Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 33

ShaiShy Level 410 Stories100 Comments500 Comments
April 9, 2017 7 Mins Read
17 Comments

” ހާހާ…ފައިނަލީ ޕިއްޒާ ކޭމް.. ” މިޝްޔާ ދުވަމުން ކަހަލަ ގޮތަކަށް ދޮރާ ދިމާއަށް ދިޔައެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން އިވުނީ ވޭނީ ހަޅޭކެއްގެ އަޑެވެ. މިކްޔާ އަށް ތެދުވުނު ގޮތެއްވެސް ނޭނގެއެވެ. ދެވަނަ ސިކުންތުގައި އޭނާ ހުރީ ގޭގެ ދޮރުމަތީގައެވެ. ކުރިމަތިން ފެނުނު މަންޒަރުން މިކްޔާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ދެލޯ ބޮޑުކޮށްގެން މިކްޔާއަށް ހުއްޓުން އަރާފާއި ހުރެވުނީ އޭނައަށް ކުރެވިދާނެ އެންމެ ކަމަކުންވެސް މިޝްޔާގެ ފުރާނައަށް ގެއްލުމެއް ވެދާނެތީވެއެވެ.

ކަޅުކުލައިގެ ދިގު ކޯޓެއްލައިގެން މީހަކު ދޮރުމަތީގައި ހުރިއިރު އެމީހެއްގެ މޫނުވަނީ މާސްކަކުން ފޮރުވާލެވިފައެވެ. އެމީހާގެ އަތުގަޔާއި ޓައިލްސް މައްޗަށް ބުރާފައިވާ ލޭތަށް ފެނި މިކްޔާ ބިރުން ރޫރު އަޅައިގަތެވެ. އޭރު ޓައިލްސް މަތީގައި އޮތް މިޝްޔާގެ މެޔަށް ހަރާލެވިފައި ވަޅި މިކްޔާގެ ލޮލުގައި އަޅައިގަތީ އިރުކޮޅެއްފަހުންނެވެ. މިޝްޔާގެ ގައިދަށުން ފޭދެމުން އައި ލޭގެ ކޯރު ފެނި މިކްޔާގެ ހެޔަށް ގޮތްވެގެން އަނބުރައިގަތެވެ. އެވަގުތު ދޮރުމަތީގައި ހުރި މީހާ ދުވެފައި އެތެރެއަށް ވަދެގެން އައީ ހަޅޭލަވަމުން ކަހަލަ ގޮތަކަށެވެ. މިކްޔާއަށް ހީވީ އެމީހަކު ވަރަށް ބާރަށް އޭނައަށް ގޮވާލިހެންނެވެ. ހަމަ އެއާއެކު މެރެމުން ދިޔަ ލޮލުގެ އެސްފިޔަތަކުތެރެއިން އެމީހެއްގެ ފަހަތުން ދުވެފައި އިތުރު ދެމީހަކުވެސް ވަތްހެން ހީވިއެވެ. މިކްޔާ ވެއްޓުމުގެ ކުރިން މީހަކު އޭނާ ހިފެހެއްޓިހެންވެސް ހީވިއެވެ. މަންޒަރު އެއްކޮށް ފުސްވެގެން ދިޔައީ މަރާލެވުނު ދެލޮލާއިއެކުއެވެ.

**
“ޒީ ދެންބުނެބަލަ! ހީވޭތަ އަހަރެމެންގެ މިރޭވުން ކާމިޔާބު ވާނެހެން..އަހަރެން ބޭނުންވަނީ ބަދަލަށް ބަދަލު..އަހަރެންގެ ދެދަރިންގެ މަރުގެ އަދަބު މިކްޔާއަށް ލިބެންޖެހޭނެ..އެކަމަށްޓަކައި އެތަށް ފުރާނައެއް ޤުރުބާން ކުރަން ޖެހުނަސް ހެޔޮ…އަހަރެންނަށް ދެން ނެތް މާގިނަ ދުވަހެއް…މިކަމެއް ނިންމަން އެބަޖެހޭ..މިކަމުގައި ޒީ އެހީ ނުވިޔަސް އަހަރެންނަށް ފަރުވާލެއްނެތް.. ރޭވުމާއި އެއްގޮތަށް އަހަރެން ކަންތައް ކުރާނީ..” އިކުރާމު ހީވަނީ ގޮވަން ކައިރިވެފައިހުރި އަލިފާން ފަރުބަދައެއްހެންނެވެ.

“އައި ޑޯންޓް ނޯ…އަހަރެން ވަރަށް ބިރުގަނޭ…ޑޭޑް އަށް އެނގިއްޖިއްޔާ އަހަރެން ދިރިހުއްޓާ ވަޅުލާނެ..ދޮންމަ އާއި އޭނާގެ ދަރިންދެކެ ޑޭޑް ވާލޯތްބަކުން އަހަރެން ދިރިހުއްޓާ ވަޅުވެސް ލާން ފަހެއްނުޖެހޭނެ…އެން ޔުއަރ ޕްލޭން ސައުންޑްސް ސޯ ޑެޑްލީ…އެން ރިސްކްވެސް ވަރަށް ބޮޑު…ބަޓް އައި އޭމް ވިތް ޔޫ…ޔޫ ޖަސްޓް ހޭވް ޓް މޭކް ޝުއަރ ނަތިންގް ގޯސް ރޯންގް..އެން މައި އެސްކޭޕް ޕްލޭން ހޭޒް ޓް ބީ ޑަން ޕާރފެކްޓްލީ…” ޒީޝާގެ މޫނުމަތީގައިވަނީ ނުރައްކާތެރި ހިނިތުންވުމެކެވެ.

**

މަޑުމަޑުން އެސްފިޔަތަށް ދުރުކޮށްލަމުން މިކްޔާ ލޯ ހުޅުވާލިއެވެ. ކައިރީގައި އިން އައުފްގެ މޫނަށް ބަލާލަމުން މިކްޔާ ވަށައިގެން ހޯދާލިއެވެ. އެވަގުތު އެނދުގެ އަނެއް ފަރާތުގައި ހުރި ސޮފިއްޔާއާއި މައިކަލް ލޮލުގައި އަޅާއިގަތެވެ. މިޝްޔާ ކޮބައިބާއެވެ؟ އޭނާ ކޮޓަރިއަށް ގެނައީ ކާކުހެއްޔެވެ؟ އައުފް އައީ ކޮންއިރަކުހެއްޔެވެ؟ މިކްޔާ ބޮލުގައިވި ރިހުން ގަދަވުމުން ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.

” އަފޫ…މިޝީ…އެމީހާ…ވަ….ވަޅި..” ރޮވޭވަރުން މިކްޔާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ.

” މަންމަ އަންނާނަށް ޑޮކްޓަރ އަންކަލް އަށް މިކްޔާ ހޭއެރިކަން އަންގާފަ..ދަރިފުޅު އަރާމުކޮށްލާ އިނގޭ..” އައުފާއި މިކްޔާ އާއި މުހާތަބުކޮށް ސޮފިއްޔާ ވާހަކަ ދެއްކުމަށްފަހު މައިކަލް އަށް ލޮލުން އިޝާރާތެއް ކޮށްލުމަށްފަހު ކޮޓަރިން ބޭރަށް ނިކުތެވެ.

އައުފް މިކްޔާ ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. އެމޫނުމަތިން ފެންނަމުންދިޔައީ ހާސް ކަމެވެ. މިކްޔާއަށް ކަމެއްވީނަމަ އައުފް އަމިއްލަ ނަފުސަށް މާފެއް ނުކުރާނެއެވެ.

“ސޮރީ ބޭބީ…އައި އޭމް ސޯ ސޮރީ…ޕްލީޒް ފޮރގިވްމީ” އެހުރިގޮތަށް ހުރެ އައުފް ބުނެލިއވެ. އެވާހަކަތަކުން މިކްޔާއަށް އެކައްޗެއްވެސް ދޭހައެއް ނުވެއެވެ. އޭނައަށް މިހާރުވެސް ލޯ ކުރިމަތިން ސިފަވަނީ ލެއިން ކަޅިވެފައިވާ މިޝްޔާއެވެ.

” އަފޫ ޕްލީޒް ބުނެދީބަ މިޝީ ކޮބާކަން..ޕްލީޒް..” މިކްޔާގެ އަޑު ތުރު ތުރުލަމުން ދިޔައެވެ.

” މިކީ ބޭބީ ! މިޝީ އޯކޭ އޭ..އެބައިން ތިރީގަ..އަންނަން ނުކެރިފައި..މޯމް އެން ޑޭޑްވެސް އެތިބީ ވަރަށް ކަންތައް ބޮޑުވެފައި..އިޓްސް އޯލް މައި ފޯލްޓް..މިޝީ އަށް އިނގޭނެ މިރޭ އަހަރެމެން އަންނަކަންވެސް އެން އައި ޕްލޭންޑް އަ ސަރޕްރައިސް ފޯރ ޔޫ..އެކަމް އަސް ހިޔެއް ނުކުރަން ބޭބީ އަށް ތިވަރުވެދާނެކަމަށް..އޭރުގައި އެއީ ހުސް ފޭކް.. ވީ އޯލް ޕްލޭންޑް އިޓް..ސޮރީ ބޭބީ…މިރޭ ހަމަ އަސްލުވެސް އަހަރެން މޮޔަނުވީ ކިރިޔާ…ބޭބީ އަށް ކަމެއްވީނަމަ އަހަރެން ކިހިނެއް ހަދާނީ..މިހާރު ދެގަޑިއިރުވަނީއޭ ތިގޮތަށް އޮންނަތާ..މިޝީވެސް ވަރަށް ރޮއެފަ މިތާހުރެފަ ދިޔަތަނުން މިކީއަށް ތި ހޭލެވުނީ..ޑޮކްޓަރ އަންކަލްވެސް ބުނެފަ ދިޔައީ 2 ގަޑިއިރުތެރޭ ހޭނާރައިފިއްޔާ ހޮސްޕިޓަލަށް ގެންނަން.. މޯމް ކިޔާވަރުން ބްލަޑް ސާމްޕަލް އެއްވެސް ހިފައިގެން އެދިޔައީ ޓެސްޓް ތަކެއް ހަދަންވެގެން ” އައުފްގެ ވާހަކަތަކުން މިކްޔާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. އަދި ހަމަ އެހެންމެ ރުޅިވެސް އާދެވުނެވެ. މީހުން ސަރޕްރައިސް ދޭގޮތަކީ އެއީ ހެއްޔެވެ؟ މިކްޔާ އެންމެ ހައިރާންވީ އައުފްގެ އެ މޮޔަކަމުގައި އެހެން މީހުންވެސް ބައިވެރިވީމައެވެ.

