– 30 މާރޗްގެ ބަޔާއި ގުޅޭ – “ރަނގަޅު ކަމެއް ތީ ބޭބޭ…އެކުއްޖާ ތިކަހަލަ ކަމަކާއި ވިސްނާކަށް ޚިޔާލެއްވެސް ކުރި ހެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ…އެކަމަކު ރަނގަޅު ކުއްޖެއް ހޯދުމަކީވެސް އެހާ ފަސޭހަކަމެއް ނޫނެއްނު ބޭބޭ…ލައި ހިތްހަމަ ޖެހެނީ ކޮންކަހަލަ ގޮތަކަށް އުޅެ ކުދިންނެއް ކަމެއްވެސް އެނގެނީއެއްނޫނެެއްނު…ދެން ހަދަން ވީގޮތަކީ….ހޫމް.. އަޅުގަނޑަށް ތިކަންތައް ދޫކޮށްލައްވާ ބޭބެ…”ފައިގާ ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. “ލައި އާ ވަރަށް އެކަށީގެންވާ ކުއްޖެއް އެބަހުރި…ޢާއިލާވެސް ހަމަ ވަރަށް ރަނގަޅު…” ފައިގުގެ އެ […]
ޔާނާ އެނދުމަތީގައި އޮތް ފޯނު ނަގައިގެން ޖާހަތުއަށް ޑަޔަލް ކޮށްލިއެވެ. އަދި ވާހަކަތަކެއް ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އަރައިފިއެވެ. އަދި ޢިޝާ ނަމާދު ވަގުތު ޖެހެންދެން ޤުރުޢާން ކިޔަވަން އިނެވެ. ގަޑިން އަށެއް ޖަހަން ކައިރިވަނީއެވެ. ޔާނާ ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ފިޔަވަޅުތައް އަވަހެވެ. ޝޯލްއަޅައި ތައްޔާރުވެލައިގެން ހުރުމުން ބޭރަށް ދާން އުޅެނީކަން އެނގެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޔާނާ ދޮރާ […]
ނުހާއަށްވެސް ލުފްޝާންގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެދެލޮލުން ނުހާއަށްޓަކައިވާ ލޯބި ފެނެވެ. އެންމެ ކައިރީގައި ހުރި ފައްތާހްއަށްވެސް މިކަން ކިތަންމެ ރަނގަޅަކަށްވެސް ކިތަންމެ ފަހަރަކު ފާހަގަ ވެފައިވެއެވެ. އެކަމަކު މިއަދު އެދެކުދިންގެ ލޯތްބަށް މިވަނީ ކޮންމެވެސް މީހެއްގެ އެސްފީނާއެއް ނުވަތަ ބަދު ދުޢާއެއް ޖެހިފައެވެ. “ނުހާ…ކީއްވެ..އަހަންނަށް ތިހެން ތި ހެދީ..އަހަންނަށް ކޮން ކުށެއް ކުރެވުނީ… އަހަރެން ދިން ލޯބި ނުހާއަށް ނުފުދެނީތަ؟.. ނުހާއަށް އިނގޭތަ؟ ރޭގަ އަހަރެން ތިގެއަށް ދިޔައީ ނުހާގެ ބާރތް ޑޭ ވީމަ ސަޕްރައިޒްއެއް […]
ވަގުތު ދަމުންގޮސް ޝަޔާންވެސް ހޮސްޕިޓަލަށް އައެވެ. އޭނާ އައުމުގެ ކުރިން އަހަރެން ކައުންޓަރުން ދިޔައީމެވެ. އެދުވަހު އަހަންނަށް ވެފައި ހުރި ގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ. އަބަދު ޝަޔާންގެ މޫނުދެކެން އަހަރެން ކެތްމަދުވެފައި ހުންނައިރު އެދުވަހު އަހަރެން މަސައްކަތް ކުރީ އޭނާ ކުރިމައްޗަށް ނުޖެހި ވޭތޯއެވެ. ލޯތްބަކީ ހާދަ އެހެންކަހަލަ އިޙުސާސްއެކޭ އެދުވަހު އަހަރެންގެ ހިތަށްއެރިއެވެ. ކިތަންމެ ވަރަކަށް ކުރިމައްޗަށް ނުޖެހެން މަސައްކަތް ކުރިޔަސް ވަގުތު ޖެހުމުން އަހަންނަށް ޖެހުނީ އެކޮޓަރިޔަށް ދާށެވެ. އަހަރެން މަޑުމަޑުން ދޮރު ހުޅުވާލާފައި […]
އަހަންނަށް ދެލޯ ހުޅުވާލެވުނީ ތުއްތު މީސާއާއި މީލާ ދެކުދިން ރޮއެގަތް އަޑަށެވެ. އެއަޑަށް އަހަރެންގެ މުސްކުޅި މާމަވެސް ކޮޓަރިތެރެއަށް އައެވެ. އޭރު ގަޑިން ރޭގަނޑު ނުވައެއްޖެހީއެވެ. މާމަ މީލާ ނަގައިގެން ލޮއްސަން މަސައްކަތް ކުރިއެވެ. އެވަގުތު އަހަރެން މާމަ ކައިރީގައި ބުއްފުޅި ޖެއްސުމަށް ބުނީމެވެ. މާމަ ބުއްފުޅި ނަގައިގެން މީލާ ތުނބުގައި ހަމަ ޖެއްސުމާއިއެކު އެފަކީރު ހުއްޓާލައިފިއެވެ. އަހަރެން މީސާ ކައިރީގައި ބާއްވައިގެންއޮވެ ގާތުން ކިރުދިނީމެވެ. އަހަންނަށް ބަލާލެވުނީ މާމަގެ މޫނަށެވެ. މާމަ ހިނިތުންވެލައިގެން ނާނާ ކިޔަމުން […]
