Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރި ނުވަމޭ ޔާރާއޭ…(7 ވަނަ ބައި)

Ushaa Level 310 Stories500 Comments100 Comments
May 14, 2016 6 Mins Read
17 Comments

” އީނޫ. ޑޯންޓް ޔޫ ލަވް މީ؟ އީނޫ އަހަރެންދެކެ ލޯބިނުވަންޏާ ބުނެބަލަ. އޭރުން އޯކޭޔޭ އަހަންނަށް. ” އީނާޝްއަށް ހަމަހޭވީ ސާއިމްގެ އަޑަށްށެވެ. ނަމަވެސް މިވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކާނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އީނާޝްއަށް ދުއްވައިގަނެވުނީއެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅުނު އެންމެންގެ ނަޒަރުގައިވަނީ ހަމައެކަނި އީނާޝްއެވެ. އެހެނަސް އުނޫޝްއާއި ނަޝާޔާއަކަށް އީނާޝްއެއް ނުފެނެއެވެ. މޫނުގައި އަތް އަޅައި ރޮމުން ދުވަމުން ދިޔަ އީނާޝްއަކަށް އެހެން މީހުންގެ ނަޒަރުތަކަކުން މާ ބޮޑު އަސަރެއް ނުކުރިއެވެ. އެއަށްވުރެ ބޮޑަށް އެހިތް އެވަނީ ހަލާކުވެފައެވެ.

*****

” ސަޕްރައިޒް. ”

އީނާޝް ދުވަމުން ދިޔަ މަންޒަރު ބަލަން ހުރި ފަހުމާޔަށް ފަހަތަށް ބަލައިލެވުނީ ނަޝާޔާގެ އަޑަށްށެވެ. އޭރު ލޮލުގައި އަޅައިގެން ހުރި އައިނު ނަގައި ނަޝާޔާ ލައިޝަމް އުރަނީއެވެ. ލައިޝަމްވެސް ހުރީ ވަރަށް އުފާވެފައެވެ. ނަޝާޔާމެން އެރަށަށް ނަޔަސް ފަހުމާމެން ވަރަށް ގިނައިން މާލެ ގޮސް ނަޝާޔާމެންނާއި ބައްދަލުކޮށް ހަދައެވެ. އެހެން މާލެ ގޮސް އުޅޭއިރު ނަޝާޔާ އުޅޭނީ ލައިޝަމް ގޮވައިގެންނެވެ. އެހެންކަމުން ލައިޝާމްގެ ހިތުގައި ނަޝާޔާއަށްޓަކައި އުފެދިފައިވަނީ ހާއްސަ ލޯއްބެކެވެ.

” އޭ ފަހޫ. ކިހިނެއްވެފަތަ؟ ދޮންތައައިމަވެސް އުފަލެއް ނުވޭތަ؟” އީނާޝްއާއިމެދު ވިސްނަން ހުއްޓައި އަނެއްކާވެސް ނަޝާޔާ ގޮވައިލިއެވެ.

” އެއީވެސް ތެދެއް. ކުރިން އަބަދު އަނގަ ގަދަ މިތުރެއްހެން އުޅޭ ފަހޫ ހާދަ މަޑުން.” މިފަހަރު ވާހަކަ ދެއްކީ އުނޫޝްއެވެ.

” ނޫނޭ. އަންގާވެސް ނުލާ އައިމަ. ހައިރާންވެފަ .” ކައިރީގައި ހުރި އާޔަންގެ ބޮލުގައި ފިރުމާލަމުން ފަހުމާ ބުންޏެވެ.

” ތީ ކޮން ކުއްޖެއްތަ؟” އާޔަންއާއި ދިމާލަށް ބަލައިލަމުން އުނޫޝް އަހައިލިއެވެ.

