ޝިކާ ކައުންޓަރާ ދިމާއަށް ދިޔައިރު އޭނާ ގެ ހިތުގައި ތަފާތު ސުވާލުތަށް ފުނިޖެހެމުން ދިއައެވެ. އަމީން މެން ފުލުސް އޮފީހުން އޭރު ދޫކޮށްލީ ކޮންއިރަކު ހެއްޔެވެ؟ އަދި އަމީންގެ އަންހެނުންނަށް މިފަދަ ބައްޔަކާ ކުރިމަތިލާން ޖެހުނީ ކިހިނެއް ހެއްޔެވެ؟ އަބަދުވެސް ރީތި އަންހެން ކުދިންނާ އެކު އުޅެން ބޭނުންވާ އަމީން އެފަދަ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކާ ކައިވެނި ކޮށްގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިޔަދު އޭނާ މިހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދާނެއެވެ. ކައުންޓަރު ކައިރިއަށް ގޮސް […]
ނޯޓް: މިއީ 28 ޖޫން 2010 ގައި ޔަނާބީ ޑޮޓް ކޮމް ގައި ޝާއިއުކުރެވިފައިވާ ލިޔުމެކެވެ. އަދި މިއީ ޙަޤީޤީ ޙާދިޘާއެއް ކަމުގައިވެސް ދަންނަވަމެވެ. އަހަރެން އެންމެ ފުރަތަމަ ޔުނިވަރސިޓީ ފެށިއިރު އެހެން މުސްލިމު އަޚަކާ ބައްދަލުވިއެވެ. އަހަރެމެން އެކުވެރި ރަހުމަތްތެރިންތަކަކަށް އިސާހިތަކު ބަދަލުވެއްޖެއެވެ. އެހެނަސް މިއީ އާދައިގެ ރަހުމަތްތެރިކަމެއް ނޫނެވެ. އަހަރެން ހުރީ އޭނާއަށް ކޮންމެ ކަމެއްވެސް ކޮށްދޭން ތައްޔާރަށެވެ. އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ މީހެއް ފަދައެވެ. ޔުނިވަރސިޓީގެ އެންމެ ފަހު އަހަރު، މިއަޚާ […]
ގެއަށް ވަދެ ދޮރުހުޅުވާލި އިރު އޭނާގެ އަންހެނުން ކައްކާ މީރު ކުކުޅު ރިހައިގެ ވަސް މުޅިތަނުގައި ހިފާލާފައިވެއެވެ. ލިޔާޒް ކޮޓަރިއަށް ލުމަށްފަހު އޭނާ އައިސް ބަދިގެއަށް ވަތްއިރު އޭނާއާ ފުރަގަހަށް ވާގޮތަށް ހުއްޓިގެން ހުރި އަންހެނާ ފެނި އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފަހަތުން ގޮސް އޭނާ އެ އަންހެނާގެ ގައިގައި ބައްދާލިއެވެ. “އަހޫ…އައި މިސްޑް ޔޫ…” އެހެން ބުނަމުން ލިވާން އޭނާގެ ކޮލުގައި ބޮސް ދިނެވެ. ރިހަ ތެލި ހަލަން ހުރި އަހުލާގެ މޫނަށް […]
އަހަރެން ޖަލީން އާއި އިނުމަކީ އެކަންކުރުމުގެ ފުރަތަމަ ފިޔަވަޅުކަން އަހަންނަށް ވިސްނުނީތީއެވެ. އަހަރެންގެ ގޭ ދޮރާއި ހަމަވި ވަގުތު އަހަރެން ހުއްޓުން އެރިއެވެ. އެތަން ބޭރު މީހަކަށް ފެނުނު ނަމަ އަހަންނަށް ދުވަހަކުވެސް ދޮރެއް ނުފެންނަ ކަމުގައި ހީވާނެއެވެ. އެވަރަށް އަހަންނަށް އެއާއި ދިމާލަށް ބެލެމުން ދިޔައެވެ. އެދޮރުގެ އަނެއްފަރާތުގައި އަހަރެންގެ އަންމި ހުންނާނެއެވެ. އަންމި އިންތިޒާރު ކުރަމުން ދާނީ އަހަރެންގެ އުފާވެރި މޫނަށެވެ. އަހަރެން އުފާވެފައި ޓެސްޓް ފަސޭހަކަމުގައި ބުނާ އަޑު އަހާލުމަށް އަންމި ހުންނާނީ […]
