އެކަނި މާ އެކަނި ރަށުގެ މީހުން އާންމުކޮށް ދިރިނުއުޅޭ ހިސާބެއްގައި ހުރި ގަހެއްގައި އެލުވާފައި ހުރި އުނދޯލިތަކުން އުނދޯޔެއްގައި ހަލީނާ އެބައޮތެވެ. އޭނާގެ މާޒީގައި ދިމާވި ހިތާމަވެރިކަންތައްތައް ހަނދާން ކުރާށެވެ. ހަލީނާ އަށް މިކަންތައް ދިމާވިތާ މިހާރު ބައިއަހަރު ވެއްޖެއެވެ. ހަލީނާ މިހެން އޮންނާކަށް ޖެހިލުމެއް އަދި ބިރެއްވެސް ނުގަނެވެ. މެންދަމުންއަލިވެ ދޭއްޖަހައިފިއެވެ. އަދިވެސް ހަލީނާ އޮތް އުނދޯލީގައި އޭނާ އެބައޮތެވެ. މީގެ ދޮޅުއަހަރެއްހާދުވަސް ކުރިއެވެ. ދުވަސްކޮޅަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަދިހައެވެ. ރަށުތެރެ ވަރަށްބާރަށް ޒީނަތްތެރިކުރަމުން އެބަދެއެވެ. […]
“އާދޭ އެކޮއި….” ސައްތާރު ގޯތީގެ އަނެއް ފަރާތަށް ހިނގައިގަންނަމުން ރާހުލް އަށް އޭނާގެ ފަހަތުން އައުމަށް އިށާރާތްކޮށްލިއެވެ. އެއާއެކު ރާހުލް ކިޔަމަންތެރިކަމާއެކު އޭނާގެ ފަހަތުން ހިނގައިގަތެވެ. ސައްތާރު ގޮސް ހުއްޓުނީ ދެރަ ގޮތަކަށް ހަދާފައި ހުރި ގުދަނެއް ފާޑު ތަނެއްގެ ކައިރީގައެވެ. އެތަނުގައި ޖަހާފައި ހުރި ޓިނު ދޮރުފަތް އޭނާ ހުޅުވާލި ހިނދު އިވިގެން ދިއައީ ދަބަރު އަޑެކެވެ. އެއާއެކު ނިކުމެގެން އައި ހިރަފުސްތަކުގެ ސަބަބުން ސައްތާރު ކޮށި އަރާ ގޮތް ވިއެވެ. ހުޅުވާލުމަށްފަހު އޭނާ ފާރުގައި […]
އެއީ އުމުރުން ސާދަ އަހަރުގައެވެ. އަހަރެމްގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގެއަށް ދިޔަ ދުވަހެވެ. އެއީ އަހރެމްގެ ފުރަތަމަ ބެސްޓު ފުރެންޑެވެ. ސަކަ މިޒާޖެއްގެ މީހެކެވެ. އަހަރެންނަށް އެ ދުވަހު ވަރަށް ބޮޑު ކަމެއް ވިއެވެ. އެދުވަހު އޭނާގެ “ކަޒިންސް” ހުރުމުން އޭނަގެ ލަވްލައިފް ވާހަކަ ނުދައްކާށޭ ބުންޏޭވެ. ނަމަވެސް އޭނަގެ މިޒާޖުން އޭނާ އެބުނީ ސީރިއަސް ކޮށްކަން ނޫނީ މަޖަލަކަށް ކަން ނޭނގުނެވެ. އެހެންވެ އޭނަގެ ލަވްލައިފްއާ ބެހޭ ގޮތުން ވާހަކަ ދެއްކީމެވެ. އެގަޑީގަވެސް އެވާހަކަ ނޫދައްކާށޭ ބުނުމުން އަހަރެން ހީކުރީ އެއީ މަޖަލަށް ކަމަށެވެ. އަނެއް މައްސަލައަކީ އޭނާއަކީ އެހާ ކިޔެވުމާ ގާތް ކުއްޖެއް ކަމުންނޫން އޭނާއާ ބެހޭގޮތުން އޭނާގެ މަންމަ ވާހަކަ ދެއްކުމުން އަހަރެންނަށްވެސް އޭނާގެ މަންމައާ އެއްބައިވެވުނީއެވެ. އެގެއިން ދިޔައިރު ހުރިހާ ކަމެއްވެސް ރަނގަޅެވެ. ގޯސްވީ އަހަރެން އޭނާ ކައިރީގައި އެހުމުންނެވެ. އޭނާ ހުރީ 50/50 ގައެވެ. ނަމަވެސް އަހަރެން ސޮރީ އޭ ބުނުމުންވެސް އޭނާ ހުރީ ރުޅއައިސްފައެވެ. އެރޭ ސުއިސައިޑް ކުރުމުގެ ވާހަކައާ އެކި އެކި ވާހަކަތައް ދެކެވުނެވެ. ނަމވެސް އެންމެ ފަހުން އަހަރެންވީ އޭނައަށް އުނދަގުލަކަށެވެ. އޭނާއަށް ނުވުސްނެއެވެ.އޭނާގެ ލަވްލައިފްގައި އެހީވީމަވެސް އޭނާ އަހަރެން ދެކެ ރުަޅީ އައީއެވެ. އެނާ ބުނީ އިތުބާރަކީ ކަރުދާސްކޮޅެކެވެ. އަހަރެން ބުނީ މިހާރު ވީދިފައިވާ ކަރުދާހުން ކަރުދާސް ހެދޭ ކަމެވެ. އެގޮތައް އެކި މިސާލު ދެއްކި އިރުވެސް އޭނާ އަހަރެން ދެކެ އަދިވެސް ރުޅީއައެވެ އިތުބާރަކީކަރުދާސް ކޮޅެކެވެ. ވީދާލެވިއްޖެނަމަ އަލުން އާ ކަރުދާހަކާށް ބަދަލު ކުރެވެ އެއްޗެކެވެ. […]
ސިއްސައިގެން ގޮސް ރައިނައަށް ހޭލެވުނީ ފުރާޅު މަށްޗަށް އޮށްގާ އުކަގެންހެން ހީވާފަދަ އަޑެއް އިވުމުންނެވެ. އޭރު ރައިނާގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެއިވުނީ ވާރޭ އޮއްސާލި އަޑު ކަން އެނގުމުން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ………………………. ވަރަށް އަވަހަށް އަންނަނީ..
ފޯނު އެލާމްވީއިރުވެސް އަހަރެން އޮތީ ހޭލައެވެ. އެލާމް ނިއްވާލުމަށްފަހު މަޑުމަޑުން އެނދުން ތެދުވީމެވެ. ގަޑިން ފަތިހު ފަސްގަޑި ބައިވީއެވެ. ޓެސްޓް އޮތީ 7 ޖަހާއިރުއެވެ. އޭގެ ކުރިން އަދިވެސް އެއްފަހަރު ފޮތް ކިޔަލަން އަހަރެން ބޭނުމެވެ. ނަތީޖާ ކުރިއަށްވުރެ ދަށްވެއްޖެ ނަމަ ދެން ވާނެ ގޮތް ހަމަ ރަނގަޅަށްވެސް އަހަންނަށް އެނގެއެވެ. “އޭ” ރިޕޯޓެއް ލިބިއްޖެނަމަ ބައްޕަ ދޭން ބުނި އައި ފޯން އަހަރެން ބޭނުމެވެ. މިހާރު މި ގެންގުޅޭ “ބައްތި ނޮކިޔާ” ގެ އުނދަގުލުން ސަލާމަތްވެގެން، […]
ރޭޝަމްގެ އަތުގައި ހިފައިގެން ޝިކާ މިސްރާބު ޖެހީ ‘ފްލާވާރ ކްލިނިކް’ އާ ދިމާއަށެވެ. އެއީ އޭނާ މަސައްކަތްކުރާ ތަނަށް ވުމުން އެތަނުން ޓެސްޓު ހަދަން ފަސޭހަ ވާނެކަން އޭނާއަށް އެނގޭތީއެވެ. ޝިކާއާ އެކު ހިނގަމުން ދިޔަ ރޭޝަމް ހުރީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އޭނާ ގެ ބައްޕަ ހުންނާނީ ކިހިނެއްބާއެވެ؟ އަނެއްކާ ބައްޕަ އޭނާ ދެކެ ލޯބިވާނެ ބާއެެވެ؟ މަންމަ ފަދައިން ބައްޕަ ވެސް އޭނާ ދެކެ ރުޅިއަންނަ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކްލިނިކާ […]