އައުފްގެ ގަޔާ ދުރުވެލަމުން މިކްޔާ އަނެއްފަރާތަށް އެނބުރިލިއެވެ.

” މިޝީ ކައިރީގައި ބުނެދީ އޭނަގެ ދޮންތަ ބޭނުމޭ ވާހަކަދައްކަން…އިން ޕްރައިވެޓް..އެން މޯމްމެން ކައިރީގައި ބުނޭ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ..” މިކްޔާގެ އަޑުންވެސް އެއިނީ ހިތްހަމަނުޖެހިފައިކަން އައުފަށް ނަގައިގަނެވުނެވެ. މިކްޔާގެ އެހިތްހަމަނުޖެހުން އޭނާއަށް ހައްޤެވެ.

ބަހެއް ބުނުމެއްނެތި އައުފް ކޮޓަރިން ނިކުތީ މިވަގުތު މިކްޔާ ކައިރީގައި އިތުރު ވާހަކައެއް ނުދެއްކޭނެކަން އިނގޭތީވެއެވެ. އިރުކޮޅެއްފަހުން މިޝްޔާ އެކޮޓަރިއަށް ވަނެވެ. އިސް އުފުލާލަން ނުކެރިފައި ހުރީ މިކްޔާގެ ފާރާތުން މާފަށް އެދެން ޖެހިލުން ވުމުންނެވެ. ކުއްލިއަކަށް މިކްޔާއައިސް އޮޅުލައިގަތުން މިޝްޔާއަށް ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުކޮށްލެވުނެވެ.

“މިޝީ ދެން ދުވަހަކުވެސް އެކަހަލަ ސަމާސާއެއް ނުކުރާތި..ދޮންތަ ބިރުގަތްވަރު ބުނެދޭން ނޭނގެ..ސްޓިލް އައި ކޭން ސީ ޔޫ އިން ދެޓް ސްޓޭޓް…ލޯ މަރާލިޔަސް ފެންނަނީ މިޝީ…އަސްލުވެސް މިޝީމެންގެ ތި ސަކަރާތުގެ ސަބަބުން ދޮންތަ އަށް ވަރަށް އަސަރުކޮށްފި..” މިކްޔާގެ ލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ. އޭނާގެ ލޯބިވާ ކޮއްކޮ އެފަދަ މަރަކުން މަރުވާ ތަން ދެކެން އޭނާ ބޭނުމެއް ނޫނެވެ. އެފަދަ ހިޔާލެއްވެސް ކުރާކަށް މިކްޔާބޭނުމެއް ނުވެއެވެ.

” ދޮންތި! އަ…މް… ސޯ….ސޮ…ރީ..” މިޝްޔާ އަށް ގިސްލެވޭވަރު ވުމުން ބުނަން ބޭނުންވާ ކިތއްމެ އެއްޗެއް ހުއްޓަސް ބުނެވޭގޮތެއް ނުވިއެވެ. ލޯބިވާ ދޮންތައަށް އެފަދަ ބޮޑު ހިތާމައެއް ދެވުނީތީވެ މިޝްޔާ އެ ހުންނަނީ ވަރަށް ދެރަވެފައެވެ.

ދެބެއިން ސުލްހަވެ އުދާސްތައް ބޭރުކޮށް ނިމުމުން މިކްޔާ ބޭނުންވީ އަރާމުކޮށްލާށެވެ. މިޝްޔާވެސް އިތުރަށް މަޑު ނުކޮށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

**
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މިކްޔާ އަށް ނުނިދިފައި އޮތީ އައުފްގެ ހަބަރެއް ނުވާތީވެއެވެ. ކިތައްމެ ފަހަރަކު ބޭރަށް ނިކުންނަން ހިތައް އެރިޔަސް ގޮތް ދޫނުކުރަންވެގެން އެއޮންނަނީއެވެ.

