މެންދަމުން އަލިވެ 2 ޖެހީއެވެ. މުޅިރަށައް ވަނީ ހަމަހިމޭން ކަން ވެރިވެފައެވެ. ދޫނިސޫފާސޫފިތައް ވެސް މެންދަމުގެ ރާނީއަށް މިނިވަންކަން ދީފައި ހަމަހިމޭން ވެއްޖެއެވެ. ބައެއްމީހުން މިހަމަހިމޭންކަމުގެ އުފާ ލިބިގަންނަމުން ދާއިރު އަނެއްބައި މީހުންގެ ހާލަކީ ކޮބައިތޯއެވެ. އަހަރެން އެނދުމަތީ ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތީ ލޮލަށް ނިދި ނައިސްގެންނެވެ. އަހަރެންގެ ސިކުނޑީގައި އެކި ހިޔާލުތައް އެނބުރެމުން ދިޔައެވެ. މާދަމާ ކަންތައް ވާނީ ކިހިނެއް ބާއެވެ. މާދަމާ އަކީ އަހަރެން ށ އަތޮޅު ފުނަދޫ ސުކޫލަށް އަލައް ކިޔަވަންދާ […]