” މީ މިފްޒަލް ދޮންބެގެ ކުއްޖާއެއްނު. ” އުނޫޝްގެ މޫނުން އަރައި ފައިބަމުން ދިޔަ ކުލަތަކަށް ބަލަމުން ފަހުމާ ބުންޏެވެ. އުނޫޝްގެ ސިކުނޑީގައި މާޒީގެ އެތައް ހަނދާންތަކެއް އާވަން ފެށިއެވެ. ކުރީގައި އާޔަން ގޮވައިގެން ނާޝް ބޭރަށް ނިކުމެ ކުޅެ އުޅޭގޮތެވެ. ނާޝްގެ ތުންފަތް މަތީގައި ކުޅެލާ އަގު ބޮޑު ހިނިތުންވުމެވެ.  އުނޫޝްގެ މޫނު ދެކިލުމަށްޓަކައި އޭރުގައި ނާޝް ބަނދަރަށް ގޮސް އުޅެނީ އާޔަން ގޮވައިގެންނެވެ. އިސާހިތަކު އެއްވެސް ސަބަބަކާއި ނުލައި އުނޫޝްގެ ލޮލުގެ ހިމަކޮޅުން ކަރުނަ ހިލުނެވެ. އެދުވަސްތައް އަނބުރައި އަންނާނެ ނަމައެވެ. އަލުން އޭނާޔަށް އީނާޝް ލިބޭނެ ނަމައެވެ. މާޒީގެ ތެރެއަށް ވަދެވޭ ނަމަ މިހާރު އޭނާ ހުންނާނީ ނާޝް ކައިރީގައެވެ.

” އެހެންތަ؟ މީ އެ ކުޑަކުޑަ އާޔަން ދޯ.” ނަޝާޔާ ބުންޏެވެ. އަދި އާޔަންއާއި ގާތް ވެލުމަށްފަހު އާޔަންގެ ކޮލަށް ބޮސްދިނެވެ. އެވަގުތު ނަޝާޔާގެ ތުންފަތުގައި ކާތާފައި ހުރި ލިޕްސްޓިކް އާޔަންގެ ކޮލުގައި ކޭތުނެވެ. އާޔަން އަނެއްފުށަށް އެނބުރިލާ އަނގަޔަށް ވައްތަރު ޖައްސައިލަމުން “ޔަކް” އޭ ބުންޏެވެ. އެ މަންޒަރު ފެނުނީ ހަމައެކަނި އުނޫޝްއަށްށެވެ. އުނޫޝްގެ ހަނދާނަށް އައީ ކުޑައިރު އާޔަންގެ ކޮލުގައި އީނާޝް ބޮސްދޭ ގޮތެވެ. އަދި އޭރުގައި އީނާޝް ބޮސްދޭ ކޮންމެ ފަހަރަކު އާޔަންވެސް އީނާޝްއަށް ބޮސްދޭ ގޮތެވެ. މިގޮތުން އެއްދުވަހަކު އާޔަން ގާތު  އުނޫޝް އޭނަޔަށް ބޮސްދޭށޭ ބުނުމުން ނޫނެކޭ ބުނި ގޮތެވެ. އުނޫޝްއަށް އާޔަން ސިފަކުރެވުނީ އޭނާޔާއި  ނާޝްގެ ލޯބީގެ ނިޝާނެއްގެ ގޮތުގައެވެ.

ނަމަވެސް މިހާރު އީނާޝްގެ ހަނދާންތައް އައު ކޮށްގެން އޭނަޔަށް ލިބޭނެ އެއްވެސް ފައިދާއެއް އެބަ އޮތް ހެއްޔެވެ؟ އީނާޝްއަކީ ބޮޑު މަކަރުވެރިއެކެވެ. އެފަދަ ނުލަފާ އިންސާނެއްގެ މަތިން ހަނދާންކުރާކަށް އުނޫޝް ބޭނުމެއް ނުވެއެވެ.  ނަމަވެސް ނާޝްގެ ހަނދާންތަކާއި ދުރަށް ދިޔުމަކީ ވޭތުވެ ދިޔަ 8 އަހަރު ތެރޭގައިވެސް އުނޫޝްއަށް ނުވީ ކަމެކެވެ.

” ހިނގާ ދޯ އަވަހަށް ގެޔަށް ދަމާ. މިހާރު އިރުވެސް އޮއްސެނީ. ” އުނޫޝްއަށް އަމިއްލަ ދުނިޔެއިން ނިކުމެވުނީ ނަޝާޔާ މިހެން ބުނެ އޭނާގެ ކޮނޑުގައި ބޯއަޅައިލުމުންނެވެ.