” އަހަރެން ކީއްކުރަން މި ވިސްނަނީ..އަފޫއަށްވެސް އިނގެންޖެހޭނެ އެކަހަލަ ސަމާސާ ކުރަން ނުވާނެކަން…ހީ ޑިޒާވްސް އިޓް..އެކަމަކު ދެން މިހާރު އަންނަން ވެއްޖެއެއް ނޫންތަ..މިހާދުވަސް ފަހުން އައިސްފަވެސް ދުރުގައި ކެތްވޭތަ؟ ” މިކްޔާ އަމިއްލަ ނަފުސާ ވާހަކަދައްކަމުން އެނދުން ތެދުވެ ކޮޓަރި ތެރޭގައި ހިނގަން ފެއްޓިއެވެ.

” އަފޫ އަށް ހުރެވެންޏާ ވައި ކާންޓް އައި؟..ހުރެބަލަ ދެން މި ރޫމް އަށް ނުވެސް ވައްދާނަން…” އެންމެ ފަހުން މިކްޔާ ކޮޓަރީގައި ތަޅު ލުމަށްފަހު އެނދަށް އަރާ ރަޖާގަނޑު ދަށަށް ވަނެވެ. އެގޮތުގައި މިކްޔާއަށް އޮއެވުނީ ފަސްވަރަކަށް މިނެޓްވަންދެނެވެ. އަނެއްކާވެސް އެނދުން ތެދުވެގެން ބެލްކަންޏަށް ނިކުމެލީ ހިތްހަމަ ޖައްސާލުމަށެވެ. އެވަގުތު އެދިމާއިން ތިރީގައި އޮތް ޕޫލުކައިރީގައި އިން އައުފް ފެނުމުން މިކްޔާ ކުޑަކޮށް ބޯ އަރިކޮށްލަމުން ބަލާލީ އައުފް އެތާ އިނދެގެން ކުރަނީ ކީއްތޯ ބަލާލުމަށެވެ. އައުފް ކަންފަތުގައި ފޯނުޖަހައިގެން އިނުމުން މިކްޔާ ކުޑަކޮށް ވިސްނާލިއެވެ. މިދަންވަރު އައުފް އެހާ ސިއްރުން އެވާހަކަދައްކަނީ ކާކުއާއި ހެއްޔެވެ؟ އައުފްއާއި މެދު ކުޑަނަމަވެސް ޝައްކެތް ނެތަސް ހިތް ނުތަނަވަސްވާގޮތް ވެއްޖެއެވެ. އިތުރަށް އެތާ މަޑުނުކޮށް ކޮޓަރިއަށް ވަންނަން އުޅެފައިވެސް ބެލްކަނީގައި ހުރި އުނދޯލީގައި އޮށޯވެލީ ވަރުބަލިކަމުގެ އިހުސާސް ކުރެވުމުންނެވެ.

އަރާމު ނިންޖަކަށް ގެއްލިފައި އޮތް މިކްޔާ ސިއްސައިގެން ދިޔައީ މީހަކު އޭނާ އުފުއްލައިލި ކަމުގެ އިހުސާސް ކުރެވުމުންނެވެ. ނަމަވެސް ދެލޯ ހުޅުވާވެސް ނުލާ އޮތީ އެއީ އައުފް ފިޔަވައި ދެވަނަ މީހެއް ނޫންކަން ޔަޤީން ވުމުންނެވެ. މަޑު ހިނގުމެއްގައި ދިޔަ އައުފަށްވެސް މިކްޔާ އަށް ހޭލެވިއްޖެކަން އެނގުނަސް ވާހަކައެއް ނުދައްކައެވެ.

އެނދުމަތީގައި މިކްޔާ ބޭއްވުމަށްފަހު އައުފްވެސް އެނދަށް އަރާ އޮށޯތެވެ. އަދި ފަހަތުން މިކްޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. މިކްޔާ ގަދަހަދާކަމަށް ހެދެމުން އައުފާއި ކުޑަކޮށް ދުރުވެލިއެވެ.

” ޑޯންޓް ޓަޗް މީ..” ނިދި އަޑަކުން މިކްޔާ ބުނެލިއެވެ. ދުލުން އެހެން ބުނިކަމުގައިވިޔަސް އެހިތް އެދި ގޮވަނީ އައުފްގެ އަތުގެ ބީހިލުމަކަށެވެ. ލޯބީގެ ވަގުތު ކޮޅަކަށެވެ. އެހެން ނަމަވެސް އިތުރަށް އެންމެ ލަފުޒެއްވެސް ބޭރު ނުކޮށް ދެލޯ މަރައިގެން އޮތީއެވެ.

