވުނީއެވެ. ނަމަވެސް ޓީޗަރު […]