” ދޮންތަމެން ދޭ ލައި ގޮވައިގެން ގެޔަށް. އަހަރެން އަންނާނަން އާޔަން ގެޔަށް ލައިދީފަ.” ފަހުމާ މިހެން ބުނެލަމުން މިސްރާބު ޖެހީ އީނާޝްމެންގެ ގެޔަށްށެވެ.

***

” އީނޫ. ދޮރު ހުޅުވަބަލަ. ހެޔޮނުވާނެ. ވެގެން އުޅޭ ގޮތެއް ބުނެބަލަ.” ގެޔަށް ވަތް ގޮތަށް އެއްވެސް މީހަކާއި ވާހަކަވެސް ނުދައްކާ ކޮޓަރި ތަނޑުލައިގެން އޮތް އީނާޝްގެ ދޮރުގައި ޓަކި ތަޅަމުން އަމީނާ ގޮވަން ފެށިއެވެ.

އެވަގުތު ކުއްލިއަކަށް ގޭ ބެލް ޖެހި އަޑު އިވުނެވެ. އަމީނާ އަވަހަށް ގޮސް ދޮރު ހުޅުވިއެވެ. އޭރު ދޮރު ކައިރީ ފަހުމާ ހުރުމުން އަމީނާ ވަރަށްވެސް އުފާވިއެވެ. އީނާޝް ދިޔަފަހުން ފަހުމާ އެގެޔަށް އައިސް އުޅެނީ ވަރަށް މަދުންނެވެ. އަނެއްކޮޅުން އީނާޝްއަށް ވެގެން އުޅޭ ގޮތެއްވެސް ފަހަރެއްގައި ފަހުމާޔަށް އެނގިދާނެއެވެ. ފަހުމާވެސް އަވަހަށް ގޮސް ސޯފާގައި އިށީނދެލީ އާޔަން އުނގުގައި ބައިންދަމުންނެވެ.

” އެއީނޫ އައީ ޔާންވެސް ބަހައްޓާފަ ދޯ. އަހަންނަކަށް ނޭނގެ މިއަދު ވެގެން އުޅޭ ގޮތެއްވެސް. އައި ގޮތަށް ކޮޓަރި ތަންޑުއަޅުވައިގެން ކުރާކަމެއްވެސް   ނޭނގެ.” ފަހުމާ ކައިރީ ގައި އިށިންދެލަމުން އަމީނާ ބުންޏެވެ.

” ދަރިފުޅާ އާޔަން ދޭ ނަމާދު ކޮށްގެން ގުރުއާން ކިޔަވަން. މިއަދު މިސްކިތަށް މަޣްރިބް ނަމާދު ޖަމާއަތުގަ ކޮސްލަންވެސް ނުދެޔެއްނު. ” އަމީނާ ބުންޏެވެ.

އަދި ފަހުމަޔާއި ތަންކޮޅެއް ކައިރިއަށް ޖެހިލީ އީނާޝްއަށް ވީ ގޮތެއް ހޯދާލާންށެވެ.

” ފަހޫ. ކީއްވެތަ އީނޫ ބޭރަށް ގޮއްސަ އައި ގޮތަށް ކޮޓަރި ތަނޑުލައިގެން އެއުޅެނީ. މަގު މަތިން އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ބުނީތަ؟ ” އަމީނާ އަހައިލިއެވެ.

” އަސްލު ވީ ގޮތަކީ.. ދައްތަޔަށްވެސް އެނގެއެއްނު ހާފިޒާމެންގޭ ސާއިމް. އީނޫ އާއެކީ މަސައްކަތް ކޮށް އުޅޭ.” ފަހުމަޔަކަށް ފަށާނެ ގޮތެއް ނޭނގުނެވެ.

” ހުމްމްމްމް.. ދެން އޭނަ ކިހިނެއްވީ؟” ޝައްގުވެރިކަމާއިއެކު އަމީނާ އަހައިލިއެވެ.