“ބަޓް އައި ހޭވް ރައިޓް ޓް ޓަޗް ހިއަރ..އަސްލު މިކީގެ މުޅި ހަށިގަނޑަށް ވެސް ރައިޓް އެބައޮތް…އެކަމަކު މިހާރު ބޭނުމީ ހަމައެކަނި މިތަނުގައި އަތްލަން..” މިކްޔާގެ ބަނޑުގައި އަތްޖައްސާލަމުން އައުފް އިތުރަށް ކައިރިވެލިއެވެ. އައުފް ދައްކަމުންދާ ވާހަކައިގެ އަސްލެއް ނޭނގިފައި އޮތް މިކްޔާގެ ސިކުނޑީގައި ވަނީ ސުވާލު މާރކު ތަކެކެވެ.

” ތޭންކް ޔޫ ބޭބީ..ތޭންކް ޔޫ ސޯ މަޗް ފޯރ ދި ލަވްލީ ގިފްޓް..އައި ލަވް ޔޫ ސޯމަޗް..” މިކްޔާގެ ކަންފަތް ދޮށުގައި އައުފް ބުނެލި ވާހަކައކުން މިކްޔާއަށް އިތުރަކަށް ނޯއެވުނެވެ. ދެފައިވައްކޮށްގެން އެނދުގައި އިށީނުމަށްފަހު ލޯ ހަނިކޮށްލަމުން އައުފާއި ދިމާއަށް ބަލާލިއެވެ.

” ސޯ ޓެލްމީ އިން ޑީޓެއިލްސް…މިހާރު ދެން ކޮން ސަކަރާތެއް ތި ޖަހަނީ…އަފޫ ނިދިނަޔަސް އައި އޭމް ޓަޔަރޑް..ސޯ ވިލް ޔޫ ޕްލީޒް ލެޓް މީ ސްލީޕް..” އެއިން ގޮތަށް އިނދެ މިކްޔާ ބުނެލިއެވެ.

މިކްޔާގެ ވާހަކައިން އައުފަށް ވިސްނުނީ އަދި މިކްޔާއަށްވެސް އެކަމެއް ނޭނގޭކަމެވެ. ހަމަ އެއާއިއެކު އައުފްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

” ސީރިއަސްލީ؟..އަރ ޔޫ މޭޑް އޯ ވަޓް..؟” މިކްޔާ ވާހަކަދައްކަމުން ދިޔައިރު އެމޫނަށް ބަލަހައްޓައިގެން ހިނިތުންވެގެން އައުފަށް އިނދެވުނީއެވެ. އެއީ ހަމަ ގަސްތުގައި މިކްޔާ ރުޅިއަރުވާލުމަށެވެ.

” އޯކޭ ފައިން.. ނައު ވިލް ޔޫ ލެޓްމީ ސްލީޕް އޯރ އެލްސް ޔޫ ކޭން ސޭ ވަޓް ޔޫ ވޯންޓް..” އެނދުގައި އޮށޯންނަމުން މިކްޔާ އަނެއް ފަރާތައް އެނބުރި ދެލޯ މަރާލިއެވެ. އެވަގުތު އެނދުގެ ސައިޑް ޓޭބަލްމަތީގައި އޮތް ފޯނު ވައިބްރޭޓް ވުމުން ބަލާލިއެވެ. ސްކްރީން އިން ފެންނަން އޮތީ އައުފް ކޮށްފައިވާ މެސެޖެކެވެ.

” އައި އޭމް ގޮއިންގް ޓް ބީ އަ ޑޭޑް” ހެޕީ ފޭސް އަކާއިއެކު ފޮނުވާފައިވާ އެމެސެޖުން މިކްޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އައުފް އޭނަ އާއި މިކުރަނީ ކޮންކަހަލަ ސަމާސާތަކެއް ހެއްޔެވެ؟ އެވަގުތު މިކްޔާގެ ހިޔާލަށް އައީ އޭގެ އިރުކޮޅެއް ކުރިން އައުފް ފޯނު ކޯލެއްގައި އިން މަންޒަރެވެ.

“އަނެއްކާ އަފޫ އަހަރެންނަށް ސިއްރުން….ނޫން…ނޫން..އެހެން ނުވާނެ…ކީއްވެ؟… އަފޫ ކީއްވެ؟” މިކްޔާއަށް ކަރުނަތަކެއް ކޮންޓްރޯލް ނުކުރެވުނެވެ. އިސާހިތަކު އެހަމަހިމޭން ވަގުތުގެ ހިމޭންކަން މަޑު ގިސްލުމެއްގެތެރެއަށް ގެނބިގެން ދިޔައެވެ.

“ބޭބީ ކީއްވެ ރޮނީ..ޔޫ ޝުޑް ބީ ހެޕީ..އަނެއްކާ މިކީ ރެޑީ ނޫނީތަ؟ އައި ތޯޓް ޔޫ ވިލް ބީ ރިއަލީ ހެޕީ” އައުފްގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. މިއީ އެއްގޮތަކަށްވެސް އެނާ އުއްމީދު ކުރިކަހަލަ ޖަވާބެއް ނޫނެވެ.