ދޮން ދޮން މޫނެކެވެ. ހިކެގެން ގޮސް އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ކަރުން މައްޗާއި ހަމައަށް އަރާ ފަން ފަން އިސްތަށި ކޮޅެކެވެ. މުށި ކަޅިއެކެވެ. ތުނބުޅި މަތިމަސް ވަނީ ބާލައިފައެވެ. ފެން ވަރައިގެން ނިކުމެ ތުވާލި ކޮޅެއްގައި ހުރުމުން އެދޮން ހަށިގަނޑު ކިތަންމެ ރީއްޗެއް ކޮށްވެސް ހާމަވަމުން ދިޔައެވެ. ބަނޑު ހިނދި ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް ނުވުމުން މާ ބޮޑަކަށް ފިރިހެންވަންތަ ގޮތެއް ނުހުރެއެވެ. އަދި އަމުދުން ފުދޭވަރަކަށް ދޮންކޮށް ހުރެފައި އިސްތަށިގަނޑު ފުދޭ ވަރަކަށް […]
ދޮން ދޮން މޫނެކެވެ. ހިކެގެން ގޮސް އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ކަރުން މައްޗާއި ހަމައަށް އަރާ ފަން ފަން އިސްތަށި ކޮޅެކެވެ. މުށި ކަޅިއެކެވެ. ތުނބުޅި މަތިމަސް ވަނީ ބާލައިފައެވެ. ފެން ވަރައިގެން ނިކުމެ ތުވާލި ކޮޅެއްގައި ހުރުމުން އެދޮން ހަށިގަނޑު ކިތަންމެ ރީއްޗެއް ކޮށްވެސް ހާމަވަމުން ދިޔައެވެ. ބަނޑު ހިނދި ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް ނުވުމުން މާ ބޮޑަކަށް ފިރިހެންވަންތަ ގޮތެއް ނުހުރެއެވެ. އަދި އަމުދުން ފުދޭވަރަކަށް ދޮންކޮށް ހުރެފައި އިސްތަށިގަނޑު ފުދޭ ވަރަކަށް […]
ފަސްދުވަސް ފަސް…. ކްލިނިކުގެ މަސައްކަތްތައް ނިމުމާއެކު ޝިކާ އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިއައެވެ. އޭނާ ދަބަހުން ފޯނު ނެގުމަށްފަހު ރައުލްގެ ނަންބަރަށް ގުޅާލުމަށްފަހު މިޔަދު ނިމެނީ ތަންކޮޅެއް ލަހުން ކަމާއި ބަލާ އަންނަންވީމަ ގުޅާނެ ކަމަށް ބުނެލަމުން ފޯނު ބޭއްވިއެވެ. އަދި ފިޔަވަޅުތަކަށް ބާރު ލަމުން އޭނާގެ ހިނގުން އަވަސްކޮށްލިއެވެ. އޭނާ ކުރަން އެއުޅޭ ކަންތައް އެއްގޮތަކަށްވެސް ރައުލްއަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޝިކާ ގޮސް ހުއްޓުނީ އަށް ބުރީގެ އިމާރާތެއް ކައިރީގައެވެ. އަވަސް ފިޔަވަޅުތަކާއެކު […]