” އޭނަޔަށް އީނޫ ވަރަށް ކަމުދޭ. ހަމައެގޮތަށް އީނޫއަށްވެސް އޭނަ ވަރަށް ކަމުދޭ. ދެން މިއަދު އޭނަ އީނޫ ކައިރީ ރައްޓެހިވާން އެހީ…”

” އާން. އަހަންނަށް އެންގެޔޭ އެކުއްޖާ. ވަރަށް ރަނގަޅު ކުއްޖެކޭ އެއީ. ނަމާދު ކުރާނެ. މީހުންނަށް ވަރަށް އެހީ ވާނެ. ވަރަށް މަޑުން ހުންނާނީވެސް. އެއީ އީނޫޔާ އެންމެ ގުޅޭ ކުއްޖާ. ދެން އީނޫ ބުނީ ކީކޭތަ.” އަމީނާ ހީވަނީ އެހެން ކަމެއްވެގެން އުޅޭ މީހެއް ހެންނެވެ.

” އީނޫ އެކެއްޗެކޭވެސް ނުބުނޭ. އޭނަ ދެން ބުނާނީވެސް ކީކޭ؟ ދައްތަމެން ބުނީމެއްނު މިއުޅެނީ އީނޫއަށް ކުއްޖެއް ހޯދާ ދޭންށޭ. އެހެންވެ އޭނަޔަކަށް ނުކެރުނު އެއްޗެކޭ ބުނާކަށް. ” ހަގީގަތުގެ ތެރެއަށް ދޮގުތަކެއްވެސް އެއްކުރަމުން ފަހުމާ ކިޔައިދިނެވެ. އޭނާއެއް ދޮގު ހަދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އީނާޝްގެ މުސްތަގްބަލަށްޓަކައި އޭނާ ޖެހޭނީ ދޮގު ހަދާންށެވެ.

” ހުމްމްމް. އަހަރެންނަށް އެނގެޔޭ އީނޫއަކީ ކިޔަމަންތެރި ކުއްޖެއްކަން. އަހަރެންގެ ހުއްދަޔާ ނުލާ އެއްކަމެއްވެސް ނުކުރާނެ. ” އަމީނާ ހުރީ ވަރަށް އުފާވެފައެވެ.  އަދި ރޭގަނޑުގެ ނާސްތާގެ ވަގުތުގައި ސާއިމްގެ ވާހަކަ އީނާޝްގެ ކައިރީގައި ބުނުމަށް ނިންމައި މިފްޒަލް ކައިރީގައިވެސް އެވާހަކަ ދެއްކިއެވެ. މިފްޒަލްވެސް ސާއިމްއަށް ވަރަށް ރުހެއެވެ. އަދި ހަމައެހެންމެ ސާއިމްގެ މައިންބަފައިންނަކީ މިފްޒަލްގެ ވިޔަފާރި ކުރިއެރުމަށްޓަކައި އެތައް އެހީތަކެއް ވެދިން ހިތްހެޔޮ ރަހުމަތްތެރިންނެވެ.

****

” ކީއްކުރަން އައިސް ތިއުޅެނީ؟ ނުޖެހެއެއްނު މިގެޔަކަށް އަންނާކަށް. އަމިއްލަ ރަންގޮމާމެންގެ ގެޔަށް ދާން ވީނު. އޭނަޔާ ނީނދެވިގެން ތިއުޅެނީ ކީއްވެތަ؟ އެންމެން ބަލަން ހުންނާތި މީނަޔަކަށްވެސް އެއާއިލާ މީހަކާ ނީނދެވޭނެ. އެންމެ ފަހު ވަގުތަށް ދިޔައީމަ ލިބޭނީ ލަނޑު.” އުނޫޝް ފޮށި ހިފައިގެން ގެޔަށް ވަނުމާއިއެކު އޭނާގެ ބޮޑު ދޮންތަ ސަލްމާ ހަޅޭއްލަވަން ފެށިއެވެ. އުނޫޝްއާއި ނަޝާޔާ ރައްޓެހިވިފަހުން ސަލްމާ އުނޫޝްއާއި ސުލްހަވެރި ގޮތަކަށް ވާހަކައެއް ނުދައްކައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ސަލްމާވެސް އެ އާއިލާ މީހަކާ ރައްޓެހިވިއެވެ. ނަމަވެސް އޭނަޔަށްވެސް ލިބުނީ ލަނޑެވެ. އެދުވަސްތައް އަދި އަދާއި ހަމަޔަށްވެސް އޭނާގެ ހަނދާނަކުން ނުފިލައެވެ.