*މިއީ ދަގަތަ ޕަބްލިޝަރސް ގެ ލިޔުންތެރިއެއް ކަމަށްވާ ޒާހީ ލިޔެ ނެރެފައިވާ ވާހަކައެއް. “މަންމައަށް ރަނގަޅަށް ހަޤީޤަތް އެގިހުރެ ވެސް ތިހެން ވާހަކަ ދައްކާތީ އަހަރެން ވަރަށް ދެރަވޭ… މަންމައަށް އެނގޭނެ އެކަހަލަ ވާހަކައެއް އިވުނަސް އަހަންނަށް އުނދަގޫ ވާކަން…” ޖެނީއަށް އަނެއްކާވެސް ރޮވުނެވެ. ނަސީމާ އެއަކަށް އެއްވެސް އެއްޗެއް ނުބުއްޏެވެ. އަށްއަހަރު ކުރީގެ މާޒީ ހަނދާންކުރާކަށް ނަސީމާ ވެސް ބޭނުމެއް ނޫނެވެ. ޖެނީ ހަމައަކަށް އެޅުވުމަށްފަހު ނަސީމާ އެކޮޓަރިން ނުކުމެގެން ދިޔައެވެ. ޖެނީއަށް އޭނާގެ ކަޅުމާޒީ […]
“ދެން ގުޑް ބާއީ ފޯރއެވާ… އަހަންނާ ދެން ނުގުޅާތި..” ތާމިން އަށް އެހެން ބުނެވުނީ ވަރަށް ވެސް އުނދަގުލުންނެވެ. ދެންމެ ދެންމެ ރޮވިދާނެހެން ހީވާން ފެށުމުން އޭނާ އަވަސް އަވަހަށް ފޯނުކަނޑާލިއެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ހިފާލާފައިވިއެވެ. #~#~#~# ތާމިން އަށް އޭނާގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ކުރިމަތީގައި ހުރި ފޯނު ރިންގުވާން ފެށުމުންނެވެ. އޭރު އޭނާގެ ދެލޮލުން ވަނީ ރޮނގަކަށް ކަރުނަ ފައިބައިފައެވެ. […]
އެއީ ކާކުކަން ޝިކާއަށް ވިސްނުނު ހިނދު އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ހަމަ އޭނާ ހެއްޔެވެ؟ ކުރިއަށް ވުރެ އެ ހަށިގަނޑުގެ ބައިމަތި ފުޅާވެ ދޮން ވެފައިވީއިރު ތުނބުޅި މަތިމަސްވެސް ހުރީ ހިތްގައިމު ވަރަކަށް ދިގުކުރެވިފައެވެ. ލައިގެން ހުރި ނޫ ކުލައިގެ ގަމީސް ދަށަށް ޖަހައި އެއާ ގުޅޭ ގަދަ ފެހި ކުލައިގެ ޓައީ އެއް އަޅާފައި ހުރި އިރު އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އެ އަސަރުގަދަ ދެލޯ އަދިވެސް ބަދަލެއް ނުވެއެވެ. އެއީ […]
“އައްސަލާމް އަލައިކުމް… ލާހޫރު ޓެކްސީ ސެންޓަރ ތޯ؟ ޔުނިވަރސިޓީ އޮފް ލާހޫރު ދޮރުމައްޗަށް ޓެކްސީއެއް ފޮނުވަދީފާނަންތޯ؟ޓެކްސީ ނަމްބަރު 3351 ފޮނުވައި ދީފިއްޔާ ބޮޑަށް ރަނގަޅީ… ކުރަކި ވެފައިވާ އަޑަކުން އަހަރެން ފައްޗަކަށް އަމުނާލީމެވެ. އެކޮޅުން މީހަކު އަދަބު ވެރިކަމާއެކު މައްސަލައެއް ނެތްކަމުގައި ބުނުމުން އަހަރެން ފޯނު ކަނޑާލީމެވެ. އެވަގުތު އަހަރެންގެ ހިތުގައި ހިނގި އިޙްސާސް ތަކަކުން އަހަރެންނަކަށް މަޑަކުން ނުހުރެވުނެވެ. ފޯނުގައި ބާރަށް ހިފާލައިގެން ކޮލެޖުގެ ބޮޑު ދޮރުކުރިމާތީ ދެކޮޅު ދެކޮޅަށް ކުރުކާލި ކަނޑަ ކަނޑާ ހުރެވުނެވެ. […]
# މިއީ ދަގަތަ ޕަބްލިޝާރސްގެ ލިޔުންތެރިއެއް ކަމަށްވާ ޒާހީ ލިޔުއްވައިފައިވާ ވާހަކައެކެވެ. އިރުގެ ރަންދޯދިތަކުން މުޅި ދުނިޔެ އަލިކޮށްލައިފިއެވެ. ނަސީމާ އައިސް ޖެނީއަށް ގޮވާލުމުން އޭނާ ދެލޯ ހުޅުވާލީ ވަރަށް ކަންނެތް ގޮތަކަށެވެ. މޫނު ހަދާލައިގެން ބާލީހުގައި އިހުނަށްވުރެ ބާރަށް ބައްދައިލައި ދެލޯ ބާރަށް މަރާލިއެވެ. އެއީ ޖެނީގެ އާދައެވެ. ކިތަންމެ ވައްތަރުތަކެއް ޖެއްސި ނަމަވެސް ޖެނީ ތެދުވާނެ ކަމުގެ ޔަގީންކަން އޮތުމުން ނަސީމާ އެކޮޓަރިން ނުކުމެ ބަދިގެއަށް މިސްރާބުޖެހިއެވެ. ޖެނީ ބައްދާލައިގެން އޮތް ބާލީހުން […]