ފުރާވަގުތު ކައިރިވަމުންދިޔަ ވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އިހުސާސްތަކެއް ވެރިވަމުން ދިޔައެވެ. އަހަރެންގެ ދަތުރު އެރެހަށްޓަށް އައިސްތިބި ދެތިން ރަހުމަތްތެރިން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ. ކުއްލިއަކަށްއައިސް ކުރިމަށްޗަށް އެހުއްޓުނީ ހަމަގައިމުވެސް އަހަރެންނަށް އާމޫނެއްނޫނެވެ. އެއީ އަހަރެންގެ ލޯބިވެރިޔާ ނިހާމެވެ. ނިހާމް ފެންކަޅިވެފައިިވާ ލޮލަކުން އަހަރެންނާ ދިމާއަށް ބަލަލައިލިއެވެ، އަހަރެންނަށް އިސްޖަހާލެވުނެވެ. ނިހާމް ފެނުމާއެކު އަހަރެންގެ ކުރިމަށްޗަށް ސިފަވީ އަހަރެނެގެ ހިތްދަތި މާޒީއެވެ. އަހަރެންނަކީ މާލޭގެ ގަދަރުވެރި އާއިލާއެއްގެ ހުރިހަމައެކަނި އަންހެން ކުއްޖާއެވެ. އަދި އެންމެ ހަގު […]
ޒާހިދާ އިހުނަށްވުރެ ރުޅިގަދަވިއެވެ. އެއައި ރުޅިގައި ފަރީނާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލަމުން މޭޒުގައި ބޯޖެއްސިއެވެ. އެއާއިއެކު ފަރީނާގެ ލޯމައްޗަށް އަނދިރިވަމުންގޮސް އެކޮށްހެން އަނދިރިވެ ލޯމެރުނެވެ. ” އޭތް..ކަލޭމެން ދެން އަވަހަށްއާދޭ….އެކަމަކު މިގެއަށް ކަލޭމެން ވަންނަތަން އިތުރު އެއްވެސް މީހަކަށް ފެނިގެން ނުވާނެ…ސާފުވެއްޖެ…” ޒާހިދާ ފޯން ބާއްވަމުން ގަޑިއަށް ބަލައިލިއެވެ. ޒާހިދާ ގޭތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ވަރުގަދަ ހެން ހީވާ ދެފިރިހެނުން ގެއަށް ވަނެއެވެ. އެމީހުން ފެނުމާއިއެކު އަވަސް އަވަހަށް އެމީހުން އެތެރެއަށް ވައްދާފައި […]
– 12 މާރޗްގެ ބަޔާއި ގުޅޭ – އެއަށްފަހު، ދެކުދިންނަށް ޒުވާންކަމުގެ ޖޯޝުގައި ވެވުނު ލޯބި ވެސް ނުލިބުނެވެ. ނަމަވެސް ލައިޝާ ޢަޒުމް ކަނޑައެޅީ، ގޭގެ އެއްވެސް މީހަކަށް، އަދި ހަމަ ރަޙްމަތްތެރިއަކަށްވެސް އޭނާގެ ހިތުގެ ޙާލު ނޭނގުމަށެވެ. ބައްޕައާއި ކޮއްކޮގެ ހިތާމަތަކަށް އިތުރު ބަރުކަމެއް ނުދިނުމަށެވެ. އޭރުން ފެށިގެން ނާހިލްއައީ އެކި ގޮތްގޮތުން ލައިޝާއަށް ބްލެކް މެއިލްކޮށް އުނދަގޫ ކުރަމުންނެވެ. މިކަންތައް ނާހިލްގެ ބައްޕައާއި ހަމައަށް ގެންދިއުމަށް އެތައްފަހަރަކު ލައިޝާގެ ޙާލާއިމެދު ޙަމްދަރުދީވާ އެތައް ބަޔަކު […]
އަހަރެން އެރޭނިދީ އަނެއްދުވަހަށް އިންތިޒާރު ކުރަމުންނެވެ. ބޭބީ މަންމަމެންނާއި އަހަރެން ހަވާލުކުރީ ކުރާހިތަކުންނޫނެވެ. ބޭބީ ދޫކޮށް އަހަރެން ދާހިތެއް ނުވިއެވެ. އަހަރެން ފުރަން އެއަރޕޯޓަށް ދިޔައީ އެންމެންގެ ހެޔޮދުޢާއާއިއެކުއެވެ. ގޭގެއެންމެނަށް އަހަންނަކީ ލާރާކަން އެނގޭތީއެވެ. އަހަރެން ރާއްޖެއަންނަން ފުރީ ވަރަށް ތައްޔާރުވެގެންނެވެ. އެލެކްސްއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ. އޭނާއަށް ވަރަށްބޮޑު ހަދިޔާއެއް ހިފައިގެންނެވެ. އަހަރެން ހުރިހާދުވަހު ލިޔުނު ސިޓީތައް ހިފައިގެންނެވެ. ފޮޓޯތައްވެސް ހިފައިގެންނެވެ. ރާއްޖެއައިސް ދެމީހުންދިޔައީ ރިސޯޓަށެވެ. ދެމީހުންތިބީ ކުރީގައިވެސް ތިބިގޮތަށެވެ. ދެމީހުން ދެކޮޓަރީގައެވެ. ތަޤްދީރު ނިޔާކުރިގޮތުން […]