” ދޮންތަ އަނގަ މަޑުލައިގެން ހުރެފާނަންތަ؟ އަހަންނަށް އެނގޭނީ އަހަރެން އިންނާނެ މީހެއް. އެހެންނޫނަސް އަހަރެން ނަޝާ ޔާ ރައްޓެހިވެގެން އުޅޭތާ 7 އަހަރުވީ. އަހަރެމެން ދެމީހުން ރުޅިވާ ވަރު ކަމެއްވީތަ؟ އެއާއިލާގަވެސް އުޅޭނެ ދޯ ރަނގަޅު މީހުންވެސް. ތިގޮތަށް އާއިލަޔަކާ ޖައްސާލައިގެން ލިބެނީ ކޯއްޗެއްތަ؟” އުނޫޝް ވާހަކަ ދެއްކީ ތަންކޮޅެއް މަޑުންނެވެ. އަދި ސަލްމާގެ ދުލުން އެހެން އެއްވެސް ބަހެއް ބޭރުވަނީސް ކޮޓަރިޔަށް ވަދެ ތަންޑުލިއެވެ.

އަދި ވަރުބަލި ފިލުވާލުމަށްޓަކައި އެނދުގައި އޮށޯވެލި އިރަށް އެސްފިޔަތަކަށް ބަރުވެ ނިދި އަތުވެއްޖެއެވެ. ނަމަވެސް އެންމެ ފަހުންވެސް އެހިތުގައި ކުރެހުނީ ނާޝްގެ ސޫރައެވެ.

****

ކާމޭޒުމަތީގައި މިރޭގައި ރަސްކަންކުރަމުން ދިޔައީ މަޑުމައިތިރި ކަމެވެ. އާޔަންވެސް ނިދާފައި ވުމާއިއެކު އީނާޝްވެސް އިނީ ވަރަށް މަޑުންނެވެ. މިއަދު ކަންތައް ވީގޮތުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްދަތި ވެފައެވެ.

އަނެއްކޮޅުން މިފްޒަލްއާއި އަމީނާވެސް ތިބީ ސާއިމްގެ ވާހަކަ އީނާޝް ކައިރީ ދައްކާނެ ގޮތެއް ނޭނގިފައެވެ. އެހެން ތިބެފައި ލޮލުގެ އިޝާރާތުން އަމީނާ ގާތު މިފްޒަލް ކޮންމެސް އެއްޗެކޭ ބުންޏެވެ.

” އީނޫ…. ” އަމީނާޔަށް ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. ކީއްވެ ކަމެއްވެސް ނޭނގެއެވެ.

” ކީކޭ މަންމާ؟” އަމީނާޔާއި ދމާލަށް ބަލައިލަމުން އީނާޝް އަހައިލިއެވެ.

” އެއީ……އީ..”

” އެއީ އަސްލު ވީގޮތަކީ ދަރިފުޅު ގާތު ކައިވެނީގެ ވާހަކަ ދައްކަން ވެފަ އޮތީ. ދަރިފުޅު ގަޔާވާ ކަހަލަ ކުއްޖެއް ނުފެނޭތަ؟ ” އަމީނާޔަށް ފުރިހަމަ ނުކުރެވުމުން މިފްޒަލް ފުރިހަމަ ކޮށްދިނެވެ. އީނާޝްގެ ހިތް ބާރަކަށް ތެޅެން ފެށިއެވެ.

” ނުނު..ނުދެކެން.” ދެއަތް ދެއަތާއި މޮޑެމުން އީނާޝް ބުންޏެވެ.
” ކިހިނެއްތަވާނީ ސާއިމް؟” އީނާޝްގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރަށް ބަލަހައްޓައިގެން ހުރެ އަމީނާ ބުނެލި ޖުމްލަޔައާއިއެކު އީނާޝްއަށް ކުށިއެރިއެވެ. ސާއިމް ލޯބިވަނީ އޭނާ ދެކެކަން އަމީނާޔަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ސާއިމް އައިސް އަމީނާމެން ކައިރީ ހުރިހާ ވާހަކައެއް ކިޔައިދިނީ ހެއްޔެވެ؟ އެހެން ވެއްޖެނަމަ ސާއިމްއަކީ ހާދަ ގޯސް މީހެކެވެ. އޭނާގެ ފަރާތުން ޖަވާބެއް ނުލިބުމުން މަންމަ ކައިރީ ހުރިހާ ވާހަކައެއް ދައްކަން ސާއިމްއަށް ޖެހޭ ހެއްޔެވެ؟ އީނާޝްގެ ހިތުގައި ސާއިމްއަށްޓަކައި ނަފްރަތު އުފެދުނެވެ.