” ހެޕީ އޭ؟…ހައު ކޭން އައި؟ ޔޫ ބިޓްރޭއިޑް މީ..އަފޫއަށް ކޮންކަމެއް އުނިވެގެން؟..އަދިވެސް ބިލީވް އެއް ނުކުރެވޭ…ހައު ކުޑް ޔޫ ބީ ސޯ ޗީޕް..ކުރިންވެސް ބުނެލި ނަމަ އައި ވުޑްންޓް ހޭވް ޓް ސަފަރ ދިޒް މަޗް..އަފޫއަށް ދުވަހަކުވެސް މާފެއް ނުކުރާނަން..އެން މިހާރު މިދަނީ މޯމް ކައިރީގައި ބުނަން ދެޓް ޔޫ ޗީޓެޑް އޮން މީ..” ކަރުނަތައް ފޮހެލަމުން މިކްޔާ އެނދުން ތެދުވެގެން ދޮރާދިމާއަށް ދުއްވައިގަންނަން އުޅުނު ވަގުތު އައުފް ހިފެހެއްޓި ގޮތަކުން ދެމީހުން އެއްކޮށް އެނދުމައްޗަށް ވެއްޓުނެވެ. އައުފްގެ ގައިމަތީގައި މިކްޔާ އޮތް އިރު އަދިވެސް ދެލޮލުން ކަރުނަ ހިލިފައިވިއެވެ.

” ޕިސް…ޕިސް…މަށަށް މެރީ ކުރެވިފައި މިހުރީ ހަމަ ރަނގަޅަށްވެސް މޮޔަ ކުއްޖަކާ..ކީކޭ ދެން ބުނާނީ..އަޅެފަހެ މިކީ އަކަށް ނޭނގޭތަ މިދައްކަނީ މިކީގެ ވާހަކަކަން..ޔޫ އަރ ޕްރެގްނަންޓް..ބޭބީ އެއް ހޯދާނެ ކަމެއް ނެތޭ އަސްލު މިކީ ތީ އެންމެ ބޮޑު ބޭބީ އަކީ..” މިކްޔާގެ ނިތްމައްޗައް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން އައުފް ބުނެލިއެވެ. އެވަގުތު މިކްޔާ އޮތީ ހައިރާންވީ ވަރުން ކިޔާނެ ބަހެއް ނޭނގިފައެވެ. ޤަބޫލުކުރަންވެސް ދަތިވެފައެވެ. އޭނަ ބަނޑުބޮޑު ވާނީ ކިހިނެއްހެއްޔެވެ؟ މިދިޔަ ހަފްތާ އެއީ އޭނާގެ ” ޗުއްޓީ” ދުވަސް ކޮޅެކެވެ. ކައިވެނި ކުރިފަހުން ބަރާބަރަށް ވަމުން އާދެއެވެ. ވީއިރު ބަނޑުބޮޑު ވުމުގެ ޗާންސެއް ނެތެވެ.

” އެކަމަކު…ކިހިނެއް…އައި މީން ޓެސްޓެއްވެސް ނުހަދަން…” މިކްޔާ ބޭނުންވީ ޔަޤީން ކުރާށެވެ. ހިތުގައި ފޮނިރާގެއް ކުޅެވެމުން ދިޔައިރު އައުފާއި ދިމާއަށް ކިޔުނު އެއްޗެހިން ދެރަވެ ލަދުވެސް ގަނެއްޖެއެވެ. އޭނާ ފިރިމީހާއަށް އިތުބާރު ނުކުރަނީހެއްޔެވެ؟ އެކަހަލަ އެއްޗެއް ހިތައްއަރުވާނެ ޗާންސެއް އައުފް ނުދއެވެ. ވީއިރު މިރޭ ކުއްލިއަކަށް މިކްޔާއަށް އެހެން ވިސްނުނީ ކީއްވެހެއްޔެވެ.؟

” ޑޯންޓް ވޮރީ ބޭބީ…އައި ނޯ ވަޓް ޔޫ އަރ ތިންކިންގް..މިރޭ މިކީ އެހާ ޑިސްޓަރބް ވެފައި ހުއްޓައި އައި ޓްރައިޑް ޓް ޓެލް ދި ގުޑް އިން އަ ކޮންފިއުސިންގްވޭ..ސްޓްރެއިޓްކޮށް ބުނެލިނަމަ މި ހުރިހާ ކޮންފިއުޝަން އެއް ކްރިއޭޓް ނުވިސް..އެން ޔާ ކޮންފާރމްވެސް ކޮށްފަ މިބުނީ ދެޓް ޔޫ އަރ ޕްރެގްނަންޓް..ހަނދާންވޭތަ މިރޭ ބުނީމެއްނު ޑޮކްޓަރ އަންކަލް މިކީގެ ބްލަޑް ސާމްޕަލް އެއް ގެންދިޔަކަން.. މިޝީ އާއި ދެމީހުން ޓޯކް ކުރަން ތިބި އިރު އައި ގޮޓް ދި ނިއުސް..އެކަމް އައި ވޯންޓެޑް ޓް ބީ ޝުއަރ އެހެންވެ ޑަބަލް ޓެސްޓްއަކަށް އެދުނީމަ އަލުން ޓެސްޓް ކުރީ އެން ދި ރިޒަލްޓް ވޯޒް ސޭމް” އައުފްގެ ވާހަކަ އަޑުއަހަން އޮތް މިކްޔާއަށް ތަފާތު އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ.