” ދަރިފުޅާ. ޖަވާބު…” އެއްވެސް އެއްޗެކޭ ނުބުނެ އީނާޝް ދާން އުޅުމުން އަމީނާ ބުންޏެވެ.

” މަންމާ. އަހަރެން ގަބޫލް. މަންމަމެން ބުނާ ކޮންމެ މީހަކާ އިންނަން އަހަރެން މިހުރީ ތައްޔާރަށް.” ދެލޯބާރަށް މަރާލައި ހިތާމަތަށް ފޮރުވަމުން އީނާޝް ބުންޏެވެ. އަދި ދުވެފައި ކޮޓަރިއަށް ވަނެވެ.

” ލަދުން ގޮސް ދުއްވައިގަނެވުނީ ދޯ.” ދުވެފައި ދިޔަ އީނާޝްއާއި ދިމާލަށް ނަޒަރު ހިންގަމުން މިފްޒަލް ބުންޏެވެ. އަމީނާވެސް ހިނިތުންވެލައި “އާނ” އެކޭ ބުނީ ބޯހަލުވާލަމުންނެވެ.

****

ބާލިސްމަތީގައި ބޯއަޅައިލައިގެން އޮތް ސާއިމްގެ ހިތުގައި އެތައް ސުވާލުތަކެއް އެތުރެން ފެށިއެވެ. އީނާޝްގެ އަމަލުތައް ހުރިގޮތުން އޭނާ ހުރީ ނުތަނަވަސްވެފައެވެ. އޭނާ އީނާޝްދެކެ އަމިއްލަ ފުރާނަޔަށްވުރެވެސް ލޯބިވެއެވެ. ނަމަވެސް އީނާޝް އޭނާދެކެ ލޯބިވާ ކަމެއް ނުވަތަ ނުވާކަމެއްވެސް އޭނާޔަކަށް ނޭނގެއެވެ.

ސާއިމްގެ ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު އީނާޝްގެ ނަން ލިޔެވިފައިވުމުން އޭނާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. އަވަހަށް ފޯނު ނަގައިކަންފަތުގައި ޖަހައިލިއެވެ.

” އަހަރެން ބޭނުން ވަރަށް އަވަހަށް ބައްދަލް ކުރަން. ވަރަށް އަވަހަށް ވޭދޮށު މަގަށް އައިސް ދީބަލަ.” ކުރެހިގެންވާ އަޑަކުން ހަލޯ އޭވެސް ނުބުނެ ހަމައެކަނި މިހެން ބުނެލުމަށްފަހު އީނާޝް ފޯނު ބާއްވައިފިއެވެ. އެންމެ މިނެޓަކުވެސް މަޑުނުކޮށް މޫނު ދޮވެލައި ގަމީސް ގަޔަށް މަހައިލަމުން ސާއިމް ނިކުތީ “ވޭދޮށު” މަގަށް ދިއުމަށްށެވެ. ސާއިމްއަށް ވޭދޮށު މަގަށް ދެވުނު އިރު އިންތިޒާރުގައި އީނާޝް ހުއްޓެވެ.

އީނާޝް މިފަދަ ގޮތަކަށް މިފަދަ އަނދިރި މަގަކަށް އައުމަށް ބުނީ ކީއްވެ ކަމެއް ސާއިމްއަކަށް ނޭނގުނެވެ. އަނެއްކޮޅުން އީނާޝްގެ ލޮލުން ހުއްޓުމެއް ނެތިފައިބަމުން ދިޔަ ކަރުނަތަކުން އޭނާގެ ހިތަށް ތަދުވާން ފެށިއެވެ.

” އީނޫ. ކީއްވެ ރޮނީ؟ ” އީނާޝްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެދެމުން ސާއިމް ބުންޏެވެ.

” އަދި އަހަރެންގެ ލޮލުން ކަރުން އެބަ ފޮހެދެއެއްނު. ޔޫ ޑޯންޓް ނީޑް ޓު ޑޫ ދިސް. އަހަރެން މިއަދު މިއަޅާ ކޮންމެ ކަރުނައެއްގެ ސަބަބަކީ ތިއީ. ކަލޭޔާ ހެދި މިއަދު އަހަރެންނަށް ރޯން މިޖެހުނީ.” އީނާޝްގެ ބަދަލުވެގެން ދިޔަ ރޫހާއިއެކު ސާއިމް ހުރީ ހައިރާންވެފައެވެ. ނަމަވެސް އީނާޝްއާއި ދެކޮޅަށް އެއްޗެއް ބުނާކަށް އޭނާޔަކަށް ނުކެރުނެވެ. ކީއްވެ ހެއްޔެވެ؟

” އަދިވެސް ހުންނަނީ އެއްނު ބަލަން. ސާމްއަށް ޖެހޭތަ އަހަރެން ޖަވާބެއް ނުދެނީސް މަންމަމެން ކައިރީ ހުރިހާ ވާހަކައެއް ދައްކަން. އަހަރެން ސާއިމްއަށް ޖަވާބެއް ނުދީ ދިޔައީ ކީއްވެތޯ އަހަރެން ކައިރީ އަހާކަށްވެސް ނުޖެހޭތަ؟ އަހަރެންގެ ހަޔާތް…” އީނާޝްއަކަށް އިތުރަކަށް އެކެއްޗެކޭވެސް ނުބުނެވުނެވެ. އޭނާއަށް ބާރަކަށް ގިސްލެވެން ފެށިއެވެ. އޭރުގައިވެސް އީނާޝް ލޮލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ސާއިމް ހުއްޓެވެ. އީނާޝް އެކިޔަނީ ކީކޭ ކަމެއް އޭނާޔަކަށް ނޭނގެއެވެ. ނަމަވެސް ދެކޮޅަށް އެއްޗެއް ބުނެފިނަމަ އީނާޝްއަށް އިތުރަށް ރޮވިދާނެތީ އޭނާގެ ދުލުގައި ތަންޑެއް ލެވުނެވެ.

” އެނގޭތަ؟ އަހަރެން ލޯބިވަނީ އެހެން މީހަކުދެކެ.” އީނާޝް ސާއިމައަށް ދިން ހަބަރުން ސާއިމްގެ ފުނޑު ފުނޑުވެގެން ދިޔަ ކަހަލައެވެ.  އެމީހަކަށްޓަކައި އަހަރެންނަށް ފުރާންވެސް ދޭން ޖެހިލުން ނުވާހާ ބޮޑަށް އަހަރެން އޭނަދެކެ ލޯބިވޭ. އުމުރުން އެންމެ 15 އަހަރުއްސުރެ އޭނާގެ ލޯބީގައި އަހަރެން ފިދާވެއްޖައީމު. އެކަމް އޭނަ އޭނަ…” އީނާޝް ސާއިމްގެ ކޮނޑުގައި އަތް އަޅައިލިއެވެ. އެނާގެ އަތުގެ ވާގި ދޫވެގެން ދިޔަކަހަލައެވެ.

” ސާއިމް. އޭނަ އަހަރެން ދުކޮށްފަ އެހެން މީހަކާއިއެކު އުޅެން ނިންމައިފި. އަހަރެންގެ ހިތް ފުނޑު ފުނޑު ކޮށްލައިފި. އަހަރެންގެ ދިރިއުޅުން ޖަހަންމަޔަކަށް ހަދައިފި. އެހެން މީހެއްގެ ހައްގަކަށް ވެއްޖެ. އަހަރެން ކިހިނެއް ހަދާނީ؟ އޭނަ.. އޭނަ.. އޭނަ.” އީނާޝްގެ ގަޔަކު އިތުރު އެއްޗެއް ބުނާނެހާ ވަރެއް ނެތެވެ. އޭނާޔަށް ބާރަކަށް ގޮސް ސާއިމްގެ ގައިގާ އޮޅުލައިގަނެވުނެވެ.

ސާއިމްއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. އީނާޝްގެ އެންމެ އަމަލެއް އޭނާގެ ހިތުގެ އެންމެ އަޑިއަށް އަސަރުކުރުވައެވެ. އޭނާގެ ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. އަދި އޭނާވެސް އީނާޝް ގައިގާ ބާރަކަށް ބައްދައިގަތެވެ. އެދެމުދަށް ވައިރޯޅިއަކަށްވެސް ނުވަދޭވޭނެއެވެ.

އީނާޝްގެ ހިތްވެސް އާދަޔާ ހިލާފަށް ބާރަށް ތެޅެން ފެށިއެވެ. މިއީ އޭނާ ފިރިހެނަކާއި މިފަދަ ގުޅުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaa

Level 310 Stories500 Comments100 Comments

Other Articles

Previous

ޤުރުބާންވުމީ މިހިތުގެ އުފާ 18 ވަނަ ބައި

Next

އިންތިޒާރުގައި ހުރިން 3

Next
May 14, 2016

އިންތިޒާރުގައި ހުރިން 3

Previews
May 14, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 18 ވަނަ ބައި

17 Comments!

  1. Ushaa says:
    May 14, 2016 at 1:07 pm

    Hi.. Hws u all? Miss vi hurihaa kudhin mathinvx bodukoh… Ushaage examah gd lck kee kudhinnah vvv THNXXX..
    Nw plx leave cmmntx..

  2. Kai says:
    May 14, 2016 at 1:19 pm

    Nice 🙂

    1. Ushaa says:
      May 14, 2016 at 1:19 pm

      Thnxx..

  3. nammi? says:
    May 14, 2016 at 1:21 pm

    V v v rythi . Maashaa allah . Kn iraku tha next part up vaany ..? V v v v kiyaa hiy vey eba. Avahah up kh dhyba . Interesting story .?? waiting 4 next part .????

    1. Ushaa says:
      May 14, 2016 at 1:23 pm

      Thnk yuh nammi. Up kuraane dhuvaheh bunaakah neigey.. caux adhivx exam nunimey… keep waiting…

  4. aff says:
    May 14, 2016 at 2:20 pm

    ushaa.. story hama habeys.. ur great.. keep it up.!!!! awaha nxt prt upkodhehche☺☺☺☺☺

  5. Ushaa says:
    May 14, 2016 at 2:24 pm

    Thnxx.. Yrh insha allah…

  6. mooni says:
    May 14, 2016 at 4:29 pm

    Nice….waiting for the next ep….

    1. Ushaa says:
      May 14, 2016 at 4:41 pm

      Thnk yuh.. Plx kp waitin….

  7. Phy says:
    May 14, 2016 at 7:46 pm

    V reethi..nxt part ah hama waiting…

    1. Ushaa says:
      May 14, 2016 at 8:00 pm

      Thnxx..

  8. meesha says:
    May 14, 2016 at 7:47 pm

    varah reethi mi bai vex… 🙂

    1. Ushaa says:
      May 14, 2016 at 8:01 pm

      Thnk u..

  9. aina says:
    May 14, 2016 at 8:14 pm

    Kiyaa hithun indhaa nimihje story varah reethi avahah up kuraanan dho,

    1. Ushaa says:
      May 14, 2016 at 8:25 pm

      oh sryy ehaa vrh kiya hithun hutta ninmaalevuneema. Bt dnt worry. Up kurevey emme avahakah up kuraanan…
      Thnxxxx

  10. ken? says:
    May 14, 2016 at 11:47 pm

    i hv been reading this story frm de beginning but i guess this must b my 1st comment on this story…jux wnted to let u knw u r improving it day by day… ? de more u write de more u ll improve….✌so keep writing more n more…? wish u a v goodluck with ur story…n keep entertaining de readers..??✌ thnkx for de story ☺❤?

    1. Ushaa says:
      May 15, 2016 at 6:30 am

      Thnk yuh vvvv much. Insha allah adhi vrh vrh improve vaane..

Comments are closed.

Next Episodeބޭވަފާތެރި ނުވަމޭ ޔާރާއޭ… ( 8 ވަނަ ބައި)←


All Right Reserved!