“އެކަމަކު ކޮންމެ މަންތެއްގައިވެސް ވޭ ހަމަ..ދެން ކިހިނެއް؟ އިނގޭނު މިބުނާއެއްޗެއް ދޯ” މިކްޔާ ސުވާލުކޮށްލިއެވެ.

“ތިވާހަކަތަށް ކިޔައިދޭން ޑޮކްޓަރ އަންކަލް މީގެ އިރުކޮޅެއްކުރިން ގުޅީ..ބުނީ ފަހަރެއްގައި މިކީއަށްވެސް އަދި ނޭނގިދާނޭ.. އެން ބައެއް މީހުން ތިބެޔޯ ޕްރެގްނަންސީގެ ކުރީކޮޅުގައި ބްލީޑްވާ..އެކަކަމު އެހާ ގިނައިން ނުވާނެޔޯ..ދެން ބުނީ އިފް އޭގެ ކޭސް އެއްގައިވެސް ހައިލީ ބްލީޑް ވަންޏާ ޑޮކްއަށް ދައްކައްޗޯ..އެން މެނީ މޯރ އަދަރ ސްޓޯރީސް ރިގާރޑިން ޕްރެގްނަންސީ..ހެހެހެ..މިހާރު ދެން ޔަޤީން ވެއްޖެތަ؟” މިކްޔާގެ ހަށިގަނޑުގައި ދެއަށް ވަށާލަމުން އައުފް ބުނެލިއެވެ.

އައުފް އެބުނީ ތެދަކަށް ވެދާނެއެވެ. އެހެނީ އެންމެ ފަހުން މިކްޔާ ވީ ދެމަސް ދުހަގައިވެސް ބްލީޑްވީ ވަރަށް ކުޑަކޮށެވެ. އެކަމާ ދެން އޭރު އެހާވަރަށް އާޅާނުލެވުނީ ކުރިންވެސް އެހެން ވާފާހަރު މަދުން ނަމަވެސް މިކްޔާއަށް ދިމާވެފައި ހުރުމުންނެވެ.
މިކްޔާގެ ހިތް އާސްމާނުގައި އުދުހެން ފެށީ އޭނާގެ ދުޢާ އިޖާބަ ކުރެއްވުމުންނެވެ. އުފަލުގެ ކޮޅެއް ނެތެވެ. މާދަމާ މަންމަމެންނަށް އެހަބަރު ދިނުމުން އަދި މާ އުފާވާނެއެވެ. މިޝްޔާވެސް އުފަލުން މޮޔަވާނެކަން ޔަޤީނެވެ.

ދެމަފިރިން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ފެންވަރާ ތާޒާވެލިއެވެ. މިރޭ ދެމީހުންގެ ލޮލަށް ނިދި ނާންނަ ކަހަލައެވެ. މިކްޔާ އެނދުގައި އޮށޯވެގެން އޮތީ ކަންފަތަށް ހެޑްސެޓް ޖަހައިގެންނެވެ. އައުފް އޭނާގެ ލެޕްޓޮޕް ނަގައިގެން މާބަނޑު ދުވަސްވަރުގެ ތަފާތު އެކި މައުލޫމާތުތައް ހޯދަމުން ދެއެވެ. ދޭތެރެއަކުން މިކްޔާއަށް ގޯނާއެއް ކޮށްލާނެއެވެ. އެހެން ނޫނީ ތުއްތު ކުއްޖެއްގެ ފޮޓޯ އެއް ދައްކަފާނެއެވެ. އައުފް އުޅޭގޮތުން މިކްޔާ އަށް ހީނުލެވި ނޯއެވެއެވެ. މިކްޔާއަށް މީ އޭނާގެ އަލަތު ފަހަރު ނޫންކަމުގައިވިޔަސް އެތައް އަހަރެއް ފަހުން ބަނޑުބޮޑުކަމުގެ އިހުސާސް ކުރެވުމުން ތަފާތު އިހުސާސެއް ކުރުވައެވެ. އޭރުގެ ހާލަތާއި މިހާރުގެ ހާލަތުވެސް ތަފާތެވެ. ކުއްލިއަކަށް މިކްޔާއަށް ލޯހުޅުވާލެވުނީ ހިތަށް ވެރިވި ސޫރައަކުންނެވެ. އާލާ އާއި މިޝާން އަކީ މިކްޔާގެ ހަޔާތުގެ އެންމެ ބޮޑު އެއް ހަޤީގަތެވެ. މިއަދުވެސް އެ މައުސޫމު ދެ ފުރާނަމަތިން މިކްޔާ ހަނދާން އާކުރެއެވެ. އެހިތުން އެދެނަން ދުވަހަކުވެސް ފިލާ ނުދާނެއެވެ.
**

މިކްޔާއާއި އައުފްގެ ދިރިއުޅުމަށް އެޅެމުންދާ ކަޅު ހިޔަނީގެ އިންޒާރެއް އެމީހުންނަށް އިހުސާސެއް ނުކުރެވެއެވެ. އެހެން ނޫނީ ހުރިހާގޮތަކުން ސަމާލުވެ ތިބުމަށް އެދެމީހުންވެސް ވިސްނާނެއެވެ. ދުނިޔެއަކީ އަޖައިބެއްކަހަލަ ތަނެކެވެ. އެއްބަޔަކަށް އުފަލާއި ހިތްހަމަ ޖެހުން ލިބެމުންދާއިރު އަނެއް ބަޔަކު ކުރަމުންދާނީ ހިތާމައެވެ. އަނިޔާއާއި ހިތްދަތި ކަމެވެ. އެފަދަ ހިތްދަތި މީހުންގެ ތެރޭގައި އިކުރާމާއި ޒީޝާ ވާނެކަމާމެދު ޝައްކެތް ނެތެވެ. ޒީޝާއަށްވެސް އޭރު ޔަޤީން ކަމެއްނެތި ބުނެވުނު ވާހަކެއް މިހާރު އެވަނީ ހަޤީޤަތަކަށް ވެފައެވެ. އިކުރާމާއި ޒީޝާ ރާވަމުން އެދަނީ ކިހާ ނުރައްކާތެރި ރޭވުމެއްކަން އެމީހުންނަށް ވިސްނޭނެ ނަމައެވެ. އެކަމުގެ ސަބަބުން ކުށެއް ނެތް އެތައް ދިރިއުޅުމެއް ހަލާކު ވެގެން ދާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ހިތް އެދެނީ (5)

Next

ދިރުމެއް ވިއޭ 2

Next
April 10, 2017

ދިރުމެއް ވިއޭ 2

Previews
April 9, 2017

ހިތް އެދެނީ (5)

17 Comments!

  1. kayashandy says:
    April 9, 2017 at 11:47 pm

    enjoy reading hope everyone will like…n plx leave a comment…mistakes ves huredhaane lemmi knw it…n rangalhu kuraane kamei othyiyyaaves buneladhinun edhen…next part tmrw insha allah..? keep waiting ☺
    nytz all de lovely ppl??

  2. zhaff says:
    April 10, 2017 at 12:12 am

    Salhi

    1. kayashandy says:
      April 10, 2017 at 12:14 am

      thanku?

  3. zhaff says:
    April 10, 2017 at 12:14 am

    Yeayyy me first.. When next part

    1. kayashandy says:
      April 10, 2017 at 12:16 am

      insha allah tmrw…keep waiting if possible i ll upload 2 parts like i did today…

  4. Aisha says:
    April 10, 2017 at 12:15 am

    U r the best

    1. kayashandy says:
      April 10, 2017 at 12:19 am

      thanku aisha..really happy to c ur comment ☺

  5. Khajja says:
    April 10, 2017 at 12:18 am

    V rythi but ikuraam menge plane fail kollaa kaamiyaabuviya nudheh chey pls pls liyenimmaafa check kollaanama baeh mistakes fennaane anyway v habeys luv u n gud nyt?????❤❤❤❤❤

    1. kayashandy says:
      April 10, 2017 at 12:26 am

      thanku khajja…happy to c ur comment ☺ ? well lets c dhw ikuraamu mennah vaane gothei..gnytzzz to u too?❤✌

  6. Sampi says:
    April 10, 2017 at 12:43 am

    ?biruveri

    1. kayashandy says:
      April 10, 2017 at 1:41 am

      y biruveri sampi….is this dat much worst?

  7. Maree says:
    April 10, 2017 at 7:02 am

    vv reethi

  8. Chum handi says:
    April 10, 2017 at 7:06 am

    the story is great… but don’t kill or do any thing to mikya,auf and their parents…. make ikrams plan be a failure….. i love this so so much… waiting for the next part…

  9. rim says:
    April 10, 2017 at 11:23 am

    V v v reethi ekam dhivehibahah samaal kameh dheyn feney

  10. Sumanya says:
    April 10, 2017 at 11:48 am

    Varan reethi.

  11. Azu says:
    April 10, 2017 at 8:34 pm

    Ikram n zeesha beyzaaru kohlabala….???mikya n afu n their family ah gotheh nahadhahchey pls…..love the stry..??

  12. Song joong Ki.. KOREAN says:
    June 9, 2017 at 10:42 pm

    thee hama best eh ingeyy, vvv reethi mi partvx! keep it up,

Comments are closed.

Next Episodeމިހިތުގެ ފަސާނާ 34←


All Right Reserved!